ދެއަތް ފުރަގަހަށް ލައިގެން ފެތުން ކަހަލަ ކަމެއް މިއީ: ޓެން ހަގް
މެންޗެސްޓާ ޔުނައިޓެޑަށް މަސައްކަތްކުރުމީ ދެ އަތް ފުރަގަހަށްލައިގެން ފެތުން ކަހަލަ ކަމެއް ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހަގް ބުނެފި އެވެ.
ޕްރިމިއަ ލީގުގައި ރޭ އާސެނަލް އަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވި އިރު އެ ޓީމަށް އޮތީ އަނިޔާގެ މައްސަލަތައް ކުރިމަތި ވެފަ އެވެ. ކެޕްޓަން ބްރުނޯ ފެނާންޑޭޒް، މާކޮސް ރަޝްފޯޑް، ހެރީ މެގުއާ އަދި މޭސަން މައުންޓަށް ވަނީ އަނިޔާ ވެފަ އެވެ.
މިޑްފީލްޑަރުންނާއި ޑިފެންޑަރުންނަށް އަނިޔާވެފައި ވުމުން މިޑްފީލްޑަރު ކާލޯސް ކަސެމީރޯ ވެސް ރޭ ގެ މެޗުގައި އަދާކުރަން ޖެހުނީ ޑިފެންޑަރެއްގެ ރޯލެވެ.
ޔުނައިޓެޑްގެ އެންމެ ހިތްދަތި ސީޒަނުގައި އެ ޓީމަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އަޔެކްސްގެ ކުރީގެ ކޯޗު ޓެން ހަގް ބުނީ އޭނާގެ މަސައްކަތް ވަރަށް ބޮޑަށް އުނދަގޫވެއްޖެ ކަމަށެވެ.
ޔުނައިޓެޑް މިހާރު ވަނީ ލީގުގައި 14 މެޗުން ބަލިވެފަ އެވެ. މިއީ ޕްރިމިއާ ލީގު ތައާރަފް ކުރި ފަހުން އެ ޓީމު މިހާތަނަށް ލީގުގައި އެންމެ ގިނަ މެޗުން ބަލިވި ސީޒަނެވެ.
"ކޮންމެ ކޯޗަކަށް ވެސް އަބަދުވެސް މިއަށްވުރެ ރަނގަޅު ކަމެއް ކުރެވިދާނެ. އެކަމަކު އަހަރެން މިތާ ހުރީ ދެ އަހަރު، ހުރިހާ ކުޅުންތެރިން ސަލާމަތުން ތިބެ އަހަންނަށް ލިބުނީ އެންމެ ފުރުސަތެއް. މިހާ ގިނަ އިންޖަރީތައް ހުރި ޓީމަކަށް ކުރިއަކަށް ނުދެވޭނެ،" ޓެން ހަގް ބުންޏެވެ.
ފުރަގަހަށް ދެއަތްލައިގެން ފެތުން ކަހަލަ ކަމެއް މިއީ. (އެގޮތަށް ފަތަމުން ވެސް) ބޯ ފެނަށް ވުރެ މަތީގައި ބަހައްޓަން ޖެހޭނެ. އެކަހަލަ ކަމެއް އަހަރެމެން މި ކުރަނީ."
ކުރިން އަޔެކްސް އަށް ކާމިޔާބު ހޯދައި ދިން ކޯޗު ބުނީ ޔުނައިޓެޑްގެ މިހުރިހާ ހާލަތެއްގެ މައްޗަށް ރިއާޔަތްކޮށް އެނަލައިޒް ކުރުން އެދޭ ކަމަށެވެ.
"އަހަރެމެންގެ ފަރާތުން ވާދަވެރިކަން ފެންނާނެ. އެކަމަކު އެންމެން ވެސް ބޭނުން ވާނީ އަހަރެމެން މޮޅުވާން. ހުރިހާ މެޗަކުން މޮޅުވާން ޖެހޭނެ. އެކަމަކު މިހާލަތުގައި މި ހުރިހާ އަނިޔާތަކާ އެކު މި ޓީމަށް އެކަމެއް ނުވާނެ،" ޓެން ހަގް ބުންޏެވެ.
ޔުނައިޓެޑް އޮތީ ލީގުގެ އަށްވަނައިގަ އެވެ. އެ މަގާމުގައި އޮވެގެން ލީގު ނިންމާލައިފިނަމަ، އެއީ ޕްރިމިއާ ލީގުގައި އެ ޓީމު އެންމެ ދަށްކޮށް ލީގު ނިންމާ ސީޒަނަށް ވާނެ އެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online