ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދަރިވަރުންނަށް ހާއްސަކޮށްގެން ތަރައްގީކުރާ ކޯ-ލިވިން ރެސިޑެންސް "އެކުވެހި" ގެ މަހު ކުއްޔަކީ ކޮންމެ ދަރިވަރަކަށް 3،500 ރުފިޔާ ކަމަށް އެ ކޯޕަރޭޝަނުން އިއުލާންކޮށްފިއެވެ. އަދި މިތަނަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 1 ވަނަ ދުވަހު އޮންލައިންކޮށް ހުޅުވާލާނެ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.
އެޑިއުކޭޝަން މިނިސްޓްރީއާއި ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީއާ ގުޅިގެން ގާއިމުކުރި މިތަނަކީ، މަތީ ތައުލީމު ހާސިލުކުރުމަށް އަތޮޅުތަކުން މާލެ ސަރަހައްދަށް އަންނަ ދަރިވަރުންނަށް ދިމާވާ ބޯހިޔާވަހިކަމުގެ ދަތިކަމާއި ކުލި ބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ތަރައްގީކުރި އިމާރާތެކެވެ. އެޗްޑީސީން ކަށަވަރުކޮށްދީފައިވާ ގޮތުގައި މި އިމާރާތް މިހާރު ވަނީ އާންމުންނަށް ދައްކާލުމަށް ތައްޔާރުވެފައެވެ. އެގޮތުން މާދަމާ ފަށާ "ވަރަ އެކްސްޕޯ 2026" ގެ ތެރެއިން މިތަނުގެ ތަފްސީލީ މައުލޫމާތު ހޯދުމަށާއި އިމާރާތް ބަލައިލުމަށް ދިއުމުގެ ފުރުސަތު ލިބޭނެއެވެ.
ސަރުތުތަކާއި ކުރިމަތިލުމުގެ އުސޫލު
މި ރެސިޑެންސަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ އަންނަ މަހުގެ 1 ވަނަ ދުވަހު ތައާރަފުކުރާ ހާއްސަ އޮންލައިން ޕޯޓަލެއް މެދުވެރިކޮށެވެ. މިތަނުން ޖާގަ ހޯދުމަށް އެދޭ ދަރިވަރުންގެ ކިބައިގައި އަންނަނިވި ސަރުތުތައް ފުރިހަމަވާންޖެހެއެވެ.
އުމުރުން 35 އަހަރުން ދަށުގެ ދިވެހި ރައްޔިތަކަށް ވުން.
ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒެއްގައި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލުކުރާ ޕްރޮގްރާމެއްގައި ކިޔަވަމުންދާ ދަރިވަރަކަށް ވުން.
ކިޔަވަމުންދާ ޕްރޮގްރާމް ނިމެން މަދުވެގެން އެއް އަހަރު ދުވަހުގެ މުއްދަތު ބާކީ އޮތުން.
މިތަނުގައި ތިބުމުގެ އެއްބަސްވުން އާކުރަމުން ގެންދާނީ ކޮންމެ ސެމިސްޓާއަކާއެކު، ދަރިވަރުގެ ކިޔެވުން މެދުނުކެނޑި ކުރިއަށްދާކަން ރަސްމީކޮށް ކަށަވަރުކުރުމަށްފަހުއެވެ.
ޖާގައިގެ ތަފްސީލާއި ހިމެނޭ ވަސީލަތްތައް
އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި، މި އިމާރާތުގައި ޖުމްލަ 178 ޓްވިން-ޝެއާރިން (ކޮންމެ ކޮޓަރިއެއްގައި ދެ ދަރިވަރުން ތިބޭ) ކޮޓަރި ހިމެނެއެވެ. މިއީ ޖުމްލަ 356 ދަރިވަރުންނަށް ދިރިއުޅެވޭނެ ޖާގައެވެ. ކޮންމެ ކޮޓަރިއެއްގައިވެސް އެޓޭޗްޑް ފާހާނާއާއި، އެނދާއި، އަލަމާރިއާއި، ކިޔަވަން ބޭނުންކުރާ މޭޒާއި ގޮނޑި ހުންނާނެއެވެ.
ދަރިވަރުންގެ ދުވަހުން ދުވަހަށް ބޭނުންވާ ކަންކަން އެއް ފުރާޅެއްގެ ދަށުން ފުރިހަމަކޮށްދިނުމަށްޓަކައި އާންމު ޕެންޓްރީއާއި ލޯންޑްރީގެ ހިދުމަތް ވަނީ ގާއިމުކޮށްފައެވެ. އެހެންނަމަވެސް މި ހިދުމަތްތައް ބޭނުންކުރެވޭނީ ވަކި އުސޫލެއްގެ ދަށުން ބަހާލެވިގެންނެވެ. އެގޮތުން ކޮންމެ ފަންގިފިލާއެއްގައި ދިރިއުޅޭ 36 ދަރިވަރުން ކެއްކުމަށް ހުންނާނީ 2 އުނދުނެވެ. އަދި އަންނައުނު ދޮވުމަށް ކޮންމެ ފަންގިފިލާއެއްގައި 2 ދޮންނަ މެޝިން ހުންނައިރު، އެ މެޝިންތައް ބޭނުންކުރެވޭނީ ޓޯކަން ނަގައިގެން ލިބޭ ވަކި ވަގުތުތަކެއްގައެވެ.
މީގެ އިތުރުން މި އިމާރާތުގައި ތައުލީމީ، އިޖުތިމާއީ އަދި ވިޔަފާރީގެ ގިނަ ހިދުމަތްތަކެއް ވަނީ ހިމަނާފައެވެ.
ކިޔެވުމާއި އިޖުތިމާއީ ޖާގަތައް: ގްރޫޕް ސްޓަޑީއަށް ހާއްސަ މީޓިން ރޫމްތަކާއި، ކޯ-ވޯކިން ސްޕޭސްއަކާއި، ކެފެޓޭރިއާއާއި، އާންމު ލައުންޖެއްގެ އިތުރުން ޓެރަސްގައި އައުޓްޑޯ ޖިމެއް ހުންނާނެއެވެ.
ވިޔަފާރިއާއި އާންމު ހިދުމަތްތައް: އިމާރާތުގެ ތިރީ ފަންގިފިލާތަކުގައި ބޭންކިންއާއި އޭޓީއެމްގެ ހިދުމަތާއި، ކެފޭތަކާއި، ޖިމަކާއި، ފިހާރަތަކުގެ އިތުރުން ޕްރިންޓިން ސެންޓަރެއް ގާއިމުކުރާނެއެވެ.
ކުދި ވިޔަފާރިތަކަށް އެހީތެރިކަން: ޖަމިއްޔާތަކަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްކަންދީގެން 18 މިނީ-އޮފީސް ޔުނިޓް މި އިމާރާތުގައި ތަރައްގީކުރާނެއެވެ.
ސެކިއުރިޓީއާއި ރައްކާތެރިކަން: 24 ގަޑިއިރުގެ ރިސެޕްޝަން ހިދުމަތާއި، އެޗްޑީސީގެ އެސްޓޭޓް ސެކިއުރިޓީގެ ބެލެހެއްޓުން އޮންނާނެއެވެ. އަދި ލިފްޓްތަކުގައި ފްލޯ-ރެސްޓްރިކްޓެޑް އެކްސެސް ކޮންޓްރޯލް ހަރުކޮށްފައިވާތީ، ކޮންމެ ދަރިވަރަކަށްވެސް އެރޭނީ ހުއްދަ އޮންނަ ފަންގިފިލާއަކަށް އެކަންޏެވެ.
އާއިލާތަކަށް އޮތް މާލީ އަދި އިޖުތިމާއީ ބުރައަށް ލުޔެއް
އެޗްޑީސީން ބުނި ގޮތުގައި "އެކުވެހި" ފަރުމާކޮށްފައިވަނީ ޒުވާން ދަރިވަރުންނަށް އަމިއްލަ މިނިވަންކަމާއެކު ޒިންމާދާރު ދިރިއުޅުމެއް އުޅެން ދަސްކޮށްދިނުމާއި، ހަމައެއާއެކު ދަރިވަރުންގެ މެދުގައި ދުޅަހެޔޮ އިޖުތިމާއީ ގުޅުންތަކެއް އާލާކުރުމަށް މަގުފަހިވާނެ ގޮތަށެވެ.
"ހާއްސަކޮށް އަތޮޅުތަކުން ކިޔަވަން އަންނަ ދަރިވަރުންގެ ސަބަބުން މުޅި އާއިލާ މާލެއަށް ބަދަލުވާންޖެހޭ ހާލަތްތައް ނިމުމަކަށް ގެނެސް، އާއިލާތަކަށް އުފުލަންޖެހޭ ބޮޑު މާލީ އަދި އިޖުތިމާއީ ބުރައަށް އެކުވެހިގެ ސަބަބުން ބޮޑު ލުޔެއް ލިބޭނެއެވެ،" އެޗްޑީސީގެ ބަޔާނުގައިވެއެވެ. އަދި މިތަނަކީ ދަރިވަރުންގެ ދިރިއުޅުމާއި މުޖުތަމައުގެ ވިޔަފާރިތައް ގުޅުވައިދޭ ދިރުން ހުރި މާހައުލަކަށް ވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
މި ރެސިޑެންސުން ކޮޓަރިއެއް ހިއްސާކޮށްގެން ދިރިއުޅޭ ކޮންމެ ދަރިވަރެއްގެ އަތުން މަހަކު 3،500 ރުފިޔާ ނަގާއިރު، ހުޅުމާލޭގައި ސަރުކާރުން އަޅާފައިވާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ ފްލެޓްތައް ކަމަށްވާ ހިޔާ ފްލެޓްތަކުގެ ދެ ކޮޓަރިއާއި، ދެ ފާހާނާއާއި، ބަދިގެއާއެކު ތަނަވަސް ސިޓިންގްރޫމެއް ހިމެނޭ އެޕާޓްމަންޓެއްގެ މަހު ކުއްޔަކީވެސް 5،000 ރުފިޔާއަށްވުރެ ކުޑަ އަދަދެކެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ރީތީގެ ރާނީންގެ މެދުގައި ކުރިއަށްދިޔަ ވާދަވެރި މުބާރާތަކަށްފަހު، 2026 ވަނަ އަހަރުގެ މިސް ޔުނިވާސް ހޮވައިފިއެވެ.
75 ވަނަ މިސް ޔުނިވާސް މުބާރާތުގެ ތާޖު ކާމިޔާބުކުރީ ޕުއެޓޯ ރީކޯ ތަމްސީލުކުރި ޖެނީފާ ބެރިއޯއެވެ. އޭނާގެ ބޮލުގައި މިސް ޔުނިވާސްގެ ތާޖު އަޅުވައިދިނީ މިދިޔަ އަހަރުގެ މިސް ޔުނިވާސް، މެކްސިކޯގެ ފާތިމާ ބޮޝްއެވެ.
މި މުބާރާތުގެ ފަސްޓް ރަނަރަޕްގެ މަގާމު ޑޮމިނިކަން ރިޕަބްލިކްގެ މެލީސާ ނޫނިއެޒް ހޯދިއިރު، ސެކަންޑް ރަނަރަޕަކަށް ހޮވުނީ ވެނެޒުއޭލާގެ ކްލާރާ ވެގަސް ގޮއެޓްޒްއެވެ. މުބާރާތުގެ ގަދަ ފަސް ބައިވެރިންގެ ތެރޭގައި ހިމެނުނީ ފިލިޕީންސް، ނިއުޒީލެންޑް، ވެނެޒުއޭލާ، ޑޮމިނިކަން ރިޕަބްލިކް އަދި ޕުއެޓޯ ރީކޯގެ ބައިވެރިންނެވެ.
މުބާރާތުގެ ފަހު ބުރުގައި ގަދަ ފަސް ބައިވެރިންނާ ކުރެވުނު ސުވާލަކީ، މި ވަގުތު ދުނިޔޭގެ ލީޑަރުންގެ ކިބައިން ދުނިޔެއަށް އެންމެ ބޮޑަށް ބޭނުންވަނީ ކޮން ކަމެއްތޯއެވެ. މި ސުވާލުގެ ޖަވާބުގައި ޖެނީފާ ބެރިއޯ ބުނީ، ދުނިޔެއަށް މިހާރު އެންމެ ބޮޑަށް ބޭނުންވަނީ އެހެން މީހުންގެ އިހުސާސްތައް ދަންނަ އަދި އެހެން މީހުންނަށް ވިސްނައިދެވޭ ފަދަ ހަމްދަރުދީ ހުރި ލީޑަރުން ކަމަށެވެ. އަދި ރަނގަޅު ލީޑަރުންނަކީ އަބަދުވެސް އެމީހުންގެ އަގުތަކާއި އުސޫލުތަކުގައި ސާބިތުވެ ތިބޭ ބަޔަކަށް ވާންޖެހޭނެ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
މި މުބާރާތުގައި އިންޑިއާ ތަމްސީލުކުރި ކާޒިއާ ލާޒް މިޒޯއަށް މުބާރާތުގެ ތާޖު ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. އޭނާ މުބާރާތުގެ ގަދަ 30 ގައި ހިމެނުނު ނަމަވެސް، ގަދަ 12 އަކަށް ދަތުރެއް ނުކުރެވުނެވެ.
މި މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރީ، ދިވެހިރާއްޖޭގެ ގެ މިސް ޔުނިވަރސް 2026، އާމިނަތު ޔުއިން މުޙައްމަދެވެ.
ހޮލީވުޑްގައި މަސައްކަތް ކުރަން ފެށި ކުރީކޮޅު، ފިލްމީ ދާއިރާގެ ނުފޫޒުގަދަ ވެރިއެއްގެ ފަރާތުން ކުރިމަތިވި ޖިންސީ ގޯނާގެ ބިރުވެރި ހާދިސާއެއްގެ ވާހަކަ މަސްހޫރު ބަތަލާ ޖެނީ މެކާތީ ހިއްސާކޮށްފިއެވެ.
އޭނާ ހާމަކުރި ގޮތުގައި، ހޮޓަލުގެ ކޮޓަރިއަށް ވަދެ ގަދަކަމުން އޭނާއަށް ހަމަލާދޭން އުޅުމުން، ދިފާއުގައި ކުރި މަސައްކަތުން އެ މީހާގެ ނޭފަތް ވަނީ ބިންދާލާފައެވެ.
"ޑާޓީ ލަވް" ފަދަ މަސްހޫރު ފިލްމުތަކުން ފެނިގެންދިޔަ ބަތަލާ މި ވާހަކަ ހިއްސާކުރީ "ދަ ޖެނީ މެކާތީ ވޯލްބާގް ޝޯ" ގެ އެޕިސޯޑެއްގައެވެ. އޭނާ ކިޔައިދިން ގޮތުގައި، 90ގެ އަހަރުތަކުގެ ކުރީކޮޅު ލޮސް އެންޖެލިސްއަށް ބަދަލުވެ، ފިލްމީ ދާއިރާގައި ފައިތިލަ ސާބިތުކުރަން އުޅުނު ދުވަސްވަރު، ސެލެބްރިޓީންނާއި އަލަށް އަންނަ ތަރިންނަށް ދާއިރާގެ ނުފޫޒުގަދަ މީހުންގެ ފަރާތުން ކުރިމަތިވާ ނުރައްކާތަކާއި، ނޭދެވޭ ގުޅުންތަކަށް މަޖުބޫރުކުރުމުގެ ސަގާފަތް އޮތީ އިންތިހާއަށެވެ.
ޖެނީ ހާމަ ކުރިގޮތުގައި، މަސްހޫރުކަން ހޯދުމުގެ މަގުގައި އޭނާއަށް ވަރަށް ގިނަ އުނދަގޫތަކާއި ނުތަނަވަސް ހާދިސާތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އޭގެ ތެރޭގައި ކުރީގެ މަސްހޫރު އެކްޓަރު ސްޓީވަން ސީގަލްގެ ފަރާތުން ފެނުނު ނޭދެވޭ އަމަލުތަކާ ދެކޮޅަށްވެސް އޭނާ ކުރިން އަޑުއުފުލާފައިވެއެވެ.
އޭނާގެ ހަނދާންތައް އާކުރަމުން، ނަން ހާމަނުކުރާ ފިލްމީ ދާއިރާގެ އިސްވެރިއެއްގެ ފަރާތުން ފެނުނު ބިރުވެރި އަމަލެއްގެ ވާހަކަ ކިޔައިދިނެވެ. އެއީ އެ ދެ މީހުން އެކުގައި މަސައްކަތްކުރި މަސްރޫއެއްގެ ޓީމު ރޭގަނޑުގެ ކެއުމަކަށް ދިއުމަށްފަހު، އެނބުރި ހޮޓަލަށް އައި ވަގުތެވެ. އޭނާ ބުނި ގޮތުގައި، އެ މީހާއާއި ޖެނީ ތިބީ ހޮޓަލުގެ އެއް ފަންގިފިލާއެއްގައެވެ. ކޮޓަރިއަށް ވަންނަން ޖެނީ ދޮރު ހުޅުވި ވަގުތު، އެ މީހާ ގަދަކަމުން އޭނާގެ ފަހަތުން ކޮޓަރި ތެރެއަށް ވަދެ، ޖިންސީ ގޯނާކުރަން މަސައްކަތް ކުރިއެވެ.
މި ކުރިމަތިލުމުގައި ޖެނީ ބިމަށް ވެއްޓުނު ނަމަވެސް، ހިތްވަރާއެކު ތެދުވެ، އަމިއްލަ ނަފްސު ދިފާއުކުރުމުގެ ގޮތުން އެ މީހާގެ މޫނުމަތީގައި ބާރަށް ޖެހިއެވެ. އެ ހަމަލާގެ ސަބަބުން އެ މީހާގެ ނޭފަތް ބިންދައިގެން ގޮސް، މުޅި މޫނުމަތިން ލޭ އޮހޮރެން ފެށިއެވެ. އަދި ވަގުތުން ކޮޓަރިން ނިކުތުމަށް ހަޅޭލައި އޭނާ އެ މީހާއަށް އަމުރުކުރިއެވެ.
ޖެނީ ބުނީ، މިފަދަ ނުރައްކާތެރި ހާލަތްތަކުގައި އަމިއްލަ ނަފްސު ދިފާއުކުރަން އޭނާއަށް އެނގުނީ، ޗިކާގޯގެ ދެކުނު ސަރަހައްދެއްގައި ބޮޑުވިއިރު އޭނާގެ ބައްޕަ ދިން ތަމްރީނުތަކުގެ ސަބަބުން ކަމަށެވެ. އޭނާގެ ބައްޕަ ވަނީ ހަތަރު އަންހެން ދަރިންނަށްވެސް ބިރުވެރި ހާލަތްތަކުން ސަލާމަތްވާނެ ގޮތްތައް ދަސްކޮށްދީފައެވެ. އަޖައިބުވާންޖެހޭ ކަމަކީ، މި ހާދިސާއަށްފަހުވެސް އެ މީހާ ނޭފަތުގައި ބޭންޑޭޖު އަޅައިގެން މަސައްކަތަށް ނިކުތްއިރުވެސް، ޖެނީއަށް އޭނާއާއެކު މަސައްކަތް ކުރިއަށްގެންދަން މަޖުބޫރުވުމެވެ. ސެލެބްރިޓީންގެ ދިރިއުޅުމުގައި ހުންނަ މިފަދަ ނާޒުކު އަދި ނުތަނަވަސް ހާލަތްތަކަކީ އާންމުންނަށް ނޭނގޭ އެތައް ސިއްރުތަކެކެވެ.
