އެނބުރޭ ސިޔާސަތު

ފިތުނަޔާ ހަސަދައިން މިގައުމުގެތަޚްތުގައި އިނދެވެންއޮތީ | މިތުރުނާހަތުރުން މަރައިގެން ވެރިކަމުގަ ހުރެވެންއޮތީ

ޖޫން 21, 2026 - 04:37
އަދާހަމަވެއްޖެ: 24 ދުވަސްތައް ކުރިން
އެނބުރޭ ސިޔާސަތު

ޅެންވެރިޔާމުޙައްމަދު ނަސީމް (ނަފާނަސީމް)


ފިތުނަޔާ ހަސަދައިން މިގައުމުގެތަޚްތުގައި އިނދެވެންއޮތީ
       މިތުރުނާހަތުރުން މަރައިގެން ވެރިކަމުގަ ހުރެވެންއޮތީ

ލައްކައިން ލޯނާ ވަޒީފާތައް ބަހައިގެން ވާންއޮތީ
       ރައްޔިތުން ރުހުމާއި ލޯތްބާ އަތްޖެހުން ގަނެވެންއޮތީ

ދުޝްމިނުން ދޫބަންދުކޮށްގެން ހުރަގެއްލައިގެން އޮތީ
       ރަސްކަމުގެ ޝަރަފާއި ލައްޒަތުގައި ނިދަންއޮވެވެންއޮތީ

ދައުރުވެސް ދަންމާލެވޭނޭ، ވައުލުކާޅޭ ކާންތިބީ
       ވަޢުދުތައްގިނަ ދޮގުހަދައިގެން ލާރިއަށް ހެއްލުންއޮތީ

މީޚަސީލަތްވާނުބައި ގައުމެއް މުނާފިޤު ދިރިތިބީން
       މީޙަޤީގަތް ހިތިމިބޭސް ހަމަބޮއެގެނޭ އުޅެވެންއޮތީ

ގައުމުދެރިޔަސް ބިޔަތަރައްގީ ހުވަފެނުންދުށުމޭ އޮތީ
       މައުނަވީ ހަނަފަސް ޚަރީފެއް ހާސްނުވޭ ކުރިއަށްއޮތީ

ބީރުބަލްގެ ނަސޭހަތާ އިރުޝާދު އަޑުއެހުމޭއޮތީ
       ހޫރިލައިއެނބުރޭ ސިޔާސަތު މާރަގަޅެ ބުނެވެންއޮތީ


ނަފާ 83/2026