އައިސްފައި ދިއުން

ޖޫން 23, 2026 - 01:52
އަދާހަމަވެއްޖެ: 24 ދުވަސްތައް ކުރިން
އައިސްފައި ދިއުން

ޅެންވެރިޔާ: ޢަބްދުއް ރަޙީމް ޢުމަރު (ކަނީރު)


އައިސްފައި ދިއުމަކީ ދުނިޔޭގެސުންނަތެކޭ  އެހެންނޫންހޭ
      "ނައިސް ނުމެދާ"ނެނީ ހަމައެކަނި ދެމިވޮޑިގެންވި ﷲ އޭ

މިކަމުގައި ނޫން އެކައްޗެއް ޖިންނިއަދިމީހުން ތަފާތުނުވޭ
      ނިކަންވިސްނާލުމުން ޝައްކެއްކުޑައިކޮށްވެސް ނުވޭނޫންހޭ

އިހަށްދުހު ރޯދަމަސް  ކުޑައީދު ހައްޖާ އައިއެ ބޮޑުއީދާ
      އިހަށްހެން އައިސްފަ އޭ ދިޔައީ ދުނިޔެވީމީ ގޮތެއްނޫންހޭ

އެދިއުމަށްފަހު ދެނެއްނާދޭ އެދުވަހެއް އެވަގުތެއް  ނާދޭ
      ވެދިޔަވަގުތެއް ކަމެއް އަނބުރާއައުމަކީ ނެތްކަމެއް ނޫންހޭ

އުފަންވާ އެންމެހައިދިރުމާ ވަކިންއިންސީންވިޖިންނީންނާ
      އުފަންވެ އުމުރުހަމަވެ މަރުވުން އައިސްފައިހަމަދަނީނޫންހޭ

ގުޅޭ އެކިނަންކިޔާ ގުޅުމާ އެއަށްފަހު ކެނޑިވަކިވެދިއުމާ
      އޮޅޭ އޮޅުމާ އޮޅުންފިލުމާ އެއީވެސް އައިސް ދަނީ ނޫންހޭ

މިއީވެސްކަމެކެ ވިސްނަންވާ މިހެންކަން ކަންއޮތީފެނިވާ
      މިއީ  ﷲ ވޮޑިގެންވާ ކަމުގެ  ހެކި ސާބިތެއް  ނޫންހޭ


* *