ޖެނީ ވަނީ 1998 ވަނަ އަހަރު އޮޑިޝަނެއްގެ ތެރޭގައި އެކްޓަރު ސްޓީވަން ސީގަލްގެ ފަރާތުން ކުރިމަތިވި ޖިންސީ ފުރައްސާރައިގެ ވާހަކަވެސް ތަކުރާރުކޮށްފައެވެ. އެގޮތުން އޮޑިޝަންގެ ތެރޭގައި އޭނާގެ އަންނައުނު ބޭލުމަށް ސީގަލް މަޖުބޫރުކުރި ކަމަށް ޖެނީ ބުންޏެވެ. މިއީ ހޮލީވުޑްގެ ތަރިއަކަށް ވުމަށް ކުރި ދަތުރުގައި، އޭނާއަށް ތަހައްމަލުކުރަން ޖެހުނު ބައެއް ނޭދެވޭ އަދި ބިރުވެރި ކަންކަމެވެ.
ފިލްމީ ދާއިރާގެ ނުރައްކާތަކުގެ އިތުރުން، އޭނާގެ އަމިއްލަ ދިރިއުޅުމުގައި ކުރިމަތިވި އަނިޔާވެރި ގުޅުމެއްގެ ވާހަކަވެސް ޖެނީ ހިއްސާކުރިއެވެ. އެއީ އޭނާގެ ހަޔާތުގައި ކުރިމަތިވި އެންމެ ދަތުރު އުނދަގޫ ދުވަސްވަރު ކަމަށާއި، އެކަމުން އަރައިގަނެ، އަމިއްލަ ނަފްސުގެ އިތުބާރު ހޯދުމަށް ދިގު މުއްދަތަކަށް ތެރަޕީ ނަގަން ޖެހުނު ކަމަށް އޭނާ ކިޔައިދިނެވެ.
ސެލެބްރިޓީންގެ ފާޅުކަން ބޮޑު ދިރިއުޅުމުގެ ފަހަތުގައި، ނަފްސާނީ ބިރުވެރިކަމާއި، ސަލާމަތީ ގޮތުން ހުންނަ ނާޒުކުކަން މިފަދަ ހާމަކުރުންތަކުން ވަރަށް ސާފުކޮށް ހާމަވެގެންދެއެވެ.
ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ހިއްކަމުންދާ ރަސްމާލޭގެ ބޮޑު ބައެއް، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް މަގުފަހިކުރުމުގެ ގޮތުން ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލު ފާސްނުކުރުމަށް އެދި "ފައިސަލް-އާޒިމް" ޓީމުން ރައްޔިތުންގެ މަޖިލީހަށް ރަސްމީކޮށް ހުށަހަޅައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި، އެމަނިކުފާނުގެ ރަނިންމޭޓް އަދި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ސޮއިކުރައްވައި ފޮނުއްވި މި ސިޓީ އަމާޒުކުރައްވާފައިވަނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރަށާއި މައިނޯރިޓީ ލީޑަރަށެވެ. މި ކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފައިސަލް ވިދާޅުވީ، ރިއަލް އެސްޓޭޓް ބިލު ބޭރުކޮށްލުމަށް އެދި ހުށަހެޅުއްވީ އެ ބިލުގެ ސަބަބުން ގައުމަށް ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެތީ ކަމަށެވެ.
އެމަނިކުފާނު ތުހުމަތުކުރެއްވި ގޮތުގައި، މި ބިލު މަޖިލީހަށް ވައްދާފައިވަނީ ވަކި ފަރާތަކާއެކު ހިންގާ މުއާމަލާތަކަށް މަގުފަހިކޮށްދީ، މިހާރުވެސް ސޮއިކޮށްފައިވާ އެއްބަސްވުމަކަށް ގާނޫނީ ބާރުވެރިކަން ހޯދައިދިނުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް، އީގަލް ހިލްސްއާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުމަކީ އޭގެ ޒާތުގައިވެސް ބާތިލު އެއްބަސްވުމެއްކަން ފައިސަލް ފާހަގަކުރެއްވިއެވެ. ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމުގެ ކުރިން ސޮއިކޮށްފައިވާތީ، އެ އެއްބަސްވުމަކީ ފެށުނީއްސުރެވެސް ސައްހަ ނޫން އެއްބަސްވުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރުކާރުން ރަސްމީކޮށް މި ބިލު ހުށަހެޅި ނަމަވެސް، ބިލު ހަގީގަތުގައި ލިޔެ އެކުލަވާލި ބަޔަކު ސާފުނުވާ ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި މި ބިލު ޑްރާފްޓްކުރުމުގެ މަސައްކަތުގައި އީގަލް ހިލްސްގެ ބައިވެރިވުން އޮތް މިންވަރާމެދު އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން ދިނުމަށް ސަރުކާރުން ނިންމާފައިވަނީ އާންމުކޮށް އިއުލާންކުރުމެއް ނެތި، އަދި ވާދަވެރި ބީލަމުގެ އުސޫލުން ބޭރުން ސިއްރުވެރި ގޮތެއްގައެވެ. ސަރުކާރުން ބުނަމުންދަނީ އެ ބިން އީގަލް ހިލްސްއަށް ދޫކުރަނީ 99 އަހަރުގެ މުއްދަތަކަށް ކަމަށެވެ. ނަމަވެސް، އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ރަސްމާލެއިން އެ ކުންފުންޏަށް ލިބޭ ބިމަކީ އަމަލީ ގޮތުން ދާއިމީ މިލްކެކެވެ.
އީގަލް ހިލްސްއިން ސާފުކޮށްދީފައިވާ ގޮތުގައި އެ ބިން ދާއިމީ ވަނީ، އެ ބިން ވާރުތަވާ ކޮންމެ ފަހަރަކު ނުވަތަ ތިންވަނަ ފަރާތަކަށް ވިއްކާލާ ކޮންމެ ފަހަރަކު، 99 އަހަރުގެ މުއްދަތު އަލުން އާވެގެންދާ ގޮތަށް އެއްބަސްވުމުގައި މާއްދާއެއް ހިމެނިފައި އޮތުމުންނެވެ. އިލްމުވެރިންގެ ގުޅުމުންވެސް ބުނެފައިވަނީ، އެ ޖަމިއްޔާގެ މެންބަރުންނަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބުވެސް މި އިންތިޒާމު ކަށަވަރުކޮށްދެއްވާފައިވާ ކަމަށެވެ.
ރަސްމާލެއިން އެއްވެސް ބައެއް އީގަލް ހިލްސްއަށް ދިނުމުގެ ކުރިން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އިދިކޮޅު އެމްޑީޕީން ދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ. އަދި މި ގޮވާލުންތަކާ ގުޅިގެން، މި އަންނަ ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް އެ ޕާޓީން ދަނީ ތައްޔާރުވަމުންނެވެ.
ސުޕްރީމް ކޯޓުން ހުސްވާ ފަނޑިޔާރުކަމުގެ މަގާމަށް، ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.
މިދިޔަ ބުދަ ދުވަހު ޖުޑީޝަރީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި، ފާސްކޮށް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވަނީ ސަމީރު ސުޕްރީމް ކޯޓަށް އައްޔަންކުރަން ފެނޭތޯ ވޯޓަށް އަހައި، ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ ވޯޓާއެކު، ސުޕްރީމް ކޯޓަށް ސަމީރު އައްޔަންކުރަން ފެންނަ ކަމަށް ފާސްކޮށް މަޖިލީހުގެ ރުހުން ވަނީ ދީފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަންނަ މަހުން ފެށިގެން ރިޓަޔާ ކުރައްވާތީ އެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން އެ މަގާމަށް ކުރިމަަތިލެއްވީ ސަމީރުގެ އިތުރުން ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.
އެ މަގާމަށް ސަމީރު އައްޔަންކުރަން ފެންނަ ކަމަށް ރައީސް މުއިއްޒަށް ލަފާ އަރުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމުމުން އެ ލަފާއާ އެއްގޮތަށް ސަމީރުގެ ނަން މަޖިލީހަށް ރައީސް ފޮނުއްވި އެވެ. އެ ނަން ދިރާސާކޮށް، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމީ އޭނައަށް ރުހުން ދޭން ފެންނަ ކަމަށެވެ.
ޝަރުއީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ސަމީރަކީ 2011ވަނަ އަހަރުން ފެށިގެން 2022ވަނަ އަހަރުގެ ނިޔަލަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އޭގެ ކުރިން މަދަނީ ކޯޓުގެ އިސްގާޒީކަން ވެސް އޭނާ ކުރެއްވިއިރު، ހައި ކޯޓުން ވަކިވެވަޑައިގަތުމަށް ފަހު ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް ވަނީ ފުރުއްވައިފައެވެ.
އެގޮތުން އަލްއުސްތާޛު ޢަލީ ސަމީރު ހައިކޯޓު ފަނޑިޔާރަކަމަށް އައްޔަނުކުރައްވާފައިވަނީ 2011 ވަނަ އަހަރުގެ މާރިޗު މަހުގެ 26 ވަނަ ދުވަހު އެވެ. އޭގެ ކުރިން ހިދުމަތް ކުރެއްވީ ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރައްވާފައިވަނީ 2009 މޭ 09 ވަނަ ދުވަހުއެވެ. ހައިކޯޓު ހިންގެވުމާއި ހަވާލުވެވަޑައިގެން ޢަލީ ސަމީރު ގިނަ ހިދުމަތްތަކެއް ކުރައްވާފައިވެއެވެ.
ފަނޑިޔާރު ޢަލީ ސަމީރު ހައިކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ 2022 ވަނަ އަހަރު އޭޕްރީލް 17 ވަނަ ދުވަހު އެވެ. ރައީސް ސޯލިހުގެ ޒައާމަތުގައި، އޭގެ މަހެއްހާ ދުވަސް ފަހުން ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް ސަމީރު އައްޔަނު ކުރެއްވިއެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވުމަށްފަހު، ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް ސަމީރު އަދާކުރެއްވި އެވެ. އަދި މިހާރު އޭނާ މަސައްކަތް ކުރައްވަމުން ގެންދަނީ އަމިއްލަ ލޯފާމެއްގަ އެވެ. މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން ޝަރީއާ އެންޑް ލޯ އިން ބެޗްލާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ސަމީރު މާސްޓާސް ޑިގްރީ ހެއްދެވީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ކޮމްޕެރޭޓިވް ލޯގެ ދާއިރާއިންނެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ 16 ދުވަހުގެ ހަރަކާތްތައް ފެށުމާއެކު، އަންހެނުންނާއި އަންހެން ކުދިންނަށް ބިރުވެރިކަމާއި އަނިޔާ އަދި ތަފާތުކުރުމެއް ނެތި ދިރިއުޅެވޭނެ މާހައުލެއް ކަށަވަރުކުރުމަށްޓަކައި، ހަމައެކަނި އެއްބައިވަންތަކަމުގެ ބަސްތަކުން ފުއްދާނުލައި އަމަލީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މުޖުތަމައަށް ގޮވާލައްވައިފިއެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެނުންނަށް ކުރާ އަނިޔާތައް ނައްތާލުމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި އެކަމަނާ ވިދާޅުވީ، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާތައް ހުއްޓުވުމަކީ ހަމައެކަނި އެއް މުއައްސަސާއަކަށް ނުވަތަ ވަކި ބަޔަކަށް ދޫކޮށްލެވޭނެ ޒިންމާއެއް ނޫން ކަމަށެވެ. އެކަމަށްޓަކައި ހިތްވަރާއި، އެއްބާރުލުމާއި، އަދި އެއްވެސް ސިފައެއްގައި އަނިޔާވެރިކަން ބަލައިނުގަތުމުގެ އެންމެންގެ އަޒުމު ބޭނުންވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާތަކާ ގުޅޭ ކޮންމެ ބަހުސެއްގެ ފަހަތުގައި ވަނީ، އަބަދު ބޭރުފުށުން ނުފެންނަ ގޮތްގޮތަށް ދިރިއުޅުމަށް އަސަރުކޮށްފައިވާ އެތައް ފުރާނައެކެވެ. އަނިޔާ ލިބޭ ގިނަ ފަރާތްތަކަށް، އަނިޔާ ހުއްޓުނު ކަމުގައި ވިޔަސް އެކަމުގެ ވޭނާއި ތަކުލީފު ނިމުމަކަށް ނާދެއެވެ. މީހުން ފާޑުކިޔާފާނެތީއާއި، ގަބޫލުނުކޮށްފާނެތީއާއި، ކުށްވެރިކޮށްފާނެތީ ނުވަތަ ނުބައިކޮށް މާނަކޮށްފާނެތީ އުފެދޭ ބިރުވެރިކަމުގެ ސަބަބުން، އެ ވާހަކަ ދެއްކުމަކީ އަނިޔާ ތަހައްމަލުކުރުމެކޭ އެއްފަދަ އުނދަގޫ ކަމަކަށް ވެއެވެ. ބައެއް ހާލަތްތަކުގައި، ވަށައިގެންވާ މީހުންގެ ފަރާތުން ފެނިދާނެ އަމަލުތަކަށް ބިރުން، ހަނުހުރުމަކީ ސަލާމަތްވުމަށް އޮތް ހަމައެކަނި ގޮތް ކަމުގައި ވެގެންދެއެވެ.
As we begin the 16 Days of Activism against Gender-Based Violence on this International Day for the Elimination of Violence against Women, let us work towards a future where every woman and girl can live free from fear, abuse and discrimination. Ending gender-based violence requires collective action, courage and zero tolerance. To this end, I urge all stakeholders to collaborate and turn commitment into meaningful action to ensure survivor-centred support, strengthen access to justice, and hold perpetrators as well as institutions accountable. For us to provide restitution and refuse to normalize abusive behaviour, we must listen to every survivor without passing judgment and ensure they have access to the care and support they need. Together, let’s build a society where women and girls are empowered to be equals and live a happy and dignified life. #ForAllWomenAndGirls #NoExcuse #16Days
— First Lady Sajidha Mohamed (@sajidhaamohamed) November 25, 2026
އަނިޔާ ލިބޭ ފަރާތްތަކާމެދު ގޮތް ނިންމުމެއް ނެތި އެމީހުންގެ އަޑުއެހުމަށް ގޮވާލައްވައި، އެމީހުންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަމާއި ވިސްނުންތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އެކަމަނާގެ ހިތާބުގައި އަލިއަޅުއްވާލައްވާފައިވަނީ ވަރަށް ސާދާ، ނަމަވެސް ގިނަ ފަހަރަށް ހަނދާންނެތޭ ހަގީގަތަކަށެވެ. އެއީ، އަނިޔާގެ ވާހަކަ ދެއްކުމުގެ ހިތްވަރު މީހަކު ހޯދާ ހިނދު، އެހީތެރިކަމަށް އެދިގެން ދާ މީހުންގެ ކުރިމަތީގައި އަމިއްލަ ނަފްސު ދިފާއުކުރަން ޖެހިގެން ނުވާނެ ކަމެވެ.
ގޮތް ނިންމުމެއް ނެތި އަޑުއެހުމަކީ ހަމައެކަނި ހަމްދަރުދީ ފާޅުކުރުމަށްވުރެ މާ ފުޅާ ކަމެކެވެ. އޭގެ މާނައަކީ އަނިޔާ ލިބޭ ފަރާތްތަކުގެ ވާހަކަތައް ސީރިއަސްކަމާއެކު ބަލައިގަނެ، އެމީހުންގެ ތަޖުރިބާތައް ދޮގުނުކޮށް، އަދި އެހީތެރިކަމަށް އެދުމަކީ ލަދުވެތިވާންޖެހޭ ނުވަތަ ކުށްވެރިވާންޖެހޭ ކަމަކަށް ނުވާނެ މާހައުލެއް ބިނާކުރުމެވެ. ހަމައެއާއެކު، އެހީތެރިކަން ބައްޓަންކުރަންވާނީ މުޖުތަމައުގެ އުންމީދުތަކާއި ހީކުރުންތަކުގެ މައްޗަށް ބިނާކުރުމުގެ ބަދަލުގައި، އަނިޔާ ލިބޭ ފަރާތްތަކުގެ ބޭނުންތަކަށް އިސްކަންދީގެންކަން ގަބޫލުކުރުމެވެ.
އިންސާފު ހޯދުމަށް ހުރި ފުރުސަތުތައް ހަރުދަނާކޮށް، ޖަވާބުދާރީވުން ކަށަވަރުކުރުމަށްޓަކައި ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ މެދުގައި ގުޅުން ބަދަހިކުރުމަށްވެސް ސާޖިދާ މުހައްމަދު ގޮވާލެއްވިއެވެ. މިގޮތުން ޖަވާބުދާރީވާންޖެހެނީ ހަމައެކަނި ކުށްކުރާ ފަރާތްތައް ނޫން ކަމަށާއި، މުއައްސަސާތައްވެސް ޖަވާބުދާރީވާންޖެހޭނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ވައުދުތައް އަމަލީ ސިފައަކަށް ބަދަލުކުރުމަށްޓަކައި މިއީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާތަކަށް ހައްލު ހޯދުމުގައި އެންމެ މުހިންމު އަސާސަކީ ޖަވާބުދާރީވުމެވެ. އަނިޔާވެރި އަމަލުތަކަކީ މުޖުތަމައުން ހިމޭނުން ބަލައިގަންނަ، އުޒުރު ދައްކާ ނުވަތަ އާދައިގެ ކަމެއްގެ ގޮތުގައި ދެކޭ ކަމަކަށް ވެގެން ނުވާނެއެވެ. ފަރުވާކުޑަކުރުމުގެ ސަބަބުން ނުވަތަ ކުށްވެރިންނަށް ނުބައި ގޮތުގައި ހަމްދަރުދީވުމުގެ ސަބަބުން ނުވަތަ ހިތްހަމަނުޖެހޭ ހަގީގަތްތަކާ ކުރިމަތިލާން ފަސްޖެހުމުގެ ސަބަބުން ނަމަވެސް، އަނިޔާއަށް އަޅާނުލާ ސަގާފަތެއް އޮތުމަކީ އެކަން އިތުރަށް ދެމިއޮތުމަށް މަގުފަހިވާނެ ކަމެކެވެ.
