އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އަމީންއާންމުގެ ނައިބު، ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް

ޖޫން 25, 2026 - 05:08
އަދާހަމަވެއްޖެ: 21 ދުވަސްތައް ކުރިން
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އަމީންއާންމުގެ ނައިބު، ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް

އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓުން ދެކުނު އޭސިޔާއަށް ކަނޑައަޅާފައި ހުންނަ އަމީންއާންމުގެ ނައިބު، ހިޒް އެކްސަލަންސީ އެސް. ޕޯލް ކަޕޫރު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، މިއަހަރަކީ، ދިވެހިރާއްޖެއާ އެމެރިކާއާ ދެމެދު ސިޔާސީގުޅުން ގާއިމު ކުރެވުނުތާ 60 އަހަރު ފުރޭ އަހަރު ކަމަށްވާތީ، އެކަމުގެ މައްޗަށް އަލިއަޅުއްވާ ލައްވާފައި ވެއެވެ. އަދި، ފާއިތުވެދިޔަ ފަސްދޮޅަސް އަހަރުގެތެރޭގައި، ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށްވެސް ބައްލަވާލައްވާފައި ވެއެވެ.

މި ބައްދަލުކުރެއްވުމުގައި އެމެރިކާގެ އަމީންއާންމުގެ ނައިބު (އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް) ދެއްކެވި ވާހަކަފުޅުގައި، ވިޔަފާރިއާއި އިގްތިސޯދު ކުރިއެރުވުމާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުންބަދަހިކުރުމާއި އަދި ސަރަހައްދުގެ ސަލާމަތާ ގުޅޭ ކަންކަމާއި، މެރިޓައިމް ސެކިއުރިޓީ ފަދަ ދާއިރާތަކުން ދެގައުމުން ގުޅިގެން މަސައްކަތް ކުރުމުގެ ސައުގުވެރިކަން ފާޅުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، " މޯލްޑިވްސް ފަސްޓް ޕޮލިސީ" ގެ ދަށުން، ތަރައްގީގެ މަސްރޫއުތަކާއި، އިގްތިސޯދު ސިންދަފާތުކޮށް ގައުމަށް ފައިދާ ހުރި މަސްރޫއުތަކަށް ދިވެހިރާއްޖެ ހުޅުވާލެވިފައިވާކަމުގެ ޔަގީންކަން ދެއްވާފައެވެ.