ޕޭން ކޭކު (ކޭކުފޮޅި)

ރަހަ މީރު ޕޭންކޭކު (ކޭކުފޮޅި) ތައްޔާރު ކުރާނެ ގޮތް

އޮކްޓޫބަރު 24, 2026 - 20:58
އަދާހަމަވެއްޖެ: 5 ދުވަސްތައް ކުރިން
ޕޭން ކޭކު (ކޭކުފޮޅި)
ތައްޔާރުކުރެވ.. 10 މިނިޓް
ކެއްކޭނެ ވަގުތު 10 މިނިޓް
ފުދޭނެމީހުންގ.. 3
އުނދަގޫކަން ފަސޭހަ

ޕޭން ކޭކަކީ ދިވެހިންގެ ސުފުރާމަތިން ފެންނަ ގިނަބަޔަކަށް މީރު އަދި އެހާމެ ފަސޭހައިން ތައްޔާރު ކޮށްލެވޭ ކާނާއެކެވެ. ރޯދަ ވީއްމަށާއި ތަރާވީހު ވަގުތުގެ އިތުރުން ހާރަށްވެސް ބޭނުން ކުރެވިދާނެ ހަށިގަނޑަށް ލުއި ކާނާއެކެވެ.

ހިމެނޭ ބާވަތްތައް

އިރުސާދު

  • 1. ތައްޔާރު ކުރާނެ ގޮތް

    ފުރަތަމަ 2 ބިހާއި، ހަކުރު އަދި ލޮނު އަޅާފައި ރަނގަޅަށް ގިރާލާށެއެވެ. އެއަށްފަހު ތެލާއި، ކިރު އަދި ވެނީލާ އެސެންސް އަޅައިގެން 3 މިނެޓު ވަންދެން ގިރާލާނީއެވެ.

    ދެން ފުށް އަދި ބޭކިންގް ޕައުޑަރ އަޅައިގެން ރަނގަޅަށް އަނެއްކާވެސް ގިރާލާށެއެވެ. އެއަށް ފަހުގައި މަޑުގިނީގައި ތަވައެއް މައްޗަށް ކުޑަ އުދުޅިއަކުން ގިރާފައި ހުރި ފުށް އުދުޅިއެއް އޮއްސާލައި، ވައްކޮށް އެއްވަރަށް ފަތުރާލައި، ދެފުށްވެސް ކުޑަކޮށް މުށިކުލަ އަންނަންދެން ފިހެލާށެވެ.

    ހުރިހާ ޕޭންކޭކެއް ފިހެ ނިމުމުން ޓޮޕިންގްސް ހެދުމަށް ޗޮކުލެޓު ނުވަތަ ޕޭންކޭކު ސިރަޕް، ޕޭންކޭކު މައްޗަށް އަޅައިގެން ބޭނުންކުރެވިދާނެއެވެ. މާމުއި ނުވަތަ ތުނިކޮށް ކޮށާފައި ހުރި މޭވާވެސް އެޅިދާނެއެވެ.

    ތައްޔާރު ކުރާނެ ގޮތް