އެމްއައިބީގެ ސޭލްސް ސެންޓަރެއް އޭދަފުށީގައި ހުޅުވައިފި
ބ. އޭދަފުށީގައި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ސޭލްސް ސެންޓަރެއް ހުޅުވައިފިއެވެ. އޭދަފުށީގައި އެމްއަިބީގެ މި ސޭލްސް ސެންޓަރު ހުޅުވައިދެއްވީ އެރަށު ކައުންސިލުގެ ރައީސް މުހައްމަދު ފާތިހުއާއި، ބ. އަތޮޅު ކައުންސިލުގެ ރައީސް އަހުމަދު އަފްރާހެވެ.
މި ސެންޓަރަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހިދުމަތްދޭ ސެންޓަރެކެވެ. ފައިސާ ޖަމާކުރާ ކައުންޓަރެއް ނެތް ނަމަވެސް، ފައިސާ ޖަމާކުރުމާއި ނެގުމުގެ ހިދުމަތް 24 ގަޑިއިރު މި ސެންޓަރުން ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެކައުންޓު ހުޅުވުމުގެ ޚިދުމަތް ދެނީ އޮންލައިންކޮށް ކަމަށާއި އިންޓަނެޓް ބޭންކިންގެ ޚިދުމަތްތައް ހޯދުމަށް އެކައުންޓް ރެޖިސްޓަރކުރުންފަދަ ކަންކަން އަމިއްލައަށް ކޮށްލެވޭނެ ކަމަށް އެ ބޭންކުން ބުނެއެވެ. އަދި މީގެ އިތުރުން ބޭނުންވާނަމަ، ބޭންކުގެ އެހެނިހެން ޚިދުމަތްތަކަށް މުވައްޒަފުންގެ އެހީ ހޯދޭނެ ކަމަށްވެސް އެ ބޭންކުން ވަނީ ބުނެފައެވެ.
މި ސޭލްސް ސެންޓަރު ހުޅުވުމާއިއެކު، އެ ސަރަހައްދުގެ ރައްޔިތުން އެމްއައިބީގެ ޚިދުމަތްތަކާއި އަދި އެހެނިހެންވެސް ބޭންކަކުން ބޭނުންވާނެ ގިނަ ޚިދުމަތްތައް ހޯދަން ކޮންމެހެން މާލެ އަންނަން ނުޖެހޭނެ ކަމަށްވެސް އެބޭންކުން ވަނީ ބުނެފައެވެ.
މިއީ އެ ބޭންކުގެ އާ ތަސައްވަރުކަން ހާމަކުރަމުން އެ ބެންކުން ބުނީ މިފަދަ ޒަމާނީ ބްރާންޗްތައް ވަރަށް އަވަހަށް އދ. މަހިބަދޫ އަދި ލ. ގަމުގައި ހުޅުވާނެކަމަށެވެ. ކުރިއަށް އޮތް އަހަރު ވެސް މިފަދަ ޒަމާނީ ބްރާންޗްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުވުމުގެ މަސައްކަތް އެ ބޭންކުން މިހާރު ވެސް ކުރަމުން އަންނަ ކަމަށް އެ ބޭންކުން ވަނީ މައުލޫމާތު ދީފައެވެ.
މި ސަރަޙައްދުގެ ހުރިހާ ރިޒޯޓުތަކާއި ޢާންމުންވެސް ކޮންމެހެން އައިސް ގޮސްވާ އެއާޕޯޓު އޮންނަ ރަށް ކަމުގައިވާ ދަރަވަންދޫގައި ބޭންކް ބްރާންޗެއް ހުޅުވުމުން، އިތުރު ދަތުރެއް ނަގައިގެން ހަމަ އެކަނި ބޭންކުގެ ޚިދުމަތް ހޯދަން 700 އާއި 1000 ރުފިޔާ އާއި ދެމެދު ޚަރަދުކޮށްގެން އޭދަފުށްޓަށް ދަތުރުނުކޮށް ދަރަވަންދޫއަށް އަންނަ ދަތުރުގައި ބޭންކުގެ ޚިދުމަތްވެސް ހޯދާލައި، އެއްދޮނުގައި ދެބުޅި ޖަހާލުމުގެ ފުރުސަތު ފަހިވެ، މިކަން ބޮޑުތަނުން ޚަރަދު ކުޑަކޮށް ކޮށްލަން ފަސޭހަވާނެކަމަށް އެސަރަޙައްދުގެ ވިޔަފާރިވެރިންނާއި ޢާންމުން ބުނަމުން ގެންދެއެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online