<colgroup><col style="width: 14.8982%;"><col style="width: 85.0766%;"></colgroup>
އިނގިރޭސިވިލާތުގެ މީޑިއާތަކުގެ ސަމާލުކަން މަހަކަށް ވުރެ ގިނަ ދުވަހު ހުއްޓުނު ސަރީއަތް ނިމި، މަސްހޫރު އެކްޓަރު އަދި ކޮމެޑިއަން ރަސަލް ބްރޭންޑްގެ މައްޗަށް ރޭޕާއި ޖިންސީ ގޯނާގެ ކުށް ސާބިތުވެފައިވާ ކަމަށް ލަންޑަންގެ ކޯޓަކުން ކަނޑައަޅައި، އޭނާ ކަފާލާތުގެ ދަށުން ދޫނުކުރުމަށް ނިންމައިފިއެވެ.
އިނގިރޭސިވިލާތުގެ ސައުތުވަރކް ކްރައުން ކޯޓުގައި ހަތަރު ހަފުތާއަށް ދެމިގެންދިޔަ އަޑުއެހުންތަކަށްފަހު، ޖޫރީން ބުރާސްފަތި ދުވަހު އިއްވި ހުކުމުގައި ވަނީ ރޭޕްކުރުމުގެ އެއް ދައުވާއާއި ޖިންސީ ގޯނާކުރުމުގެ ތިން ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ. ނަމަވެސް ރޭޕްގެ އިތުރު ދެ ދައުވާއަކާއި ބޭއަދަބީ ހަމަލާއެއް ދޭން އުޅުމުގެ ދައުވާއިން އޭނާ ވަނީ ސަލާމަތްވެފައެވެ.
އިނގިރޭސިވިލާތަށް ނިސްބަތްވާ ހޮލީވުޑްގެ މަސްހޫރު ފިލްމުސްޓާރ ރަސަލް ބްރޭންޑް
މި މައްސަލައިގެ ހުރިހާ ދައުވާއެއްގައި ވެސް ޖޫރީންގެ އިއްތިފާގު ނިންމުމެއް ބޭނުންވާނެ ކަމަށް ފަނޑިޔާރު ބެނަތަން ކުރިން ވަނީ ކަނޑައަޅުއްވާފައެވެ. އެންމެ ފުރަތަމައިނުން ފެށިގެން ވެސް މި ތުހުމަތުތަކަށް އިންކާރުކުރަމުން ދިޔަ ބްރޭންޑަށް އަދަބު ކަނޑައެޅުން ހޯމަ ދުވަހަށް ތާވަލުކޮށްފައިވާއިރު، އޭނާ ގައުމު ދޫކޮށް ފިލައިފާނެ ކަމުގެ ބިރު އޮތުމުން ކަފާލާތު ދިނުމަށް ކޯޓުން ވަނީ ދެކޮޅު ހަދައި، ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.
ހުކުމް އިއްވި ވަގުތު ކޯޓު ރޫމު މުޅިން ހިމޭންވި އިރު، ސަރީއަތުގެ ކޮންމެ ދުވަހަކު އޭނާއާއެކު ހާޒިރުވި އަނބިމީހާ އިނީ ލޮލުން ކަރުނަ ހިފަހައްޓައިގެންނެވެ. ފުލުހުންގެ ބެލުމުގެ ދަށުން ކޯޓުން ނެރެގެން ގެންދިޔަ ވަގުތު ބްރޭންޑް ވަނީ އޭނާގެ ވަކީލުންނަށް ބަލައިލުމަށްފަހު އޭނާގެ ހާލު ރަނގަޅު ކަމަށް އިސާރާތްކޮށްފައެވެ.
މެޓްރޮޕޮލިޓަން ޕޮލިހާ ހަވާލާދީ ސްކައި ނިއުސް އިން ރިޕޯޓުކުރި ގޮތުގައި، ރޭޕްގެ އިތުރު މައްސަލަތަކެއްގައި ވެސް ބްރޭންޑްގެ ތަހުގީގުތައް ފުލުހުން ދަނީ ހިންގަމުންނެވެ.
ބުރާސްފަތި ދުވަހު ސާބިތުވި ރޭޕްގެ މައްސަލައަކީ 2009 ވަނަ އަހަރު ހެމަސްމިތު އެޕޯލޯގައި ބޭއްވި އޭނާގެ ޝޯއަކުން ދިމާވި އަންހެނަކާ ގުޅޭ މައްސަލައެކެވެ. ފުލުހުންނަށް ދިން ބަޔާނުގައި އެ އަންހެން މީހާ ބުނެފައިވަނީ، ހަފުތާއެއް ފަހުން ބްރޭންޑްގެ ގެއަށް ދިޔައީ ދެމީހުންގެ ރުހުމުގައި ގުޅުން ހިންގުމުގެ ނިޔަތުގައި ކަމަށެވެ. ނަމަވެސް އާދައިގެ ގޮތަކަށް ޖިންސީ ގުޅުން ހިންގުމަށްފަހު، އޭނާގެ ރުހުމަކާ ނުލައި ގަދަކަމުން ފުރަގަސްފަރާތުން ގުޅުން ހިންގީ ކަމަށް އޭނާ ބުންޏެވެ. އަދި އެވަގުތު ނޭވާލާން ވެސް ދަތިވެ، ވީ ތަދުން ބަސް ހުއްޓުނު ކަމަށާއި، ވާހަކަދެއްކޭ ވަރު ވުމުން ހުއްޓާލުމަށް ބާރަށް އެދުނު ކަމަށް ވެސް އޭނާ ބުންޏެވެ. މި އަމަލު އެތައް މިނެޓަކަށް ދެމިގެންދިޔަ ކަމަށާއި، އެކަން ނިމުމުން މާފަށް އެދުމުގެ ބަދަލުގައި ބްރޭންޑް ބުނީ "ކަލޭ ހަޑިކުރި ތަން ކަލޭ ސާފުކުރާށޭ" ކަމަށް އެ އަންހެން މީހާ ކޯޓުގައި ކިޔައިދިނެވެ.
ޕާކިސްތާނާއި ސައޫދީ އަރަބިއްޔާއާ ގުޅިގެން އެކުލަވާލި މައްކާ ޑިފެންސް އެލަޔަންސް ނުވަތަ "މައްކާ ޖޮއިންޓް ޑިފެންސް އެގްރީމެންޓް" ތަސްދީގުކުރުމަށް ތުރުކީގެ ގާނޫނުހަދާ މަޖިލީހުން ބުރާސްފަތި ދުވަހު ފާސްކޮށްފިއެވެ. މިއީ ތިން ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި އެއްބަސްވުން ފާސްކުރީ ވެރިކަންކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ (އޭކޭ ޕާޓީ) އާއި، ސަރުކާރު ކޯލިސަނުގައި ހިމެނޭ ނޭޝަނަލިސްޓް މޫވްމެންޓް ޕާޓީ (އެމްއެޗްޕީ) ގެ އިތުރުން މައި އިދިކޮޅު ޕާޓީ ކަމަށްވާ ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) ގެ ވެސް ތާއީދާއެކުގައެވެ.
ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސް ޖަލާލް އަދާން ރިޔާސަތު ބެލެހެއްޓެވި ޖަލްސާގައި މި ބިލު ފާސްކުރީ އެއްބަސްވުމާ ގުޅޭގޮތުން މެންބަރުންގެ މެދުގައި ބަހުސްކުރުމަށްފަހުގައެވެ.
މި މުއާހަދާގެ ދަށުން އަސްކަރީ ތަމްރީނުތަކާއި، ގުޅިފައިވާ އަސްކަރީ ހަރަކާތްތަކާއި، ދިފާއީ ޓެކްނޮލޮޖީ އުފެއްދުމާއި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމުގެ އިތުރުން ލޮޖިސްޓިކްސް އެހީތެރިކަން ފޯރުކޮށްދިނުމުގައި ތިން ގައުމު ގުޅިގެން މަސައްކަތްކުރާނެ އޮނިގަނޑެއް ގާއިމުވެގެންދާނެއެވެ. އަދި ދިފާއީ ސިނާއަތުގައި ޓެކްނޮލޮޖީ ބަދަލުކުރުމާއި، ގުޅިގެން ދިރާސާތައް ކުރުމާއި، ހަތިޔާރު އުފެއްދުން ފަދަ ކަންކަން ވެސް ކުރިއަށް ގެންދާނެއެވެ.
މީގެއިތުރުން ސިފައިންގެ ހުނަރު އިތުރުކުރުމަށްޓަކައި އެއް ގައުމުން އަނެއް ގައުމަށް ސިފައިން ބަދަލުކުރުމާއި ގުޅިފައިވާ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ޖާސޫސީ މައުލޫމާތު ބަދަލުކުރުމާއި އަސްކަރީ އެހީތެރިކަން
ސިއްރު މައުލޫމާތުތައް ރައްކާތެރިކުރުމުގެ މިންގަނޑުތަކަށް އިހުތިރާމްކުރަމުން، ރައްކާތެރި ވަސީލަތްތައް މެދުވެރިކޮށް ޖާސޫސީ މައުލޫމާތު ބަދަލުކުރުމަށް ވެސް މި އެއްބަސްވުމުގައި ހިމަނާފައިވެއެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތައް ވިލަރެސްކޮށް، ބައިނަލްއަގުވާމީ ސަލާމަތީ ގޮންޖެހުންތަކާ މެދު ގަވާއިދުން މަސްވަރާކުރުން ހިމެނެއެވެ.
އެއްބަސްވުމުގައި ބުނެފައިވާ ގޮތުގައި، ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ގުޅިގެންނާއި ވަކިވަކިން ފިޔަވަޅު އެޅުމުގެ ފުރުސަތު އޮންނާނެއެވެ. އަދި އަމާން ދުވަސްވަރުގައްޔާއި ހަނގުރާމައިގެ ހާލަތްތަކުގައި އަދި ކުއްލި ނުރައްކަލުގެ ވަގުތުތަކުގައި ބޭނުންވާ ހަތިޔާރާއި، ވަޒަނާއި، ތެލާއި، ސްޕެއާ ޕާޓްސް އަދި އެހެނިހެން އަސްކަރީ ސާމާނު ފޯރުކޮށްދިނުމުގެ އެހީތެރިކަން ދިނުން ވެސް މި އެއްބަސްވުމުގައި ހިމެނެއެވެ.
ގުޅިފައިވާ ދިފާއީ ކޮމިޓީ
އެއްބަސްވުމުގެ ދަށުން ހިނގާ ކަންކަން ބަލަހައްޓައި ވިލަރެސްކުރުމަށްޓަކައި ހާއްސަ ސްޓްރެޓީޖިކް ޕޮލިޓިކަލް އެންޑް ޑިފެންސް ކޮމިޓީއެއް އުފައްދާނެއެވެ. މި ކޮމިޓީގައި ހިމެނޭނީ ތިން ގައުމުގެ ހާރިޖީ ވަޒީރުންނާއި، ދިފާއީ ވަޒީރުންގެ އިތުރުން ސިފައިންގެ އިސްވެރިންނެވެ. އާންމު އުސޫލެއްގެ ގޮތުން މި ކޮމިޓީގެ ބައްދަލުވުންތައް އަހަރަކު ދެ ފަހަރު ބާއްވާނެއެވެ. ނަމަވެސް ގައުމުތަކުގެ ވެރިން ބޭނުންވެއްޖެ ހިނދެއްގައި އަހަރަކު އެއް ފަހަރު ވެސް ބައްދަލުވުން ބޭއްވިދާނެއެވެ.
ކޮމިޓީގެ އިދާރީ މަސައްކަތްތައް ބެލެހެއްޓުމަށް ދާއިމީ ސެކްރެޓޭރިއަޓެއް ގާއިމުކުރާނީ ސައޫދީ އަރަބިއްޔާގައެވެ. މި އިދާރާގެ އިސްވެރިއަކަށް ހުންނަވާ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ތިން އަހަރުން އެއް އަހަރު ތިން ގައުމުގެ މެދުގައި ބަދަލުވާ ގޮތަށް ހަމަޖައްސާފައިވާއިރު، އެންމެ ފުރަތަމަ މި މަގާމު އަދާކުރާނީ ޕާކިސްތާނުގެ ބޭފުޅެކެވެ.
މިހާރު އެއްބަސްވުމުގައި ތިބި ގައުމުތަކުގެ ރުހުން ލިބިގެން، ކަނޑައެޅޭ ވަކި އުސޫލުތަކެއްގެ ދަށުން އެހެން ގައުމުތަކަށް ވެސް މި މުއާހަދާގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ވަކި މުއްދަތެއް ނެތް ގޮތަށް އަމަލުކުރުން
މި އެއްބަސްވުމަށް އަމަލުކުރަން ފަށާނީ ތިން ގައުމުގެ އެތެރޭގެ ގާނޫނީ މަރުހަލާތައް ފުރިހަމަކޮށް، ތަސްދީގުކުރި ކަމުގެ ލިޔެކިޔުންތައް ސެކްރެޓޭރިއަޓާ ހަވާލުކުރުމުންނެވެ. ވަކި މުއްދަތެއް ނެތް ގޮތަށް މި އެއްބަސްވުމަށް އަމަލުކުރަން ހަމަޖެހިފައިވީ ނަމަވެސް، 10 އަހަރު ފަހުން ޑިޕްލޮމެޓިކް މަގުތަކުން މަދުވެގެން ތިން މަސްދުވަހުގެ ނޯޓިސްއެއް ދިނުމަށްފަހު ކޮންމެ ގައުމަކަށް ވެސް ވަކިވެވޭނެއެވެ.
އެއްވެސް ގައުމަކުން ވަކިވި ނަމަވެސް، އޭގެ ކުރިން އެއްބަސްވެފައިވާ މަސްރޫއުތަކަށާއި ހިނގަމުންދާ ހަރަކާތްތަކަކަށް އެކަމުގެ އަސަރެއް ނުކުރާނެއެވެ. އަދި ސިއްރު މައުލޫމާތު ހިމާޔަތްކުރުމަށް އޮތް ޒިންމާތައް ދެމިއޮންނާނެއެވެ.
މި އެއްބަސްވުމުގެ ސަބަބުން ސަރަހައްދީ އަދި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގައި ތުރުކީ، ޕާކިސްތާނު އަދި ސައޫދީ ގުޅިގެން އެއް ވިސްނުމެއްގައި މަސައްކަތްކުރުމަށާއި ސަލާމަތީ ކަންކަމުގައި ގާތް ގުޅުމެއް ދެމެހެއްޓުމަށް ބާރުއަޅައެވެ.
ތުރުކީގެ ރައީސް މިއަދު ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އެއްވެސް ގައުމަކަށް ހަމަލަ ދިނުމާއި ހަނގުރާމައެއް ފެށުމަކީ މި އެއްބަސްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭކަމެއް ނޫން ކަމަށެވެ.
ފޮޓޯ: އޮގަސްޓް 7، 2026 - ތުރުކީގެ ރައީސް އޮފީސް
ޕެރަގުއާއީގެ ބޭންކެއް ކަމުގައިވާ ޔުއެނޯ ބޭންކު ބަނގުރޫޓުވުމާ ގުޅިގެން ޕެރަގުއާއީގެ ރައީސް ސެންޓިއާގޯ ޕެންޔާ އިސްތިއުފާ ދެއްވައިފި އެވެ.
ޔުއެނޯ ބޭންކު ހުއްޓުމަކަށް އައުމާ ގުޅިގެން ސިޔާސީ ގޮތުން ކުރިމަތިވި ބޮޑެތި ފިއްތުންތަކާއެކު، ޕެރަގުއާއީގެ ރައީސް ސެންޓިއާގޯ ޕެންޔާ އިސްތިއުފާ ދެއްވާފައިވަނީ، ބުރާސްފަތި ދުވަހު އާންމުކުރެއްވި ބަޔާނެއް މެދުވެރިކޮށެވެ. 2023 ވަނަ އަހަރު އޮގަސްޓް 15 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ޕެންޔާގެ ވެރިކަން މި ނިމުނީ ތިން އަހަރަށް ވުރެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.
އިސްތިއުފާ އިއުލާނުކުރައްވައި ދެއްވި ވީޑިއޯ މެސެޖުގައި ޕެންޔާ ވިދާޅުވީ، ޖުމްހޫރިއްޔާގެ ރައީސްކަމުން ވަކިވެވަޑައިގަތުމަށް ނިންމެވީ ގައުމުގެ ހަމަޖެހުމަށާއި، އިޖުތިމާއީ ސުލްހަމަސަލަސްކަމަށާއި، އަދި ޑިމޮކްރެޓިކް މުއައްސަސާތައް ހިމާޔަތްކުރުމުގެ މުހިންމުކަމަށް ވިސްނެވުމަށްފަހު ކަމަށެވެ.
ރައީސް ޕެންޔާ އިސްތިއުފާ ދެއްވި ނަމަވެސް، ގައުމީ މަޖިލީހުގައި މި މައްސަލައާ މެދު ގޮތެއް ނިންމުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަނުވާތީ، އޭނާގެ އިސްތިއުފާ ބަލައިގަތުމުގެ ކަންކަން އަދި އޮތީ މަޖިލީހުގައި މަޑުޖެހިފައެވެ. އޭނާގެ މި ނިންމެވުން އައީ މަގާމުން ވަކިކުރުމުގެ އަޑުތައް ގަދަވެ، މަޖިލީހުން އޭނާގެ އިތުބާރު ނެތްކަމުގެ (އިންޕީޗު ކުރުމަށް) ވޯޓުނަގައި، މަގާމުން ދުރުކުރުމަށް މަސްވަރާ ކުރަމުން ދަނިކޮށެވެ.
ޕެންޔާގެ އިސްތިއުފާ: "ތާރީހު މިކަމަށް އިންސާފުކުރާނެ"
އިގުތިސާދީ މާހިރު އަދި ކުރީގެ މާލީ ވަޒީރު ޕެންޔާ 2023 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވީ ގިނަ ދުވަސްތަކެއް ވަންދެން ވެރިކަން ކުރަމުން އަންނަ ކޮލޮރާޑޯ ޕާޓީގެ ޓިކެޓުގައެވެ. އޭނާގެ ސަރުކާރުން އިސްކަންދިނީ އިގުތިސާދީ ކުރިއެރުމަށާއި، ސްކޫލް ކުދިންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސްރޫއު ފަދަ އިޖުތިމާއީ ހަރަކާތްތަކަށާއި، ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށާއި، ސަލާމަތީ ދާއިރާއަށް ހޭދަކުރުމަށާއި ފަގީރުކަން ނައްތާލުމަށެވެ. މީގެއިތުރުން އެމެރިކާއާއެކު އޮތް ގުޅުން ބަދަހިކުރައްވައި، ޓައިވާނާއެކު އޮތް ގުޅުން ވެސް އޭނާ ދެމެހެއްޓެވިއެވެ.
"މިއަދު އަޅުގަނޑު ތިޔަބޭފުޅުންނާ މުހާތަބު މިކުރަނީ އަޅުގަނޑުގެ ހަޔާތުގައި ކުރިމަތިވި އެންމެ ދަތި ވަގުތު. އެކަމަކު ހިތުގައި އޮތީ ގައުމުގެ ލޯބި. އަދި އެއްވެސް މީހަކަށް ވުރެ ނުވަތަ ހާލަތަކަށް ވުރެ ގައުމުގެ މަސްލަހަތު އިސްވާންޖެހޭނެ ކަމުގެ ފުރިހަމަ ޔަގީންކަމާއެކު،" ޕެންޔާގެ ބަޔާނުގައި ވިދާޅުވިއެވެ. "މިއަދު އަޅުގަނޑުމެން ތަހައްމަލުކުރަމުން މިދާ ކަންކަމަށް އިންސާފުކޮށް، ހަގީގީ މަންޒަރު ހާމަކޮށްދޭނީ ތާރީހު."
އޭނާ އިތުރަށް ވިދާޅުވީ، އެއްވެސް ކަމެއްގައި ގޯހެއް ހެދިފައިވާނަމަ ރައްޔިތުންގެ ކިބައިން މާފަށް އެދޭ ކަމަށާއި، ރައްޔިތުން ކުރި އިތުބާރަށް ހިޔާނާތްތެރިވުމުގެ އެއްވެސް ނިޔަތެއް ދުވަހަކުވެސް ނޯންނާނެ ކަމަށެވެ.
"ކޮންމެ ދުވަހަކުވެސް އަޅުގަނޑު މި މަސްއޫލިއްޔަތު އަދާކުރީ ގައުމަށް ހިދުމަތްކުރުމުގެ އަޒުމުގައި. ނަމަވެސް މިއަދު އަޅުގަނޑުގެ ހަމައެކަނި އަމާޒަކީ މާލީ ނިޒާމަށް އިތުބާރުކޮށް ފައިސާ ރައްކާކުރި ރައްޔިތުންނަށް ހިތްހަމަޖެހުން ހޯދައިދިނުން. އަޅުގަނޑުގެ އެންމެ ބޮޑު އެދުމަކީ ރައްޔިތުންގެ ފައިސާ އަނބުރާ ލިބޭނެކަން ކަށަވަރުވުން. އަދި ޑިޕޮސިޓް ގެރެންޓީ ފަންޑުގެ ބޭނުން ހިފައި، ދައުލަތުގެ ފައިސާއާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރެވިގެން ދިޔުން."
ވީޑިއޯ: ރިއުޓަރސް
ދެން ވާނީ ކިހިނެއް؟
ހާއްސަ ޖަލްސާއެއް ބޭއްވުމަށް އެދި ހުށަހެޅުމާ ގުޅިގެން ޕެރަގުއާއީގެ ގާނޫނުހަދާ މަޖިލީހުން ވަނީ ރައީސް މަގާމުން ދުރުކުރުމުގެ މައްސަލަ ބަލަން ފަށާފައެވެ. މި ހުށަހެޅުމުގައި 80 މެންބަރުން ހިމެނޭ ތިރިގޭގެ 35 މެންބަރަކު ވަނީ ސޮއިކުރައްވާފައެވެ. ގާނޫނުއަސާސީ ބުނާ ގޮތުން މިފަދަ މައްސަލައެއް ސެނެޓަށް ފޮނުވުމުގެ ކުރިން ތިރިގޭގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތު ބޭނުންވާނެއެވެ. އެހެންކަމުން މައްސަލަ ކުރިއަށް ގެންދެވޭ ވަރަށް މަޖިލީހުގެ ތާއީދު އޮތްތޯ މެންބަރުން ދަނީ ބަލަމުންނެވެ.
މި ދަނޑިވަޅުގައި، ޔުއެނޯ ބޭންކުގެ މައްސަލައިގެ ސަބަބުން އެތައް ބަޔަކަށް އެމީހުންގެ ސޭވިންގްސް ނުނެގި ދަތިތަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ. ކަމާބެހޭ އިދާރާތަކުން ބުނަމުންދަނީ ފައިސާ އަނބުރާ ދިނުމުގެ ކަންކަން ފަސޭހަކޮށް، އާންމުންގެ ފައިސާ ހިމާޔަތްކުރުމަށް ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. އަދި ސިޔާސީ ކަންކަމާ ވަކިން، ބޭންކު ބަނގުރޫޓުވި ސަބަބު ދެނެގަތުމުގެ ތަހުގީގުތައް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ. މި މައްސަލައިގެ ނަތީޖާއަކީ ސަރުކާރަށާއި މުޅި މާލީ ނިޒާމަށް އޮތް އިތުބާރަށް ބޮޑެތި އަސަރުތަކެއް ކުރުވާނެ ކަމެކެވެ.
މި ކާރިސާގެ ތެރޭގައި، އެ ގައުމުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ވެސް މި ހަފުތާގައި މަގާމުން ވަކިވެވަޑައިގެންފައި ވެއެވެ. ޕެންޔާގެ އިސްތިއުފާއަށްފަހު، ދެން ޕެރަގުއާއީގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާނީ ނައިބު ރައީސް ޕެޑްރޯ އަލިއާނާ އެވެ.
ޔުއެނޯ އަކީ ކޮބައި؟
ޔުއެނޯ އަކީ ވަރަށް ހަލުވިކަމާއެކު ކުރިއަރައިގެން ދިޔަ ޑިޖިޓަލް ބޭންކެކެވެ. ދެހާސް އެކާވީސް ވަނަ އަހަރު ތައާރަފުކުރި މި ބޭންކު އަޅާކިޔެނީ ބައިނަލްއަގުވާމީ ގޮތުން މަސްހޫރު ނޫބޭންކް، މޮންޒޯ އަދި ރެވޮލޫޓް ފަދަ ޑިޖިޓަލް ބޭންކުތަކާއެވެ.
މިއަހަރުގެ ޖޫން މަހާ ހަމައަށް އެ ބޭންކުގައި 3 މިލިއަން ކަސްޓަމަރުން ތިބިއިރު، ދައުލަތުގެ މުއައްސަސާތަކާއި ޕެންޝަން ފަންޑުތަކުގެ 850 މިލިއަން ޑޮލަރު އެ ބޭންކުން ބަލަހައްޓަމުން ދިޔައެވެ. ނަމަވެސް، ބޭންކުގެ މައި ހިއްސާދާރު ގްރުޕޯ ވަޒްކޭޒްއާ ގުޅުންހުރި ކުންފުނިތަކަށް ހައްދުފަހަނައަޅާފައިވާ މިންވަރަށް ލޯނު ދޫކޮށްފައިވާ ކަމަށް ބުނެ ރެގިއުލޭޓަރުންގެ ކަޅި މި ބެންކަށް ހުއްޓުނެވެ. އަދި ބޭންކުގައި ހުންނަންޖެހޭ މާލީ ކެޕޭސިޓީ ދަށްވުމުން މަރުކަޒީ ބޭންކުން ވަދެ، އެތައް މިލިއަން ބައެއްގެ އެކައުންޓުތައް ފްރީޒްކުރަން ޖެހުނެވެ.
ޕެންޔާއާ ޔުއެނޯއާ އޮތީ ކޮން ގުޅުމެއް؟
އިގުތިސާދީ މާހިރެއް ކަމަށްވާ ޕެންޔާއަށް ސިޔާސީ ގޮތުން ފިއްތުންތައް ކުރިމަތިވީ ގްރުޕޯ ވަޒްކޭޒްއާއެކު އޭނާ ކުރިން ހިންގެވި ވިޔަފާރީގެ ސަބަބުންނެވެ. ޕެންޔާ ވިދާޅުވާ ގޮތުގައި 2025 ވަނަ އަހަރުގެ މާޗު މަހާ ހަމައަށް އޭނާގެ ހިއްސާ އެ ކުންފުނީގައި އޮތެވެ. ނަމަވެސް ޔުއެނޯ އިން ބުނަނީ ޕެންޔާގެ އެއްވެސް ސީދާ ހިއްސާއެއް ނުވަތަ އިންވެސްޓްމަންޓެއް އެ ބޭންކުގައި ދުވަހަކުވެސް ނޯންނަ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން އޭނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރި ނަމަވެސް، ޕެންޔާ ވިދާޅުވަނީ މިއީ ކޯޓުން ނިންމަންޖެހޭ ރެގިއުލޭޓަރީ މައްސަލައެއް ސިޔާސީ ކުރުން ކަމަށެވެ. ޕްރޮސެކިއުޓަރުން ބުނީ ބޭންކުގެ މައްސަލައިގައި ތަހުގީގުކުރާ މީހުންގެ ތެރޭގައި ޕެންޔާ ހިމެނޭ ކަމަށެވެ. އެކަމަކު އޭނާ އަދި ސުވާލުކުރުމަށް ހާޒިރުކޮށްފައެއް ނުވެއެވެ.
ރެގިއުލޭޓަރުންގެ ދައުރަކީ ކޮބައި؟
ޔުއެނޯ ފުޅާވަމުން ދިޔައިރު އެކަށީގެންވާ ވަރަށް ފާރަވެރިވެވިފައިވޭތޯ ސުވާލު އުފެދުނީ، މަރުކަޒީ ބޭންކުގެ ކުރީގެ ވެރިޔާ ކާލޮސް ކަރްވާލޯ އަކީ ކުރިން އެ ބޭންކުގެ އިސްވެރިއަކަށް ހުންނެވި ބޭފުޅަކަށް ވާތީއެވެ. ކަރްވާލޯ މިދިޔަ އަންގާރަ ދުވަހު އިސްތިއުފާ ދެއްވީ މަރުކަޒީ ބޭންކުން ޔުއެނޯގެ މައްޗަށް ފިޔަވަޅު އެޅުމާ ގުޅިގެންނެވެ.
މަރުކަޒީ ބޭންކުން ބުނަނީ އެއްވެސް މަސްލަހަތު ފުށުއެޅުމެއް ނެތް ކަމަށާއި ޔުއެނޯއާ ގުޅޭ ނިންމުންތަކުން ކަރްވާލޯ އެއްފަރާތްވެވަޑައިގެންނެވި ކަމަށެވެ. ނަމަވެސް މި މައްސަލައިގެ ތަހުގީގު ހާމަވުމާއެކު، ސިޔާސީ ފަރާތްތަކާއި ބޭންކިން ދާއިރާގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.
ޔުއެނޯގެ އެކައުންޓުތަކަށް ވީ ކިހިނެއް؟
މަރުކަޒީ ބޭންކުން ދަނީ ޔުއެނޯގެ ކަސްޓަމަރުންގެ އެކައުންޓުތައް އެހެން ބޭންކުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިކަމުގެ ސަބަބުން އެ ގައުމުގެ ބޭންކިން ނިޒާމަށް ބާރުބޮޑުވެ، ބައެއް ބޭންކުތަކުގެ އެޕްލިކޭޝަންތައް ވެސް ވަނީ މެދުކެނޑިފައެވެ.
ކަސްޓަމަރުންނަށް އަދިވެސް އެމީހުންގެ އެކައުންޓުތަކަށް ނުވަދެވެއެވެ. ބައެއް މީހުން ވަނީ ފައިސާ ހޯދުމަށް ބޭންކުގެ ބްރާންޗުތައް ކައިރިއަށް އެއްވެފައެވެ. މީގެތެރޭގައި ޕެންޝަން ފައިސާ ލިބެންޖެހޭ އުމުރުން ދުވަސްވީ މީހުން ވެސް ހިމެނެއެވެ. ސަރުކާރުން މިހާރު މަސައްކަތް ކުރަނީ އާންމުންގެ ފައިސާ ރައްކާތެރިކޮށްދީ، ފައިސާ ދޫކުރުމުގެ ކަންކަން އަވަސްކުރުމަށެވެ.
މުޅި މާލީ ނިޒާމަށް މީގެ އަސަރު ފޯރާނެތަ؟
ކަމާބެހޭ އިދާރާތަކުން ބުނަނީ މި މައްސަލައަކީ ހަމައެކަނި ޔުއެނޯއަށް ކުރިމަތިވި ކަމެއް ކަމަށާއި، މުޅި ގައުމުގެ ބޭންކިން ނިޒާމުގައި އެފަދަ ބަލިކަށިކަމެއް ނެތް ކަމަށެވެ.
އާންމުންގެ ޑިޕޮސިޓްތަކުގެ އިތުރުން، ބައިނަލްއަގުވާމީ މާލީ އިދާރާތަކުންނާއި ވޯލް ސްޓްރީޓްގެ ބޮންޑު މާކެޓު މެދުވެރިކޮށް ޔުއެނޯ އިން 510 މިލިއަން ޑޮލަރުގެ ފައިނޭންސިން ހޯދާފައިވާ ކަމަށް ބުނެފައިވެއެވެ. ޕެރަގުއާއީ އަކީ އިންވެސްޓަރުންގެ އިތުބާރު އޮތް، އިގުތިސާދީ އިސްލާހީ ފިޔަވަޅުތަކަށް މަސްހޫރު ގައުމަކަށް ވާއިރު، މި ކާރިސާގެ ސަބަބުން ގައުމުގެ މާލީ އިތުބާރަށް ދިގު މުއްދަތަކަށް އަސަރުކޮށްފާނެކަމުގެ ސުވާލުތައް ވަނީ އުފެދިފައެވެ.
އަރަބި ޕާޓީތަކުން ނަތަންޔާހޫއާއި ބައިވެރި ނުވާނެކަމަށް ބުނެ އައިޒެންކޮޓަށް ތާއީދުކުރަން ނިންމައި، އިސްރާއީލުގެ ކޯލިސަން މަސްވަރާތަކުގެ ފަހު މަރުހަލާތައް ފަށައިފިއެވެ.
މިދިޔަ ހަފުތާގައި އިޒުރޭލުގައި ބޭއްވި އާންމު އިންތިހާބުގައި ރެކޯޑު އަދަދަކާއެކު 19 ގޮނޑި ކާމިޔާބުކުރި އަރަބި ޕާޓީތަކުން، (ނަތަންޔާހޫ ސަރުކާރާއި) އިދިކޮޅު ލީޑަރު ގާދީ އައިޒެންކޮޓްގެ ބްލޮކް (ޕާޓީ) އަށް ތާއީދުކުރަން ނިންމައިފިއެވެ. މިއާއެކު އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަލުން ވެރިކަމަށް އައުމަށް ކުރާ އުއްމީދުތަކަށް ވަނީ އިތުރު ހުރަސްތަކެއް ކުރިމަތިވެފައެވެ.
ޔަހޫދީ މައި އިދިކޮޅު ހަތަރު ޕާޓީ ހިމެނޭ ބްލޮކަށް ވެސް، 120 ގޮނޑި ހިމެނޭ އިސްރާއީލުގެ ޕާލަމެންޓް (ކްނެސެޓް) ގެ އަގުލަބިއްޔަތު ހޯދުމަށް ބޭނުންވާ 61 ގޮނޑި ހަމައެއް ނުކުރެވުނެވެ. ނަމަވެސް އިސްރާއީލުގެ ރައްޔިތުންގެ ގޮތުގައި ތިބި ފަލަސްތީނު މީހުން ތަމްސީލުކުރާ މައި ދެ ޖަމާއަތާއެކު ގުޅިގެން މަސައްކަތް ކުރުމަކީ، ސިޔާސީ ގޮތުން ކަންކަން ހުއްޓުމަކަށް އައުމާއި އަލުން އިންތިހާބަކަށް ދާންޖެހުން ހުއްޓުވުމަށް ލިބޭނެ މަގެކެވެ.
އޮކްޓޯބަރު 7 ގައި ހަމާސްއިން ދިން ހަމަލާތަކާ ގުޅިގެން ދިފާއީ ގޮތުން ވީ އިހުމާލުތަކާއި، ނަތަންޔާހޫގެ މައްޗަށް ހިނގަމުންދާ ފަސާދައިގެ ސަރީއަތްތަކާ ހުރެ، އޭނާއާއެކު ކޯލިޝަން ނުހަދާނެ ކަމަށް އިދިކޮޅު "ޗޭންޖް" ބްލޮކުން ވަނީ ކުރިންވެސް ބުނެފައެވެ.
އެހެން ނަމަވެސް، ވެރިކަންކުރާ ކޯލިޝަންގެ ބައެއްގެ ގޮތުގައި ވިޔަސް ނުވަތަ ބޭރުން ތާއީދު ދީގެން ވިޔަސް، އަރަބި ޕާޓީތަކުގެ ތާއީދު ހޯދުމަކީ ކަނާތުފިޔައިގެ ފަރާތްތަކުން އައިޒެންކޮޓަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވާނެ ކަމެކެވެ. ހާއްސަކޮށް ޔަހޫދީ ވޯޓު ހޯދުމަށްޓަކައި ނަތަންޔާހޫ ހިމެނޭހެން ގިނަ ލީޑަރުންނާއި ޕާޓީތަކުން ފާޅުކަން ބޮޑު ގޮތެއްގައި އަރަބިންނާ މެދު ނަސްލީ ތަފާތުކުރުންތައް ކުރިއަށް ނެރެމުންދާ ދަނޑިވަޅެއްގައެވެ.
އިޒުރޭލުގައި ދިރިއުޅޭ މަދު އަރަބި އާބާދީއަކީ ޒަމާނުއްސުރެ ސިޔާސީ ގޮތުން އެކަހެރިކުރެވިފައިވާ ބައެކެވެ. އޮކްޓޯބަރު 7 ގެ ފަހުން އެމީހުން ވަނީ އިހުނަށްވުރެ ބޮޑަށް ބާކީކޮށްލާފައެވެ. ގައްޒާގައި ހިންގަމުންދާ ގަތުލުއާންމަށާއި ހުޅަނގު އައްސޭރި ހިސާރުކުރުމަށް ފާޑުކިޔައި ހިޔާލުފާޅުކުރުމުގެ ސަބަބުން، ފަލަސްތީނުގެ ކުރީގެ ދެ މެންބަރަކާއި މިހާރުގެ ކްނެސެޓް މެންބަރަކު ވެސް ވަނީ މީގެ ކުރިން ކުރު މުއްދަތަކަށް ހައްޔަރުކޮށްފައެވެ.
ވެރިކަމަށް ވާސިލުވުމަށް ހުރި މަގުތަކާމެދު ޕާޓީތަކުން ވިސްނަމުންދާއިރު، ސަޕޯޓަރުންނަށް ވެފައިވާ ވައުދުތައް އުވާލައި، ބޮޑެތި ދޫދިނުންތަކެއް ދޭން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
އިންތިހާބުގައި ވީ ކިހިނެއް؟
ބޮޑުވަޒީރު ނަތަންޔާހޫގެ ލިކުޑް ޕާޓީ އިސްވެ އޮވެ އެކުލަވާލި ޔަހޫދީ ކޮންޒަވޭޓިވް އަދި ހަރުކަށި ކަނާތުފިޔައިގެ ކޯލިޝަނަށް 120 ގޮނޑީގެ ތެރެއިން ލިބުނީ 53 ގޮނޑިއެވެ. އެހެންކަމުން ސާފު އަގުލަބިއްޔަތެއް ނުލިބުނެވެ.
ކުރީގެ މިލިޓަރީ ޗީފް ގާދީ އައިޒެންކޮޓްގެ ޔަޝާރް ޕާޓީ އިސްވެ އޮތް އިދިކޮޅު ބްލޮކަށް ލިބުނީ 48 ގޮނޑިއެވެ. އެއީ އަގުލަބިއްޔަތާ އަދި މާ ދުރު އަދަދެކެވެ.
އަނެއްކޮޅުން، އަރަބި ވޯޓަރުންގެ 80 އިންސައްތަ މީހުން ވޯޓުލާން ނުކުތުމާއެކު، އަރަބި ލީޑަރުން އިސްވެ ތިބި ޖޮއިންޓް ލިސްޓާއި ރާމް ޕާޓީން ވަނީ ކުރިއާ އަޅާބަލާއިރު ތާރީހީ ކާމިޔާބީއެއް ހޯދާފައެވެ. މަންސޫރު ޢައްބާސްގެ ރާމް ޕާޓީން އަށް ގޮނޑި ހޯދިއިރު، ޔޫސުފް ޖަބާރީންގެ ޖޮއިންޓް ލިސްޓުން 11 ގޮނޑި ކާމިޔާބުކުރިއެވެ.
އަރަބި ބްލޮކުން އިދިކޮޅާ ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް އޮތް ނަމަވެސް، ޔަހޫދީ ރައްޔިތުންގެ ފަރާތުން އަތުވެދާނެ ނުރުހުމަކަށް ބަލައި އައިޒެންކޮޓް އެމީހުންގެ ތާއީދު ބަލައިނުގަނެފާނެ ކަމުގެ އަޑުތައް ފެތުރުނެވެ. އަރަބިންނަކީ އިސްރާއީލުގެ އާބާދީގެ ފަސްބައިކުޅަ އެއްބައެވެ. ވެރިކަންކުރާ ކޯލިޝަނެއްގައި މިހާތަނަށް ބައިވެރިވެފައިވަނީ އެންމެ އަރަބި ޕާޓީއެކެވެ. އެއީ 2021 ވަނަ އަހަރު ރާމް ޕާޓީންނެވެ. އެ ސަރުކާރު ދެމިއޮތީ ދެ އަހަރަށް ވުރެ ވެސް ކުރު މުއްދަތަކަށެވެ.
އައިޒެންކޮޓާއި އިދިކޮޅު އެހެން ލީޑަރުން ކުރިން ވިދާޅުވެފައިވަނީ ސަޕޯޓަރުންގެ ރުހުން ހޯދުމުގެ ގޮތުން އަރަބި ޕާޓީތަކާއެކު ކޯލިޝަން ނަހަދާނެ ކަމަށެވެ.
ނަތަންޔާހޫ ބުނަނީ ކީކޭ؟
އިންތިހާބުގެ ތެރޭގައި އަރަބި ޕާޓީތަކުން ބޭރުގެ އެހީއާއެކު މަކަރު ހަދާފައިވާ ކަމަށް އެއްވެސް ހެއްކެއް ނެތި ނަތަންޔާހޫ ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ވޯޓުލާން ފެށުމުގެ ކުރިން ވޯޓު ގަތުމަށް ރިސްވަތު ދިން ކަމަށް ބުނެ ތިން އެކްޓިވިސްޓަކު ހައްޔަރުކުރި މައްސަލަ ފަދަ މަދު ކަންތައްތަކެއް ނަތަންޔާހޫއާއި އޭނާގެ ލިކުޑް ޕާޓީން ދަނީ ފާހަގަކުރަމުންނެވެ. އެމީހުންނަކީ ރާމް ޕާޓީއާ ގުޅުން އޮތް ބައެއް ކަމަށް ތުހުމަތު ކުރެވުނު ނަމަވެސް، އެ ޕާޓީން ވަނީ އެކަން ދޮގުކޮށްފައެވެ.
އެހެން ނަމަވެސް، ނަތަންޔާހޫގެ ވާހަކަތަކުގެ ބުރަދަން ދަނީ ކުޑަވަމުންނެވެ. އާދީއްތަ ދުވަހު އިޒުރޭލުގެ ކޯޓަކުން ވަނީ ތުހުމަތުކުރެވޭ އެކަކު ދޫކޮށްލައި، އަނެކަކު ގޭބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
އިޒުރޭލުގެ އިލެކްޝަންސް އޮފިޝަލުން ވެސް ވިދާޅުވެފައިވަނީ ވޯޓުގެ ސައްހަކަމާމެދު ސުވާލު ނުއުފެއްދޭނެ ކަމަށެވެ. އިސްރާއީލުގެ އިލެކްޝަންސް ވެރިޔާއާއި އެޓާނީ ޖެނެރަލް އަދި ޝިން ބެޓް އިންޓެލިޖެންސްގެ ވެރިޔާ އެކުގައި ބޭއްވި ބައްދަލުވުމެއްގެ ވީޑިއޯއިން ދައްކުވައިދިނީ، ވޯޓުގެ ނަތީޖާ ދެމެހެއްޓުމަށް އިދާރާތައް ގުޅިގެން މަސައްކަތްކުރާ މަންޒަރެވެ.
ސެންޓްރަލް އިލެކްޝަންސް ކޮމިޓީގެ ވެރިޔާ ނޯއަމް ސޮހްލްބާގް އެ ވީޑިއޯގައި ވިދާޅުވީ، ތުހުމަތުތަކުގައި ހަގީގަތެއް އޮތް ކަމަށް ދެއްކި ނަމަވެސް، އިންތިހާބީ މަރުހަލާގެ އިތުބާރަކަށް އަދި މުޅި ނަތީޖާއަކަށް އޭގެ އަސަރެއް ނުކުރާނެ ކަމަށެވެ.
މީގެ އިތުރުން ނަތަންޔާހޫއާއި ލިކުޑް ޕާޓީން ބުނެފައިވަނީ، އިދިކޮޅު ފަރާތްތަކުން އަރަބި ޕާޓީތަކާ ގުޅުމަކީ ގައުމަށް ހިޔާނާތްތެރިވުން ފަދަ ކަމެއް ކަމަށެވެ. އަދި ޒަޔަނިސްޓް ޕާޓީތަކުން އަރަބި ބްލޮކާ ގުޅިގެން މަސައްކަތް ކުރުމަކީ "އިޒުރޭލަށް ނުރައްކާވާނެ" ކަމެއް ކަމަށް އިންތިހާބަށްފަހު ނެރުނު ބަޔާނެއްގައި އިންޒާރު ދީފައިވެއެވެ.
އިޒުރޭލުގެ ބައެއް ރައްޔިތުންވެސް މި ވިސްނުމަށް ތާއީދުކުރެއެވެ. އެގޮތުން އާދީއްތަ ދުވަހުގެ ރޭ، އެފަދަ އިއްތިހާދަކާ ދެކޮޅަށް އަޑުއުފުލުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އައިޒެންކޮޓްގެ ގޭ ކައިރިއަށް އެއްވެ މުޒާހަރާ ކޮށްފައެވެ.
އަރަބި ޕާޓީތަކުން އައިޒެންކޮޓަށް ތާއީދު ކުރާނެތަ؟
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ޖޮއިންޓް ލިސްޓާއި ރާމް ޕާޓީން ވަނީ ނަތަންޔާހޫ ވެރިކަމުން ދުރުކުރުމަށްޓަކައި އިދިކޮޅު ބްލޮކާއެކު މަސައްކަތް ކުރަން ތައްޔާރަށް ތިބިކަން ހާމަކޮށްފައެވެ. ނަމަވެސް އެއީ ކޮންމެހެން ސަރުކާރުގެ ތެރެއަށް ވަދެގެންނެއް ނޫނެވެ.
ރާމް ޕާޓީގެ ޢައްބާސް ކުރިންވެސް ވިދާޅުވެފައިވަނީ، ދާހިލީ ސަލާމަތާ ބެހޭ ވުޒާރާ އެ ޕާޓީއަށް ދޭނަމަ އައިޒެންކޮޓްގެ ސަރުކާރަކާ ގުޅެން ތައްޔާރު ކަމަށެވެ. އޭނާގެ ނައިބަކީ ޔަހޫދީ ގާނޫނުހަދާ މެންބަރަކަށް ވުމަކީ ވެސް އިދިކޮޅު ފަރާތްތަކަށް ދިން ރަނގަޅު އިސާރާތެއްގެ ގޮތުގައި ބެލެވެއެވެ.
ހަމައެއާއެކު، ދަ ގާޑިއަން އަށް ހޯމަ ދުވަހު ދެއްވި އިންޓަވިއުއެއްގައި ޖޮއިންޓް ލިސްޓުގެ ޖަބާރީން ވިދާޅުވީ، ނަތަންޔާހޫއާއި ސަރުކާރުގައި ތިބި ހަރުކަށި ބޭފުޅުން ކަމަށްވާ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރާއި ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް މަގާމުން ދުރުކުރުމަށްޓަކައި "ޗޭންޖް" ބްލޮކަށް އެއްބާރުލުން ދޭން ތައްޔާރަށް އޮތް ކަމަށެވެ.
އޭނާ ސާފުކޮށްދެއްވި ގޮތުގައި، އެ ޕާޓީގެ ވިސްނުމަކީ އައިޒެންކޮޓްގެ ސަރުކާރެއްގައި ބައިވެރިވުމެއް ނޫނެވެ. ނަމަވެސް ކްނެސެޓްގެ ތެރޭގައި އެ ސަރުކާރަށް ވޯޓު ދިނުމެވެ. މީގެ ސަބަބުން، 61 ގޮނޑިއަށް ވުރެ މަދު ގޮނޑިއާއެކު "މައިނޯރިޓީ ސަރުކާރެއް" އުފެއްދުމުގެ ފުރުސަތު އައިޒެންކޮޓަށް ލިބިގެންދާނެއެވެ.
އެހެން ނަމަވެސް، އައިޒެންކޮޓާއި އޭނާގެ ބައިވެރިން ދެން އަޅާނެ ފިޔަވަޅެއް އަދި ސާފެއް ނުވެއެވެ. އިދިކޮޅު ބްލޮކުން ކުރިން ވަނީ އަރަބި ޕާޓީތަކާއެކު ކޯލިޝަން ހެދުމަށް ސަރުތުތަކެއް ކަނޑައަޅާފައެވެ. އޭގެ ތެރޭގައި އިޒުރޭލަކީ ޔަހޫދީ ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށާއި، އަސްކަރިއްޔާއަށް މީހުން ވެއްދުމަށް ތާއީދުކުރުމަށާއި، އަދި ހަމާސްއަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުން ހިމެނެއެވެ.
"އައިޒެންކޮޓް އެ ވިދާޅުވާ ސަރުތުތަކަކީ ކޯލިޝަންގެ އެތެރޭގައި ތިބޭ ޕާޓީތަކަށް މުހިންމު ސަރުތުތަކެއް. ވަރަށް ސާފު ސަބަބުތަކަކާ ހުރެ އަޅުގަނޑުމެން ކޯލިޝަނުގެ ބައިވެރިއަކަށް ވާކަށް ގަސްތެއް ނުކުރަން،" ދަ ގާޑިއަން އަށް ޖަބާރީން ވިދާޅުވިއެވެ. މީގެ އިތުރުން "ހުޅަނގު އައްސޭރީގައި އަޅުގަނޑުމެންގެ ރައްޔިތުން ހިސޯރުކޮށްފައި އޮތްހާ ހިނދަކު، ސަރުކާރެއްގެ ބައެއްގެ ގޮތުގައި އަޅުގަނޑުމެންނަކަށް ނުތިބެވޭނެ" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދެން ވާނީ ކިހިނެއް؟
އިންތިހާބުގެ ރަސްމީ ނަތީޖާ ބުދަ ދުވަހު އިއުލާންކޮށް ސައްހަކުރާނެއެވެ.
އެއަށްފަހު، ބޮޑުވަޒީރުކަމަށް ބޭނުންވަނީ ކޮން ބޭފުޅެއްތޯ ބެއްލެވުމަށްޓަކައި، ޕާލަމެންޓަށް ހޮވުނު 11 ޕާޓީގެ ލީޑަރުންނާ ރައީސް އިސްޙާޤް ހަރޒޮގް ބައްދަލުކުރައްވަން ފަށްޓަވާނެއެވެ. ރައީސްގެ ރަސްމީ ގެކޮޅުގައި ބާއްވާ މި ބައްދަލުވުންތައް ވަގުތުން ދުރަށް ދައްކާނެއެވެ.
ދެން އޮންނާނީ ކޯލިޝަން ސަރުކާރެއް އެކުލަވާލުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތް ކަމަށް ރައީސަށް ފެނިވަޑައިގަންނަވާ ކެންޑިޑޭޓަކު އިހުތިޔާރު ކުރެއްވުމެވެ. މައި ދެ ބްލޮކްގެ ލީޑަރުންގެ ގޮތުގައި ތިއްބެވީ ނަތަންޔާހޫ ނުވަތަ އައިޒެންކޮޓް ކަމަށްވުމުން، މި ފުރުސަތު ލިބޭނީ މި ދެ ބޭފުޅުންގެ ތެރެއިން ބޭފުޅަކަށެވެ.
އަރަބި ޕާޓީތަކުން އައިޒެންކޮޓްގެ ނަން ހުށަހަޅާނެ ކަމަށް ބެލެވޭތީ، ރައީސް ހަރޒޮގްގެ ފަރާތްޕުޅުން ސަރުކާރު އެކުލަވާލުމުގެ ފުރުސަތު އެންމެ ފުރަތަމަ ލިބިވަޑައިގަތުމުގެ ފުރުސަތު ބޮޑީ އިދިކޮޅު ލީޑަރަށެވެ.
ކޯލިޝަން ހެދުމަށް އައިޒެންކޮޓަށް ނުވަތަ ނަތަންޔާހޫއަށް 28 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ. އެ މުއްދަތުގައި އެކަން ކާމިޔާބު ނުވެއްޖެނަމަ މަސްވަރާތަކަށް އިތުރު 14 ދުވަސް އިތުރުކުރެވިދާނެއެވެ. އޭގެ ފަހުން ރައީސް ހަރޒޮގް އެހެން ކެންޑިޑޭޓަކަށް އެ ފުރުސަތު ދެއްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ފުރުސަތު ކުޑަ ނަމަވެސް، ނަތަންޔާހޫއާއި އިދިކޮޅު ބްލޮކް ގުޅިގެން ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދުމަށް މަސްވަރާ ކުރުމަކީ ވެސް ވެދާނެ ކަމެކެވެ. ނުވަތަ އިދިކޮޅު ބްލޮކުން މަދުވެގެން އަށް މެންބަރުން އޭނާގެ ކޮޅަށް ގެންދިއުމަށް ނަތަންޔާހޫ މަސައްކަތް ކުރެއްވުން ވެސް އެކަށީގެންވެއެވެ.
ހޮނިހިރު ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ޔަޝާރް ޕާޓީން ބުނެފައިވަނީ، ލިކުޑް ޕާޓީ ވަނީ ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވެފައި ކަމަށާއި، އެ ޕާޓީގެ ބައެއް މެންބަރުންނަށް ލިކުޑުން ގުޅަމުންދާ ކަމަށެވެ.
މި މަސްވަރާތައް ކޮންމެ ގޮތަކަށް ކުރިއަށް ދިޔަ ނަމަވެސް، އިންތިހާބުވި މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތު ނޮވެމްބަރު 10 ވަނަ ދުވަހު އޮންނާނެއެވެ.
އިސްލާމީ ހުވިއްޔަތު ނުގެއްލި އޮތީ ކޮންތާކު ހެއްޔެވެ؟
މުޅި ދުނިޔެއަށް އިސްލާމްދީނުގެ މަތިވެރި ރިސާލަތު ފެތުރިގެން ދިޔަ މަތިވެރި ބިމާއި، ކަޢުބަތު الله ގެފުޅާއި، ރަސޫލާ ﷺ ގެ މިސްކިތްކޮޅު ހުރި މުޤައްދަސް ބިމުގައި، މިއަދު ހަންޑިއާއި، ފުރޭތައާއި، މާކުންބެއާއި، ސަފަރުކަތްދައާއި، ސަންތިމަރިޔަނބާއި، ޖިންނި ޝައިޠާނުންގެ ސިފައިގައި ހަދާފައިވާ ބިރުވެރި ޝަޚުޞިއްޔަތުތައް ބޭނުންކޮށްގެން ނަޞާރާއިން ފާހަގަކުރާ ޢީދުތައް ފާހަގަކޮށް، އުފާފާޅުކުރަނީއެވެ!
ހުޅަނގުގައި ހެލޮވީން ފާހަގަކުރާ ކުރުމަކީ، އެމީހުންގެ ކުފުރުގެ ޢަޤީދާއާއި، ސަޤާފަތާއި، އަދި މުނިފޫހިފިލުވުމުގެ ބައެކެވެ.
ޔަހޫދީ ޢަރަބިއްޔާ ހެއްޔެވެ؟ އިސްލާމްދީނާއި، އިސްލާމީ ޘަޤާފަތާއި، އިސްލާމީ ތަރިކަ ޒަމާނީ ކުރުމަށްޓަކައި، ތިޔަ ތަޢާރަފު ކުރަމުންދާ ކަންތައްތަކަށް ހަމަ ސާބަހެވެ.  އެކަމަކު މުޅި ދުނިޔެއިން އިސްލާމްދީނުގެ މަރުކަޒެއްގެ ގޮތުގައި ދެކޭ ސައުދީ ޢަރަބިއްޔާ ފަދަ ޤައުމަކުން، ހުޅަނގުގެ ޣައިރު މުސްލިމުން ފާހަގަކުރާ ޢީދެއް ނަމޫނާއަކަށް ބަލައިގެން، އެގޮތްތައް ކޮޕީކޮށްގެން ހިންގާ ޙަރަކާތްތަކުގެ ރަސްމީ މުރައްބީއަކަށް ވުމުން، ސުވާލު އުފެދުމަކީ ޠަބީޢީ ކަމެކެވެ. ނަމަނަމަ މިއީ ވަކި ދީނަކާއި، ނުވަތަ ވަކި ބަޔަކާއި ދެކޮޅުވުން ކަމުގައި ހީނުކުރާށެވެ.
2022 ވަނައަހަރުގެ އޮކްޓޯބަރު މަހުގައި، ސައުދީ ޢަރަބިއްޔާގެ ވެރިރަށުގައި، "ރިޔާޒު ސީޒަންގެ" ދަށުން "ބިރުވެރި ހަފްތާބަންދުގެ" ނަމުގައި ދެ ދުވަހުގެ ޙަރަކާތެއް ބޭއްވިއެވެ. ހަންޑިއާއި، ފުރޭތައާއި، ސަންތިމަރިޔަނބާއި، ފޫޅުދިގުހަންޑި ފަދަ ބިރުވެރި ޝަޚުޞިއްޔަތްތަކުގެ ހެދުން އަޅައިގެން އައުމަށް މީސްތަކުންނަށް ދަޢުވަތު ދީފައިވާއިރު، އެފަދަ ހެދުން އަޅައިގެން އަންނަ އެންމެންނަށް ހިލޭ، އެތަނަށް ވަދެވޭނޭކަންވެސް ވަނީ އިޢުލާންކޮށްފައެވެ. އެއީ އަމިއްލަ ބަޔަކު ބޭއްވި ޙަރަކާތެއް ނޫނެވެ. އެކަމަކު، އެއީ "ސަޢޫދީ ޖެނެރަލް އެންޓަޓެއިންމަންޓް އޮތޯރިޓީ" ގެ ބެލުމުގެ ދަށުން ބޭއްވި ރަސްމީ ޙަރަކާތެކެވެ.