އަނިޔާވެރި އަމަލުތައް އާދައިގެ ކަމެއްގެ ގޮތުގައި ދެކުމާ ދެކޮޅުހެދުމަށް އެކަމަނާ ގޮވާލެއްވި ގޮވާލެއްވުމުން ދައްކުވައިދެނީ، މުޖުތަމައުގެ ވިސްނުން ބައްޓަންކުރުމުގައި ކޮންމެ މީހަކުވެސް އަދާކުރާ ދައުރެވެ. މި ޒިންމާ ގޭތެރެއާއި، މަސައްކަތުގެ މާހައުލާއި، މުޖުތަމައުތަކާއި، އަދި ދުވަހުން ދުވަހަށް އޮންނަ ގުޅުންތަކަށް ފުޅާވެގެންދެއެވެ. އެ ތަންތަނުގައި އިހުތިރާމާއި ކަރާމާތާއި ހަމަހަމަކަން ފެންނަންޖެހޭނީ ހަމައެކަނި އުސޫލެއްގެ ގޮތުގައި ނޫން ކަމަށާއި، އަމަލުތަކުން އެކަން ދައްކުވައިދޭންޖެހެއެވެ.
16 ދުވަހުގެ ހަރަކާތްތައް ކުރިއަށްދާއިރު، އަނިޔާ ލިބޭ ފަރާތްތަކަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދައިދިނުމާއި، އެމީހުންގެ ދިރިއުޅުން އަލުން އާރާސްތުކޮށް ރަނގަޅުވުމަށް ބޭނުންވާ އެހީތެރިކަން ލިބޭނެ މަގު ފަހިކޮށްދިނުމަށްވެސް ހާއްސަ އިސްކަމެއް ދެއެވެ. ހިމާޔަތާއި އިންސާފަކީ ނުހަނު މުހިންމު ދެ ކަންތައް ކަމުގައި ވިޔަސް، އަނިޔާ ލިބުނު ފަރާތްތަކަށް އަލުން ރައްކާތެރިކަމާއި، ކަރާމާތާއި، އަދި އަމިއްލަ ދިރިއުޅުމުގެ ބާރު ހޯދުމުގެ ފުރުސަތު ލިބެންޖެހޭނެކަން ގަބޫލުކުރުމަކީވެސް އެހާމެ މުހިންމު ކަމެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ތަސައްވުރަކީ އަންހެނުންނާއި އަންހެން ކުދިންނަށް ހަމަހަމަކަމާއެކު ތެދުވެ، އުފާވެރި އަދި ކަރާމާތްތެރި ދިރިއުޅުމެއް އުޅެވޭނެ މުޖުތަމައެއް ބިނާކުރުމެވެ. އެ ތަސައްވުރު ހާސިލުކުރުމަށްޓަކައި، ހަބަރުތަކުގެ ސުރުހީތަކަށް އަނިޔާގެ ވާހަކަ އަރާ ވަގުތު އެކަން ކުށްވެރިކުރުމަށްވުރެ މާ ގިނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. އެކަމަށްޓަކައި ގެއްލުންދެނިވި ވިސްނުންތަކާ ދެކޮޅަށް ތެދުވެ، އަނިޔާއެއް ފެންނަ ހިނދު ނުވަތަ އެކަމަށް އުޒުރު ދައްކާ ހިނދު އަޑުއުފުލައި، އަދި މީހަކު އެހީތެރިކަމަށް އެދޭ ވަގުތު އެހީތެރިކަން ފޯރުކޮށްދޭންޖެހެއެވެ.
މި ކެމްޕޭން 16 ދުވަހަށް ދެމިގެންދިޔަ ނަމަވެސް، މި ކެމްޕޭނުން އުފުލާ ޒިންމާއަކީ ކަލަންޑަރުގެ ދުވަސްތައް ބަދަލުވުމާއެކު ނިމުމަކަށް އަންނާނެ ކަމެއް ނޫނެވެ. މުޖުތަމައުގެ އަޒުމުގެ ހަގީގީ މިންގަނޑަކަށް ވާނީ، ކޮންމެ ދުވަހަކުވެސް އަނިޔާ ލިބޭ ފަރާތްތަކާމެދު އަމަލުކުރެވޭ ގޮތާއި، އެމީހުންގެ އަޑު އިވޭ މިންވަރާއި، އިންސާފު ލިބެން ހުރި މިންވަރާއި، އަދި އަނިޔާވެރި އަމަލުތައް ބަލައިގަތުމުގެ ބަދަލުގައި އެކަމާ ކުރިމަތިލާ މިންވަރެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާތަކުން ސަލާމަތްވެފައިވާ މުޖުތަމައެއް ބިނާކުރަން ފެށެނީ، އަޑުއެހުމުގެ ސައުގުވެރިކަމާއި، އަމަލީ ފިޔަވަޅު އެޅުމުގެ ހިތްވަރާއި، އަދި އަނިޔާއަކީ ހަމައެކަނި ތަހައްމަލުކުރަންޖެހޭ އެއްޗެއް ކަމުގައި އެއްވެސް އަންހެނަކަށް ނުވަތަ އަންހެން ކުއްޖަކަށް އިހުސާސްވިޔަ ނުދިނުމަށް ކުރާ އަޒުމާއެކުގައެވެ.
އަންހެނުންނާއި އަންހެން ކުދިން ހިމާޔަތްކުރުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތް ރައީސް މުއިއްޒު ތަކުރާރުކުރައްވައި، އަނިޔާވެރިކަމާ ދެކޮޅަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވައިފި އެވެ.
މުޖުތަމައުގައި އެންމެ އާންމުކޮށް ހިނގާ އިންސާނީ ހައްގުތަކާ ހިލާފު އެއް އަމަލާ ދެކޮޅަށް އަޑުއުފުލުމަށް ހާއްސަކޮށްފައިވާ ދުވަހެއްގައި، އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަކުރާރުކުރައްވައިފިއެވެ. އަދި އަނިޔާ ލިބޭ ފަރާތްތައް ހިމާޔަތްކުރުމާއި، އިންސާފު ގާއިމުކުރުމާއި، ކުށްވެރިންނަށް އަދަބު ދިނުމަކީ އެންމެންގެ ޒިންމާއެއްގެ ގޮތުގައި ދެމިއޮންނަންޖެހޭނެ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެނުންނަށް ކުރާ އަނިޔާތައް ނައްތާލުމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް ވިދާޅުވީ، އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާއަކީ މުޅި މުޖުތަމައުގެ އަޒުމާއެކު ހުއްޓުވަންޖެހޭ، އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ބޮޑު އަމަލެއް ކަމަށެވެ. މި މައްސަލައަށް ހައްލު ހޯދުމުގެ ޒިންމާ ހަމައެކަނި ސަރުކާރުތަކަށްވުރެ ފުޅާވެގެންވާކަން ފާހަގަކުރައްވައި، އަންހެނުންނާއި އަންހެން ކުދިންނަށް ބިރުވެރިކަމެއް ނެތި ރައްކާތެރިކަމާއެކު ދިރިއުޅެވޭނެ މާހައުލެއް ބިނާކުރުމުގައި މުއައްސަސާތަކާއި، މުޖުތަމައުތަކާއި، އާއިލާތަކާއި، ފަރުދުންގެ ދައުރު އަދާކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
On this International Day for the Elimination of Violence against Women, the Maldives reaffirms its steadfast commitment to protecting women and girls and ensuring protection of and justice for survivors. This administration is actively pursuing these priorities through policy, strategy and programmes to ensure that survivors are protected, perpetrators are held accountable, and impunity is brought to an end. We are strengthening sensitive and responsible reporting of violence and expanding domestic violence shelters. Equally, the capacity and sensitivity of our frontline service providers, law enforcement agencies, and the judiciary are being strengthened to guarantee dignity, fairness, and timely action for every survivor. Preventing violence remains paramount, and we are advancing this goal by empowering women to dismantle structural barriers and exercise their rights and full potential. Let us unite to build a nation and a world where every woman and girl lives free from fear and safe from all forms of violence. #ForAllWomenAndGirls #NoExcuse #16Days
— Dr Mohamed Muizzu (@MMuizzu) November 25, 2026
މި އަހަރުގެ ކެމްޕޭން ސިއާރު ކަމަށްވާ "އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އެކަތިގަނޑަކަށްވަމާ: އިންސާފު ކަށަވަރުކޮށް، އަނިޔާ ލިބޭ ފަރާތްތައް ހިމާޔަތްކޮށް، އަދަބުން ބަރީއަވުން ނިމުމަކަށް ގެންނަމާ" މި ސިއާރުގައި ހާއްސަ އިސްކަމެއް ދީފައިވަނީ އިންސާފާއި ހިމާޔަތާއި، ކުށްކުރާ ފަރާތްތައް ޒިންމާދާރުކުރުވުމުގެ މައްޗަށެވެ. ރައީސްގެ ވާހަކަފުޅުގައި މި ކަންކަމަށް އަލިއަޅުއްވާލައްވައި، މިހާރުވެސް ގާއިމުކުރެވިފައިވާ ގާނޫނީ ނިޒާމުތަކާއި، އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަމާއި އެހީތެރިކަން ހޯދައިދޭ ނިޒާމުތައް އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށްޓަކައި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި، ޖިންސީ ކުށުގެ ގާނޫނާއި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ އިތުރުން ގާނޫނުލްއުގޫބާތުގެ ދަށުންވެސް ރާއްޖޭގައި ވަނީ ގާނޫނީ އޮނިގަނޑެއް އެކުލަވާލާފައެވެ. އެހެންނަމަވެސް، ހަމައެކަނި ގާނޫނުތަކަކުން ނުފުދޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މި ރައްކާތެރިކަމުގެ ހަގީގީ މިންގަނޑަކީ އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަމާއި އިންސާފާއި އެކަށީގެންވާ އެހީތެރިކަން ލިބިދޭ މިންވަރެވެ.
އަނިޔާ ތަހައްމަލުކުރަމުންދާ އަންހެނުންނާއި އަންހެން ކުދިންނަށް އެހީތެރިކަމަށް އެދުމަކީ ނުހަނު އުނދަގޫ ފިޔަވަޅަކަށް ވެދާނެއެވެ. ބިރުވެރިކަމާއި، އިޖުތިމާއީ ފިއްތުންތަކާއި، ޔަގީންކަން ނެތުމާއި، އަދި މައްސަލަ ރިޕޯޓުކުރުމަށްފަހު ދެން ވެދާނެ ގޮތަކާމެދު އުފެދޭ ކަންބޮޑުވުންތަކުގެ ސަބަބުން އަނިޔާ ލިބޭ ފަރާތްތަކަށް ކުރިއަށް ނުކުންނަން ހުރަސްއެޅެއެވެ. އެހެންކަމުން، ގާނޫނީ ރައްކާތެރިކަމަކީ ފަސޭހައިން ވާސިލުވެވޭ އަދި ނަތީޖާ ނެރެދޭ އެއްޗަކަށް ހެދުމަކީ އަނިޔާވެރިކަމާ ދެކޮޅަށް ކުރާ މަސައްކަތުގެ މުހިންމު ބައެއްގެ ގޮތުގައި ދެމިއޮވެއެވެ.
މި ކަންކަމަށް ރިއާޔަތްކޮށް، އަނިޔާގެ މައްސަލަތައް ޒިންމާދާރުކަމާއި ހައްސާސްކަމާއެކު ރިޕޯޓުކުރުމުގެ ގަވާއިދުތަކާއި އުސޫލުތައް ހަރުދަނާކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެއެވެ. ހަމައެއާއެކު، ރައްކާތެރި އެހެން ތަނެއް ނެތް އަންހެނުންނާއި އަންހެން ކުދިންނަށް ހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ގެވެށި އަނިޔާގެ ހިޔާތައް އިތުރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މިފަދަ ހިޔާތަކަކީ ހަމައެކަނި ވަގުތީ ބޯހިޔާވަހިކަން ދޭ ތަންތަނެއް ނޫނެވެ؛ އަދި ކިއެއްތަ، އެއީ އަނިޔާވެރި މާހައުލުތަކުން ސަލާމަތްވެ، އާ ހަޔާތެއް ބިނާކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް ލިބޭ ވަރަށް މުހިންމު އުންމީދެކެވެ.
އެހީތެރިކަމަށް އެދިގެން ދާ ވަގުތު އަނިޔާ ލިބިފައިވާ ފަރާތްތަކާ ބައްދަލުވާ މީހުންނާއި މުއައްސަސާތަކުގެ މުހިންމުކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އެންމެ ކުރީ ސަފުގައި ހިދުމަތްދޭ ފަރާތްތަކާއި، ފުލުހުންނާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި، ސަރުއީ ދާއިރާއަކީ، އަނިޔާ ލިބުނު ފަރާތުގެ އަޑުއެހި، ހިމާޔަތާއި އެހީތެރިކަން ލިބިގެންދާކަން ނުވަތަ އިންސާފު ހޯދުމުގައި އިތުރު ވޭނެއް އުފުލަންޖެހޭކަން ކަނޑައެޅުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ފަރާތްތަކެވެ.
އަނިޔާ ލިބޭ ކޮންމެ މީހަކާމެދު ކަރާމާތްތެރިކަމާއި އިންސާފުވެރިކަމާއެކު މުއާމަލާތްކޮށް، އަވަސް ފިޔަވަޅު އެޅޭނެކަން ކަށަވަރުކުރުމަށްޓަކައި މި މުއައްސަސާތަކުގެ ގާބިލުކަމާއި ހައްސާސްކަން އިތުރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަފްސާނީ ގޮތުން ބޮޑު ވޭނެއް ތަހައްމަލުކޮށްފައިވާ މީހަކަށް، އޯގާތެރިކަމާއި އިހުތިރާމާއެކު، ކުށްވެރިކުރުމެއް ނެތި ދެވޭ އިޖާބައަކުން ވަރަށް ބޮޑު ބަދަލެއް ގެނެވިދާނެއެވެ. ހަމައެފަދައިން، ކަންކަން ލަސްވުމާއި، ފަރުވާކުޑަކޮށް މުއާމަލާތްކުރުމާއި، ސަކުވާތަކަށް ސީރިއަސްކަމެއް ނުދިނުމަކީ އަނިޔާ ލިބޭ ފަރާތްތަކަށް ލިބޭ ގެއްލުން އިތުރަށް ފުންވެގެންދާނެ ކަންކަމެވެ.
އަނިޔާއެއް ހިނގުމަށްފަހު ފިޔަވަޅު އެޅުމުގެ އިތުރުން، އަނިޔާ ހުއްޓުވުމަށް ކުރާ މަސައްކަތްތަކަށް އަބަދުވެސް އިސްކަންދޭންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. މުއާސަލާތީ ދާއިރާއާއި ޓެކްނޮލޮޖީއަށް އަންނަމުންދާ ބަދަލުތަކާއެކު، އަންހެނުންނާއި އަންހެން ކުދިންނަށް އަނިޔާއާއި، ފުރައްސާރައާއި، ބިރުދެއްކުމާއި، އެހެނިހެން ގެއްލުންތަކާ ކުރިމަތިލާންޖެހޭ އާ މައިދާންތަކެއް ވަނީ އުފެދިފައެވެ. އާންމު ދިރިއުޅުމުގައި އޮންލައިން މަންސަތަކުގެ ބޭނުން އިތުރުވަމުންދާއިރު، ރައްކާތެރި ޑިޖިޓަލް މާހައުލެއް ކަށަވަރުކުރުމުގެ މުހިންމުކަން ދަނީ ބޮޑުވަމުންނެވެ.
އަނިޔާއާއި ފުރައްސާރައަކީ ހަމައެކަނި ޖިސްމާނީ ގޮތުން ހިނގާ ކަންކަމެއް ނޫނެވެ. ޑިޖިޓަލް މަންސަތައް މެދުވެރިކޮށް ދެވޭ އަނިޔާތަކުގެ ސަބަބުން މީހާގެ ޒާތީ މިނިވަންކަމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، އަބުރާއި ރައްކާތެރިކަމަށް އަސަރުކޮށް، ބައެއް ފަހަރު އެކަންކަން އެމީހުންގެ ގެދޮރާއި އަމިއްލަ ދިރިއުޅުމުގެ ތެރެއަށްވެސް ވަދެގެންދެއެވެ. ރައްކާތެރި ޓެކްނޮލޮޖީގެ މާހައުލަކަށް ރައީސް ގޮވާލެއްވި ގޮވާލެއްވުމުން ދައްކުވައިދެނީ، އާދައިގެ މާހައުލުތަކުން ބޭރަށް ރައްކާތެރިކަން ފުޅާކޮށް، ޑިޖިޓަލް ޒަމާނުގެ ހަގީގަތްތަކާ ކުރިމަތިލާން ޖެހިފައިވާ މިންވަރެވެ.
އަންހެނުން ބާރުވެރިކުރުވުމާއި، އަނިޔާ ލިބުމުގެ ފުރުސަތު ބޮޑުކުރުވާ އިގުތިސާދީ، އިޖުތިމާއީ އަދި މުއައްސަސާތަކުގެ ހުރަސްތައް ނައްތާލުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމާއި، އެމީހުންގެ ފުދުންތެރިކަން އިތުރުކުރުމާއި، މުޖުތަމައުގައި ބައިވެރިވުމަށް ހުރި ހުރަސްތައް ނައްތާލުމަކީ، ބިރުވެރިކަމެއް ނުވަތަ އެހެން މީހަކަށް ބަރޯސާވުމެއް ނެތި އެމީހުންގެ ހައްގުތައް އަދާކޮށް އެހީތެރިކަމަށް އެދެވޭނެ މާހައުލެއް ބިނާކުރުމުގެ މުހިންމު ބައިތަކެކެވެ.
އޯގާތެރި މުޖުތަމައެއް ބިނާކުރުމުގެ ތަސައްވުރުގެ ދަށުން އެކުލަވާލާފައިވާ ސިޔާސަތުތަކާއި، އިސްތިރާޖުތަކާއި، ޕްރޮގްރާމްތައް މެދުވެރިކޮށް ސަރުކާރުން މި ކަންކަމަށް އިސްކަންދީގެން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ މައިގަނޑު މަގުސަދަކީ އަނިޔާ ލިބޭ ފަރާތްތައް ހިމާޔަތްކޮށް، ކުށްވެރިން ޒިންމާދާރުކުރުވައި، އެއްވެސް ސުވާލެއް ނުއުފައްދައި އަނިޔާވެރިކަން ދޫކޮށްނުލާނެކަން ކަށަވަރުކުރުމެވެ.
