އާޒަރުބައިޖާންގެ ސީދާ އުދުހުންތައް ރާއްޖެއަށް ނޮވެންބަރުގައި ފަށަނީ

އާޒަރުބައިޖާންގެ ފްލައިޓްތައް ފުރަތަމަ ފަހަަރަށް ރާއްޖެއަށް ސީދާކޮށް - ނޮވެންބަރުން ފެށިގެން

ސެޕްޓެންބަރު 4, 2024 - 12:26
 0
އާޒަރުބައިޖާންގެ ސީދާ އުދުހުންތައް ރާއްޖެއަށް ނޮވެންބަރުގައި ފަށަނީ
އާޒަރުބައިޖާންގެ ސީދާ އުދުހުންތައް ރާއްޖެއަށް ނޮވެންބަރުގައި ފަށަނީ
އާޒަރުބައިޖާންގެ ސީދާ އުދުހުންތައް ރާއްޖެއަށް ނޮވެންބަރުގައި ފަށަނީ
އާޒަރުބައިޖާންގެ ސީދާ އުދުހުންތައް ރާއްޖެއަށް ނޮވެންބަރުގައި ފަށަނީ
އާޒަރުބައިޖާންގެ ސީދާ އުދުހުންތައް ރާއްޖެއަށް ނޮވެންބަރުގައި ފަށަނީ
އާޒަރުބައިޖާންގެ ސީދާ އުދުހުންތައް ރާއްޖެއަށް ނޮވެންބަރުގައި ފަށަނީ
އާޒަރުބައިޖާންގެ ސީދާ އުދުހުންތައް ރާއްޖެއަށް ނޮވެންބަރުގައި ފަށަނީ
އާޒަރުބައިޖާންގެ ސީދާ އުދުހުންތައް ރާއްޖެއަށް ނޮވެންބަރުގައި ފަށަނީ
އާޒަރުބައިޖާންގެ ސީދާ އުދުހުންތައް ރާއްޖެއަށް ނޮވެންބަރުގައި ފަށަނީ

އާޒަރުބައިޖާން އެއާލައިންސްގެ މަތިންދާބޯޓުތައް ސީދާކޮށް (ޑައިރެްކްޓް ފްލައިޓްތައް) ރާއްޖެއަށް މި ނޮވެންބަރުމަހުން ފެށިގެން ފަށާނެކަމަށް އެ އެއާލައިނުން އިއުލާނުކޮށްފިއެވެ.

އާޒަރުބައިޖާންގެ ބާކޫ (Baku) އިން ވެލާނަ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރު ނޮވެންބަރު 8 އިން ފެށިގެންނެވެ.

އާޒަރުބައިޖާން އެއާލައިންސް (AZAL) އަކީ އެ ގައުމުގައި ވިޔަފާރީގެ އުސޫލުން ޝެޑިއުލްޑ ފްލައިޓްތައް ހިންގާ ހަމައެކަނި ކުންފުންޏެވެ. އެއީ އާޒަރުބައިޖާންގެ ގައުމީ އެއާލައިންވެސް މެއެވެ. "ނެރޯ-ބޮޑީޑް" ބޯޓުތަކާއި "ވައިޑް-ބޮޑީޑް" ބޯޓުތައް ހިމަނައިގެން 2000 އަށްވުރެ ގިނަ ދަތުރު މިމަހު މިހާތަނަށް ފުރިހަމަކޮށްފައިވާ މި އެއާލައިންގެ ދަތުރުތައް ރާއްޖެއަށް "ނޮން-ސްޓޮޕް" (ސީދާކޮށް އިތުރު ތަނަކަށް މަޑުނުކޮށް) ދަތުރުތައް ކުރާނީ ކޮންމެ ހުކުރު ދުވަހަކާއި އާދިއްތަ ދުވަހަކު އެވެ.

މީގެ ކުރިން ދިވެހިރާއްޖެއިން އާޒަރުބައިޖާނަށް ދެވެނީ ދެތިން ގައުމެއްގައި މަޑުކުރުމަށްފަހު ("ނޮން-ޑައިރެކްޓް") ދިގު ދަތުރެއް ކޮށްގެންނެވެ. އާޒަރުބައިޖާން އެއާލައިންސްގެ ސީދާ ދަތުރުތައް ރާއްޖެއަށް ފެށުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭނެ ބޮޑުކުރިއެރުމެކެވެ. އަދި ޗުއްޓީ ހޭދަކޮށްލުމަށާއި އެހެނިހެން ކަންކަމުގައި ރާއްޖެއިން އެގައުމަށް ދަތުރުކުރަން ލިބުނު އަވަސް، ފަހި މަގެކެވެ.

އާޒަރުބައިޖާންއަކީ 15ވަނަ ގަރުނުއްސުރެ އިސްލާމީ ރަސްކަމެއް އޮތް މުސްލިމް ގައުމެކެވެ. 19 ވަނަ ގަރުނުގެ ފުރަތަމަކޮޅު ރޫސީންގެ ބާރުގެ ދަށަށް އާޒަރުބައިޖާން ދިޔަފަހުން ރޫސީންނާއި އިރާން (Persia) އާއި ދެމެދު ކުރެވުނު ހަނަގުރާމަތަކަށްފަހު، 1918ގައި އާޒަރުބައިޖާނަށް މިނިވަންކަން ލިބުނެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ރޫސީ (USSR) ގެ ގައުމެއްގެ ގޮތުގައި އާޒަރުބައިޖާން އޮވެ، އިސްލާމީ ކަންކަން ކުރިއެރުވުމަށް ހުދު ރޫސީންވެސް ހިތްވަރުދީ، 1920 އިން ފެށިގެން ރޫސީ ދައުލަތް ރޫޅެންދެންވެސް އެގައުމު އޮތީ ރޫސީ ދައުލަތެއްގެ ގޮތުގައެވެ.  މިހާރު އެގައުމަކީ ތުރުކީއާއި ރޫސީވިލާތުގެ ވައްޓަފާޅި މަސްހުނިވެފައިވާ 97 އިންސައްތަ މުސްލިމް މިނިވަން ގައުމެކެވެ.