މީރު ބަޓަރ ޗިކަން ރަހަފަތް
ބަޓަރ ޗިކަން އަކީ ވަރަށް ގިނަ ބަޔަކަށް މީރު އެއްޗެއް. ތައްޔާރު ކޮށްލާނެ ގޮތް މިއޮތީ!
ތައްޔާރުކުރާނެ ގޮތް
( ފުރަތަމަ ކަމީރުކޮށް ގްރޭވީކޮޅު ތައްޔާރު ކުރާނެ ތަކެތި އިރުސާދުގެ ބައިތައް ބައްލަވައި ހޯދާލާ. އެއަށްފަހު...)
- މެރިނޭޝަން އަށް ބޭނުންވާ ތަކެތިން ކުކުޅު ކޮޅާއި އެއްކޮށްލުމަށްފަހު 20 މިނެޓް ވަންދެން މެރިނޭޓް ކޮށްލާށެވެ.
- ދެން ދެވަނަ މެރިނޭޝަން އަށް ބޭނުންވާ ތަކެތި އޭގެ ތެރެއަށް އަޅާލުމަށްފަހު 12 ނުވަތަ 48 ގަޑި އިރުވަންދެން ފްރިޖުގައި މެރިނޭޓް ކޮށްލާށެވެ. ގިނަ އިރު މެރިނޭޓް ކުރި ވަރަށް ބަޓަރ ޗިކަން މީރު ވާނެއެވެ.
- ކެޝޫ ނަޓާއި ޓޮމާޓޯ މިކްސަރުން ރަނގަޅަށް މުގުރާލައި ޕޭސްޓް ތައްޔާރުކޮށްލާށެވެ.
- ދެން 2 މޭޒުމަތީ ސަމުސާ ބަޓަރ ތަވައަކަށް އެޅުމަށްފަހު ބަޓަރ ވިރުމުން މެރިނޭޓް ކުރި ކުކުޅު އެއަށް އަޅައި ކުކުޅުން ނުކުންނަ ފެންފޮދު ހިނދި، ކުކުޅަށް ރަން މުށި ކުލަ އަރަންދެން ފްރައި ކޮށްލާށެވެ.
- އެއަށްފަހު ބަޓަރ ޗިކަން ތައްޔާރު ކުރާ ތެލި އުނދުން މައްޗަށް އުދުމަށްފަހު 3 މޭޒުމަތީ ސަމުސާ ބަޓަރ ތެއްޔަކަށް އަޅައި ވިރުވާލާށެވެ. ދެން އެއަށް ކާފޫރު ތޮޅި އާއި ކަރަންފޫ އަދި ފޮނިތޮށި އަޅައިގެން އެއް މިނެޓް ވަންދެން ހަލުވަމުން ކައްކާލާށެވެ.
- ދެން ލޮނުމެދު އަދި އިނގުރު ޕޭސްޓާއި ތޮޅި މިރުސް އެއަށް އަޅާލުމަށްފަހުވެސް މިނެޓެއް ވަރު ވަންދެން ހަލުވަމުން ކައްކާލާށެވެ.
- އެއަށްފަހު ކޭޝޫ-ޓޮމާޓޯ ޕޭސް އަޅާލުމަށްފަހު، މުގުރި މިރުހާއި، ލޮނު އަދި ހަކުރުވެސް އެއަށް އަޅާލުމަށްފަހު އޮލަ ވަންދެން މަޑު މަޑުން ހަކުވަމުން ގްރޭވީ ކައްކާލާށެވެ.
- ދެން އެއްޖޯޑު ފެން އަޅާލުމަށްފަހު، އެ ތަކެތިން ބޮކި އަރައި ކެކި ގަންނަންދެން ގާތްގަނޑަކަށް 5-3 މިނެޓް ކައްކާލާށެވެ.
- ކުކުޅު ކޮޅު އަޅާލުމަށްފަހު އެކުލަވާލައި އިތުރު 5 މިނެޓް ކައްކާލާށެވެ.