އެހެންނަމަވެސް، ރައީސްގެ ހިތާބުގައި މި ޒިންމާ ހަމައެކަނި ސަރުކާރުގެ ފިޔަވަޅުތަކަށްވުރެ ފުޅާކުރައްވާފައިވެއެވެ. އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށްޓަކައި މަދަނީ ޖަމިއްޔާތަކާއި، އަމިއްލަ ވިޔަފާރިތަކާއި، މުޖުތަމައުތަކާއި، އާއިލާތަކާއި، އަވަށްޓެރިންނާއި، ރަހުމަތްތެރިންގެ ދެމެހެއްޓެނިވި މަސައްކަތް ބޭނުންވެއެވެ. އާންމު ދިރިއުޅުމުގައި މީހުން ގެންގުޅޭ ވިސްނުމާއި އަމަލުތަކުގެ ސަބަބުން، އަނިޔާއާ މެދު ހަނުހުރުމާއި އެކަން ބަލައިގަތުމަށް މަގުފަހިވެދާނެއެވެ. ނުވަތަ އަނިޔާއަކީ ކޮބައިކަން ދެނެގަނެ، އެކަމާ ދެކޮޅަށް ތެދުވެ، އެކަން ހުއްޓުވޭނެ މާހައުލެއް ބިނާކުރުމަށް އެހީތެރިވެދެވިދާނެއެވެ.
މުޖުތަމައަކުން އަންހެނުންނާއި އަންހެން ކުދިން ހަގީގީ މާނައިގައި ހިމާޔަތްކުރާނަމަ، ރައްކާތެރިކަމަކީ ހަމައެކަނި ވަކި ބަޔަކަށް ލިބޭ އިމްތިޔާޒަކަށް ވެގެން ނުވާނެއެވެ. އަދި އަނިޔާގެ ސަބަބުން ކުރިމަތިވާ ނަތީޖާތަކާ އެކަނިމާއެކަނި ކުރިމަތިލާން އަނިޔާ ލިބޭ ފަރާތްތައް ދޫކޮށްލައިގެންވެސް ނުވާނެއެވެ. ރައްކާތެރިކަމަކީ ފަސޭހައިން ލިބެން އޮންނަ އެއްޗަކަށް ވާންޖެހޭއިރު، ބޭކާރު ހުރަސްތަކެއް ނެތި އިންސާފު ހޯދައިދޭންޖެހެއެވެ. އަދި އެހީތެރިކަމަށް އެދޭ ފަރާތްތަކާ ކުރިމަތިލާންޖެހޭނީ ކުށްވެރިކުރުމުގެ ބަދަލުގައި ހަމްދަރުދީއާއި ވިސްނުންތެރިކަމާއެކުގައެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެނުންނަށް ކުރާ އަނިޔާތައް ނައްތާލުމުގެ ދުވަސް ދިވެހިރާއްޖެއިންވެސް ފާހަގަކުރަމުންދާއިރު، ލިބިދޭ މެސެޖަކީ ވަރަށް ސާފު މެސެޖެކެވެ. ގާނޫނުތަކާއި، ސިޔާސަތުތަކާއި، ޕްރޮގްރާމްތަކާއެކު އަމަލީ މަސައްކަތާއި، ޒިންމާދާރުކަމާއި، އޯގާތެރިކަން ހުންނަންޖެހެއެވެ. އަނިޔާވެރިކަމާ ދެކޮޅަށް ކުރާ ހަނގުރާމައަކީ ހަމައެކަނި އެއް ދުވަހަކަށް ނުވަތަ ވައުދެއްގެ ބަޔާނަކަށް ހަނިކުރެވޭނެ ކަމެއް ނޫނެވެ. އެކަމަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމާއި، ހިތްވަރާއި، އަދި ކޮންމެ ތަނެއްގައި އަނިޔާ ހިނގި ނަމަވެސް އެކަމާ ކުރިމަތިލުމުގެ ރޫހު ބޭނުންވެއެވެ.
ކޮންމެ އަންހެނަކާއި އަންހެން ކުއްޖަކަށް ކަރާމާތްތެރިކަމާއެކު ބިރުވެރިކަމެއް ނެތި ދިރިއުޅެވޭނެ ގައުމެއް ބިނާކުރުމަކީ އެންމެން ހިއްސާވާ ޒިންމާއެކެވެ. ރައީސް މުއިއްޒު ގޮވާލެއްވި ފަދައިން، ގޭތެރޭގައާއި، އާންމު ތަންތަނުގައާއި، އޮންލައިންކޮށް އަދި އެހެނިހެން ހުރިހާ ތަނެއްގައިވެސް ހުރިހާ ބާވަތެއްގެ އަނިޔާއިން އަންހެނުންނާއި އަންހެން ކުދިން ރައްކާތެރިކުރުމަށްޓަކައި މުޅި މުޖުތަމައުގެ އަޑާއި، އަޒުމާއި، މަސައްކަތް އެކަތިގަނޑަކަށް ވާންޖެހެއެވެ.
ދުނިޔޭގެ ބާޒާރުތަަށް މުދަލާއި ހިދުމަތް ވިއްކާ ދިވެހި ވިޔަފާރިވެރިންނަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގޭޓްވޭ މެދުވެރިކޮށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވައިފިއެވެ.
އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ފުދުންތެރި ރައްޔިތަކާއެކު ވަށާޖެހޭ ތަރައްގީ ހާސިލުކުރެއްވުމުގެ އަމާޒުގެ ދަށުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިހާރަށްވުރެ ފަހި ފުރުސަތުތަކެއް ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ތަޢާރަފުކުރައްވާނެކަމަށް ވިދާޅުވަމުން ރައީސް މުޢިއްޒު ވިދާޅުވީ:
"ބައިނަލްއަގްވާމީ ބާޒާރުގަ މުދަލާ ހިދުމަތް ވިއްކާ ދިވެހި އުފެއްދުންތެރިންނަށް، ކުދި ވިޔަފާރިތަކަށް ދުނިޔޭގެ ކޮންމެ ގައުމެއްގަ، ކޮންމެ ތަނަކުންވެސް ބީއެމްއެލް ގޭޓްވޭއިން މެދުވެރިކޮށް ޔޫއެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމް އެއް ނޮވެމްބަރުން ފެށިގެން އިރާދަކުރެއްވިއްޔާ ހަމަޖެހިގެން ދާނެ. އަދި ޑޮލަރުން ލިބޭ މި ފައިސާ އެއްވެސް ދަތިކަމެއް ނެތި ކާޑު ބޭނުންކޮށްގެންނާ ރެމިޓެންސްގެ ޒަރިއްޔާއިން ރާއްޖެއިން ބޭރުން މުދަލާ ހިދުމަތް ހޯދުމަށް ބޭނުންކުރެވޭނެ،"
މީގެ ސަބަބުން ބޭރުގެ ކަސްޓަމަރުންގެ އަތުން ފައިސާ ލިބިގަތުމުގައި ރާއްޖޭގެ ވިޔަފާރިތަކަށް ދިމާވެފައިވާ ޒަމާންވީ ދަތިތަކަށް ހައްލު ހޯދައިދީ، ދިވެހި އުފެއްދުންތެރިންނާއި ވިޔަފާރިވެރިންނަށް ބައިނަލްއަގުވާމީ ބާޒާރުތަކަށް ފުރުސަތު ފުޅާކުރުމަށް މަގު ފަހިވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި "މޯލްޑިވިއަން ޕްރޮޑަކްޝަން އެކްސްޕޯ 2026" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެންމެކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރި (އެމްއެސްއެމްއީ) ތަކަށް ދިމާވެފައިވާ މާލީ ހުރަސްތައް ނައްތާލުމަށްޓަކައި ޕޭމަންޓްގެ އާ ހިދުމަތްތަކެއް ތައާރަފުކުރުމަށް ސަރުކާރުން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ފުރިހަމަކޮށްފައިވާ ކަމަށެވެ.
މި ހިދުމަތް ދޭނީ ބީއެމްއެލް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެންނެވެ. މި އިންތިޒާމުގެ ދަށުން، ބައިނަލްއަގުވާމީ ބާޒާރު ތަކުގައި އުފެއްދުންތައް ވިއްކާ އަދި ހިދުމަތް ފޯރުކޮށްދޭ (ސަރުތުހަމަވާ) ދިވެހި ވިޔަފާރިތަކަށް، ބީއެމްއެލްގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ކަސްޓަމަރުންގެ އަތުން ޔޫއެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖެއިން ބޭރުގެ ކަސްޓަމަރުންނަށް އަމާޒުކޮށް ވިޔަފާރި ފަށަން މަސައްކަތްކުރާ ފަރާތްތަކަށް، ބޭރު ގައުމުތަކުން ފައިސާ ލިބިގަތުމުގައި ދިމާވާ ދަތިތަކަކީ ބޮޑު ގޮންޖެހުމެއްކަން ސަރުކާރަށް ފާހަގަކުރެވިފައިވާ ކަމެއް ކަމުން، އެ ހުރަސްތައް ނައްތާލުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، އަންނަ ނޮވެމްބަރު 1 އިން ފެށިގެން މި ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ތަފްސީލުކޮށްދެއްވިއެވެ.
މީގެ އިތުރުން، ކުދި ވިޔަފާރިތަކުން ރާއްޖެއިން ބޭރުން މުދަލާއި ހިދުމަތް ހޯދުމުގައި ކުރަންޖެހޭ ވިޔަފާރީގެ މުއާމަލާތްތަކާއި ފައިސާ ދެއްކުން ފަސޭހަކޮށްދިނުމުގެ ގޮތުން ކާޑުގެ ހިދުމަތްތަކާއި ރެމިޓެންސްގެ އިންތިޒާމުތައް ލުއިފަސޭހަކޮށްދޭނެ ފިޔަވަޅުތަކެއްގެ ވާހަކަވެސް ރައީސް މުޢިއްޒު ދެއްކެވިއެވެ. އެ އިންތިޒާމުތަކުގެ ސަބަބުން، ވިޔަފާރީގެ ހަރަދުތަކަށް ބޭރު ފައިސާ ހޯދުމުގައި ދިމާވާ ދަތިތަކަށް ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ. އެއީ ބޭރުގެ 'ސަޕްލަޔަރުންނާއި' ހިދުމަތްދޭ ފަރާތްތަކަށް ބަރޯސާވާ ވިޔަފާރިވެރިންނަށް އަބަދުވެސް ކުރިމަތިވަމުން އަންނަ ބޮޑު ތަކުލީފެކެވެ.
ހަމައެއާއެކު، ވިޔަފާރިތަކަށް ކޮންމެހެން ބޭނުންވާ 'ސަބްސްކްރިޕްޝަން' ތަކަށާއި ދޭތެރެ ދޭތެރެއިން ދައްކަންޖެހޭ އެހެނިހެން ހިދުމަތްތަކަށް ފައިސާ ދެއްކޭނެ ނިޒާމުތައް ވެސް ތައާރަފުކުރެވޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. މީގެ ތެރޭގައި 'ސޮފްޓްވެއަރ ސަބްސްކްރިޕްޝަން' ތަކާއި، ސުމޭކު މަންސަ (ޑިޖިޓަލް ޕްލެޓްފޯމް) ތަކާއި، 'އޮންލައިން ބިޒްނަސް ޓޫލްސް' ތަކުގެ އިތުރުން ޢާންމުކޮށް ބޭރު ފައިސާއިން ބިލްކުރެވޭ އެހެނިހެން ހިދުމަތްތައް ހިމެނެއެވެ.
ޓެކްނޮލޮޖީ، ގްރެފިކް ޑިޒައިނިންގ، ޑިޖިޓަލް މާކެޓިންގ، އީ-ކޮމާސް އަދި އެހެނިހެން އޮންލައިން ހިދުމަތްތައް ފޯރުކޮށްދޭ ވިޔަފާރިތަކަށް އިތުބާރު ހުރި ބައިނަލްއަގުވާމީ ޕޭމަންޓް ނިޒާމެއް ލިބުމަކީ ނުހަނު މުހިންމު ކަމަކަށް ވީހިނދު. މީގެ ތެރެއިން ގިނަ ވިޔަފާރިތަކުގެ އާމްދަނީ ބިނާވެފައިވަނީ ބޭރުގެ ކަސްޓަމަރުންގެ މައްޗަށް ކަމުން، އެ ފަރާތްތަކުގެ މަސައްކަތްތައް ހިންގުމަށް ބައިނަލްއަގުވާމީ ފައިސާ ދެއްކުމުގެ ނިޒާމުތައް ކޮންމެހެން ބޭނުންވެއެވެ.
ރައީސް މުއިއްޒު ވިދާޅުވީ، އަލަށް ތައާރަފުކުރެވޭ އެ އިންތިޒާމުތަކުގެ ސަބަބުން މިފަދަ ގޮންޖެހުންތަކަށް ހައްލު ލިބި، މިހާރު ހިނގަމުންދާ ވިޔަފާރިތައް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި ވިޔަފާރީގެ އާ ފުރުސަތުތަކަށް އިސްނެގުމަށް އިތުރު ދިވެހިންނަށް ހިތްވަރު ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ. ބައިނަލްއަގުވާމީ ބާޒާރު ތަކުގައި ބައިވެރިވުމަށް ކުރިން ކުރިމަތިވި ހުރަސްތައް ކުޑަކުރެވި، ވިޔަފާރިތަކުގެ އާމްދަނީއާއި ފައިދާ އިތުރުކުރުމަށް މި ބަދަލުތައް އެހީތެރިވެދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ވާހަކަ ރައީސް މުޢިއްޒު ދައްކަވާފައި މިވަނީ، ރާއްޖޭގެ އިގްތިސޯދު ސިންދަފާތު ކުރުމުގެ ފުޅާ ސިޔާސަތުގެ ދަށުން، ވިޔަފާރިވެރިކަން ކުރިއެރުވުމަށާއި އެމްއެސްއެމްއީތައް ތަރައްގީ ކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެމުން އަންނަ ދަނޑިވަޅެއްގައެވެ. ކުދި ވިޔަފާރިތަކަކީ 'ރީޓެއިލް'، 'މެނުފެކްޗަރިންގ'، ފަތުރުވެރިކަމާ ގުޅުންހުރި ހިދުމަތްތައް، ޓެކްނޮލޮޖީ އަދި އުފެއްދުންތެރި އިންޑަސްޓްރީތައް ހިމެނޭހެން މުޅި ރާއްޖޭގެ ވަޒީފާގެ ބާޒާރަށާއި ވިޔަފާރީގެ ހަރަކާތްތަކުގެ ބޮޑު ހިއްސާއެއްވާ ބައެކެވެ.
އެހެންނަމަވެސް، ބައިނަލްއަގުވާމީ ޕޭމަންޓް މަންސަތަކަށް ވަންނަން އޮތް ދަތިކަމަކީ، ރާއްޖެއިން ބޭރުގެ ކަސްޓަމަރުންނަށް، މުދަލާއި ހިދުމަތް ވިއްކަން މަސައްކަތްކުރާ ބައެއް ދިވެހި ވިޔަފާރިވެރިންނަށް އަބަދުވެސް އޮތް ބޮޑު ހުރަހެކެވެ. ދުނިޔޭގެ ޕޭމަންޓް ހިދުމަތްތައް ފަސޭހައިން ލިބެންހުންނަ ގައުމުތަކުގެ ވިޔަފާރިތަކާއި ހިލާފަށް، ދިވެހި ވިޔަފާރިތަކަށް ވަނީ ބައިނަލްއަގުވާމީ ފައިސާ ބަލައިގަތުމުގައި ހުރަސްތަކާ ކުރިމަތިލާން ޖެހިފައެވެ. މީގެ ސަބަބުން އެތެރޭގެ ބާޒާރުން ބޭރަށް ވިޔަފާރި ފުޅާކުރުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. ރާއްޖޭގެ އެތެރޭގެ އުފެއްދުންތެރިކަން ބޮޑުތަނުން ދަށުގައި ހުރުމުގެ މައިގަނޑު އެއް ސަބަބެވެ.
ބީއެމްއެލްގެ މި އާ ހިދުމަތަކީ ސަތުރު ހަމަވާ ވިޔަފާރިތަކަށް ފައިސާ ލިބިގަތުމަށް ލިބޭ އިތުރު މަގަކަށް ވެގެން ހިނގައިދާނެއެވެ. އަދި މުޅިންހެން ނެތް ނުވަތަ އުނދަގޫ އެހެން އިންތިޒާމުތަކަށް ބަރޯސާނުވެ، ބައިނަލްއަގުވާމީ ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގެ ފުރުސަތު، އިތުރު ވިޔަފާރިވެރިންނަށް މިކަމުގެ ސަބަބުން ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ. މި ކަމަކީ ސަރުކާރުން "ކްރިއޭޓިވް އިކޮނޮމީ" ނުވަތަ އުފެއްދުންތެރި އިގްތިސޯދު ފުޅާކުރުމަށް ގެންގުޅޭ ތަސައްވުރަށް ވެސް ބާރުލިބޭނެ ކަމެއް ކަމަށާއި، ރައީސް މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖޭގެ އިގްތިސޯދަށް އުފެއްދުންތެރި ސިނާއަތްތަކުން 15 އިންސައްތައިގެ ހިއްސާއެއް ކަށަވަރުކުރުން ކަމަށް ހާމަ ކުރެއްވި އެވެ.
ބައިނަލްއަގުވާމީ ޕޭމަންޓް ހިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްވުމަކީ ސުމޭކު އުފެއްދުންތަކާއި، އީޖާދީ ހިދުމަތްތަކާއި، ސުމޭކު އަދި ބޭރުގެ ބާޒާރުތަކުން އާމްދަނީ ހޯދުމުގެ ގާބިލުކަން ލިބިފައިވާ އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރާ ދިވެހިންނަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.
ވިޔަފާރިވެރިކަމާއި ކުދި ވިޔަފާރިތައް ތަރައްގީ ކުރުމަށް އެހީތެރިވެދޭ ބީސީސީން އަންނަނީ މި އާ ހިދުމަތްތައް ތައާރަފުކުރުމަށް ބީއެމްއެލް އަދި އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުން ކަމަށް ރައީސް ބަޔާން ކުރެއްވި އެވެ. ރައީސް މުޢިއްޒު  އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ވިޔަފާރީގެ ހިންގުމަށާއި ކުރިއެރުމަށް ހުރަސްއަޅާ އަމަލީ ދަތިތަކަށް ހައްލު ހޯދައިދީ، ވިޔަފާރިވެރިންނަށް އެއްބާރުލުންދޭ މާހައުލެއް ގާއިމުކޮށްދިނުން ކަމަށެވެ. އަދި އަލަށް ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތްތަކަށް، ހާއްޞަކޮށް ވިޔަފާރީގެ ރަނގަޅު ހިޔާލުތައް ހުރި ދިވެހި ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ މުހިންމުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބީއެމްއެލްގެ ޕޭމަންޓް ގޭޓްވޭ އަކީ ވަރަށް ކުރިއްސުރެ އެތަނުން ލިބޭ ހިދުމަތެކެވެ. އޭގެ އިތުރުން ރާއްޖޭގައި ޕޭމަންޓް ގޭޓްވޭ ލިބެނީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިންނެވެ. އެއީ އަގުބޮޑު ހިދުމަތެކެވެ. އަދި ކޮންމެ ކޮންމެ ވިޔަފާރިއަކަށް ހާއްސަކޮށް އެންމެކުދި މެދު ފަންތީގެ ވިޔަފާރިތަކަށް ގާއިމްކުރަން ފަސޭހަ ނިޒާމެއް ނޫނެވެ. އަމްދުން ވަކި ފަރުދުންނަށް ލިބޭ ހިދުމަތެއްވެސް ނޫނެވެ.