2026 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ސައުދީ ޢަރަބިއްޔާގެ ރިޔާޒް ފަދަ ބޮޑެތި ސަހަރުތަކުގައި، އަމިއްލަފަރާތްތަކާއި އަދި ސަރުކާރުން ހެލޮވީން ބާއްވައި، އުފާފާޅުކުރުންތައް ކުރިއަށް ގެންދިޔައެވެ. އެގޮތުން، ސައުދީ ޢަރަބިއްޔާގެ ވެރިރަށުގައި ތަފާތު ސްޕޫކީ އިވެންޓްތަކާއި، ބިރުވެރި ތީމްތަކުގެ މޭކަޕް ނައިޓްތަކާއި، ކޮސްޓިއުމް މުބާރާތްތަކާއި، ލައިވް ޕާފޯމަންސްތައް ކުރިއަށް ގެންދިޔައެވެ. މުނިފޫހިފިލުވުމުގެ މަޝްހޫރު ހަބްތަކާއި، ލަގްޒަރީ ހޮޓާތަކާއި، މަތީފެންވަރުގެ ރެސްޓޯރެންޓްތަކުން ހެލޮވީން ތީމްގެ ޚާއްޞަ ކެއުންތަކުގެ ތަޖުރިބާތަކާއި، ޕްރޮގްރާމްތައް އިންތިޒާމްކޮށްފައިވެއެވެ.
މިހާރު އުފެދޭ ސުވާލަކީ ސައުދީ ޢަރަބިއްޔާއިން ދުނިޔެއަށް، ވަކިން ޚާއްޞަކޮށް އިސްލާމީ ދުނިޔެއަށް ދޭން ބޭނުންވެގެން މިއުޅެނީ ކޮން މެސެޖެއް ހެއްޔެވެ؟ "ވިޝަން 2030" ގެ މާނައަކީ އިޤްތިޞާދީ ތަރައްޤީއާއި، ފަތުރުވެރިކަމުގެ ނަމުގައި، ހުޅަނގުގެ ކޮންމެ އާދަކާދައަކާއި، ސަޤާފަތެއް ބަލައިގަނެ، އެއާ އެއްގޮތަށް ޢަމަލުކުރުން ހެއްޔެވެ؟ ފަތުރުވެރިން ޝައުޤުވެރި ކުރުމަށްޓަކައި ޖިންނި، ޝައިޠާނުންނާއި، ދެވިތަކާއި، ސަންތިމަރިޔަނބު ފަދަ ޝަޚުޞިއްޔަތުތައް ބޭނުން ކުރަން ޖެހޭ ވަރުގެ ފަނޑުއެއްޗަކަށް، އިސްލާމީ ތާރީޚާއި، ޢަރަބި ޙަޟާރަތާއި، ސަޤާފަތާއި، އެތައް ހާސް އަހަރެއްވީ ތާރީޚީ ތުރާސް، ވީހެއްޔެވެ؟
ސައުދީ ޢަރަބިއްޔާގެ ޢަމަލުތަކަށް ވުރެ ބޮޑަށް، އަހުރެންނަށް އެންމެބޮޑު ހައިރާންކަމެއް ލިބެނީ، ދީނީތާކިހާ އަޅައިގެން އިސްލާމްދީނުގެ މުޙާފިޛުންނަށް ވެގެން އުޅޭ މީހުން ގެންގުޅޭ ދެ މިންގަނޑުގެ ސަބަބުންނެވެ. ކީރިތި ރަސޫލާގެ ޢީދުމީލާދު ފާހަގަކުރުމަކީ ބިދުޢައެއް ކަމަށް ބުނެ، ފަތުވާތަކާއި، ދަރުސްތަކާއި، ދީނީ ޖޯޝުން ފުރިގެންވާ ޕޯސްޓްތައް މޫނުފޮތަށާއި، މީސްމީޑިއާއަށް ދޫކޮށްލާ މީހުންނަށް، ސައުދީ ޢަރަބިއްޔާއިން ކުރާ ލާދީނީ އެއްވެސް ކަމެއް ނުފެނެއެވެ. އެކަމަކު، ޢީދުމީލާދު ފާހަގަ ކުރުމަކީ ހުޅަނގުގެ ޙަޟާރަތު ނަކަލުކޮށް، އިސްލާމީ ހުވިއްޔަތާއި ޚިލާފު ކަމެއްގެ ގޮތުގައި ލޭބަލްކުރެއެވެ.
ސައުދީ ޢަރަބިއްޔާގައި، މުޙައްމަދު ބިން ސަލްމާނުގެ ސަރުކާރުގެ ބެލުމުގެ ދަށުން މިފަދަ ލާދީނީ ޙަރަކާތްތައް ހިންގާއިރު، އިސްލާމީ ދުނިޔޭގެ ޢިލްމުވެރިންގެ ދޫ ބަންދުވެ، ހިމޭންވަނީ ކީއްވެގެން ހެއްޔެވެ؟ އިސްލާމް ދީނުގެ އުޞޫލުތަކަކީ ހަމައެކަނި އާންމު ރައްޔިތުންނަށް ޚާއްޞަ އުޞޫލުތަކެއް ހެއްޔެވެ؟ ރަސްރަސްކަލުންނާއި، ޝެހެޒާދާއިންނާއި، ވެރިންނާއި ޖެހުމުން ދީނުގެ އިންތަކާއި، މިންތައް ބަދަލުވަނީ ހެއްޔެވެ؟ ދީނީ ގޮތުން ބަލާއިރު، އާންމު އާދައިގެ މުސްލިމެއްގެ މައްޗަށް ވަކިކަމެއް ކުރުން ޙަރާމް ވެފައި، ހަމަ އެ ޢަމަލު ވެރިންގެ މައްޗަށް ހުއްދަ ކުރެވެނީ ކޮންގޮތަކުން، ކިހިނެއް ހެއްޔެވެ؟
އިސްލާމްދީނަކީ ވަކި ރަސްކަލެއްގެ ހިރިޔާފާތުރާ ދަށުގައި އޮތް، އޭނާގެ ތަރިކަ މުދާގަނޑެއް ނޫނެވެ. އަދި އެ ދީނުގެ ޙުކުމްތަކެއް، ޝާހީ ކިއްލާއެއްގެ ދޮރުގެ އޮޅިގަނޑާއި ހަމައިން ބަދަލެއް ނުވާނެއެވެ! ސައުދީ ޢަރަބިއްޔާގެ ވެރިން ހަނދާންކުރަން ޖެހޭ ކަމަކީ، މައްކާއާއި، މަދީނާއަކީ ހަމައެކަނި ފަތުރުވެރިންގެ މަންޒިލްތަކެއް ނޫން ކަމެވެ. އެއީ، މި ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި އެތައް ބިލިއަން މުސްލިމުންގެ، އީމާންކަމާއި، ލޯތްބާއި، ރޫޙާނީ ގުޅުމުގެ މަރުކަޒެވެ. އެ މުޤައްދަސް ބިމާއި ގުޅިފައިވާ އުއްމީދުތައް، އެހެން އާދައިގެ ޤައުމުތަކުގެ ބިމާއި، ގުޅިފައިވާ އުއްމީދުތަކާއި މުޅިން ތަފާތެވެ.
އިޤުތިޞާދީ ގޮތުން، ދުނިޔެއާއެކު ތަރައްޤީގެ ރޭހުގައި ބައިވެރިވެ، ފަތުރުވެރިކަން ކުރިއެރުވުމަށްޓަކާ، ޒަމާނީ މަޝްރޫޢުތައް ކުރިއަށްގެންގޮސް، އިތުރު ވުނަތައް ގެންނަން ޖެހޭނެއެވެ. އެކަމަކު، އެކަމުގެ ތެރެއިން ތިމަތިމާމެންގެ ދީނާއި، މިއްލަތާއި، ހުވިއްޔަތާއި، ސަޤާފަތާއި، އަޚުލާޤީ އަގުތައް ޤުރުބާންކޮށްގެން ނުވާނެއެވެ. މިހާރު ތިޔަ ގެންނަނީ ކޮންކަހަލަ ތަރައްޤީއެއް ހެއްޔެވެ؟ ތިމާމެން، ނަޞީބުކަމުގައި ލެއްވި އިސްލާމްދީން ބޮލާލާޖަހައި، އެ ދީނުގެ އުޞޫލުތައް މުގުރާލައި، ކާފަރުންގެ ޢީދުތައް ފާހަގަކުރުމަކީ ތަރައްޤީ ހެއްޔެވެ؟
މިއީ ކޮންފަދަ އަޖާއިބުކުރުވަނިވި ޒަމާނެއް ހެއްޔެވެ! އިސްލާމްދީނުގެ މަތިވެރި ރިސާލަތު ދުނިޔެއަށް ފޯރުކޮށްދިން ބިން، މިއަދު މިވަނީ ހުޅަނގުގެ ޚުރާފީ ޢީދުތަކުގެ ޙަރަކާތްތައް ދައްކުވައިދޭ ބިމަކަށް ބަދަލުވެފައެވެ. ނިންމާލުމުގެ ކުރިން ސައުދީ ޢަރަބިއްޔާގެ ވެރިންނަށާއި، ހައްޕު ކިޔައިގެން، ލޯމަރާލައިގެން ތިބި، އިސްލާމީ ދުނިޔޭގެ ޢިލްމުވެރިންނަށް އެންމެ ސުވާލެއް ކޮށްލާނަމެވެ؛
އިސްލާމްދީނުގައި، ޣީރަތްތެރި ކަމަކީ ހަމައެކަނި، އާންމު އާދައިގެ މުސްލިމުންގެ މައްޗަށް އޮތް ކަމެއް ހެއްޔެވެ؟ ނުވަތަ ރަސްރަސްކަލުންނާއި، ޝެހެޒާދާއިންނާއި، އަމީރުންނާއި، ރައީސުންނާއި، ވެރިންގެ މައްޗަށްވެސް އެކަންތައް އެބައޮތްތޯއެވެ؟
~ ޙަސަން ލުތުފީ ~
އެމްޑީޕީގެ ކުރީގެ ރައީސް، ކުރީގެ ހާރިޖީ ވަޒީރު އަދި އެންމެފަހުން އދ.އާއްމު މަޖުލިސްގެ ރައީސްކަން ކުރެއްވި ޢަބްދުﷲ ޝާހިދު  މިރޭ (ހޯމަދުވަހު ގެ ރޭގަނޑު) ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރުމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހ. ރަބީޢީމަންޒިލް / މާލެ، ޢަބްދުﷲ ޝާހިދު (64އ) ހައްޔަރުކުރުމާ ގުޅޭ https://t.co/LKRXrJKTAk
— Maldives Police (@PoliceMv) November 2, 2026
އުމުރުން 64 އަހަރުގެ ޝާހިދަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތާ ގުޅޭ ގޮތުން، ފުލުހުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ބަޔާންކޮށްފައި ވުމުގެ އިތުރުން އެހެން ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ޝާހިދު ހައްޔަރުކުރީ ހުޅުމާލޭގެ ރެއިންބޯ އޯޝަން ފްރޮންޓްގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުންނެވެ. މިރޭގެ ވަގުތެއްގައި ފުލުހުންގެ ކަސްޓަޑީ މަރުކަޒު ދޫނިދު އަށް ޝާހިދުވަނީ ގެންގޮސްފަ އެވެ.
ހައްޔަރުކުރުމުގެ ކުރިން ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އޭނާގެ ސަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު ކަމާއި މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެންމެ ބޭފުޅުން އަރިހުން އެދޭ ކަމަށެވެ.
އަޅުގަނޑުގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެވެ. މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެންމެ ބޭފުޅުން އަރިހުން އެދެމެވެ.
— Abdulla Shahid (@abdulla_shahid) November 2, 2026
ހެއްކެއްނެތި، މީސް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކަށް ބަލާއިރު، އުމުރުން 15 އަހަރުގެ އެކުއްޖާގެ މަންމައަކީ (ނިމިދިޔަ ސަރުކާރުގެ ޖެންޑަރ މިނިސްޓްރީގެ ސްޓޭޓަކަށް ހުރި) ޒިފްލީން ޙަސަނެވެ. އެކުއްޖާ، އެވާހަކަތައް ކިޔަދިނީ އޭނަ ކިޔަވަމުންދާ އަހްމަދިއްޔާ ސްކޫލުގެ ޓީޗަރަކަށް ކަމަށާއި، މައްސަލަ ރިޕޯޓުކޮށްފައިވަނީ އެ ޓީޗަރުން މެދުވެރިކޮށް ކަމަށް ވެއެވެ.
ޒިފްލީން - 2024 ވަނަ އަހަރު
މިކަމާއި ގުޅޭގޮތުން އެއްވެސް ވާހަކައެއް މީސްމީޑިއާގައި ޒިފްލީން އަދި މިހާތަނަށް ދައްކާފައެއް ނުވެއެވެ.
ޢަބްދުﷲ ޝާހިދުގެ ދަރިފުޅު ޔާމީން ޝާހިދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ޔާމީނަށް އޭނާގެ ބައްޕަގެ މިޒާޖާއި އަހުލާގު، އަދި އެއީ ކޮންކަހަލަ ބޭފުޅެއްކަން އެނގޭ ކަމަށައި، އޭނާގެ (ބައްޕަގެ) މައްޗަށް އެ ކުރެވޭ ތުހުމަތުތަކުގައިވާ ފަދަ ކަމެއް އޭނާ ދުވަހަކުވެސް ނުކުރައްވާނެކަން ޔަގީންވާ ކަމަށެވެ. އެ ތުހުމަތުތަކަކީ (ބައްޕަގެ) އަބުރު ކިލަނބުކޮށްލުމަށް ސިޔާސީ މަގްސަދެއްގައި ކުރި ކަމެއް ކަމަށް ބުނެ އޭނާގެ ބައްޕަ ވަނީ މިހާރުވެސް އެކަން ކުށްވެރިކުރައްވާފަ ކަމަށާއި، މިއަދު (ބައްޕަ) ހައްޔަރުކުރި މަންޒަރު ފެނުމަކީ ހިތްފަޅައިގެންދާ ފަދަ ހިތާމަވެރި ކަމެއް ކަމަށެވެ. އަދި މިކަން ހިނގައިދިޔަ ގޮތާމެދު ސީރިއަސް އެތައް ސުވާލުތަކެއް އުފެދޭކަމަށް ބުނަމުން، އިންސާފާއި  ގާނޫނީ ހަމަތަކުގެ މަތިން އަދުލުވެރިކަމާއެކު ކަންކަން ކުރިއަށް ގެންދިއުމުގެ ހައްގާއި، އަމިއްލަ ދިފާއުގައި ވާހަކަދެއްކުމުގެ ފުރިހަމަ ފުރުސަތު (ބައްޕައަށް) ލިބެންޖެހޭނެ ކަމަށް ޕޯސްޓުގައި ބުނެފައި ވެއެވެ.
"އަޅުގަނޑުމެންގެ އާއިލާ މިއޮތީ ސާބިތުކަމާއެކު (ޝާހިދުގެ) ފަހަތުގަ. އަޅުގަނޑުމެންގެ ހިތްވަރަކަށް ބަދަލެއް ނާންނާނެ"، ކަމަށް ޔާމީންގެ ޕޯސްޓު ނިންމާލަމުން ބުނެފައި ވެއެވެ.
I know my father's character, his values and the kind of man he is. I know he would never do what he's being accused of, and I stand by him completely. He has already condemned these allegations as a politically motivated attempt to destroy his reputation. Seeing him arrested today has been heartbreaking, and the way this has unfolded raises serious questions. He deserves fairness, due process and every opportunity to defend himself. Our family stands firmly by him. We will not waver.
— Yameen Shahid (@YamynS) November 2, 2026
ޢަބްދުﷲ ޝާހިދު ހައްޔަރުކުރިއިރު އޭނާ ވަނީ 2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާން ކުރައްވައި، ކެންޕެއިންގެ ހަރަކާތްތައް މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުގައި ކުރިއަށް ގެންދަވަމުންނެވެ.
ރިޔާސީ އައު ދައުރެއް ފެށުމުގެ ރަސްމިއްޔާތު އޮތީ އަދި ވަރަށް ދުރުގަ އެވެ. ނަމަވެސް ގާތިލް ޑިކްޓޭޓަރުންނާ ގާތްގުޅުން ނުބާއްވާ، އަމިއްލަ ނަފްސަށާއި އާއިލާއަށް މުއްސަނދިކަން ނުހޯދާ، ޒަމާންވީ އެކުވެރި ގައުމުތަކާ ބޭކާރު އަރާރުންތައް ނުއުފައްދާ، އަދި ބޭރު (މީހެއް/ނުވަތަ ބައެއްގެ) ނުފޫޒުގައި ޖެހި، މެދުއިރުމަތީގައި ހަނގުރާމައެއް ނުފަށާނެ ރައީސަކު ގައުމުގައި ހުންނާނެ ދުވަހެއް ތަސައްވުރު ކުރެވެން މިހާރު ފަށައިފި އެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަގުބޫލުކަން ދަނީ އޮއްސެމުންނެވެ. މިހާރު އޭނާއަށް އޮތް އާންމު ތާއީދަކީ ޒަމާނީ ތާރީހުގައި އެމެރިކާގެ "ކޮމާންޑަރ އިން ޗީފް" އެއްގެ ދައުރުގެ މި ހިސާބުގައި ރެކޯޑް ކުރެވުނު އެންމެ ދަށް މިންވަރެވެ.
އެހެންކަމުން ނިމުން މިއޮތީ ކައިރިވެފަ އެވެ. އެކަމަކު ފަސޭހައިން ޓްރަމްޕް ދޫދެއްވައި ދުރަށް ވަޑައިނުގަންނަވާނެކަން ވެސް އެނގެ އެވެ.
މިއީ ހަމައެކަނި ލަފާކުރުމެއް ނޫނެވެ. ބަލި ގަބޫލުކުރަން ޓްރަމްޕަށް ކުޅަދާނައެއް ނޫންކަމާއި، ބޭނުންވާ ކަންކަން ހާސިލްކުރެއްވުމަށް މަކަރު ހައްދަވަން ފަސްނުޖެހޭނެކަން އަދި ހިތްހަމަނުޖެހޭ އިންތިހާބީ ނަތީޖާއެއް ބަދަލުކޮށްލެއްވުމަށް، އެކިއެކި ހަމަނުޖެހުންތައް ހިންގާ ބަޔަކު ހިންގާއިރު، ޓްރަންޕު ބައްލަވަން ތައްޔާރަށް ހުންނެވިކަމުގެ ހެކި ވަނީ ފެނިފަ އެވެ. މިޑްޓާމް އިންތިހާބަށް ޓްރަމްޕްގެ ސަރުކާރުން ނުފޫޒު ފޯރުވާފާނެ ކަމަށް ބަލައި ތައްޔާރުވާނެ ގޮތްތަކާއި ގުޅޭގޮތުން، ކަންބޮޑުވެފައިވާ އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ ކުރީގެ އަދި މިހާރުގެ އޮފިޝަލުންގެ ގްރޫޕަކުން ސްޓޭޓް އަދި ފެޑެރަލް ގާނޫނުހަދާ ފަރާތްތަކަށް ސިއްރިޔާތުގައި އިރުސާދު ދެމުންދާ ކަމަށް ވޮޝިންގްޓަން ޕޯސްޓުން މިދިޔަ މަހު ވަނީ ރިޕޯޓްކޮށްފަ އެވެ.
މިކަމާ ކަންބޮޑުވަނީ ހަމައެކަނި ސަލާމަތީ އޮފިޝަލުންނެއް ނޫނެވެ. ގައުމުގެ ބޮޑުބައި އޮތީ ބިރުވެރިކަމެއްގަ އެވެ. އެމެރިކާގެ ވޮޝިންގްޓަން ޕޯސްޓާއި އޭބީސީ ނިއުސް އަދި އިޕްސޮސް ގުޅިގެން ކުރިއަށްގެންދިޔަ ހިޔާލު ހޯދުމުގެ އާ ސާވޭއެއްގައި ބައިވެރިވި 2500 އަށް ވުރެ ގިނަ މީހުންގެ ތެރެއިން 70 އިންސައްތަ މީހުން ބުނެފައިވަނީ، ވޯޓުތައް ރަނގަޅަށް ގުނާނެ ކަމުގެ ޔަގީންކަން އޮތް ނަމަވެސް، ރިޕަބްލިކަން ޕާޓީ ބަލިވެއްޖެނަމަ އެ ނަތީޖާ ޓްރަމްޕް ގަބޫލުކުރައްވާނެ ކަމަށް ނުދެކޭ ކަމަށެވެ.
ޑިމޮކްރެޓުންގެ 94 އިންސައްތަ އާއި ވަކި ފަރާތަކަށް ނުޖެހޭ މީހުންގެ 77 އިންސައްތަ މީހުން ޓްރަމްޕް ބަލި ގަބޫލުކުރައްވާނެ ކަމަކަށް ގަބޫލެއް ނުކުރެ އެވެ. އަދި ހަމައެއާއެކު ރިޕަބްލިކަން ޕާޓީގެ 36 އިންސައްތަ މީހުން ވެސް އޭނާގެ އިހުލާސްތެރިކަމާމެދު ސުވާލު އުފައްދަ އެވެ. ޓްރަމްޕް ރިޔާސީ މަގާމު ބޭނުންކުރައްވަނީ އަމިއްލަ މުއްސަނދިކަން އިތުރުކުރަން ކަމަށް އެމެރިކާގެ ގިނަ އަދަދެއްގެ ރައްޔިތުން ގަބޫލުކުރެ އެވެ. ތަކެތީގެ އަގުބޮޑުވުމާއި ތެލުގެ އަގަށް ވުރެ ވެސް ބޮޑަށް ވޯޓުލާ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް މިހާރު ވެފައިވަނީ ސަރުކާރުގެ ފަސާދަ އެވެ.
އީލޮން މަސްކް އެއްފަހަރަކު ވިދާޅުވި ފަދައިން: "މި ވާހަކައާމެދު ފުންކޮށް ވިސްނާލާށެވެ."
މި މަހު ބާއްވާ މިޑްޓާމް އިންތިހާބުގައި މަޖްލިސްމެންބަރުން (ހައުސް) އަދި ބެލެވޭ ގޮތުގައި ސެނެޓް ވެސް ރިޕަބްލިކަނުންނަށް ގެއްލިއްޖެނަމަ، ހަމަނުޖެހުން ފެށޭނެ ކަމަށް އާދައިގެ ގޭންގްސްޓަރެއް ފަދައިން ޓްރަމްޕް ވަނީ އިންޒާރު ދެއްވާފަ އެވެ.
"މި އިންތިހާބުގައި ގެއްލިގެން ހިނގައިދާނެ ކަންކަން ދެކެން ބޭނުންނަމަ ފްރާންސަށް ބަލާލާ،" ކެންސަސްގައި ބޭއްވި ކެމްޕޭން އެއްވުމެއްގައި ޓްރަމްޕް ދާދިފަހުން ވިދާޅުވި އެވެ. ކްލާސްރޫމްތަކުގެ ހާލަތު ރަނގަޅުކުރުމަށް އެދި ހައިސްކޫލް ދަރިވަރުން ފެށި އިހުތިޖާޖުތައް ބޮޑެތި ހަމަނުޖެހުންތަކަކަށާއި ލޫޓުވުންތަކަކަށް ބަދަލުވެފައިވާ ފްރާންސް ސިފަކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އެ ގައުމަކީ "ވަޒަންވެރިންނާއި، ޖިހާދީން އަދި ކޮމިއުނިސްޓުން ވެރިވެގަނެ، ލޫޓުވައި އަނދާ އަޅިއަށް ހަދާފައިވާ ތަނެއް" ކަމަށެވެ.
(ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވިދާޅުވީ އެ ވާހަކަތަކަކީ "ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށާއި އެއީ މޮޔަ ވާހަކަތަކެއް" ކަމަށެވެ.)
ޓްރަމްޕްގެ މި ބިރުދެއްކުންތައް ކާމިޔާބު ނުވެއްޖެ ހާލަތެއްގައި، އަދި އެކަން ކާމިޔާބެއް ވެސް ނުވާނެ އެވެ. އޭނާ ކުރައްވަނީ ތަޖުރިބާކާރު މަކަރުވެރިން ކުރާ ކަންކަމެވެ. އެއީ ދަޅަދެއްކުމާއި، (އިންތިހާބު ކާމިޔާބުކުރަން) ހީލަތްތެރި ހުނަރުވެރި އުކުޅުތައް ބޭނުންކުރުމެވެ.
ކޮންގްރެސްގެ އަގުލަބިއްޔަތު ރިޕަބްލިކަނުންނަށް ލިބިއްޖެނަމަ، އެމެރިކާގެ ކޮންމެ މީހަކަށް 5000 ޑޮލަރު ދޭނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ބަލިވެއްޖެނަމަ އެއްވެސް އެއްޗެއް ނުލިބޭނެ އެވެ. މިއީ ޓެކްސް ދައްކާ ފަރާތްތަކަށް ޓްރިލިއަނަކަށް ވުރެ ގިނަ ޑޮލަރު ހަރަދުވާނެ އަދި ކޮންގްރެސްގެ ހުއްދަ ބޭނުންވާނެ ކަމެކެވެ. އެކަމަކު އެއީ މައްސަލައެއް ނޫނެވެ. ސެޕްޓެމްބަރު މަހު ބޭއްވި ރިޕަބްލިކަން ޕާޓީގެ ހާއްސަ ކޮންވެންޝަނުގައި އޭނާ ފަހުރުވެރިކަމާއެކު ވިދާޅުވީ "އެއަށް ކިޔާނީ ޓްރަމްޕް ޑިވިޑެންޑް" ކަމަށެވެ.
"މެޑިކެއަރ ޕާޓް-ބީ ޕްރީމިއަމް" ތަކަށް އައި އިތުރުވުން ފޫބެއްދުމަށްޓަކައި، ސަރުތުހަމަވާ 20 މިލިއަނެއްހާ ދޮށީ އުމުރުގެ މީހުންނަށް 90 ޑޮލަރުގެ ރީބޭޓް ޗެކް (އަނބުރާދޭ ފައިސާ) މިހާރުވެސް ވަނީ ފޮނުވާފަ އެވެ. މިއީ އިންތިހާބުގެ ކުޑަތަންކޮޅެއް ކުރިން ބޭންކް އެކައުންޓްތަކަށް (އެއްފަހަރު) ޖަމާވާނެ ގޮތަށް ހަމަޖައްސާފައިވާ އެއްޗެކެވެ. މީގެ އިތުރުން 30 ސްޓޭޓަކުން އިތުރު އެއް މިލިއަން އެމެރިކާ މީހުންނަށް "އޮބާމާކެއަރ ރީފަންޑް" ގެ ގޮތުގައި 500 ޑޮލަރު ލިބޭނެ ކަމަށް ބެލެވެ އެވެ.
އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގެ ސަބަބުން ޑީސަލާއި ގަސްކާނާގެ އަގު އިންތިހާއަށް އުފުލި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑުވެރިންނަށް 8 ބިލިއަން ޑޮލަރުގެ އެހީއެއް ދެއްވާނެ ކަމަށް މިދިޔަ މަހު ޓްރަމްޕް އޮއްސެވި ވައުދު ތަކުގެ ތެރޭގައި ހިމެނެއެވެ.
އޭގެ ފަހުން ނޯތު ކެރޮލައިނާގައި އޭނާ ވައުދުވެވަޑައިގެންނެވީ ކޭމްޕް ލެޖޫންގެ ހާދިސާއާ ގުޅިގެން ހުށަހަޅާފައިވާ ހުރިހާ ބަދަލެއް ދިނުމަށެވެ. އެއީ 30 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ނުރައްކާތެރި ކެމިކަލްތަކުން ތަގައްޔަރުވެފައިވާ ފެން ބޭނުންކުރުމުގެ ސަބަބުން މެރިން ސިފައިންނާއި އެމީހުންގެ އާއިލާތަކަށް ބޮޑެތި ބަލިތައް ޖެހުނު މައްސަލައެވެ. ނަމަވެސް އެ ބަދަލު ވެސް ދޭނީ ރިޕަބްލިކަން ޕާޓީ މޮޅުވެއްޖެނަމަ އެވެ.
"އަހަރެމެން މޮޅުނުވެއްޖެއްޔާ، ފައިސާއެއް ނޯންނާނެ،" ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާގެ ވޯޓުލާ ރައްޔިތުންނަކީ އެހާ މޮޔަ ބައެއް ކަމަށް އޭނާ ހީކުރައްވަނީ ހެއްޔެވެ؟ ވޯޓު ހޯއްދެވުމަށް އޭނާ ދައްކަވާ މިފަދަ ދަޅަތަކަކީ އަމަލީ ގޮތުން ނުކުރެވޭނެ، ގާނޫނާ ހިލާފު، އަދި (އަމިއްލަ އެދުމުން ފުރިފައިވާ) ދަހިވެތި އުކުޅުތަކެކެވެ. މިއީ މެދުފަންތިއާއި މަދު އާމްދަނީ ލިބޭ ފަރާތްތަކަށް އޭނާގެ ސަބަބުން ކުރިމަތިވަމުންދާ ދަތިތައް ފޮރުވުމަށް ޖަހާ ދުންފިނީގެ ދާވަޅެކެވެ.
ޓްރަމްޕްގެ 'ވަން ބިގް ބިއުޓިފުލް ބިލް އެކްޓް' ގެ ދަށުން ގެނައި އުނިކުރުންތަކުގެ ސަބަބުން 12 މިލިއަނެއްހާ އެމެރިކާ ރައްޔިތުންނަށް ވަނީ ސިއްހީ އިންޝުއަރެންސް ގެއްލިފަ އެވެ. އަދި ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި، މި ބިލުގެ ދަށުން ގެންނަ އެންމެ ބޮޑެތި އުނިކުރުންތައް ތަންފީޒުވާން ފަށާނީ ވެސް މިޑްޓާމް އިންތިހާބަށް ފަހުގަ އެވެ.
މުއްސަނދިންގެ ޓެކްސް ކުޑަކުރުމުގެ ބަދަލެއްގެ ގޮތުން، 5 މިލިއަނަށް ވުރެ ގިނަ އެމެރިކާ ރައްޔިތުންނަށް ވަނީ ފެޑެރަލް (ދައުލަތުންދޭ) ކާބޯތަކެތީގެ އެހީ ކަނޑާލާފައި ނުވަތަ ކަނޑާލުމުގެ ބިރު ހީވެފަ އެވެ. އޭގެ ތެރޭގައި 2 މިލިއަނެއްހާ ކުޑަކުދިން ހިމެނެ އެވެ. ގައުމުގެ އެކި ކަންކޮޅުތަކުގައި ފުޑް ބޭންކުތަކަށް އޮތް ބާރު ބޮޑުވެފައިވާއިރު، ފައިސާ ނެތުމުގެ ސަބަބުން ބައެއް ސްޓޭޓްތަކުގައި ސްކޫލްތަކުން ހިލޭ ދޭ މެންދުރުގެ ކެއުން ވެސް ދަނީ ހުއްޓެމުންނެވެ.
ވޯޓުގެ ބަދަލުގައި ފައިސާ ދިނުމަށް ވައުދުވާން ޓްރަމްޕް މާބޮޑު ލޮއެތްބެއް ކުރައްވާއިރު، އިންތިހާބަށް ފަހު ދަރަނި އަދާނުކުރާ ދަރިވަރުންގެ ފަހަތުން، ދަރަނި ހޯދާ އެޖެންސީތައް ފޮނުވުމަށް ރާވާފައިވާ (ހީލަތްތެރި) ރޭވުންތަކާމެދު އޭނާ ހުންނެވީ ހިމޭނުންނެވެ. އެމެރިކާގެ ވޮޝިންގްޓަން ސަން އިން ބުނާ ގޮތުގައި ޓްރެޒަރީ ޑިޕާޓްމަންޓުން މިހާރުވެސް ދަނީ އަމިއްލަ އެޖެންސީތައް މެދުވެރިކޮށް ދަރަނިވެރިންގެ އަތުން ފައިސާ އަތުލުމަށް މަސައްކަތް ކުރަމުންނެވެ. އެ ރޭވުމުގެ ދަށުން މުސާރައިގެ 15 ޕަސެންޓް އަތުލުމަށާއި، ޓެކްސް ރީފަންޑްތައް ހިފެހެއްޓުން ހިމެނެ އެވެ.
މިއީ ދަށް އަދި މެދުފަންތީގެ އާމްދަނީ ލިބޭ އެތައް މިލިއަން ރައްޔިތުންނަށް އޮތް މާލީ ބޮޑު ބިރެކެވެ. ބައިޑަންގެ ވެރިކަމުގައި މާފުކޮށްދޭން ނިންމި މި ލޯނުތައް ބާތިލުކުރީ ފިކުރީ ގޮތުން ބެހިފައިވާ އެމެރިކާގެ ސުޕްރީމް ކޯޓުންނެވެ.
ދަރަނިވެރިންގެ ހައްގުގައި މަސައްކަތްކުރާ އެމެރިކާގެ ޖަމިއްޔާއެއް ކަމުގައިވާ "ޕްރޮޓެކްޓް ބޮރޯވަރސް" އިން ހާމަކުރާ ގޮތުގައި، މި ދަރަނިވެރިންގެ ތިންބައިކުޅަ ދެބައި (2.6 މިލިއަނަށް ވުރެ ގިނަ މީހުން) ދިރިއުޅެނީ 2024 ގައި ޓްރަމްޕް ކާމިޔާބު ކުރެއްވި ސްޓޭޓްތަކުގަ އެވެ. ދަރިވަރުންނަށް ހާއްސަކޮށް ދޫކޮށްފައިވާ ލޯނު، ނުދެއްކޭ މީހުން އެންމެ ގިނައީ ރިޕަބްލިކަނުންގެ ބާރުގަދަ މިސިސިޕީ، ލުއިޒިއާނާ އަދި އަލަބާމާގަ އެވެ.
ދަރިވަރުންގެ ލޯނު މާފުކުރުމަކީ މަތީ ތައުލީމު ހާސިލްކޮށްފައިވާ މުއްސަނދިންނަށް ދޭ ހަދިޔާއެއް ކަމަށް ބުނެ ރިޕަބްލިކަނުން ދައްކާ ވާހަކަތަކުގެ ހަގީގަތަކީ މިއީ އެވެ.
އެމެރިކާގެ ގިނަ ރައްޔިތުން މިހާރު ދެކޭގޮތުގައި، އެއްގޮތަކުން ނޫނީ އަނެއްގޮތަކުން ނަމަވެސް، އެގައުމުގެ މިޑްޓާމް އިންތިހާބު (ޓްރަންފު ނިސްބަތް ވެވަޑައިގަންނަވާ) ރިޕަބްލިކަނުން ކާމިޔާބު ކޮށްފިނަމަ، ކުރިއަށް އޮތް ދެ އަހަރު ވެގެންދާނީ އާއްމު ރައްޔިތުންނަށް ވަރަށް އަނަރޫފަ ހިތްދަތި، ދުވަސްތަކަކަށެވެ.
އީރާނާ ދެކޮޅަށް މިއަދު އަސްކަރީ އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކަން ދޮގުކުރައްވައިފިއެވެ. ޓްރަމްޕް ވިދާޅުވީ "މިއަދު އެއްވެސް ހަމަލާއެއް ނުދޭނެ" ކަމަށެވެ. ނަމަވެސް އޭގެ ކުރިން އޭނާ ވިދާޅުވެފައިވަނީ މިކަން "ނިންމާލަން" އެމެރިކާއަށް ޖެހިދާނެ ކަމަށާއި، ނުވަތަ ތެހެރާނާއެކު އެއްބަސްވުމަކަށް ވެސް އާދެވިދާނެ ކަމަށެވެ.
އީރާނުގެ މަޖިލީހުގެ ރައީސް ވިދާޅުވީ، ހަނގުރާމަ ފެށުމުގައި އެމެރިކާއަށް ހެދުނު ގޯސް ހިސާބުތަކުގެ ސަބަބުން އެ ގައުމު މިހާރު ވެއްޓިފައިވަނީ ބޮޑު "ޗަކަގަނޑެއްގެ" ތެރެއަށް ކަމަށެވެ. އަދި އެކަމުން ސަލާމަތްވުމަށްޓަކައި ވޮޝިންގޓަނުން މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސައޫދީ އިސްވެ އޮންނަ ކޯލިސަނުން ބުނީ، ސައޫދީ އަރަބިއްޔާއަށް އަމާޒުކޮށް ހޫތީން ފޮނުވާލި ބެލިސްޓިކް މިސައިލްތަކާއި ޑްރޯންތައް ވައިގެ ތެރޭގައި ގޮއްވާލައި ހަލާކުކޮށްލާފައިވާ ކަމަށެވެ. ހަމައެއާއެކު، ޔަމަނުގެ ހޫތީން ވަނީ އެއާޕޯޓްތަކަކީ "އަސްކަރީ އަމާޒުތަކެއް" ކަމަށް ކަނޑައަޅައި، އެ ތަންތަނަށް ދަތުރުނުކުރުމަށް އިންޒާރު ދީފައެވެ.
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން މި ހުރިހާ ކަމެއްގެ ޒިންމާ އެމެރިކާގެ ބޮލުގައި އަޅުއްވައި، އެމެރިކާއަކީ ހަނގުރާމަ ފަށައިގެން "ހުރިހާ ކަމެއް ގަޑުބަޑުކޮށްލި ފިނޑިންތަކެއް" ކަމަށް ސިފަކުރެއްވިއެވެ. އެހެންނަމަވެސް، ސުލްހައިގެ އެއްބަސްވުމަކަށް ވާސިލުވުމަށް ތެހެރާނުން އަދިވެސް މަސައްކަތް ކުރަންވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
Oct 25, 2026
އާދީއްތަ ދުވަހު އީރާނަށް ހަމަލާދީފާނެ ކަމަށް، ނުވަތަ އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ…
މެދުއިރުމަތީ މަސްރަހުގެ ހާލަތު: މުހިންމު ހަބަރުތައް
މިއަދު އެމެރިކާއިން އީރާނަށް ހަމަލާއެއް ނުދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުން.
ސައޫދީ އަރަބިއްޔާގައި ތިބި އެމެރިކާގެ (ކޮންމެހެން ތިބެން ނުޖެހޭ) ހުރިހާ މުވައްޒަފުން އެ ގައުމުން ފޭބުމަށް ވޮޝިންގޓަނުން ވަނީ އެންގުން.
ކުރިއެކޭ އެއްގޮތަށް މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރުގެ އިސް ވަފުދެއް ތެހެރާނަށް ޒިޔާރަތް ކުރުން.
އީރާނުގެ ހާރިޖީ ވަޒީރު ވިދާޅުވީ، އެ ގައުމާ ދެކޮޅަށް އަލުން ފަށާ އެއްވެސް ހަނގުރާމައަކުން "އިތުރު ތަފާތު ނަތީޖާއެއް ނުނުކުންނާނެ" ކަމަށް.
ހިފާފައިވާ ހުޅަނގު އައްސޭރީގެ ހެބްރޯން އިން ގެދޮރު ގެއްލުނު މީހުންގެ އަދަދު މިހާރު 2,670 އަށް އަރާފައިވާ ކަމަށް ފަލަސްތީނުގެ އޮތޯރިޓީން ހާމަކުރުން.
ގައްޒާގެ އެކި ސަރަހައްދުތަކަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގައި އަށް މީހަކު ސަހީދުވުން؛ މީގެ ތެރޭގައި އަލްޝިފާ ހޮސްޕިޓަލުން ސަހީދުވި ތިން މީހުން ހިމެނޭ.
ދެކުނު ލުބުނާނަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީ ބާރުގަދަ ގޮވުންތަކެއް ގޮވާފައިވާއިރު، ލުބުނާނުގެ ވައިގެ ސަރަހައްދުން "ޓާގެޓެއް" ވައްޓާލާފައިވާ ކަމަށް އިސްރާއީލުން ބުނުން.
އަންގާރަ ދުވަހު އިސްރާއީލުގައި ބާއްވާ އިންތިހާބު ގަޑުބަޑުކޮށްލަން އީރާނުން މަސައްކަތް ކޮށްފާނެ ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނުން.
ހޫތީން ސައޫދީއަށް އަމާޒުކޮށް ފޮނުވާލި 10 މިސައިލެއް ވައިގެ ތެރެއަށް ގޮއްވާލާފައިވާ ކަމަށް ސައޫދީ އަރަބިއްޔާއިން ބުނުން؛ ވެއްޓުނު ބައިތަކުން ޖެހި ދެ މީހަކަށް ވަނީ އަނިޔާވެފައިވޭ.
"އަހަންނަށް މިކަން އެއްކޮށް ނިންމާލަން ޖެހިދާނެ، ނުވަތަ އެމީހުން އެއްބަސްވުމަކަށް އަތުވެދާނެ" ޓްރަމްޕް ހަރުކޮށް ވިދާޅުވިއެވެ.
އިސްލާމިކް ރިޕަބްލިކް (އީރާނާއި) ދެކޮޅަށް އަލުން ހަމަލާތައް ދިނުމާމެދު ޓްރަންޕު ވިސްނަވަމުން ގެންދަވާ ކަމަށް ރިޕޯޓުތައް ބުނަމުންދަނިކޮށް، "މާދަމާ" (އާދިއްތަ ދުވަހު) ވެސް އެމެރިކާއިން އީރާނަށް ހަމަލާދީފާނެ ކަމަށް ނުވަތަ ތެހެރާނާ އެކު "ވަރަށް ފުރިހަމަ" އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ވިދާޅުވެއްޖެއެވެ.
ހަމަލާއެއް ދިނުމާ މެދު ގޮތެއް ނިންމުމުގައި ކިހާ ހިސާބަކަށް ގޮސްފައިވޭތޯ ނޫސްވެރިން ސުވާލު ދެންނެވުމުން ޓްރަމްޕް ވިދާޅުވީ، "އަޅުގަނޑުމެން މިކަމާ މެދު ވިސްނަމުން މިދަނީ. އަދި ފަހަރެއްގައި މާދަމާ ވެސް އެކަން ކޮށްފާނަން،" ކަމަށެވެ.
"އަހަރެން އެކަން ކުރަން އުޅޭނަމަ (ތިޔަބޭފުޅުންނަށް) އެ ވާހަކަ ކިޔައިދޭނެ ކަމަށް ހަމަ ހަގީގަތުގައި ވެސް ހީކުރަނީތޯ؟" އިތުރަށް ވާހަކަދައްކަވަމުން މަލާމާތުގެ ރާގެއްގައި އޭނާ އެއްސެވިއެވެ.
އެމެރިކާއާއެކު އެއްބަސްވުމަކަށް އައިސްގެން އިތުރު އަސްކަރީ ފިޔަވަޅުތަކަކުން ސަލާމަތްވުމުގެ ފުރުސަތު އީރާނަށް އަދިވެސް އެބައޮތް ކަމަށް ވިދާޅުވަމުން ޓްރަމްޕް ފާހަގަކުރެއްވީ، "އެމީހުން ބޭނުންވަނީ އެއްބަސްވުމެއް ހަދަން، އެކަމަކު އޮތް މައްސަލައަކީ އެމީހުން އެ އެއްބަސްވުމުގައި ދެމިތިބޭނެތޯ؟" މިއެވެ.
އޭނާގެ އަމާޒަކީ އީރާނުން ނިއުކްލިއާ ހަތިޔާރެއް އުފެއްދުން ހުއްޓުވުން ކަމަށް ވިދާޅުވެ، މީގެ ކުރިން ބީ-2 މަރުކާގެ ބޮންއަޅާ ބޯޓުތައް ބޭނުންކޮށްގެން އެމެރިކާއިން ހިންގި އޮޕަރޭޝަނަކީ ދެމެހެއްޓެނިވި ނަތީޖާއެއް ކަށަވަރުކުރުމަށް އެކަށީގެންވާ ވަރަށް ވުރެ ކުޑަ ފިޔަވަޅެއް ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ.
"އަހަރެން މިކަން ދާއިމީ ހައްލަކަށް ހަދަން ޖެހޭ. އަހަރެން މިކަން މި ކުރާ ހަމައެކަނި ސަބަބަކީ އެއީ،" ޓްރަންޕު ވިދާޅުވިއެވެ.
މީގެއިތުރުން، ހަނގުރާމަ ފެށުމުގެ ކުރިން ހުރި މިންވަރާ އަޅާބަލާއިރު ހޮރްމުޒް ކަނޑުއޮޅިން ތެޔޮ އުފުލާ މިންވަރު އިތުރުވެފައިވާ ކަމަށް ޓްރަންޕު ދައުވާ ކުރެއްވި ނަމަވެސް، އެ ވާހަކަތަކުގެ ތަފާސްހިސާބެއް އޭނާ ހާމައެއް ނުކުރައްވައެވެ. ދެން ވާނެ ގޮތަކާމެދު ވަކި ސީދާ ނިންމުމެއް ހާމަކުރުމުގެ ބަދަލުގައި، އަސްކަރީ ފިޔަވަޅު އެޅުމާއި މެދު މަސްވަރާކުރުމަކީ ވެސް ވެދާނެ ކަންކަން ކަމުގައި އޭނާ ބަޔާންކުރެއްވިއެވެ.
"އަހަންނަށް މިކަން އެއްކޮށް ނިންމާލަން ޖެހިދާނެ، ނުވަތަ އެމީހުން އެއްބަސްވުމަކަށް އަތުވެދާނެ. އެކަމަކު އަހަންނަކަށް ޔަގީނެއް ނޫން. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް، މޮޅުވާނީ އަހަރެމެން."
ފެބުރުއަރީ މަހުން ފެށިގެން މެދުއިރުމައްޗަށް ފުޅާވެގެންދިޔަ އެމެރިކާއާއި އިޒުރޭލާއި (އަރަބި ބައެއް ގައުމުތަކުގެ އެއްބާރުލުމާއެކު) ބައިވެރި ވެގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށާއި ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލުމަށް އެއްބަސްވެވިފައި ވީނަމަވެސް، އަދިވެސް އެކަން އޮތީ ނުވެއެވެ.
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވަނީ ވަގުތީ އެއްބަސްވުމެއް ގާއިމުކުރުމަށް ކުރެވުނު މަސްވަރާތައް ރޫޅިގެން ދިޔުމުގެ ޒިންމާ އެމެރިކާގެ ބޮލުގައި އަޅުއްވާފައެވެ. އަދި އެމެރިކާގެ އިސްވެރިންނަކީ "ހުރިހާ ކަމެއް ގަޑުބަޑުކޮށްލި ފިނޑިން" ކަމަށް ސިފަކުރައްވަމުން، އެއްބަސްވުމަކަށް ވާސިލުވުމަށް ތެހެރާނުން އަދިވެސް ބާރުއަޅަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަނެއްކޮޅުން، ހޫތީން ފޮނުވާލި މިސައިލްތަކެއް ވައިގެ ތެރޭގައި ގޮއްވާލުމުން އޭގެ ބައިތައް މައްކާއާއި ޖިއްދާއަށް ވެއްޓިފައިވާ ކަމަށް ސައޫދީ އަރަބިއްޔާއިން ހާމަކޮށްފައިވާއިރު، އީރާނުގެ މަދަދު ލިބޭ މި ޖަމާއަތުން އަދަނަށް ހަމަލާދީފައިވާ ކަމަށް ޔަމަނުގެ ސަރުކާރުން ވަނީ ތުހުމަތު ކޮށްފައެވެ.
ޕޭން ކޭކަކީ ދިވެހިންގެ ސުފުރާމަތިން ފެންނަ ގިނަބަޔަކަށް މީރު އަދި އެހާމެ ފަސޭހައިން ތައްޔާރު ކޮށްލެވޭ ކާނާއެކެވެ. ރޯދަ ވީއްމަށާއި ތަރާވީހު ވަގުތުގެ އިތުރުން ހާރަށްވެސް ބޭނުން ކުރެވިދާނެ ހަށިގަނޑަށް ލުއި ކާނާއެކެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ފައްޔާޒު އިސްމާޢީލް (ފަޔާ) އާއި އެމްޑީޕީގެ އިސް ސަފުތަކުގައި އުޅުއްވާ ގިނަ އަދަދެއްގެ ބޭފުޅުންގެ ޓީމް އިއްޔެ އައްޑޫ ސިޓީއަށް ވަޑައިގަތުމުން އެ ސިޓީން އެޓީމަށް އުފާވެރިކަމުގެ މޫނުތަކާއި ޖޯސާއި ފޯރީގައި ވަރަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ގިނަ އަދަދެއްގެ ޕާޓީގެ މެންބަރުންނާއި ސަޕޯޓަރުން، ގަމުގެ ވައިގެ ބަނދަރަށް އެއްވެ ފަޔާ މަރުހަބާ ދަންނަވާފައިވާއިރު، މައުލޫމާތު ލިބިފައިވާގޮތުގައި މިއީ އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް އަމާޒުކުރައްވައިގެން 8 ދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރުފުޅެކެވެ.
އޮކްޓޫބަރު 17 އިން 24 ގެ ނިޔަލަށް ކުރިއަށްގެންދާ މި ދަތުރުފުޅުގައި ދޮރުންދޮރަށް ހިންގެވުމާއި، އާއިލީ ބައްދަލުވުންތައް ކުރިއަށް ގެންދާނެ ކަމަށް އެ ޓީމުން މައުލޫމާތު ދެއްވިއެވެ. އައްޑޫއަށް ވަޑައިގަތުމަށްފަހު، މިއަދު ހެނދުނު ހިތަދޫ އުތުރު ދާއިރާގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޮކްޓޫބަރު 19 ވަނަ ދުވަހުގެ ރޭގަނޑު 8:30 އިން 10:30 އަށް ހިތަދޫގައި "އައްޑޫ ޕޮލިސީ ވޯކްޝޮޕް" ބޭއްވުމަށް ހަމަޖެހިފައިވެއެވެ.
މި ދަތުރުފުޅުގައި އޮކްޓޫބަރު 20 ގައި ފޭދޫއަށް އަދި 21 ގައި މަރަދޫއަށް ޒިޔާރަތްކުރެއްވުމަށްފަހު، 22 ވަނަ ދުވަހު ހުޅުދޫ އަދި މީދޫގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ހުޅުމީދޫއަށް ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި 23 ވަނަ ދުވަހުގެ މެންދުރުފަހާއި ރޭގަނޑު މަރަދޫފޭދޫގައި ހަރަކާތްތައް ކުރިއަށްދާނެއެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 24 ގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރުންނާ ބައްދަލުކުރެއްވުމަށްފަހު އެރޭ މާލެ ވަޑައިގަންނަވާ ގޮތަށެވެ.
އައްޑޫ ސިޓީގެ ހަ ރަށުގައި އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 6515 މެންބަރުން މިވަގުތު އެބަތިއްބެވެ. އޭގެ ތެރެއިން 3136 މެންބަރުންނާ އެކު އެންމެ ގިނަ މެންބަރުން ތިބި ހިތަދޫގައި ތިން ދުވަހުގެ ރޭވިފައި ވާކަމަށް މައުލޫމާތު ލިބެއެވެ. މި ދަތުރުފުޅުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ ޕާޓީގެ މެންބަރުންނާ ވަކިވަކިން ބައްދަލުކުރެއްވުމާއި، އާއިލީ ބައްދަލުވުންތައް ބޭއްވުމުގެ އިތުރުން ދޮރުންދޮރަށް ހިންގަވައި "ބޮޑުބަދަލު" ސިޔާަަސަތުތަކަށް ހިޔާލު ހޯއްދެވުމުގެ ހަރަކާތްތައް ކަމަށް އެ ޓީމްގެ ބޭފުޅުން މައުލޫމާތު ދެއްވިއެވެ.
ވިޔަފާރިކުރާ ތަންތަނުން ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގެ އަގު، ގަންނަ ފަރާތްތަކަށް ސާފުކޮށް އެނގޭނެހެން ހުންނަންޖެހޭނެ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން އިއުލާނުކުރައްވައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިގޮތަށް އިއުލާނުކުރެއްވީ، ވިޔަފާރިތަކުގައި ވިއްކަން ބަހައްޓާފައި ހުންނަ ގިނަ އަދަދެއްގެ މުދަލުގައި އަގު ސާފުކޮށް ނުހުންނަކަމުގެ ސަކުވާ އެ މިނިސްޓްރީއަށް ލިބެމުންދާތީއެވެ. މިކަމުގެ ސަބަބުން މުދާ ގަންނަ ފަރާތްތަކަށް އަގުތައް އެނގުމުގައި ދަތިތަކެއް ހުރުމަކީ، ކޮންސިއުމަރުންގެ ހައްގުތަކަށް އަސަރުކުރާ ކަމެކެވެ.
އެހެންކަމުން، މިމައްސަލަ ހައްލުކޮށް، ރައްޔިތުންނަށް ފަސޭހަ ގޮތެއްގައި ވިޔަފާރިކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، ގާނޫނު ނަންބަރު: 2020/12 (މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ ދަށުން، ވިއްކާ މުދަލުގެ އަގަކީ ކޮބައިކަން މުދާ ގަންނަ ފަރާތަށް ސާފުކޮށް އެނގޭ ގޮތަށް މެނުވީ އެއްވެސް މުދަލެއް ވިއްކަން ބެހެއްޓުމަކީ މަނާ ކަމެއްކަން މިނިސްޓްރީން ވަނީ ހަނދާންކޮށްދީފައެވެ.
މި ގާނޫނުގައި ބަޔާންކުރާ ގޮތުގައި، މުދަލުގެ އަގު ސާފުކޮށް ފެންނަން ހުންނާނެ ދެ ގޮތެއްވެއެވެ. އެއީ:
މުދަލުގެ އަގު ސީދާ އެ މުދަލެއްގައި ލިޔެ، ޕްރިންޓްކޮށް ނުވަތަ ހަރުކޮށްފައި ހުރުން.
އެ މުދަލެއް ބަހައްޓާފައި ހުރި ތަނެއްގައި މުދަލުގެ އަގު ލިޔެފައި ނުވަތަ ހަރުކޮށްފައި ހުރުމާއެކު، އެއީ ކޮން މުދަލެއްގެ އަގެއްކަން އެނގޭގޮތަށް ހުރުން.
މި އިއުލާނާއެކު މިނިސްޓްރީން ވަނީ މުދާ ވިއްކާ އެންމެހައި ފަރާތްތަކުން ވިއްކަން ބަހައްޓާފައިވާ މުދަލުގައި، ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަގު ސާފުކޮށް ފެންނަން ހުންނާނޭހެން ބެހެއްޓުމަށް އިލްތިމާސްކުރައްވާފައެވެ.
މީގެ އިތުރުން، މިނިސްޓްރީން ވަނީ މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތަށް މުދާ ވިއްކާ ފަރާތްތަކުން ޢަމަލުކުރޭތޯ ބެލުމަށްޓަކައި، އެ ގާނޫނުގެ 66 ވަނަ މާއްދާގެ ދަށުން އިންސްޕެކްޓްކޮށް މޮނިޓަރކޮށް، ޤާނޫނާއި ހިލާފަށް އަގު ނުޖަހައި ވިޔަފާރިކުރާ ފަރާތްތަކާމެދު، އެ ޤާނޫނުގެ 84 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް ހާމަކުރައްވާފައެވެ.
މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ 84 ވަނަ މާައްދާއަކީ "މިނިސްޓްރީން ކަނޑައަޅާ އަދަބުތައް" ބަޔާންކޮށްފައިވާ މާއްދާއެވެ. އޭގައި ވަނީ:
" މި ޤާނޫނުގެ 66 ވަނަ މާއްދާގެ ދަށުން މުދާ ވިއްކާ ފަރާތްތައް ނުވަތަ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް މޮނިޓަރކުރުމުގައި، މި ޤާނޫނުން މަނާކޮށްފައިވާކަމެއް ކޮށްފައިވާ ފަރާތެއް ނުވަތަ މި ޤާނޫނާ ޚިލާފުވެފައިވާ ފަރާތެއް އަންނަނިވި އަދަދުތަކުން ޖޫރިމަނާކުރުން ނުވަތަ އެ ފަރާތެއްގެ މައްޗަށް އަންނަނިވި ފިޔަވަޅުތައް އެޅުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ހ) ފުރަތަމަ ފަހަރު -/1,000 (އެއްހާސް) ރުފިޔާއާއި -/100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، އެކަމެއް ރަނގަޅުކުރުމަށް މުއްދަތެއް ދިނުން؛
(ށ) ތަކުރާރުކުރާ ކޮންމެ ފަހަރަކު -/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާއާއި -/250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، އެކަމެއް ރަނގަޅުކުރުމަށް މުއްދަތެއް ދިނުން؛
(ނ) މި މާއްދާގެ (ށ) ގެ ދަށުން ދީފައިވާ މުއްދަތުގައި އެކަމެއް ރަނގަޅުކޮށްފައިނުވާނަމަ، -/5,000 (ފަސްހާސް) ރުފިޔާއާއި -/250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، އެތަނެއް 6 (ހައެއް) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ބަންދުކުރުން."
