ވެލާނާ އިންޓަރނޭސަނަލް އެއަރޕޯޓުގެ އާ ކާގޯ ޓަރމިނަލް ރައީސް މުއިއްޒު ހުޅުވައިދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ކާގޯ ޓަރމިނަލް ރަސްމީގޮތުން މިއަދު ހުޅުވައިދެއްވައިފިއެވެ.
ވެލާނާ އިންޓަރނޭސަނަލް އެއަރޕޯޓުގެ އައު ކާގޯ ޓަރމިނަލް ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވީ މިކަމަށްޓަކައި މިއަދު ވެލާނާ އިންޓަރނޭސަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
ރައީސް ޔާމީން ސަރުކާރުގައި ޕްލޭން ކުރެވި، 2020 ވަނަ އަހަރުންސުރެ ރައީސް ސޯލިހު ސަރުކާރުން، ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްސަން ގުރޫޕް ކުންފުންޏާއި ހަވާލުކޮށްގެން 3 ބުރިއަށް ހަދަމުން އައި މި ކާގޯ ޓަރމިނަލް އިމާރާތާއި އެކު އިންވެގެން ކާގޯ ހާބަރެއްވެސް ވަނީ ތަރައްގީކޮށް 2023 ވަނަ އަހަރު ޖޫން ގައި ނިންމާފައެވެ.
We are pleased to announce the inauguration of our brand-new Cargo Terminal today, marked by the esteemed presence of President Dr. Mohamed Muizz. The cargo terminal is a step into the future with state-of-the-art facilities designed to elevate cargo operations to new heights. pic.twitter.com/ZKb2ZoCCEa — Maldives Airports Company Ltd (@MACLmedia) January 15, 2024
ވެލާނާ އިންޓަރނޭސަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ މަސްރޫއުގެ ތެރޭގައި ހިމެނިގެން ތަރައްގީ ކޮށްފައިވާ އާ ކާގޯ ޓަރމިނަލަކީ ކުރީގެ ޓަރމިނަލަށްވުރެ ކާގޯ ހޭންޑްލިންގގެ މަސައްކަތް ގާތްގަނޑަކަށް ތިންގުނަ އިތުރަށް ކުރެވޭ ވަރުގެ ޓަރމިނަލެކެވެ. އެގޮތުން ކުރީގެ ބާ ޓަރމިނަލުން އަހަރަކު 50،000 ޓަނުގެ ކާގޯގެ ހިދުމަތްދެވޭ އިރު މި އާ ކާގޯ ޓަރމިނަލާއެކު ޖުމްލަ 120،000 ޓަނުގެ ކާގޯގެ ހިދުމަތް އަހަރަކު ދެވޭނެ ގާބިލުކަން ހުންނާނެއެވެ.
އާ ކާގޯ ޓަރމިނަލުގައި ކުރީގެ ޓަރމިނަލަށްވުރެ ގިނަ ވަސީލަތްތައް ގާއިމުކޮށްފައިވާއިރު އާ ޓަރމިނަލުގައި ބޭނުންކުރަނީ ތިމާވެއްޓާ ރަހުމަތްތެރި އުޅަނދެވެ. މީގެ އިތުރުން އައު ކާގޯ ޓަރމިނަލުގައި 3 ބުރިއަށް އިމާރާތްކޮށްފައިވާ އޮފީސް އިމާރާތެއް ހިމެނޭއިރު އެއަރލައިންތަކާއި ބްރޯކަރުންނަށް ހާއްސަކޮށް މިތަނުގައި 55 އޮފީހުގެ ޖާގަ ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު، ދާދިފަހުން ވަނީ ވެލާނާ އިންޓަރނޭސަނަލް އެއަރޕޯޓް، އަހަރަކު ޖުމްލަ 25 މިލިޔަން ފަތުރުވެރިންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީކުރުމުގެ މެގަ ޕްރޮޖެކްޓް އިއުލާނު ކުރައްވާފައެވެ.
ވެލާނާ އިންޓަރނޭސަނަލް އެއަރޕޯޓުގެ އާ ކާގޯ ޓަރމިނަލް ރަސްމީގޮތުން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަޠީފާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online