އަގުހެޔޮ، ގާއިމުކުރަން ފަސޭހަ ބައިނަލް އަގުވާމީ އެތަކެއް ޕޭމަންޓް ގޭޓްވޭ ތަކާއި، ވަގުތުން ވަގުތައް ދުނިޔޭގެ ކޮންމެ ތަނަކުން ފައިސާ ލިބ، ފައިސާ ފޮނުވޭ 'ވޮލަޓް' ތައް  ހުރި ނަމަވެސް އެފަދަ ހިދުމަތްތަކަށް ދިވެހިރާއްޖޭގެ މާލީދޮރާށި ވަނީ ބަންދު ކުރެވިފައެވެ. ސަރުކާރަށް ހާސިލުކުރެވުނު ވަރަށް ބޮޑު ލަނޑުދަނޑިއެއް ކަމަށް ނޫސްތަކުގެ ސުރުހީތައް ފުރިގެންދިޔަ އެއް ކަމަކީ، މިއަހަރު ޖޫން 15ގައި ސަރުކާރުން ފަހިކޮށްދީގެން އުރީދޫން ފެށި ޕޭޕަލްގެ ހިދުމަތެވެ. އެ ހިދުމަތަކީވެސް 'ބައިކުޅަބައި' ހިދުމަތެއްކަމުން ރާއްޖޭގެ އީ-ކޮމަރސް ވިޔަފާރިތަކަށް ޕޭޕަލް ޕޭމަންޓް ގޭޓްވޭ (އަދިވެސް) ނުލިބެއެވެ.
އިޒުރޭލުގައި އުފެދޭ އާ ސަރުކާރަކުން ފަލަސްތީނުގެ ރައްޔިތުންނަށް މާނަހުރި ބަދަލުތަކެއް ގެނެސްދީފާނެ ކަމަށާއި، ނަމަވެސް "މުގައްދަސް ބިމުގައި ވެސް މުއުޖިޒާތްތަކަކަށް އިންތިޒާރުކޮށްގެން ނުވާނެ" ކަމަށް އެތަނުގެ ގެ ޗެތަމް ހައުސްގެ ސީނިއާ ކޮންސަލްޓިން ފެލޯ، ޔޮސީ މެކެލްބާގް ބުނެފިއެވެ.
އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި މެކެލްބާގް ބުނެފައިވަނީ، އިޒުރޭލުގެ މިހާރުގެ ސަރުކާރުގެ އަމާޒަކީ "ފަލަސްތީނު މީހުންނަށް ދިރިއުޅުން ދަތިކޮށް ހާލުގައި ޖެއްސުން" ކަމަށެވެ. އަދި އިޒްރޭލުގެ ވަޒަންވެރިން (ފަލަސްތީނު ރައްޔިތުންގެ މައްޗަށް) ހިންގާ ގަތުލުއާންމުތަކާއި ހަމަނުޖެހުންތައް "އެއްވެސް އަދަބެއް ނުލިބި ކުރިއަށްގެންދިއުމަށް ފުރުސަތު ދެމުންދާ" ކަމަށާއި، ސަރުކާރުން "ހިމާޔަތް ދެނީ އަނިޔާ ލިބޭ މީހުންނަށް ނޫން ކަމަށާއި، ހިމާޔަތް ދެނީ ވަޒަންވެރިންނަށް" ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
ގާދީ އެއިޒެންކޮޓް، ޔާއިރު ގޯލާން، ޔާއިރު ލަޕީދު އަދި ނަފްތާލީ ބެނެޓް ފަދަ ސަހުސިއްޔަތުތައް ހިމެނޭ ކޯލިސަނަކުން މިކަމުގައި މާ ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް މެކެލްބާގް ބުންޏެވެ. އަދި "މިހާރު ޒައިތޫނި ކެނޑުމުގެ މޫސުމުގައި މި ފެންނަ ފަދައިން" ވަޒަންވެރިން ހިންގާ އަނިޔާވެރި އަމަލުތަކަށް އެފަދަ ސަރުކާރަކުން ދުލެއް ނުދޭނެ ކަމަށް އޭނާ ވަކާލާތު ކުރިއެވެ.
މީގެއިތުރުން، ހިފާފައިވާ ހުޅަނގު އައްސޭރީގައި ވަޒަންވެރިން ފުޅާކުރުމަށް ހިންގާ ހިޔާލުތަފާތުވުން ބޮޑު "އީ-1" މަސްރޫއު ވެސް އައު ސަރުކާރަކުން މެދުކަނޑާލުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ލަފާކުރިއެވެ.
"ހާއްސަކޮށް ހައްދުފަހަނައެޅި ކަނާތުފިޔައިގެ ފަރާތްތަކާއި، އަދި އޭގެ އިތުރުން ބޮޑުވަޒީރުގެ ފަރާތުން ވެސް މިހާރު ފެންނަމުންދާ ދެއްކުންތެރި ވާހަކަތަކުގެ ބަދަލުގައި، އައު ސަރުކާރެއްގައި ބުއްދިވެރި، ހަމަޖެހޭ މަސްވަރާތަކެއް ކުރެވޭނެ ކަމަށް އަޅުގަނޑު ދެކެން،" މެކެލްބާގް ބުނެފައި ވެއެވެ.
ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށްޓަކައި "ފަލަސްތީނުގެ ސިޔާސީ ނިޒާމުގެ ތެރެއަށް ވެސް ބަދަލުތަކެއް ގެންނަން ޖެހޭނެ ކަމާމެދު އެއްވެސް ސައްކެއް ނެތް" ކަމަށް އޭނާ އިތުރަށް ބަޔާންކޮށްފައި ވެއެވެ. އަދި މިފަދަ ބަދަލެއް ރެއިންރެއަށް ނައި ނަމަވެސް، އާ ސަރުކާރަކުން ކުރިއެރުމަށް މަގުފަހިވާނެ "ފުރުސަތެއް ފަހިކޮށްދޭނެ" ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅާއެކު، ދެ ގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ އަދި ދިފާއީ ގުޅުންތައް އައު ހަރުފަތަކަށް އަރައިގެން ގޮސްފިއެވެ. މި ދަތުރުފުޅުގައި ދިފާއީ ކަންކަން، ކަނޑުގެ ރައްކާތެރިކަން، ތައުލީމު، އަދި ސިއްހީ ދާއިރާ ހިމެނޭހެން މުހިންމު 20 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، މިހާރު އަހަރަކު ގާތްގަނޑަކަށް 13.9 މިލިއަން އެމެރިކާ ޑޮލަރުގައި ދެ ގައުމުގެ ދެމެދު އޮތް ވިޔަފާރި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި (2028 ގެ ނިޔަލަށް) 200 މިލިއަން ޑޮލަރަށް މަތިކުރުމަށް ކަނޑައެޅި އަމާޒެވެ. މީގެ އިތުރުން މާލެއާއި ކަރާޗީއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށްޓަކައި މޯލްޑިވިއަން އިން ރާވަމުންދާއިރު، ޕާކިސްތާނުންވެސް ވަނީ މީގެ "ފީސިބިލިޓީ ސްޓަޑީ" އެއް ހެދުމަށް ނިންމާފައެވެ. އަދި 2014 ގެ ފަހުން ނުބޭއްވި ހުއްޓިފައިވާ ސާކް (SAARC) ސަމިޓް އަވަސްކުރުމަށްވެސް ރައީސް މުޢިއްޒު ވަނީ މަސްވަރާ ކުރައްވާފައެވެ.
ޕާކިސްތާނާއެކު ވެވުނު މުހިންމު އެއްބަސްވުންތަކާއި މަސްވަރާތަކުގެ ތާވަލު:
<colgroup><col style="width: 21.3838%;"><col style="width: 35.4235%;"><col style="width: 43.1654%;"></colgroup>
ދާއިރާ
މަޝްވަރާ/އެއްބަސްވުމުގެ މައިގަނޑު އަސާސް
އަމާޒު އަދި ނަތީޖާ
ދިފާއީ އަދި ކަނޑުގެ ސަލާމަތް
ސަރަހައްދީ ސަލާމަތާއި ދިފާއީ ގުޅުން ބަދަހިކުރުން
ސިފައިން ތަމްރީނުކުރުމާއި ކަނޑުގެ ރައްކާތެރިކަން އިތުރުކުރުން
ވިޔަފާރިއާއި އިގްތިސާދު
ދެގައުމުގެ ދެމެދުގައިވާ ދާހިލީ ވިޔަފާރި ފުޅާކުރުން
ވިޔަފާރި 13.9 މިލިއަން ޑޮލަރުން 200 މިލިއަން ޑޮލަރަށް މަތިކުރުން
ވައިގެ ދަތުރުފަތުރު
މާލެއާއި ކަރާޗީއާ ދެމެދު ސީދާ ފްލައިޓްތައް ފެށުން
ދަތުރުފަތުރާއި ފަތުރުވެރިކަން ފުޅާކުރުމުގެ ފީސިބިލިޓީ ދިރާސާކުރުން
ތައުލީމާއި ސިއްހަތު
ފަންނީ އެހީތެރިކަމާއި ތަމްރީނު ފުރުސަތުތައް
އިންސާނީ ވަސީލަތް ތަރައްގީކުރުމާއި ސިއްހީ އެހީތެރިކަން
ތިމާވެށި
ގަސްއިންދުމުގެ ގައުމީ ހަރަކާތަށް އެހީވުން
ޕާކިސްތާނުން 100،000 ޒައިތޫނި ގަސް ފޯރުކޮށްދިނުން
އިންޑިއާއަށް ހުރި ޖިއޯ-ޕޮލިޓިކަލް ނުރައްކާތަކާއި ކަންބޮޑުވުން:
ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ގުޅުން ބަދަހިވަމުންދާ މި ދަނޑިވަޅަކީ ދެކުނު އޭސިއާގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ވަގުތެކެވެ. މި ކަމުގެ ސަބަބުން އަވައްޓެރި އިންޑިއާއަށް ޖިއޯ-ޕޮލިޓިކަލް ގޮތުން އެތައް ކަންބޮޑުވުންތަކެއް ކުރިމަތިވެއެވެ:
އިންޑިއާ ކަނޑުގެ ރައްކާތެރިކަމާއި ދިފާއީ ބަދަހިކަން:
އިންޑިއާއިން އަބަދުވެސް ދެކޭގޮތުގައި އިންޑިއާ ކަނޑުގެ ސަރަހައްދަކީ އެ ގައުމުގެ ސެކިއުރިޓީއާ ސީދާ ގުޅިފައިވާ ސަރަހައްދެކެވެ. ރާއްޖެއިން ޕާކިސްތާނާއެކު ދިފާއީ އަދި ކަނޑުގެ ސަލާމަތީ އެއްބަސްވުންތައް ގާއިމުކުރުމަކީ އިންޑިއާގެ ދެކުނު ބޯޑަރާ ކައިރީގައި ޕާކިސްތާނުގެ އަސްކަރީ ނުފޫޒު ފުޅާވުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމެކެވެ.
ސާކް (SAARC) ގެ މަސްރަހު:
އިންޑިއާއިން ބައިވެރިނުވުމުގެ ސަބަބުން 2014 އިން ފެށިގެން ސާކް ސަމިޓް ހުއްޓިފައިވާއިރު، ރައީސް މުޢިއްޒު ޕާކިސްތާނުގައި ހުންނަވައި ސާކް ސަމިޓް އަވަސްކުރުމަށް ގޮވާލެއްވުމަކީ، ސަރަހައްދީ ސިޔާސީ މަސްރަހުގައި އިންޑިއާއަށް ދެވުނު ސިޔާސީ މެސެޖެއްގެ ގޮތުގައި ބެލެވޭ ކަމެކެވެ.
އިންޑިއާ-ރާއްޖެ ހާރިޖީ ހަމަހަމަކަން (ފޮރިން ޕޮލިސީ ބެލަންސް):
ރާއްޖެއިން ޕާކިސްތާނާއެކު ގުޅުން ބަދަހިކުރަމުންދާއިރު، އިންޑިއާގެ ތިން އަސްކަރީ މަނަވަރެއް މާލެއަށް އައިސް ގުޅިފައިވާ ތަމްރީނުތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. މިއީ ރާއްޖެއިން ދެ ގައުމާ ދެމެދު ހާރިޖީ ތިލަފަތް ހަމަހަމަކުރަން އުޅޭކަމުގެ ނިސާނެއް ކަމުގައިވިޔަސް، އިންޑިއާއިން މިފަދަ ގުޅުންތަކަށް ފަރުވާތެރިކަމާއެކު ފާރަވެރިވާނެއެވެ.
ރައީސް މުޢިއްޒު ޕާކިސްތާނަށް ވަޑައިގެން ކުރެއްވި މަސްވަރާތަކާއި އެއްބަސްވުންތައް ކުރިއަށް ގެންގޮސްފައިވަނީ، ހީނަރު ވެފައިވާ ދިވެހިރާއްޖޭގެ އިގްތިސާދު، ކޮޅަށްޖެހުމަށް އެހީތެރިވުމުގެ ގޮތުން، ރާއްޖެއިން އިންޑިއާއަށް ދައްކަން ޖެހިފައިވާ 3000 ކްރޯޑް ރުޕީސް ގެ ކަރަންސީ ސްވޮޕް، އެ ގައުމުން ފަސްކޮށްދިން ތަނާއެވެ.
ދިވެހި ރާއްޖެއާއި ޕާކިސްތާނާއި ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރެވުނީ 1966 ގައެވެ.
ފާހަގަކުރެވޭ އެހެނިހެން ކަންކަމުގެ ހުލާސާ:
ގޯސްވި މޫސުން: މާލެއަށް ބޯކޮށް ވާރޭވެހި 90 އަށްވުރެ ގިނަ ގެއަށް ފެންވަދެ، މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފުން ވަނީ ފެންހިންދުމުގެ މަސައްކަތް ކޮށްފައެވެ. ފިޔޯރީގެ 90 އިންސައްތަ ގޭގެއަށްވެސް ވަނީ ފެނުގެ އަސަރުކޮށްފައެވެ.
ދައުލަތުގެ ހަރަދުތައް: ސަރުކާރުން މުސާރައިގެ ގޮތުގައި ކުރާ ހަރަދު 14 އިންސައްތަ އިތުރުވެ، 5.6 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އާމްދަނީއަށްވުރެ ހަރަދުތައް ވަނީ އިތުރުވެފައެވެ.
ތިމާވެށީގެ ނުރައްކާ: އޭޑީބީގެ ރިޕޯޓަކުން ދައްކާގޮތުގައި އުދަ އެރުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް 3.8 އިންސައްތައިގެ ބޮޑު ގެއްލުމެއް ލިބުމުގެ ނުރައްކާ އެބައޮތެވެ.
ޒައިތޫނި ގަސް ހަދިޔާކުރުން: ޕާކިސްތާނުން ހަދިޔާކުރި 100،000 ޒައިތޫނި ގަހަކީ ރާއްޖޭގެ އިސްތިވާއީ މޫސުމާ ގުޅޭ ގަސްތަކެއް ނޫންކަމަށް ބުނެ ތިމާވެށީގެ މާހިރުން ކަންބޮޑުވުން ފާޅުކޮށް އާއްމުން ދަނީ ފާޑުކިޔަމުންނެވެ.
"ބަޖެޓު ހަމަހަމަކުރުން (ބެލެންސްޑް ބަޖެޓް)!!! ޑީޖޭޓީ" – ޑޮނަލްޑް ޓްރަމްޕްގެ މި ރިޔާސީ ދައުރުގެ 18 ވަނައަށްވީ ދުވަސް، 2025 ފެބްރުއަރީ 7 ވަނަ ދުވަހު ކުރެއްވި ޕޯސްޓެއްގައި ވެވަޑައިގެންނެވި ވައުދަކީ މިއީއެވެ. މީގެއިތުރުން، 2024 ގެ ރިޔާސީ ކެމްޕޭން ދުވަސްވަރު އެމަނިކުފާނު ވަނީ މިއަށްވުރެ ބޮޑު ވައުދެއްވެސް ވެވަޑައިގެންފައެވެ. އެއީ އެންމެ ރިޔާސީ ދައުރެއްގެ ތެރޭގައި އެމެރިކާގެ މުޅި ގައުމީ ދަރަނި އެއްކޮށް ނައްތާލެއްވުމެވެ.
ޓްރަމްޕް ބާރުއަޅުއްވަމުން ގެންދެވީ ރައްޔިތުންނަށް ދަތިވާފަދަ، ހަރަދުކުޑަކުރުމުގެ ފިޔަވަޅުތަކާ ނުލައިވެސް ބަޖެޓުގެ އަމާޒުތަކަށް ވާސިލުވެވޭނެ ކަމަށެވެ. 2024 ޖުލައި މަހު މިނެސޯޓާގެ ސެންޓް ކްލައުޑްގައި ބޭއްވި އެއްވުމެއްގައި ޓްރަމްޕް ވަނީ އިޖުތިމާއީ ރައްކާތެރިކަމާއި (ސޯޝަލް ސެކިއުރިޓީ) މެޑިކެއާގެ ހަރަދުތަކުން "އެންމެ ފައިސާފޮއްޗެއްވެސް" އުނިނުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. "އެންމެ ފައިސާފޮއްޗެއްވެސް" ނުކަނޑާނެ ކަމަށް ވިދާޅުވި މި ވައުދު 2024 ގެ ތެރޭގައި އެތައް ފަހަރަކު ތަކުރާރުކުރެއްވިއެވެ. އޭގެ ތެރޭގައި ރިޕަބްލިކަންގެ މެނިފެސްޓޯވެސް ހިމެނެއެވެ.