މި ގާނޫނަކީ 31 އޮގަސްޓު 2020 ގައި ތައުސީގުކޮށްފައިވާ ގާނޫނެކެވެ. އެހެން ނަމަވެސް އެހެނިހެން ގިނަ ގާނޫނުތަކެކޭ އެއްފަދައިން 6 އަހަރުވެގެންދިޔަ މިގާނޫނަކީ ތަންފީޒުކުރުމުގައި ސަރުކާރުން އިހުމާލުވާ ގާނޫނެއްކަން ފިހާރަކާއި ތަންތަނުން މުދަލާއި ހިދުމަތް ގަންނަ ފަރާތްތަކަށް ދުވާލުގެ އިރު ފެންނަފަދައިން ފެނި އެނގޭކަމެކެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ޕްރައިމަރީ ނުނިމެނީސް ރަނިންމޭޓުން އިއުލާންކުރައްވަމުން ގެންދަވާތީ އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު (އަންނި) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ސިޔާސީ ޕާޓީއެއްގެ ރިޔާސީ ޕްރައިމަރީ ނިމުމުގެ ކުރިން ރަނިންމޭޓަކު ހިޔާރުކުރުމަކީ ޕާޓީތަކުގެ އެތެރޭގެ ދިމުގުރާތީ ހަމަތަކާއި، އިންތިހާބުގެ އިންސާފުވެރިކަމުގެ އިތުރުން ޕާޓީގެ ބަދަހިކަމާމެދު ކުރެވޭ ބަހުސްތަކުގައި މުހިންމު މައްސަލައަކަށް މިހާރު ވަނީ ވެފައެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ކެންޑިޑޭޓުން ރަނިންމޭޓަކާމެދު ގޮތެއް ނިންމަވަންވާނީ ޕްރައިމަރީގެ އިންތިހާބު ފުރިހަމައަށް ނިމުމަށްފަހުގައެވެ.
މިކަމާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ، ޕާޓީ އިލެކްޝަންއަށް ނުކުންނައިރު އެހެން ޕާޓީތަކާ ވާހަކަ ދައްކާ، އެއްބަސްވުންތައް ގާއިމުކުރެވޭނެ ގޮތަށް ތިބުން ބޭނުންތެރި ކަމަށާއި ރަނިން މޭޓުކަމަކީ އެމްޑީޕީން އެހެން ޕާޓީތަކާ ކުރާ މަސްވަރާތަކުގައި ލެވަރެޖޭއް ކަމަށެވެ. އެ ލެވަރޭޖު ގެއްލޭ ގޮތަށް ކެންޑިޑޭޓުން އަމަލުނުކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް ރަނިން މޭޓަކު އިއުލާނުކުރެއްވީ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެކަންޏެވެ. ފައިސަލްގެ ރަނިން މޭޓަކީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކަށް ފައިސަލް ނަސީމް ހަމަޖެއްސެވީ، އެމްޑީޕީން ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ރަނިންމޭޓުގެ ސްލޮޓް ދިނުމުން، އެ ޕާޓީގެ ފަރާތުންނެވެ. ފައިސަލް ނަސީމް އޭރު ހުންނެވީ ޖުމްހޫރީ ޕާޓީގައެވެ.
ރިޔާސީ ޕްރައިމަރީއަކީ ރިޔާސީ އިންތިހާބުގައި ސިޔާސީ ޕާޓީއެއް ތަމްސީލުކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ޕާޓީގެ އެތެރޭގައި ބާއްވާ އިންތިހާބީ މަރުހަލާއެކެވެ. ޕާޓީގެ ގާނޫނާއި އިންތިހާބީ ގަވާއިދުތައް ހުންނަ ގޮތުން، މި މަރުހަލާގައި ވޯޓުދެނީ ޑެލިގޭޓުން ނުވަތަ ޕާޓީގެ އާންމު މެންބަރުންނެވެ.
ރަނިންމޭޓަކު ނެގުން ލަސްކުރުމަށް ތާއީދުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ޕްރައިމަރީ ކެމްޕޭން ތެރޭގައި ރަނިންމޭޓަކު އިއުލާންކުރުމުން، ޕާޓީގެ މެންބަރުންގެ ތާއީދު އަދި ނުލިބެނީސް ރިޔާސީ ޓީމެއް އެކުލަވާލެވިއްޖެކަމުގެ އިހުސާސް އުފެދެއެވެ. އެފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ޕްރައިމަރީ ބިނާވާންޖެހޭނީ ކެންޑިޑޭޓުގެ ގާބިލުކަމާއި، ސިޔާސަތުތަކާއި، ތަޖުރިބާގެ އިތުރުން ޕާޓީގެ މެންބަރުންގެ އިތުބާރު ހޯދުމުގެ ގާބިލުކަމުގެ މައްޗަށެވެ.
އަދި މީގެ އިތުރުން، އަވަސް އަރުވާލައިގެން ރަނިންމޭޓުން އިއުލާންކުރުމަކީ ވާދަކުރައްވާ ކެންޑިޑޭޓުންގެ ސަޕޯޓަރުންގެ މެދުގައި ބައިބައިވުން ބޮޑުވެގެންދާނެ ކަމެކެވެ. ކެންޑިޑޭޓުން ވަކިވަކި ރަނިންމޭޓުންގެ އިންތިޒާމުތައް އިސްތިހާރުކުރަން ފެށުމުން، ސަރަހައްދީ ތަމްސީލުވުމާއި، ސިޔާސީ ނުފޫޒާއި، އަދި ޕާޓީގެ މަގާމުތައް ބެހުމާމެދު އުފެދޭ ހިޔާލުތަފާތުވުންތަކުގެ ސަބަބުން، ޕްރައިމަރީއަށްފަހު ޕާޓީ އެއްގަލަކަށް އަރުވައި އެކުލަވާލުމަށް ހުރަސްތަކެއް ކުރިމަތިވެއެވެ.
އަނެއް ކަންބޮޑުވުމަކީ، ޕާޓީން ރަސްމީކޮށް ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ކުރިން ސިޔާސީ ގްރޫޕްތަކުގެ މެދުގައި އުއްމީދުތަކެއް އުފެދިގެންދިއުމެވެ. މިއާއެކު، އެ ކެނޑިޑޭޓަކު ޕްރައިމަރީން ނާކާމިޔާބުވެއްޖެނަމަ، އާންމުންގެ ސަމާލުކަން ލިބި، ސިޔާސީ އެއްބަސްވުންތަކާ ހަމައަށް ގޮސްފައިވާ އިންތިޒާމުތައް އުވާލަންޖެހި، ނުތަނަވަސްކަން އުފެދުމެވެ.
ނަމަވެސް، ޕްރައިމަރީ ނިމުމުގެ ކުރިން ރަނިންމޭޓަކު ހިޔާރުކުރުމަކީ (އެމްޑީޕީގެ) އިންތިހާބީ ގަވާއިދުތަކާ ހިލާފުކަމެއް ނޫނެވެ. އެފަދަ ނިންމުމެއް ނިންމުމުގެ ހުއްދަ އޮތްކަން މިންކުރެވެނީ ޕާޓީގެ އަސާސީ ގަވާއިދާއި، އެތެރޭގެ އިންތިހާބީ އުސޫލުތަކާއި، (އިލެކްޝަންސް ކޮމިޝަނުގެ) ގާނޫނީ އޮނިގަނޑުގެ މައްޗަށެވެ. މިއިން އެއްވެސް ގަވާއިދެއްގައި މިކަމަށް އެއްވެސް ހުރަހެއް މިހާތަނަކަށް ނެތެވެ. ބައެއް ސިޔާސީ ނިޒާމުތަކުގައި ކެމްޕޭން ތެރޭގައި ކެންޑިޑޭޓުން ބޭނުންވާ ރަނިންމޭޓުން އާންމުކޮށް ހާމަކުރިނަމަވެސް، ރަސްމީކޮށް ނަން ހުށަހެޅުން އޮންނަނީ ފަހުގެ މަރުހަލާއެއްގައެވެ.
އަވަހަށް ރަނިންމޭޓުން އިއުލާންކުރުމަށް ތާއީދުކުރާ ފަރާތްތަކުން ބުނަނީ، ރަނިންމޭޓަކު ނަންގަވައިގެން ނުކުތުމުން ވޯޓުލާ މެންބަރުންނަށް ކެނޑިޑޭޓުގެ ލީޑަޝިޕް ޓީމު ސާފުވެގެންދާނެ ކަމަށެވެ. އަދި ގައުމީ ސިޔާސީ މަސްރަހަށް ބަލައި، ސަރަހައްދީ، ފަންނީ، ނުވަތަ ސިޔާސީ މަސްލަހަތުތައް ހަމަހަމަކުރުމަށް ކެނޑިޑޭޓު ދޭ އިސްކަން މެންބަރުންނަށް ހާމަވެގެންދާނެ ކަމަށްވެސް އެފަރާތްތަކުން ދެކެއެވެ.
އެހެންނަމަވެސް، މިކަން ލަސްކުރުމަށް ވަކާލާތުކުރާ ފަރާތްތަކުން ގަބޫލުކުރަނީ، ހިޔާލެއް ނުވަތަ އެދޭ ގޮތެއް ހާމަކުރުމާއި، ސީދާ ރަނިންމޭޓަކު ފައިނަލްކޮށް އިއުލާންކުރުމާ ދެމެދު ސާފު އިމެއް އޮންނަންޖެހޭނެ ކަމަށެވެ. ކެންޑިޑޭޓުންނަށް ސިޔާސީ އިއްތިހާދުތަކާ މެދު މަސްވަރާކުރެވުނު ނަމަވެސް، ޕާޓީގެ ކެނޑިޑޭޓަކު ކަނޑައެޅުމުގެ ކުރިން ރަނިންމޭޓަކީ ނިމިފައިވާ ނިންމުމެއްގެ ގޮތުގައި ދެއްކުމުން ދުރުހެލިވާންޖެހޭނެއެވެ.
މިކަމަށް އޮތް ހައްލަކީ، ރިޔާސީ ކެންޑިޑޭޓުންނަށް ރަނިންމޭޓުން އިއުލާންކުރެވޭނެ ނުވަތަ ރަސްމީކޮށް ހިޔާރުކުރެވޭނެ ވަގުތުތަކާ މެދު ސިޔާސީ ޕާޓީތަކުން ސާފު އުސޫލުތަކެއް އެކުލަވާލުމެވެ. މިފަދަ އުސޫލުތަކެއްގެ ތެރެއިން، ޕްރައިމަރީ ތެރޭގައި އިހުތިޔާރުކުރާ ރަނިންމޭޓުގެ ނަން ހާމަކުރެވިދާނެތޯއާއި، ރަސްމީކޮށް ރަނިންމޭޓު ކަނޑައެޅުން އޮންނާނީ ޕްރައިމަރީގެ ނަތީޖާއަށްފަހުތޯއާއި، އަދި އެންމެ ފަހުގެ ރިޔާސީ ޓިކެޓު ފާސްކުރާނެ ގޮތް ތަފްސީލުކޮށް ބަޔާންކުރެވިދާނެއެވެ.
އަދި ޕާޓީގެ އެތެރޭގެ ކަންކަމާއި އިލެކްޝަންސް ކޮމިޝަނަށް ނަންތައް ހުށަހެޅުމާ ދެމެދު އޮތް ގުޅުން ޕާޓީގެ ލީޑަޝިޕުން ސާފުކޮށްދޭންޖެހެއެވެ. ސާފު ގަވާއިދުތަކެއް އޮތުމަކީ ނުތަނަވަސްކަން ކުޑަވެ، ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ލިބި، އަދި ގަވާއިދުތައް މާނަކުރުމުގައި އުފެދޭ ހިޔާލުތަފާތުވުންތައް މަދުކުރެވޭނެ ކަމެކެވެ.
އާހިރުގައި މި މައްސަލައިން އުފެދެނީ، ކެންޑިޑޭޓެއްގެ ސިޔާސީ މިނިވަންކަމާއި، އިތުބާރު ހުރި އިންސާފުވެރި އިންތިހާބީ މަރުހަލާއެއް ބޭއްވުމަށް ޕާޓީން އަދާކުރަންޖެހޭ މަސްއޫލިއްޔަތާ ދެމެދު އޮންނަންޖެހޭ ހަމަހަމަކަމާ ގުޅޭ ބޮޑު ސުވާލެކެވެ. އަވަހަށް ރަނިންމޭޓަކު ނެގުމުން ސިޔާސީ ފައިދާތަކެއް ލިބުނު ނަމަވެސް، ރާއްޖޭގެ ސިޔާސީ މަސްރަހު ހުރިގޮތުންނާއި، މާޒީއަށް ރިއާޔަތް ކުރާއިރު، އެ ނިންމުން ލަސްކުރުމުން ޕްރައިމަރީގެ އަސްލު މަގުސަދަށް ސަމާލުކަން ދެވި، އެތެރޭގެ ހަމަނުޖެހުންތައް ކުޑަކުރެވިގެންދާނެއެވެ.
ސިޔާސީ ޕާޓީތަކުން މިކަމުގައި ވަކި ހާއްސަ ގަވާއިދުތަކެއް ހަދައި އަމަލުކުރަންދެން، ޕްރައިމަރީ ނިމުމުގެ ކުރިން ރަނިންމޭޓުން ނުނެގުމަށް ކުރެވޭ ވަކާލާތަކީ ގާނޫނީ މަޖުބޫރުކަމަކަށްވުރެ ބޮޑަށް، ޕާޓީގެ އެތެރޭގެ ދިމުގުރާތީ ހަމަތައް ވަރުގަދަކުރުމަށް ހުށަހެޅޭ ހުށަހެޅުމެކެވެ.
މިކަމުގެ އަސާސީ އުސޫލަކީ، ފުރަތަމަ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމުގެ މަރުހަލާ ފުރިހަމަކުރުމަށްފަހު، ކާމިޔާބުކުރި ކެންޑިޑޭޓަކަށް އެންމެ ފަހުގެ ރަނިންމޭޓު ހިޔާރުކުރުމުގެ ފުރުސަތު ދިނުމެވެ!
މި ސަރުކާރުން ސިނގިރޭޓަކުން ނަގާ ޑިއުޓީ، 8 ރުފިޔާއަށް ބޮޑުކުރުމަށް 2024 ވަނަ އަހަރު ނިންމި ނިންމުން ބަދަލުކޮށް، ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ތަސްދީގުކުރައްވައިފިއެވެ.
2024 ގައި ސިނގިރޭޓުން ނަގާ ޑިއުޓީ 3.30ރ އިން 8ރ އަށް ވަނީ ބޮޑުކޮށްފަ އެވެ. އެއާއެކު، ދުންފަތުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލި، ކުރިން 110 ރުފިޔާއަށް ލިބެމުން އައި ސިނގިރޭޓް ފޮއްޓެއްގެ އަގު 250 ރުފިޔާއަށް އަރައިފައެވެ. ނަމަވެސް އެ އަގަށް ބަދަލު ގެނެސް ޑިއުޓީ ކުޑަކުރަން ނިންމީ ދުންފަތުގެ އިމްޕޯޓް ޑިއުޓީ ހަތަރު ރުފިޔާ އަށް ކުޑަކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗުއޯގެ ލަފާ ލިބިފައި ވާތީ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ސަރުކާރު ފަރާތުން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އެ އިސްލާހު ހުށަހެޅީ މިދިޔަ ހަފުތާގެ ހޯމަ ދުވަހެވެ. މި ބިލު އެ ހަފުތާގެ ބުދަ ދުވަހު ބަލައިގަނެ، ދިރާސާކުރަން ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިލައިފައެވެ. އެކަމަކު މާ ބޮޑު ދިރާސާއެއް ކުރުމެއްނެތި ބިލު ފާސްކުރަން ކޮމިޓީން ވަނީ ނިންމައިފައެވެ. އަދި، އޭގެ ކުރީ ބުދަ ދުވަހު މަޖިލިސް ޖަލްސާގައި، ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ އިއްތިފާގުން ބިލް ވަނީ ފާސްކޮށްފައެވެ.
އެ ބިލް ތަސްދީގު ކުރެއްވުމާއެކު، އިސްލާހު ކުރަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް 30 ދުވަހުގެ ތެރޭގައި އިސްލާހުކޮށް ގެޒެޓުގައި އާންމު ކުރަންޖެހޭނެ ކަމަށް އެ ބިލްގައިވެ އެވެ. ބިލުގައި، ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުވުމަށް ހާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗާއި އެފަދަ އެހެނިހެން ބާވަތްތަކުން ޑިއުޓީ ދައްކަން ނުޖެހޭގޮތަށް ހިމަނައިފައި ވެއެވެ.
މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު، ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ދުވަހާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދާހިލީ ވަޒީރު އަލީ އިހުސާނު ވަނީ ޑިއުޓީ ދެބައިކުޅަ އެއްބައި ލުއިކުރަން ސަރުކާރުން ވިސްނަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އެކަން އެގޮތަށް ބަދަލު ކުރަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ, (ޑަބްލިޔުއެޗްއޯ) ގެ އިރުސާދަށް ކަމަށް ވިދާޅުވި ނަމަވެސް، އެކަމާ ގުޅޭ ގޮތުން ޑަބްލިޔުއެޗްއޯއިން ރަސްމީކޮށް އެއްޗެކޭ ބުނެފައިނުވެއެވެ. އަދި ސިއްހީ މާހިރުން ވަނީ ޑިއުޓީ ކުޑަކުރުމަކީ ދުންފަތުން ރައްކާތެރިކުރުމުގެ މަސައްކަތުގައި ފަހަތަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައި ސިފަކޮށް، ބިލް ތަސްދީގު ނުކުރުމަށް ވެސް މީގެ ކުރިން ގޮވާލައިފައެވެ.
މި ސަރުކާރުން ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް މީގެ ކުރިން ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. އޭގެ ތެރޭގައި ވޭޕް މަނާކުރުމާއި 2007 އިން ފެށިގެން، އޭގެ ފަހަށް ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށް ވެސް، ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުންފަތް ގަނެވިއްކުން ވަނީ މަނާކޮށްފައެވެ.
ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ ދުންފަތުގެ ޑިއުޓީ ކުޑަކުރުމަކީ ޔޫ-ޓާނެއް ނެންގެވުން ނޫންކަމަށެވެ. ފަހަކަށް އައިސް ބޭއްވި އިންތިހާބުތައް ސަރުކާރު ހިންގާ ޕާޓީއަށް ނާކާމިޔާބު ވުމުގައި، ދުންފަތުގެ ބާވަތްތަކާއި ކާބޯތަކެއްޗާއި އާއްމު މުދަލުގެ އަގުތައް އާދަޔާ ހިލާފަށް ބޮޑުވެގެންދިއުމީ އެކަމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ސިޔާސީ ފަރާތްތަކުން ދެކެއެވެ. އެފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ވޭޕް މަނާކުރި ކުރުމަކީވެސް އެފަދަ ކަމެކެވެ.
މަސްތުވާތަކެއްޗަކީ މުޅި މުޖުތަމައުގެ ބަދަހިކަމަށް އަސަރުކުރުވާ، އިޖުތިމާއީ، އިގްތިސޯދީ، އަހްލާގީ އަދި ގައުމީ ސަލާމަތަށް ހުރި ގޮންޖެހުމެއްގެ ގޮތުގައި ސިފަކުރައްވައި، މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ ގައިރުގާނޫނީ ވިޔަފާރިއާ ދެކޮޅަށް، މިހާރަށްވުރެ ވަރުގަދައަށް ފިޔަވަޅުއެޅުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިފަދައިން ގޮވާލެއްވީ، މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ ގައިރުގާނޫނީ ވިޔަފާރިއާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖެއްގައެވެ. މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ދުވަހަށް ހާއްޞަ ކުރެވިފައިވާ، މިއަހަރުގެ ސިއާރުކަމުގައިވާ "ވަރލްޑް ޑްރަގް ޕްރޮބްލަމް: ޕަރސިސްޓިންގް އިޝޫސް، ނިއު ޗެލަންޖާޒް، އިނޮވޭޓިވް ރެސްޕޯންސަސް" ނުވަތަ "ދުނިޔޭގެ މަސްތުވާތަކެތީގެ މައްސަލަ: ދެމިއޮތް ކަންބޮޑުވުންތައް، އާ ގޮންޖެހުންތައް، އާ އީޖާދީ ހައްލުތައް" މި ސިއާރުގެ ދަށުން، މަސައްކަތް ކުރުމަށް، ދިވެހިރާއްޖެ އޮތީ ބައިނަލްއަގުވާމީ މުޖުތަމައާއެކުގައި ކަމަށެވެ. އަދި މި މައްސަލައަށް ހައްލެއް ހޯދުމަކީ ޤައުމުގެ މުސްތަގުބަލާއި ޒުވާނުން ރައްކާތެރިކުރުމަށާއި ހިމާޔަތްކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މަސްތުވާތަކެތީގެ ބޭނުންކުރާ މީހުންނަށް ފަރުވާދިނުމާއި އަލުން މުޖުތަމައަށް ނެރުމުގެ ހިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، މިއަހަރުގެ ފަހުކޮޅު މުޅިން އަލަށް، ވަށާޖެހޭ ފުރިހަމަ ހިދުމަތްދެވޭނެ ތިން ރިހެބިލިޓޭޝަން ސެންޓަރު ހުޅުވުމަށް ރޭވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.
މީގެއިތުރުން، މިފަހުން ގެނެވުނު ގާނޫނީ އިސްލާހުތަކުގެ ސަބަބުން، ކަމާގުޅުންހުރި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަވެ، އިޖުރާއީ ހާމަކަން އިތުރުވެ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކްތައް ރޫޅާލުމާއި ކުށްވެރިން ޖަވާބުދާރީކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާވެފައިވާ ކަން، އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އަލަށް އުފެދެމުންދާ ނުރައްކާތަކާއި، އާ "ސައިކޯއެކްޓިވް" މާއްދާތަކާއި، ބަދަލުވަމުންދާ މަސްތުވާތަކެތީގެ ވިޔަފާރީގެ އުކުޅުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ބައިވެރިންނާއެކު ރާއްޖެއިން އޮންނަ ގުޅުން ދަމަހައްޓާނެކަން ތަކުރާރުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، މަސްތުވާތަކެތިން ސަލާމަތްވެފައިވާ ގައުމެއް ބިނާކުރުމަށްޓަކައި އާއިލާތަކާއި، މުޖުތަމައުތަކާއި، މަދަނީ ޖަމިއްޔާތަކާއި، "ޕްރައިވެޓް ސެކްޓަރ" ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވަމުންނެވެ. އަދި އެކަކު އަނެކަކަށް އަޅާލުމާއި، އޯގާތެރިވުމުގެ އިތުރުން، ފުރުސަތުތައް ފަހިކޮށްދީގެން، އަމިއްލަ ނަފްސަށް ފައިދާހުރި ގޮތްތައް އިހްތިޔާރުކުރުމަށް ފަރުދުންނަށް ބާރުވެރިކަންދީ، މިއަށްވުރެ ވަރުގަދަ އަދި ކަންކަމާ ކުރިމަތިލެވޭ ފަދަ ގައުމެއް ބިނާކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަން، އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ނުފޫޒުގަދަ ފަރާތްތަކުން ބޭނުންވާ ވަކި ބަޔަކަށް ފްލެޓާއި ގޯތި ލިބޭ ގޮތަށް ކަންހިނގާ ވާހަކައަކީ އަބަދުވެސް ދެކެވެމުން އަންނަ ވާހަކަތަކެއް ކަމަށާ، ނަމަވެސް އެންމެ މުހިންމުކަން ދެއްވާ އެއް ކަމަކީ، އެކަން ނިމުމަކަށް ގެނެސް، މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަސްރޫޢަކީ، ނުފޫޒުން އެއްކިބާވެގެން ހިންގޭ މަސްރޫއެއްކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިހާރު ކުރިއަށްދަނީ އަދުގެ ސަރުކާރުން ހިންގަވާ ބޯހިޔާވަހިކަމުގެ މަސްރޫއަށް އެދި ހުށަހަޅާފައިވާ ފޯމުތައް ތައުސީގުކުރުމުގެ މަސައްކަތްތައް ކަމަށް ވާއިރު، އެއްވެސް ކަހަލަ ނުފޫޒެއްގެ ބޭނުންކޮށްގެން، ވަކި މީހަކު ބޭނުންވާހާ ގޮތަކަށް، ވަކި މީހަކަށް ނުވަތަ ވަކި އާއިލާއަކަށް އިސްކަން ލިބޭ ގޮތަށް އެއްވެސް ކަމެއް ހިނގަމުންނުދާނެ ކަމުގެ ޔަގީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. ބޯހިޔާވަހިކަމަކީ ހަމަ އެންމެ ޒަރޫރީ، އެންމެ މުހިންމު ކަންތައް ކަމުގައި ގަބޫލުފުޅުކުރައްވާ ކަމަށާ، އެމަނިކުފާނުގެ ސަރުކާރުން ދޭ އެއްވެސް ފްލެޓަކާއި ގޯއްޗެއް ދިނުމުގައި އެއްވެސް ކަހަލަ ނާޖާއިޒުކަމެއް ނުހިމެނޭނެކަމުގެ ޔަގީންކަން، ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކުރެއްވިއެވެ. އަދި މި މަސައްކަތުގައި އުޅުއްވާ ފަރާތްތަކާމެދު އެކަމުގެ އިތުބާރު އެބައޮތްކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
"ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގެ ދަށުން އާއިލީ ބޯހިޔާވަހިކަމުގެ ނަމުގައި އާ މަސްރޫއެއް ފަށައި، އެ މަސްރޫއުގެ ފުރަތަމަ ފިޔަވަހީގެ ގޮތުގައި، މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ރަސްމާލެއިން 15000 ގޯތި އަދި ހުޅުމާލެއާއި، ވިލިމާލެއިން 3 ކޮޓަރީގެ 7900 ފްލެޓް ދޫކުރުމާބެހޭ އުސޫލު އިއުލާނުކޮށް ހުޅުވާލުމުން މި ޖޫން މަހު 15އިގެ ނިޔަލަށް، ޖުމްލަ 58505 ފޯމު ހުށަހަޅާފައި ވެއެވެ. މީގެ ތެރޭގައި "އާއިލީ ބޯހިޔާވަހިކަމަށް" 45644 ފޯމު ހުށަހަޅާފައި ވާއިރު، "ގޯތިގެދޮރު" ގެ ދަށުން 12861 ފޯމު ހުށަހަޅާފައި ވެއެވެ. އެއީ އާއިލީ ބޯހިޔާވަހި ފިޔަވަހީގެ ދަށުން ފްލެޓަށް އެދި 35818 ފޯމާއި، ބިމަށް އެދި 9826 ފޯމާއި، ގޯތިދެދޮރު ފިޔަވަހީގެ ދަށުން ފްލެޓަށް އެދި 12749 ފޯމާއި ބިމަށް އެދި 112 ފޯމެވެ.
ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން، މިހާތަނަށް ބިންގާ އެޅުނު މަސްރޫއަކީ ވިލިމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 300 ހައުސިންގ ޔުނިޓެވެ. މިއަހަރު މާރިޗު 26 ވަނަ ދުވަހު، ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސްރޫއުގެ ބިންގާ އެޅުއްވީ ރައީސް މުއިއްޒެވެ.
އެ މަސްރޫއަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ”ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ޕްރައިވެޓް ލިމިޓެޑް“ އިން،  ވިލިމާލޭގައި 17 ފަންގިފިލާގެ (ފްލެޓް ބޮޑުމިނުގައި 900 އަކަފޫޓުގެ 3 ކޮޓަރި އެޕާޓްމަންޓް ހިމެނޭހެން) 3 ޓަވަރު ބިނާކުރުމަށް، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރް.ސީ.ސީ) އާއި ހަވާލުކޮށްގެން ނެވެ. ބީއެމްއެލުން ކޮންޓްރެކްޓަރުންނާ ގުޅިގެން، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 13 ރަށެއްގައި 800 ހައުސިންގ ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް، މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ފެށިގެންދާނެކަމަށާއި، މި އަހަރު އޮގަސްޓު މަހުގެ ތެރޭގައި، އެކި ރަށްރަށުގައި އިތުރު 1,300 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ފެށިގެންދާނެކަމަށް، 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން ދެއްވިއިރު، ރައީސް މުއިއްޒު ވިދާޅުވެފައި ވެއެވެ.
މި ސަރުކާރުން ބިމާއި ފްލެޓް ދިނުމަށް ފުށިދިއްގަރު ފަޅުގައި ބިން ހިއްކަން ފައްޓަވާފައިވާ ރަސްމާލެ މަސްރޫއަށް 3 އަހަރު ވާއިރު، ބިން ހިއްކުން ދޭތެރެ ދޭތެރެއިން މެދުކެނޑި އަދިވެސް ބިން ހިއްކާ ނުނިމެއެވެ. އަދި ގިރާވަރު ފަޅުވެސް ހިއްކާ ނުނިމޭތީ އެތަނުން ގޯތި ލިބިފައިވާ ފަރާތްތަކަށް ރެޖިސްޓްރީ ހަވާލު ނުކުރައްވައެވެ. މީގެ އިތުރުން ގުޅީފަޅުން ގޯތި ލިބި، ގޯތީގެ ރެޖިސްޓްރީ ހަވާލުކޮށްފައިވާ ފަރާތްތަކަށް ބިން ހަވާލު ނުކުރައްވާކަން ވެސް ފާހަގަ ވެއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓުން ދެކުނު އޭސިޔާއަށް ކަނޑައަޅާފައި ހުންނަ އަމީންއާންމުގެ ނައިބު، ހިޒް އެކްސަލަންސީ އެސް. ޕޯލް ކަޕޫރު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި، މިއަހަރަކީ، ދިވެހިރާއްޖެއާ އެމެރިކާއާ ދެމެދު ސިޔާސީގުޅުން ގާއިމު ކުރެވުނުތާ 60 އަހަރު ފުރޭ އަހަރު ކަމަށްވާތީ، އެކަމުގެ މައްޗަށް އަލިއަޅުއްވާ ލައްވާފައި ވެއެވެ. އަދި، ފާއިތުވެދިޔަ ފަސްދޮޅަސް އަހަރުގެތެރޭގައި، ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށްވެސް ބައްލަވާލައްވާފައި ވެއެވެ.
މި ބައްދަލުކުރެއްވުމުގައި އެމެރިކާގެ އަމީންއާންމުގެ ނައިބު (އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް) ދެއްކެވި ވާހަކަފުޅުގައި، ވިޔަފާރިއާއި އިގްތިސޯދު ކުރިއެރުވުމާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުންބަދަހިކުރުމާއި އަދި ސަރަހައްދުގެ ސަލާމަތާ ގުޅޭ ކަންކަމާއި، މެރިޓައިމް ސެކިއުރިޓީ ފަދަ ދާއިރާތަކުން ދެގައުމުން ގުޅިގެން މަސައްކަތް ކުރުމުގެ ސައުގުވެރިކަން ފާޅުކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، " މޯލްޑިވްސް ފަސްޓް ޕޮލިސީ" ގެ ދަށުން، ތަރައްގީގެ މަސްރޫއުތަކާއި، އިގްތިސޯދު ސިންދަފާތުކޮށް ގައުމަށް ފައިދާ ހުރި މަސްރޫއުތަކަށް ދިވެހިރާއްޖެ ހުޅުވާލެވިފައިވާކަމުގެ ޔަގީންކަން ދެއްވާފައެވެ.
ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އުފެއްދުންތެރިކަމުގެ (ނުވަތަ ޖީޑިޕީ) ނިސްބަތުން އެންމެ ދަރަނި ބޮޑު ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ވެއްޖެއެވެ.
ދުނިޔޭގެ މާލީ އިދާރާ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑު ދަރަނި އޮތް ގައުމަކަށް ދިވެހިރާއްޖެ ވަނީ ވެފައެވެ.
ރާއްޖޭގެ ދައުލަތުގެ ޖުމްލަ ދަރަނި މިހާރު ހުރީ، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 125.4 އިންސައްތައިގައެވެ. މިއީ ސަރަހައްދުގެ އެހެން ހުރިހާ ގައުމުތަކާ އަޅާބަލާއިރު ނިސްބަތުން އާދަޔާ ހިލާފު މަތީ އަދަދެއް ކަމުން، މިއީ ރާއްޖޭގެ އިގްތިސޯދީ ހަމަޖެހުމަށް އޮތް ބޮޑު ގޮންޖެހުމެއްކަން މި ރިޕޯޓުން ހާމަވެއެވެ.
ރާއްޖެއަށް ފަހު ދެން އެންމެ ދަރަނި ބޮޑު ގައުމެއްގެ ގޮތުގައި އުޅެނީ ޖީޑީޕީގެ 103.6 އިންސައްތައިގެ ދަރަންޏަކާއެކު ބޫޓާނެވެ. ސަރަހައްދުގެ އެންމެ ބޮޑު އިގްތިސާދީ ބާރު ކަމަށްވާ އިންޑިއާގެ ދަރަނި 84.1 އިންސައްތައިގައި އުޅޭއިރު، އިގްތިސާދީ ގިނަ ހީނަރުކަމެއް ތަހައްމަލު ކުރަމުންދާ ޕާކިސްތާނުގެ ދަރަނި ހުރީ 72.8 އިންސައްތައިގައެވެ. މީގެ އިތުރުން ނޭޕާލްގެ ދަރަނި 48.1 އިންސައްތައިގައި ރެކޯޑު ކުރެވިފައިވާއިރު، މުޅި ދެކުނު އޭޝިއާއިން ވެސް އެންމެ ދަރަނި ކުޑަ ގައުމެއްގެ ގޮތުގައި ފާހަގަކުރެވެނީ، ޖީޑީޕީގެ އެންމެ 42 އިންސައްތައިގެ ދަރަންޏެއް އޮތް އަދި ދިވެހީންގެ ބައެއް ފަރާތްތަކުން ދަށު ދަރަޖައިގައި ދެކޭ ބަންގްލަދޭޝްއެވެ.
ރާއްޖޭގެ ދަރަނި މިހާރު ހުރި މިންވަރަކީ ބަންގްލަދޭޝް ފަދަ ގައުމުތަކާ އަޅާބަލާއިރު ގާތްގަނޑަކަށް ތިންގުނަ އިތުރު އަދަދެކެވެ. ރާއްޖެއަށް މިވަގުތު އޮތީ ދަރަނި މެނޭޖުކުރުމާއި ދައުލަތުގެ މާލިއްޔާއަށް ކުރިމަތިވެފައިވާ ފިއްތުންތަކުން ސަލާމަތްވުމަށް ހަރުދަނާ މާލީ އަދަބުވެރިކަމެއް ގާއިމުކުރަން މަޖުބޫރުވެފައެވެ. ސާކްގެ އެހެން ގައުމުތަކަށްވުރެ ރާއްޖޭގެ ދަރަނީގެ ނިސްބަތް މަތިވުމަކީ މާލީ އިސްލާހީ ފިޔަވަޅުތައް އަވަސްކުރަން ޖެހޭކަން އަންގައިދޭ މުހިންމު ނިސާނެއްކަމަށް މާލީ މާހިރުން ދެކެއެވެ.
ރާއްޖޭގެ ދަރަންޏާ މެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރާއިރު، މިފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރިއަށް އޮތް ދެ އަހަރު ދުވަހު ވެރިކަމުގައި ހުރެއްޖެނަމަ ރާއްޖޭގެ ދަރަނި 90 ބިލިއަން ރުފިޔާއިން މައްޗަށްދިއުން ގާތްކަމަށް ވިދާޅުވެފައެވެ.
ސަރުކާރުގެ ފަސް ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މިއަދު ބަދަލުތަކެއް ގެނެސްފި އެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މީސްމީޑިއާގައި ހާމަކުރި ގޮތުގައި، މި ބަދަލުތަކުގެ ތެރޭގައި ބައެއް ކުންފުނިތަކުގެ ބޯޑުން މެންބަރުން ވަކިކުރުމާއި، ބައެއް ކުންފުނިތަކަށް އާ މެންބަރުން އައްޔަނުކުރުން ހިމެނެ އެވެ.
ތިން ކުންފުންޏެއްގެ ބޯޑަށް އައްޔަނު ކުރެއްވިބޭފުޅުންނަކީ:
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް): މި ކުންފުނީގެ ބޯޑަށް އައްޔަނުކުރީ ސ. ހުޅުދޫ، ރިވާސައިޑް، އަޙްމަދު ނާޞިފް
މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ): މި ކުންފުނީގެ ބޯޑު މެންބަރުކަމަށާއި ޗެއާޕާސަންގެ މަގާމަށް އައްޔަނުކުރީ ދަފުތަރު ނަންބަރު ރސ 14819، ސަޢާދާ އިބްރާހިމް
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ): މި ކުންފުނީގެ ބޯޑު މެންބަރުކަމަށް އައްޔަނުކުރީ ސ. ހިތަދޫ، ވެލްކަމްވިލާ، ޝެރީނާ ޞާލިހް
ދެ މެންބަރަކު މިއަދު ޕީސީބީން ވަނީ، މަގާމުން ވަކިވެސް ކޮށްފައެވެ. އެއީ، ވިޒިޓް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑު މެންބަރު ޢާއިޝަތު އަލީއާއި އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑު މެންބަރު އައިމިނަތު ރައިޝަމެވެ.
މީގެއިތުރުން، ޕީސީބީގެ ބޭންކިން ދާއިރާގެ މެންބަރު ކަމަށް ޒައިނާ އަބްދުﷲ ވެސް މިއަދު (ޖޫން 24، 2026 ވަނަ ދުވަހު) ވަނީ އައްޔަނު ކޮށްފައެވެ.
ދައުލަތުގެ ކުންފުނިތަކުން ބޮޑު ހަރަދެއް ކޮންމެ އަހަރަކު ވެސް ކުރަމުން އަންނައިރު، ފިނޭންސް މިނިސްޓްރީން މިދިޔަ އޭޕްރިލް މަހު ވަނީ، ސަރުކާރު ކުންފުނިތަކުން 33 މުވައްޒަފުން މަދުކުރަން ޕީސީބީއަށް އަންގާފައެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަދި ސަރުކާރު ހިންގާ ޕީއެންސީގެ ރަޖިސްޓްރާގެ މަގާމު މީގެ ކުރިން ފުރުއްވި މުހައްމަދު ޝަކީލް، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުކަމަށް މިއަދު އައްޔަނުކޮށްފި އެވެ.
މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައި، މުޙައްމަދު ޝަކީލު (ދަފްތަރު ނަންބަރު ރ.ސ.13449) ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިގުރާރުގައި ސޮއިކުރައްވާފައެވެ. ޝަކީލަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަލީމެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަނު ކުރެއްވިކަމުގެ ލިޔުން ޝަކީލާ ހަވާލުކޮށްދެއްވާފައެވެ.
މި މަގާމަށް ޝަކީލް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ ހަފުތާގައެވެ. ޝަކީލަކީ ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް ވެސް މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމު ހުސްވީ، ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މެއި މަހުގެ ތެރޭގައި އިސްތިއުފާ ދެއްވުމުންނެވެ. ޒާހިދުގެ ބަދަލުގައި އެ މަގާމަށް އައްޔަން ކުރަން ރައީސް އިހްތިޔާރު ކުރެއްވި ހަމައެކަނި ބޭފުޅަކީ ވެސް ޝަކީލެވެ.
ޝަކީލަކީ މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަންގެ އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން، 2014 ވަނަ އަހަރުގެ ޑިސެމްބަރު 3 އިން ފެށިގެން 2018 ވަނަ އަހަރުގެ މޭ 9 އާ ހަމައަށް އޭނާ ވަނީ އެ ކޮމިޝަނުގެ މެންބަރުކަން ކުރައްވާފައެވެ. އަދި އޭގެ ކުރިން، 2013 ސެޕްޓެމްބަރު 1 އިން 2014 ޑިސެމްބަރު 3 އާ ހަމައަށް އެ ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.
ޝަކީލް މިހާތަނަށް ހުންނެވީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. އޭނާ ވަނީ ޕީއެންސީގެ ރަޖިސްޓްރާގެ މަގާމާއި، އެ ޕާޓީގެ ސެނެޓް މެންބަރުކަމާއި އިންތިހާބާ ބެހޭ ކޮމިޓީގެ އިސް މަގާމުތައް ފުރުއްވާފަ އެވެ. ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅަކު އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް އައްޔަންކުރައްވާތީ ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.
ކެންސަރު ހޮސްޕިޓަލުގައި ބަލި ދެނެގަތުމާއި ފަރުވާ ދިނުމަށް ބޭނުންވާ އަސާސީ ވަސީލަތްތައް 2028 ވަނަ އަހަރުގެ ނިޔަލަށް ގާއިމުކޮށް ނިންމުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޣީލާ އަލީ އިއުލާނު ކުރައްވައިފިއެވެ.
އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ކެންސަރު ހޮސްޕިޓަލް މަސްރޫއުގެ މަސައްކަތްތައް މިހާރު ކުރިއަށްދަނީ ތަރައްގީގެ އެކި މަރުޙަލާތަކުގައި ކަމަށެވެ. އަދި މި ހޮސްޕިޓަލް ބިނާކުރުމަށް ބޭނުންވާ ބިން ހުޅުމާލެ ފޭސް 2 އިން މިހާރު ހަމަޖެހިފައިވާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، މި މަސްރޫޢުގެ ދަށުން 500 އެނދުގެ މަލްޓި-ސްޕެޝަލްޓީ ހޮސްޕިޓަލެއް ތަރައްގީކުރެވޭނެއެވެ. މީގެ ތެރޭގައި ކެންސަރުގެ ފަރުވާއަށް ހާއްސަ 25 އެނދުގެ މަރުކަޒެއް ހިމެނެއެވެ. މި ހޮސްޕިޓަލުން ކެންސަރު ބަލީގެ ހާއްސަ ފަރުވާގެ އިތުރުން، މާބަނޑު މީހުންނާއި ކުޑަކުދިންގެ ސިއްހަތާ ގުޅޭ ހިދުމަތްތައް ވެސް ލިބިގެންދާނެއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ކެންސަރު ބަލި ދެނެގަތުމާއި ފަރުވާ ދިނުމުގެ އަސާސީ ހިދުމަތްތައް ކަމުގައިވާ ކީމޯތެރަޕީ، ރޭޑިއޯތެރަޕީ އަދި ޕެޓް (PET) ސްކޭންގެ ހިދުމަތް 2028 ވަނަ އަހަރުގެ ތެރޭގައި ރަސްމީކޮށް ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ކެންސަރު ބަލީގެ ހާލަތާއި އާސަންދައިގެ ހަރަދުތައް
ރާއްޖޭގައި ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، 2025 ވަނަ އަހަރު އަލަށް ކެންސަރު ޖެހިގެން 120 ބަލިމީހުން ރަޖިސްޓްރީ ކުރެވިފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 67 އަންހެނުންނާއި 53 ފިރިހެނުންނެވެ. މީގެ އިތުރުން، އާސަންދަ ސްކީމްގެ ދަށުން ރާއްޖޭން ބޭރުން ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް 374 މިލިއަން ރުފިޔާ ހަރަދުކޮށް، 5،755 ބަލިމީހުންނަށް ފަރުވާ ފޯރުކޮށްދީފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުގެ ހޮސްޕިޓަލްތައް ކަމަށްވާ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަދި ހުޅުމާލެ ހޮސްޕިޓަލުގައި ކެންސަރު ބަލިމީހުންނަށް ހާއްސަކޮށްގެން ޖުމްލަ 9 އެނދު މިހާރުވެސް ކަނޑައެޅިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އަތޮޅުތެރޭގެ ސަރަހައްދުތައް ކަމަށްވާ ހާ ދާލު، ޅަވިޔަނި، ރާ، ގާފު ދާލު އަދި އައްޑޫ ސިޓީގައި ވެސް ކެންސަރާ ގުޅުންހުރި ހިދުމަތްތައް ފެށުމަށް ރޭވިފައިވާ ކަމަށް ވިދާޅުވިއެވެ.
ކުރިން ބަލި ދެނެގަތުމާއި ބޭރުގެ ހޮސްޕިޓަލްތަކުގެ އެހީތެރިކަން
ބަލި، ދުރާލައި ދެނެގަތުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން، އުރަމަތީގެ ކެންސަރު ސްކްރީން ކުރުމަށް ބޭނުންވާ މެމޯގްރާމްގެ ހިދުމަތް މިހާރު ވަނީ ރާއްޖޭގެ 5 ރީޖަނަލް ހޮސްޕިޓަލެއްގެ އިތުރުން، ފުވައްމުލައް ސިޓީ އަދި ބާ އަތޮޅު ހޮސްޕިޓަލުގައި ތައާރަފުކުރެވިފައެވެ.
މީގެ އިތުރުން، އާސަންދަ ސްކީމްގެ ދަށުން ކެންސަރުގެ ފަރުވާ ފޯރުކޮށްދިނުމަށްޓަކައި އިންޑިއާގެ 15 ހޮސްޕިޓަލަކާއި، ސްރީލަންކާގެ 2 ހޮސްޕިޓަލަކާއެކު އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށްވަޒީރު ޣީލާ ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ރާއްޖޭގައި ކެންސަރު ބަލިޖެހެން މެދުވެރިވާ ސަބަބުތަކާއި ބަލި ފެތުރިފައިވާ މިންވަރާ ބެހޭ އިތުރު ތަފްސީލީ މައުލޫމާތު ހޯދުމަށްޓަކައި، މި ސަރުކާރުގެ ދައުރުގެ ތެރޭގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ހާއްސަ ދިރާސާއެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ޅެންވެރިޔާ: ޢަބްދުއް ރަޙީމް ޢުމަރު (ކަނީރު)
އައިސްފައި ދިއުމަކީ ދުނިޔޭގެސުންނަތެކޭ  އެހެންނޫންހޭ
"ނައިސް ނުމެދާ"ނެނީ ހަމައެކަނި ދެމިވޮޑިގެންވި ﷲ އޭ
މިކަމުގައި ނޫން އެކައްޗެއް ޖިންނިއަދިމީހުން ތަފާތުނުވޭ
ނިކަންވިސްނާލުމުން ޝައްކެއްކުޑައިކޮށްވެސް ނުވޭނޫންހޭ
އިހަށްދުހު ރޯދަމަސް  ކުޑައީދު ހައްޖާ އައިއެ ބޮޑުއީދާ
އިހަށްހެން އައިސްފަ އޭ ދިޔައީ ދުނިޔެވީމީ ގޮތެއްނޫންހޭ
އެދިއުމަށްފަހު ދެނެއްނާދޭ އެދުވަހެއް އެވަގުތެއް  ނާދޭ
ވެދިޔަވަގުތެއް ކަމެއް އަނބުރާއައުމަކީ ނެތްކަމެއް ނޫންހޭ
އުފަންވާ އެންމެހައިދިރުމާ ވަކިންއިންސީންވިޖިންނީންނާ
އުފަންވެ އުމުރުހަމަވެ މަރުވުން އައިސްފައިހަމަދަނީނޫންހޭ
ގުޅޭ އެކިނަންކިޔާ ގުޅުމާ އެއަށްފަހު ކެނޑިވަކިވެދިއުމާ
އޮޅޭ އޮޅުމާ އޮޅުންފިލުމާ އެއީވެސް އައިސް ދަނީ ނޫންހޭ
މިއީވެސްކަމެކެ ވިސްނަންވާ މިހެންކަން ކަންއޮތީފެނިވާ
މިއީ  ﷲ ވޮޑިގެންވާ ކަމުގެ  ހެކި ސާބިތެއް  ނޫންހޭ
ޅެންވެރިޔާ: މުޙައްމަދު ނަސީމް (ނަފާނަސީމް)
ފިތުނަޔާ ހަސަދައިން މިގައުމުގެތަޚްތުގައި އިނދެވެންއޮތީ
މިތުރުނާހަތުރުން މަރައިގެން ވެރިކަމުގަ ހުރެވެންއޮތީ
ލައްކައިން ލޯނާ ވަޒީފާތައް ބަހައިގެން ވާންއޮތީ
ރައްޔިތުން ރުހުމާއި ލޯތްބާ އަތްޖެހުން ގަނެވެންއޮތީ
ދުޝްމިނުން ދޫބަންދުކޮށްގެން ހުރަގެއްލައިގެން އޮތީ
ރަސްކަމުގެ ޝަރަފާއި ލައްޒަތުގައި ނިދަންއޮވެވެންއޮތީ
ދައުރުވެސް ދަންމާލެވޭނޭ، ވައުލުކާޅޭ ކާންތިބީ
ވަޢުދުތައްގިނަ ދޮގުހަދައިގެން ލާރިއަށް ހެއްލުންއޮތީ
މީޚަސީލަތްވާނުބައި ގައުމެއް މުނާފިޤު ދިރިތިބީން
މީޙަޤީގަތް ހިތިމިބޭސް ހަމަބޮއެގެނޭ އުޅެވެންއޮތީ
ގައުމުދެރިޔަސް ބިޔަތަރައްގީ ހުވަފެނުންދުށުމޭ އޮތީ
މައުނަވީ ހަނަފަސް ޚަރީފެއް ހާސްނުވޭ ކުރިއަށްއޮތީ
ބީރުބަލްގެ ނަސޭހަތާ އިރުޝާދު އަޑުއެހުމޭއޮތީ
ހޫރިލައިއެނބުރޭ ސިޔާސަތު މާރަގަޅެ ބުނެވެންއޮތީ
ނަފާ 83/2026
ދުނިޔޭގެ ގިނަ ގައުމުތަކުގައި ފުލުހަކު ފެނުމުން އާންމު ރައްޔިތުންނަށް އިހުސާސްވަނީ ރައްކާތެރިކަމާއި، ހިތްހަމަޖެހުމާއި، ހިމާޔަތެވެ.
ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ) ގެ ބާރުބޮޑު މަގުތަކުންނާއި، ޖަޕާނުގެ އަވަށްތަކުން ނުވަތަ އޮސްޓްރޭލިއާގެ ރަށަކުން ފެނުނަސް، ފުލުހުންނަކީ އާންމު ސަލާމަތްތެރިކަން ބަލަހައްޓާ ފާރަވެރިންގެ ގޮތުގައި އާންމުކޮށް ބަލައިގަނެއެވެ. އެމީހުންގެ ހާޒިރުވުމުގެ ސަބަބުން ރައްޔިތުންނަށް ރައްކާތެރިކަން އިހުސާސް ކުރެވެއެވެ.
ނަމަވެސް، ދިވެހިރާއްޖޭގައި ގިނަ ރައްޔިތުން ފާޅުކުރަނީ މިއާއި މުޅިން ތަފާތު ސުއޫރުތަކެކެވެ. މަގުމަތިން ފުލުހުންނާ ދިމާވުމުން ހިތްހަމަޖެހުން ލިބުމުގެ ބަދަލުގައި، ގިނަ ބަޔަކު ބުނަނީ ނުތަނަވަސްކަމާއި، ޖެހިލުންވުން ނުވަތަ ބިރުވެރިކަންވެސް އިހުސާސްވާ ކަމަށެވެ. މިގޮތަށް އަށަގަންނަމުންދާ ވިސްނުމުގެ ސަބަބުން މުހިންމު ސުވާލެއް އުފެދެއެވެ: ދިވެހިރާއްޖޭގައި ފުލުހުންގެ ހިދުމަތް ދިނުމުގެ އަސާސީ އުސޫލުތައް ރަނގަޅަށް ތަންފީޒު ކުރެވެމުން އެބަދޭތޯއެވެ؟
އިތުބާރުގެ ބަދަލުގައި ބިރުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް
އާންމުންގެ ފަރާތުން އެންމެ ބޮޑަށް ފާހަގަކުރާ އެއް ކަންބޮޑުވުމަކީ ފުލުހުން، އާންމު ރައްޔިތުންނާ މުއާމަލާތްކުރާ ގޮތެވެ. ގިނަ ބަޔަކު ސަކުވާކުރާ ގޮތުގައި މަގުމަތިން އެމީހުން ހުއްޓުވާއިރު، ގިނަ ފަހަރަށް ފުލުހުން ކައިރިއަށް އަންނަނީ އިހުތިރާމާއެކު މުއާމަލާތް ކުރުމުގެ ބަދަލުގައި ކުށްވެރިއެއްގެ ނަޒަރުން ސައްކުގެ މަތީގައެވެ. ސުވާލުކުރުމުގެ ރާގު ބައެއް ފަހަރު ހަރުކަށިވުމުގެ ސަބަބުން، އެ މީހަކީ އޭރުވެސް ކުށެއް ކޮށްފައިވާ މީހެއް ކަމަށް ނިންމާފައިވާ ފަދަ އިހުސާސެއް ކުރެވޭ ގޮތްވެއެވެ.
ދިމިގްރާތީ ގިނަ ގައުމުތަކުގައި، ޒަމާނީ ފުލުހުންގެ ހިދުމަތް ބިނާވެފައިވަނީ ކުށެއް ސާބިތުނުވާހާ ހިނދަކު އެއީ މައުސޫމް މީހެއް ކަމަށް ބަލައި، އަސާސުގެ މައްޗަށެވެ. ފުލުހުން ތަމްރީނުކޮށްފައިވަނީ ރައްޔިތުންނާ މުއާމަލާތްކުރުމުގައި "ޕްރޮފެޝަނަލް"، އަދަބުވެރި، އަދި އިހުތިރާމްކުރާ ބައެއްގެ ގޮތުގައެވެ. އާންމު ޗެކްތައް ކުރާއިރުވެސް، ޖަޕާން، ކެނެޑާ އަދި ޔޫކޭ ފަދަ ގައުމުތަކުގެ ފުލުހުން އާންމުކޮށް އަމިއްލައަށް ތައާރަފްވެ، ހުއްޓުވި ސަބަބު ކިޔައިދީ، އަދަބުވެރިކަން ދަމަހައްޓައެވެ.
އޭގެ ބޭނުމަކީ ވަރަށް ސާދާ ކަމެކެވެ؛ ބިރުދެއްކުމުގެ ބަދަލުގައި އާންމުންގެ އިތުބާރު ހޯދައިގެން އެއްބާރުލުން ހޯދުމެވެ. ގިނަ ދިވެހިން ގަބޫލުކުރާ ގޮތުގައި، ރާއްޖޭގެ ދުވަހުން ދުވަހަށް ދޭ ފުލުހުންގެ ހިދުމަތްތަކުން މި ދެންނެވި އަސާސް ގިނަ ފަހަރަށް ފެންނާކަށް ނުހުރެއެވެ.
އާންމު ރައްޔިތުންނަށްވުރެ ކުށްވެރިން ޖެހިލުންކުޑައީ ކީއްވެ؟
އާންމުންގެ ތެރޭގައި ތަކުރާރުކޮށް ކިޔާ އަނެއް ފާޑުކިޔުމަކީ، ހަގީގީ ކުށްވެރިން އެއްވެސް ބިރެއްނެތި ފާޅުގައި އުޅެމުންދާއިރު، ގާނޫނަށް ބޯލަނބާ އާންމު ރައްޔިތުން ހުއްޓުވައި ސުވާލުކުރުމުގެ ފުރުސަތު ބޮޑުކަމަށް ހީވުމެވެ.
ގޭންގުތަކުގެ މެންބަރުންނާއި ތަކުރާރުކޮށް ކުށްކުރާ މީހުންނަކީ މުޖުތަމައުގެ ތެރޭގައި ރަނގަޅަށް އެނގޭ ބައެކެވެ. އެހެންނަމަވެސް، ގިނަ ރައްޔިތުންނަށް އިހުސާސްވަނީ އެފަދަ ފަރާތްތަކުން މިނިވަންކަމާއެކު ޖެހިލުމެއްނެތި އުޅެމުންދާއިރު، އާންމު މީހާ އަށް ގިނަގިނައިން ޗެކްކުރުމާއި ސުވާލުކުރުމާ ކުރިމަތިލާންޖެހޭ ކަމަށެވެ.
މި ވިސްނުމަކީ މުޅިން ރަނގަޅު ވިސްނުމެއް ކަމުގައި ވިޔަސް ނުވަތަ ނޫން ކަމުގައި ވިޔަސް، މިފަދަ ތަސައްވުރެއް މުޖުތަމައުގައި އޮތުމަކީ އަމިއްލައަށްވެސް ކަންބޮޑުވާންޖެހޭ ކަމެކެވެ. ފުލުހުންގެ ހިދުމަތަށް އާންމުންގެ އިތުބާރު ލިބުން ބިނާވަނީ ހަމައެކަނި ނެރޭ ނަތީޖާއަކަށް ނޫނެވެ؛ އޭގެ އިތުރުން ފެންނަން ހުންނަ އިންސާފުވެރިކަމުގެ މައްޗަށްވެސްމެއެވެ.
ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތްތަކުން މައުސޫމް މީހުންނަށް ނުބައްދަލު އަސަރުތަކެއް ކުރާއިރު، ކުށްވެރިން އެއްވެސް ހުރަހެއްނެތި އެމީހުންގެ އަމަލުތައް ކުރިއަށްގެންދާ ކަމަށް ރައްޔިތުން ގަބޫލުކުރަން ފެށުމުން، ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އޮންނަ އިތުބާރު ގެއްލިގެންދެއެވެ. ނަތީޖާ ނެރެދޭ ފުލުހުންގެ ހިދުމަތަކަށް ބޭނުންވަނީ، ގާނޫނަށް ބޯލަނބާ ރައްޔިތުންނަށް ބޭކާރު ނުތަނަވަސްކަން ކުރިމަތިކުރުވުމުގެ ބަދަލުގައި، ހަގީގީ ކުށްވެރިންގެ ނުރައްކާތަކަށް ފުލުހުންގެ "އިންޓެލިޖެންސާއި"، ވަސީލަތްތަކާއި، އަދި "އޮޕަރޭޝަނަލް" މަސައްކަތްތައް އަމާޒުކުރުމެވެ.
ފުލުހުންގެ ހިދުމަތުގެ އަސްލު މިސްރާބު ގެއްލިއްޖެތޯ؟
އާއްމުންގެ ކަންބޮޑުވުން މާބޮޑަށް ގުޅިފައިވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ދައުރާއި އިސްކަންދޭ ކަންތައްތަކާއި މެދުގައެވެ. ގާނޫނުއަސާސީ އާއި ގައުމީ ގާނޫނުތަކުގެ ދަށުން ފުލުހުންގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ގާނޫނާއި ނިޒާމު ދެމެހެއްޓުމާއި، ކުށްކުރުން ހުއްޓުވުމާއި، ކުށްތައް ތަހުގީގުކުރުމާއި، އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތައް ތަންފީޒުކުރުމާއި، އަދި ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކޮށްދިނުމެވެ.
ނަމަވެސް، ދިރާސާވެރިން ވަކާލާތުކުރާ ގޮތުގައި، ފުލުހުންގެ ވަސީލަތްތައް ގިނައިން އަމާޒުވަމުންދަނީ އާންމުކޮށް އެހެން މުއައްސަސާތަކާ ގުޅުންހުރި މަސްއޫލިއްޔަތު ތަކަކަށެވެ. މޯލްޑިވްސް ޕޮލިސް ސާވިސްއިން ގިނަގިނައިން ހޯދުމާއި ސަލާމަތްކުރުމުގެ (ސާޗް އެންޑް ރެސްކިއު) "މިޝަން" ތަކުގައާއި، ކަނޑުމަތީގެ "އޮޕަރޭޝަން" ތަކުގައާއި، ކުއްލި ހާލަތްތަކަށް އިޖާބަދިނުމުގައާއި، އަދި އަލިފާން ނިއްވުމުގެ އެހީތެރިކަމުގައި ބައިވެރިވެއެވެ.
މި ހިދުމަތްތަކަކީ ސައްކެއްވެސްނެތްގޮތުގައި ގައުމަށް ފައިދާހުރި އަދި ފުލުހުންގެ އިހުލާސްތެރިކަން ހާމަކޮށްދޭ ކަންކަމަށް ވިޔަސް، ފާޑުކިޔާ ފަރާތްތަކުން ބުނަނީ އެފަދަ މަސްއޫލިއްޔަތުތަކުގެ ސަބަބުން ފުލުހުންގެ މައިގަނޑު މަސައްކަތްތަކަށް ދޭންޖެހޭ ސަމާލުކަމާއި ވަސީލަތްތައް އެހެން ދިމާލަކަށް އެނބުރިގެންދާ ކަމަށެވެ.
މަގުމަތީގެ ގަވާއިދުތައް ތަންފީޒުކުރުމަކީ އަދިވެސް ބޮޑު ގޮންޖެހުމެކެވެ. ތަހުގީގުތައް ގިނަ ފަހަރަށް ލަސްވެއެވެ. ޖިނާއީ ކަންކަމާ ގުޅޭގޮތުން އާންމުން ކުރާ ސަކުވާތައް ހައްލުކުރުމަށް ބައެއް ފަހަރު ބޮޑު ވަގުތެއް ނަގައެވެ. ހަމައެއާއެކު، ގޭންގު މާރާމާރީއާއި، މަސްތުވާތަކެތީގެ ކުށްތަކާއި، އަދި ކުޑަކުދިން ކުރާ ކުށްތަކާ ގުޅޭ ކަންބޮޑުވުންތައް ދަނީ އިތުރުވެ ދިގުލައިގެންނެވެ.
ގިނަ ރައްޔިތުން ސުވާލުކުރަނީ ފުލުހުންގެ ހިދުމަތުން އެއްފަހަރާ މާގިނަ މަސްއޫލިއްޔަތުތަކެއް އަދާކުރަން އުޅުމުގެ ސަބަބުން، ކުށްކުރުން ހުއްޓުވުމާއި ގާނޫނު ތަންފީޒުކުރުމުގެ މައިގަނޑު "މިޝަން" ދަނީ ބަލިކަށިވަމުން ނޫންތޯއެވެ؟
ކާމިޔާބު ފުލުހުންގެ މޮޑެލްތަކުން ލިބޭ ފިލާވަޅުތައް
ދުނިޔޭގެ އެންމެ ގަދަރުވެރި ބައެއް ފުލުހުންގެ ހިދުމަތްތަކުން (އެއްބަޔަކު އަނެއްބަޔަކާއި) އެއްގޮތް ސިފަތަކެއް ހިއްސާކުރެއެވެ. ޖަޕާނުގައި، " ކޮމިއުނިޓީ ޕޮލިސިންގ" އެކުލެވިގެންވަނީ ފުލުހުން، ސީދާ އަވަށްތަކުގެ ތެރޭގައި ހަރަކާތްތެރިވެ، ރައްޔިތުންނާ ގުޅުން ބަދަހިކޮށް، މައްސަލަތައް ބޮޑުވުމުގެ ކުރިން އަވަހަށް ހައްލުކުރުމުގެ މައްޗަށެވެ.
ޔުނައިޓެޑް ކިންގްޑަމްގައި، " ޕޮލިސިންގް ބައި ކޮންސެންޓް" (ރުހުމާއެކު ފުލުހުންގެ ހިދުމަތްދިނުން) ގެ އަސާސުން ބާރުއަޅަނީ ފުލުހުންގެ ގާނޫނީ ސައްހަކަން ލިބެނީ ހަމައެކަނި ބާރުގެ ބޭނުންކޮށްގެން ނޫންކަމާއި، އޭގެ ބަދަލުގައި އާންމުންގެ އިތުބާރުގެ މައްޗަށް ކަމަށެވެ. ސިންގަޕޫރުގައި، ހަރުކަށިކޮށް ގާނޫނު ތަންފީޒުކުރުމާއެކު " ޕްރޮފެޝަނަލް" ކަމާއި، ޒިންމާދާރުކަމާއި، އަދި ހަލުވި ހިދުމަތްތަކެއް ފޯރުކޮށްދިނުމުގައި ތިލަފަތް ހަމަހަމަ ކުރެއެވެ.
މި ހުރިހާ ނިޒާމެއްގައިވެސް، އާންމުންގެ އިތުބާރަކީ ދުރުރާސްތާ (ސްޓްރެޓީޖިކް) ރައުސްމާލެއްގެ ގޮތުގައި ބަލައެވެ. ފުލުހުންގެ ހިދުމަތުގެ މަންފާ ވަޒަންކުރެވެނީ ހަމައެކަނި ހައްޔަރުކުރާ ހައްޔަރުކުރުންތަކާއި ދައުވާތަކުންނެއް ނޫނެވެ؛ އޭގެ އިތުރުން ފަރުދުންނާއި ރައްޔިތުން ރައްކާތެރިކުރުމާއި ހަވާލުވެފައިވާ ފަރާތްތަކަށް (އާދެ ފުލުހުންނަށް)، ރައްޔިތުންގެ ހިތުގައި އޮންނަ އިތުބާރުގެ މައްޗަށްވެސް މެއެވެ.
އިސްލާހީ ބަދަލުތަކަކަށް ބޭނުންވެފައިވުން
ފުލުހުންގެ ހިދުމަތް އިސްލާހުކުރުމުގެ މާނައަކީ، އުނދަގޫ ހާލަތްތަކުގައި ދިގު ވަގުތު މަސައްކަތްކުރާ ވަކިވަކި ފުލުހުންނަށް ފާޑުކިޔުމެއް ނޫނެވެ. ގިނަ ފުލުހުންތަކެއް ހިދުމަތްކުރަނީ " ޕްރޮފެޝަނަލް" ކޮށް އަދި އާންމު ސަލާމަތަށްޓަކައި ވަަފާތެރިކަމާއި އެކީގައެވެ.
އެހެންނަމަވެސް، އާންމުންގެ އުންމީދުތަކާ އެއްވަރަށް މުއައްސަސާތައް މެދުނުކެނޑި ތަރައްގީވާންޖެހެއެވެ. އާންމުންގެ އިތުބާރު ބޮޑުކޮށް ދެމެހެއްޓުމަށްޓަކައި ބައެއް ގެނެވިދާނެ އިސްލާހުތަކާއި މެދު ނަޒަރެއް ހިންގާލާއިރު؛
މުއާމަލާތްކުރުމުގެ ހުނަރުތަކާއި އިހުތިރާމާއެކު އާންމުންނާ ގުޅުން ބޭއްވުމަށް ބޮޑު ސަމާލުކަމެއް ދިނުން.
ރަށުގެ ރައްޔިތުންނާ ގުޅުން ބަދަހިކުރާ އިޖުތިމާއީ (ނުވަތަ އަވައްޓެރި) ފުލުސް ޕްރޮގްރާމްތައް އިތުރުކޮށް ހަރުދަނާ ކުރުން.
ތަކުރާރުކޮށް ކުށްކުރާ މީހުންނާއި، ގޭންގުތަކާއި، އަދި ރޭވުންތެރިކަމާއެކު ހިންގާ ޖިނާއީ "ނެޓްވޯކް" ތަކަށް އަމާޒުކުރުމަށް ސަމާލުކަން އިތުރުކުރުން.
ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެހެނިހެން ކުއްލި ހާލަތްތަކުގައި ހިދުމަތްދޭ މުއައްސަސާތަކުގެ މަސްއޫލިއްޔަތުތައް މިއަށްވުރެ ސާފުކޮށް ވަކިކުރުން.
ޒިންމާދާރުކުރުވުމާއި މުއައްސަސާ "މޮނިޓަރ" ކުރާ ނިޒާމުތައް ވަރުގަދަކުރުން.
ޖިނާއީ ތަހުގީގުތައް ހަލުވި އަދި ދެފުށް ފެންނަ ގޮތަށް ކުރިއަށްގެންދިއުން.
އިންސާނީ ހައްގުތަކާއި، އާންމު ހިދުމަތާއި، އަދި " ޕްރޮފެޝަނަލް" އަހުލާގަށް އަމާޒުކޮށްގެން ތަމްރީނުތައް ރަނގަޅުކުރުން ފަދަ ކަންކަން ހިމެނެއެވެ.
ރައްޔިތުންނަށް އިތުބާރުކުރެވޭ ފަދަ ފުލުހުންގެ ހިދުމަތެއް
ފުލުހުންގެ ހިދުމަތުގެ އާހިރު މަގްސަދަކީ ހަމައެކަނި ގާނޫނުތައް ތަންފީޒުކުރުމެއް ނޫނެވެ. އޭގެ ބޭނުމަކީ ރައްޔިތުންނަށް ރައްކާތެރިކަމާއި، ހިމާޔަތާއި، އަދި އިހުތިރާމް ލިބޭފަދަ މާހައުލެއް ބިނާކުރުމެވެ.
ކާމިޔާބު ފުލުހުންގެ ހިދުމަތަކީ، ކުށްވެރިން ގާނޫނާ ހިލާފުވުމުން ނިމުމެދާނެ ނަތީޖާއާމެދު ބިރުގަންނަވައި، ހަމައެއާއެކު އާންމު ރައްޔިތުންނަށް އެމީހުންގެ ދިރިއުޅުން ހިތްހަމަޖެހުމާއި އިތުބާރާއެކު ކުރިއަށްގެންދިއުމުގެ ފުރުސަތު ލިއްބައި ދެވޭ ހިދުމަތެކެވެ.
ދިވެހިރާއްޖޭގައި ގައުމީ ސަލާމަތާއި ގާނޫނު ތަންފީޒުކުރުމާ ބެހޭގޮތުން ބަހުސްތައް ކުރިއަށްދާއިރު، މައިގަނޑު ސުވާލު އަދިވެސް އޮތީ އެގޮތުގައެވެ: ފުލުހަކު ފެނުމުން ރައްޔިތުންނަށް ބިރުވެރިކަން އިހުސާސްވާންޖެހޭ ހެއްޔެވެ، ނުވަތަ ހިމާޔަތާއި ރައްކާތެރިކަން އިހުސާސްވާންޖެހޭ ހެއްޔެވެ؟
އެ ސުވާލުގެ ޖަވާބުން، ދިވެހިރާއްޖޭގައި ފުލުހުންގެ ހިދުމަތް އިސްލާހުކުރުމުގެ ސީދާ މިސްރާބު ކަނޑައެޅިގެންދާނެއެވެ. ޒަމާނީ ދިމިގްރާތީ މުޖުތަމައަކަށް، އާންމުންގެ އިތުބާރަކީ އިހްތިޔާރީ ކަމެއް ނޫނެވެ—އެއީ ނަތީޖާ ނެރެދޭ ފުލުހުންގެ ހިދުމަތެއް ބިނާވާ އަސާސީ ބިންގަލެވެ.
ޅެންވެރިޔާ: މުޙައްމަދު ރިޟާ އާދަމް (މަރިއާޒު)، ބ. ދަރަވަންދޫ
ރާގު: ♫ މެރަ ޕިޔާރު ވޯހޭން (މެހެންދަރު ކަޕޫރު)، ފިލްމު: ޔެ ރާތު ޕިރް ނައާއޭގީ (1966)
ބަލާލަ ބަލާލުމަކުން އަސަރު ކުރުވައޭ ދެން ކަލާ މޫނު ފެނުމުން މަޝޯޚޭވަނީ ދެން (2)
ބަލާފައި އެނބުރި ތިޔަހެން ފަސްދީ ނުދާށޭ ނުލާހިކު މިލޯބިން ކަލާ ގެންގުޅޭނަން
ލޮލާ ކަޅިރަވައިގައި ވެޔޭ ތޫނުފިލިކަން
ނުލާހިކު ގަޔާވޭ ތިވާ ރީތި ފަރިކަން
ކޮލާތުންފަތުން ދޭނެ ލޯބީގެ ބީހުން
ދުލާ އޭގެ ޖާދޫން ނުރެކެވޭނެ މީހުން
ކަލާ ޙޫރުފަދަ ވީ ތިޔަ ސޫރަ ފެނުމުން
ހަލާކުގެ މަގަށް ވެއްޓިދާނެ ޒުވާނުން
ސުވާލެއް ކުރަންހޭ؟ ޖަވާބެއް މަ ހޯދަން
މިވާ ލޯބި ބުނެދީ އެކަން މިއަދު އަންގަން
ގޮވާލަންހެ ލޯބިން ނުރުހުން ނުވޭދެން
ޒުވާން ކަމުގެ ހޫނުން އަރާމަށް އެދޭނަން
ހުވާކޮށް ބުނަން ގައިމޭ ޤުރުބާން ވެދާނަން
ނުވާތީހެ ބޭނުން ކަލާތިޔަ ދަނީ ދެން
~ 19 ފެބްރުވަރީ 2024 ~
ގިނަ ދިވެހިންގެ މެދުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އަކީ އަބަދުވެސް ގައުމުގެ އެންމެ ގަދަރުވެރި އަދި އިހުތިރާމް ލިބިގެންވާ އެއް މުއައްސަސާއެވެ.
އަސްކަރީ އަހުލާގާއި، ފަންނީ ގާބިލުކަމާއި، ގައުމީ ހިދުމަތަށް އޮތް ލޯތްބެއްގެ މައްޗަށް ބިނާވެފައިވާ މި ލަސްކަރަކީ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ މުއައްސަސާއެކެވެ. ނަމަވެސް، މި ދާއިރާ ދިރާސާކުރާ ފަރާތްތަކާއި ސިފައިންގެ ކުރީގެ ހިދުމަތްތެރިންގެ މެދުގައި މިހާރު އުފެދެމުންދާ ބަހުސްތަކުން މުހިންމު ސުވާލެއް ކުރިމަތިވެއެވެ: އެމް.އެން.ޑީ.އެފް ދަނީ ވަރުގަދަވަމުންތޯ، ނުވަތަ މަޑުމަޑުން ބަލިކަށިވަމުންތޯއެވެ؟
މިހާރު އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ، ސިފައިންގެ ކުރީގެ ލީޑަރުންނާ އަޅާބަލާއިރު މިހާރުގެ ލީޑަޝިޕްގެ ހިންގުންތެރިކަން ކުޑަވެފައިވާ ކަމަށް ފާހަގަކުރެވޭ ކަމެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ކުރީގެ ވެރިންނަކީ ހަރުދަނާ ތަސައްވުރެއް ހުރި، އަވަސް ނިންމުންތައް ނިންމުމުގެ ގާބިލުކަން ލިބިފައިވާ، އަދި ގޮންޖެހުންތަކުން މުއައްސަސާ ސަލާމަތްކުރި ވެރިންނެވެ. ނަމަވެސް މިހާރުގެ ލީޑަޝިޕުން އެ ފެންވަރު ހިފެހެއްޓުމަށް ނުކުޅެދޭ ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.
ތަމްރީނުތަކުގެ ފެންވަރާ މެދުގައިވެސް ވަނީ ސުވާލު އުފެދިފައެވެ. ސިފައިންނަށްދެވޭ ތަމްރީނުތަކުގެ ވަރުގަދަކަމާއި، އިތުބާރުކުރެވޭ މިންވަރާއި، ޖުމްލަ ފެންވަރު ކުރިއާ އަޅާބަލާއިރު ދަށްވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ. މީގެ ސަބަބުން، ހާލަތްތަކަށް އިޖާބަދިނުމުގެ ތައްޔާރީތަކަށާއި ސިފައިންގެ ފަންނީ ތަރައްގީއަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމުގެ ބިރު އެބައޮތެވެ.
މީގެ އިތުރުން، އިންފްރާސްޓްރަކްޗަރާއި ވަސީލަތްތަކުގެ ދަތިކަމަކީވެސް ކަންބޮޑުވުމެކެވެ. ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ސިފައިންގެ މަރުކަޒުތަކާއި، އަސްކަރީ ވަސީލަތްތަކާއި ގާބިލުކަން އިތުރުކުރުމަށް ކުރެވޭ އިންވެސްޓްމަންޓްތައް، މުއައްސަސާއަށް ކުރިމަތިވަމުންދާ ބޮޑެތި ބޭނުންތަކާ އެއްވަރަކަށް ކުރިއަކަށް ނުދެއެވެ. ނަތީޖާއެއްގެ ގޮތުން، ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު ލަސްކަރުގެ ޖުމްލަ ގާބިލުކަން ބަލިކަށިވެފައިވާ ކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ.
އިންސާނީ ވަސީލަތް ނުވަތަ ސިފައިންގެ އާބާދީގެ މައްސަލަވެސް ބޮޑެވެ. ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ސިފައިންގެ ތެރޭގައި ތިބި ގިނަ މީހުންނަކީ އުމުރުން ދުވަސްވީ މީހުންނެވެ. ކުރިއަށް އޮތް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލެވޭނެ ފަދަ ޒުވާން ޖީލެއް ސިފައިންގެއަށް ވައްދައި، ތަރައްގީކޮށް، ދެމެހެއްޓުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވެމުންދާ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.
އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވަނީ، ޗީފް އޮފް ޑިފެންސް ފޯސް (ޗީފް) އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް (ވައިސް) ހިމެނޭ ގޮތަށް، މިހާރުގެ އިސް ލީޑަޝިޕަށެވެ. އެ ބޭފުޅުންގެ ކިބައިން، ކުރީގެ ވެރިންގެ ކިބައިން ފެނުނު ފަދަ ހިންގުންތެރިކަމެއް ނުފެންނަ ކަމަށް އެ ފަރާތްތަކުން ބުނެއެވެ. މިފަދަ ހިޔާލުތައް ގެންގުޅޭ މީހުން ދެކޭގޮތުގައި، އަލަށް އުފެދޭ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި ސިފައިންގެ މެދުގައި އިތުބާރު އާލާކުރުމަށްޓަކައި މުއައްސަސާއަށް ބޭނުންވަނީ މިއަށްވުރެ ވަރުގަދަ ސްޓްރެޓީޖިކް ލީޑަޝިޕެކެވެ.
ބައެއް ފާޑުކިޔުންތެރިން ބުނާ ގޮތުގައި، ސިފައިންގެ މުއައްސަސާގެ އަސާސީ ގާނޫނީ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ބަދަލުގައި، ސިޔާސީ ވެރިން ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމަށް މިހާރު މާ ބޮޑަށް ސަމާލުކަންދެއެވެ. ސިފައިންގެ އިސްވެރިންނަކީ މިނިވަންކަމާއެކު ފަންނީ ލަފާދޭ ބަޔަކަށް ވާންޖެހޭ ކަމަށާއި، ކޮންމެ ނިންމުމެއްގެ މަރުކަޒަކީ ގައުމީ މަސްލަހަތުކަން ކަށަވަރުކުރަންޖެހޭނެ ކަމަށް އެ ފަރާތްތަކުން ގަބޫލުކުރެއެވެ.
މީގެ އިތުރުން، ސިފައިންގެ މޯރަލް ނުވަތަ ހިތްވަރު އެލެމުންދާކަންވެސް ބައެއް ދިރާސާވެރިން ފާހަގަކުރެއެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި، ނިންމުންތައް ނިންމުމުގައި ހުންނަ ކުސަ ކަމާއި، ލީޑަޝިޕް ބަލިކަށި ކަމަށް ފެންނަން ހުރުމުގެ ސަބަބުން، ސިފައިންގެ މެދުގައި އޮންނަންޖެހޭ ސައުގުވެރިކަމާއި، ސާބިތުކަމާއި، އިތުބާރަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ.
ސިފައިންގެ ގިޔާދަތު (ޗެއިން އޮފް ކޮމާންޑް) ގެ ބޭރުން ނުފޫޒު ފޯރުވުމުގެ މައްސަލަތަކާ މެދުވެސް ސުވާލުތައް އުފެދިފައިވެއެވެ. އަސްކަރީ އަމުރުގެ ސިލްސިލާއިން ބޭރުން ހުންނަ ބައެއް ކަންކަމުގެ ސަބަބުން މުއައްސަސާއަށާއި ސިފައިންނަށް އަސަރުކުރަމުންދާ ކަމަށާއި، މިއީ ސިފައިންގެ މެދުގައި ހިތްހަމަނުޖެހުން އުފެދުމަށް މެދުވެރިވާ ސަބަބެއް ކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ.
ނަމަވެސް، ފާޑުކިޔުންތެރިން ފާހަގަކުރާ އެންމެ ނުރައްކާތެރި ކަމަކީ އަސްކަރީ ނިޒާމުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަންނަމުންދިއުމެވެ. ބަލިކަށި ލީޑަޝިޕެއް އޮތުމުގެ ސަބަބުން، ފަންނީ ގޮތުން ބަލަންޖެހޭ ކަންކަމަށް އެކަށީގެންވާ ވަރަށް ބެލުމެއް ނެތި، ނުވަތަ ބަހުސްކުރުމެއް ނެތި ކަންކަން ގަބޫލުކުރާ މާހައުލެއް އުފެދިދާނެ ކަމަށް އެމީހުން ބުނެއެވެ. މި ނަޒަރިއްޔާއިން ބަލާއިރު، ސިފައިންގެ ވެރިންނަކީ ކިތަންމެ ހިތްހަމަނުޖެހޭ ކަމެއް ނަމަވެސް، ތެދުވެރިކަމާއެކު ހާލަތު ވަޒަންކޮށް ފަންނީ ލަފާ ދިނުމުގެ ހިތްވަރު ހުންނަންޖެހޭނެ ބަޔެކެވެ.
މި ކަންބޮޑުވުންތަކަކީ މުޅިން ހަގީގަތެއް ކަމުގައި ވިޔަސް ނުވަތަ ނޫން ކަމުގައި ވިޔަސް، މިއިން ދޭހަކޮށްދެނީ އެމް.އެން.ޑީ.އެފަށް މުއައްސަސާގެ އެތެރޭގެ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވޭ ކަމެވެ. މި މައްސަލަތަކަށް ހައްލެއް ނުހޯދިއްޖެނަމަ، ސިފައިންގެ ހިންގުންތެރިކަމާއި، ރައްޔިތުންގެ އިތުބާރާއި، އަސްކަރީ ގާބިލުކަން ދުވަހުން ދުވަހަށް ބަލިކަށިވަމުން ހިނގައިދާނެ ކަމުގެ އިންޒާރު ފާޑުކިޔާ ފަރާތްތަކުން ދެއެވެ.
އެމް.އެން.ޑީ.އެފަކީ ތާރީހީގޮތުން ގައުމުގެ އެންމެ ވަރުގަދަ އަދި އެންމެ އިތުބާރު ބޮޑު އެއް މުއައްސަސާއެވެ. މިހާރު އުފެދޭ ސުވާލަކީ، މުއައްސަސާ ވަރުގަދަކޮށް، އިތުބާރު އަލުން ހޯދައި، އަންނާން އޮތް ޖީލުތަކަށްޓަކައި އެއީ ފަންނީ އަދި ގަދަރުވެރި ލަސްކަރެއްގެ ގޮތުގައި ދެމެހެއްޓުމަށް ގާބިލު އޮފިސަރުންނާއި އިސްވެރިން ފިޔަވަޅު އަޅުއްވާނެތޯއެވެ؟ މުއައްސަސާގެ މުސްތަގުބަލު ބިނާވެގެންވަނީ މި ކަންބޮޑުވުންތަކަށް ސަމާލުކަންދޭ މިންވަރެއްގެ މައްޗަށާއި، ކުރިއަށް އޮތް އަހަރުތަކުގައި އިސްލާހީ ފިޔަވަޅުތައް އަޅާނެ ހަރުދަނާކަމެއްގެ މައްޗަށެވެ.
ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި ދިވެހިރާއްޖެ މަގްބޫލުވެފައިވަނީ ހިތްގައިމު އޯވަރ-ވޯޓާ ވިލާތަކާއި، ސާފު ނޫކުލައިގެ ފަޅުތަކާއި، އަދި ހިތްހަމަޖެހުން ހޯދައިދޭ ހިތްގައިމު މަންޒިލެއްގެ ގޮތުގައެވެ. މި ތަސައްވުރުގެ ސަބަބުން އަދިވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރެއެވެ. މިއާއެކު، މިހާރު ރާއްޖެ މިވަނީ މިއަށްވުރެ މާ ފުޅާ އަދި އުންމީދީ އާ އުސްމިންތަކަކަށް އަރާފައެވެ.
ރާއްޖެއަކީ އަބަދުވެސް ދުނިޔޭގެ މުއްސަނދި ފަތުރުވެރިންގެ މެދުގައި އެންމެ މަގްބޫލު އެއް މަންޒިލެވެ. ނަމަވެސް މިހާރު ރާއްޖޭގައި ހިންގާ މަސްރޫއުތަކުގެ ބާވަތްތައް މިވަނީ ބަދަލުވާން ފަށާފައެވެ. ބަލްގަރީ، ނޮބޫ، އަމާން، އެޓްލާންޓިސް އަދި ޓްރަމްޕް ފަދަ ދުނިޔޭގެ ނުފޫޒުގަދަ ބްރޭންޑްތަކުން ދަނީ ރާއްޖޭގައި އާ މަސްރޫއުތަކެއް ހިންގުމަށް ތައްޔާރުވަމުންނެވެ. މީގެ ކުރިން ހަމައެކަނި ފަރުތަކާއި ވެލިގަނޑުތައް އޮތް އެކަހެރި އަތޮޅުތަކުގައި މިހާރު ދަނީ "ބްރޭންޑަޑް ރެސިޑެންސް" (މަސްހޫރު ބްރޭންޑްތަކުގެ އަމިއްލަކުރެވޭ ގެދޮރު) ތަރައްގީކުރެވެމުންނެވެ. މީގެ އިތުރުން، ރާއްޖޭގެ އުތުރުގައި ދާދިފަހުން ހުޅުވުނު ބައިނަލްއަގުވާމީ ބޮޑު އެއާޕޯޓާއެކު ދަތުރުފަތުރުގެ ނިޒާމު ވެސް މިވަނީ މާ ފަސޭހަވެފައެވެ.
ނިމިދިޔަ 2025 ގައި ރާއްޖެއަށް ރެކޯޑް އަދަދަކަށް، އެއީ 2.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މީގެ ތެރޭގައި އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާ، ރަޝިޔާ، އިނގިރޭސިވިލާތް، އިޓަލީ އަދި ޖަރުމަނުންނެވެ. 2024 ވަނަ އަހަރު އުފެދުނު ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެން ދަށަށްދިޔަ އިންޑިއާ ފަތުރުވެރިންގެ އަދަދު ވެސް މިހާރު ވަނީ ކުރީގެ މިންވަރަށް އިޔާދަވެފައެވެ. ޕްރައިވެޓް ޖެޓްތަކުގައި އަންނަ ފަތުރުވެރިން އިތުރުވެ، ނޫނު އަތޮޅުގައި އޮންނަ މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ މާލޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މަޑުނުކޮށް، ސީދާ ރިސޯޓުތަކަށް ދާން ބޭނުންވާ މުއްސަނދި ފަތުރުވެރިންގެ މައިގަނޑު ދޮރާއްޓެވެ.
އޯވަރވޯޓާ ވިލާތަކަކީ އަދިވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ މައިގަނޑު ރަމްޒެވެ. ނަމަވެސް، މިހާރު މިއާއެކު ކަނޑުއަޑީގެ ރެސްޓޯރަންޓްތަކާއި، ސުޕަރޔޮޓް ބަނދަރުތަކާއި، ބީޗް ކްލަބްތަކުގެ އިތުރުން އަމިއްލައަށް ގަނެވޭ ގޮތަށް ހުންނަ ބޮޑެތި ވިލާތައް ވެސް ދަނީ ތައާރަފްވަމުންނެވެ. ރާއްޖޭގެ ފަތުރުވެރިކަން މިދަނީ ބަދަލުވަމުންނެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި، ރާއްޖޭގެ އަސްލު ލަގްޒަރީ ސިފަތައް ނުގެއްލި، މި ސިނާއަތް ކިހާވަރަކަށް ފުޅާކުރެވޭނެކަން ހާމަވެގެންދާނެއެވެ.
2026 ވަނަ އަހަރު ހުޅުވޭނެ ކަމަށް ބެލެވޭ އާ ރިސޯޓްތައް
ބަލްގަރީ ރިސޯޓް ރަންފުށި
2022 ވަނަ އަހަރުން ފެށިގެން ތަރައްގީކުރަމުންދާ (Bulgari Resort Ranfushi) ބަލްގަރީ ރިސޯޓް ރަންފުއްޓަކީ އަދިވެސް ރާއްޖޭގައި އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް ރިސޯޓެވެ. ރާ އަތޮޅުގައި، މާލެއިން ފުރައިގެން ސީޕްލޭނެއްގައި 45 މިނެޓުން ދެވޭ ހިސާބުގައި އޮންނަ މި ރިސޯޓަކީ، މިލާން، ދުބާއީ އަދި ބާލީގައި ވެސް ހޮޓާތައް ހިންގާ އިޓަލީގެ މަޝްހޫރު ޖަވާހިރު ބްރޭންޑްގެ މަތީ ފަންތީގެ ސްޓައިލާއި އަގުތަކާ އެއްވަރުގެ ރިސޯޓެކެވެ.
މި ރިސޯޓުގައި 54 ވިލާ ހިމެނެއެވެ. މީގެ ތެރޭގައި 33 ބީޗް ވިލާ، 20 އޯވަރވޯޓާ ވިލާ އަދި ވަކި ހާއްސަ ޕްރައިވެޓް ރަށެއްގައި ހުންނަ ބަލްގަރީ ވިލާއެއް ހިމެނެއެވެ. މި ރިސޯޓް ހުޅުވުމަށް ފުރަތަމަ ރޭވީ 2025 ގައެވެ. ނަމަވެސް ޑިޒައިނަށް ގެނައި ބައެއް ބަދަލުތަކާ ގުޅިގެން ހުޅުވުން ވަނީ 2026 އަށް ފަސްކޮށްފައެވެ. މިތަނުގެ ކެއުންތަކަކީ ހާއްސަ ހައިލައިޓެކެވެ. ތިން މިޝެލިންސްޓާ ހާސިލްކޮށްފައިވާ ޝެފް ނީކޯ ރޮމީޓޯ "އިލް ރިސްޓޯރަންޓް" ބަލަހައްޓާނެއެވެ. އަދި ޝަންހާއީގެ ބަލްގަރީ ހޮޓަލުގައި ހުންނަ ދެ މިޝެލިން-ސްޓާ ހާސިލްކޮށްފައިވާ ޗައިނީޒް ރެސްޓޯރަންޓް "ބާއޯ ލީ ހުއާން" ގެ ގޮތްޕަކާއި، ޖަޕާނީ ކެއުންތަކަށް ހާއްސަ "ހޮސޭކީ" ރެސްޓޯރަންޓް ވެސް މިތަނުގައި ހުންނާނެއެވެ.
މެންޑަރިން އޮރިއެންޓަލް ބޮލިދުއްފަރު ރީފް ރިސޯޓް
ދެކުނު މާލެ އަތޮޅުގެ ބޮލިދުއްފަރު ފަޅުގައި ތިން ފަޅުރަށެއް ހިމެނޭ ގޮތަށް ތަރައްގީކުރާ (Mandarin Oriental Bolidhuffaru Reef Resort) ރިސޯޓު ވަރަށް ބޮޑު ސަރަހައްދެއްގައި ދަނީ ތަރައްގީކުރަމުންނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ލޯންޗެއްގައި އެންމެ 20 މިނެޓުން ދެވޭ މި ރަށަކީ، މިހާ ބޮޑު ރިސޯޓަކަށް ބަލާއިރު ދަތުރުފަތުރުގެ ގޮތުން އާދަޔާ ހިލާފަށް ފަސޭހަ ތަނެކެވެ.
މި ރިސޯޓުގައި އެއް ކޮޓަރިން ފެށިގެން ހަތަރު ކޮޓަރިއާ ހަމައަށް ހިމެނޭ ގޮތަށް ބީޗް އަދި ވޯޓާ ވިލާ ހިމެނޭހެން ޖުމްލަ 120 ވިލާ ހުންނާނެއެވެ. މީގެ އިތުރުން 12 ސުއިޓް ހިމެނޭ، އިންޑިއާ ކަނޑުގެ އެންމެ ބޮޑު އެއް ސްޕާ ކޮމްޕްލެކްސްގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށްދާތީ، ލަފާކުރި ތާރީހަށްވުރެ ކުރިން މި ރިސޯޓު ހުޅުވުމަކީ އެކަށީގެންވާ ކަމެކެވެ.
މޮންޑްރިއަން މޯލްޑިވްސް
ރާއްޖޭގެ ގިނަ ރިސޯޓުތަކަކީ މުޅިން އެކަހެރިކަން ބޭނުންވާ ފަތުރުވެރިންނަށް ހާއްސަ ތަންތަނެވެ. ނަމަވެސް، މޮންޑްރިއަން މޯލްޑިވްސް (Mondrian Maldives) ފަރުމާކޮށްފައިވަނީ މިއަށްވުރެ ދިރުން ހުރި، އަދި އިޖުތިމާއީ ގުޅުންތަކަށް ފުރުސަތު ބޮޑު މާހައުލެއްގެ ގޮތުގައެވެ. އެނިސްމޯރ (Ennismore) ގެ ހޮޓާތަކަކީ ސްޓައިލިޝް ފަރުމާތަކަކާއެކު، މީހުން އެއްވެ ވަގުތު ހޭދަކޮށްލެވޭނެ ބާރުތަކާއި، ރެސްޓޯރަންޓްތަކާއި، އާންމު ސަރަހައްދުތަކަށް ހާއްސަ ސަމާލުކަމެއް ދޭ ބްރޭންޑެކެވެ.
ނޫނު އަތޮޅުގައި ހުޅުވޭ މި ރިސޯޓުގައި މޫދުގައި ހަދާފައިވާ 72 ޕޫލް ވިލާއާއި، އަތިރިމަތީގެ 30 ޕޫލް ވިލާގެ އިތުރުން، އަމިއްލަ ޕްލަންޖް ޕޫލް ހިމެނޭ ތިން ކޮޓަރީގެ ރެސިޑެންސްތައް ހުންނާނެއެވެ. މި ރިސޯޓާއެކު އުފެދޭ ބޮޑު ސުވާލަކީ، އެކަހެރިކަމަށް މަސްހޫރުވެފައިވާ މަންޒިލެއްގައި މޮންޑްރިއަންގެ މި އިޖުތިމާއީ މާހައުލުގެ ކޮންސެޕްޓް ކާމިޔާބުވާނެބާވައެވެ؟
މެލިއާ ވޭލް ލެގޫން މޯލްޑިވްސް
ސްޕެއިންގެ މަސްހޫރު ހޮޓެލް ގްރޫޕެއް ކަމަށްވާ މެލިއާ އިން ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓަކީ އަރި އަތޮޅުގައި ހުޅުވޭ (Meliá Whale Lagoon Maldives) "ވޭލް ލެގޫން" އެވެ. މި ރިސޯޓުގައި ވޯޓާ ވިލާ، ބީޗް ވިލާ އަދި ސަންސެޓް ސުއިޓްތައް ހިމެނޭ ގޮތަށް 100 ވިލާ ހުންނާނެއެވެ. މީގެ އިތުރުން ހަތަރު ރެސްޓޯރަންޓާއި، ސްޕާއެއްގެ އިތުރުން ދެ އިންފިނިޓީ ޕޫލް ހިމެނެއެވެ.
މިއީ ބޮޑެތި މަސްރޫއުތައް ހިންގުމުގެ ތަޖުރިބާހުރި ކުންފުންޏަކުން ހުޅުވާ ފުލް-ސާވިސް ރިސޯޓެކެވެ. މީގެ އިތުރުން މި ރިސޯޓު އޮންނަ ސަރަހައްދަކީ ވެސް މުހިންމު ސަރަހައްދެކެވެ. އަރި އަތޮޅަކީ ފެހުރިހި ބަލަން ފީނުމަށް ރާއްޖޭގެ އެންމެ މަގުބޫލު އެއް ސަރަހައްދު ކަމުން، ހަމައެކަނި ރީތި ގޮނޑުދޮށްތަކެއްގެ އިތުރުން ތަފާތު ތަޖުރިބާތަކެއް ފަތުރުވެރިންނަށް މި ރިސޯޓުން ލިބިގެންދާނެއެވެ.
ރަށް ގިލި މޯލްޑިވްސް
ރަށް ގިލި (Rah Gili Maldives) އަކީ ބައިނަލްއަގުވާމީ ފެސަންތައް ނަކަލު ކުރުމުގެ ބަދަލުގައި ދިވެހިވަންތަކަމަށް އިސްކަންދޭ އާ ބްރޭންޑެއް ކަމަށްވާ "ސިކްސް އެންޑް ސިކްސް ޕްރައިވެޓް އައިލެންޑްސް" ގެ ފުރަތަމަ ރިސޯޓެވެ. ދެކުނު މާލެ އަތޮޅުގައި ހިމާޔަތްކޮށްފައިވާ ކޯމަހުގެ ސެންޗުއަރީ އެއްގެ ކައިރީގައި ހަދާ މި ރިސޯޓުގައި 74 ވިލާ ހުންނައިރު، މީގެ ތެރެއިން 37 ވިލާ ހުންނާނީ މޫދުގައެވެ.
މި ބްރޭންޑްގެ "ރައްޔިތުން" ފަލްސަފާއަކީ ދިވެހި ސަގާފީ ތަރިކައިން އުފެދިފައިވާ އަދި ފަތުރުވެރިންގެ ތަޖުރިބާ ބައްޓަންކޮށްދޭ ކަމެކެވެ. ރަށުގެ ހަރަކާތްތަކުގައި ދިވެހި މަސްވެރިންނާއި، ވަޑިންނާއި، ސަގާފީ ކުޅިވަރުތައް ހުށަހަޅައިދޭ ފަރާތްތައް ބައިވެރިވާނެއެވެ. މިއީ އެހެން ރިސޯޓުތަކާ ހިލާފަށް ފަތުރުވެރިންނަށް ހަގީގީ ދިވެހި ސަގާފަތް ތަޖުރިބާކޮށްލަން ލިބޭނެ ރަނގަޅު ފުރުސަތެކެވެ.
ދޮންމާގާ މޯލްޑިވްސް
"ސިކްސް އެންޑް ސިކްސް" ގެ ދެވަނަ މަސްރޫއު ކަމަށްވާ "ދޮންމާގާ" (Don Maaga Maldives) މިއަހަރުގެ ފަހުކޮޅު ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މަތީ ފަންތީގެ (ultra-luxury) މޫދުވިލާތަކެއް ހިމެނޭ ތަނެކެވެ. މީގެ ތެރޭގައި ރާއްޖޭގައި ހުރި އެންމެ ބޮޑެތި ވިލާތައް ހިމެނޭނެއެވެ. އެގޮތުން 10,000 އަކަފޫޓުގެ ބޮޑު ޖާގައަކާއި ބޮޑު ޕޫލެއް ހިމެނޭ ވިލާއެއް ވެސް ހުންނާނެއެވެ. މީގެ އިތުރުން އަމިއްލައަށް ގަނެވޭ ގޮތަށް ޕްރައިވެޓް ރެސިޑެންސްތައް ވެސް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ.
މި މަސްރޫއުގެ ތެރޭގައި ހިމެނޭ "ހިރިގާ" އަކީ މުޅި ރަށް އެއްކޮށް ކުއްޔަށް ހިފޭ ގޮތަށް (full-island buyout) ހާއްސަކޮށްފައިވާ ޕްރައިވެޓް ރަށެކެވެ. ސިކްސް އެންޑް ސިކްސްގެ ދެ ރިސޯޓަކީ ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ކުރު ލޯންޗު ދަތުރަކުން ދެވޭ ހިސާބުގައި ހުރި ރަށްތަކެކެވެ. މިއީ ދަތުރުފަތުރަށް ގިނަ ވަގުތު ހޭދަވާ ރާއްޖެ ފަދަ ގައުމެއްގައި ލިބޭނެ ވަރަށް ބޮޑު ފަސޭހައެކެވެ.
ވާގަލި މޯލްޑިވްސް، ވިގްނެޓް ކަލެކްޝަން
އައިއެޗްޖީ (IHG) ކުންފުނިން އެކުންފުނީގެ "ވިގްނެޓް ކަލެކްޝަން" (Vaagali Maldives, Vignette Collection) ރާއްޖެއަށް ތައާރަފްކުރަނީ ދެކުނު މާލެ އަތޮޅުގައި 52 ވިލާއާއެކު ތަރައްގީކުރާ ބުޓީކް ރަށެއް ކަމަށްވާ ވާގަލި މޯލްޑިވްސްއާއެކުގައެވެ. މި ރިސޯޓު ހުޅުވުމަށް ހަމަޖެހިފައިވަނީ 2026 ގެ ފަހުކޮޅުއެވެ.
ވިގްނެޓްގެ މަގްސަދަކީ އާންމު ބޮޑެތި ރިސޯޓުތަކާ ހިލާފަށް، ކުދި އަދި އަމިއްލަވަންތަ މާހައުލެއް ފަތުރުވެރިންނަށް ފޯރުކޮށްދިނުމެވެ. މީގެ އެންމެ ބޮޑު ސަމާލުކަމެއް ދެނީ ރަށުގެ ދިރިއުޅުމުގެ ތަޖުރިބާތަކާއި، ދުޅަހެޔޮކަމަށެވެ. އެއާޕޯޓުން ފުރައިގެން އެންމެ 30 މިނެޓުގެ ލޯންޗު ދަތުރަކުން މި ރަށަށް ދެވޭތީ، މިއީ އަލަށް ހުޅުވޭ ރަށްތަކުގެ ތެރެއިން ދަތުރުފަތުރު އެންމެ ފަސޭހަ އެއް ރަށަށް ވެގެންދާނެއެވެ.
އައުރާ މޯލްޑިވްސް
ކަނޑިމާ އަދި ދަ ނޯޓިލަސް ރިސޯޓު ހިންގާ މަސްހޫރު "ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސް" އިން އެކުންފުނީގެ އެންމެ ގުދުރަތީ މާހައުލަށް ހާއްސަ ރިސޯޓު، "އައުރާ މޯލްޑިވްސް" (Aura Maldives) 2026 ގެ ފަހުކޮޅު ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ.
އައުރާ މޯލްޑިވްސް ސަރަހައްދު ކުރެވިފައިވަނީ ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ، އަދި އެންމަޑި ބަލަން އެންމެ މަސްހޫރު ބ.އަތޮޅުގައެވެ. އެންމަޑިތައް، އެސޮރުމެން ކެއުމަށް އެއްވާ ދުވަސްވަރު، ކައިރީގައި އޮންނަ ހަނިފަރު ބޭޔަށް އެތައް ސަތޭކަ އެންމަޑިއެއް އެއްވެއެވެ. 71 ވިލާގެ މި ރިސޯޓަށް ސީޕްލޭން ނުވަތަ ދަރަވަންދޫ އެއާޕޯޓް މެދުވެރިކޮށް ދަތުރުކުރެވޭނެއެވެ.
ބްރޭންޑެޑް ރެސިޑެންސްތަކާއި ޕްރައިވެޓް ރަށްތައް
ޒަމާނީ އައިލެންޑްސް ރެސިޑެންސަސް
ޒަމާނީ އައިލެންޑްސް (Zamani Islands Residences) އަކީ މިހާރު ރާއްޖޭގައި ކުރިއަށްދާ އެންމެ ބޮޑު މަސްރޫއެވެ. ދެކުނު މާލެ އަތޮޅުގައި އެތައް ރަށެއް ހިމެނޭ ގޮތަށް ތަރައްގީކުރާ މި މަސްރޫއުގައި ރިސޯޓުތަކާއި، ޕްރައިވެޓް ހޯމްތަކާއި، ރެސްޓޯރަންޓްތަކާއި، ވެލްނަސް ސެންޓަރުތަކުގެ އިތުރުން، ރާއްޖޭގެ ފުރަތަމަ ސުޕަރޔޮޓް މެރީނާ ވެސް ހިމެނެއެވެ.
މި މަސްރޫއުގެ ބޮޑުމިނަށް ބަލައި، މިއީ އެކި މަރުހަލާތަކަށް ބަހާލައިގެން ހުޅުވުމަށް ހަމަޖެހިފައިވާ ތަނެކެވެ. މިއީ ހަމައެކަނި ކޮޓަރިއެއް ކުއްޔަށް ހިފުމުގެ ބަދަލުގައި، ރާއްޖޭގައި އަމިއްލަ މިލްކިއްޔާތެއް ބޭނުންވާ، ތަކުރާރުކޮށް ރާއްޖެ އަންނަ މުއްސަނދި ފަތުރުވެރިންނަށް ހާއްސަކޮށްގެން ހަދާ ތަނެކެވެ.
ބަކަރާ ހޮޓެލް އެންޑް ރެސިޑެންސަސް މޯލްޑިވްސް
2027 ވަނަ އަހަރު ހުޅުވުމަށް ހަމަޖެހިފައިވާ ބަކަރާ މޯލްޑިވްސް (Baccarat Hotel & Residences Maldives) ފެތުރިފައިވަނީ ދެކުނު މާލެ އަތޮޅުގެ ގުޅިފައިވާ ފަސް ރަށެއްގެ މައްޗަށެވެ. މި މަސްރޫއުގައި ހޮޓެލް ވިލާތަކުގެ އިތުރުން 62 ޕްރައިވެޓް ރެސިޑެންސް ހިމެނެއެވެ.
ނިއު ޔޯކްގައި ހުންނަ ބްރޭންޑްގެ މައި ހޮޓަލުން ފެންނަ ކްރިސްޓަލް ފަރުމާތައް، ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ބަކަރާ މޯލްޑިވްސްއިން ފެނިގެންދާނެއެވެ. މިއީ އަރާމު "ދެވަނަ ގެއެއް" ރާއްޖޭގައި ތަޖުރިބާ ކޮށްލަން ލިބޭނެ ފުރިހަމަފުރުސަތެކެވެ. މިއިން ތަނެއް ގަންނަ ފަރާތަކަކީ ހަމައެކަނި ކޮޓަރިއެއް ބުކްކުރާ ބައެއް ނޫނެވެ، އެއީ ކޮންމެ އަހަރަކު ވެސް ޒިޔާރަތްކުރަން ބޭނުންވާ އަމިއްލަ މަންޒިލެއް އިހްތިޔާރުކުރާ ފަރާތްތަކެވެ.
ނޮބޫ ހޮޓެލް އެންޑް ރެސިޑެންސަސް
ނޮބޫ ބްރޭންޑަކީ ގިނަ ބަޔަކު ދަންނަ ނަމެއް ނަމަވެސް، ރާއްޖޭގައި މި ބްރޭންޑުން ހުޅުވާ ތަން މާ ތަފާތެވެ. މި ރިސޯޓު ހަދަނީ ލާމު އަތޮޅުގެ މުނިޔަފުށީގައެވެ. މާލެއިން ފުރައިގެން އެތެރޭގެ އުދުހުންތަކުން ދާންޖެހޭ މި ދަތުރަކީ ކުޑަކޮށް ދިގު ދަތުރަކަށް ވިޔަސް، ނޮބޫގެ ފޭނުންނަށް މިއީ ހުރަހަކަށް ނުވާނެއެވެ.
ނޮބޫ މޯލްޑިވްސް (Nobu Hotel and Residences) ގައި 26 ބީޗް ވިލާ، 30 މޫދުވިލާ އަދި ވަކިވަކި ޕްރައިވެޓް ރަށްތަކުގައި ހުންނަ 10 "ނޮބޫ އައިލެންޑް އެސްޓޭޓް ރެސިޑެންސް" ހުންނާނެއެވެ. އަދި ހޮޓާ ސިނާއަތަށް ވަނުމުގެ ކުރިން ނޮބޫ ބްރޭންޑް މަޝްހޫރުކޮށްދިން ޖަޕަނީޒް-ޕެރޫވިއަން ކާތަކެއްޗަށް ހާއްސަ "ނޮބޫ ރެސްޓޯރަންޓް" ވެސް ހުންނާނީ ވަކި ހާއްސަ ރަށެއްގައެވެ.
ސަމާނާ އެކްސް އެލީ ސާބް ރެސިޑެންސަސް
ދުބާއީގެ ޑިވެލޮޕަރެއް ކަމަށްވާ ސަމާނާ އިން ދަނީ ލެބަނަންގެ މަސްހޫރު ފެޝަން ހައުސް "އެލީ ސާބް" އާ ގުޅިގެން ރާއްޖޭގައި ބްރޭންޑެޑް ރެސިޑެންސްތަކެއް (Samana x Elie Saab Residences) ހެދުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސްރޫއުގައި 190 ގެ ހިމެނޭއިރު، މިއީ އެމީހުންގެ އިންވެސްޓްމަންޓްގައި ފެޝަން ބްރޭންޑެއްގެ ނަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ތަނެކެވެ.
މި ބީޗް ފްރަންޓް ވިލާތަކާއި، މޫދު ބަންގްލޯތަކާއި، ޕޫލްސައިޑް އެޕާޓްމަންޓްތަކުގެ ސަބަބުން، ދުބާއީގެ ރިއަލް އެސްޓޭޓް މޮޑެލް ރާއްޖެއަށް ތައާރަފްވެގެންދާނެއެވެ. މީގެ މައިގަނޑު އަމާޒަކީ ބްރޭންޑްގެ އަގާއި ރަށުގެ ދިރިއުޅުން އެއްކޮށްލުމެވެ.
ޓްރަމްޕް އިންޓަނޭޝަނަލް ހޮޓެލް މޯލްޑިވްސް
"ދާރް ގްލޯބަލް" (Dar Global) އިން ޓްރަމްޕް އިންޓަނޭޝަނަލް ހޮޓެލް މޯލްޑިވްސް (Trump International Hotel Maldives) ހުޅުވުމަށް ރާވާފައިވަނީ 2028 ގެ ފަހުކޮޅުއެވެ. މި މަސްރޫއުގައި މަތީ ފަންތީގެ 80 ބީޗް އަދި ވޯޓާ ވިލާ، ހޮޓެލް ކޮޓަރިތައް، އަދި އަމިއްލައަށް ގަނެވޭ ގޮތަށް ހުންނަ ރެސިޑެންސްތައް ހިމެނެއެވެ.
މި މަސްރޫއަކީ ރާއްޖޭގެ ހޮޓެލް ދާއިރާއަށް ސިޔާސީ ގޮތުން ނުފޫޒުގަދަ ނަމެއް އިތުރުވެގެންދާ ކަމެކެވެ. ޓްރަމްޕްގެ ނަމުގެ ސަބަބުން ބައެއް ފަތުރުވެރިން މިއަށް ސައުގުވެރިވާއިރު، އަނެއް ބަޔަކު މިއާ ދުރަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން މިއީ ދުނިޔޭގެ ފުރަތަމަ "ޓޯކަނައިޒްޑް" ހޮޓެލް މަސްރޫއަށް ވެގެންދާނެއެވެ.
ޗެޑީ މޯލްޑިވްސް
ޗެޑީ ހޮސްޕިޓާލިޓީން "ޖޭއައިއެޗް ގްލޯބަލް އިންވެސްޓްމަންޓްސް" އާ ގުޅިގެން ރާއްޖޭގައި އެކުންފުނީގެ ފުރަތަމަ ރިސޯޓު (Chedi Maldives) ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ. އާ ބުޓީކް ޗެޑީ ހޮޓަލުގައި މޫދުވިލާތަކާއި، ބީޗް ފްރަންޓް ވިލާތަކުގެ އިތުރުން މަދު އަދަދެއްގެ ބްރޭންޑެޑް ރެސިޑެންސްތައް ވެސް ހުންނާނެއެވެ.
2027 ވަނަ އަހަރަށް ތައްޔާރު ވަމުންދާ...
ރޯޒްވުޑް ރަންފަރު
ރޯޒްވުޑްގެ ފުރަތަމަ ރާއްޖޭގެ ރިސޯޓު، (Rosewood Ranfaru) "ރަންފަރު" ދެކުނު މާލެ އަތޮޅުގައި ހުޅުވުމަށް ހަމަޖެހިފައިވަނީ 2027 ގައެވެ. އެކުންފުނީގެ "އަ ސެންސް އޮފް ޕްލޭސް" ފަލްސަފާގެ ދަށުން، އާންމު ފެންވަރުގެ ލަގްޒަރީ ތަޖުރިބާއެއްގެ ބަދަލުގައި، ކޮންމެ ތަނަކުން ވެސް އެ ރަށެއްގެ އަސްލު މާހައުލާ ގުޅޭ އިހުސާސެއް ކޮށްދޭނެއެވެ.
ރަންފަރުގައި 120 ބީޗް އަދި ވޯޓާ ވިލާ، ރޯޒްވުޑް އެކްސްޕްލޯރާޒް ކްލަބެއް، އަސާޔާ ވެލްބީއިން ސެންޓަރެއް އަދި ހާއްސަ ރެސްޓޯރަންޓްތަކެއް ހުންނާނެއެވެ. ރާއްޖޭގެ މާކެޓަށް ވަނުމަށް ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރުކުރި މި ބްރޭންޑަށް މިއީ ވަރަށް ބޮޑު ފިޔަވަޅެކެވެ.
ހަޔަޓް ރީޖެންސީ ސަމަރަފުށި މޯލްޑިވްސް
ހަޔަޓް ގްރޫޕުން ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓު، (Hyatt Regency Samarafushi Maldives) "ސަމަރަފުށި" އުތުރު މާލެ އަތޮޅުގައި ހުޅުވާނީ 2027 ގެ ފަހުކޮޅުއެވެ. މި ރިސޯޓުގައި އަމިއްލަ ޕޫލް ހިމެނޭ 130 ޕްރައިވެޓް ވިލާއާއި ހަތަރު ރެސްޓޯރަންޓް ހުންނައިރު، މީގެ ތެރެއިން އެއް ރެސްޓޯރަންޓަކީ މޫދުއަޑީގެ ރެސްޓޯރަންޓެކެވެ.
