ރީތިކަމާއި ފުރިހަމަކަމަށް ނަން މަސްހޫރު "ބަރަކާ" ބްރޭންޑް ރާއްޖެއަށް
ރީތިކަމާއި ފުރިހަމަކަމަށް ނަން މަސްހޫރު އަގުބޮޑު ފްރެންޗް ބްރޭންޑް "ބަރަކާ" އިން ޓޫރިސްޓް ރިޒޯޓެއް ރާއްޖޭގައި ހުޅުވަން ނިންމައިފެއެވެ.
މާލެ އަތޮޅުން 100 ހެކްޓަރުގެ ފަޅެއް ހިއްކައިގެން ހަދަމުންދާ މި ރިޒޯޓުގައި އެންމެ އަގުބޮޑު ފުރިހަމަ 100 އަށްވުރެ ގިނަ ވިލާ ހުންނާނެއެވެ.
ރީތި ކަމާއި ފުރިހަމަކަމަށް ނަން މަސްހޫރު ބަރަކާއަކީ ޔޫރަޕްގެ ފްރެންޗް ބްރޭންޑެކެވެ. 260 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މި ބްރޭންޑްގެ އަގުބޮޑު ހޮޓާތަކާއި ރިޒޯޓުތައް މެދު އިރުމައްޗާއި، ޔޫރަޕާއި އެމެރިކާގައިވެސް ހުރެއެވެ.
މި ޕްރޮޖެކްޓް ބަލަހައްޓަމުންދާ އެސްއެޗް ހޮޓެލްސް އެންޑް ރިޒޯޓްސް ގެ ސީއީއޯ ރާއުލް ލިއަލް ބުނެފައިވަނީ ބަރަކާގެ ރިޒޯޓެއް ރާއްޖޭގައި ހުޅުވާތީ ވަރަށް އުފާކުރާކަމަށާއި، މި ބްރޭންޑް ރާއްޖެއަށް އައުމަކީ ރާއްޖޭގެ ޓޫރިޒަމް އިތުރު ހަރުފަތަކަށް މައްޗަށްޖެހިލައި އަގުބޮޑު މާކެޓްތަކަށް ރާއްޖެ ވިއްކަން ލިބޭ އިތުރު ފަހިމަކެއް ކަމަށެވެ.
އެމެރިކާގެ އެޗް.ކޭ.އެސް އިން ރާއްޖޭގެ ޓްރޮޕިކަލް މާހައުލު، ރިޒޯޓުގެ އިންޓީރިއަރ އަދި އެހެން ހިސާބުތަކުންވެސް ފެނިގެންދާނެ ގޮތަށް ޑިޒައިން ކުރެވޭނެ މި ރިޒޯޓަކީ، ވެލާނާ އެއާޕޯޓުން 30 ހަކަށް މިނެޓުން ދެވޭ ހިސާބުގައި ގާއިމްކުރާ، 50 މޫދުވިލާ އާއި 53 ޕްރައިވެޓް ވިލާ (ރެސިޑެންސް) ހުންނާނެ ވަރަށް ފުރިހަމަ ތަނެއްކަމުގައި ވެއެވެ.
1 ބެޑްރޫމާއި 3 ބެޑްރޫމްގެ ވިލާތައް ހުންނައިރު، ކޮންމެ ވިލާއެއްގައިވެސް ޕްރައިވެޓް (ސްވިމިން) ޕޫލް އޮންނާނެ މި ރިޒޯޓު ބަރަކާ ހޮޓެލްސް އެންޑް ރެސިޑަންސަސް ނަމުގައި ހުޅުވައި ހިދުމަތް ފަށާނީ 2027 ވަނަ އަހަރުއެވެ.
އެކި އެކި ފަރާތްތަކަށް ރާއްޖޭން 180 ރިޒޯޓު ދޫކޮށްފައި ވާއިރު، 100 އަށްވުރެ ގިނަ ތަންތަން އަދިވެސް ހުރީ ނުނިމިއެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online