އޭގެ ބަދަލުގައި އެމަނިކުފާނު ހުށަހެޅުއްވީ އިގުތިސާދީ ކުރިއެރުމާއި، ކްރިޕްޓޯކަރަންސީއާއި، ހާއްސަކޮށް އިމްޕޯޓް ޓެރިފް (އެތެރެކުރާ މުދަލުން ނަގާ ޓެކްސް) އިން ލިބޭ "ޖާދޫއެއްފަދަ" ފައިސާއިން ބަޖެޓު ދެކޮޅުޖައްސައި ދަރަނި ހަލާސްކުރުމަށެވެ. ޓްރަމްޕް ގަބޫލުކުރެއްވި ގޮތުގައި ޓެރިފުން ލިބޭ އާމްދަނީ ބޮޑުވެ، އިންކަމް (އާމްދަނީން ނަގާ) ޓެކްސްގެ ބަދަލުގައިވެސް އެ ބޭނުންކުރެވިދާނެއެވެ. އަދި އެމެރިކާގެ ކޮންމެ ޓެކްސްޕޭޔަރަކަށް 2000 ޑޮލަރުގެ ޑިވިޑެންޑް (ހިއްސާގެ ފައިދާ) އެއް ދިނުމަށްވެސް އެ ފައިސާ ބޭނުންކުރެވިދާނެއެވެ.
ނަމަވެސް ބަޖެޓުގެ އަސާސީ ހިސާބުތަކުން ދެއްކީ ޓްރަމްޕްގެ މި ހިޔާލީފޮލާ އާއި މުޅިން އިދިކޮޅު މަންޒަރެކެވެ. 2024 ވަނަ އަހަރު އެމެރިކާއަށް އެތެރެކޮށްފައިވަނީ ގާތްގަނޑަކަށް 3.3 ޓްރިލިއަން ޑޮލަރުގެ މުދަލެވެ. އެ އަހަރުގެ ބަޖެޓު ޑެފިސިޓް (ދެކޮޅުނުޖެހޭ ބައި) އުޅުނީ 1.8 ޓްރިލިއަން ޑޮލަރުގައެވެ. ޓެރިފުން އެކަނި ބަޖެޓު ޑެފިސިޓް ފިލުވާލެވޭނެ ކަމަށް ގަބޫލުކުރަންޖެހެނީ، ކަރަންޓާއި ތެލާއި ތެޔޮ ނޫން ގޭސް ހިމެނޭހެން އެތެރެކުރާ ހުރިހާ މުދަލަކުން 55 އިންސައްތައިގެ ޓެރިފެއް ޓްރަމްޕްގެ ސަރުކާރުން ނަގައި، އަދި އާންމުން އެއްވެސް ބަދަލެއް ނެތި ކުރިއެކޭ އެއްގޮތަށް މުދާ ގަންނަމުންދާނެ ކަމަށް ގަބޫލުކޮށްގެންނެވެ. މިއީ ސަރީހަ އޮޅުވާލުމެކެވެ.
އެކަމަކު ބަޖެޓު ދެކޮޅުޖެއްސުމަށް "ޕްލޭން ބީ" އެއް އޮތެވެ! އެއީ އެކަން ކުރަން އިލޮން މަސްކާ ހަވާލުކުރުމެވެ! 2024 އޮކްޓޫބަރު މަހު ނިއުޔޯކްގެ މެޑިސަން ސުކުއެއާ ގާޑަންގައި ބޭއްވި އެއްވުމެއްގައި މަސްކް ވަނީ ބޭކާރު ހަރަދުތަކުގެ ތެރެއިން 2 ޓްރިލިއަން ޑޮލަރު ސަލާމަތްކުރެވިދާނެ ކަމަށް ބުނެ ފޮނިކަނޑާފައެވެ. މިއީ އެމެރިކާ ސަރުކާރާ ދެކޮޅަށް މަސްކް ފެށި "ޑިޕާޓްމަންޓް އޮފް ގަވަރންމަންޓް އެފިޝެންސީ" (ޑޯޖް) ގެ ފެށުމެވެ. މި ނިންމުމަކީ ގާނޫނުއަސާސީއާ ހިލާފު ނިންމުމަކަށް ވުމުގެ އިތުރުން، މީގެ ސަބަބުން ބަޖެޓު ޑެފިސިޓް ވަނީ ކުރިއަށްވުރެވެސް ބޮޑަށް ގޯސްވެފައެވެ. ޑޯޖް އިން ވަނީ އެމެރިކާގެ ޓެކްސް އިދާރާ (އައިއާރުއެސް) ގެ އޮޑިޓިންގ ސްޓާފުންގެ ތިންބައިކުޅައެއްބައި މަދުކޮށްފައެވެ. ޔޭލް ބަޖެޓް ލެބުން އަންދާޒާކުރާ ގޮތުގައި، ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގެ ބާރު ދެރަވުމުގެ ސަބަބުން ކުރިއަށް އޮތް ދިހައަހަރު ތެރޭގައި ސަރުކާރަށް ލިބެންޖެހޭ އާމްދަނީން 860 ބިލިއަން ޑޮލަރަށްވުރެ ބޮޑު އެއްޗެއް ގެއްލިގެންދާނެއެވެ.
އަދުގެ ހާލަތަށް ބަލައިލަމާ ހިންގަވާށެވެ. ނިމިދިޔަ ސެޕްޓެމްބަރު 30 އަށް ނިމުނު މާލީ އަހަރުގެ ބަޖެޓު ޑެފިސިޓް އުޅެނީ ގާތްގަނޑަކަށް 2 ޓްރިލިއަން ޑޮލަރުގައެވެ. މިއީ ޖޯ ބައިޑަންގެ ރިޔާސީ ދައުރުގެ ފަހު އަހަރަށްވުރެ 160 ބިލިއަން ޑޮލަރު (ގެއްލުން) އިތުރު އަދަދެކެވެ. ކުރިއަށް އޮތް އަހަރުގެ ޑެފިސިޓް މިއަށްވުރެވެސް ބޮޑުވާނެ ކަމަށް ބެލެވެއެވެ. ގައުމީ ދަރަނި އެއްކޮށް ނައްތާލާނެ ކަމަށް ޓްރަމްޕް ވިދާޅުވިިއިރު، އެމެރިކާގެ މުޅި ދަރަނި އުޅެނީ 35 ޓްރިލިއަން ޑޮލަރުގައެވެ. ނަމަވެސް މިހާރު ކަންކަން ދާ މިސްރާބުން ބަލާއިރު، 2028 ގެ ނިޔަލަށް އެމެރިކާގެ ދަރަނި 45 ޓްރިލިއަން ޑޮލަރަށް އަރާނެއެވެ.
އެހެން އިބާރާތަކުން ދަންނަވާނަމަ، އެމެރިކާގެ ދަރަނި އެންމެ ފުރަތަމަ 10 ޓްރިލިއަން ޑޮލަރަށް އެރީ 2008 ގެ މާލީ ކާރިސާ (ކްރައިސިސް) ގެ ތެރޭގައެވެ. އޭރު އެއީ އުުފުލަން ދަތި ބޮޑު ބުރަ އެއްގެ ގޮތުގައި ސިފަކުރެވުނެވެ. ނަމަވެސް މިއަދު، އިތުރުވި 10 ޓްރިލިއަން ޑޮލަރަކީ ޓްރަމްޕްގެ މާލީ ފަރުވާކުޑަކަމުގެ 4 އަހަރުގެ އަގަށް ވަނީ ވެފައެވެ.
މި "ރެކޯޑު" ހާސިލުވި ގޮތުގެ ބައެއް އުސްއަލިތަކަށް ބަލާއިރު، 2025 ވަނަ އަހަރު، ޓްރަމްޕާއި ރިޕަބްލިކަން ކޮންގްރެސްއިން ވަނީ 2017 ގައި ދިން ޓެކްސް ކުޑަކުރުމުގެ އިނާޔަތްތައް ދާއިމީކޮށް، އޭގެ މައްޗަށް އިތުރު ޓެކްސް ލުއިތަކެއް ދީ ގާނޫނެއް ފާސްކޮށްފައެވެ. މި ގާނޫނުގެ ސަބަބުން ކުރިއަށް އޮތް ދިހައަހަރު ތެރޭގައި ސަރުކާރަށް ލިބޭ އާމްދަނީން ސީދާ 4.5 ޓްރިލިއަން ޑޮލަރު އުނިވެގެންދާނެއެވެ.
ކާބޯތަކެތީގެ އެހީ (ފުޑް ސްޓޭމްޕްސް) އާއި މެޑިކެއިޑްގެ ހަރަދުތަކުން 1.1 ޓްރިލިއަން ޑޮލަރު ކެނޑިކަމުގައި ވިޔަސް، ޖުމްލަކޮށް ބަލާއިރު، ޓްރަމްޕްގެ ބަޖެޓު ޕްލޭންގެ ސަބަބުން ކުރިއަށް އޮތް ދިހައަހަރު ތެރޭގައި ސީދާ 3.4 ޓްރިލިއަން ޑޮލަރުގެ ގެއްލުން އެމެރިކާ ސަރުކާރަށް ވާނެއެވެ. އަދި ދަރަނި ދެއްކުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުން މި އަދަދު 4.1 ޓްރިލިއަން ޑޮލަރަށް އަރާނެއެވެ.
ޓްރަމްޕްގެ އެންމެ މޮޅުކަމަށް ހީވި ބަޖެޓު "އައިޑިއާ" އަކީ ސަރުކާރުގެ އާމްދަނީގެ ވަސީލަތްތަކުގެ ބަދަލުގައި ޓެރިފް ބޭނުންކުރުމެވެ. މި ޕްލޭނަކީ އިގުތިސާދީ ގޮތުން ހަގީގަތަކަށް ހެދޭނެ ކަމަކަށް ނުވުމުގެ އިތުރުން، ގާނޫނީގޮތުންވެސް ބާތިލު ކަމެކެވެ. ޓެރިފަކީ ޓެކުހެކެވެ. އެމެރިކާގެ ގާނޫނުއަސާސީ ބުނާގޮތުން ޓެކްސް ނެގެނީ ކޮންގްރެސްއިން ފާސްކޮށްގެންނެވެ. ކޮންގްރެސްއިން ރައީސަށް ކުއްލި ހާލަތްތަކުގައި ޓެރިފް ނެގުމުގެ ބާރު ދީފައިވީ ނަމަވެސް، އެއީ ދާއިމީ އާމްދަނީ ހޯދާނެ އާ ނިޒާމެއް ގާއިމުކުރުމުގެ ބާރެއް ނޫނެވެ. އެމެރިކާގެ ސުޕްރީމް ކޯޓުން ވަނީ 2026 ފެބްރުއަރީ މަހު މި އަސާސީ ގާއިދާ ކަށަވަރުކޮށްދީފައެވެ.
ހާލަތު ދާނީ އިތުރަށް ގޯސްވަމުންނެވެ. ޓްރަމްޕްގެ ސަރުކާރުން އަންދާޒާކުރާ ގޮތުގައި އިރާނު ހަނގުރާމައަށް އެކަނިވެސް 45 ބިލިއަން ޑޮލަރު ވަނީ ހަރަދުވެފައެވެ. މިއީ ހަމައެކަނި ތެލާއި ހަތިޔާރު ފަދަ އޮޕަރޭޝަނަލް ހަރަދުތަކެވެ. ނަމަވެސް މާޗު މަހު ޕެންޓަގަންއިން ވަނީ ހަނގުރާމައާ ގުޅޭ އިތުރު ކަންކަމަށް 200 ބިލިއަން ޑޮލަރު ހޯދުމަށް އެދިފައެވެ. އަދި 2027 ވަނަ އަހަރަށް ޓްރަމްޕް ހުށަހެޅުއްވި މާލީ ބަޖެޓުގައި އެމެރިކާގެ ސިފައިންނަށް 1.5 ޓްރިލިއަން ޑޮލަރު ކަނޑައަޅާފައިވެއެވެ. މިއީ އިރާނު ހަނގުރާމައިގެ ކުރިން ހުރި މިންވަރަށްވުރެ 44 އިންސައްތައިގެ (ހަރަދު) އިތުރުވުމެކެވެ.
ޓްރަމްޕްގެ "ވަން ބިގް ބިއުޓިފުލް ބިލް އެކްޓް" ގެ ދަށުން ސޯޝަލް ސެކިއުރިޓީ ނުވަތަ އިޖުތިމާއީ ރައްކާތެރިކަމުގެ އިނާޔަތްތަކުން ނަގާ "އިންކަމް ޓެކްސް" ކުޑަކުރިއެވެ. އަދި ޓްރަމްޕްގެ ދައުރުގައި އިންފްލޭޝަން (ތަކެތީގެ އަގު) އުފުލުމުގެ ސަބަބުން އިޖުތިމާއީ ރައްކާތެރިކަމުގެ ދަށުން ދެވޭ ދިރިއުޅުމުގެ ހަރަދުތަކުގެ އެލަވަންސް (އިތުރު ފައިސާ) ވަނީ ބޮޑުކުރަންޖެހިފައެވެ. މި ބަދަލުތަކާއެކު، "ސޯޝަލް ސެކިއުރިޓީ ޓްރަސްޓް ފަންޑު" 2032 ވަނަ އަހަރު މުޅިން ހުސްވާނެ ކަމަށް މިހާރު ވަނީ އަންދާޒާކުރެވިފައެވެ. މިއާއެކު މަޖުބޫރުވާނީ ބޮޑެތި ޓެކްސްތަކެއް ނަގަން ނުވަތަ އިނާޔަތްތައް ބޮޑުތަނުން ކަނޑާލާށެވެ.
ޓްރަމްޕްގެ މާލީ ވައުދުތަކަށް އިތުބާރުކުރެވެން ނެތްކަމުގެ "ރަތް ސިގުނަލެއް" ލިބުނީ، ސޯޝަލް ސެކިއުރިޓީއަށް އެންމެ ފައިސާފޮއްޗެއްވެސް ކަނޑައިނުލާނެ ކަމަށް ވިދާޅުވި 2024 ގެ ސެއިންޓް ކްލައުޑް ރެލީ/އެއްވުމުގެ ތެރޭގައި ދެއްކެވި ވާހަކަ ފުޅުންނެވެ. އެ އެއްވުން ބޭއްވި ރަށަށް ދައްކަންޖެހޭ 209000 ޑޮލަރުގެ ފީ ޓްރަމްޕް ނުދައްކަވައި މަޑު ޖެއްސެވިއެވެ.
އަހަރުގެ މެދުތެރޭގައި އޮންނަ (މިޑް-ޓާމް) އިންތިހާބު ކައިރިވަމުން އަންނައިރު، ޓްރަމްޕް ގެންދަވަނީ "ސޯޝަލިޒަމް" އާއި "ކޮމިއުނިޒަމުން" ގައުމުގެ އިގުތިސާދަށް ޑިމޮކްރެޓުން ނުރައްކާކުރާ ކަމަށް ތުހުމަތުކުރައްވަމުންނެވެ. ނަމަވެސް، އިގުތިސާދީ ބޮޑު ކާރިސާއެއް ނެތި ނުވަތަ ބޮޑު ހަނގުރާމައަކުން ކާމިޔާބީއެއް ނުލިބި، އެމެރިކާގެ ތާރީހުގައިވެސް ގައުމުގެ މާލިއްޔާތު އެންމެ ބޮޑަށް ހަލާކުކޮށްލި ސަރުކާރަކަށް ޓްރަމްޕްގެ ސަރުކާރު މިވަނީ ވެފައެވެ. އޮކްޓޫބަރު 1 ގައި އެމެރިކާގެ އާ، މާލީ އަހަރު ވަނީ ފެށިފައެވެ. އިންތިހާބުކުރެވޭ އާ ކޮންގްރެސްއަކަށް ކުރިމަތިލާން މަޖުބޫރު ވެފައި އެވަނީ އާ، މާލީ ހަގީގަތަކާއެކުގައެވެ. ވާނުވާ ބަލަން ދުނިޔޭގެ ސައުގުވެރިކަން އެމެރިކާއަށް ވަނީ އަމާޒުވެފައެވެ.
ސިޔާސީ ބޭފުޅުން ގަސްދުގައި ހައްދަވާ ދޮގުތައް ހުއްޓުވައި، ދިމުގުރާތީ ނިޒާމަށް ރައްޔިތުންގެ ހިތްތަކުގައި އޮތް އިތުބާރު އަލުން ހޯދައިދިނުމަށް ވޭލްސްގެ ބަރުލަމާން/ ނުވަތަ ޕާލަމެންޓް (ސެނެޑް) އިން މަސައްކަތްކުރާތާ މިހާރު ދެ އަހަރުވެއްޖެއެވެ.
ވޭލްސްގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ހުރިހާ ޕާޓީތަކަކުންވެސް ގަބޫލުކުރާ އެއް ހަގީގަތެއް އެބައޮތެވެ. އެއީ މިހާރު އޮތް އުސޫލުތަކުގެ ތެރެއިން މަކަރާއި ހީލަތް ހަދާ ސިޔާސީ ބޭފުޅުންނަށް އެކަށީގެންވާ އަދަބެއް ނުލިބޭ ކަމެވެ. ސެނެޑްގެ މެންބަރަކު ސަރީހަކޮށް ވިދާޅުވި ގޮތުގައި:
"ސިޔާސީ މައިދާނުގައި ދޮގުހެދުން އާންމުވެ ފުޅާވަމުން މިދަނީ، އެކަން ކޮށްގެން އަދަބަކާ ނުލައި ސަލާމަތްވެވޭނެ މަގުތައް އޮތުމުންނެވެ."
މި ކަންބޮޑުވުމާއި ނުރުހުންތެރިކަން މިހާރު މިވަނީ ގާނޫނީ ފިޔަވަޅުތަކަކަށް ބަދަލުވާން ފަށާފައެވެ. އެގޮތުން، ހަގީގަތާ ހިލާފު ނުވަތަ އޮޅުވައިލަނިވި މައުލޫމާތު ފެތުރުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައަޅައި ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އެވަނީ ނިމުމަކާއި ހަމަށް ގެނެސްފައެވެ.
އިނގިރޭސިވިލާތުގެ ހުޅަނގު ބިތުގައި އޮންނަ ކުޑަ ގައުމެއް ކަމަށްވާ ވޭލްސްގެ ބަރުލަމާނުން (ޕާލަމެންޓް މެންބަރުން)، ވޯޓުގައި ބައިވެރިވި 50 މެންބަރުންގެ ތެރެއިން 49 މެންބަރުންގެ ތާއީދާއެކު މާރިޗު 17ގައި ފާސްކުރި ތާރީހީ މި ގާނޫނަކީ އިންތިހާބީ ކެމްޕޭންތަކުގައި ސިޔާސީ ފަރާތްތަކުން ސަރީހަ ދޮގު ހެދުން ޖިނާއީ ކުށަކަށް ހަދައި، ދުނިޔޭގައި އަލަށް އަމަލުކުރަން ފެށި މިފަދަ ފުރަތަމަ ގާނޫނެވެ.