ޕާކް ހަޔަޓް ނުވަތަ އަލީލާ ބްރޭންޑްގެ ބަދަލުގައި "ރީޖެންސީ" ބްރޭންޑް އިހްތިޔާރުކުރުމަކީ ފާހަގަކޮށްލެވޭ ބަދަލެކެވެ. މިއިން އެނގެނީ ހަޔަޓް އިން ބޭނުންވަނީ ތަފާތު ފަންތީގެ ފަތުރުވެރިންނަށް އަމާޒުކުރަން ކަމެވެ. ރާއްޖޭގެ މާކެޓަކީ ހަމައެކަނިހަނީމޫން ދަތުރުތަކަށްވުރެ ފުޅާވަމުންދާ މާކެޓަކަށް ވުމުން މިއީ ކާމިޔާބު ފިޔަވަޅަކަށް ވެދާނެއެވެ.
ކަޕެއްލާ މޯލްޑިވްސް
ތަފާތު އަދި އާދަޔާ ހިލާފު ބިނާވެށީގެ (Architecture) ސަބަބުން ފާހަގަކޮށްލެވޭ ކަޕެއްލާ މޯލްޑިވްސް (Capella Maldives) ހުޅުވުމަށް ހަމަޖެހިފައިވަނީ 2027 ގައެވެ. މިއީ އަމިއްލައަށް ހިއްކައިގެން ހަދާފައިވާ ރަށްތަކެއް ކަމަށްވާ "ފާރި އައިލެންޑްސް" (Fari Islands) ގެ ބައެކެވެ.
ޖަޕާނުގެ މަސްހޫރު އާކިޓެކްޓް ކެންގޯ ކޫމާ ފަރުމާކޮށްފައިވާ 57 ވިލާ އަދި މެންޝަންތަކުގައި އަމިއްލަ އިންފިނިޓީ ޕޫލް ހުންނާނެއެވެ.
މިއީ އާންމު ރިސޯޓަކަށްވުރެ ބޮޑަށް ގުދުރަތީ މާހައުލާ ގުޅުވައިގެން ހަދާފައިވާ އާކިޓެކްޗަރަލް އާޓްވޯކެއް ފަދަ ތަނެކެވެ. މީގެ އިތުރުން "އައުރިގާ ސްޕާ އެންޑް ވެލްނަސް" އަދި ތަފާތު 4 ދިމާލަކުން ކެއުންބުއިން ތަޖުރިބާކުރުމުގެ ފުރުސަތު މި ރަށުން ލިބޭނެއެވެ.
2028 އަދި އެއަށްފަހު..
އަމާން މޯލްޑިވްސް
ފޮއްތެޔޮގައި ހަދާ އަމާން އިން މި ރިސޯޓު، (Aman Maldives) ހުޅުވާނެ ސީދާ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ. ނަމަވެސް މި ޕްރައިވެޓް އައިލެޓް މަސްރޫއަށް އޮތް ސައުގުވެރިކަން ދަނީ އިތުރުވަމުންނެވެ. "ކެރީ ހިލް އާކިޓެކްޓްސް" އިން ފަރުމާކުރާ މި ރިސޯޓުގައި 52 ކޮޓަރީގެ ހޮޓަލެއްގެ އިތުރުން، 5 އާއި 10 އާ ދެމެދުގެ ކޮޓަރި ހިމެނޭ 16 "އަމާން ރެސިޑެންސް" ހުންނާނެއެވެ.
ކުންފުނީގެ ސީއީއޯ ވްލަޑް ޑޮރޮނިން ވިދާޅުވި ގޮތުގައި ރާއްޖެއަކީ އެކުންފުނީގެ ރޭވުންތަކުގައި އެތައް އަހަރެއް ވަންދެން އޮތް ތަނެކެވެ. މި ރިސޯޓު ހުޅުވުމާއެކު، މިއީ ރާއްޖޭގައި ހުރުމަށް އެންމެ އަގުބޮޑު އެއް ތަނަށް ވާނެ ކަމަށް ބެލެވެއެވެ.
ކޮރިންތިއާ މޯލްޑިވްސް
ކޮރިންތިއާ މޯލްޑިވްސް (Corinthia Maldives)، ކާފު އަތޮޅުގައި ހުޅުވުމަށް ހަމަޖެހިފައިވަނީ 2028 ގައެވެ. މީގައި ހިމެނޭ 85 ކޮޓަރިއާއި 10 ރެސިޑެންޝަލް ވިލާ ބެހިގެންވަނީ ދެ ރަށެއްގެ މައްޗަށެވެ. އެއީ މައި ރިސޯޓު ހުންނަ ރަށާއި، މަދު ބަޔަކަށް ހާއްސަކޮށްގެން ހަދާ ޕްރައިވެޓް ރަށެކެވެ.
މި ރަށުގެ ބިނާވެށި ފަރުމާކޮށްފައިވަނީ އެންމަޑީގެ ބައްޓަމަށެވެ. އެގޮތުން މައި ޕެވިލިއަން ހަދާފައިވަނީ އެންމަޑީގެ ފިޔަގަނޑުގެ ބައްޓަމަށެވެ. ގިނަ ދުވަހު މަޑުކޮށްލަން، ހަގީގީ އެކަހެރިކަން ބޭނުންވާ، އަދި އެހެން ރަށްތަކާ ތަފާތު ހިތްގައިމު ރަށެއް ހޯދާ ފަރާތްތަކަށް މިއީ ފާހަގަކޮށްލެވޭނެ ތަނެކެވެ.
ނަމޯސް ރިސޯޓް މޯލްޑިވްސް
ނަމޯސް ފުރަތަމަ މަސްހޫރުވީ ގްރީސްގެ މައިކޮނޮސް (Mykonos) ގައި އޮންނަ ބީޗް ކްލަބް މާހައުލާއި، މެޑިޓެރޭނިއަން ކެއުންތަކާއި، ކައިރީގައި އަޅާފައި ހުންނަ ސުޕަރޔޮޓްތަކުގެ ސަބަބުންނެވެ. މިހާރު، ރާއްޖޭގައި ހުޅުވޭ އެކުންފުނީގެ ރިސޯޓު (Nammos Resort Maldives) އިން މި ތަޖުރިބާ ފެންނާނީ ފެންތިއްކެއްގެ ބައްޓަމަށް އޮންނަ ޕްރައިވެޓް ރަށަކުންނެވެ. ނެދަފުށީގައި ތަރައްގީކުރާ މިރިސޯޓުގައި 7 ބްރޭންޑެޑް އައިލެންޑް ވިލާ، 17 ވޯޓާ ވިލާ، 24 ބީޗް ވިލާ، ނަމޯސްގެ ހާއްސަ ރެސްޓޯރަންޓެއް އަދި ވެލްނަސް ސްޕާއެއް ހިމެނެއެވެ.
އެޓްލާންޓިސް ދަ ރޯޔަލް މޯލްޑިވްސް
2029 ވަނަ އަހަރު ހުޅުވުމަށް ހަމަޖެހިފައިވާ އެޓްލާންޓިސް ދަ ރޯޔަލް މޯލްޑިވްސް (Atlantis The Royal Maldives) އަކީ މި ސަރަހައްދަށް އަންނާނެ ބޮޑު ބަދަލެކެވެ. ކާރޒްނަރ ގެ މި މަސްރޫއު ދެކުނު މާލެ އަތޮޅުގެ އެތައް ރަށަކަށް ފެތުރިގެންދާއިރު، ޖުމްލަ 493 ކޮޓަރި ހުންނާނެއެވެ. މީގެ ތެރޭގައި 270 ހޮޓެލް ކޮޓަރި، 223 ވިލާ އަދި މެންޝަންގެ އިތުރުން، އެންމެ ފާހަގަކޮށްލެވޭ ދެ މޫދުއަޑީގެ ވިލާ ހިމެނެއެވެ.
މި ރިސޯޓުގައި ވޯޓާޕާކެއް، އެކުއޭރިއަމްތައް، ސްޕޯޓްސް އެކަޑެމީތައް އަދި ބީޗް ކްލަބްތައް ހުންނާނެއެވެ. މިއީ އާއިލާތަކަށާއި، ބޮޑެތި ގްރޫޕްތަކަށާއި، ގިނަ ހަރަކާތްތަކަށް ލޯބިކުރާ ފަތުރުވެރިންނަށް ހާއްސަކޮށްގެން ހަދާ ތަނެކެވެ. މިއީ ރާއްޖެއަށް އާންމުކޮށް އަންނަ ފަތުރުވެރިންނާ ތަފާތު ބަޔަކަށް އަމާޒުކޮށްގެން ހަދާ ތަނަކަށް ވުމުން، މާކެޓުން މިއަށް އިޖާބަދޭނެ ގޮތް ބަލަން ސައުގުވެރިވާނެއެވެ.
ފިއުޝަން ރިސޯޓް މޯލްޑިވްސް
ފިއުޝަން ހޮޓެލް ގްރޫޕުން "ފިއުޝަން ރިސޯޓް މޯލްޑިވްސް" (Fusion Resort Maldives)، ގދ. އަތޮޅުގައި ހުޅުވުމަށް ރާވާފައިވަނީ 2028 ގައެވެ. ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ހަދާ މި މަސްރޫއުގައި 185 ވިލާ، ބްރޭންޑެޑް ރެސިޑެންސްތައް، އަދި ބޮޑު ފަޅެއްގެ ވަށައިގެން މޫދުގައި ހަދާފައިވާ ސްޕާ އަދި ރެސްޓޯރަންޓްތައް ހުންނާނެއެވެ. ފިއުޝަން ހޮޓެލް ގްރޫޕަކީ ވިއެޓްނާމްގައި ވަރަށް މަސްހޫރު ކުންފުންޏެކެވެ. އަދި މިއީ އިންޑިއާ ކަނޑުގައި އެކުންފުނިން ހުޅުވާ ފުރަތަމަ ރިސޯޓެވެ.
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.
އެ ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:
މާފަންނު ފުލުހުގައި ހުރި، ޖޫން 3 ވަނަ ދުވަހު ހޮވައިގެން ގެނެސްފައިވާ ކަޅުކުލައިގެ ވޮލެޓަކާއި، މެއި 25 ވަނަ ދުވަހު ހޮވައިގެން ގެނެސްފައިވާ 5 ރުފިޔާ އެވެ.
ގަލޮޅު ފުލުހުގައި ހުރި، ޖޫން 1 ވަނަ ދުވަހު ބުލްބުލް ގޯޅިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ، ވަގަށް ނަގާފައިވާކަމަށް ބެލެވޭ 5 މާކަރީ ލައިޓާއި، މެއި 28 ވަނަ ދުވަހު އިސްކަންދަރު މަގު ބޯޅަޖެހި ސްޓޯރު ކައިރިން ހޮވައިގެން ގެނެސްފައިވާ ލޮއިނަރުތަކަކާއި، މެއި 26 ވަނަ ދުވަހު އިސްކަންދަރު މަގު، ރިޔާސީ ހިނގުން ކަންމަތިން ހޮވައިގެން ގެނެސްފައިވާ 1000 ރުފިޔާ އެވެ.
ހެންވޭރު ފުލުހުގައި ހުރި، މެއި 29 ވަނަ ދުވަހު ޓެކްސީއެއްގެ ތެރެއިން ހޮވައިގެން ގެނެސްފައިވާ ރިވްކޯ ބްރޭންޑުގެ މޯބައިލް ފޯނެކެވެ. އަދި އެއާޕޯޓު ފުލުހުގައި ހުރި، މެއި 29 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޓާމިނަލް 2، ޓެކްސީ ކިއު އޭރިއާއިން ހޮވައިގެން ގެނެސްފައިވާ ރަން ކެވެލިކޮޅަކާއި، މެއި 26 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް 1، ގޭޓް 3 ކައިރި ބޭރު މަގުމަތިން ހޮވައިގެން ގެނެސްފައިވާ 2500 ރުފިޔާ އެވެ.
2023 ވަނަ އަހަރު، އެ އަހަރުގެ ސެޕްޓެންބަރާއި ހަމައަށް، އެކި ބާވަތުގެ ވައްކަމާއި ފޭރުމުގެ 6241 މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވެއެވެ. މީގެ ތެރެއިން މާލެ ސަރަހައްދުން 2230 މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވެއެވެ.
ފުލުހުންނަށް ހޯދުނު ނުވަތަ އެކި މައްސަލަތަކުގެ ތެރެއިން ފުލުހުންނަށް ލިބިފައިވާ ތަކެތީގެ ތެރެއިން، އޭގެ ވެރިއަކު ނޭނގޭ 8 އައިޓަމެއް ހަވާލުވާން ފުލުހުން އިއްޔެ ވަނީ އިއުލާނު ކޮށްފައެވެ.
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން، ޒުވާން އިމާމުން ނުވަތަ ހަތީބުން ބައިވެރިކޮށްގެން، ގައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ތާރީހަކީ އަންނަ ރަބީޢުލްއާހިރު މަހުގެ 2 ވަނަ ދުވަހެވެ. އެއީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހެވެ.
އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މި ބޮޑު މަހާސިންތާގައި ބައިވެރިވުމަށް އަތޮޅުތަކުގައި ތިބި ޒުވާން ހަތީބުން މާލެ ގެނައުމުގެ ހުރިހާ އިންތިޒާމެއް އެ ވުޒާރާއިން ހަމަޖައްސާނެ ކަމަށެވެ. މީގެ އިތުރުން، މި ބައްދަލުވުމަށް، ހާއްސަ މެހެމާނެއްގެ ގޮތުގައި މައްކާގެ ހަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޔާސިރު އައްދައުސަރީއަށް ދައުވަތު އެރުވުމަށް ވެސް ވަނީ ނިންމާފައެވެ.
"މިއީ ދިވެހިރާއްޖޭގެ ކުރިއަށް އޮތް އިސްލާމީ ގަރުނަށް، ރާއްޖޭގެ އިސްލާމީ ޝިއާރު ފާޅުކުރުމުގެ އިސްދައުރު އަދާކުރާނެ ޒުވާން ޚަޠީބުންނާއި ޙާފިޒުންނަށް މުހިންމު މުނާސަބަތަކަށް ވާނެ. މިނިސްޓްރީން ތަމްރީނުކުރާ 1000 ޒުވާން އިމާމުންނާއި ޚަޠީބުންގެ އިތުރުން ޒުވާން ހާފިޒުން ވެސް މި ކޮންފަރެންސްގައި ބައިވެރިވުމުގެ އިންތިޒާމް ހަމަޖައްސާނަން،" ވަޒީރު ވިދާޅުވެފައި ވެއެވެ.
ވަޒީރު ޝަހީމް ވަނީ ޒުވާން ހަތީބުން މިހާރުން ފެށިގެން މި މަހާސިންތާއަށް ތައްޔާރުވުމަށް އިލްތިމާސްކުރައްވާފައެވެ. އެގޮތުން އިމާމުކަމުގެ ހެދުންކޮޅާއި ތާކިހާކޮޅު ތައްޔާރުކުރެއްވުމަށް އެދިވަޑައިގަންނަވަމުން ވަޒީރު ވިދާޅުވީ، މަހާސިންތާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަސްތެރޭގައި ހުޅުވާލާނެ ކަމަށެވެ.
މި ވަގުތު ރާއްޖޭގައި 532 ޒުވާން ހަތީބުން ތިބިއިރު، ސަރުކާރުން މިހާރު ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމްތަކުގެ އެހީގައި، މި މަހާސިންތާ ފެށުމުގެ ކުރިން ރާއްޖޭގެ ޒުވާން ހަތީބުންގެ އަދަދު 1000 އަށް އަރާނެ ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ.
އަސްލު ލޯނު އެއްބަސްވުމާ އަޅާކިޔައި ފައިސާ ދެއްކުމުގެ އިރުޝާދުތައް ކަށަވަރުކުރުމެއް ނުވަތަ އިތުރު ޔަގީންކަމެއް ހޯދުމެއް ނެތި، އީމެއިލް މެދުވެރިކޮށް ލިބުނު އިންވޮއިސްތަކެއްގެ މައްޗަށް ބިނާކޮށް ޓްރެޒަރީގެ 2.5 މިލިއަން ޑޮލަރު އޮޅުވާލައިގެން ޓްރާންސްފަރ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ލޯނު އަނބުރާ ދެއްކުމުގެ މި މުއާމަލާތް ލަންކާގެ ޑިޕާޓްމަންޓް އޮފް އެކްސްޓަރނަލް ރިސޯސަސްގެ އޮފިސަލުން ހިންގާފައިވާކަން، ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އިން އިއްޔެ ވަނީ ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ކޯޓަށް އަންގާފައެވެ.
ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް، ޕަސަން އަމަރަސޭނާގެ ކުރިމަތީގައި، ތަހުގީގުގެ ކުރިއެރުމާ ބެހޭ ރިޕޯޓެއް ހުށަހަޅަމުން ލަންކާގެ ސީއައިޑީގެ އޮފިސަލުން ބުނީ، މި ފައިސާ ދޫކޮށްފައިވަނީ "އެކްސްޕޯޓް ފައިނޭންސް އޮސްޓްރޭލިއާ" ގެ އީމެއިލް އެޑްރެހަކުން ލިބުނު އިންވޮއިސްތަކަކަށް ބަލައިގެން ކަމަށެވެ.
ތަހުގީގު ކުރާ ފަރާތްތަކުން ކޯޓުގައި ބުނި ގޮތުގައި، ފައިސާ ފޮނުވުމުގެ ކުރިން، އަސްލު އެއްބަސްވުމާ އަޅާކިޔައި ފައިސާ ދެއްކުމުގެ އިރުސާދުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ނުވަތަ އިތުރު މައުލޫމާތެއް ހޯދުމަށް އެއްވެސް ވަރަކަށް ސުވާލުކޮށް އޮޅުންފިލުވާފައެއް ނުވާކަމަށެވެ.
ސީއައިޑީން ކޯޓަށް އިތުރަށް މައުލޫމާތު ދިން ގޮތުގައި، މި މުއާމަލާތާ ގުޅޭ ޑޭޓާތައް ކަމާބެހޭ ސިސްޓަމްތަކުން ނަގައި، ދިރާސާކުރުމަށްޓަކައި މިހާރު ވަނީ ކޮޕީކޮށްފައެވެ. އަދި މި ޑޭޓާތައް ހިމެނޭ ހަތަރު ކޮމްޕެކްޓް ޑިސްކް (ސީޑީ) އިތުރަށް ތަހުގީގު ކުރުމަށްޓަކައި ޔުނިވަރސިޓީ އޮފް ކޮލަމްބޯގެ ފޮރެންސިކް ކޮމްޕިއުޓިންގ ޑިވިޒަނަށް ފޮނުވުމުގެ ހުއްދައަކަށް ތަހުގީގު ކުރާ ފަރާތްތަކުން އެދުނެވެ. ގާޒީ ވަނީ ފޮރެންސިކް ދިރާސާ ކުރުމުގެ އެ ހުއްދަ ދެއްވާފައެވެ. މީގެ އިތުރުން ސީއައިޑީގެ އޮފިސަލުން ކޯޓުގައި ބުނީ، މި ތަހުގީގާ ގުޅިގެން މިހާތަނަށް 42 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށެވެ.
އަދި މި ހާދިސާއާ ގުޅިގެން ސަސްޕެންޑްކޮށްފައި ވަނިކޮށް މަރުވި، ޑިޕާޓްމަންޓް އޮފް އެކްސްޓަރނަލް ރިސޯސަސްގެ އެސިސްޓަންޓް ޑިރެކްޓަރ ރަންގަ ނިޝާންތަ ރާޖަޕަކްޝާގެ މަރުގެ ޕޯސްޓްމޯޓަމް ތަހުގީގު ރިޕޯޓުގެ ކޮޕީއެއް ވެސް ތަހުގީގު ކުރާ ފަރާތްތަކުން އިއްޔެ ވަނީ ކޯޓަށް ހުށަހަޅާފައެވެ.
ސީއައިޑީން ކޯޓަށް އިތުރަށް އެންގި ގޮތުގައި، މި ތަހުގީގާ ގުޅިގެން ކޯޓަށް އެހީތެރިވުމަށް އެޓަރނީ ޖެނެރަލްގެ މަންދޫބަކު ކުރިއަށް އޮތް އަޑުއެހުމަށް ހާޒިރުވާނެއެވެ. އަދި މި މައްސަލައިގެ އަޑުއެހުން މިހާރު ވަނީ އަންނަ ޖުލައި މަހުގެ 8 ވަނަ ދުވަހަށް ފަސްކޮށްފައެވެ.
"މިއީ ހަމައެކަނި ފަރުވާކުޑަކޮށްލުމެއް ނޫން، މިއީ ކުރިންވެސް އިންޒާރުދިން ފަދަ ބޮޑު ނާކާމިޔާބީއެއް" - ސްްރީލަންކާގެ ކޮމިޓީ އޮން ޕަބްލިކް ފައިނޭންސް (ކޯޕްފް)
އެ ކޮމިޓީން ފާހަގަކުރި ގޮތުގައި، ދަރަންޏާ ބެހޭ މުއާމަލާތްތައް ސެންޓްރަލް ބޭންކް އޮފް ސްްރީލަންކާ (ސީބީއެސްއެލް) އިން ޓްރެޒަރީގެ ޕަބްލިކް ޑެޓް މެނޭޖްމަންޓް އޮފީސް (ޕީޑީއެމްއޯ) އަށް ބަދަލުކުރި އިރު، އެކަމަށް ގާބިލު އަދި ތަޖުރިބާކާރު މުވައްޒަފުން އައްޔަންކުރުމަށް ކޯޕްފް އިން ޓްރެޒަރީއަށް ތަކުރާރުކޮށް އިލްތިމާސްކުރިއެވެ. ބައިނަލްއަގުވާމީ މާލީ ބާޒާރުތަކުގައި ގައުމެއްގެ ސޮވެރިން ދަރަނި ބެލެހެއްޓުމަކީ އާދައިގެ ކްލެރިކަލް މަސައްކަތެއް ނޫން ކަމަށް ބުނެ ދިން އެ އިންޒާރުތަކަށް އޭރު ވަނީ ބީރު ކަންފަތެއް ދީފައެވެ.
"މިއަދު އަޅުގަނޑުމެން މިތިބީ އޭގެ ހިތި ނަތީޖާއާ ކުރިމަތިލާން ޖެހިފައި. ފަންނީ ގޮތަކުން ބަލާއިރު، ސްްރީލަންކާއިން ދައްކަންޖެހޭ ފަސް ދަރަންޏެއް (ފަސް ޕޭމަންޓެއް) ކްރެޑިޓަރަށް ލިބިފައިނުވާ ކަމަށް ބުނާ މައްސަލާގައި، ސްްރީލަންކާ މިއޮތީ ދަރަނި ނުދެއްކި (ޑިފޯލްޓްވެފައި) ތޯ މިއީ މިއަދު އުފެދޭ ސުވާލެއް،" ކޮމިޓީގެ މެންބަރަކު ވިދާޅުވިއެވެ.
މި ނާކާމިޔާބީއާ ކުރިމަތިލާން މިޖެހުނީ، ގޭމިން ރެގިއުލޭޝަނާއި، 2025 ވަނަ އަހަރުގެ ފަހު ކުއާޓަރުގެ ފިސްކަލް ޕާފޯމަންސްގެ އިތުރުން ފިސްކަލް-މަނިޓަރީ ޕޮލިސީ ކޯޑިނޭޝަނާ ގުޅޭ މުހިންމު މަސްވަރާތަކަށް ކޯޕްފްއިން ޖެހިޖެހިގެން ބޭއްވި ތިން ބައްދަލުވުމަކަށް، މިނިސްޓްރީ އޮފް ފައިނޭންސް (އެމްއޯއެފް) އިން ހާޒިރުވާން އުޒުރުވެރިވެފައިވާ ދަނޑިވަޅެއްގައެވެ.
ލަންކާގެ ބަރުލަމާނީ ހަޔާތަށް އިސާރާތް ކުރައްވަމުން އޭނާ އިތުރަށް ވިދާޅުވީ، ސްްރީލަންކާގެ މަޖިލީހުގައި ވޭތުވެދިޔަ 15 އަށްވުރެ ގިނަ އަހަރު ހޭދަކުރެއްވި އިރު، މަޖިލީހުގެ މާލީ މުއައްސަސާތައް ބެލެހެއްޓުމުގެ ދައުރަށް މިހާ ބޮޑަށް ފުރައްސާރަކޮށް، އިހުތިރާމް ކުޑަކޮށްލިތަން ދުވަހަކުވެސް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
2.5 މިލިއަން ޑޮލަރަކީ 750 މިލިއަނަށް ވުރެ ގިނަ ލަންކާ ރުފިޔާ އެވެ. ލަންކާގެ މަޖިލީހުން ފާސްކުރި 2026 ވަނަ އަހަރުގެ ގައުމީ ބަޖެޓުގައި، ދައުލަތުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 5300 ބިލިއަން ރޫޕީސް ލިބޭނެ ކަމަށް ލަފާކޮށްފައި ވާއިރު، ބަޖެޓުގެ ޖުމްލަ ހަރަދު އުޅެނީ 7057 ބިލިއަން ރޫޕީސްގައެވެ. އެހެންކަމުން މިއީ 1757 ބިލިއަން ރޫޕީސްގެ ދަރަނި ބަޖެޓެކެވެ.
ލަންކާ ސަރުކާރުގެ މި މާލީ ޕްލޭން ބައްޓަންކޮށްފައިވަނީ، ރައްޔިތުންގެ އަތުން ބޮޑެތި، އާ ޓެކްސްތަކެއް ނުނަގައި، ގައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) ގެ 2.3 އިންސައްތައިގެ އަރަންޏެއް (ޕްރައިމަރީ ސާޕްލަސްއެއް) ހިފެހެއްޓުމުގެ މަގުސަދުގައެވެ.
މިޔަރަކީ ދުނިޔޭގައި އެންމެ ބޮޑަށް އޮޅުންއަރާފައިވާ ދިރުންތަކުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. އެއީ ދުނިޔޭގައި ޑައިނަސޯ (ސާރު) ތައް އުޅުމުގެ މާ ކުރިން، އެބަހީ، މީގެ 400 މިލިއަން އަހަރު ކުރިން ފެށިގެން ކަނޑުތަކުގައި އުޅެމުންދާ ބާރުގަދަ ސިކާރަވެރި އެއްޗެކެވެ. ދިވެހިރާއްޖޭގައި މިޔަރަކީ، ކަނޑުގެ ދިރުންތަކުގެ ނިޒާމަށް ނުހަނު މުހިންމު އެއްޗެކެވެ. އަދި ފަތުރުވެރިކަމާއި، ފީނުމާއި، ކަނޑުއަޑީގެ ފޮޓޯނެގުމުގެ ދާއިރާގައި މިއީ ވަރަށް ބޮޑު ސަމާލުކަމެއް ލިބިފައިވާ ދިރުމެކެވެ.
ނަމަވެސް، މިޔަރުގެ ރީތިކަމާއި އޭގެ މުހިންމުކަން ބޮޑުވި ނަމަވެސް، އެއީ އަދިވެސް ވަހުސީ (ކުލުނެއްނެތް) ޖަނަވާރެކެވެ. އާންމުކޮށް މަޑުމައިތިރި، ބިރުގަންނަ، ނުވަތަ "ރައްޓެހި" އެއްޗެއްގެ ގޮތުގައި ސިފަކުރާ މިޔަރުތައްވެސް ހީނުކުރާ ފަދަ ގޮތްގޮތަށް އަމަލުކޮށްފާނެއެވެ. މިޔަރުގެ ސަބަބުން ދިމާވާ ހާދިސާތައް މަދެވެ. ނަމަވެސް ހާދިސާއެއް ހިނގައިފިނަމަ، އޭގެ ނަތީޖާ ވަރަށް ހިތާމަވެރިވެ، ފުރާނައަށް ނުވަތަ ދިރިއުޅުމަށް ބޮޑު ބަދަލެއް އަތުވެދާނެއެވެ.
މި މަގާލާ (އާޓިކަލް) ގައި ބަލާލާނީ މިޔަރުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާފައިވާ ހަގީގީ ހާދިސާތަކަށެވެ. އަދި ކުޑަކުދިންނަށް މީގެ ނުރައްކާ ބޮޑުވާ ސަބަބުތައް ދެނެގަނެ، ކަނޑުގެ މާހިރުން ހުރިހާ ބާވަތެއްގެ މިޔަރަކަށްވެސް ސަމާލުވުމަށާއި އިހުތިރާމްކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވާ ސަބަބުތަކަށް އަލިއަޅުވާލާނަމެވެ.
މިޔަރަކީ ވަހުސީ ޖަނަވާރެއް — އޮޅުކޮށްގެން ގެންގުޅޭ ކޮޅޫ (ޕެޓް) އެއް ނޫން
ދިވެހިރާއްޖޭގެ ފަޅުފަޅުންނާއި ފަރުތަކުން ފެންނަ ފެހުރިހި، ފަރުމިޔަރު، އަދި ނިދަންމިޔަރު ފަދަ ބާވަތްތަކަކީ، ފެމުނު މިޔަރު (ޓައިގަރ ޝާކް) ނުވަތަ ގާނި މިޔަރު (ބުލް ޝާކް) އާއި އަޅާބަލާއިރު އިންސާނުންނަށް ނުރައްކާ ކުޑަ ބާވަތްތަކެކެވެ. އެހެންނަމަވެސް، ކަނޑުގެ ދިރުންތަކާ ބެހޭ ސައިންސްވެރިން އަބަދުވެސް އިންޒާރުދެނީ އެއްވެސް މިޔަރަކީ އެއްކޮށް ނުރައްކާ ނެތް އެއްޗެއްގެ ގޮތުގައި ބަލައިގެން ނުވާނެ ކަމަށެވެ.
މިޔަރު ވިސްނަނީ އިންސާނުން ފަދައިންނެއް ނޫނެވެ. އެތަކެތި ހަރަކާތްތެރިވަނީ އޭގެ ޣަރީޒާ (ގުދުރަތީ ސިފަ)، ކާނާ ހޯދުމުގެ ސައުގު، އަމިއްލަ ސަރަހައްދު ހިމާޔަތްކުރުން، ކަންކަމާ މެދު އުފެދޭ ކިއުރިއޮސިޓީ (ސައުގުވެރިކަން) އަދި ވަށައިގެންވާ މާހައުލަށް އަންނަ ބަދަލުތަކުގެ މައްޗަށެވެ. އެއްވަގުތެއްގައި ވަރަށް މަޑުމައިތިރިކޮށް ފެންނަ މިޔަރެއް، ތިރީގައިވާ ކަންކަމުގެ ސަބަބުން ކުއްލިއަކަށް ބަދަލުވެދާނެއެވެ:
ފެންގަނޑު ތަޅުވައި ހަލަބޮލިކުރުން
ހަލުވި ހަރަކާތްތައް
ކާނާގެ ވަސްދުވުން
ބެބުޅުން ހުންނަ ގަހަނާ
ބިރުން އުޅޭ އުޅުން (ޕެނިކްވުން)
ނޭނގި ނަމަވެސް މިޔަރުގައި އަތްލެވުން
ފަތާ މީހުން ނުވަތަ ފީނާ މީހުން މިޔަރު ވަށާލުން
އުޅަނދުފަހަރުގެ ސަބަބުން ނުވަތަ ފަތުރުވެރިކަމުގެ ހަރަކާތްތަކުގެ ސަބަބުން މިޔަރަށް ކުރިމަތިވާ ބުރަ (ސްޓްރެސް)
މާހިރުން ފާހަގަކުރާ ގޮތުގައި އިންސާނުންނަށް އޮޅުވެފައިވާހެން ހީވާ ނުވަތަ އާދަވެފައިވާ މިޔަރުތަކަކީވެސް އޭގެ ޒާތުގައި ވަހުސީ ސިކާރަވެރިންނެވެ. އިންސާނުންނާ އަބަދު ދިމާވުމުން އެތަކެތި މީހުންގެ ކައިރިއަށް އަންނަން ޖެހިލުން ނުވެދާނެއެވެ. ނަމަވެސް އޭގެ މާނައަކީ އެތަކެތި ދަތްނާޅާނެއޭ ނުވަތަ ހަރުކަށި ނުވާނެއެކޭ ނޫނެވެ.
ދިވެހިރާއްޖެއިން ފެންނަ މިޔަރުގެ ބާވަތްތައް
ދިވެހިރާއްޖޭގެ ކަނޑުތަކަކީ ތަފާތު ގިނަ ބާވަތްތަކުގެ މިޔަރު އުޅޭ ތަނެކެވެ. މީގެ ތެރޭގައި:
ފަރުމަތި ދޮންމިޔަރު (Blacktip reef shark)، ފާނަ މިޔަރު (Whitetip reef shark)، ތިއަލް މިޔަރު (Grey reef shark)، ނިދަންމިޔަރު (Nurse shark)، ފެމުނު މިޔަރު (Tiger shark)، ގާނި މިޔަރު (Bull shark)، ކާލިގަނޑު މިޔަރު (Hammerhead shark)، ފެހުރިހި (Whale shark) ހިމެނެއެވެ.
ރާއްޖޭގެ ފަޅުތަކާއި ފަރުތަކުގައި މިޔަރާ ދިމާވާ ގިނަ ފަހަރުތަކަކީ އަމާން ފަހަރުތަކެކެވެ. އެހެންނަމަވެސް، ކަނޑު ހިމާޔަތްކުރާ ޖަމިއްޔާތަކާއި ފީނުމުގެ މާހިރުން އަދިވެސް ލަފާދެނީ ހުރިހާ މިޔަރަކާ މެދުވެސް ސަމާލުވުމަށެވެ. ރާއްޖޭގެ ކަނޑުތަކުގައި އުޅޭ ބައެއް ބާވަތްތަކަކީ ބޮޑެތި ޒަހަމްތައް ދިނުމުގެ ގާބިލުކަން ލިބިގެންވާ އެއްޗެހީގެ ގޮތުގައި ފާހަގަކުރެވެއެވެ:
ފަރުމަތި ދޮންމިޔަރު
ދުނިޔޭގައި އުޅޭ އެންމެ ނުރައްކާތެރި މިޔަރުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާފައިވާ ގިނަ ހަމަލާތަކެއްގެ ފަހަތުގައިވަނީ މި މިޔަރެވެ.
ފެމުނު މިޔަރު
މިއީ މިޔަރުގެ ބާވަތްތަކުގެ ތެރެއިން ރާއްޖޭގައި އުޅޭ އެންމެ ނުރައްކާތެރި މިޔަރެވެ. މިއީ މިޔަރު ތަކުގެ ތެރެއިން ވެސް އިސްކޮޅުން ދިގު ބޮޑު މިޔަރެކެވެ.ފެމުނުގެ ދިގުމިނުގައި އާއްމުކޮށް 20 ފޫޓް ހުރެއެވެ. އަދި ބަރުދަނުގައި ގާތްގަނޑަކަށް 2250ކިލޯ ހުންނަކަން ފާހަގަ ކުރެވެއެވެ. ފެމުނު މިޔަރު 7.4 މީޓަރަށް ބޮޑުވާކަމަށް ވެއެވެ. ފެމުނު މިޔަރަކީ އޭގެ ނުރައްކާތެރި ކަމުގެ ސަބަބުން ދިވެހި މަސްވެރިންގެ ތެރޭގައި ވަރަށް މަޝްހޫރު މިޔަރެކެވެ
ފާނަ މިޔަރު
މި މިޔަރުތަކަކީ އަމިއްލަ ސަރަހައްދު ހިމާޔަތްކުރަން އުޅޭ އަދި ހާއްސަކޮށް ކާނާގެ ވަގުތުތަކުގައި ނުވަތަ ވަކި ހާލަތްތަކެއްގައި ހަރުކަށިވާ ބާވަތެކެވެ.
ނިދަންމިޔަރު
އާންމުކޮށް މިއީ މަޑުމައިތިރި އެއްޗެއްގެ ގޮތުގައި ބެލެވުނަސް، މީހުން އޭނާއަށް އުނދަގޫކުރުމުން، އަތްލަން އުޅުމުން، ނުވަތަ ބޮޅެއްގެ ތެރޭގައި ތާށިވާހެން އެއަށް ހީވުމުން، ނުވަތަ ނޭނގި ނަމަވެސް ފައިން ޖެހުމުން އިންސާނުންގެ ގައިގައި ދަތްއަޅާފައި އެބަހުއްޓެވެ.
ފެހުރިހި
މިއީ ކުދި ފަނިފަކުސާ (ޕްލޭންކްޓަން) ކައިއުޅޭ، ހަރުކަށި ނޫން އެއްޗެކެވެ. ނަމަވެސް މިއީ ވަރަށް ބޮޑު ހަށިގަނޑެއް ލިބިގެންވާ އެއްޗަކަށްވުމުން، ކުއްލިއަކަށް ތަޅުވައިގަންނަ ފިލައިގެ (ނިގޫފަތް) ސަބަބުން ނުވަތަ ގައިގައި ޖެހުމުގެ ސަބަބުން ނޭނގި ނަމަވެސް ބޮޑެތި ޒަހަމްތައް ލިބިދާނެއެވެ.
މިޔަރުގެ ހަމަލާތަކާއި ލިބިފައިވާ ޒަހަމްތަކުގެ ހަގީގީ ބައެއް ހާދިސާތައް
ދިވެހި ރާއްޖޭގައި މިޔަރު ހަމަލާދީގެން ޒަހަމްވެ މަރުވެފައިވާ ހާދިސާތަކުގެ ތެރެއިން ރެކޯޑު ކުރެވިފައިވަނީ މަދު ހާދިސާއެއް ނަމަވެސް ނިސްބަތުން ވަރަށްހިނަ ނުރައްކާތެރި އެފަދަ ހާދިސާތައް ހިނގާފައި ހުރިކަން ފާހަގަކޮށްލެވެ އެވެ.
ބެތަނީ ހެމިލްޓަންގެ ހާދިސާ
ދުނިޔޭގައި މިޔަރުގެ ހަމަލާއަކުން ސަލާމަތްވި އެންމެ މަޝްހޫރު އެކަކީ ހަވާއީގެ ރާޅާ އަޅާ ބެތަނީ ހެމިލްޓަންއެވެ. 2003 ވަނަ އަހަރު، އުމުރުން އެންމެ 13 އަހަރުގައި ރާޅާ އަޅަން އުޅެނިކޮށް ފާގަ މިޔަރެއް އޭނާއަށް ހަމަލާދީ، ވައަތް ބުރިކޮށް ކާލިއެވެ. އޭނާ ސަލާމަތްވީ ނަމަވެސް، ސިއްހީ ފަރުވާ ލިބުމުގެ ކުރިން ހަށިގަނޑުން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ލޭ ވަނީ ހުސްވެފައެވެ. މި ހާދިސާއިން އެނގެނީ އާދައިގެ މުނިފޫހިފިލުވުމުގެ ހަރަކާތެއްވެސް ކުއްލިއަކަށް ފުރާނައަށް ނުރައްކާވާ ފަދަ ކަމަކަށް ބަދަލުވެދާނެ ކަމެވެ.
އޮސްޓްރޭލިއާގައި ކުޑަކުދިން މަރުވި ބައެއް ހާދިސާ
ހުޅަނގު އޮސްޓްރޭލިއާގެ ޕާތު ކައިރީގައި އޮންނަ ސްވޯން ކޯރުގައި މިޔަރު ހަމަލާއެއްގައި، އުމުރުން 16 އަހަރުގެ ސްޓެލާ ބެރީ ވަނީ މަރުވެފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ މޫދަށް އެރުނީ އެ ސަރަހައްދުން ކޯމަސްތަކެއް ފެނިގެންނެވެ. މި ހާދިސާގެ ސަބަބުން މުޅި އޮސްޓްރޭލިއާއަށް ބޮޑު ސިހުމެއް ލިބުނީ، މި ހަމަލާ ހުޅުވާލެވިފައިވާ ކަނޑެއްގެ ބަދަލުގައި ކޯރެއްގެ ތެރޭގައި ދީފައި ވާތީއެވެ. މިޔަރަކީ ކޯރުތަކަށް ވަދެ އުޅޭ އެއްޗެއް ނޫނެވެ.
ދެކުނު އޮސްޓްރޭލިއާގެ އެތެލް ބީޗްގެ މޫދުގައި ރާޅާ އަޅަން އުޅެނިކޮށް، މިޔަރެއް ދިން ނުރައްކާތެރި ހަމަލާއެއްގައި އުމުރުން 15 އަހަރުގެ ރާޅާ އެޅުންތެރިޔާ ޚާއި ކައުލީ ވަނީ މަރުވެފައެވެ. މަންޒަރު ދުށް މީހުން ސިފަކުރި ގޮތުގައި ހަމަލާއަށްފަހު އޭނާ ސަލާމަތްކުރުމަށް ކުރި މަސައްކަތްތަކަކީ ވަރަށް ބިރުވެރި އަދި ހަލަބޮލި މަސައްކަތްތަކެކެވެ. ނަމަވެސް އޭނަގެ ފުރާނަ ސަލާމަތް ކުރެވޭގޮތް ވަނީ ނުވެފައެވެ.
ދެކުނު އޮސްޓްރޭލިއާގެ ގްރެނައިޓްސް ބީޗް ކައިރިން މިޔަރެއް ހަމަލާދިނުމާ ގުޅިގެން، އުމުރުން 55 އަހަރުގެ ރާޅާ އެޅުންތެރިޔާ ޓޮޑް ޖެންޑްލް ވަނީ ގެއްލިފައެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި މިޔަރު ހަމަލަދީ އޭނާ ރާޅާ އަޅާ ބޯޑުން ވައްޓާލިތަނެވެ. އެއަށްފަހު އޭނާ ވަނީ ކަނޑުގެ އަޑިއަށް ގެއްލިފައެވެ.
ކުޑަކުދިންނަށް ދިމާވާ މިފަދަ ހާދިސާތައް ވަރަށް ހިތާމަވެރިއެވެ. އެއީ ކުޑަކުދިންނަކީ:
ހަށިގަނޑުން ކުދި ބަޔަކަށްވުން
ގިނައިން ފެންގަނޑު ތަޅުވައި ހަލަބޮލިކުރުން
އަޑިން ބަލާއިރު ޒަހަމްވެފައިވާ ސިކާރައަކާ ވައްތަރުވުން
އަމިއްލަ ނަފުސު ދިފާއުކުރުމުގެ ބާރު ކުޑަވުން
ކުއްލި ހާލަތްތަކުގައި ބިރުގަނެ ހާސްވުން
ކަނޑުގެ ސަލާމަތްތެރިކަމާ ބެހޭ މާހިރުން އަބަދުވެސް އިންޒާރުދެނީ، މިޔަރު އުޅޭ ސަރަހައްދުތަކުގެ މޫދަށް ނޭރުމަށާއި، ހާއްސަކޮށް ބޮޑެތި މީހުންގެ ބެލުމުގެ ދަށުން ނޫނީ ކުޑަކުދިން އެއްގޮތަކަށްވެސް ނޭރުވުމަށެވެ.
ނިދަންމިޔަރު (Nurse Shark)ގެ ދަތްއެޅުމުގެ ހާދިސާތައް
ނިދަންމިޔަރަކީ ފީނާ މީހުންނަށް ކައިރިވެވޭނެ "ރައްޓެހި" އެއްޗެއްގެ ގޮތުގައި މީސްމީޑިއާގައި ވަރަށް ބޮޑަށް އިސްތިހާރު ކުރެއެވެ. ނަމަވެސް، މީހުން އޭގައި އަތްލާން، ކާންދޭން ނުވަތަ ބުރަކަށީގައި ގިގް ޖަހައިގެން ދާން އުޅުމުގެ ތެރޭގައި ދަތްއަޅައިގެން ބޮޑެތި ޒަހަމްތައް ލިބިފައިވާ ގިނަ ހާދިސާތަކެއް ހިނގާފައިވެއެވެ.
ކެރީބިއަން އަދި ބަހާމާސްއަށް ދިޔަ ބައެއް ފަތުރުވެރިން، ނިދަންމިޔަރަށް ކާނާދޭން އުޅުމުގެ ތެރޭގައި އޮޅުކަމަށް ބެލެވުނު ނިދަން މިޔަރެއް މީހެއްގެ އަތް ވަރަށް ބޮޑަށް ކާލައި، ފުން ޒަހަމްތައް ލިބިފައިވެއެވެ. މި ހާދިސާތަކުން އެނގެނީ މަޑުމައިތިރި ކަމަށް ބެލެވޭ މިޔަރުތައްވެސް ހީނުކުރާ ވަގުތެއްގައި ދަތްއަޅާފާނެ ކަމެވެ.
މިޔަރު އިންސާނުންނަށް ހަމަލާދޭން މެދުވެރިވާ ސަބަބުތައް
މިޔަރަކީ އާންމުކޮށް އިންސާނުން ބޭނުންވެގެން ސިކާރަކުރާ އެއްޗެއް ނޫނެވެ. ނަމަވެސް ހަމަލާތައް ކުރިމަތި ވުމުގައި ތިރީގައިވާ ސަބަބުތައް ހިމެނެއެވެ.
އޮޅުންއެރުން (Mistaken Identity): ފަތާ ނުވަތަ ރާޅާ އަޅާ މީހަކީ ކޯމަހެއް، ވެލައެއް ނުވަތަ ބަލިވެފައިވާ މަހެއް ކަމަށް މިޔަރަށް ހީވުން.
އަޖުމަބެލުން (Curiosity): މިޔަރު އެއްޗެހި ދެނެގަންނަނީ އޭގެ އަނގަ ބޭނުންކޮށްގެންނެވެ. ބޮޑު މިޔަރެއް "ޓެސްޓު" ކޮށްލުމުގެ ގޮތުން އަޅާލާ އެއް ދަތަކުންވެސް ބޮޑު ހާނީއްކައެއް ވެދާނެއެވެ.
ކާނާގެ ޖޯސް (Feeding Response): ލެޔާއި، މަހުގެ ބައިތަކާއި، ބަޑިން މަސް ހިފުމާއި، ނުވަތަ އެން އުކުމުގެ ސަބަބުން މިޔަރުގެ ކާނާގެ ހަރަކާތްތެރިކަން އިންތިހާއަށް އިތުރުވުން.
ސަރަހައްދު ހިމާޔަތްކުރުން (Territorial Behavior): ބައެއް މިޔަރުތައް އެތަކެތީގެ ސަރަހައްދަށް ވަނުމުން ނުވަތަ ބިރުގަތުމުން ހަރުކަށިވެއެވެ.
ފެންގަނޑު ނުސާފުވުން (Low Visibility): ފެންގަނޑު ބޯވެ، ސާފުކޮށް ނުފެންނަ ހާލަތްތަކުގައި ނޭނގި ހަމަލާދެވުމުގެ ފުރުސަތުވެސް ބޮޑެވެ.
ކުޑަކުދިންނަށް ނުރައްކާ ބޮޑުވާ ސަބަބުތައް
މާހިރުން ފާހަގަކުރާ ގޮތުގައި މިޔަރާ ދިމާވާ ވަގުތުތަކުގައި ކުޑަކުދިންނަށް އޮންނަ ނުރައްކާ ބޮޑުވަނީ:
ހަށިގަނޑު ކުޑަވުން: ކުޑަކުދިންގެ ހަށިގަނޑުގެ ސައިޒު، މިޔަރުގެ އާންމު ސިކާރަތަކުގެ ސައިޒާ މާ ބޮޑަށް ވައްތަރުވުން.
އިންތިޒާމެއްނެތް ހަރަކާތްތައް: ފެންގަނޑު ތަޅުވައި ކިކުޖެހުމުން މިޔަރުގެ ސަމާލުކަން ހޯދުން.
ބާރު ދެރަވުން: މިޔަރާ ދުރަށް ފަތައިގަތުމުގެ ނުވަތަ ދިފާއުވުމުގެ ބާރު ކުޑަކުދިންގެ ކިބައިގައި ނެތުން.
ހާސްވުން: ބިރުގަތުމުގެ ސަބަބުން ނުރައްކާ މާ ބޮޑަށް އިތުރުވުން.
ލޭ ހުސްވުމުގެ ނުރައްކާ ބޮޑުވުން: ކުޑަ ޒަހަމަކުންވެސް ކުޑަކުއްޖެއްގެ ހަށިގަނޑުން ލޭ ހުސްވުން މާ އަވަސްވުން.
މި ސަބަބުތަކަށްޓަކައި، ކަނޑުގެ ސަލާމަތާ ބެހޭ ގިނަ މާހިރުން ލަފާދެނީ މިޔަރު އުޅޭ ސަރަހައްދުތަކުގައި ކުދިން ގޮވައިގެން އުޅޭ އާއިލާތަކުން އިތުރަށް ސަމާލުވުމަށެވެ.
ނަފުސާނީ އަދި ދިރިއުޅުމަށް އަންނަ ބަދަލުތައް
ގުނަވަންތައް ބުރިކޮށްލަންޖެހުން
ދާއިމީ ނުކުޅެދުންތެރިކަން
ނާރުތަކަށް ލިބޭ ހާނީއްކައިގެ ސަބަބުބް ވާވުން
ދާއިމީ ތަދު
ނަފުސާނީ ބިރުވެރިކަމާއި (PTSD) ޓްރައުމާ
މޫދަށް އެރުމަށް ބިރުގަތުން
ބޭސްފަރުވާއަށް ހިނގާ ބޮޑެތި ހަރަދުތަކުގެ ސަބަބުން މާލީ ދަތިތަކާ ކުރިމަތިވުން
ހަމަލާގެ ސިކާރައަކަށްވާ މީހުންގެ އާއިލާތަކަށް ވެސް ނަފުސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރެއެވެ. އެންމެ ދަތްއެޅުމެއްގެ ސަބަބުން މީހެއްގެ މުޅި ދިރިއުޅުން ދާއިމީކޮށް ބަދަލުވެގެންދެއެވެ.
މީސްމީޑިއާއާއި "ރައްޓެހި މިޔަރު" ގެ ނުރައްކާތެރި އޮއިވަރު (ޓްރެންޑް)
މީސްމީޑިއާގެ ސަބަބުން މިޔަރަކީ އަތްލާން، ބަނޑުގައި ބައްދާލަން ނުވަތަ އެކީގައި ސާދާކޮށް ފަތާލަން ރަނގަޅު އެއްޗެއް ކަމަށް ހީވާ ކުށްހީއެއް ވަނީ އުފެދިފައެވެ. ފަތުރުވެރިން މިޔަރުގެ ފިޔަގަނޑުގައި ހިފައިގެން، ނުވަތަ އަތުން ކާނާދީ، ފޮޓޯނަގަން މިޔަރުތައް ވަށާލައިގެން ތިބޭ ވީޑިއޯތަކުގެ ސަބަބުން ސަލާމަތްތެރިކަމުގެ ދޮގު އިހުސާސެއް ފަހަކަށް އައިސް ވަނީ އުފެދިފައެވެ. ކަނޑުގެ މާހިރުން ތަކުރާރުކޮށް އިންޒާރުދެނީ:
މިޔަރަކީ އޮޅުކޮށްގެން ގެންގުޅޭ ފަދަ ކިޔަމަންތެރި އެއްޗެއް (Domesticated) ނޫނެވެ.
އޭގެ އަމަލުތައް ސިކުންތަކުން ބަދަލުވެދާނެއެވެ.
އިންސާނުންނަށް އާދަވެފައިވާ މިޔަރުތަކުގެ ހިތުން އިންސާނުންނަށް އޮންނަ ބިރު ކެނޑިދާނެއެވެ.
މިޔަރަށް ކާނާދިނުމުން ނުރައްކާ އިތުރުވެއެވެ.
ޒިންމާދާރު ގިނަ ޑައިވް ސެންޓަރުތަކުން މިޔަރުގައި އަތްލުމާއި އޭގެ ފަހަތުން ދުވުން މަނާކުރެއެވެ.
މާހިރުންގެ ސަލާމަތީ ނަސޭހަތްތައް
ކަނޑުގެ ސަލާމަތްތެރިކަމާ ބެހޭ ޖަމިއްޔާތަކާއި ތަޖުރިބާކާރު ފީނުންތެރިން ލަފާދެނީ:
މަސްވެރިކަންކުރާ ސަރަހައްދުތަކާ ކައިރީގައި މޫދަށް ނޭރުން: މަހުގެ ލެޔާއި އެންތަކުގެ ސަބަބުން މިޔަރުގެ ހަރަކާތްތެރިކަން އިތުރުވެއެވެ.
ހެނދުނު އަދި ހަވީރު މޫދަށް ނޭރުން: ގިނަ ބާވަތްތަކުގެ މިޔަރު ކާނާ ހޯދަން މާ ހަލުވިވަނީ އަލި ފަނޑު މި ވަގުތުތަކުގައެވެ.
އެއްގޮތަކަށްވެސް މިޔަރުގައި އަތްނުލުން: މަޑުން އޮންނަ މިޔަރެއްވެސް އަމިއްލަ ނަފުސު ދިފާއުކުރަން ކުއްލިއަކަށް ހަމަލާދީފާނެއެވެ.
ބެބުޅުން ހުންނަ ގަހަނާ ނޭޅުން: އޭގެ ސަބަބުން ލިބޭ ދިގު ރިފްލެކްޝަން (އަލި) މަހުގެ ކިލާ ފަދަ އެއްޗަކަށް ހީވެދާނެއެވެ.
ހަމަހިމޭންކަން އިސްކުރުން: ހާސްވެގެން ތަޅުވައިގަންނަ ހަރަކާތްތަކުގެ ސަބަބުން މިޔަރު ކައިރިއަށް އަތުވެދާނެއެވެ.
ކުޑަކުދިން ވަރަށް ގާތުން ބެލުން: ކުޑަކުދިން އަބަދުވެސް ތިބެންވާނީ ބޮޑެތި މީހުންގެ އަތްފޯރާ ފަށުގައެވެ.
އިންޒާރުތަކަށް ބޯލެނބުން: ލައިފްގާޑުން ނުވަތަ ޑައިވް މާހިރުން އިންޒާރެއް ދީފިނަމަ ވަގުތުން އެއަށް އަމަލުކުރާށެވެ.
ޒިންމާދާރު ޑައިވް ސެންޓަރުތައް ހިޔާރުކުރުން: ރަނގަޅު ސެންޓަރުތަކުން ނުރައްކާތެރި ގޮތްގޮތަށް ކާނާދިނުމާއި މިޔަރުތައް ކޮއް ބާރުބޮޑުކުރުން ފަދަ ކަންކަމެއް ނުކުރާނެއެވެ.
މާހިރުން މީހުންނަށް މޫދަށް ނޭރުމަކަށް ނުބުނެއެވެ. ބަދަލުގައި ބުނަނީ ހޭލުންތެރިކަމާއެކު ސަމާލުވުމަށާއި، ބެލެހެއްޓުމަށާއި، އަދި ނުރައްކާތައް ހަގީގީ ގޮތެއްގައި ދެނެގަތުމަށެވެ.
ހުލާސާ
މި ހުރިހާ ހާދިސާތަކަކުންނާއި ހޯދިފައިހުރި މައުލޫމާތުތަކުގެ އަލީގައި މާހިރުން ތިރީގައިވާ ކަންކަމަށް އަބަދުވެސް ބާރުއަޅާކަން ހަނދާންކުރަން ޖެހެއެވެ:
މިޔަރަކީ ވަހުސީ ޖަނަވާރުންނެވެ.
މަޑުމައިތިރި ބާވަތްތައްވެސް ހީނުކުރާ ފަދަ ގޮތަކަށް ދަތްއަޅާފާނެއެވެ.
ކުޑަކުދިންނަށް މީގެ ނުރައްކާ ވަރަށް ބޮޑެވެ.
މިޔަރާ މާ ކައިރިވުމަކީ ނުރައްކަލާ ކުރިމަތި ވެދާނެ ކަމެކެވެ.
މިޔަރަށް ކާންދިނުމާއި އަތްލުމަކީ ގިނަ މާހިރުން މަނާކުރާ ކަންކަމެވެ.
އިންސާނާގެ އެތެރޭގައި އެތައް ވައްތަރެއްގެ ބަނޑުހައިކަން އެކުލެވިގެން ވެއެވެ. ކާބޯތަކެތީގެ ބަނޑުހައިކަން، އިޙުތިރާމުގެ ބަނޑުހައިކަން، ތަޢުރީފުގެ ބަނޑުހައިކަން، ލޯބީގެ ބަނޑުހައިކަން، ބާރުގެ ބަނޑުހައިކަމުގެ އިތުރުން، އަދި އެންމެ ނުރައްކާތެރި ބަނޑުހައިކަމަކީ އެހެން މީހުންނަށްވުރެ ގިނައިން ލިބުމަށް އެދުމުގެ ބަނޑުހައި ކަމެވެ.