- ދެން ގަރަމް މަސާލާއާއި ފެނު ގްރީކް ފަތް އެޅުމަށްފަހު 2-3 މިނެޓް ވަރު ވަންދެން ހަލުވަމުން ކައްކާލުމަށްފަހު މައްޗަށް ހެވީ ކްރީމް އަޅާލާށެވެ.
- ފަހު ކަމަކަށް ގާނިޝް ކޮށްލުމަށް ކޮރެއަންޑާ ފަތް އަޅާލާށެވެ. ބޭނުންނަމަ އިތުރަށް ހެވީ ކްރީމް ވެސް އެޅިދާނެ އެވެ.
ހިމެނޭ ބާވަތްތައް
އިރުސާދު
-
1. ކަމީރުކުރުން - ފުރަތަމަ މަރުހަލާ
500 ގ ބޯންލެސް ކުކުޅު (ކޮށާފައި)
3/4 މޭޒުމަތީ ސަމުސާ ލުނބޯ ހުތް
1/4 ސައި ސަމުސާ ލޮނު
1/2 ސައި ސަމުސާ މުގުރި މިރުސް
ކުކުޅުކޮޅުން ރަނގަޅަށް ފެންހިއްކާލާފައި، މި ތަކެތި ކުކުޅުކޮޅާއި އެއްކޮށްލާފައި ތައްޓެއްގައި ބަންދުކޮށްލުމަށްފަހު 20 މިނިޓް ބަހައްޓާލާށެވެ.
-
2. ކަމީރުކުރުން - ދެވަނަ މަރުހަލާ
3/4 ސައިސަމުސާ ފެނު ގްރީކް ފަތް (ހިއްކާފައި މުގުރާފައި)
3/4 ސައި ސަމުސާ ގަރަމް މަސާލާ
1 މޭޒުމަތީ ސަމުސާ ތެޔޮ
1/2 މޭޒުމަތީ ސަމުސާ ލޮނުމެދު ޕޭސްޓް
1/2 މޭޒުމަތީ ސަމުސާ އިނގުރު ޕޭސްޓް
1/2 ޖޯޑު ޕްލެއިން ގްރީކް ޔޯގަޓް
ރީނދޫ ކޮޅެއް
މި ތަކެތި ކުކުޅުކޮޅާއި ރަނގަޅަށް އެއްކޮށްލާފައި ތައްޓެއްގައި ބަންދުކޮށްލުމަށްފަހު 12 ވަރަކަށް ގަޑިއިރު ޗިލަރ/އައިސްއަލަމާރީގައި ބަހައްޓާލާށެވެ. ގިނައިރު ބެހެއްޓުމުން ކުކުޅުކޮޅު މަޑުވެފައި މީރުވާނެއެވެ. މިގޮތުން 48 ގަޑިއިރު ވަންދެން ކަމީރު ކުރެވިދާނެއެވެ.
-
3. ގްރޭވީ ތައްޔާރު ކުރުން
5 މޭޒުމަތީ ސަމުސާ ބަޓަރ
1/2 ސައިސަމުސާ ލޮނުމެދު ޕޭސްޓް
1/2 ސައިސަމުސާ އިނގުރު ޕޭސްޓް
2 އިންޗް ފޮނިތޮށި ކޮޅެއް
2 ކާފޫރު ތޮޅި
2 ތޮޅި މިރުސް (ބޭނުން ނަމަ)
4 ބޮޑު ޓޮމާޓޯ
18 ކެޝޫ ނަޓް
1 ސައިސަމުސާ މުގުރި މިރުސް (ނުވަތަ ކުޅި ކުރަން ބޭނުންވާ ވަރަކަށް)
3/4 ސައިސަމުސާ ގަރަމް މަސާލާ
1/2 މޭޒުމަތީ ސަމުސާ ފެނު ގްރީކް ފަތް (ހިއްކާފައި މުގުރާފައި)
1/4 މޭޒުމަތީ ސަމުސާ ހަކުރު
ލޮނު
100 މިލިލީޓަރ ހެވީ ކްރީމް
2 މޭޒުމަތީ ސަމުސާ ކޮރެއަންޑާ ފަތް (ގާނިޝް ކުރަން)
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online