ވޭލްސްގެ ސެނެޑުން ފާސްކުރި މި ގާނޫނުގެ ދަށުން، އިންތިހާބެއްގައި ވާދަކުރާ ކެންޑިޑޭޓަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ނިޔަތުގައި ހަގީގަތާ ހިލާފު، އޮޅުވާލަނިވި ނުވަތަ ހީލަތްތެރި މައުލޫމާތު ފެތުރުމަކީ ކުށެކެވެ. މީގެއިތުރުން، އިންތިހާބުތަކުގެ ދެމެދުގައި ސިޔާސީ ބޭފުޅަކު އަހްލާގީގޮތުން ދަށުދަރަޖައިގެ އަމަލެއް ނުވަތަ މަގާމުގައި ހުރެގެން ކުރަންނުވާނެ އަމަލެއް ހިންގަވައިފިނަމަ، ރައްޔިތުންގެ ވޯޓަކުން އެ މެންބަރަކު މަގާމުން ވަކިކުރެވޭނެ "ރީކޯލް" ނިޒާމެއްވެސް މި ގާނޫނުން ތައާރަފުކުރެއެވެ. މިއީ ޒަމާނީ ދިމުގުރާތީ ހަޔާތެއްގައި ސިޔާސީ ތެދުވެރިކަން ގާނޫނީ އިމުގެ ތެރެއަށް ފައްތަން މުޅި ދުނިޔޭގައިވެސް ކުރެވުނު އެންމެ ހިތްވަރުގަދަ މަސައްކަތެވެ.
ނަމަވެސް، މި ތާރީހީ ނިންމުމާއެކު ބޮޑެތި ބަހުސްތަކެއްވެސް ވަނީ އުފެދިފައެވެ. ބައެއް ގާނޫނު ހަދާ މެންބަރުން ވިދާޅުވާ ގޮތުގައި، މިފަދަ ބާރުތަކެއް ދިނުމަކީ އިންތިހާބުގެ ދުވަސްވަރު ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށާއި ދިމުގުރާތީ ބަހުސްތަކަށް ހުރަސްއެޅިދާނެ ކަމެކެވެ. މީގެއިތުރުން، މި ގާނޫނަށް އަމަލުކުރަން ފަށާނީ އެންމެ އަވަސްވެގެންސް 2030 ގައެވެ. އެހެންކަމުން، 2026 ވަނަ އަހަރުގެ މެއި މަހު އޮންނަ ވޭލްސްގެ އާންމު އިންތިހާބުގައި މި ގާނޫނަކަށް އަމަލެއް ނުކުރާނެއެވެ.
މި ވާހަކައިން ދޭހަވަނީ މި ގާނޫނު ފާސްކުރަން މެންބަރުންނަށް މަޖުބޫރުވި އަސްލު ސަބަބެވެ.
އިނގިރޭސިވިލާތުގެ ދިރާސީ އޭޖެންސީއަކުން ކުރި ސާވޭއަކުން ދައްކާ ގޮތުގައި 73 އިންސައްތަ ރައްޔިތުން ތާއީދުކުރަނީ ސިޔާސީ ބޭފުޅުން ދޮގުހެދުން ޖިނާއީ ކުށަކަށް ހެދުމަށެވެ. އަދި ހަމަ އެފަދަ އެހެން ސާވޭއަކުން އެނގުނު ގޮތުގައި، އިނގިރޭސިވިލާތުގެ އިންތިހާބީ މަންދޫބުން ތެދު ބުނާނެ ކަމަށް އިތުބާރުކުރަނީ އެންމެ 9 އިންސައްތަ ރައްޔިތުންނެވެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި މި ނަންބަރު މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. އަދި 45 އިންސައްތަ މީހުން ގަބޫލުކުރާ ގޮތުގައި ސަރުކާރުތަކުން ގައުމީ މަސްލަހަތަށްވުރެ އިސްކަންދެނީ ސިޔާސީ އަމިއްލަ އެދުމަށެވެ.
މި ބިލު ހުށަހަޅުއްވައި އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ވޭލްސްގެ ނެޝަނަލިސްޓް ޕާޓީ (ޕްލައިޑް ކައިމްރޫ) ގެ ކުރީގެ ލީޑަރު އެޑަމް ޕްރައިސް ވިދާޅުވީ، މިއީ ދުނިޔޭގެ ތާރީހުގައިވެސް ނުދެކޭފަދަ އިންގިލާބީ ގާނޫނެއް ކަމަށެވެ. 2024 ގައި ސަރުކާރުން މި ބިލަށް ތާއީދުކުރަން ނިންމުމުން ޕްރައިސް ވިދާޅުވީ، ސިޔާސީ ބޭފުޅުންނާއި ކެންޑިޑޭޓުން ތެދުބުނަން ގާނޫނީގޮތުން މަޖުބޫރުކުރި ފުރަތަމަ ގައުމަކަށް ވޭލްސް ވެގެންދާނެ ކަމަށާއި، "ސިޔާސީ މައިދާނުގައި ދޮގުހެދުން އާންމުކަމަކަށްވެފައި އޮތް އޮތުން ނިމުމަކަށް އަންނަންޖެހޭ" ކަމަށެވެ.
ނަމަވެސް، މި ގާނޫނުން ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ސާފުކޮށް އެނގެންޖެހެއެވެ. މިއީ ސިޔާސީ ބޭފުޅަކު އިންތިހާބުވުމަށްފަހު މަގާމުގައި ހުންނަވައިގެން ހައްދަވާހާ ހުރިހާ ދޮގެއް މަނާކުރާ ގާނޫނެއް ނޫނެވެ. މިއީ ހަމައެކަނި އިންތިހާބުތަކުގެ ކެމްޕޭން ދުވަސްވަރު ދައްކާ ވާހަކަތަކަށް އަމާޒުކޮށް، އިންތިހާބުގެ ނަތީޖާއަށް އަސަރުފޯރުވުމުގެ ނިޔަތުގައި ހަދާ ދޮގުތައް ޖިނާއީ ކުށަކަށް ހެދުމުގެ ބާރު ވޭލްސްގެ ވަޒީރުންނަށް ދޭ ގާނޫނެކެވެ.
މަގާމުގައި ތިއްބަވާ މެންބަރުން ގަސްދުގައި ދޮގުހައްދަވައިފިނަމަ، ފިޔަވަޅު އަޅާނީ ވަކި ނިޒާމެއްގެ ތެރެއިންނެވެ. އެގޮތުން، ސްޓޭންޑާޑްސް ކޮމިޝަނަރު އެކަން ތަހުގީގުކުރައްވައި މެންބަރަކު ގަސްދުގައި ދޮގުހެއްދެވިކަން ސާބިތުވެއްޖެނަމަ، އެ ދޮގު ހެއްދެވި ވަސީލަތަކުން (މިސާލަކަށް އެ ދޮގު އާންމުކުރި މީސްމީޑިއާ އެކައުންޓަކުން) އެކަން އިސްލާހުކޮށް ބަޔާނެއް ނެރުމަށް އަންގާނެއެވެ. މިފަދަ އެންގުންތަކަށް އަމަލުނުކުރާ މެންބަރުންނާ މެދު ސުލޫކީ ފިޔަވަޅު އެޅޭނެއެވެ.
މީގެއިތުރުން "ރީކޯލް" ނިޒާމަކީވެސް ފާހަގަކޮށްލެވޭ ބަދަލެކެވެ. ސުލޫކީ މިންގަނޑާ ހިލާފުވާ ސެނެޑް މެންބަރުން މަގާމުން ވަކިކުރުމުގެ ފުރުސަތު އާންމު ރައްޔިތުންނަށް ލިބިގެންދާނެއެވެ.
އެހެންނަމަވެސް، މި ގާނޫނަކީ އަމަލީގޮތުން ތަންފީޒުކުރެވޭނެ ނުވަތަ އެންމެ ރަނގަޅު ގާނޫނެއް ކަމާމެދު އެންމެން އެއްބަހެއް ނުވެއެވެ. ބެންގޯ ޔުނިވަސިޓީގެ "ޖާނަލިޒަމް އެންޑް ޕޮލިޓިކަލް ކޮމިއުނިކޭޝަންސް ޕްރޮފެސަރު" ވިއާން ބާކިރު ފާހަގަކުރެއްވި ގޮތުގައި، އިންޓަނެޓުގައި ދޮގު މައުލޫމާތު ފަތުރާ އެންމެ ބޮޑު އެކަކީ ސިޔާސީ ބޭފުޅުން ކަމަށް ގަބޫލުކުރެވުނު ކަމުގައިވިޔަސް، ގާނޫނަކުން އެކަން މަނާކުރުމުން ހަގީގީ ސިޔާސީ ބަހުސްތަކަށް ހުރަސްއެޅިގެންދާނެއެވެ. "ސިޔާސީ ބޭފުޅުންނަށްވެސް ކަންކަމުގައި ކުށް އޮޅުންއަރައި އޮޅުންފިލުވައިދެވޭނެ ފުރުސަތު އޮންނަންޖެހޭނެ،" އޭނާ ވިދާޅުވިއެވެ.
ވެރިކަންކުރާ ލޭބާ ޕާޓީގެ ބައެއް މެންބަރުން ހިމެނޭހެން ސެނެޑްގެ ބައެއް މެންބަރުން ވިދާޅުވީ، ކޮންމެހެން ބޭރުފުށް ރީތިކޮށް ދެއްކުމުގެ ބޭނުމުގައި ގާނޫނީގޮތުން އުނިއިތުރު ގިނަ ގާނޫނެއް އަވަސްއަރުވާލައިގެން ފާސްކުރުމަކީ ނުރައްކަލެއް ކަމަށެވެ. އެގޮތުން ހަމައެކަނި "ރައްޔިތުން ހިތްހަމަޖައްސައިދިނުމަށްޓަކައި" ނުބައި ގާނޫނެއް ހެދުމާ ދެކޮޅަށް އެ މެންބަރުން ވަނީ އިންޒާރު ދެއްވާފައެވެ.
އެންމެ އުނދަގޫ ސުވާލަކީ "ދޮގު" މާނަކުރާނެ ގޮތުގެ ސުވާލެވެ. ފެކްޓް-ޗެކްކުރާ ޖަމިއްޔާއެއް ކަމަށްވާ 'ފުލް ފެކްޓް' ގެ ހެޑް އޮފް ޕަބްލިކް އެފެއާޒް މާކް ފްރެންކެލް ވިދާޅުވީ، ވާހަކައެއް ގާނޫނީގޮތުން ދޮގަކަށްވަނީ ކިހިނެއްކަން ކަނޑައެޅުމަކީ ހީކުރާހާ ފަސޭހަކަމެއް ނޫން ކަމަށެވެ. "ގިނަ ވާހަކަތަކުގައި ބައެއް ހަގީގަތްތައް ހުރެދާނެ، ނުވަތަ ބައެއް މައުލޫމާތު މަދުވެދާނެ،" އޭނާ ވިދާޅުވިއެވެ. އަދި އެއީ ގަސްދުގައި ކުރިކަމެއްކަން ސާބިތުކުރުމަކީ ގާނޫނީގޮތުން އިތުރު ނުރައްކާތަކެއް ކުރިމަތިވާނެ ކަމެއް ކަމަށާއި، މި ގާނޫނުގެ ސަބަބުން ސިޔާސީ މައްސަލަތައް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއަށް ވަދެގެންދާނެ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.
މިފަދަ ގޮންޖެހުންތަކާއެކުވެސް، ވޭލްސްގެ މި ގާނޫނަށް މުޅި ދުނިޔޭގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. ސަބަބަކީ އެހެން އެއްވެސް ދިމުގުރާތީ ގައުމަކުން މިފަދަ ކަމެއް ކުރަން ހިތްވަރުކޮށްފައި ނުވުމެވެ. ބިލު އެކުލަވާލުމުގައި ޕްރައިސްއަށް އިރުސާދު ދެއްވި ގާނޫނީ ވަކީލު ޑރ. ސޭމް ފައުލްސް ވިދާޅުވީ،
"ތެދުވެރިކަމަކީ ދިމުގުރާތީ ނިޒާމުގެ އަސާސް ކަމަށާއި، ވަކީލުންނާއި ޑޮކްޓަރުން ފަދަ ފަންނީ މީހުންގެ ކިބައިން އެދޭ ތެދުވެރިކަން ސިޔާސީ ބޭފުޅުންގެ ކިބައިންވެސް އެދެންޖެހޭނެ. އިންތިހާބީ މަންދޫބުން ދައްކާ ވާހަކަތަކަށް އިތުބާރުކުރުމުގެ ހައްގު ވޯޓުލާ މީހުންނަށް ލިބެންޖެހޭ. މިއީ މާ ކުރިންވެސް ކުރަންވެއްޖެ ކަމެއް،"
ދިވެހި ރާއްޖެއާއި، އެފްރިކާ ބައްރުގެ ގައުމުތަކުގައި އިންތިހާބުތަކުގައި ފަތުރާ ދޮގު މައުލޫމާތުގެ ސަބަބުން ހަމަނުޖެހުމާއި ފިތުނަފަސާދަތައް އިތުރުވެ، ދިމުގުރާތީ ނިޒާމަށް އޮތް އިތުބާރު ވަނީ ގެއްލިފައެވެ. އެހެންކަމުން މި ގައުމު ތަކުގެ އާއްމު ރައްޔިތުންނަށް، ވޭލްސްގެ މި ނިންމުމަކީ ވަރަށް މުހިންމު ސުވާލެއް ކުރިމަތިކުރުވާ ކަމެކެވެ؛ އެއީ ތިން މިލިއަން މީހުންގެ އާބާދީއެއް އޮތް ކުޑަ ގައުމަކަށް ސިޔާސީ ދޮގުހެދުން ޖިނާއީ ކުށަކަށް ހެދިއްޖެނަމަ، ބޮޑެތި އަދި ބާޒާރު ބޮޑު ދިމުގުރާތީ ގައުމުތަކާއި ޖަޒީރާވަންތަ ރާއްޖެ ފަދަ އިގްތިސާަދީ ހިރާސްތައް ގިނަ ގައުމުތަކުން މިފަދަ އަމަލުތައް އާންމު ކަމެއްގެ ގޮތުގައި ބަލައިގަނެގެން ތިބެންޖެހޭ ތޯއެވެ؟
ފިޗް ރޭޓިންގްސް އިން ދިވެހިރާއްޖޭގެ ލޯންގް-ޓާމް ފޮރިން-ކަރަންސީ އިޝުއަރ ޑިފޯލްޓް ރޭޓިންގް (IDR) 'CC' އިން '-CCC' އަށް ޖައްސައިފިއެވެ. އާންމުގޮތެއްގައި ފިޗް އިން '+CCC' ނުވަތަ އެއަށްވުރެ ދަށް ރޭޓިންގްއެއް ދޭ ގައުމުތަކަށް، އެ ގައުމުތަކުގެ ކުރިމަގުގެ އަންދާޒާ (އައުޓްލުކް) އެއް ކަނޑައެއް ނާޅައެވެ. މިފަހަރުގެ މި ބަދަލުން ދޭހަވަނީ ކޮންކަމެއްކަން ހަބަރުތައް ކިޔާލުމުން ދޭހަވޭތޯއެވެ؟
މި ރޭޓިންގް މަތިކުރުމުން ދައްކައިދެނީ، 2026 އޭޕްރީލް މަހު ރާއްޖެއިން ދައްކަންޖެހުނު ސުކޫކް ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމާ ގުޅިގެން، ދަރަނި ނުދެއްކުމުގެ ނުރައްކާ (ޑިފޯލްޓްވުމުގެ ހިރާސް ނުވަތަ ރިސްކު) ކުޑަވެފައިވާ ކަމަށް ފިޗް އިން ކުރި އަންދާޒާއެވެ.
އެއާއެކު، ފިޗުން ދެކެނީ ރާއްޖޭގައި އާމްދަނީ އިތުރުކުރުމުގެ އިސްލާހުތަކާއި ބޭރު ފައިސާއާއި ބެހޭ ގާނޫނަށް އަމަލުކުރަން ފެށުމުން، ބޭރު ފައިސާގެ އާމްދަނީ ހޯދުމަށް ސަރުކާރަށް ލިބޭ ގާބިލުކަން އިތުރުވެގެންދާނެ ކަމެވެ. މީގެ އިތުރުން، ބޭރުގެ ދަރަނި ދެއްކުމަށް ކުރަންޖެހޭ ހޭދަ ކުޑަވުމާއި، ދޭދޭ ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ އެހީތެރިކަން މެދުނުކެނޑި ލިބުމުގެ ފުރުސަތު އިތުރުވުމުގެ ސަބަބުން ކުރިއަށް އޮތް ކުރު މުއްދަތުގައި ފައިސާގެ ދަތިކަމަށް ލުޔެއް ލިބި، ދުރުނޫން މުސްތަގުބަލެއްގައި، ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.
'-CCC' ރޭޓިންގްއިން ދައްކައިދެނީ ބޭރުގެ މާލީ ނިޒާމާއި ދައުލަތުގެ ބަޖެޓުގައި އަދިވެސް ބޮޑެތި ނާޒުކުކަންތައްތަކެއް ހުރި ކަމެވެ. ދައުލަތުގެ ބަޖެޓް ޑެފިސިޓާއި ކަރަންޓް އެކައުންޓް ޑެފިސިޓް ބޮޑުވުމާއި، ދައުލަތުގެ ދަރަނި މަތިވުމާއި، ރިޒާވް ކުޑަވުމުގެ އިތުރުން، އީރާން ހަނގުރާމައިގެ ސަބަބުން ހަކަތައިގެ ބާޒާރަށް އައި ލޮޅުމުގެ އަސަރު ރާއްޖެއަށް ބޮޑުވުމާއި، ފަތުރުވެރިކަމުން ލިބޭ އާމްދަނީއަށް ގައުމު މާބޮޑަށް ބަރޯސާވެފައިވުން މި ރޭޓިންގްގައި ފާހަގަކޮށްފައިވެއެވެ.
ރޭޓިންގް ކަނޑައެޅި މައިގަނޑު ސަބަބުތައް
ބޭރު ފައިސާގެ ރިޒާވް ކުޑަވުން:
ސަރުކާރުން ވަނީ އޭޕްރީލް މަހުގެ ކުރީކޮޅު 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކެއްގެ އަސްލު ފައިސާއާއި، ފަހު ކޫޕަންގެ ގޮތުގައި ދައްކަންޖެހުނު 24.68 މިލިއަން ޑޮލަރު ދައްކާ ހަލާސް ކޮށްފައެވެ. މި ފައިސާ ދެއްކީ ސަވަރިން ޑިވެލޮޕްމަންޓް ފަންޑު (SDF) ގައި ހުރި 350 މިލިއަން ޑޮލަރާއި، ބޭނުންކުރެވޭ ބޭރު ފައިސާގެ ރިޒާވުން 175 މިލިއަން ޑޮލަރު އެއްކޮށްލައިގެންނެވެ. މި ފައިސާ ދެއްކުމުގެ ސަބަބުން އެސްޑީއެފްގެ ކޭޝް ބެލެންސް މުޅިން ހުސްވިއެވެ. ނަމަވެސް އޭޕްރީލް މަސް ނިމުނުއިރު އެ ފަންޑަށް ވަނީ 21 މިލިއަން ޑޮލަރު ލިބިފައެވެ. ބޭނުންކުރެވޭ ރިޒާވް 244 މިލިއަން ޑޮލަރަށް ދަށްވެފައިވާއިރު، މީގެ ތެރެއިން 97 މިލިއަން ޑޮލަރު ވަނީ ޑޮލަރުގެ ލިކުއިޑިޓީއަށް އެހީވުމަށްޓަކައި ރާއްޖޭގެ ބޭންކުތަކުގައި ބަހައްޓާފައެވެ. ފިޗްގެ ނަޒަރުގައި، ދުނިޔޭގެ ބާޒާރުގައި ލޯނު ނެގުމުގެ އަގު މަތިވުމުގެ ސަބަބުން، މި ސުކޫކް އައު ދަރަންޏަކަށް ބަދަލު (ރޯލްއޯވަރ) ކުރުމުގެ ފުރުސަތު ސަރުކާރަށް ކުޑަވިއެވެ.