ގިނަފަހަރަށް މައްސަލަ ދިމާވަނީ ބަނޑުހައިކަން ހައްދުން ނެއްޓިގެން ދިއުމުންނެވެ. އޭރުން އިންސާނާ، އޭނާގެ އަމިއްލަ އުފަލާމެދު އުފާވާ މިންވަރު ކުޑަވެ، އެހެން މީހުންގެ އުފަލާ މެދު ޙަސަދަވެރިވާ މިންވަރު ބޮޑުވެގެން ދެއެވެ. އަދި އެހެން މީހަކު ކާމިޔާބު މީހަކަށް ވެއްޖެނަމަ، އޭނާއަށް ލިބޭ މިންވަރު އުނިވެދާނެ ކަމުގެ އިޙުސާސް ކުރެވެން ފަށައެވެ. އަދި އެހެން މީހެއްގެ މޫނުމަތިން ހިނިތުންވުމުގެ އަސަރު ފާޅުވެއްޖެނަމަ، އޭނާގެ ހިތާމަތައް ބޮޑުވެދާނެ ކަމުގެ އިހުސާސް ކުރެވެން ފަށައެވެ.
އަދި، އެހިސާބުން ނުފެންނަ ހަނގުރާމައެއް ފެށެއެވެ. އެގޮތުން މަލާމާތުގެ ތީރުތަކާއި، ޣީބަބުނުމާއި، އެހެން މީހުންގެ ބުރަ މަސައްކަތް، އަގެއް ނެތް ނުވަތަ މުހިންމު ނޫންކަމަށް ހެދުމާއި، އެހެން މީހުންގެ ކާމިޔާބީއާ މެދު ހިތުގައި ހަސަދަވެރިކަމުގެ ރާޅުބާނިތައް، ހޮޅިލައި ނަގަން ފަށައެވެ. އެއީ "އެހެން މީހުންގެ އުފާވެރިކަން ޖަހައިގަނެ ދިރުވާލުމެވެ." ޙަޤީޤަތުގައި ތިބާއަށް އެއްވެސް އެއްޗެއް ދިރުވައެއް ނުލެވެއެވެ. އަދި އެކަމުގެ ސަބަބުން ތިބާގެ ބަނޑުހައި ކަމެއްވެސް ފިލައިގެނެއް ނުދާނެއެވެ. އެކަމަކު، ތިބާ އެހެން މީހެއްގެ ހަމަޖެހުން ފުނޑައިލަނީއެވެ. އަދި، ތިބާ އެހެން މީހެއްގެ އުފާވެރިކަމާއި، ހިނިތުންވުމަށް ޒަހަރުލަނީއެވެ.
ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ދުނިޔޭގައިވާ ކޮންމެ މީހެއްގެ ރިޒުޤު ވަނީ މާކުރިން ލިޔުއްވާފައެވެ. އެހެން މީހެއްގެ ނިވާލަ ފޭރިގަނެގެން، ތިބާގެ ބަނޑުހައިކަމެއް ފިލުވައެއް ނުލެވޭނެއެވެ. އަދި އެހެން މީހެއްގެ ކާމިޔާބީއާއި، އުފަލުގެ ސަބަބުން، ތިބާ ނާކާމިޔާބު މީހަކަށްވެސް ނުވާނެއެވެ. އެއީ، ޙަސަދަވެރިކަމުގެ އެންމެ ބޮޑު އޮޅުވައިލުމެވެ. ޙަސަދަވެރިކަން ތިބާއަށް ކަށަވަރު ކޮށްދެނީ، އެހެން މީހަކަށް އިތުރަށް ލިބިއްޖެނަމަ، ތިބާއަށް ލިބޭ މިންވަރު މަދުވެދާނެ ކަމެވެ. ތިބާ ޙަޤީޤަތުގައިވެސް ތި ދުވަނީ ތިބާގެ ބޭނުންތަކުގެ ފަހަތުން ހެއްޔެވެ؟ ނުވަތަ، ތިބާ ހަމައެކަނި ތި ދުވަނީ އެހެން މީހަކަށް ނިޢުމަތެއް ލިބިފައިވުމުން އޭގެ ފަހަތުން ހެއްޔެވެ؟
އެކަމަކު، الله ގެ ނިޒާމަކީ އެކަހަލަ ނިޒާމެއް ނޫނެވެ. އެ ނިޒާމުގައި މަކާނުގެ އުނިކަމެއް ނެތެވެ. ޒަމާނުގެ އުނިކަމެއް ނެތެވެ. ރިޒުޤުގެ އުނިކަމެއް ނެތެވެ. އެކަމަކު، މައްސަލައަކީ އަހުރެމެންގެ ހިތްތަކުގެ ހަނިކަމެވެ. އަހުރެމެންގެ ދަހިވެތިކަމެވެ. އަހުރެމެންގެ ޙަސަދަވެރިކަމެވެ. އަހުރެމެންގެ އަނާއެވެ.
އަހުރެމެން ކޮންމެ މީހެއްގެ ރޭހަކީ މުޅިން ތަފާތު ރޭހެކެވެ. ކޮންމެ މީހެއްގެ އިމްތިޙާނުތައްވެސް މުޅިން ތަފާތެވެ. ތިބާގެ ނަފުސު، ތިބާ އަޅާކިޔަން ޖެހޭނީ، ތިބާގެ އަމިއްލަ ދަތުރާއެވެ. އެހެން މީހެއްގެ ދުވެލީގެ ބާރުމިނަކާ ނޫނެވެ. މީހަކު ބަނޑުހައިހޫނުކަމުގެ އަޅަކަށް ވެއްޖެނަމަ، ދުވަހަކުވެސް އޭނާގެ ބަނޑުހައިކަމެއް ނުފިލާނެއެވެ. ދުވަހަކުވެސް އޭނާގެ ހިތެއް ހަމައެއް ނުޖެހޭނެއެވެ. މުޅި ދުނިޔޭގައި ލެއްވި ހުރިހާ އެއްޗެއް އޭނާއަށް ލިބުނު ކަމުގައިވިޔަސް، އޭނާގެ ހިތެއް ނުފުރޭނެއެވެ.
މީހެއްގެ އުފާވެރިކަން ފެނި، ތިބާގެ ހިތުގައި ޣީރަތްތެރިކަން އުފެދޭ ކޮންމެ ފަހަރަކު، ނިކަން މަޑުކޮށްލާފައި ވިސްނާ، ފިކުރުކޮށް ބަލާށެވެ. "އަހުރެން، އަހުރެންގެ އަމިއްލަ ބަނޑުހައިކަން ފިލުވަން އުޅެނީ ހެއްޔެވެ؟ ނުވަތަ އެހެން މީހެއްގެ އުފަލާއި، ހަމަޖެހުން ދިރުވައިލަން އުޅެނީ ހެއްޔެވެ؟"
~ހަސަން ލުތުފީ~
ހޮނިހިރު ދުވަހަކީ ބަންދު ދުވަހަކަށް ވާނަމަ، ހުކުރު ވިލޭރޭ (ހުކުރު ދުވަހުގެ ރޭގަނޑު) ވެގެންދާނީ މުޅި ހަފުތާގެވެސް އެންމެ އުފާވެރި، އެންމެ ފުރިހަމަ ވަގުތުކޮޅަށެވެ.
ބުރާސްފަތި ދުވަހު މަސައްކަތް ނިންމާލުމަށްފަހު، ކުރިއަށް އޮތީ މާދަމާއާއި އަނެއްދުވަހުގެ ފުރިހަމަ ދެ ބަންދު ދުވަސްކަން އެނގޭތީ، ހިތްހަމަޖެހުމާއެކު އަރާމުކޮށްލެވިދާނެއެވެ. ޒުވާނުންނަށް ލޯބިވެރިޔާއާއެކު ވަގުތު ހޭދަކޮށްލުމަށާއި، ރައްޓެހިންނާ ބައްދަލުކުރުމަށް ނުވަތަ އާއިލާއާއެކު ވަގުތު ހޭދަކުރުމަށް ފުރުސަތު ލިބެއެވެ. ފުރިހަމަ ހަފުތާ ބަންދެއް (ވީކެންޑެއް) ލިބުމަކީ، ބުރަ ހަފުތާއަކަށްފަހު ހަށިގަނޑާއި ސިކުނޑި ތާޒާކޮށްލުމަށާއި، ދިރިއުޅުމުގެ ހަމަޖެހުން އަލުން ހޯދުމަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ.
ނަމަވެސް، ހޮނިހިރު ދުވަހަކީ ބައި ދުވަހެއްގެ (ހާފް ޑޭއެއްގެ) ގޮތުގައި ވިޔަސް، މަސައްކަތްކުރާ ދުވަހެއްގެ ގޮތުގައި އޮންނަނަމަ ރޭވުންތައް ރޭވުމަށް ހުރަސްއެޅެއެވެ. ޖެހިގެން އަންނަ ހެނދުނު އަދިވެސް ވަޒީފާއަށް ދާންޖެހޭތީ، ހުކުރު ވިލޭރޭގެ ވަގުތު ވަރަށް ކުރުވެގެންދެއެވެ. އަދި ހޮނިހިރު ދުވަސް އިހުސާސްވަނީ ބައިބައިވެފައި އޮންނަ ދުވަހެއްގެ ގޮތުގައެވެ. އެއީ އަރާމުކޮށްލަން ބަލާއިރު މާ ކުރު ދުވަހެކެވެ. އަދި އުފެއްދުންތެރި މަސައްކަތެއް ކުރުމަށް ބަލާއިރު ސަމާލުކަންދޭން އުނދަގޫ ދުވަހެކެވެ. ނަތީޖާއެއްގެ ގޮތުން، ހަވީރުވާިއިރު މީހާ ހުންނަނީ ތާޒާވުމުގެ ބަދަލުގައި މާބޮޑަށް ވަރުބަލިވެފައެވެ.
އެހެންކަމުން، މުޖުތަމައުން ޒުވާނުންގެ ވަގުތުތައް ރާވާފައިވާ ގޮތާމެދު އަޅުގަނޑުމެން ފުންކޮށް ވިސްނައި، ހަރުދަނާ ބަދަލެއް ގެންނަން އެބަޖެހެއެވެ.
ގިނަ ބަޔަކު ކައިވެނިކުރުން ލަސްކުރާ ނުވަތަ ދަރިން ހޯދަން ޖެހިލުންވާ ހަމައެކަނި ސަބަބަކީ ބޮޑު ހޭދައެއް ހިނގުމެއް ނޫނެވެ. އޭގެ އިތުރުން، އަމިއްލަ ދިރިއުޅުން ފުރިހަމައަށް އުޅުމަށް ބޭނުންވާ ވަގުތު ނުލިބޭ ކަމުގެ އިހުސާސް ގިނަ ބަޔަކަށް ކުރެވެއެވެ.
ހަފުތާގެ މަސައްކަތު ދުވަސްތައް ދިގުވެފައި، ހަފުތާ ބަންދުގެ ވަގުތު ދެބައިކުޅަ އެއްބަޔަށް ކުރުވެގެންދާއިރު، ހަރުދަނާ ގުޅުމެއް ބިނާކުރުން މާ ބޮޑަށް އުނދަގޫވެއެވެ.
ލޯބިވެރިޔާއާއެކު ވަގުތު ހޭދަކުރުމަކީ ހަމައެކަނި މަސައްކަތް ނިންމާލާފައި ވަރުބަލިވެފައި ތިބޭ މަދު ގަޑިއިރުކޮޅެއްގެ ކަމެއް ނޫނެވެ. އަދި ކައިވެންޏަކީ ކުރު ވަގުތުކޮޅެއްގެ މައްޗަށް ބިނާކުރެވޭނެ އެއްޗެއްވެސް ނޫނެވެ. އެކަކު އަނެކަކު ދެނެގަތުމަށާއި، ކަންކަން ހިއްސާކުރުމަށާއި، އެކުގައި ހަނދާންތައް ބިނާކުރުމަށް ވަގުތު ބޭނުންވެއެވެ. އަވަސްއަރުވާލައިގެން އުޅޭ މަސައްކަތު ހަފުތާއަކަށްވުރެ، ފުރިހަމަ ހަފުތާ ބަންދެއްގެ ސަބަބުން ދެމީހުންގެ މެދުގައި އޮންނަ ގުޅުން މާ ބޮޑަށް ވަރުގަދަކޮށްދެއެވެ.
އެއް ދުވަސް ނުވަތަ ދެ ދުވަހުގެ ކުރު ދަތުރެއް ފަދަ އާދައިގެ ރޭވުމެއް ރާވާލަންވެސް އުނދަގޫވެއެވެ. ހޮނިހިރު ދުވަސް ބަންދުވާނަމަ، ޒުވާނުންނަށް ހުކުރު ދުވަހުގެ ރޭގަނޑު ކުރު ދަތުރެއް ފަށައި، މުޅި ހަފުތާގެ ބުރަކަމުން ދުރުވެލުމުގެ ފުރުސަތު ލިބެއެވެ. ނަމަވެސް، ހޮނިހިރު ދުވަހުގެ ހެނދުނަކީ އޮފީހަށް ދާންޖެހޭ ވަގުތަކަށް ވާނަމަ، އެއްވެސް ކަމެއް ފުރިހަމައެއް ނުކުރެވެއެވެ.
ވިޔަފާރީގެ ނަޒަރަކުން ބަލާއިރު، ހޮނިހިރު ދުވަހުގެ ބައިދުވަހުން (ހާފް ޑޭއިން) މާ ބޮޑު ފައިދާއެއް ނުލިބެއެވެ. މުވައްޒަފުން އޮފީހަށް އަންނަނީ ހަމައެކަނި ހާޒިރުވާން ވެގެންނެވެ. އުފެއްދުންތެރިކަން ހުންނަނީ ދަށްކޮށެވެ. ވަގުތު ކުރުވެފައި، ސަމާލުކަން ކުޑަވުމުގެ ސަބަބުން، ގިނަ ފަހަރަށް ކުރެވެނީ ނަމެއްގެ މަސައްކަތެކެވެ.
މުވައްޒަފުންނަށް ފުރިހަމަ ދެ ދުވަހުގެ ބަންދެއް ލިބިއްޖެނަމަ، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އެމީހުންނަށް އަރާމުލިބި، ހަކަތަ ހޯދައިގަނެވޭނެއެވެ. އެމީހުން އާދިއްތަ ދުވަހު މަސައްކަތަށް އެނބުރި އަންނައިރު، ހަކަތައާއި ސަމާލުކަން އިތުރުވެގެންދާނެއެވެ. ދިގު މުއްދަތަކަށް ބަލާއިރު، މި އުސޫލުގެ ސަބަބުން މާ ވަރުގަދަ އަދި ދެމެހެއްޓެނިވި އުފެއްދުންތެރިކަމަކަށް މަގުފަހިވެއެވެ.
އެއަށްވުރެ މާ މުހިންމު ކަމަކީ، މިއީ އިޖުތިމާއީ މައްސަލައަކަށް ވުމެވެ. ކައިވެނިކުރުމާއި ދަރިން ހޯދުމަށް ހިތްވަރުދިނުމުގެ ވާހަކަދައްކާއިރު، ހަމައެކަނި ސިއާރުތަކަކާއި މާލީ އެހީތެރިކަމެއް ފުދުމެއް ނެތެވެ.
ޒުވާނުންނަށް ބޭނުންވަނީ ގުޅުންތައް ބިނާކުރުމަށާއި، އާއިލާއަށް އަޅާލުމަށާއި، އަދި ދިރިއުޅުމަކީ ހަމައެކަނި މަސައްކަތް ކުރުން ނޫންކަން އިހުސާސްކޮށްދޭނެ ފަދަ ދިރިއުޅުމުގެ މާހައުލެކެވެ. ސަރުކާރާއި އެހެނިހެން ވަޒީފާދޭ ފަރާތްތަކުން އެފަދަ ބިނާކުރަނިވި ޖީލަކަށް މަގު ހިފައިފިނަމަ ވަޒީފާއާއި މަސައްކަތުގެ މާހައުލުގައި މިހާރަށްވުރެ ފުރިހަމަ ނަތީޖާއެއް  ނެރެވިދާނެއެވެ.
މި މޭމަހު 14 ވަނަ ދުވަހު، އެމެރިކާގެ ވިޔަފާރިވެރިން ކަމަށްވާ ޓެސްލާ/އެކްސްގެ އިލޮން މަސްކް އާއި އެޕަލް ކުންފުނީގެ ވެރިޔާ ޓިމް ކުކް ހިމެނޭ ގޮތަށް، ޓްރަންޕާއި ޗައިނާގެ ރައިސް ޝީ، ދެގައުމުގެ އިސްވެރިންނާއި ވިޔަފާރިވެރިން ބައިވެރިވެވަޑައިގެންނެވި ބެއިޖިންގްގެ ކުލަގަދަ ޖާފަތެއްގައި ވާހަކަދައްކަވަމުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގް އާއެކު ބޭއްވުނު މަސްވަރާތަކަކީ "އުއްމީދީ" (extremely positive) ވާހަކަތަކެއް ކަމަށް ވިދާޅުވެ ތައުރީފުކުރައްވާފައެވެ.
ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ މި ސަމިޓުގެ ފުރަތަމަ ފުރިހަމަ ދުވަސް ދެ ވެރިން ނިންމަވާލެއްވީ، ޗައިނާގެ ވެރިރަށް ބެއިޖިންގްގެ ޓިއަނަންމެން ކިޔާ މައިދާނާ އިންވެގެން ހުންނަ މަސްހޫރު މާލަމެއް ކަމުގައިވާ "ގްރޭޓް ހޯލް އޮފް ދަ ޕީޕަލް" ގައި ރަތްދޫލަ ފަތުރާފައިވާ ޖާފަތުންނެވެ.
މީގެ އިތުރުން، އަންނަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ވައިޓް ހައުސްއަށް ޒިޔާރަތްކުރެއްވުމަށް ރައީސް ޝީ އަށާއި އެމަނިކުފާނުގެ އަނބިކަނބަލުން ޕެންގް ލީޔުއާންއަށް ދައުވަތު އަރުވާފައިވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
ދެ ވެރިން ވަޑައިގަތުމުގެ ކުރިން ދެއްކި ލައިވް މަންޒަރުތަކުން ފެނުނީ ނުހަނު އުފާވެރި މާހައުލެކެވެ. ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ އިސް ބައެއް ބޭފުޅުން ޓްރަމްޕްގެ ސަރުކާރުގެ މެންބަރުންނާ ހިނިތުންވުމާއެކު ވާހަކަދައްކަވަން ތިއްބެވި މަންޒަރު ފެނުނެވެ. އަދި ސަގާފީ ރަތް ހެދުމުގައި ތިބި ސާވަރުން (ސުފުރާހާދިމުން) ކުލަކުލައިގެން ޒީނަތްތެރިކޮށްފައިވާ މޭޒުތަކުގެ މެދުގައި ހަލަބޮލިކޮށް އުޅުނުއިރު، ބައިވެރިންނަށް، ބެއިޖިންގް ރޯސްކުރި އަސްދޫނި، ޕޯކް ބަންސް (އޫރުމަސް އެޅި ބަނަސް) އަދި ތިރާމިސޫ ފަދަ ކާތަކެތިން މަރުހަބާ ކިޔާފައިވެއެވެ.
މި އުފާވެރި މާހައުލު ފެނުނު ނަމަވެސް، ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސޯދުގެ މެދުގައި އޮތް ބޮޑެތި ދެބަސްވުންތައް އަދިވެސް އެބަހުއްޓެވެ.
ވޮޝިންގްޓަނާއި ބެއިޖިންގްއާ ދެމެދު ވިޔަފާރިއާއި، ޓެކްނޮލޮޖީ އަދި ތައިވާނުގެ މައްސަލައިގައި ޒަމާނުއްސުރެ ބޮޑެތި ދެބަސްވުންތަކެއް ހިނގަމުންދެއެވެ.
ހާއްސަކޮށް، ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން އީރާނާއެކު ހަނގުރާމަ ފެށިފަހުން މި ގުޅުން އިތުރަށް ވަނީ ގޯސްވެފައެވެ. ސަބަބަކީ އީރާނަކީ އޭގެ ތެލުގެ ވިޔަފާރީގައި އެންމެ ބޮޑަށް ޗައިނާއަށް ބަރޯސާވާ ގައުމަށް ވާތީއެވެ.
ޖާފަތުގައި ވާހަކަދައްކަވަމުން ރައީސް ޝީ ވިދާޅުވީ، ޗައިނާގެ ކުރިއެރުމަކީ ޓްރަމްޕްގެ ސިޔާސީ ޝިއާރު ކަމަށްވާ "މޭކް އެމެރިކާ ގްރޭޓް އެގެއިން" (ގަދަ ގައުމަކަށް އެމެރިކާ އަނެއްކާވެސް ހެދުން) އާއެކު އަތާއަތްގުޅާލައިގެން ކުރިއަށްދެވިދާނެ ކަމެއް ކަމަށެވެ. އެހެންނަމަވެސް، ތައިވާނުގެ މައްސަލައިގައި އެމެރިކާއިން ނިންމާ ނުބައި ނިންމުންތަކެއްގެ ސަބަބުން ދެގައުމުގެ މެދުގައި ބޮޑު "ކުރިމަތިލުމަކަށް" ހިނގައިދާނެ ކަމުގެ އިންޒާރު ޝީ ވަނީ މާކުރިން ޓްރަމްޕަށް ދެއްވާފައެވެ.
ބުދަ ދުވަހުގެ ހަވީރު ބެއިޖިންގްއަށް ވަޑައިގެންނެވި ފަހުން ޓްރަމްޕް ތައިވާނުގެ މައްސަލައާ ބެހޭގޮތުން އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ. އަދި ޝީ އާއެކު ބޭއްވި މަސްވަރާތަކަށްފަހު ނޫސްވެރިން، އެ މައްސަލައިގައި ކުރި ގިނަ ސުވާލުތަކަށް އޭނާ ވަނީ ޖަވާބުނުދެއްވައި ދޫކޮށްލައްވާފައެވެ.
ޗައިނާގެ އެއްބާރުލުން ހޯދުމަށް ޑޮނަލްޑް ޓްރަމްޕް ކުރި އެޒިޔާރަތުން، އަމަލީ ގޮތުން ނެރެވުނު ނަތީޖާއަށްވުރެ ބޮޑަށް ފެނިގެންދިޔައީ ރަމްޒީ ސިފަތަކެކެވެ. އޭނާ އާއި ޝީ ޖިންޕިންގްއާ ދެމެދު ވިޔަފާރީގެ ނުތަނަވަސްކަމާއި، ބައިނަލްއަގްވާމީ ކުރިމަތިލުންތަކުގެ އިތުރުން އިސްރާއީލު ހަނގުރާމައާ ބެހޭގޮތުން މަސްވަރާ ކުރެއްވި ނަމަވެސް، އެއްވެސް އާރުލާ އެއްބަސްވުމެއް ނުވަތަ ކުރިއެރުމެއް ލިބުނު ސިޔާސަތެއް އިއުލާނެއް ނުކުރެއެވެ. އަދި ދެ ފަރާތުންވެސް ބޮޑަށް ތަކުރާރުކުރީ ކުރިންވެސް އެ ގައުމުތަކުން ގެންގުޅެމުންދިޔަ ސިޔާސީ ވިސްނުންތަކެވެ.
ރަހުމުކުޑަ ކުރުސޭޑަރުން ބަލިކޮށް، އެމީހުންނާއި ދޭތެރޭ ސަލާހުއްދީނުލް އައްޔޫބީ،  ކަންކުރެއްވި ގޮތާއި، ދެއްކެވި މާތް އަހްލާގާއި އޯގާތެރިކަމުގެ ވާހަކައިގެ އެތައް އަހަރެއް ކުރިން، އެހެން އިސްލާމީ ވެރިއަކު ވަނީ، މުސްލިމު ވެރިއަކު ރަހުމާއި ކެތްތެރިކަމާއެކު އަމަލުކުރާނެ ގޮތް މުޅި ދުނިޔެއަށް ދައްކަވައިދެއްވާފައެވެ.
އިސްލާމްދީން ފެތުރިގެން އައިތާ މާގިނަ ދުވަސްތަކެއް ނުވަނީސް، އުމައްޔަދު ހިލާފަތުގެ ފަރާތުން ރޫމީންނަށް ވަރުގަދަ އާ ގޮންޖެހުމަކާ ކުރިމަތި ކުރުވިއެވެ. އުމައްޔަދު ދައުލަތުން ރޫމީން (ރޫމީ އެމްޕަޔަރ) ފަތަހަކުރުމަށްޓަކައި ދެ ފަހަރެއްގެ މަތިން ސީރިއަސް މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން މީލާދީން 674 އިން 678 އަށް އަދި 717 ވަނަ އަހަރު ކޮންސްޓަންޓިނޯޕަލް ވަށާލައި ހިސާރުކުރިއެވެ.
މީލާދީން 750 ގައި އައްބާސީން ނިކުމެ އުމައްޔަދު ހިލާފަތް ވައްޓާލުމަކީ ބައިޒަންޓައިން ލިބުނު ނަސީބަކަށް ވިއެވެ. އައްބާސީންނަށް ލިބެން އޮތް ނަސްރާއި ފަތަހަ ކުރެވެންހުރި ބޮޑަތި ތަންތަން ހުރިނަމަވެސް، އެ ވިސްނުމާއި ރޭވުންތައް ދޫކޮށްލައި އޭގެ ބަދަލުގައި އެމީހުން އިހްތިޔާރުކުރީ، ބައެއް ފަހަރު ބައިޒަންޓައިން އެނަޓޯލިއާގެ މެދާ ހަމައަށް ފޯރާ ގޮތަށް ގަވާއިދުން ކުރިއަށްގެންދިޔަ އަސްކަރީ ހަރަކާތްތަކެކެވެ. މި އަސްކަރީ ކުރިމަތިލުންތައް އޭގެ އެންމެ ކުރިއަށް ޖެހިލީ، ހަލީފާ މުޢުތަޞިމް (833-842) ގެ ދުވަސްވަރު، މީލާދީން 838 ގައި އެނަޓޯލިއާގެ މެދުތެރޭގެ ހުޅަނގުގައި އޮތް އަމޯރިއަމް ސިޓީ ހަލާކުކޮލި ހާދިސާއާއި ހިސާބުންނެވެ.
އެހެންނަމަވެސް، އަށްވަނަ ގަރުނު ނިމުނުއިރު ބައިޒަންޓައިންގެ ހާލަތު ރަނގަޅުވާން ފެށިއެވެ. އެއާހިލާފަށް އައްބާސީންގެ އިގްތިސޯދު ދަށަށްގޮސް، ދީނީ އަދި ސިޔާސީ ބައިބައިވުންތަކުގެ ސަބަބުން ސަރުކާރުގެ ބާރުތައް ބަލިކަށިވިއެވެ. މިއީ ފަލްސަފާވެރިންނާއި، މުޢުތަޒިލާއިން އަދި ބާޠިނީން ފަދަ މަގުފުރެދުންތައް އޭގެ އެންމެ މަތީ ދަރަޖައަށް ދިޔަ ދުވަސްވަރެވެ.
ބައިޒަންޓައިންގެ މީހުން އައްބާސީންގެ މި ބައިބައިވުމުގެ ފައިދާ ނަގައި، އިސްވެ ހަމަލާދޭން ފެށިއެވެ. އަދި ދެ ގަރުނުގެ ތެރޭގައި އެމީހުންނަށް ބީވެފައި އޮތް އިލިރިކަމް، ގްރީސް، ބަލްގޭރިއާ، އުތުރު ސީރިއާ، ސިލީސިއާ އަދި އަރްމީނިއާގެ ސަރަހައްދުތައް އަނބުރާ ހޯދިއެވެ.
ބައިޒަންޓައިންގެ މީހުން އެމީހުންގެ މި ދިރުމާއި ކުރިއެރުން ފާހަގަކުރަމުން ދިޔަ ދުވަސްވަރު، ބައިނަލްއަގްވާމީ މަސްރަހަށް އާ ބާރެއް ތައާރަފްވިއެވެ. އެއީ ދިހަވަނަ ގަރުނުގެ ފަހުކޮޅު އިސްލާމްދީން ގަބޫލުކުރި، އޮގުޒް ތުރުކީންގެ (Oghuz Turks) އާއިލާއެއް ކަމަށްވާ ސެލްޖުކް ތުރުކީންނެވެ (Seljuk Turks).
<colgroup><col style="width: 49.8413%;"><col style="width: 49.8413%;"></colgroup>
ސެލްޖުކް ތުރުކީން
އޭރު އައްބާސީ ހިލާފަތް އޮތީ ވަރަށް ބޮޑަށް ބައިބައިވެ، ހަލާކުވެފައެވެ. މެދުތެރޭ އޭސިއާގެ މަގުފަތި (ބަދަވީ) ގަބީލާތަކުގެ ހިޖުރަކުރުންތައް ހުއްޓުވޭނެ ފަދަ އެއްވެސް ނުފޫޒުގަދަ ބާރެއް އޭރަކު ނެތެވެ. މީލާދީން 1040 ގައި، ސެލްޖުކުންގެ އެންމެ ފުރަތަމަ ބޮޑު ވެރިޔާ ކަމަށްވާ ޠުޣްރިލް ބެގް (Tughril Beg) ގެ އިރުސާދުގެ ދަށުން، ސެލްޖުކް އަސްވާރުންގެ ފުރަތަމަ ފައުޖު އައްބާސީ ހިލާފަތުގެ އިރުމަތީ ބޯޑަރު ހުރަސްކުރިއެވެ. އަދި އައްބާސީންގެ ފަރާތުން މާ ބޮޑު ދެކޮޅުވެރިކަމަކާ ކުރިމަތިނުވެ، އީރާނާއި އިރާގުގެ ސަރަހައްދުތައް ފަތަހަކުރަމުން ކުރިއަށްދިޔައެވެ.
އެމީހުން މާގިނަ ދުވަސްތަކެއް ނުވެ އަރްމީނިއާ ހުރަސްކޮށް، އެނަޓޯލިއާގެ އެތެރެވަރިއަށް ދަތުރުކުރިއެވެ. އަދި 1054 ވަނަ އަހަރު ކަޅުކަނޑުގެ އައްސޭރީގައި އޮންނަ ބައިޒަންޓައިންގެ ބަނދަރު ރަށެއް ކަމަށްވާ ޓްރެބިޒޮންޑާއި ހަމައަށް ފޯރިއެވެ. ޖެހިގެން އައި އަހަރު، އައްބާސީންނަށް މި ހަގީގަތް ގަބޫލުކުރަން މަޖުބޫރުވެ، ސެލްޖުކްގެ ޠުޣްރިލް ބެގަށް ސިޔާސީ އަދި އަސްކަރީ ހުރިހާ ބާރެއް ދީ، އޭނާގެ ކުރިމަތީގައި ބޯލެނބިއެވެ.
ޠުޣްރިލް ބެގަށް (1056-1067) "ސުލްޠާން" ގެ ލަގަބު އެރުވުނެވެ. އަދި އޭނާގެ ވެރިކަންކުރާ ރަށެއްގެ ގޮތުގައި ބަގުދާދު ހަމަޖެއްސެވިއެވެ. މިއާއެކު، ކުއްލިއަކަށް ސެލްޖުކުން މަގުފަތި (nomadic) ހަނގުރާމަވެރިންގެ ދަރަޖައިން، ބޮޑު އަދި ކުރިއަރާފައިވާ ވަރުގަދަ އެމްޕަޔަރެއްގެ ވެރިންނަށް ބަދަލުވެގެންދިޔައެވެ.
ސެލްޖުކުންގެ މި ކުރިއެރުމުގެ ސަބަބުން ބައިޒަންޓައިންގެ މީހުންގެ މެދުގައި ބައިބައިވުން އުފެދުނެވެ. 1064 ވަނަ އަހަރު ސެލްޖުކުން "އާނީ" (Ani) ސިޓީ ހިފައި، އެތަން ސުންނާފަތިކޮށްލިއެވެ. އާނީ ސިޓީއަކީ ބައިޒަންޓައިންގެ އިރުމަތީ ދިފާއީ އެންމެ މުހިންމު އެއް ބާރެވެ. 1067 ގައި ކޮންސްޓަންޓިން (10 ވަނަ) އަވަހާރަވުމުން، ވެރިކަން ހިންގުން އޭނާގެ އަނބިކަނބަލުން އީވްޑޮކިއާ (Eudocia) ގެ އަތްމައްޗަށް ދިޔައެވެ. އެއަށްފަހު އޭނާ ރޮމާނަސް (Romanus) އާ ކައިވެނިބެއްލެވިއެވެ. އަދި ރޮމާނަސް ބައިޒަންޓައިން ރޫމްގެ ރަސްގެފާނަށް ވެވަޑައިގަތެވެ.
އަލްޕް އަރްސްލާން އަދި މަންޒިކަރްތު ހަނގުރާމައާ ހަމައަށް ކަންތައްތައް ހިނގާދިޔަ ގޮތް
މީލާދީން 1063 (ހިޖުރައިން 454) ވަނަ އަހަރު، ޠުޣްރިލްގެ ކޮއްކޯފުޅުގެ ދަރިކަލުން އަލްޕް އަރްސްލާން، ފާރިސްކަރަ (Persia) އާއި އިރާގުގެ ސުލްތޯނު ކަމަށް އިސްވެވަޑައިގަތެވެ. އޭނާގެ އަސްލު ނަމަކީ މުޙައްމަދު އިބްނު ދާއޫދެވެ. ނަމަވެސް މަސްހޫރުވެގެން ދިޔައީ "ހިތްވަރުގަދަ ސިންގާ" ނުވަތަ "ޖެހިލުންކުޑަ ސިންގާ" ގެ މާނަދޭ "އަލްޕް އަރްސްލާން" ގެ ނަމުންނެވެ.
އޭނާގެ ބޮޑުވަޒީރު ނިޡާމުލް މުލްކް (އަބޫ ޢަލީ ޙަސަން އިބްނު ޢަލީ ޠޫސީ) އަކީ ހަމައެއާއެކު ބޮޑު ޢިލްމުވެރިއެކެވެ. އޭނާ މަސްހޫރުވެގެން ދިޔައީ ތާރީހު ދުށް އެންމެ މަތިވެރި ބޮޑުވަޒީރުންގެ ތެރޭގައެވެ. އަދި ފަހުން އޭނާ ވަނީ ނުހަނު ގަދަރުވެރި "ނިޡާމިއްޔާ މަދުރަސާ" ބިނާކުރައްވާފައެވެ. އިމާމް ޣަޒާލީއަކީ އެ މަދުރަސާގެ ރައީސްކަން (Rector) ކުރެއްވި ބޭފުޅެކެވެ.
ސުލްތޯން އަލްޕް އަރްސްލާނަކީ އޭނާގެ ދުސްމަނުންނާ މެދުގައިވެސް އޯގާތެރި އަދި ދީލަތި ވެރިއެކެވެ. މިއީ އޭނާގެ ވެރިކަމުގެ އެންމެ ފާހަގަކޮށްލެވޭ ރީތި ސިފައެވެ.
މީލާދީން 1066 (ހިޖުރައިން 459) ވަނަ އަހަރު، ކިރްމާން ސަރަހައްދުގެ ވެރިޔާ ޤަރާ އަރްސްލާން، ސުލްތޯން އަލްޕް އަރްސްލާނާ ދެކޮޅަށް ބަގާވާތްކުރިއެވެ. އަލްޕް އަރްސްލާން ކިރްމާނާ ދިމާލަށް ލަސްކަރާއިގެން ވަޑައިގެން، ޤަރާ އަރްސްލާންގެ ފައުޖެއް ބަލިކުރެއްވުމުން، ޤަރާ އަލްޕްގެ އަރިހުން މާފަށް އެދުނެވެ. ސުލްތޯން އޭނާއާ ބައްދަލުކުރެއްވީ ނުހަނު އޯގާތެރިކަމާއެކުގައެވެ. އަދި އޭނާގެ މަގާމަށް އެއްވެސް ބަދަލެއް ނުގެންނަވައި، އޭނާގެ ރަސްކަން އަނބުރާ ދެއްވިއެވެ.
މީލާދީން 1069 (ހިޖުރައިން 462) ގައި، މައްކާގެ ވެރިޔާ މުޙައްމަދު އިބްނު އަބޫ ހާޝިމްގެ މަންދޫބަކު ސުލްތޯން އަލްޕް އަރްސްލާންގެ އަރިހަށް ޒިޔާރަތްކުރިއެވެ. އެއީ މައްކާގެ ހުތުބާގައި، މިޞްރުގެ ފާޠިމީ ހަލީފާގެ ނަން ކަނޑާލައި، އައްބާސީ ހަލީފާ އަލްޤާއިމް ބިއަމްރިއްލާ އާއި ސުލްތޯން އަލްޕް އަރްސްލާންގެ ނަންފުޅު ހިމަނައިފިކަމުގެ ހަބަރު ދިނުމަށެވެ. އަދި ބަންގީގައި ކިޔަމުން އައި ފާޠިމީންގެ ސިއާރު ކަމަށްވާ "ޙައްޔަ ޢަލާ ޚައިރިލް ޢަމަލް" (ހެޔޮ ޢަމަލުތަކުގެ ތެރެއިން އެންމެ ހެޔޮ ޢަމަލަށް އަވަސްވެގަންނާށެވެ) ކިޔުން ހުއްޓާލައިފިކަންވެސް އެންގިއެވެ. ސުލްތޯން އޭނާއަށް 30000 ދީނާރާއި، ސަރަފުގެ ފޭރާމުގެ އިތުރުން އަހަރީ އިނާޔަތެއް ހަމަޖައްސަވައިދެއްވިއެވެ.
ސުލްތޯން އަލްޕް އަރްސްލާން ދެެކެވަޑައިގަތީ މިސްރުގެ ފާޠިމީ ހިލާފަތަކީ އޭނާގެ އެންމެ ބޮޑު ދުސްމަނު ކަމުގައެވެ. އަވަށްޓެރި ބައިޒަންޓައިން މީހުންނާއެކު ބޭކާރު ހަނގުރާމައަކަށް ދާކަށް އޭނާ ބޭނުންފުޅެއް ނުވިއެވެ. އެހެންކަމުން، ހަމަ އެ އަހަރު (1069 ގައި) ބައިޒަންޓައިންގެ ސަރަހައްދުތަކަށް ސެލްޖުކް ހަނގުރާމަވެރިން ހަމަލާދިނުން ހުއްޓުވުމަށް އެއްބަސްވެ، ސުލްހައިގެ މުއާހަދާއެއްގައި ސޮއިކުރެއްވިއެވެ.
މީލާދީން 1071 (ހިޖުރައިން 463) ގައި، ސުލްތޯން އަލްޕް އަރްސްލާން ސީރިއާގެ އެޑެއްސާ (Edessa) އަށް ވަޑައިގަތެވެ. އެތަނުގެ ހުތުބާ އައްބާސީ ހަލީފާގެ ނަމުގައި ދެވުނު ނަމަވެސް، ބަންގީގައި އަދިވެސް ކިޔަނީ ފާޠިމީންގެ ގޮތަށް ކަމުގެ ހަބަރު ސުލްތޯނަށް ލިބިވަޑައިގަތުމުން، އޭނާ އެ ސިޓީއާ ދިމާލަށް ލަސްކަރު ހިންގަވާލެއްވިއެވެ. އެތަނުގެ ވެރިޔާ މަޙްމޫދު އިބްނު ޞާލިޙް، އޭނާގެ މަންމަ ގޮވައިގެން ސުލްތޯންގެ އަރިހަށް ގޮސް މާފަށް އެދުނެވެ. ސުލްތޯން އަލްޕް އަރްސްލާން އެ ދެމައިންނަށްވެސް މަރުހަބާ ދެންނެވީ ވަރަށް އޯގާތެރިކަމާއެކުގައެވެ. އަދި މަޙްމޫދަށް ސަރަފުގެ ފޭރާން ދެއްވައި، އޭނާގެ ރަށް އަނބުރާ އޭނާއަށް ދެއްވިއެވެ.
މި ދަނޑިވަޅުގައި، ބައިޒަންޓައިންގެ ރަސްގެފާނު ރޮމާނަސްއަށް ބޮޑު ކާމިޔާބީއެއް ހޯދުން މަޖުބޫރުވިއެވެ. އެއީ ހަމައެކަނި އަރްމީނިއާ ދިފާއުކުރުމަކަށް ނޫނެވެ، އޭނާގެ ތަހުތު ސަލާމަތްކުރުމަށްޓަކައިވެސް މެއެވެ. އެހެންކަމުން، 1071 ގެ ހޫނު މޫސުމުގައި، އޭނާ ހުރިހާ ބާރެއްލާފައި އިރުމަތީ ބޯޑަރަށް ބޮޑު އަސްކަރީ ކެމްޕޭނެއް ފެށިއެވެ. ބޭނުމަކީ ސެލްޖުކުން ބައިޒަންޓައިން ލަސްކަރާ ކުރިމަތިލާން މަޖުބޫރުކުރުވުމެވެ.
1071 ވަނަ އަހަރުގެ ފެބްރުއަރީ މަހު، އޭނާ 1069 ގެ ސުލްހައިގެ މުއާހަދާ އާކުރުމަށްޓަކައި އަލްޕް އަރްސްލާންގެ އަރިހަށް ސަފީރުން ފޮނުވިއެވެ. ރޮމާނަސްގެ ސަފީރުން ސުލްތޯނާއި ބައްދަލުކުރީ، އޭނާ އެޑެއްސާ ސިޓީ ވަށާލައިގެން ހުންނެވި ދަނޑިވަޅެއްގައެވެ. ބައިޒަންޓައިންގެ ފަރާތުން އަތުވެދާނެ ހަމަލާއަކުން އޭނާގެ އުތުރު ބޯޑަރު ރައްކާތެރިކުރަން ބޭނުންވެފައި ހުރުމުން، އަލްޕް އަރްސްލާން އެ ސަރުތުތަކަށް ވަރަށް އުފަލާއެކު އެއްބަސްވެ، އެޑެއްސާ ހިސޯރުކުރުން ދޫކޮށްލެއްވިއެވެ. އަދި ވަގުތުން އޭނާގެ ލަސްކަރާއިގެން ދެކުނަށް، ފާޠިމީ ސީރިއާގެ ދަށުގައި އޮތް ޙަލަބު (Aleppo) އަށް ހަމަލާދޭން ވަޑައިގަތެވެ.
ޙަލަބު ފަތަހަކުރެވި، އެތަނުގެ ހުތުބާތަކުގައި ހަލީފާ އަލްޤާއިމް ބިއަމްރިއްލާ އާއި ސުލްތޯން އަލްޕް އަރްސްލާންގެ ނަންފުޅު ކިޔަން ފެށުނެވެ. ތާރީހު ލިޔެވިފައިވާ ގޮތުން، އެ ސިޓީގެ އާންމު ރައްޔިތުން މިސްކިތުގައި ހުރި ދޫލަތައް ނަގައިގެން ދަމުން ބުންޏެވެ:
"މިއީ ޢަލީގެފާނުގެ (ޢަލީ އިބްނު އަބީ ޠާލިބްގެ) ދޫލަތަކެވެ. އަބޫބަކުރުގެފާނުގެ ފަހަތުން ހިނގާ މީހުން ނަމާދުކުރަން ދޫލަ ގެންނަން ބުނާށެވެ."
ރޮމާނަސް ސުލްހައިގެ މުއާހަދާ އާކުރަން ހުށަހެޅި ހުށަހެޅުމަކީ އޭނާގެ ރޭވުމުގެ ބޮޑު ބައެކެވެ. އޭގެ ބޭނުމަކީ ސެލްޖުކުންނަށް ރައްދު ހަމަލާއެއް ދޭނެ ވަގުތު ލިބުމުގެ ކުރިން، ސުލްތޯންގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލައި، އޭނާގެ އަމިއްލަ ލަސްކަރާއިގެން އަރްމީނިއާއަށް ވަދެ، ގެއްލިފައިވާ ކިއްލާތައް އަނބުރާ ހޯދުމެވެ.
ހަނގުރާމައަށް ތައްޔާރުވަމުން، ހަމަ އެވަގުތު ސުލްހައިގެ މުއާހަދާ އާކުރަން ރޮމާނަސް ހުށަހެޅި ހުށަހެޅުމަކީ ކެހިވެރިކަމެކެވެ. ނަމަވެސް ހަނގުރާމައިގެ މައިދާނުގައި ކެހިދިނުމާއި މަކަރު ހެދުމަކީ ބައިޒަންޓައިން މީހުން ވަރަށް މަތީ ދަރަޖައަކަށް ބަލައިގަންނަ ހުނަރެކެވެ. ބައިޒަންޓައިންގެ ހަނގުރާމަވެރި އުކުޅުތައް ބުނެދޭ ފޮތްތަކުގައި، ހަނގުރާމައަކުން ރައްކާތެރިވުމަށް ނުވަތަ ފައިދާއެއް ހޯދުމަށްޓަކައި، މަކަރުވެރި ރޭވުންތަކާއި، ކެހިވެރިކަމާއި، ސިޔާސީ ވާހަކަތައް ދެއްކުން ގަވާއިދުން ލަފާދީފައިވެއެވެ.
މަންޒިކަރްތު ހަނގުރާމަ
ރޮމާނަސް ހަނގުރާމައަށް ނިކުތީ 200000 މީހުންގެ ބޮޑު ލަސްކަރަކާއެކުގައެވެ. އޭގެ ތެރޭގައި ގްރީކުންނާއި، ފްރޭންކުންނާއި، ރަސިޔާ މީހުންނާއި، ޖޯޖިޔާ މީހުންނާއި، އަރްމީނިއާ މީހުންގެ އިތުރުން އެތައް ބަޔަކު ހިމެނެއެވެ. އެޑެއްސާގެ މެތިއު (Matthew of Edessa) ފަދަ ގިނަ ތާރީހުއިލްމުވެރިން ދައުވާކުރާ ގޮތުގައި ބައިޒަންޓައިން ލަސްކަރުގެ އަދަދު އެއް މިލިއަނަށްވުރެ ގިނައެވެ.
ގިބަންސް ބުނާގޮތުން މިއީ އިރުމަތީ ނުވަތަ ހުޅަނގުގެ ވިޔަސް، ރޫމީ އެމްޕަޔަރ އިން މިހާތަނަށް މައިދާނަށް ނެރުނު އެންމެ ބޮޑު ލަސްކަރެވެ. އެމީހުން އައީ އިސްލާމީ ބިންތަކަށް ހަމަލާދިނުމަށްޓަކައި، ނުހަނު ގިނަ ކަނޑިބަޑިއާއި ހަތިޔާރާއެކު ބޮޑު ކިބުރުވެރިކަމެއްގައެވެ. އެމީހުން އައިސް ފޭލިގެޖެހީ މަންޒިކަރްތު ގައެވެ.
މި ހަބަރު ސުލްތޯން އަލްޕް އަރްސްލާނަށް ލިބިވަޑައިގަތީ، އޭނާ އަޒަރުބައިޖާންގެ ސިޓީއެއް ވަށާލައިގެން (ހިސާރުކޮށްގެން) ހުންނަވަނިކޮށެވެ. ދުސްމަނުން އެހާ ކައިރީގައި ތިއްބާ، މާ ދުރުގައި ތިބި އޭނާގެ މައި ލަސްކަރު އެއްކުރާނެ ވަގުތެއް ނެތްކަން ސުލްތޯނަށް އެނގިވަޑައިގަތެވެ. އެހެންކަމުން އޭނާގެ އަރިހުގައި އޭރު ތިބި 15000 އެއްހާ މީހުން ގޮވައިގެން ކުރިއަށް ވަޑައިގަތެވެ. ދުސްމަނުންނާ ކައިރިވިތަނާ، ބައިޒަންޓައިންގެ ކުރިއާލާ ފޮނުވާފައި އޮތް 10000 އެއްހާ މީހުންގެ ފައުޖަކާ ކުރިމަތިލާން ޖެހުނެވެ. ކުޑަކޮށް ހަނގުރާމަކޮށްލުމަށްފަހު، ބައިޒަންޓައިންގެ އެ ފައުޖު ބަލިވެގެން ފިލިއެވެ. ސުލްތޯން އަލްޕް އަރްސްލާން ދުސްމަނުންނާ އިތުރަށް ކައިރިވެވަޑައިގަތުމަށްފަހު، ރަސްގެފާނު ރޮމާނަސްގެ އަރިހަށް ސުލްހައިގެ މުއާހަދާއަކަށް އެދި މަންދޫބަކު ފޮނުއްވިއެވެ. ނަމަވެސް ރޮމާނަސް އެކަމަށް ސާފުކޮށް އިންކާރުކުރިއެވެ.
ބުނެވޭގޮތުގައި ހަނގުރާމަ ފެށުމުގެ ކުރިން، ރޮމާނަސް، ސުލްތޯން އަލްޕް އަރްސްލާންގެ އަރިހަށް އެންމެ ފަހުގެ އިންޒާރުގެ ގޮތުގައި މަންދޫބަކު ފޮނުވައި ބުންޏެވެ:
"މަަ މިއައީ ތިޔަބައިމީހުންނަށް ދެކޮޅު ނުހެދޭނެ ފަދަ ބޮޑު ލަސްކަރަކާއެކީގައެވެ. އެހެންކަމުން އަމިއްލައަށް އެދިގެން މަށަށް އަމާންދީ، ބޯލަނބާށެވެ."
މިކަމުގެ ސަބަބުން ސުލްތޯން އަލްޕް އަރްސްލާން ނުހަނު ކޯފާވިއެވެ. އަދި އިސްލާމްދީން ދިފާއުކުރުމުގެ ޣީރަތްތެރިކަމުން އޭނާގެ ހިތް ފުރިގެންގޮސް ޖަވާބުދެއްވިއެވެ:
"ތިޔަދެއްކެވި ވާހަކަ ތިބާގެ ވެރިޔާ ގާތު ބުނާށެވެ. މަ މިތަނަށް ނެރުނީ ތިބާއެއް ނޫނެވެ. ނަމަވެސް، ހުރިހާ ހަމްދެއް ހައްގުވެގެންވާ މާތްﷲ، ތިބާއާއި ތިބާގެ ލަސްކަރު މަގޭ ކުރިމައްޗަށް މިގެންނެވީ، ތިޔަބައިމީހުންނަކީ މުސްލިމުންގެ ކާނާއަކަށް ހެއްދެވުމަށެވެ."
އެއަށްފަހު، ލަސްކަރުގެ އިމާމް އަދި ބޮޑު އިލްމުވެރިޔާ އަބޫ ނަޞްރު މުޙައްމަދު އިބްނު ޢަބްދުލްމަލިކް، ސުލްތޯނަށް މިފަދައިން ލަފާ އެރުވިއެވެ:
"މަނިކުފާނު ތިޔަ ހަނގުރާމަކުރައްވަނީ، އެ ދީނަކަށް ނަސްރުދެއްވައި، އެހެން ހުރިހާ ދީންތަކެއްގެ މައްޗަށް ކުރިހޯއްދަވައި ދެއްވާނެކަމަށް މާތްﷲ ވައުދުވެވޮޑިގެންފައިވާ ދީނަކަށެވެ. އަޅުގަނޑު އުންމީދުކުރަނީ މާތްﷲ މިފަތަހަ މަނިކުފާނުގެ ނަންފުޅުގައި ލިޔުއްވާނެ ކަމަށެވެ.
ހުކުރު ދުވަހުގެ މެންދުރުފަހު، މިންބަރުތަކުގައި ކަޠީބުން ތިއްބަވާ ވަގުތު އެމީހުންނާ ކުރިމަތިލައްވާށެވެ. އެ ވަގުތަކީ ޖިހާދުގެ މައިދާނުގައި ތިއްބެވި މުޖާހިދުންނަށް ނަސްރުދެއްވުން އެދި އެބޭފުޅުން ދުއާކުރައްވާނެ ވަގުތެކެވެ. އަދި އެއީ ދުއާ އިޖާބަކުރެއްވުމާ ގާތް ވަގުތެކެވެ."
އެއާ އެއްގޮތަށް، ހިޖުރައިން 463 ޒުލްގައިދާ މަހުގެ 20 ވީ ހުކުރު ދުވަހު (މީލާދީން 19 އޯގަސްޓް 1071 ގައި) އެ ވަގުތު ޖެހުމާއެކު، ސުލްތޯން އަލްޕް އަރްސްލާން އޭނާގެ ހުރިހާ ސިފައިންނާއެކު ނަމާދުކުރެއްވިއެވެ. ނަމާދަށްފަހު މާތްﷲ ގެ ހަޒްރަތުގައި ދަންނަވައި އޭނާ ނުހަނު ގިނައިން ކީރިތިކުރެއްވިއެވެ. އަދި ސިފައިންވެސް އޭނާއާއެކު ރޮއެ ދުއާކުރިއެވެ.
އެއަށްފަހު އޭނާ ސިފައިންނާ މުހާތަބުކޮށް ވިދާޅުވިއެވެ:
"އަޅުގަނޑުމެން މިތިބީ މަދު ސިފައިންކޮޅަކާ އެކީގައެވެ. އެހެންނަމަވެސް އަޅުގަނޑު މި މަގްސަދު ހާސިލުކުރާނަމެވެ. ނުވަތަ ސަހީދެއްގެ ގޮތުގައި ސުވަރުގެއަށް ދާނަމެވެ. އަހަރެން މަރުވެއްޖެނަމަ، ދަންނާށެވެ، މަގޭ ދަރިފުޅު މަލިކްޝާހް އަކީ މަގޭ ވަލީއަހުދެވެ (ވާރިސެވެ). މިތަނުން ދާން ބޭނުންވާ ކޮންމެ މީހަކުވެސް ދާންވީއެވެ. މިއަދަކީ އަމުރުކޮށް މަނާކުރާނެ ސުލްތޯނަކު ހުންނާނެ ދުވަހެއް ނޫނެވެ. މިއަދު މަށަކީވެސް ތިޔަބައިމީހުންނާއެކު ހުރި ހަމަ ޣާޒީއަކީމެވެ (ހަނގުރާމަވެރިއަކީމެވެ)."
އެތަނުން އެކަކުވެސް ދާން ބޭނުންނުވުމުން ލިބުނު ހިތްވަރާއެކު، ސުލްތޯން އޭނާގެ ދުނިދަނޑިއާއި ތީރުތައް އެއްލާލައްވައި، ކަނޑިއާއި މޭސް (ގުރުޒު) ނަންގަވައި، އޭނާގެ އަހުގެ ނިގޫ ގޮށްޖެއްސެވިއެވެ. އަދި ހުދުކުލައިގެ ފޭރާމެއް ތުރުކުރައްވައި، ހަށިކޮޅުގައި ސެންޓުލައްވައި ވިދާޅުވިއެވެ:
"އަހަރެން ގަތުލުވެއްޖެނަމަ، މިއީ އަހަރެންގެ ކަފުނެވެ."
އެއަށްފަހު އޭނާ ދުސްމަނުންނާ ކައިރިއަށް ވަޑައިގެން، އަހުން ފައިބައިވަޑައިގެން، ހަނގުރާމައިގެ މައިދާނުގެ ފަސްގަނޑުގައި މޫނުފުޅު އުނގުޅުއްވައި، ރޮއެ ހެއްދެވިއެވެ. އަދި ގިނައިރުތަކެއް ވަންދެންﷲ އަށް ދުއާކުރެއްވިއެވެ. އެއީ ރަސޫލާ (ﷺ) ގެ މި ހަދީސްފުޅުގެ މާނަ އޭނާއަށް ރަނގަޅަށް އެނގިވަޑައިގަންނަވާތީއެވެ:
"ދެ ދުއާއެއް ދުވަހަކުވެސް ރައްދުނުކުރެއްވޭނެއެވެ. ނުވަތަ ރައްދުކުރެއްވުން ނުހަނު މަދެވެ: ބަންގިގޮވާ ވަގުތު ކުރާ ދުއާއާއި، ދެ ލަސްކަރު ކުރިމަތިލައި ހަނގުރާމައިގެ ނުރައްކާ ބޮޑުވާ ވަގުތު ކުރާ ދުއާއެވެ."
ބައިޒަންޓައިން މީހުން ތިބީ ކާސްޓުގެ (Dice) ފަސް ނަންބަރު ހުންނަ ގޮތަށް އަތުރާލައިގެންނެވެ. އޭގެ މެދުގައި ހުރީ ރޮމާނަސްއެވެ. މުސްލިމުންގެ ލަސްކަރު ތިބީ ހަނދުފަޅިއެއްގެ ބައްޓަމަށް (Crescent formation) އެމީހުންގެ މަދު އަދަދު ސިއްރުކުރާ ގޮތަށެވެ.
ސުލްތޯންގެ ސިފައިންގެ ފަރާތުން ޤުރުއާން ކިޔަވާ އަޑާއި ބެރުގެ އަޑުތަކުންނާއި، ބައިޒަންޓައިން މީހުންގެ ފަރާތުން ފައްޅީގެ ރަނގަބީލު ޖަހާ އަޑުން މުޅި މާހައުލު ގުގުމާލިއެވެ.
