ފުރާވަރު ⅙ ކުދިންގެ "ކެއުމުގަ ޔޫޓިއުބާއި ޓިކްޓޮކް": ޕިއު ދިރާސާ

ޖެނުއަރީ 6, 2024 - 09:56
 0
ފުރާވަރު ⅙ ކުދިންގެ "ކެއުމުގަ ޔޫޓިއުބާއި ޓިކްޓޮކް": ޕިއު ދިރާސާ

ނަފްސާނީ ދުޅަހެޔޮކަމާއި ފުރާވަރު ކުދިންގެ ހެދިބޮޑުވުމުގައި މީސްމީޑިއާގެ ސަބަބުން ކުރާ ނުރަގަޅު އަސަރުތަކުގެ ކަންބޮޑުވުން މައްޗަށް ދިޔަ ނަމަވެސް، ކުދިން މީސްމީޑިއާ އާއި ދޯޅަވުން ދަށެއް ނުވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުގަކުގައި މީސްމީޑިއާ ބޭނުންކުރާ މިންވަރު ދެނެގަތުމަށް އެމެރިކާގެ ޕިއު ރިސަރޗް ސެންޓަރުން ހެދި ދިރާސާއަކުން އެނގިގެން ދިޔައީ ފުރާވަރު ކުދިން، ޔޫޓިއުބާއި ޓިކްޓޮކަށް އާދަޔާ ހިލާފަށް ދެވިހިފައި ކޮންމެ ހަކުއްޖަކުން އެއްކުއްޖަކު މި ދެ ޕްލެޓްފޯމް ކޮންމެ ދުވަހަކުވެސް އެތައް ގަޑިއިރެއް ވަންދެން ބޭނުންކުރުމުގައި ވަގުތު ބޭކާރު ކުރާކަމެވެ.

2014-2015 ވަނަ އަހަރުން 2023 ވަނަ އަހަރަށް އަޅާކިޔާއިރު، 2023 ވަނަ އަހަރު ފޭސްބުކް ބޭނުންކުރާ ކުދިންގެ އަދަދު 71 އިންސައްތައިން 33 އިންސައްތައަށް ދަށްވެ ފޭސްބުކް ކޮންމެ ދުވަހަކު ބޭނުންކުރާ އިންސައްތަ ތިނަކަށް ދަށްވެފައި ވާކަން އެ ދިރާސާއިން ދައްކައެވެ. އެހެން ނަމަވެސް 71 އިންސައްތަ ކުދިން  ކޮންމެ ދުވަހަކުވެސް މީސްމީޑިއާގައި ވަގުތު ހޭދަކުރާއިރު، އޭގެ ތެރެއިން 16 އިންސައްތަ ކުދިން އަބަދުހެން ޔޫޓިއުބު ބަލާކަމާއި، 17 އިންސައްތަ ކުދިން ޓިކްޓޮކް އަބަދުހެން ބަލާކަމަށް އެ ދިރާސާއިން ފާހަގަވިއެވެ. އަދި 14 އިންސައްތަ ސްނެޕްޗެޓުގައި އުޅޭއިރު 8 އިންސައްތަ އިންސްޓަގްރާމް ގައި ވަގުތުތައް ހޭދަކުރެއެވެ.

ޖަންގަލީ އަލިފާން ގަނޑެއްފަދައިން ހަލުވިކޮށް މީސްމީޑިއާ ފެތުރެމުންދާއިރު، ފަހަކަށް އައިސް ފުރާވަރުކުދިން މީސްމީޑިއާ އާއި ދޯޅަކޮށް ތަތްކުރުވުމަށް، ކުންފުނިތަކުން އެ ޕްލެޓްފޯމްތަކަށް ކުދިން ދެވިހިފާނެ އުކުޅުތަކާއި ފީޗަރތައް ލައި ބައްޓަންކުރަމުން ދާކަމުގެ ކަންބޮޑުވުމާއެކު، އެމެރިކާގެ 33 ސްޓޭޓަކުން އެފަދަ ޕްލެޓްފޯމް ތަކުން ފުރާވަރުކުދިންގެ ސިކުޑިތަކާއި ކުޅެ، އެކުދީންގެ ނަފްސާނީ ދުޅަހެޔޮކަމާއި، ހެދިބޮޑުވުމަށް ނުރަނގަޅު އަސަރުކުރުވާ، އެކުދިން ހަލާކުކުރަމުންދާކަމަށް ތުހުމަތުކޮށް ބޮޑު ދައުވާއެއް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. ހައިރާން ކުރުވަނިވި ކަމަށް ނުވިޔަސް ފޭސްބުކުން ވަނީ އެ ދައުވާއަށް އިންކާރު ކޮށްފައެވެ.

ޕިއުގެ ދިރާސާއިން ދެއްކި ގޮތުގައި މީސްމީޑިއާގައި އެންމެ ބޮޑަށް ތަތްވާ އުމުރުފުރާއަކީ 13 އަހަރާއި 17 އަހަރާއި ދެމެދުގެ ފުރާވަރު ކުދިންނެވެ. ސައްކެތްނެތި އެންގެން އޮތް ކަމަކީ ކުދިންގެ ކިޔެވުމަށާއި، ނަފްސާނީ ދުޅަހެޔޮކަމާށާއި ކުދިންގެ ހެދިބޮޑުވުމާއި އަހްލާގަށް ނުރަނގަޅު އަސަރު މީސްމީޑިއާއިން ކުރާކަމެވެ.