އެއަށްފަހު ސުލްތޯން އަލްޕް އަރްސްލާން އަހަށް ސަވާރުވެ، މުޅި ލަޝްކަރާއެކު އެއްއަޑަކުން "ﷲ އަކުބަރު" ކިޔައި ތަކުބީރު ކިޔަމުން، ފަރުބަދަތައް ގުޑައިގެންދާ ފަދަ ބާރުމިނެއްގައި ދުސްމަނުންގެ ސަފުތަކާ ދިމާލަށް ބާރަށް މިސްރާބުޖެހިއެވެ. މި ކުރިއެރުން އެހާ ބާރު ދުވެއްޔެއްގައި ދިއުމުން، އަސްތަކުގެ ފައިދަށުން އެރި ހިރަފުހުގެ ސަބަބުން އެމީހުން ނިވާވެގެން ދިޔައެވެ. އަދި ބައިޒަންޓައިން ލަސްކަރުގެ މެދަށް އެމީހުން ކުއްލިއަކަށް ވަދެގަތެވެ.
މާތްﷲ ގެ ނަސްރު ބާވައިލެއްވިއެވެ. އަދި ދުސްމަނުންގެ ބޮޑު ބައެއް ފަނާ ކޮށްލެވުނު އިރު، ބާކީ ތިބި މީހުން ފިލައިގެން ދިޔައީ ސުލްތޯންގެ ސިފައިން ނަސްރުގެ އާޔަތްތައް ކިޔަވަމުން ދަނިކޮށެވެ. ނަމަވެސް ކަންތައްތައް މިއަށްވުރެ މާ ފުރިހަމަވިއެވެ. މުސްލިމުން، ބައިޒަންޓައިންގެ ރަސްގެފާނު ރޮމާނަސް އަތުލައި ހައްޔަރު ކުރިއެވެ!
ރޮމާނަސް، ސުލްތޯން އަލްޕް އަރްސްލާންގެ ކުރިމައްޗަށް ގެނެވުމުން، ސުލްތޯން އޭނާގެ ޗާބުކުން ތިން ފަހަރު ޖެއްސެވިއެވެ. އަދި އެއަށްފަހު ދެމީހުންގެ މެދުގައި މިފަދަ ވާހަކައެއް ހިނގި ކަމަށް ބުނެވެއެވެ:
އަލްޕް އަރްސްލާން: އަހަރެން ތިބާގެ ކުރިމައްޗަށް ހައްޔަރުކޮށްގެން ގެނެވުނު ނަމަ، ތިބާ އަހަންނާއި މެދު ކަންތައް ކުރާނީ ކިހިނެއް؟"
ރޮމާނަސް: "ފަހަރުގައި އަހަރެން ކަލޭ ގަތުލުކޮށްލާނީ. ނުވަތަ ކޮންސްޓަންޓިނޯޕަލްގެ މަގުތަކުގައި ކަލޭ ބޭޒާރުކޮށް ގަންހިންގާނީ."
އަލްޕް އަރްސްލާން: "އަހަރެންގެ އަދަބު ތިއަށްވުރެ މާ ބޮޑު. އަހަރެން ކަލެއަށް މާފުކޮށް، މިނިވަން ކޮށްފިން."
އަލްޕް އަރްސްލާން ރޮމާނަސް ދިއުމުގެ ހުއްދަ ދިނުމުގެ ކުރިން ސުލްހައިގެ ސަރުތުތަކެއް ކަނޑައެޅުއްވިއެވެ. މީގެ ސަބަބުން އެންޓިއޮކް، އެޑެއްސާ،  ހިއެރާޕޮލިސް، އަދި މަންޒިކަރްތު، ސެލްޖުކުންގެ ބާރުވެރިކަމުގެ ދަށަށް ދިޔައެވެ. އަދި ރޮމާނަސްގެ ފިދްޔައެއްގެ (Ransom) ގޮތުގައި ފުރަތަމަ ފަހަރަށް 1.5 މިލިއަން ރަން ފައިސާފޮތި އަދި ކޮންމެ އަހަރަކު 360000 ރަން ފައިސާފޮތި ދައްކަން އެއްބަސްވިއެވެ.
ރޮމާނަސް ގާތްގަނޑަކަށް ހަފްތާއެއްވަންދެން ސުލްތޯން އަލްޕް އަރްސްލާންގެ އަރިހުގައި ހައްޔަރުގައި ހުއްޓެވެ. އެ ދުވަސްވަރު ސުލްތޯން އޭނާއާ މެދު ކަންތައް ކުރެއްވީ ނުހަނު އޯގާތެރިކަމާއި ދީލަތިކަމާއެކީގައެވެ. އަދި އޭނާ ކޮންސްޓަންޓިނޯޕަލްއަށް އެނބުރި ދިއުމަށްޓަކައި ދުރު ރާސްތާއަކަށް ސުލްތޯން އަމިއްލައަށް ވަޑައިގެން އޭނާާާާާއެކު ދަތުރުކުރެއްވިއެވެ. އަދި އޭނާގެ ސަލާމަތްތެރިކަމަށްޓަކައި ސިފައިންގެ ބަޔަކު ފޮނުއްވިއިރު، ރޮމާނަސްގެ ބޯމަތީގައި ހުރި ދިދައިގައި ލިޔެވިފައިވަނީ "ﷲ ފިޔަވައި ހައްގުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވެއެވެ" މިފަދައިންނެވެ.
ރޮމާނަސް އެނބުރި ދިޔައިރު، އޭނާގެ ތަހުތުން އޭނާ ދުރުކޮށް، ލޯ އަނދިރިކޮށް، އެހެން ނުފޫޒުގަދަ ހާންދާނެއް ކަމަށްވާ ޑޫކާސް (Ducas) އާއިލާއިން އޭނާ އަރުވާލާފައިވާކަން އެނގުނެވެ.
ސުލްތޯން އަލްޕް އަރްސްލާންގެ ވާހަކައަށް ބަލާއިރު، މި ބޮޑު ހަނގުރާމައަށްފަހު އަހަރެއްހާ ދުވަސް ނުވަނީސް، އޭނާ މާވަރާއުންނަހްރު (Transoxiana) އަށް ދަތުރުކުރައްވައި، އެތަނުގެ އަނިޔާވެރި ވެރިޔާ ޔޫސުފް އަލް-ޚުވާރިޒްމީ ބަލިކުރެއްވިއެވެ.
ޔޫސުފް ބަނދެވިފައި ހުރިއިރު ސުލްތޯނަށް ހުތުރުބަހުން އެއްޗެހި ބުނުމުން، ސުލްތޯން އޭނާ ދޫކޮށްލަން އަމުރުކުރައްވައި، އޭނާގެ އިތުބާރުހުރި ދުނިން އޭނާއަށް އަމާޒުކުރެއްވިއެވެ. ނަމަވެސް، ތާރީހުގައި ސުލްތޯންގެ އަމާޒު ފުރަތަމަ ފަހަރަށް ނުބައިވިއެވެ. އެވަގުތު ލައިގެންހުރި ހެދުމުގެ ތެރޭގައި ދެ ވަޅި ފޮރުވައިގެން ހުރި ޔޫސުފް ދުވެގޮސް ސުލްތޯނަށް ހަމަލާދީ ވަޅި ހެރިއެވެ. އޭގެ ފަހުން ސިފައިން ޔޫސުފް ގަތުލުކޮށްލިއެވެ.
ސުލްތޯނަށް ލިބުނު މި ޒަހަމްތަކުގެ ސަބަބުން އެންމެ ފަހުން އޭނާ އަވަހާރަވިއެވެ. މިއާއެކު، އިސްލާމްދީން ދުށް އެންމެ ހިތްވަރުގަދަ އެއް ދަރިއެއްގެ ހަޔާތް ނިމިގެންދިޔައެވެ.
ހުލާސާ ގޮތެއްގައި ބައެއް މުހިންމު ނުކުތާތައް
ސުލްތޯން އަލްޕް އަރްސްލާންގެ ދިރިއުޅުއްވުމާއި އެ ދުވަސްވަރުގެ ހާދިސާތަކުން އަޅުގަނޑުމެންނަށް ލިބިގަނެވޭނެ އެތައް ފިލާވަޅު ތަކެއް އެބަހުއްޓެވެ. ނަމަވެސް އެ ހުރިހާ ކަމެއް ތަފްސީލުކޮށް ލިޔުމުގެ ބަދަލުގައި ހަތަރުކަމެއް ފާހަގަކޮށްލުން މުހިއްމު ކަމުގައި ދެކެމެވެ.
ފުރަތަމަ ކަމަކީ، މަދު ބައެއްގެ ނުބައި އަމަލުތަކާއި، އެމީހުން ހައްޔަރުވެރިންނާ މެދު ކަންތައްކުރާ ގޮތުގެ ސަބަބުން، މުސްލިމުންނަކީ "ރަހުމުކުޑަ، ޖާހިލު" ބައެއްގެ ގޮތުގައި ނުރަނގަޅު ސޫރައެއް ދައްކަން ބަޔަކު މަސައްކަތްކުރާ މިފަދަ ޒަމާނެއްގައި، އޭނާގެ ދުސްމަނުންނާ މެދު ނުހަނު އޯގާތެރިކަމާއެކު މުއާމަލާތްކުރެއްވި މުސްލިމު ވެރިއަކު އަޅުގަނޑުމެންނަށް މިތަނުން މި ފެންނަނީއެވެ.
ވިސްނާލައްވާށެވެ؛ ތިޔަބައިމީހުންނަށް އިސްވެ ހަމަލާދީ، ތިޔަބައިމީހުންގެ އެތައް ބަޔަކު ގަތުލުކޮށް، އެތައް ބަޔަކު ޒަހަމްކޮށް، ބޮޑެތި ހަލާކުތަކެއް ކުރިމަތިކުރުވި ދުސްމަނުންގެ އެންމެ އިސްވެރިޔާ، ތިޔަބައިމީހުންގެ އަތްދަށަށް ސީދާ އައުމުންވެސް އޭނާއަށް މާފުކޮށް ދޫކޮށްލުމަކީ ހަގީގަތުގައިވެސް މަތިވެރި އަހްލާގެއްގެ ވެރިއަކަށް މެނުވީ ކުރެވޭނެ ކަމެއް ނޫނެވެ.
ދުސްމަނުންނާ މެދު މިފަދަ މާތް ގޮތަކަށް އަމަލުކުރުމުގެ މިސާލުތަކަކީ އިސްލާމްދީނުގެ ހިޔަލުން ބޭރުން އެހެން އެއްވެސް ތަނަކުން ފެންނަން އޮތް ކަމެއް ނޫނެވެ. މިއީ މައްކާ ފަތަހަކުރެއްވި ދުވަހު ޤުރައިޝުންނާ މެދު ކީރިތި ރަސޫލާ (ﷺ) ކަންތައް ކުރެއްވި ގޮތާއި، ސުލްތޯން އަލްޕް އަރްސްލާނަށްފަހު ގާތްގަނޑަކަށް ގަރުނެއް ފަހުން، ރަހުމުކުޑަ ކުރުސޭޑަރުންނާ މެދު ޞަލާޙުއްދީނުލް އައްޔޫބީ ކަންތައް ކުރެއްވި ފަދަ އެތައް މިސާލުތަކަކާ ގުޅިފައިވާ މަތިވެރި އުސޫލެކެވެ.
ދެވަނަ ކަމަކީ، ކުރުސޭޑަރުންގެ ވާހަކައަށް ބަލާއިރު، މި ހަނގުރާމައަކީ ބައިޒަންޓައިން މީހުންނަށް ލިބުނު އެހާ ބޮޑު ހަލާކަކަށް ވުމުން، މީގެ ސަބަބުން ތާރީހީ އެތައް ކަމެއް ފެށިގެންދިޔަކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ.
މީގެ ތެރެއިން އެއް ކަމަކީ، މި ބަލީގެ ބަދަލުހިފުމަށްޓަކައި، ހަނގުރާމައަށްފަހު ދިހަ އަހަރު ނުވަނީސް ޕޯޕް އަރބަން (Pope Urban) ހުޅަނގާއި އިރުމަތީގެ ނަސޯރާ ދުނިޔެ އެއްބައިވުމަށް ގޮވާލެއްވުމެވެ. މިއީ ތާރީހުގައި ފުރަތަމަ ކުރުސޭޑް ހަނގުރާމަ ފެށިގެންދިޔަ ސަބަބެވެ.
މިއާއެކު ފެށިގެންދިޔަ އަނެއް މުހިންމު ކަމަކީ، މި ފަތަހައިގެ ސަބަބުން މުސްލިމުންނަށް އެނަޓޯލިއާގެ (ތުރުކީގެ) ބިންތައް ހުޅުވިގެންދިއުމެވެ. މިއީ ދުނިޔޭގެ ބޮޑު ބާރެއްގެ ގޮތުގައި އޮތް ބައިޒަންޓައިން އެމްޕަޔަރގެ ނިމުމުގެ ފެށުމެވެ. އެމީހުންގެ ތަހުޒީބު ނެތިގެންދިއުމުގެ ފެށުމަށް ވުމުގެ އިތުރުން، މީގެ ސަބަބުން އެ ބިމުގައި މުސްލިމުންގެ ވަރުގަދަ ބާރެއް އުފެދި، ކުރިއަރައިގެން ދިޔައެވެ. އެއީ އޭގެ ފަހުން ގާތްގަނޑަކަށް ނުވަސަތޭކަ އަހަރު ވަންދެން ދެމިއޮތް އުސްމާނީ ދައުލަތެވެ (Ottoman Empire). އެހެންކަމުން، މަންޒިކަރްތު ހަނގުރާމައަކީ ދުނިޔޭގެ ތާރީހު ބަދަލުކޮށްލި އެންމެ މުހިންމު އެއް ހަނގުރާމައެވެ.
ތިންވަނަ ކަމަކީ، ރޮމާނަސް އާއި ބައިޒަންޓައިން މީހުން ދެއްކި ބޮޑު ކިބުރުވެރިކަމާއި، ލަސްކަރުގެ ގިނަކަމާއި، މުއްސަނދިކަމުން އެމީހުންނަށް ކުރި އެއްވެސް ފައިދާއެއް ނެތްކަމާއި، ހަގީގީ ނަސްރާއި ކާމިޔާބީއަކީ ހަމައެކަނި މާތްﷲ ގެ ހަޒްރަތުން އަންނަ އެއްޗެއްކަން އަޅުގަނޑުމެންނަށް އެނގިގެންދިއުމެވެ.
އެންމެ ފަހު ކަމަކީ، މުސްލިމުންގެ ހިތްތަކުގައި ހުކުރު ދުވަހަށް ދެވިފައިވާ މަތިވެރި ގަދަރާއި ބާރެވެ. އަދި ދުއާގެ ބާރާއި ހަނގުރާމައިގެ ނަސްރާއި ހުރި ގުޅުން އެބޭފުޅުން ގަބޫލުކުރެއްވި ގޮތެވެ. އެ ދުވަހު މުޅި އިސްލާމީ އުންމަތުގެ މުސްލިމުން އެމީހުންނަށްޓަކައި ދުއާކުރަން އަތްއުފުލާނެކަން އެބޭފުޅުންނަށް ޔަގީންވިއެވެ. ނަމަވެސް، ހިތާމައަކީ މިއަދު ގިނަ އިމާމުންނާއި މުސްލިމުން، ކުށްވެރިވެދާނެކަމުގެ ބިރަށްޓަކައި، މިފަދައިން ފާޅުގައި ދުއާކުރަން ޖެހިލުންވާ ކަމެވެ.
މާތްﷲ، ސުލްތޯން އަލްޕް އަރްސްލާންގެ ކައްވަޅު ތަނަވަސްކޮށްދެއްވައި، ރަހުމުކުރައްވާށިއެވެ! އަދި މި އުންމަތަށް އެފަދަ ހިތްވަރުގަދަ ފިރިހެނުން މިންވަރުކުރައްވާށިއެވެ! އާމީން.
1980 ވަނަ އަހަރު ސީ.އެން.އެން (CNN) އުފައްދަވައި، ޓީވީ ނިއުސްގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެންނެވި އެމެރިކާގެ މަސްހޫރު ވިޔަފާރިވެރިޔާ އަދި ދަރުމަވެރިޔާ ޓެޑް ޓާނާ، އުމުރުން 87 އަހަރުގައި، 2026 މެއި 7 ގައި ނިޔާވެއްޖެއެވެ.
މަތިމަސް ބަހައްޓަވާ، އެމެރިކާގެ ދެކުނަށް ނިސްބަތްވާ ޓާނާ އަކީ ކާމިޔާބު ކަނޑުދަތުރުވެރިއެއްގެ އިތުރުން ތިމާވެށި ރައްކާތެރިކުރުމަށް ވަކާލާތުކުރެއްވި ބޭފުޅެކެވެ. ކުޅިވަރު ކްލަބްތައްވެސް ހިމެނޭ ބޮޑު ކުންފުންޏެއްގެ ވެރިޔާ ޓާނާ އަވަހާރަވީ "ލޫވީ ބޮޑީ ޑިމެންޝިއާ" (Lewy Body Dementia) ކިޔާ ސިކުނޑީގެ ބައްޔެއްގައި އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހުއެވެ.
ސީ.އެން.އެން އަކީ 24 ގަޑިއިރު މެދުނުކެނޑި ހަބަރު ފަތުރާ، ދުނިޔޭގެ މަގުބޫލުކަން ހޯދި ފުރަތަމަ ނެޓްވޯކެވެ. ހާއްސަކޮށް 1990-91 ވަނަ އަހަރުގެ ގަލްފް ހަނގުރާމަ ކަވަރުކުރުމާ އެކު އެ ޗެނަލް ދުނިޔޭގެ ސަމާލުކަމަށް އައެވެ.
"ޓެޑަކީ އަހަރެމެން މިއަދު މިތިބި އުސްމިނަށް ވާސިލުވުމުގެ ބިންގާ އެޅުއްވި މާސިންގާ ސަހްސިއްޔަތު" ސީ.އެން.އެން ވޯލްޑްވައިޑްގެ ޗެއާމަން އެންޑް ސީ.އީ.އޯ މާކް ތޮމްޕްސަން ބުދަ ދުވަހު ވިދާޅުވިއެވެ.
ވާދަވެރި ފޮކްސް ނިއުސްގެ ވެރިޔާ ރޫޕަޓް މާޑޮކް ވިދާޅުވީ، ޓާނާ ވަނީ މީޑިއާގެ ސިނާއަތް މުޅިން ބަދަލުކޮށްލައްވާފައި ކަމަށެވެ. ޓާނާ އަކީ 1991 ވަނަ އަހަރު ޓައިމް މެގަޒިންގެ "މޭން އޮފް ދަ އިޔަރ" ގެ ސަރަފުވެސް ހޯއްދެވި ބޭފުޅެކެވެ. އޭނާ ތިން ކައިވެންޏެއް ކުރެއްވިއިރު، އޭގެ ތެރޭގައި މަސްހޫރު އެކްޓްރެސް ޖޭން ފޮންޑާ ހިމެނެއެވެ.
ޓީވީގެ ރަސްކަން
އެމެރިކާގެ މީޑިއާތަކަށް ފާޑުވިދާޅުވާ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވަނީ ޓާނާއަށް ތައުރީފުކުރައްވައި، އޭނާއަކީ "އެންމެ މަތީ ދަރަޖައިގެ އެކަކު" ކަމަށް ސިފަކުރައްވާފައެވެ.
1938 ވަނަ އަހަރު އުފަންވި ރޮބަޓް އެޑްވާޑް "ޓެޑް" ޓާނާ III، އޭނާގެ ބައްޕަގެ މަރުގެ ފަހުން އާއިލީ އިސްތިހާރު ކުންފުންޏާ ހަވާލުވިއެވެ. އެއަށްފަހު ރޭޑިއޯ ސްޓޭޝަންތަކާއި ޓީވީ ޗެނަލްތައް ގަނެ، ވިޔަފާރި ފުޅާކުރެއްވިއެވެ. ސީ.އެން.އެންގެ ކާމިޔާބީއަށްފަހު، އެހެން ގައުމުތަކުގައިވެސް 24 ގަޑިއިރު ހަބަރު ފަތުރާ ޗެނަލްތައް އުފެދެން ފެށިއެވެ. އޭނާގެ ކުންފުނިން ޓީއެންޓީ (TNT)، ޓީބީއެސް (TBS) އަދި ކާޓޫން ނެޓްވޯކް ފަދަ މަގުބޫލު ޗެނަލްތައްވެސް ހިންގިއެވެ.
ކުޅިވަރާއި ދަރުމަވެރިކަން
ކުޅިވަރުގެ ދާއިރާގައިވެސް ޓާނާއަކީ ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އޭނާ ވަނީ އެޓްލާންޓާ ބްރޭވްސް (ބޭސްބޯލް)، އެޓްލާންޓާ ހޯކްސް (NBA) އަދި އެޓްލާންޓާ ތްރެޝާސް (NHL) ގެ މިލްކުވެރިކަން ހޯއްދަވާފައެވެ. އަދި 1977 ވަނަ އަހަރުގެ އެމެރިކާސް ކަޕް ކާމިޔާބުކުރި ޔޮޓްގެ ކެޕްޓަނަކީވެސް އޭނާއެވެ.
އުމުރުގެ ފަހު ދުވަސްތައް އޭނާ ހޭދަކުރެއްވީ ދަރުމަވެރި މަސައްކަތްތަކުގައެވެ. 1998 ވަނަ އަހަރު، އދ. އަށް އެއް ބިލިއަން ޑޮލަރު ހަދިޔާކުރައްވައި 'ޔޫ.އެން ފައުންޑޭޝަން' އުފެއްދެވިއެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވީ، ޓާނާއަކީ ދުރުވިސްނޭ، ދީލަތި ބޭފުޅެއް ކަމަށާއި، އޭނާގެ މަސައްކަތްތަކުން ދުނިޔެއަށް ދާއިމީ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މި މަހުގެ 13 އިން 15 އަށް ޗައިނާއަށް ޒިޔާރަތްކުރައްވާނެކަން ބެއިޖިންގްއިން ހޯމަ ދުވަހު ކަށަވަރުކޮށްދީފިއެވެ. މި ދަތުރުފުޅުގައި އެމެރިކާގެ ލީޑަރު، ޗައިނާގެ ރައީސާ އެކު އީރާނުގެ މައްސަލައާއި ވިޔަފާރީގެ މައުލޫމާތުތަކާ ގުޅޭގޮތުން މަސްވަރާކުރައްވާނެ ކަމަށް ބެލެވެއެވެ.
ވޮޝިންޓަނާއި ބެއިޖިންގްއާ ދެމެދު ވިޔަފާރީގެ ޓެރިފްތަކުން ފެށިގެން މެދުއިރުމަތީގެ ހަނގުރާމައާއި ހަމައަށް ތަފާތު އެކި މައްސަލަތަކުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. ޓްރަމްޕް އެންމެ ފުރަތަމަ ޗައިނާއަށް ޒިޔާރަތްކުރައްވަން އޮތީ މާރިޗް މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލް މަހުގެ ކުރީކޮޅުގައެވެ. ނަމަވެސް އީރާނު ހަނގުރާމައަށް ސަމާލުކަން ދެއްވުމަށްޓަކައި އެ ދަތުރުފުޅު ފަސްކުރެއްވީއެވެ.
"ރައީސް ޝީ ޖިންޕިންގްގެ ދައުވަތަކަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ. ޓްރަމްޕް މެއި 13 އިން 15 އަށް ޗައިނާއަށް ރަސްމީ ދަތުރުފުޅެއް  ކުރައްވާނެ"  ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު
އެމެރިކާގެ ރަސްމީ ފަރާތްތަކުން ބުނާ ގޮތުގައި، ޓްރަމްޕް މަސައްކަތްކުރައްވާނީ އީރާނުގެ މައްސަލައިގައި ރައީސް ޝީއަށް ބާރުއެޅުމަށާއި، ވިޔަފާރީގެ ނުތަނަވަސްކަން ކުޑަކުރުމަށެވެ. ޗައިނާއަކީ އީރާނުގެ ތެލުގެ ބޮޑު ކަސްޓަމަރެކެވެ. މިއީ މައިގަނޑު ގޮތެއްގައި އީރާނުން އަގުހެޔޮކޮށް ސާފުނުކުރާ ތެޔޮ ގަންނަ އަމިއްލަ "ޓީޕޮޓް" ރިފައިނަރީތައް މެދުވެރިކޮށެވެ.
"މިއީ ރަމްޒީގޮތުން ވަރަށް މުހިންމު ދަތުރުފުޅަކަށް ވާނެ،" އެމެރިކާގެ ޕްރިންސިޕަލް ޑެޕިއުޓީ ޕްރެސް ސެކްރެޓަރީ އޭނާ ކެލީ ނޫސްވެރިންނަށް ވިދާޅުވިއެވެ. "ނަމަވެސް ރައީސް ޓްރަމްޕަކީ ދުވަހަކުވެސް ހަމައެކަނި ރަމްޒީ ކަމަކަށް ދަތުރުކުރައްވާ ބޭފުޅެއް ނޫން. އެމެރިކާގެ ރައްޔިތުން އުއްމީދުކުރަންވީ ރައީސް އަހަރެމެންގެ ގައުމުގެ ފަރާތުން ރަނގަޅު އެއްބަސްވުންތަކެއް ހޯއްދަވައިދެއްވާނެ ކަމަށް."
ވައިޓް ހައުސްއިން ބުނިގޮތުގައި، ޓްރަމްޕްގެ ދެވަނަ ދައުރުގައި ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ބެއިޖިންގްގެ 'ޓެމްޕަލް އޮފް ހެވަން' އަށް ޒިޔާރަތްކުރެއްވުމާއި، ބޮޑު ރަސްމީ ޖާފަތެއް ހިމެނޭހެން ގިނަ ރަސްމިއްޔާތުތަކެއް އޮންނާނެއެވެ. މިއީ 2017 ވަނަ އަހަރުގެ ފަހުން އެމެރިކާގެ ރައީސަކު ޗައިނާއަށް ކުރައްވާ ފުރަތަމަ ޒިޔާރަތެވެ.
ދިވެހި ރައްޔިތުން ދަރަނި ދަންތުރައިން ސަލާމަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވަމުން ވިދާޅުވީ، ފާއިތުވެދިޔަ 40 ދުވަހުގެ ތެރޭގައި މި ސަރުކާރުން 970 މިލިއަން ޑޮލަރުގެ ދަރަނި އަދާކޮށްފައިވާކަމަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައެްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ މިއަދު ރާއްޖެއިން ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ދަރަންޏެއް ސަރުކާރުން އަދާކުރި ކަމަށެވެ. މިއީ 2019 ވަނަ އަހަރު އެކި ފަހަރު މަތިން އިންޑިޔާއިން ސަރުކާރުން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ދަރަނީގެ ތެރެއިން މިއަދު (11 މެއި 2026 ގައި) ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ކަމަށެވެ.
"އެގާރަ މޭގައި ޕޭކުރާ ގޮތަށް މިދިޔަ ސަރުކާރުން ނަގާފައި އޮތް 50 މިލިއަން ޑޮލަރުވެސް އަަޅުގަނޑުމެން މިއަދު ހެނދުނު ސެޓްލްކޮށްފިން. އެހެންވީމާ ޖުމްލަ ވޭތުވެދިޔަ 40 ދުވަސް ތެރޭގައި 970 މިލިއަން ޑޮލަރު ދިވެހި ރައްޔިތުންގެ ބޮލުގައި އަޅުވާފައިވާ ދަރަނި އަޅުގަނޑުމެން ދައްކައި ހަލާސްކޮށްފިން" ރައީސް
ކުރީ ސަރުކާރުންވަނީ 17 މާޗު 2019 ގައި، އަދި 26 ޖޫން 2019 ގައި އަދި 1 އޮކްޓޯބަރު 2019 ގައި ކޮންމެ ފަހަރަކު 50 މިލިއަން ޑޮލަރު އިންޑިޔާ ސަރުކާރުން ދަރަންޏަށް ނަގާފައިވާ ކަމަށާއި، 2020 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަަށް އެއިރުގެ ސަރުކާރުން އެ ފައިސާ ދެއްކުން ފަސްކުރަމުންދިޔަ ކަމަށް ރައީސް ހާމަ ކުރެއްވިއެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން 2024 ވަނަ އަހަރުގައި އެ ފައިސާގެ ތެރެއިން 50 މިލިއަން ޑޮލަރު އަދާކުރުމަށްފަހު ބާކީ 100 މިލިއަން ޑޮލަރު ރޯލްއޯވާ ކުރިކަން ފާހަގަކުރައްވަމުން ވިދާޅުވީ މިއަދު އެއިން 50 މިލިއަން ޑޮލަރު ދައްކާފައިވާއިރު، ބާކީ އޮތް 50 މިލިއަން ޑޮލަރު 17 ސެޕްޓެންބަރު 2026 ވަނަ ދުވަހުގައި އަދާކުރަން ޖެހޭތީ އެވެސް ދައްކަވާނެ ކަމަށެވެ.
ދިވެހި ދައުލަތުގެ މަތީ މަގާމުތައް އަދާކުރައްވާފައިވާ ބައެއް ބޭފުޅުން ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅޭ ގޮތަށް، އަދި ރާއްޖޭގެ ތަސައްވުރު ބޭރުގެ ދުނިޔޭގައި ކިލަނބުވާ ގޮތަށް ވާހަކަދައްކަވާތީ ހިތާމަކުރައްވާކަމަށް ބަޔާން ކުރައްވަމުން ރައީސް ވިދާޅުވީ "އަދި ހައިރާންވާ އަނެއް ރީޒަނަކީ ސަބަބަކީ އެ ބޭފުޅުންގެ ސަރުކާރުން ދަރަނިތައް ނެގީ. އަޅުގަނޑުމެން މިދަނީ ދައްކަމުން. ދައްކާތީވެސް ކަންބޮޑުވަނީ. މިއީ މާ ކޫލް ކަމެއް ނޫން. އަޅުގަނޑަކަށް ހިއެއްނުވޭ ކޫލް ކަމެއްހެން. ދެން އެހެންނަމަވެސް އެބަޔަކަށް އެނގޭނީ އެބަޔަކު ވާހަކަދައްކާނެ ގޮތެއް" ކަމަށެވެ.
މި ސަރުކާރަކީ ކަންކަމުގެ ހަގީގަތް އޮޅުވައިލުމެއް ނެތި ރައްޔިތުންނަަށް ހާމަކުރާ ސަރުކާރެއްކަން ފާހަގަކުރައްވަމުން ރައީސްވަނީ ކުރީ ސަރުކާރުތަކުން ރައްޔިތުންގެ ބޮލުގައި އަަޅުވާފައިވާ ދަރަނިން އެ ރައްޔިތުން ސަލާމަތްކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ.
ޖަލުގެ ހާލަތު ބެލުމަށް ފަހު އެޗްއާރުސީއެމުން ނެރުނު ރިޕޯޓާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ހަބަރު ގެނެސްދީފައިވަނީ އޭގެ މާނަ އޮޅޭ ގޮތަށް ކަމަށް ފުލުހުން ބުނެފި އެވެ.
ބައިނަލްއަގްވާމީ އެންޓި-ޓޯޗާ (ލާއިންސާނީ އަނިޔާ) މުއާހަދާގެ ދަށުން އެޗްއާރުސީއެމުން ކޮންމެ އަހަރަކު ވެސް ޖަލުތަކަށް ޒިޔާރަތްކޮށް އެތަންތަނުގެ ހާލަތު ބަލައި، 'ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް'އާ ގުޅޭގޮތުން ރިޕޯޓެއް ނެރެ އެވެ.
މިދިޔަ އަހަރުގެ މި ރިޕޯޓުގައި ޖަލުގެ އޮފިސަރުންނަށް ނުކިޔަމަންތެރިކަން ދައްކާ ގައިދީންނަށް ފިޔަވަޅުއެޅުމުގެ ގޮތުން އެ ގައިދީންގެ އަތާއި ފައިގައި ބިޑި އެޅުވުމަށް ފަހު، ވަރަށް ހޫނުވާ ސަރަހައްދެއްގައި އެކަހެރި ކޮށްފައި ބައިތިއްބާ ކަމަށާއި، ފުލުހުންގެ ބަންދުގައި ތިބޭ މީހުން ތިބޭ ދޫނިދޫ ޖަލުގައި އޮފިސަރުންގެ އަމުރުތަކަށް ނުކިޔަމަންތެރިވާ ހާލަތްތަކުގައި ގައިދީން ބިޑި އަޅުވައި، އެހެން މީހުންނާ ވަކިން، ޖަލުގޮޅިން ބޭރުގައި ބައިތިއްބާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން ނެރުނު ނޫސް ބަޔާނެއްގައިވަނީ ބައެއް މީޑިއާތަކުން ހަބަރު ގެނެސްދިނުމުގައި ބޭނުންކޮށްފައިވާ ބަސްމަގާއި މާނަކޮށްފައިވާ ގޮތުން ކަންބޮޑުވާ ކަމަށާއި ހަބަރުތައް ގެނެސްދީފައިވަނީ، ރިޕޯޓުގެ އަސްލު މަގްސަދާއި އޭގައި ބަޔާންކޮށްފައިވާ ކަންކަމުގެ ފުންމިނަށް ބެލުމެއްނެތި ކަމަށެވެ. މީގެ އިތުރުން މުއައްސަސާތަކަށް ކުރިމަތިވެފައިވާ ވަސީލަތްތަކާއި އޮޕަރޭޝަނަލް ގޮންޖެހުންތަކަށް ރިއާޔަތްނުކޮށް ކަމަށެވެ.
"އާންމުންނަށް ސައްހަ މައުލޫމާތު ފޯރުކޮށްދިނުމުގައި ކަންކަމުގެ އަސްލަށް ވާސިލުވެ، ޒިންމާދާރުކަމާއެކު ހަބަރު ފެތުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ،" ފުލުހުން
އެ ބަޔާނުގައި ވަނީ މުއައްސަސާތަކުގެ ޒިންމާދާރުކަން އިތުރުކުރުމާއި ދެފުށްފެންނަ ގޮތަށް ކަންކަން ހިންގުމާއި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގައި މިނިވަން މުއައްސަސާތަކުން އަދާކުރާ ދައުރު އެތަނުން ބަލައިގަންނަ ކަމަށެވެ.  ހާއްސަކޮށް، އިންސާނިއްޔަތާއި ހިލާފު އަދަބު ދޭތޯ ބެލުމަށް ހިންގާ މޮނިޓަރިންގެ މަސައްކަތްތައް ފާހަގަކުރާ ކަމަށް ބުނެފައި ވެއެވެ.
ފުލުހުން ބުނެފައިވަނީ، އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ މުޅި ނިޒާމަށް އަމާޒުކޮށްފައިވާ އަދި ވަކި މުއައްސަސާއަކަށް އެކަނި ދިމާވެފައިވާ ގޮންޖެހުންތަކެއް ނޫން ކަމަށައި، އޭގައި ހިމެނޭ ހޯދުންތަކަކީ ކަންކަން އިސްލާހުކުރުމަށް ދީފައިވާ އިރުސާދުތަކަކާއި ލަފާތަކެއް ކަމަށާއި އަދި އެއީ ގާނޫނީ ގޮތުން ކުށެއް ނުވަތަ ނުރަނގަޅު އަމަލެއް ހިންގާފައިވާކަން ކަނޑައަޅާ ނިންމުންތަކެއް ނޫން ކަމަށެވެ.
ޑޮލަރުގެ ތާށިކަން ހައްލުކޮށް ޓޫރިޒަމް ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބައިނަލްއަގުވާމީ އިންވެސްޓަރުންނާ މަޝްވަރާކުރަން ފަށައިފި އެވެ.
އިގްތިސާދާއި ވިޔަފާރީގެ ހަބަރުތައް ގެެނެސް ދޭ ބައިނައަގުވާމީ ނޫސް، 'ބްލޫމްބާގް' އަށް ދެއްވި އިންޓަވިއުއެއްގައި ބީއެމްއެލްގެ ޑިރެކްޓަރ ފޯ ފައިނޭންޝަލް ސްޓްރެޓެޖީ އެންޑް ޕްލޭނިން، އަބްދުﷲ ހަސަން ވިދާޅުވެފައި ވަނީ، ޑޮލަރު ސުކޫކެއް ބައިނަލްއަގުވާމީ މާލީ ބާޒާރަށް ވިއްކުމަށް އޭސިއާ، މެދުއިރުމަތި އަދި ޔޫރަޕްގެ ފަންޑު މެނޭޖަރުންނާ ބައްދަލުކޮށް، މާކެޓުގެ ސައުގުވެރިކަން ހުރި މިންވަރު ބަލަމުން އަންނަކަމަށާއި، ސަރުކާރުން ސޮވަރިން ގެރެންޓީ ދީގެން ވިއްކަން މަސްވަރާކުރަމުން އަންނަ މި ސްކޫކަކީ 300 މިލިއަން ޑޮލަރާ ހަމައަށް ފައިސާ ހޯދަން ވިއްކާ ސްކޫކެއް ކަމަށެވެ.
އިންވެސްޓަރުންނާއެކު ބާއްވާ މި ބައްދަލުވުންތައް އިންތިޒާމުކުރުމުގައި އެހީތެރިވަމުން އަންނަނީ ދުބާއީގެ މަސްރިގު ބޭންކުން ކަމަށް ވެސް ބްލޫމްބާގުން ބުންޏެވެ.
އެމެރިކާއާއި އިޒުރޭލުން އިރާނަށް ހަމަލަދީ ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ގައުމުތަކުގެ އިގްތިސޯދު ހީނަރުވަމުންދާ މައްސަލައާއި ގުޅިގެން މޫޑީސް ރޭޓިންސްގެ އެނަލިސްޓް މާކަސް ޔިއު ބްލޫމްބާގަށް ވިދާޅުވީ ދަތުރުފަތުރަށް އަންނަ ހުރަސްތަކާއި ހަކަތައިގެ އަގު ބޮޑުވުމުގެ ސަބަބުން އިގުތިސާދީ ދުވެލި މަޑުޖެހުމުގެ އިތުރުން ޓޫރިޒަމުން ލިބޭ އާމްދަނީ ދަށްވެ އިމްޕޯޓަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުން، ރާއްޖޭގެ 'ބެލެންސް އޮފް ޕޭމަންޓްސް' އަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށާއި، ބޭރު ފައިސާގެ ލިކުއިޑިޓީއަށް އަސަރުކޮށް ރިޒާވް ދަށްވުމުގެ ބިރު ވަރަށްބޮޑަށް އެބައޮތް ކަމަށެވެ.
ބީއެމްއެލް އިން ސުކޫކު ވިއްކައިގެން ހޯދަން އުޅޭ ފައިސާއަކީ ސީދާ ޓޫރިޒަމް ސިނާއަތަށް މިވަގުތު ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅިގެން ހޯދާ ފައިސާއަކަށް ނުވި ނަމަވެސް، އަބްދުﷲ ހަސަން ވިދާޅުވީ މިއީ އިގުތިސާދުގެ ތެރޭގައި ދައުރުވާ ބޭރު ފައިސާގެ މިންވަރު އިތުރުކޮށްދޭނެ މުހިންމު ފިޔަވަޅަކަށް ވާނެ ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކޮށް ނިމި އާ ޓާމިނަލް ހުޅުވުމަށް ފަހު އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދިނުމުގެ އަމާޒުގައި އާ ރިސޯޓުތައް ތަރައްގީކުރަން ސަރުކާރުން އިތުރު 30 ރަށެއް ދޫކޮށްފައިވާކަން ހަސަން ވަނީ ފާހަގަ ކުރައްވައިފަ އެވެ. މި ސްކޫކަކީ ބޭރު ފައިސާގެ ބޮޑެތި އިންވެސްޓްމަންޓްތަކެއް ބޭނުންވާނެ ކަންކަމަށް ވާއިރު ޑޮލަރުން ފަންޑު ހޯދިއްޖެނަމަ މުޅި އިގުތިސާދަށް އޭގެ ފައިދާ ކުރާނެ ކަމަށް ވިދާޅުވިއެވެ.
"މުޅި އިގުތިސާދަށް މި ލިކުއިޑިޓީގެ ފައިދާ ކުރާނެ. މިއީ ނުސީދާ ގޮތެއްގައި މި މައްސަލައަށް ލިބޭނެ ހައްލެއް" އަބްދުﷲ
ބައިނަލްއަގުވާމީ މާލީ ބާޒާރަށް ބީއެމްއެލްއިން ނުކުންނަން މަސައްކަތް ކުރާއިރު، މޫޑީސްގެ އެނަލިސްޓް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރަށް ސީދާ ބައިނަލްއަގުވާމީ މާކެޓުން ފައިސާ ހޯދުމަށް މިވަގުތު ހުރަސްތަކެއް އެބަހުރިކަމަށާއި،  އިންވެސްޓަރުން ޝައުގުވެރިކުރުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑު ޕްރީމިއަމް އެއްގައި ސްކޫކް ވިއްކަން ޖެހޭނެކަމަށެވެ.
މީގެ ކުރިން 2024 ވަނަ އަހަރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަރަށް ބޮޑަށް ދަށަށް ދިއުމަށްފަހު، ސަރުކާރުން އަންނަނީ ރިޒާވް ރަނގަޅުކުރުމަށް އިސް ނަގައިގެން މަސައްކަތްތަކެއް ކުރަމުންނެވެ.
މިދިޔަ މަހު ސަރުކާރުން ވަނީ 500 މިލިއަން ޑޮލަރުގެ ސުކޫކެއް ރީފައިނޭންސް ކުރުމުގެ ބަދަލުގައި ރިޒާވްގައި ހުރި ފައިސާ ބޭނުންކޮށްގެން ސްކޫކް އަނބުރާ ދައްކާފަ އެވެ. ބޭރު ފައިސާގެ ތާށިކަން އާދަޔާއި ހިލާފަށް ކުރިމަތިވެގެން އުޅެނީ އެއަށް ފަހުކަމަށް މާހިރުން ފާހަގަ ކުރެއެވެ.
ކުޑަކުދިން ކުޅޭ އެއްޗެހި ހިއްސާނުކުރުމަކީ ކޮންމެހެން މައްސަލައެއް ނޫނެވެ.
އެއީ އެކުދިންގެ އަމިއްލަ ނަފްސާއި، މިލްކުވެރިކަމާއި، އަދި އަމިއްލަވަންތަ  އިމެއް، ކަނޑައެޅުމަށް ދަސްވަމުންދާ ދުވަސްވަރެއްގައި ފެންނާނެ އާދައިގެ (ނަފްސާނީ) ތަރައްޤީ މަރުހަލާއެކެވެ.
މިއީ އެކުދިންގެ ކިބައިގައި ހުންނަ އަމިއްލަ އެދުން ބޮޑުކަމެއް ނޫނެވެ. އެއީ އެ އުމުރުގައި ކުޅޭ އެއްޗެހި ހިއްސާކުރުމަށް ބޭނުންވާ ސިކުނޑީގެ ހުނަރުތައް އެކުދިންގެ ކިބައިގައި ތަރައްގީ ވަމުން އަންނަ ދުވަސްވަރު ފާހަގަ ކުރެވިދާނެ ސިފައެކެވެ. ނަމަވެސް، މިއީ އެކުދިން ބޮޑުވަމުން އަންނައިރު، ވަކި ތަރުތީބަކުން ކުޅެން ދަސްކޮށްދިނުމަށާއި ދީލަތިކަން ދައްކައިދިނުމަށް ލިބޭ ފުރުސަތެކެވެ.
މައިންބަފައިންނާއި، ބެލެނިވެރިންނާއި ޓީޗަރުންނާއި އަދި ކުއްޖާގެ އަހުލުވެރިން ދެނެގަނެ ހަނދާން ކުރަންވީ ކަމަކީ، ކުޑަކުދިން (ތުއްތުކުދިން) އެކުދިންނަށް ލިބޭ ނުވަތަ ސައުގުވެރިވާ އެއްޗެހި ހިއްސާކުރުމަށް މަޖުބޫރުކުރުމުން އެފަރާތްތަކަށް ކުދިންގެ ހިތުގައި އޮންނަ އިތުބާރު ގެއްލި ނަތީޖާ ގޯސްވެދާނެ ކަމެވެ. އޭގެ ބަދަލުގައި އެކުދިންގެ "މިއީ މަގޭ އެއްޗެއް" ކަމަށް ބުނާ ބުނުމަށް އިހުތިރާމްކުރުމުން، މުސްތަގުބަލުގައި، އެކުދިން ދީލަތިވުމަށް ބޭނުންވާ ރައްކާތެރިކަމުގެ އިހުސާސް ލިއްބައިދެވެއެވެ.
ކުދިން އެއްޗެހި ހިއްސާނުކުރުން މައްސަލައަކަށް ނުވަނީ ކީއްވެ؟
މިލްކުވެރިކަން ދަސްވުން:
ކުޑަކުދިން ދެކޭގޮތުގައި އެކުދިން ކުޅޭ އެއްޗެއްސަކީ އެކުދިންގެ އަމިއްލަ ނަފްސުގެ ބައެކެވެ. އެކުދިން ދަސްކުރަނީ "ތިބާގެ އެއްޗެއް" ކަމަށް ބުނުމުގެ ކުރިން "މިއީ މަގޭ އެއްޗެއް" ކަމަށެވެ.
ސިކުނޑީގެ ގާބިލިއްޔަތު ހުރި މިންވަރު:
އެއްޗެހި ހިއްސާކުރުމަށްޓަކައި އަމިއްލަ އިހުސާސްތައް ކޮންޓްރޯލްކުރުމާއި އެހެން މީހުންގެ ނަޒަރިއްޔާތުން ކަންކަމާ މެދު ވިސްނަން އެނގެންޖެހެއެވެ. މިއީ ކުޑަކުދިންނަށް އެ އުމުރުފުރާ ތަކުގައި އަދި ވަރަށް އުނދަގޫ ކަމެކެވެ.
އަމިއްލަ އިމެއް ކަނޑައެޅުން:
އެކުދިންގެ ތަކެތި ހިއްސާކުރަން ދެކޮޅުހެދުމަކީ އެކުދިންގެ ކިބައިގައި ސިއްހަތު ރަނގަޅު އަމިއްލަ އިރާދައެއް (އިހްތިޔާރާއެކު ގޮތްނިންމުން) ހުރިކަން ހާމަކޮށްދޭ ކަމެކެވެ.
އަމިއްލަ އެދުން ބޮޑުވުމެއް ނޫން:
އެއްޗެހި ދޭން ބޭނުންނުވުމަކީ އެކުދިން ނުބައި ނިޔަތެއްގައި ކުރާ ކަމެއް ނޫނެވެ. ނަމަވެސް އެއީ ހެދި ބޮޑުވެ ނަފްސާނީގޮތުން ތަރައްގީވަމުން އަންނަ މަރުހަލާގައި ކުރިމަތިވާ އާދައިގެ ކަމެކެވެ.
މަޖުބޫރުން ހިއްސާކުރުވުމުގެ ބަދަލުގައި ކުރެވިދާނެ ކަންތައްތައް:
ވަކި ތަރުތީބަކުން ކުޅެން ދަސްކޮށްދިނުން:
އެކަކަށް ފަހު އަނެކަކު ކުޅުމަކީ ހިއްސާކުރުމަށްވުރެ ކުދިންނަށް ދަސްކުރަން ފަސޭހަ ކަމެކެވެ.
ދީލަތިކަމުގެ ނަމޫނާ ދެއްކުން:
ތިބާގެ ތަކެތި އެހެން މީހުންނާ ހިއްސާކުރާ މަންޒަރު ކުދިންނަށް ދައްކައިދޭށެވެ.
މިލްކުވެރިކަމަށް އިހުތިރާމްކުރުން:
ކުއްޖާ ވަރަށް ލޯބިވާ އެއްޗެއް އަތުލައި އެހެން ކުއްޖަކަށް ނުދޭށެވެ. އެހެން ހެދުމުން އެކުދިންގެ ތަކެތި ރައްކާތެރި ނޫންކަމުގެ އިހުސާސް އެކުދިންނަށް ކުރެވެއެވެ. މިއީ އެކުދިންގެ ނަފްސީ އިތުބާރު ކުޑަވެ އެކަނިވެރިކަން އިހްތިޔާރު ކުރާނެ ކަމެކެވެ.
ގާތުގައި ތިބެގެން ކުޅުމަށް ހިތްވަރުދިނުން:
އެއްކުއްޖަކު އަނެއް ކުއްޖަކާ ގުޅިގެން ނުކުޅުނު ކަމުގައި ވިޔަސް، ކޮންމެ ކުއްޖަކު އަމިއްލަ އެއްޗަކާއެކު އެހެން ކުދިންގެ ކައިރީގައި ކުޅެން ފުރުސަތު ދޭށެވެ.
ރަނގަޅު ކަންކަމަށް ތައުރީފުކުރުން:
އެކުދިން ގުޅިގެން މަސައްކަތްކުރުމުން ނުވަތަ ކާ އެއްޗެއް ފަދަ އެއްޗެއް ހިއްސާކުރުމުން އެކަމަށް ތައުރީފުކުރާށެވެ.
މަޝްހޫރު މުސްލިމު ސައިންސްވެރިޔާ، އިބުނު ސީނާ ވިދާޅުވެފައިވެއެވެ. "ފިކުރުތަކުގެ ބާރުގެ ސަބަބުން އެހެންޏާ ބަލިވެއެވެ. ނުވަތަ ޝިފާލިބެއެވެ."
އޭނާގެ، އެ ބަސްފުޅަކީ އަމިއްލަފުޅަށް އެކަން ތަޙުލީލު ކުރެއްވުމަށްފަހު، ވިދާޅުވެފައިވާ ބަސްފުޅެކެވެ. އެގޮތުން، އެކަން ތަޙުލީލު ކުރެއްވުމަށްޓަކާ، އިބުނު ސީނާ، ކުޑަކުޑަ ދެ ކަންބަޅި، ވަކި ދެ ކޮށްޓެއްގައި ބަންދުކުރެއްވިއެވެ. ދެ ކަންބަޅިއަކީވެސް އެއް ޢުމުރެއްގެ، އަދި އެއް ބަރުދަނެއްގެ ދެ ކަންބަޅިއެވެ. އަދި އެ ދެކަންބަޅިއަށް ކާން ދެއްވީވެސް ހަމަ އެކައްޗެކެވެ. އެއްވެސް ތަފާތު ކުރެއްވުމެއް ނެތެވެ.
އެއަށްފަހު، އިބުނު ސީނާ ތިންވަނަ ކޮށްޓެއް ހައްދަވައި، އެ ކޮށީގައި، ހިޔަޅެއް ބަންދު ކުރެއްވިއެވެ. އަދި ކުރިން ބަންދު ކުރެއްވި ދެ ކަންބަޅީގެ ތެރެއިން، އެއް ކަންބަޅިއަށް އަބަދުވެސް އެ ހިޔަޅު ފެންނަގޮތަށް، އަދި އަނެއް ކަންބަޅިއަށް އެއްގޮތަކަށްވެސް ހިޔަޅު ނުފެންނަ ގޮތަށް، ކޮށިތައް ބެހެއްޓެވިއެވެ.
މަސްތަކެއް ފަހުން، ހިޔަޅު ފެންނަގޮތަށް ބަންދުކުރައްވާފައި އޮތް ކަންބަޅިއަށް، އާދަޔާއި ޚިލާފު ގޮތްތަކެއްވެ، ބޭޤަރާރުވެ، ހެދިބޮޑުވުން ކަމީނާވެ، އަދި ބަރުދަން ލުއިވާން ފެށިއެވެ. އަދި އެންމެފަހުން، އެ ކަންބަޅި ބަލިވެ އަނަރޫފަ ވެގެން ގޮސް އެސޮރު މަރުވެއްޖެއެވެ. ހިޔަޅު ނުފެންނަގޮތަށް ބަންދު ކުރައްވާފައި އޮތް ކަންބަޅި، ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިއޮތެވެ.
ހިޔަޅު ފެންނަ ގޮތަށް ބަންދު ކުރައްވާފައި އޮތް ކަންބަޅިއަކަށް، ހިޔަޅުގެ ފަރާތުން އެއްވެސް ޖިސްމާނީ ގޯނާއެއް ނުލިބެއެވެ. އެހެން ނަމަވެސް، އެ ކަންބަޅިއަށް ނަފުސާނީގޮތުން ބިރުވެރިކަމާއި، ހާސްކަން ކުރިމަތިވެ، ޅަޢުމުރުގައި އޭތި މަރުވީއެވެ. އަދި، ހިޔަޅު ނުފެންނަ ގޮތަށް ބަންދު ކުރައްވާފައި އޮތް ކަންބަޅި އޮތީ ހިތް ހަމަޖެހި އުފަލުންނެވެ. އެ ކަންބަޅިއަކަށް ނަފުސާނީގޮތުން އެއްވެސް އަސަރެއް ނުކުރެއެވެ. އެހެންކަމުން، ދުޅަހެޔޮކަމާއެކު ބަރުދަން އިތުރުވެ ރަނގަޅު ޞިއްޙަތެއްގައި ދެމިއޮތީއެވެ.
އެ ތަޖުރިބާއިން، ނަފުސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން އިބުނު ސީނާ ހާމަކޮށް ދެއްވިއެވެ. ވީމާ، ބޭނުމެއް ނެތް، ހާސްވުންތަކާއި، ކަންބޮޑުވުންތަކުން އަމިއްލަ ނަފުސަށް އުނދަގޫ ނުކުރާށެވެ.
އިބުނު ސީނާ އަލިއަޅުއްވާ ލައްވާފައިވަނީ ސިކުނޑިއާއި، ހަށިގަނޑާ ދެމެދު އޮންނަ ވަރުގަދަ ގުޅުމުގެ މައްޗަށެވެ. ނައްސި ފިކުރުތަކުން ޞިއްޙަތަށް ގެއްލުން ލިބޭއިރު، ފައްސި ވިސްނުމުން ޝިފާލިބުމަށް އެހީތެރިވެދެއެވެ. އިބުނު ސީނާގެ އެ ބަސްފުޅަކީ، ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށްޓަކާ، ދުޅަހެޔޮ ޒިހުނިއްޔަތެއް ތަރުބިއްޔަތު ކުރުމުގެ މުހިންމުކަމާއި، އަދި އެކަމަށް ހިތްވަރުދޭ ބަސްފުޅެކެވެ.
އެއިން ދައްކުވައިދެނީ ޒިހުނީ އާދަކާދައިން، ޙަޤީޤަތަށް އަސަރުކުރުވާ ގޮތެވެ. އިންސާނާ، އޭނާގެ ފިކުރުތައް ކިޔަމަންކުރުމުން، ޒާތީ ތަބުދީލީ ނުވަތަ ޓްރާންސްފޮމޭޝަނަށް މަގުފަހިކޮށްދެއެވެ.
މަސްދަރު:. އަވިއްސެނާ، "ކޮންސަރނިންގ ދަ ސޯ
~ ޙަސަން ލުތުފީ ~
ނޫސްވެރިކަމަކީ ވަރަށް ވަރުގަދަ ހަތިޔާރެކެވެ. އެއީ ވަޅިއެއް ފަދަ އެއްޗެކެވެ. ހެޔޮ ގޮތުގައި ވެސް ބޭނުންކުރެވިދާނެއެވެ. މުޖުތަމަޢު ހަމަމަގަށް އަޅުވައި ރައްޔިތުން ހޭލުންތެރިކުރުމަށް ޓަކައި ނޫސްވެރިކަމުގެ ބޭނުން ހިފިދާނެއެވެ. ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރޭ، ފަޚުރުވެރިކަމާ އެކު ނޫސްވެރީން ވިދާޅުވާތީ އިވެއެވެ. ތެދުފުޅެކެވެ. ޒިންމާދާރު ނޫސްވެރިކަމަކީ ސަރުކާރު ޒިންމާދާރުކުރުވާ އެއްބާރެވެ. ވެރިކަމުގެ ގިއުގަނޑުގެތެރެއިން ނުފެންނަ ކަންތައްތައް ހޯދައި ބަލައި ހާމަކުރުމުގައި ނޫސްވެރިކަމުގެ ދައުރު ވަރަށް ބޮޑެވެ.
ވަޅިއަކީ ވެސް ދިރިއުޅުމުގައި މުހިންމު ވަސީލަތަކަށްވާ ފަދައިން އެއީ މީހުން މެރުމާއި އެކިއެކި ޖަރީމާތައް ހިންގުމަށް ޓަކައި ވެސް ބޭނުންކުރެވޭ އެއްޗެކެވެ. ހަމަ މިފަދައިން ނޫސްވެރިކަމަކީ ވެސް މީސްތަކުންނަށް އޮޅުވައިލައި ދޮގު މަޢުލޫމާތު ފަތުރައި ފިތުނަފަސާދަ އުފެއްދުމަށް ޓަކައި ވެސް ބޭނުންކުރެވޭނެ ވަސީލަތެކެވެ. ހުޅަނގުގެ ނޫސްވެރިކަމުން އެ ކަން އެބަ ފެނެއެވެ. ހުޅަނގުގެ ނޫސްވެރީނަށް މުސްލިމުން ފެންނަނީ ނިރުބަވެރީންގެ ގޮތުގައެވެ. ހުޅަނގާއި އެމެރިކާއިން ހިންގާ ކޮންމެ ޖަރީމާއެއް އެ މީހުންނަށް ފެންނާނީ ހައްގެއްގެ ގޮތުގައެވެ. އިސްރާއީލުން ފަލަސްޠީނުގައި ހިންގާ ގަތުލުއާންމާއި ނަސްލުހޭދު، އެ މީހުންނަށް ފެންނަނީ އެއީ އިސްރާއީލުގެ ދިފާޢުގައި އެ މީހުން އަދާކުރާންޖެހޭ ހައްގެއްގެ ގޮތުގައެވެ. ފަލަސްތީނީންނަށް ދިރިތިބުމުގެ ހައްގު އޮންނާން ޖެހޭކަމަކަށް ވެސް އެ މީހުންނަކަށް ގަބޫލެއް ނުކުރެވެއެވެ. މިއީ އަޅުގަނޑުމެންގެ މި ރާއްޖޭން ނާމޫނާ ލިބިގަންނާން ޖެހޭ ނޫސްވެރިކަންކަމަށް ދިވެހި ގިނަ ނޫސްވެރީން ދެކޭ ނޫސްވެރިކަމުގެ ޙާލަތު މިއަދު އޮތް ގޮތެވެ.
އެހެންވީމާ، ދިވެހި ނޫސްވެރިކަމުގެ ތެރެއިން ވެސް މި ކުލަ ނުފެނެޔެކޭ ދެންނެވޭކަށް ނެތެވެ. ކޮންމެ ބަޔަކު ވެސް ތިބެނީ އެ ބަޔަކު ތާއީދުކުރާ ފިކުރަކަށް ގޮސް ހުސްވެފައެވެ. ސަރުކާރަށް ތާއީދުކުރާ ނޫސްވެރީންނަށް ސަރުކާރުން ކުރާ ހަމަ އެއްވެސް ނުރަނގަޅު ކަމެއް ނުފެނެއެވެ. އަނެއްކޮޅުން ސަރުކާރަށް ތާއީދުނުކުރާ ނޫސްވެރީންނަށް ސަރުކާރުން ކުރާ ރަނގަޅު ހަމަ، އެއް ކަމެއް ވެސް ނުފެނެއެވެ. ދޭތެރޭ މެދެއް ނޯވެއެވެ. ތަވާޒުނެއް (ނިއުޓްރަލިޓީ އެއް) ނެތެވެ. އޮންނަނީ ކަޅެވެ. ނޫނީ ހުދެވެ. މި ދެމެދުގައި ކިތަންމެ ބައިވަރު ކުލަތަކެއް ހުންނަ ކަމެއް ނޭނގެއެވެ.
އެމެރިކާގެ ކުރީގެ ރައީސަކު ވިދާޅުވެފައިވެއެވެ. އެމެރިކާގެ މިތުރަކަށް ވާށެވެ! ނުވަތަ ހަތުރަކަށް ވާށެވެ! ހަތުރަކަށް ނުވެ، މިތުރަކަށް ނުވެ އެ ދެމެދުގައި އެއްވެސް ބަޔަކަށް ތިބެވޭން ޖެހޭނެކަމަކަށް ގަބޫލެއްނުކުރެވެއެވެ. ދިވެހި ނޫސްވެރިކަމުން ވެސް އަޅުގަނޑަށް ދުވަނީ މި ވަހެވެ.
ގަބޫލުކުރާންޖެހޭ ހަގީގަތަކީ ނޫސްވެރިކަމަކީ، ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު ކޮށްފި ނަމަ، ސަވާބު ލިބެނިވި ޢަމަލެއްކަމަށް ހެދިދާނެ މަތިވެރި ޢަމަލެއްކަމެވެ. ޚިދުމަތެއްކަމެވެ. އޭގެ އަނެއްކޮޅުން އެއީ ވަރަށް ބޮޑަށް މީހާ ފާފަވެރިވާނޭ ފަދައިން ކުރެވިދާނެ ނުބައި ޢަމަލަށް ވެސް ހެދިދާނެއެވެ. ތެދު މަޢުލޫމާތު ފަތުރައި މުޖުތަމަޢުގެ އެއްބައިވަންތަކަމަށާއި ސުލްޙަ މަސަލަސްކަމަށް އިސްކަން ދޭ ނޫސްވެރިކަމަކީ ހެޔޮ ޢަމަލަކަށް ވާނެއެވެ. ހަމަ އެ ފަދައިން ދޮގު މަޢުލޫމާތު ފަތުރައި މުޖުތަމަޢު ބައިބައިކޮށް ފަސާދަކުރުމުގެ ނިޔަތެއް އޮވެގެން އެ މަގުސަދު ހާސިލުކުރުމަށް ޓަކައި ކުރާ ނޫސްވެރިކަމަކީ ފާފަ ލިބެނިވި ނުބައި ޢަމަލުގެ ތެރޭގައި ލިޔުއްވޭނެ ނުބައި ޢަމަލެކެވެ.
ކަން އޮތީ އިސްވެ ދެންނެވުނު ގޮތަށް ކަމަށްވާ އިރު، މި ދެމެދުގައި ތަވާޒުނު ހިފެހެއްޓުމަށް ޓަކައި، ނޫސްވެރީން ރިޢާޔަތްކޮށް ޢަމަލުކުރާންޖެހޭ ސުލޫކީ މިންގަނޑެއް އޮވެއެވެ. ހިފަހައްޓާން ޖެހޭ އިޖުތިމާޢީ ގިޔަމުތަކެއް ވެއެވެ. ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ފަތުރައި ޢާއްމުންނަށް އޮޅުވައިލުމަކީ މި ދެންނެވި މިންގަނޑުތަކާ ޚިލާފު ކަމެކެވެ. މުޖުތަމަޢުގެ މަސްލަޙަތަށާއި ޤައުމުގެ އަމްނަށް ރައްކައުތެރިވުމަކީ ނޫސްވެރީންނަށް ލާޒިމު ކަމެކެވެ. ހައްގުގެ ނަމުގައި މަސްއޫލިއްޔަތު ހަނދާން ނައްތައިލައިގެން ނުވާނެއެވެ. މުޢާމަލާތުކުރުމާއި ވާހަކަދެއްކުމުގެ އަދަބުތަކެއް ވާކަން ނޫސްވެރީން ހަނދާން ނައްތައިލައިގެން ނުވާނެއެވެ.
މި ކަން މި މަގަށް ގެންދެވޭނީ ޢިލްމާއި މަޢުލޫމާތުގެ ގޮތުން މުއްސަނދި ބަޔަކަށް ނޫސްވެރީން ހެދިގެންނެވެ. ރާއްޖޭގެ ޖޯގުރަފީއާއި އާންމު މަޢުލޫމަތަށް ނޫސްވެރީން އަހުލުވެރިވެގެންނެވެ. މުޢާމަލާތުކުރުމުގެ ހުނަރާއި ވާހަކަދެއްކުމުގެ އަދަބުތައް ނޫސްވެރީން ދަސްކޮށްގެންނެވެ. އިސްލާމީ ރީތި ސުލޫކާއި ޢާންމު އަޚުލާގު ނޫސްވެރީންނަށް އެނގިގެންނެވެ.
އިއްޔެ 15 ވަރަކަށް ގަޑި އިރަށް ދެމިގެން ދިޔަ ނޫސްވެރީންގެ ބައްދަލުވުމުގައި ބައެއް ނޫސްވެރީން، ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވި ބައެއް ސުވާލުތަކުން ރާއްޖޭގެ ޒުވާން ނޫސްވެރިކަމަށް މި ފަދަ ދާއިރާތަކުން ތަމްރީނު ބޭނުންވާކަން ވަރަށް ރަނގަޅަށް އެނގި ހާމަވިއެވެ. މި ކަމަށް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަނުން ސަމާލުކަންދެއްވާނެކަމަށް އުންމީދުކުރަމެވެ.
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިއްޔެ ބޭއްވެވި ނޫސް ކޮންފަރެންސްގައި ކޮންމެ ނޫސްވެރިޔަކު ދަންނަވާ ސުވާލަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޖަވާބަކީ ހުރިހައި ނޫސްވެރީންނަށާއި ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ދެއްވާ ޖަވާބެއްކަމަށް ގަބޫލުކުރާން ޖެހެއެވެ. އެހެންކަމުން، އެ ފަދަ ސުވާލެއް އެހެން ޞީޣާއަކުން ވެސް އަލުން ރައީސަށް ދެންނެވުމަކީ ބޭއަދަބީ ކޮށްގެންވާނެކަމެއް ނޫނެވެ. މި ކަން މިހެން މިވަނީ އެ ދެއްވާ ޖަވާބަކަށް ނޫސްވެރީން ސަމާލުކަން ނުދެއްވާތީކަމަށް ނުވަތަ ދޭހަނުވާތީކަމަށް ގަބޫލުކުރެވެއެވެ. މިއީ އެ ކަމުހެ ހުނަރުވެރިކަން ނުވަތަ ގާބިލުކަން ކުޑަކަމުން ދިމާވާ ކަމެއްކަމަށް ގަބޫލުކުރެވެއެވެ.
ހަމަ މިފަދައިން، ރައީސުލްޖުމްހޫރިއްޔާއަށް ސުވާލުދަންނަވާން ވާނީ އަދަބުވެރި ބަހުރުވައަކުންނެވެ. [އަޅުގަނޑު ކޮށްލާން ބޭނުން ސުވާލަކީ] ނުވަތަ [އަޅުގަނޑު އަހައިލާން ބޭނުންވަނީ] ނުވަތަ [އަޅުގަނޑު ދެން އަހައިލާން އޮތީ] ފަދަ ޢިބާރާތެއް ބޭނުންކުރެވިގެން ނުވާނެއެވެ. ނަމަވެސް ބައެއް ނޫސްވެރީންގެ ވާހަކަފުޅުތަކުން މި ކަންކަން ފާހަގަވިއެވެ. މިއީ އެ ފަދަ ބޭފުޅުން ދިވެހިބަހަށް، ބަހުގެ ހަމަތަކަށް، ކޮށިކަމުން ދިމާވާ ކަމެއްކަމަށް ގަބޫލުކުރެވެއެވެ. އަދި ކުރައްވާނޭ ސުވާލުތަކުގެ ނުކުތާތައް ނޯޓުކުރައްވައިގެން ދިޔަޔަސް އަކުރުން އަކުރަށް ލިޔެފައި އޮތް ޢިބާރާތެއް ބަލައިގެން، ފޯނަށް ބަލަހައްޓައިގެން ހުރެ، ސުވާލުތައް ހުށަހަޅަމުން ދިޔަ ދިޔުމުން ވެސް ހާމަވަނީ، އެ ފަދަ ނޫސްވެރީންގެ ހުނަރާ މެދު، އޮތް އިތުބާރު ކުޑަކަމެވެ. މި ކަންކަމުން އެނގި ހާމަވީ ދިވެހި ނޫސްވެރީންގެ ގިނަ ބޭފުޅުންނަށް ވަރަށް ބޮޑަށް ތަމްރީނު ބޭނުންވާކަމެވެ. އަޅުގަނޑު މި ވާހަކަ މި ދަންނަވައިލީ ހުނަރުވެރި ކުޅަދާނަ ބައެއް ނޫސްވެރީން ނުހަނު ޤާބިލުކަމާއި އަދަބުވެރިކަމާ އެކު، ދަންނަވަމުން ގެންދެވި ސުވާލުތައް އިސްތިސްނާކުރަމުންނެވެ. އެ ފަދަ ބޭފުޅުންނަށް ތަހުނިޔާ ދަންނަވަމުންނެވެ. އެހެން ބޭފުޅުންނަށް ކުރިއެރުން އެދެމުންނެވެ.
~އަބާ-ފަރަގު~
ގައްޒާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އިއްޔެ ހުށަހަޅާފައިވާ ހުށަހެޅުމަކީ ގައްޒާގައި "މީހުން މެރުމާއި ބަނޑުހައިހޫނުކަން" އިތުރަށް ދެމިގެންދާނެ ހުށަހެޅުމެއް ކަމަށާއި، ނަމަވެސް އެއެއްބަސްވުމާއި ގުޅޭގޮތުން އަދިވެސް މަސްވަރާ ކުރަމުން އަންނަ ކަމަށް ފަލަސްތީނުގެ ހަމާސްއިން ބުނެފިއެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލައިން ލެވިޓް ބުރާސްފަތި ދުވަހު ބުނީ، އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ޓްރަމްޕްގެ ސަރުކާރުގެ މެދުއިރުމައްޗަށް ކަނޑައަޅާފައިވާ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އެ ހުށަހެޅުން ހަމާސްއަށް ހުށަހަޅާފައިވާ ކަމަށެވެ.
ހަމާސްގެ ސިޔާސީ ބިއުރޯގެ މެންބަރު ބާސިމް ނައީމް ރޮއިޓާޒް އަށް ކިޔަދިން ގޮތުގައި، އެ ހުށަހެޅުމަކީ "އަޅުގަނޑުމެންގެ ރައްޔިތުންގެ އެއްވެސް އެދުމަކާ، އަދި އެންމެ މުހިންމުކަންތައް ކަމަށްވާ ހަނގުރާމަ ހުއްޓާލުމުގެ އެދުމާވެސް ނުގުޅޭ" ހުށަހެޅުމެއް ކަމަށެވެ. "ނަމަވެސް، ހަމާސްގެ ލީޑަރޝިޕުން މި ހުށަހެޅުމަށް ދޭނެ ޖަވާބަކާމެދު ޒިންމާދާރުކަމާއެކު ފުރިހަމައަށް ދިރާސާ ކުރަމުން އެބަގެންދޭ،" ނައީމް އިތުރަށް ވިދާޅުވިއެވެ.
މި އާ ހުށަހެޅުމުގެ ތަފްސީލުތައް އާންމުކޮށްފައި ނުވި ނަމަވެސް، ހަމާސްގެ އިސް ފަރާތެއް ކަމަށްވާ ސާމީ އަބޫ ޒުހުރީ ރޮއިޓާޒްގަ ބުނީ، އެންމެ މުހިންމު ކަމެއްގެ ގޮތުގައި ގައްޒާގައި ހިންގާ ހަނގުރާމަ ނިމުމަކަށް ގެނައުމާއި، އިސްރާއީލު ސިފައިން އެ ސަރަހައްދުން ބޭރުކުރުމާއި، އަދި ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ އެ ސަރަހައްދަށް އެހީ ވެއްދުމަށް އިސްރާއީލުން ވައުދުވެފައި ނުވާ ކަމަށެވެ.
އިސްރާއީލުގެ ސިޔާސީ ތަޖުރިބާކާރެއް ކަމަށްވާ އަގީވާ އެލްދާރު، އަލްޖަޒީރާއަށް ދިން ބަސްދީގަތުމެއްގަ ބުނީ، ހުށަހެޅުމަކަށް އިސްރާއީލުން އެންމެ ފުރަތަމަ އެއްބަސްވުމަކީ "އާދަޔާ ހިލާފު" ކަމެއް ކަމަށާއި، ހުށަހެޅުމަކީ ހަމާސްއަށް ގަބޫލުކުރަން ނުކުޅެދޭނެ ހުށަހެޅުމެއް ކަމަށް ބަލައި، އެމީހުންނަކީ "ނުބައި މީހުން" ކަމަށް ދައްކައި ހަނގުރާމަ ކުރިއަށް ގެންދިއުމަށް ނަތަންޔާހޫ މަސައްކަތް ކުރަނީ ކަމަށް ވެދާނެ ކަމަށެވެ. "މީގެ ކުރިންވެސް މިކަން ހަމަ މިހެން ހިނގާފައިވޭ. އަދި ނަތަންޔާހޫ އެކަމުގެ ޒިންމާ އެމީހުންގެ ބޮލުގައި އެޅުވި،" އެލްދާރު ބަޔާން ކުރިއެވެ.
ގައްޒާގައި ހަނގުރާމަ ހުއްޓާލުމަށް މިހާތަނަށް ކުރެވުނު މަސައްކަތްތައް ނާކާމިޔާބުވެފައިވަނީ، ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ސަރުތުތަކާ މެދު ހުރި ބޮޑެތި ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުންނެވެ. އޭގެ ތެރޭގައި ހަމާސްއިން ހަތިޔާރު އެއްކޮށް ބެހެއްޓުމަށް އިސްރާއީލުން ގޮވާލުމާއި، އިސްރާއީލުގެ ސިފައިން ގައްޒާއިން ފޭބުމަށް ފަލަސްތީނުގެ ޖަމާއަތުން ގޮވާލުން ހިމެނެއެވެ.
މި އެންމެ ފަހުގެ ހުށަހެޅުމާ ގުޅޭ ރިޕޯޓުތައް އައިސްފައިވަނީ، މި ހަފުތާގެ ކުރީކޮޅު، ވިޓްކޮފާ އެކު ހަނގުރާމަ ހުއްޓާލުމުގެ "އާންމު އޮނިގަނޑަކަށް" އެއްބަސްވެވިފައިވާ ކަމަށާއި ހަމައެކަނި "އެންމެ ފަހުގެ ޖަވާބަކަށް" އިންތިޒާރު ކުރަމުންދާ ކަމަށް ހަމާސްއިން ބުނެފައި ވަނިކޮށެވެ. "އަޅުގަނޑުމެން ވަނީ ވިޓްކޮފާ އެކު އާންމު އޮނިގަނޑަކަށް އެއްބަސްވެވިފަ. އެއީ ދާއިމީ ހަނގުރާމަ ހުއްޓާލުމަށް ކަށަވަރުކަން ލިބޭ، އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ގައްޒާއިން އެއްކޮށް ފޭބުމާއި ހުރަހެއް ނެތި އިންސާނީ އެހީ ވެއްދުން ކަށަވަރުކޮށްދޭ އޮނިގަނޑެއް،" ކަމަށް އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ހަމާސްގެ ބަޔާނުގައިވާ ގޮތުން، މި އެއްބަސްވުމުގައި "ހަނގުރާމަ ހުއްޓާލުމަށް އިއުލާން ކުރުމުން ގައްޒާގެ ކަންތައްތައް ބެލެހެއްޓުމަށް ޕްރޮފެޝަނަލް ކޮމިޓީއެއް އެކުލަވާލުން" ވެސް ހިމެނޭ ކަމަށެވެ. މި އެއްބަސްވުމުގެ ބައެއްގެ ގޮތުގައި، 60 ދުވަހުގެ ތެރޭގައި ހަނގުރާމަ ހުއްޓާލައި، އިސްރާއީލުގެ ސިފައިން ގައްޒާއިން ފައިބައިގެންދާނެކަން ޓްރަމްޕްވެސް ކަށަވަރުކޮށްދެއްވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ތައުލީމީ ފަލްސަފާއެއްގައި އުނގަންނައިދިނުން ބިނާވާން ޖެހޭނީ ހަރަކާތްތެރި ތަޖުރިބާތަކެއްގެތެރެއިން ލިބިދޭ އާ މައުލޫމާތުތައް ބޭނުން ހިފޭނެ ގޮތަކަށެވެ. ހަމައެއާއެކު ކިޔަވައިދޭ މުދައްރިސް ވާންޖެހޭނީ އެއިރެއްގައި ކިޔަވާދޭ ކުލާހުގައި ތިބޭ ދަރިވަރުންގެ ވިސްނުމުގެ މަރުހަލާތައް އެނގިގެން، ދަރިވަރުންގެ މެދުގައި އިޖުތިމާއީ ގުޅުން ވަރުގަދަކޮށް ހަގީގީ ކަންކަމުގެ ތެރެއިން ތަޖުރިބާގެ އަލީގައި ވިސްނުން ކުރިއެރުވުމަށް އެހީވެދޭ މީހެއްގެ ގޮތުގައެވެ.
ހަމައެއާއެކު އުނގަންނައިދިނުން ހަރުދަނާ ކުރުމަށް، ދަރިވަރުން އެކަނި ހައްލުކުރަން ނުވަތަ ކުރިއަށް ދިއުމަށް އުނދަގޫވާ މައްސަލަތައް ހައްލުކުރުމުގައި، އެހެންމީހުންގެ އެހީތެރިކަން ބޭނުންކޮށްގެން ހައްލުކޮށް ދަސްކުރެވޭނެ ގޮތްތައް ފަހިކޮށްދިނުމާއެކު، އުނދަގޫއެއްޗެއް އޮޅުންފިލުވައިދިނުމުގައި ދަރިވަރުންގެ ވިސްނުމުގެ މިންގަނޑު ހުރި މިންވަރަކަށް ފިލާވަޅު ބަދަލުކޮށްގެން ކިޔަވައިދޭން ޖެހެއެެވެ. ރަނގަޅު އުނގަންނައިދިނުމެއްގައި ދަރިވަރުންގެ ކިބައިން ފެންނަމުންދާ ރަނގަޅުސިފަތައް ފާހަގަކުރުމާއެކު، އެކުދިން އަބަދުވެސް ރަނގަޅު އަހްލާގުގައި ދެމިތިބުމަށް ތަރުހީބު ދޭންޖެހެއެވެ. އުނގަންނައިދިނުމުގެ ތެރޭގައި ދަރިވަރުން އުޅެ ބޮޑުވާ މާހަލުން ގަބޫލުކުރާ ކުރުންތަަކާއި، ދީނާއި ސަގާފަތުގެ ތެރެއިން އަގީދާ ވަރުގަދަކޮށް ދީނީ ކަންތައްތަކަށް އިސްކަންދީ، އެކަންކަން ކުރުމަށް ސައުގު އުފެދިފައިވާ ދަރިވަރުން ބިނާކުރަން ޖެހެއެވެ. އުނގަންނައިދޭ އެއްޗެއް ވަޒަން ކުރުމުގައި އިންތިހާނު ތަކުގައި ދެވޭ ބައިތައް، ދަސްވެފައިވާ އެއްޗަކުން އެނގިހުރި މައުލޫމާތާއި، ލިބިހުރި ހުނަރަކާއި، ހަރުލާފައިވާ ސިފަ ވަޒަން ކުރެވިގެން ދާގޮތަށް ބައްޓަން ކުރަންޖެހެއެވެ.
ދިރިއުޅުމުގެ ކޮންމެ މަރުހަލާއެއްގައިވެސް ކަމެއް ކާމިޔާބަކާއި ހަމައަށް ގެންދިއުމަށް، ފަންނުވެރިކަމަކާއި ވަކި ހަމަތަކެއްގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުމަށް ވިސްނަންޖެހެއެވެ. ދަރިވަރުން ބައްޓަންކުރުމުގައި ތަފާތު ހުނަރުތައް އުނގަންނައިދޭން ޖެހެއެވެ. އެގޮތުން އިލްމީ ފަލްސަފާތަކުގެ ތެރެއިން އަޅުގަނޑުމެން ކަނޑައަޅާ ގޮތްތަކެއް އެންމެ އެދެވޭ ގޮތެއްގައި ބޭނުން ކުރެވިއްޖެނަމަ، ކާމިޔާބީއާއި ކުރިއެރުން ދަރިވަރުންނަށް ހޯދައި ދެވިދާނެ އެވެ.
އުނގަންނައި ދިނުމަށް ޓަކައި ކުރިމަތިލާ އިރު، ދަރިވަރުން ކުރިއަރުވާ ތަރުބިއްޔަތު ކުރުމަށް (އެތަނެއްގެ ނުވަތަ ތައުލީމު ކުރިއެރުވުމަށް ކަނޑައެޅިފައިވާ) ގައުމީ ފަލްސަފާއަކީ ހާއްސަ އިސްކަމެއް ދީގެން ބޭނުންހިފަން ޖެހޭނެ އެއް ހަތިޔާރެވެ.
ދަރިވަރުން ވަކިގޮތަކަށް ހާނާ ބައްޓަން ކުރުމަށްޓަކައި އެކުދިންގެ ސުލޫކާއި އަހްލާގު ހެޔޮމަގުގައި ބެހެއްޓުމަށް، ރިވެތި ރަނގަޅުގޮތުގައި މުއާމަލާތް ކުރުން މުހިއްމެވެ. ހަމައެއާއެކު ދަރިވަރުންގެ ކިބައިގައި ހަރުލާފައިވާ ނުރަނގަޅު ސިފަތައް އިސްލާހުކޮށްލުމަށް، ދަރިވަރުން ގަބޫލުކުރާ (ހަރުދަނާ) އުސޫލުތައް ދެނެގަނެ، އެ އުސޫލުތަކުން ފެށިދާނެއެވެ. ދަރިވަރުންގެ ސުލޫކަށް ރަނގަޅު ހެޔޮބަދަލެއް ގެނެވޭނީ  ހިތްވަރު ދިނުމުގެ ގޮތުން (ބައެއް ފަހަރަށް) އިނާމު ނުވަތަ ހަދިޔާ ފަދަތަކެތި ދީގެންނެވެ. ހަމައެއާއެކު ރަނގަޅު ކުރުވަން ޖެހޭ ކަންކަމަށް (ނަފްސާނީ އަދި ޖިސްމާނީގޮތުން އުނިކަން ނުލިބޭފަދަ ގޮތަކަށް)، ލުއިއަދަބު ފަދަ ކަންކަން މެދުވެރި ކޮށްގެންނެވެ. އެގޮތުން ކުޅިވަރު ތަކާއި ދަރިވަރު ކުރާހިތްވާ ބައެއް ކަންތައްތަކުން ބައެއްފަހަރަށް ވަގުތު ކޮޅަކަށް ދުރުކުރުވި ދާނެއެވެ. މީގެ ސަބަބުން ދަރިވަރު ބޭނުންވާ ކަންކަމަށް ފުރުސަތު ހޯދަން ނުވަތަ ބައިވެރިވާން، އެކަންކަން އިސްލާހުކޮށްލަން މަޖުބޫރުވެއެވެ.
މިކަމުގައި ދަރިވަރުގެ ސަމާލުކަން ހޯދާ ސައުގުވެރި ކުރުވޭނެ ކަންކަމާއި ގޮތްތައް ބޭނުންކުރެވިދާނެއެވެ. ފުރަތަމަ ކަމަކަށް " ބިހޭވިއަރ ލަރނިންގ ތިއަރީ " އަދި "  މޯޓިވޭޝަނަލް ތިއަރީ" ގެ އުކުޅުތައް ބޭނުން ކުރެވިދާނެއެވެ. އުނގަންނައި ދިނުމުގައި މަސައްކަތްކުރާއިރު ދަރިވަރުން އެކިއެކި ކަންކަން ހޯދާ ބަލައި ވިސްނުމާއި،  ކަންކަން ދަސްކުރުމަށް ފިކުރު ހުންނަގޮތް ދެނެގަތުމާއެކު، އެގޮތްތައް " ކޮގްނެޓިވް ލަރނިންގ ތިޔަރީ" ގެ އަލީގައި ބުނެދެވިދާނެއެވެ. ހަމަ އެހެންމެ ކޮންމެ ކުއްޖަކީ ތަފާތު ވިސްނުމުގެ ކުއްޖެއްކަން ދެނަހުރެ، އެފަދަ ވިސްނުންތައް ދެނެގަނެ، ކިޔަވައިދިނުމުގެ ގޮތްތައް އެމަގުން ރާވަލުން މުހިއްމެވެ.
ފިލާވަޅު ކުރިއަށްގެންދިއުމުގައި ދަރިވަރުން ގުޅިގެން، އެއްބާރުލައިގެން ކުރެވޭ މަސައްކަތްތަކެއްގެ ތެރެއިން، އުނގަންނައި ދިނުމަށް އިސްކަން ދޭންވާނެ އެވެ. މިގޮތުން " ސޯޝަލް ޑިވެލޮޕްމަންޓް ތިއަރީ" ގެ ބޭނުން ފުރިހަމަ ގޮތެއްގައި ހިފިދާނެއެވެ. އެއީ އަމަލީ ގޮތުން ކުރެވޭ މަސައްކަތަކުން ދަސްވާ އެއްޗެއް ގިނަދުވަހަށް ހަނދާނުގައި ހަރުލެއްވިފައި ބެހެއްޓޭނެތީއެވެ.
މިހުރިހާ ފަލްސަފާތަކުގެ ތެރެއިން ދަރިވަރުންނަށް އުނގަންނައި ދިނުމުގެ ހުރިހާ މަރުހަލާއެއް ބިނާވަނީ، ތައުލީމު ދިނުމުގެ މައިގަނޑު ތިންބައި ކަމުގައިވާ މައުލުމާތާއި ހުނަރު، އަދި ސިފައެއް ހަރުލެއްވޭނެ ގޮތުގެ މައްޗަށެވެ. އުނގަންނައިދިނުމުގައި އެންމެ ފުރިހަމަ ގޮތުގައި ފިލާވަޅު ކުރިއަށް ގެންދިއުމަށްޓަކައި ދަރިވަރުން ސައުގުވެރިކަމާއެކު ބައިވެރިވެ، ދުވަހުގެ ފިލާވަޅުގެ މަގްސަދު އެންމެ އެދެވޭ ގޮތެއްގައި ހާސިލްކުރެވޭނެ ގޮތެއްގެ މަތިންނެވެ.
އުނގަންނައިދިނުމުގައި ބޭނުންކުރާ ތައުލީމީ ފަލްސަފާ އެކަށައަޅައި އޭގައިވާ ބައިތައް ކުރިއަށްގެންދިއުމުގައި ބޮޑު ސަމާލުކަމެއް ދޭންވީ، އުނގަންނައި ދެވޭ އެއްޗެއްގެ ނަތީޖާއަށް ވާސިލުވުމަށްޓަކައި، ތައުލީމީ ގައުމީ ފަލްސަފާގައި އެކުލެވޭ ބައިތައް ފުރިހަމަކޮށްދިނުމަށެވެ. އިލްމީ ދިރާސާތަކުގެ އަލީގައި ހޯދިފައިވާ ނަޒަރިއްޔާތުތައް ނުވަތަ ފަލްސަފާތަކުން މައުލޫމާތާއި ހުނަރާއި ސިފަ އެކުލެވޭ ގޮތަށް ބައްޓަންވެފައިވާ ދަރިވަރުންތަކެއް ބިނާކުރުމަށެވެެ. އުނގަންނައިދިނުމުގެ ތެރެއިން ދަރިވަރުންގެ ވިސްނުން ރަނގަޅުކުރުމަށް ކުލާސްތެރޭގައި ކުރިއަށްގެންދެވޭ ތަފާތު ހަރަކާތްތަކާއި ފިލާވަޅުތަކުން، އެއް ގްރޭޑުން އަނެއް ގްރޭޑަކަށް ބަދަލުވާއިރު ކުރިން ކިޔެވި އެއްޗެއްގެ ބޭނުން ހިފައި، ކިޔަވައިދޭ ގްރޭޑްގެ ފެންވަރު މައްޗަށް ދިޔަވަރަކަށް ދަރިވަރުގެ ވިސްނުމުގެ ފެންވަރު ކުރިއަރައި، ކުރިން ލިބިފައިހުރި މަައުލޫމާތުގެ ބޭނުން ހިފައިގެން ނަތީޖާ ހާސިލް ކުރުމަށެވެ.
ދަރިވަރުންނަށް އުނގަންނައިދިނުމުގެ ތެރެއިން ކުރިއަށްގެންދާ ކުޅިވަރުގެ ހަރަކާތްތަކުގެ ތެރެއިންނާއި މުބާރާތްތަކުގެ ތެރެއިން ބައްދަލުވާ ފަރާތްތަކުން ބަދަލުކުރެވޭ މައުލޫމާތުގެ ސަބަބުން، ދަރިވަރަށް ލިބިގެންދާ ކުރިއެރުންތަކާއި އުޅުމަށް އަންނަ ހެޔޮބަދަލުތަކުން އެކުދިންގެ ވިސްނުން ކުރިއަރައި ދެއެވެ. އުނގަންނައިދިނުމުގައި ދަރިވަރުން ހޯދާ ކާމިޔާބީ ފާހަގަކުރުމާއި އިނާމު ދިނުމާއި، ފެންނަ ރަނގަޅު ސިފަތައް ފާހަގަކޮށް މަދަރުސާގެ އެކިއެކި ގޮފިތަކާ ޖަމާއަތްތަކުގެ އިސްމަގާމުތަކާއި، ޕްރިފެކްޓް ބޯޑުގެ މެމްބަރުކަން އަދި ކުލާސް މޮނީޓަރކަމާއި، ކުދި ގްރޫޕްތަކުގެ ލީޑަރުންގެ ގޮތުގައި ހަރަކާތްތެރި ކުރުވުވުމާއި، ކެޑޭޓް، ސްކައުޓް، ގާލްގައިޑް ފަދަ ހަރަކާތްތަކާއެކު، ރަނގަޅު ސުލޫކަށް މަގުފަހިކޮށްދީ ހިތްވަރުދީ ހެދުމުން އެކުދިންގެ ސިކުނޑިތައް ހުޅުވި ހެޔޮބަދަލު އާދެއެވެ.
ކުލާސްތެރެއިން ނޫނަސް ސްކޫލުގެ މާހައުލުންވެސް ދަރިވަރުންނަށް ފެންނާނެހެން، މާއްދާތަކުގެ މުހިއްމު މައުލޫމާތުތަކުގެ ޕޯސްޓަރ ފަދަ ތަކެތި ފެންނަ ގޮތަށް ބެހެއްޓުމުން، ދަސްކުރާ މިންވަރު ހަލުއިވެ މަތިވެގެން ދެއެވެ. މިގޮތުން ކުލާސް ރޫމް ގަވާއިދުތައް ވެސް ދަރިވަރުންނަށް ފެންނަ ގޮތަށް ބެހެއްޓުމުން، އެއަށް ބޯލަނބައި، ދަރިވަރުންގެ ކިބައިން ހެޔޮ ބަދަލުތައް ފެންނަމުން ދާނެކަމީ އަލްބަޓް ބަންޑޫރާ (1978) ހާމަކޮށްފައިވާ، (ކަންތައްތައް ދަސްކޮށް އުނގެނެނީ ބަލައިގެން، ނަކަލުކޮށްގެން، ނުވަތަ އެހެންމީހުންގެ ތަޖުރިބާތަކުންނާއި ބުނާބުނުންތަކުން އުނގެނި ދަސްވާ) ފަލްސަފާވެސް މެއެވެ.
އުނގަންނައިދިނުމުގައި ބޭނުންކޮށް އުޅޭ އުސޫލުތަކާއި ގޮތްތަކާއި އުކުޅުތައް ބޭނުންކޮށްގެން ދަރިވަރު އުޅެ ބޮޑުވާ މާހައުލުކަމަށްވާ ގޭތެރެއާއި ސުކޫލު އަދި ރަށުތެރެއިން، ކުދިންގެ ކިބައިގައި ހަރުލެއްވުމަށް ބޭނުންވާ އިލްމާއި ހުނަރާއި، ގަބޫލު ކުރުންތަކާއި އެކު ދަރިވަރުގެ ސަހުސިއްޔަތު ބިނާކުރުމަކީ ޕެޑަގޮޖީ ނުވަތަ އުނގަންނައިދިނުމުގެ ދުރޫސުލް އަހްލާގެވެ. މިއީ އުނގެމުގެ މަރުހަލާ ކުރިއަށްދާއިރު ގުޅިލާމެހިފައިވާ ބުރުގައި ހިމެނޭ، ކިޔަވައިދޭ ފަރާތް ނުވަތަ މުދައްރިސާއި، އުނގެނުމަށް މަސައްކަތް ކުރާ ދަރިވަރާއި، އުޅެ ބޮޑުވާ މާހަައުލާއި ޖަމާއަތުގައި ހިމެނޭ (ދަރިވަރާއި) ގުޅުން ހުރި ފަރާތްތަކާއި، ދެމެދު އުފެދިފައިވާ ގުޅުމެވެ.
ފާހަގަ ކޮށްލަންޖެހޭ ޕެޑަގޮޖީއަކީ އެންމެ ފުރަތަމަ ރަނގަޅު ސުލޫކެއް ނުވަތަ ގަވައިދުތަކެއްގެ ތެރޭގައި ހަރަކާތްތެރިވެވޭ ފަދަ ބަޔަކަށް ހެދުމަށް، ދަރިވަރުންގެ ހިޔާލާއި މަސްވަރާގެ ތެރެއިން ހެދޭ އުސޫލު ނުވަތަ ގަވާއިދުތަކެއްގެ ތެރޭގައި ހަރަކާތްތެރި ވެވޭނެ ބަޔަކަށް އެކުދިން ހެދުމަށް މަސައްކަތްކުރުމެވެ. ހަމަ އެއާއެކު އެކަކު އަނެކަކުގެ އެހީތެރިކަމާއި އެއްބާރުލުމަކީ މުހިއްމު ކަމެއްކަން އަންގައި ދިނުމެވެ. އެދެވޭ ގޮތެއްގައި މަސައްކަތްތައް ކުރިއަށް ދާނަމަ ތަރުހީބުދީ ، އަދި މަސައްކަތުގައި އެހެން ދަރިވަރުންނަށްވެސް ހިތްވަރުދީގެން ދުވަހުގެ މަސައްކަތްތައް ފުރިހަމަ ކުރަމުން ގެންދިއުމެވެ. ހަމަ އެގޮތަށް ފުންކޮށް ވިސްނައި، އަމިއްލަ ހިޔާލުތައް އުފެއްދުމަށްް ފުރުސަތު ދިނުމެވެ.
އިޖުތިމާއީ ހަރަކާތްތެރިކަމަކީ އުނގެނުމުގައި މުހިއްމު އެއްބައި ކަމުގައިވާތީ ގުޅިގެން އެއްބާރުލައިގެން އުނގެނުމަށް ގްރޫޕް މަސައްކަތްތައް ގިނައިން ބޭއްވުން ނުހަނު މުހިއްމެވެ. ދަރިވަރުން އުނގެނުމަށް ސައުގުވެރިކަން އުފެއްދުމަށްޓަކައި އެކުދިން ހޯދާ ކާމިޔާބީތައް ކުލާސް ފެންވަރުގައި ފާހަގަކުރުމާއެކު ދަރިވަރުން ކުރިއަށް ދިއުމަށް، އެކުދިން ކޮށްފައިވާ މަސައްކަތްތައް ދައްކައިގެން ކުރިއަށް ދިއުމަށް ހިތްވަރު ދޭންވާނެއެވެ. އުނގެނުމުގައި ދަރިވަރު ކޮންމެ ދުވަހަކު ކުރެވޭ މަސައްކަތުން ކުރިއެރުން ލިބެމުންދާވަރު ބެލެނިވެރިންނާއި ހިއްސާކޮށް، އެ ފަރާތްތަކާމެދު އޮންނަ ގުޅުން ބަދަހިކުރުންވެސް އެހާމެ މުހިއްމެވެ.
ޕެޑަގޮޖީ ނުވަތަ އުނގަންނައިދިނުމުގެ ދުރޫސުލް އަހްލާގު ބޭނުންކުރެވޭ ގޮތްތަކަކީ، ފުރަތަމަ ރަނގަޅު ސުލޫކެއް ނުވަތަ ގަވައިދުތަކެއްގެ ތެރޭގައި ހަރަކާތްތެރިވެވޭ ފަދަ ބަޔަކަށް ދަރިވަރުން ހެދުމެވެ. އަދި ދަރިވަރުންގެ ހިޔާލާއި މަސްވަރާގެ ތެރެއިން ހެދޭ އުސޫލު ނުވަތަ ގަވައިދު ތަކެއްގެ ތެރޭގައި ހަރަކާތްތެރި ވެވޭނެ ކުދިންނަށް ހެދުމަށް މަސައްކަތްކުރުމެވެ. މިގޮތަށް މިކަން ކުރިއަށް ގެންދިއުމުން އަދަބު އިހުތިރާމްކުރުމާއި، ތަކެތި ވަކި ތަރުތީބަކުން ގެންގުޅެން ދަސްވުމާއިއެކު، އުޅޭތަން ނުވަތަ ތިމާވެށި ސާފުތާހިރުކޮށް ބޭއްވުމުގެ އާދަ ހަރުލުމާއިއެކު، ކަންކަމުގައި އެހެންމީހުންގެ އެހީތެރިކަމަށް ބޭނުންކޮށްގެން، ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރުކުރުމެވެ.  މިއީ ވައިގޮޓްސްކީ (1936) ހާމަކުރާ ކޮންސްޓްރަކްޓިވިޒަމް ތިއަރީގައި، އުނގެނުން މާނަކުރާ ގޮތްތަކާއި އެއްގޮތަށް ގެންދެވޭނެ ކަންކަމެވެ.
އުނގަންނައިދިނުމުގައި މި ލިޔުމުގައިވާ ތައުލީމީ ފަލްސަފާ އާއި ޕެޑަގޮޖީގައި ދަރިވަރުން ބައްޓަން ކުރުމަށް ގެންގުޅޭ އުސޫލުތަކާއި ގޮތްތައް، ގައުމީ ފަލްސަފާގައި ކަނޑައަޅާފައިވާ ބައިތަކަށް ކަށަވަރުކުރުމަށް ގައުމީ މަންހަޖުގައިވާ ކަންކަމާއި ވަރަށް ބޮޑަށް ގުޅިފައި ވެއެވެ. ދަރިވަރުންގެ އުޅުމަށް ހެޔޮ ބަދަލުތަކެއް ގެނައުމާއި (ބިހޭވިއަރަލް ލަރނިންގ ތިއަރީ އާއި)، ދަރިވަރުން އެކަމެއްގައި ސާމިލްކޮށްގެން ކަންކަން ދަސްކޮށްދިނުމަށް ބޭނުންކުރެވޭ، ސައުގުވެރިކަމުގެ ތިއަރީ (މޯޓިވޭޝަން ތިއަރީ) އާއި، ދަސްކުރާ އެއްޗެއް ފަހުން ބޭނުންކުރެވޭ ގޮތަށް ހަނދާނުގައި ހަރުލެއްވުމަށް (ކޮގްނިޓިވް ލަރނިންގ ތިއަރީ)، އަދިި އެކަކު އަނެކަކާއި ގުޅި އެއްބާރުލައިގެން ދަސްކުރުމަށް (ސޯޝަލް ޑިވެލޮޕްމަންޓް) ތިއަރީ ވަރަށް ބޮޑަށް ވަނީ ގުޅި ލާމެހިފައެވެ.
ގައުމީ ފަލްސަފާގައި ބަޔާންކުރާ އިސްލާމްދީނާއި، ދިވެހި މުޖުތަމައުގައި ހަރަކާތްތެރިވާ ބައިވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ގާބިލިއްޔަތުކަން ލިއްބައިދިނުމަށްޓަކައި، ދަރިވަރުންގެ ވިސްނުން ދުޅަހެޔޮ ކަމާއިއެކު ތަރައްގީ ކޮށްދިނުމުގައި، ކޮންމެ ފިލާވަޅެއްގެ ތެރެއިން މަައުލުމާތާއި ހުނަރު އަދި ސިފައެއް ދަސްކޮށްދެވުމަކީ ގައުމީ މަންހަޖުގެ ބައިތަކާއި މި ލިޔުމުގައި ބަޔާންވެދިޔަ ފަލްސަފާއާއި ޕެޑަގޮޖީ ގުޅިގެން ގޮސްފައިވާގޮތް ދެނެގަނެވޭނެ އަސާސްތަކެވެ.
~މުޙައްމަދު އިބްރާހިމް~
ތައްޔާރުކުރާނެ ގޮތް
( ފުރަތަމަ ކަމީރުކޮށް ގްރޭވީކޮޅު ތައްޔާރު ކުރާނެ ތަކެތި އިރުސާދުގެ ބައިތައް ބައްލަވައި ހޯދާލާ. އެއަށްފަހު...)
މެރިނޭޝަން އަށް ބޭނުންވާ ތަކެތިން ކުކުޅު ކޮޅާއި އެއްކޮށްލުމަށްފަހު 20 މިނެޓް ވަންދެން މެރިނޭޓް ކޮށްލާށެވެ.
ދެން ދެވަނަ މެރިނޭޝަން އަށް ބޭނުންވާ ތަކެތި އޭގެ ތެރެއަށް އަޅާލުމަށްފަހު 12 ނުވަތަ 48 ގަޑި އިރުވަންދެން ފްރިޖުގައި މެރިނޭޓް ކޮށްލާށެވެ. ގިނަ އިރު މެރިނޭޓް ކުރި ވަރަށް ބަޓަރ ޗިކަން މީރު ވާނެއެވެ.
ކެޝޫ ނަޓާއި ޓޮމާޓޯ މިކްސަރުން ރަނގަޅަށް މުގުރާލައި ޕޭސްޓް ތައްޔާރުކޮށްލާށެވެ.
ދެން 2 މޭޒުމަތީ ސަމުސާ ބަޓަރ ތަވައަކަށް އެޅުމަށްފަހު ބަޓަރ ވިރުމުން މެރިނޭޓް ކުރި ކުކުޅު އެއަށް އަޅައި ކުކުޅުން ނުކުންނަ ފެންފޮދު ހިނދި، ކުކުޅަށް ރަން މުށި ކުލަ އަރަންދެން ފްރައި ކޮށްލާށެވެ.
އެއަށްފަހު ބަޓަރ ޗިކަން ތައްޔާރު ކުރާ ތެލި އުނދުން މައްޗަށް އުދުމަށްފަހު 3 މޭޒުމަތީ ސަމުސާ ބަޓަރ ތެއްޔަކަށް އަޅައި ވިރުވާލާށެވެ. ދެން އެއަށް ކާފޫރު ތޮޅި އާއި ކަރަންފޫ އަދި ފޮނިތޮށި އަޅައިގެން އެއް މިނެޓް ވަންދެން ހަލުވަމުން ކައްކާލާށެވެ.
ދެން ލޮނުމެދު އަދި އިނގުރު ޕޭސްޓާއި ތޮޅި މިރުސް އެއަށް އަޅާލުމަށްފަހުވެސް މިނެޓެއް ވަރު ވަންދެން ހަލުވަމުން ކައްކާލާށެވެ.
އެއަށްފަހު ކޭޝޫ-ޓޮމާޓޯ ޕޭސް އަޅާލުމަށްފަހު، މުގުރި މިރުހާއި، ލޮނު އަދި ހަކުރުވެސް އެއަށް އަޅާލުމަށްފަހު އޮލަ ވަންދެން މަޑު މަޑުން ހަކުވަމުން ގްރޭވީ ކައްކާލާށެވެ.
ދެން އެއްޖޯޑު ފެން އަޅާލުމަށްފަހު، އެ ތަކެތިން ބޮކި އަރައި ކެކި ގަންނަންދެން ގާތްގަނޑަކަށް 5-3 މިނެޓް ކައްކާލާށެވެ.
ކުކުޅު ކޮޅު އަޅާލުމަށްފަހު އެކުލަވާލައި އިތުރު 5 މިނެޓް ކައްކާލާށެވެ.
ދެން ގަރަމް މަސާލާއާއި ފެނު ގްރީކް ފަތް އެޅުމަށްފަހު 2-3 މިނެޓް ވަރު ވަންދެން ހަލުވަމުން ކައްކާލުމަށްފަހު މައްޗަށް ހެވީ ކްރީމް އަޅާލާށެވެ.
ފަހު ކަމަކަށް ގާނިޝް ކޮށްލުމަށް ކޮރެއަންޑާ ފަތް އަޅާލާށެވެ. ބޭނުންނަމަ އިތުރަށް ހެވީ ކްރީމް ވެސް އެޅިދާނެ އެވެ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީން އެ ޕާޓީގެ ދަފްތަރު ބެލެހެއްޓުން މިހާރަށްވުރެ ހަރުދަނާކުރުމަށް އެ ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާޓީގެ ލީޑަރޝިޕަށް އަންގަވައިފިއެވެ.
ޕީއެންސީގެ ރައީސް މިގޮތަށް އެންގެވީ އެ ޕާޓީގެ ދަފްތަރާމެދު ބޮޑެތި ސުވާލުތަކެއް އުފައްދައި މިފަހުން އިލެޝަންސް ކޮމިޝަނަށް ގިނަ މައްސަލަތަކެއް ވެސް ހުށަހަޅާފައި ވަނިކޮށެވެ.
ބުރާސްފަތި ދުވަހު ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ޕާޓީން ކުރިއަށް ގެންދިޔަ މެންބަރޝިޕް ޑްރައިވްއަށްފަހު ޕާޓީގެ ދަފްތަރާމެދު ބައެއް ސަކުވާތައް އާންމުންގެ މެދުގައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ލިބުނު ސަކުވާތައް ޕާޓީގެ ފަރާތުން ބަލަމުންދާކަމަށް ވަނީ ބުނެފައެވެ. ބަޔާނުގައި ބުނެފައި ވަނީ، ޕާޓީގެ ދަފްތަރުގެ ސައްހަކަން ކަށަވަރު ކުރުމާއެކު، ދަފްތަރު ބެލެހެއްޓުމުގެ ކަންކަން ޕާޓީގެ އިދާރީ އޮނިގަނޑުގެ ތެރެއިން ވެސް އިތުރަށް ހަރުދަނާ ކުރުމަށް ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަންގަވާފައި ކަމަށެވެ.
އެހެންކަމުން އީސީން އާންމުކޮށްފައިވާ ދަފްތަރުގައި އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހިމެނިފައި އޮތުން ނުވަތަ ނެތުމާމެދު ވެސް ސަކުވާއެއް އޮތްނަމަ ހުށަހެޅުމުން އެކަމަކަށް ފިޔަވަޅު އަޅަމުންދާނެކަމަށް ވެސް  ބަޔާނުގައި ވަނީ ބުނެފައެވެ.
ޕީއެންސީގެ ރައީސް މިފަދަ އެންގެވުމެއް އަންގަވާފައި މިވަނީ، ޕީއެންސީއަށް ފޯމު ފުރުމުގެ މަސައްކަތް ޑީއެންއާރުގެ އޮފީސްތެރޭ ކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް އާންމުވެ އަދި އެކަމަށް އެތަނުގެ އިސްވެރިން އެއްބަސްވެސް ވެފައި ވަނިކޮށެވެ. އަދި އެމްޑީޕީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާއި އެ ޕާޓީގެ އިސްބޭފުޅުންނާއި އާއްމުންގެ ވެސް އެތައް ބަޔަކު އެމީހުންނަށް ނޭނގި ޕީއެންސީއަށް ވައްދާފައިވާކަން ހާމަވެފައިވަނިކޮށެވެ.
އަދި ހަމަ މިއާއި އެކު، މަޖިލިސް ރައީސް އަބްދުއް ރަހީމާއި ރައީސް މުއިއްޒާއި ދެމެދު އުދެދިފައިވާ މައްސަލަތަކުގެ ސަބަބުން އަބްދުއް ރަހީމަށް ތާއީދުކުރާ ޕީއެންސީގެ އިސް މެންބަރުން ޕާޓީން ވަކިކުރުމުގެ އެޖެންޑާއެއްގެ ތެރެއިން ކަމަށްވެސް އަޑުތައް ފެތުރިފައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާނުގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް ހުކުމާ އެއްގޮތަށް ދަކަމުން ނުދާ ކަމަށް ބުނެ، އޭނާގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅައިދނުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް 13 ފެބްރުވަރީ 2024 ވީ ބުރާސްފަތި ދުވަހު (އިއްޔެ) ހުށަހަޅައިފި އެވެ.
ސިނާން އާއި އަދިވެސް އިތުރު ތިން މީހެއް ހިމެނޭ ގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަށް ނުދައްކާ އޮތް 2.5 މިލިއަން ރުފިޔާ ދެއްކުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މިދިޔަ އޮކްޓޯބަރު މަސް ތެރޭގައި ކޮށްފައިވާ ހުކުމާއި އެއްގޮތަށް ފައިސާ ނުދައްކާ ކަމަށްބުނެ ގާނޫނީ ވަކީލު ޣާލިބު ސަލީމު ހުށަހެޅި މި މައްސަލާގައި ފާހަގަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ސާބިތު ދަރަންޏެއް ހުކުމާ އެއްގޮތަށް ނުދައްކާނަމަ މެންބަރުކަމުން ވަކިވާނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.
މައްސަލަ ހުށަހަޅާފައި ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކުން ސިނާން އާއި އަދި އިތުރު ބަޔަކާ ގުޅިގެން ނަގާފައިވާ 3,802,863.32ރ. (ތިން މިލިއަން އަށްލައްކަ ދެހާސް އަށްސަތޭކަ ފަސްދޮޅަސް ތިން ރުފިޔާ ބައްތިރީސް ލާރި) ގެ "ސޭލްސް އެންޑް ލީސްބެކް ފައިނޭންސިންގ ފެސިލިޓީ" އަށް ފައިސާ ނުދައްކައިގެން ކޯޓަށް އެ މައްސަލަ ހުށަހަޅައި، ކޯޓުން އެ ފައިސާ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ދައްކާ ޚަލާސް ކުރުމަށް ކޮށްފައިވާ ހުކުމާ އެެއްގޮތަށް ސިނާން ފައިސާ ނުދައްކާތީ އެވެ.
ގާލިބުގެ ހުށަހެޅުއްވި މައްސަލައިގައި ފާހަގަކޮށްފައިވާ ގޮތުގައި، "ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު، ސ. ހިތަދޫ ހުޅުދޫއާގެ، މުހައްމަދު ސިނާނަކީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2024-S2C-CIV-243 ގަޒިއްޔާގެ ހުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުން ގެންދާ ފަރާތަކަށް ނުވާތީ، މިއީ އޭނާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނޭ ހާލަތެއް" ކަމުގައެވެ.
މައްސަލަ ސާބިތުވެ، ހުށަހަޅާފައިވާ ގޮތަށް ސުޕްރީމްކޯޓުން ހުކުމް ކޮށްފިނަމަ، ސިނާނު ވެގެންދާނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭ ފުރަތަމަ މެންބަރަށެވެ.
ސިނާނުގެ ގޮނޑި ގެއްލުނަސް ވެރިކަންކުރާ ޕީއެންސީއަށް މަޖިލީހުގައި އޮތް ފުރިހަމަ މެޖޯރިޓީއަށް މާބޮޑު ބަދަލެއް ނާންނާނެ އެވެ. އޭނާ އާއެކު މަޖިލީހުގައި މިވަގުތު އެ ޕާޓީގެ 75 މެންބަރުން އެބަތިއްބެވެ. 20 ވަނަ މަޖިލީހުގައި ތިބެނީ ޖުމްލަ 93 މެންބަރުންނެވެ.
އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ އާ ޗެއާމަނަކަށް، އެ ކޮމިޓީގެ މެންބަރު އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަލްއުސްތާޛް އަޙްމަދު މުޢިއްޒު، ފީފާއިން މިއަދު އައްޔަން ކޮށްފި އެވެ.
ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާޕާސަންގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި އަހްމަޒު ޒުހޫރު ވަކި ކުރުމުންނެވެ.
ކޮމިޓީގެ މެންބަރުންގެ އަދަދު، ފަހަކުން ތިނަކަށް ދަށްކޮށް ޒުހޫރު މަގާމުން ވަކި ކުރީ މިއަދު އެވެ. އޭގެ ކުރިން ކޮމިޓީގެ މެންބަރު އަހްމަދު އަލީ ވަނީ އަމިއްލަ ސަބަބުތަކާ ހުރެ ކޮމިޓީގެ މެންބަރުކަމުން އިސްތިއުފާ ދީފަ އެވެ.
ފޮޓޯގައި: އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ކުރީގެ ޗެއާމަން އަހްމަޒު ޒުހޫރު (ވ) އާ އެކު މިހާރުގެ ޗެއާމަން އަހްމަދު މުއިއްޒު
ޗެއާމަން ކަމަށް މުއިއްޒު ހަމަޖައްސާފައިވާކަން، ފީފާއިން އަންގާފައިވާ ކަމަށް މުއިއްޒު، ރާއްޖޭގެ ނޫހެއްކަމުގައިވާ "މިހާރު" އަށް މައުލޫމާތު ދީފައިވާކަމަށް ވެއެވެ.
ކޮމިޓީގައި މިހާރު ތިއްބަވާ ތިން މެންބަރުންނަކީ މުއިއްޒުގެ އިތުރުން ބީއެމްއެލްގެ ކުރީގެ ޗެއާޕާސަން ފަރީހާ ޝަރިފާއި ގާނޫނީ ވަކީލު އިސްމާއީލް ސިމަން އެވެ.
މި މަހުގެ ތެރޭގައި އެފްއޭއެމްގެ އެތެރޭގައި ބޮޑެތި ކަންތައްތަކެއް ހިނގި އެވެ. ޖެނަރަލް ސެކްރެޓަރީ ނާހިލް ސިއްދީގް އިސްތިއުފާ ދިނީ ވެސް މި މަހު އެވެ. އެކްޓިން ޖެނަރަލް ސެކްރެޓަރީކަން މި ވަގުތު ކުރައްވަނީ އެފްއޭއެމްގެ ސީނިއާ އޮފިޝަލް އަދި އައްޑޫ ސިޓީ ކައުންސިލުގެ ކުރީގެ އެސްޖީ މުހައްމަދު ޝުޖާއު އެވެ.
2018 އިން ފެށިގެން 2022 ވަނަ އަހަރާއި ހަމައަށް ފީފާ ރޭންކިންގގައި ރާއްޖެ 154/156 ގައި އޮތުމަށްފަހު މިހާރު ވަނީ 162 އަށް ވެއްޓިފައެވެ.