މާރިޗު މަސް ނިމުނުއިރު ޖުމްލަ ރިޒާވްގައި 1.3 ބިލިއަން ޑޮލަރު ހުރި ނަމަވެސް، އޭޕްރީލް މަސް ނިމުނުއިރު އެ އަދަދު 718 މިލިއަން ޑޮލަރަށް ދަށްވެފައި ވެއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ރިޒާވް ބޭންކް އޮފް އިންޑިއާއާއެކު ހަދާފައިވާ (ކަރަންސީ) ސްވޮޕް އެގްރީމަންޓުގެ ދަށުން ނަގާފައިވާ 400 މިލިއަން ޑޮލަރު އޭޕްރީލް މަހު އަނބުރާ ދައްކާފައެވެ. އަދި ރުޕީ ފެސިލިޓީގެ ދަށުން އިތުރު 30 ބިލިއަން އިންޑިއަން ރުޕީ ނަގާފައެވެ. އެމްއެމްއޭ އިން ވަނީ މި ރުޕީ (311 މިލިއަން ޑޮލަރު) ބޭރުގެ ބޭންކެއްގައި ޑިޕޮސިޓްކޮށްފައެވެ. މި ފައިސާއަކީ ޖުމްލަ ރިޒާވްގެ 43.4 އިންސައްތަ ކަމަށް ވިޔަސް، މިއީ ބޭނުންކުރެވޭ ރިޒާވްގެ ތެރޭގައި ހިމެނޭ ފައިސާއެއް ނޫނެވެ.
ބޭރުގެ ދަރަނި ދެއްކުމުގެ ބުރަ ކުޑަވުން:
2026 ގެ ފަހުކޮޅުގައި ސަރުކާރުންނާއި ސަރުކާރުގެ ގެރެންޓީއާއެކު ބޭރުގެ ދަރަނީގެ ގޮތުގައި ދައްކަންޖެހެނީ 535 މިލިއަން ޑޮލަރެވެ. މިއީ 2026 ގެ ފުރަތަމަ ބައިގައި ދައްކަންޖެހުނު 1.1 ބިލިއަން ޑޮލަރާ އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ. (އޭގެ ދެބައިކުޅަ އެއްބަޔަކީ ސުކޫކް ދެއްކުމެވެ.) އިތުރު ދަރަނިތަކެއް ނުނަގާނަމަ، 2027 ވަނަ އަހަރު ބޭރުގެ ދަރަނި ދައްކަންޖެހޭ އަދަދު މިއަށްވުރެވެސް ދަށްވާނެއެވެ. އަބޫދާބީ ފަންޑާއެކު ވެފައިވާ 100 މިލިއަން ޑޮލަރުގެ ޕްރައިވެޓް ޕްލޭސްމަންޓް ދެއްކުން ވަނީ 2031 އަށް ފަސްކޮށްދީފައެވެ. އަދި ހަކަތައިގެ ރައްކާތެރިކަމަށްޓަކައި، ސަރުކާރު ހިއްސާވާ ކުންފުންޏެއް މެދުވެރިކޮށް އޮމާންގެ ކްރެޑިޓަރެއްގެ ފަރާތުން 100 މިލިއަން ޑޮލަރުގެ ފަންޑިންގ ފެސިލިޓީއެއް ވަނީ ހޯދާފައެވެ.
ރިޒާވް ކަވަރޭޖް ދަށްވުން:
ލަފާކުރެވޭ ގޮތުގައި 2026 ވަނަ އަހަރު ރާއްޖޭގެ ޖުމްލަ ރިޒާވުން ފޫބެއްދޭނީ ބޭރުގެ ޕޭމަންޓްތަކުގެ އެއް މަހަށްވުރެ ކުޑަ މުއްދަތެކެވެ. މިއީ 'B'/'C'/'D' ރޭޓިންގްގެ ގައުމުތަކުގެ މެދުމިންގަނޑު (މީޑިއަން) 3.9 މަހަށްވުރެ މާ ދަށް އަދަދެކެވެ. ދުނިޔޭގެ ހަކަތައިގެ ލޮޅުމާއި ދަތުރުފަތުރަށް އައި ބުރޫތަކުގެ ސަބަބުން، އިމްޕޯޓް ބިލް ބޮޑުވެ، ހިދުމަތްތަކުން ލިބޭ އާމްދަނީ ދަށްވުމާއި ގުޅިގެން، ކަރަންޓް އެކައުންޓް ޑެފިސިޓް (CAD) 2025 ވަނަ އަހަރު ހުރި 8.4 އިންސައްތައިން، 2026 ގައި 17.5 އިންސައްތައަށް މަތިވާނެ ކަމަށް ލަފާކުރެވެއެވެ.
ރާއްޖެއަށް މައިގަނޑުކޮށް ތެޔޮ އެތެރެކުރަނީ އޮމާނުން ކަމަށްވުމުން، ހޮރުމޫޒް ކަނޑުއޮޅި ބަންދުވުމުގެ ސީދާ އަސަރު ރާއްޖޭގެ މައިގަނޑު ބަނދަރުތަކަށް ކުރާ މިންވަރު ކުޑައެވެ. އެހެންނަމަވެސް، ވިޔަފާރީގެ ބޮޑެތި ލޮޅުންތަކާއި ޓްރާންސްޕޯޓް ހަރަދު ބޮޑުވުމުގެ ސަބަބުން ރާއްޖެއަށް ކުރާ ނޭދެވޭ އަސަރު އަދިވެސް ބޮޑެވެ.
ބޭރުގެ އެހީއަށް ބަރޯސާވުން:
ބައިނަލްއަގުވާމީ މާލީ ބާޒާރުން ލޯނު ނެގުމަކީ ރާއްޖެއަށް ވަރަށް ހަރަދު ބޮޑު ކަމަކަށް ވާތީ، ރަސްމީ (އެކްޓަރނަލް) ކްރެޑިޓަރުންގެ މާލީ އެހީތެރިކަމަށް ސަރުކާރުން ބަރޯސާ ވާންޖެހޭ ޖެހުން، ދެމިއޮންނާނެ ކަމަށް ބެލެވެއެވެ. އައިއެމްއެފްގެ މާލީ އެހީއަކަށް އެދިއްޖެނަމަ، އެ އެހީ ލިބުން ބިނާވާނީ އިތުބާރު ހުރި ފިސްކަލް އިސްލާހުތަކާއި ދަރަނި ރީސްޓްރަކްޗަރ ކުރުމުގެ މައްޗަށެވެ. ބޭރު ފައިސާ ހުރި މިންވަރު ދެކޮޅުނުޖެހި އޮތްއޮތުން ދެމިއޮންނާނެ ކަމަށްވެސް ބެލެވެއެވެ. ސަބަބަކީ ބޮޑުވަމުންދާ ކަރަންޓް އެކައުންޓް ޑެފިސިޓާއި އެތެރޭގެ މާލީ ބާޒާރުގައި ދައުރުވާ ފައިސާ އިތުރުވުމުގެ ސަބަބުން، ޑޮލަރުގެ ތާށިކަން ކުރިމަތިވެ، ރަސްމީ ރޭޓާއި ކަޅު ބާޒާރުގެ ރޭޓާ ދެމެދު ބޮޑު ފަރަގެއް އުފެދި، ޑޮލަރުގެ ރޭޓް ހިފެހެއްޓުމަށް އިތުރު ހުރަސްތަކެއް ކުރިމަތިވާނެތީއެވެ.
ބަޖެޓް ޑެފިސިޓް ބޮޑުވުން:
2026 ވަނަ އަހަރު ދައުލަތުގެ ބަޖެޓް ޑެފިސިޓް، ރާއްޖޭގެ ޖީޑީޕީގެ 14.6 އިންސައްތައަށް ބޮޑުވާނެ ކަމަށް ލަފާކުރެވެއެވެ. (2025 ގައި މިއީ 2.9 އިންސައްތައެވެ). މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 7.1 އިންސައްތައަށްވުރެ ދެގުނަ ބޮޑު އަދަދެކެވެ. މިއީ ފަތުރުވެރިކަމުގެ އާމްދަނީ ދަށްވުމާއި، ހަކަތައިގެ ސަބްސިޑީއަށް ހިނގާ ހަރަދު ބޮޑުވުމާއި، ކެޕިޓަލް ހަރަދުތައް އިތުރުވުމުގެ ސަބަބުން ނުވެ ނުދާނެ ކަމެއް ކަމަށް ބެލެވެއެވެ. މި ޑެފިސިޓް ފޫބެއްދުމަށް ސަރުކާރުން، އެތެރޭގެ މާލީ ބާޒާރަށް ބަރޯސާވާނެ ކަމަށް ބެލެވުނަސް، ބޭންކުތަކަށް ސަރުކާރުގެ އިތުރު ދަރަނި ނެގުމުގެ ގާބިލުކަން ކުޑަވުމުން، އެތެރޭގެ ރީފައިނޭންސިންގް މައްސަލަތައް ބޮޑުވެދާނެ ކަމަށްވެސް ބެލެވެ އެވެ.
ދައުލަތުގެ ދަރަނި މަތިވުން:
2027 ވަނަ އަހަރު ދައުލަތުގެ ޖުމްލަ ދަރަނި، ޖީޑީޕީގެ 119.2 އިންސައްތައަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. މިއީ 'B'/'C'/'D' ރޭޓިންގްގެ ގައުމުތަކުގެ މެދުމިންގަނޑު (61.8 އިންސައްތަ) އާއި އަޅާބަލާއިރު ދެގުނަ ބޮޑު އަދަދެކެވެ. ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް މަދުވުމުގެ ސަބަބުން ދަރަނީގެ ނިސްބަތް މަތިވަމުންދާނެއެވެ. އިންޓްރެސްޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އިތުރުވެ، އެހެން ގައުމުތަކަށްވުރެ ބޮޑުތަނުން މަތީގައި ހުންނާނެއެވެ. 2025 ގައި ސަރުކާރުގެ ގެރެންޓީއާއެކު ދޫކޮށްފައިވާ ދަރަނި ހުރީ ޖީޑީޕީގެ 17.1 އިންސައްތައިގައެވެ. ދައުލަތުގެ އެންމެ ބޮޑު ބޭންކު (ބީއެމްއެލް) އިން ސަރުކާރުގެ ގެރެންޓީއާއެކު 300 މިލިއަން ޑޮލަރުގެ ސުކޫކެއް ނެރުމަށް މަސައްކަތް ކުރަމުންދާތީ، ގެރެންޓީ ދީފައިވާ ދަރަނީގެ ނިސްބަތް އިތުރަށް މަތިވާނެ ކަމަށްވެސް ބެލެވެ އެވެ.
ކުރު މުއްދަތުން ކުރިއެރުމުގެ އުއްމީދު ނެތުން:
ދިގު ދަތުރުތައް ކުރާ، އަދި ހަރަދު ބޮޑުކޮށް އުޅޭ ފަތުރުވެރިން އަންނަ މިންވަރު މަޑުމަޑުން ރަނގަޅުވަމުންގޮސް، 2027 ގައި އިގްތިސާދީ ކުރިއެރުން 4.5 އިންސައްތައަށް އިއާދަވުމުގެ ކުރިން، ކުރިއަށް އޮތް ތަނުގައި ކުރިއެރުން ވަރަށް ބޮޑަށް ދަށްވާނެ ކަމަށް ބެލެވެއެވެ. ދިގުލައިގެންދާ ހަނގުރާމައާއި ދަތުރުފަތުރުގެ ޑިމާންޑް ދަށްވުމަކީ ކުރު މުއްދަތުގެ ކުރިއެރުމަށް އޮތް ބޮޑު ހުރަހެކެވެ. ނަމަވެސް، އެއާޕޯޓް ބޮޑުކުރުމާއި، އައު ރިސޯޓުތަކާއި ފަތުރުވެރިކަމުގެ އިންފްރާސްޓްރަކްޗަރއަށް ކުރެވޭ އިންވެސްޓްމަންޓްތަކުގެ ސަބަބުން މެދުރާސްތާގެ ކުރިއެރުން އިތުރުވެ ރަނގަޅުވާނެ ކަމަށް ބެލެވެ އެވެ. އެހެންނަމަވެސް، ގުދުރަތީ ފަތުރުވެރިކަމަށް ބަރޯސާވާތީ، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ރާއްޖެއަށް ބޮޑުވެ، ގައުމުގެ ކްރެޑިޓް ޕްރޮފައިލަށް ދިގު މުއްދަތުގެ ހުރަސްތަކެއް ކުރިމަތިވުމުގެ ފުރުސަތުވެސް ކުޑައެއް ނޫނެވެ.
އީ.އެސް.ޖީ - ގަވަރނަންސް (ހިންގުން):
ސިޔާސީ ހަމަޖެހުމާއި ހައްގުތަކުގެ ދާއިރާއިންނާއި، ގާނޫނުގެ އިސްވެރިކަމާއި، މުއައްސަސާތަކުގެ ފެންވަރާއި ފަސާދަ (ކޮރަޕްޝަން) ކޮންޓްރޯލްކުރުމުގެ ދާއިރާއިން ރާއްޖޭގެ މިންގަނޑަކީ އަކީ '5' އެވެ. މި މިންގަނޑު (ސްކޯ) ތަކުން ދައްކައިދެނީ ވޯލްޑް ބޭންކް ގަވަރނަންސް އިންޑިކޭޓަރސްގެ ނަތީޖާ، ފިޗްގެ ސަވަރިން ރޭޓިންގް މޮޑެލްގައި ބޮޑު ދައުރެއް އަދާކުރާ ކަމެވެ. ރާއްޖެ އޮތީ 43 ވަނަ ޕަސެންޓައިލްގެ މެދު މިންގަނޑެއްގައެވެ. މިއީ ފަހަކަށް އައިސް އޮމާންކަމާއެކު ސިޔާސީ ބާރުތައް ބަދަލުވުމާއި، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ މެދު މިންވަރެއްގެ ހައްގުތަކާއި، މުއައްސަސާތަކުގެ ގާބިލުކަމާއި، ފަސާދަ އަދި ގާނޫނުގެ އިސްވެރިކަން ހުރި ގޮތް ދައްކައިދޭ ކަމެކެވެ.
ރޭޓިންގް ބަދަލުވެދާނެ ސަބަބުތައް
ރޭޓިންގް ދަށްވެދާނެ ސަބަބުތައް:
ބޭރުގެ މާލީ ހާލަތު: ބޭރުގެ މާލީ އެހީތެރިކަން ލިބުމުގެ ފުރުސަތު ހަނިވުމާއި، ރިޒާވް ހުސްވުމުގެ ސަބަބުން ދަރަނި ނުދެއްކުމުގެ ފުރުސަތު ބޮޑުވުން، ނުވަތަ ރިޒާވްގެ ދަތިކަމުން ސަލާމަތްވުމަށްޓަކައި ބޭރުގެ ދަރަނި ދެއްކުމުގެ ސައުގުވެރިކަން ކުޑަވުން.
ދައުލަތުގެ މާލިއްޔާ: ދަރަނި ދެއްކުމަށް ނުކުޅެދުން، ނުވަތަ އަމިއްލައަށް ދަރަނި ދެއްކުން ފަސްކުރުން (Moratorium)، ނުވަތަ ދަރަނި އަލުން ރީސްޓްރަކްޗަރ ކުރަން ރަސްމީކޮށް މަސްވަރާ ފެށުން - މިފަދަ ކަންކަން ފިޗް އިން ބަލާނީ ދަރަނި ނުދެއްކުން (ޑިފޯލްޓް ވުން)ކަމުގައެވެ.
ރޭޓިންގް މަތިވެދާނެ ސަބަބުތައް:
ބޭރުގެ މާލީ ހާލަތު: ބޭރުން ފައިސާ ހޯދުމުގެ ގާބިލުކަން ވަރުގަދަވުމާއި ރިޒާވް އިތުރުވުން. މިސާލަކަށް، ބޭރު ފައިސާގެ ރިޒާވް ދާއިމީ ގޮތެއްގައި އިތުރުވާނެ ފަދަ ސިޔާސަތުތަކެއް ގާއިމުކުރުން ނުވަތަ ބޭރުގެ މާލީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ލިބުން.
ދައުލަތުގެ މާލިއްޔާ: އިތުބާރު ހުރި ފިސްކަލް އިސްލާހުތައް ތަންފީޒުކުރުމުގައި ބޮޑު ކުރިއެރުމެއް ހޯދައި، މެދުތެރޭ މުއްދަތެއްގައި ދައުލަތުގެ ދަރަނި ދަށްވާނެ މަގަކަށް ކަންކަން ބަދަލުކުރުން.
ސަވަރިން ރޭޓިންގް މޮޑެލް (SRM) އާއި ކޮލިޓޭޓިވް އޯވަރލޭ (QO)
ފިޗްގެ އެސްއާރްއެމް މޮޑެލްއިން ރާއްޖެއަށް ދައްކަނީ '+CCC' ގެ ރޭޓިންގްއެކެވެ. އެހެންނަމަވެސް، ރޭޓިންގް ކްރައިޓީރިއާއާ އެއްގޮތްވާ ގޮތުގެ މަތިން، ފިޗްގެ ސަވަރިން ރޭޓިންގް ކޮމިޓީއިން މިފަހަރު ރޭޓިންގް ކަނޑައެޅުމުގައި، އެސްއާރްއެމް އަދި ކިއުއޯ ބޭނުންކޮށްފައެއް ނުވެއެވެ. '+CCC' އަދި އެއަށްވުރެ ދަށް ރޭޓިންގްތައް ކަނޑައަޅަނީ ސީދާ ރޭޓިންގްގެ މާނަކުރުންތަކަށް ބަލައިގެންނެވެ.
ދަރަނީގެ ވަސީލަތްތައް
ފިޗް އިން މިވަގުތު ރާއްޖޭގެ އެއްވެސް ވަކި ދަރަނީގެ ވަސީލަތަކަށް (ބޮންޑު ނުވަތަ ސުކޫކަކަށް) ރޭޓިންގްއެއް ދީފައެއް ނުވެއެވެ.
އިގްތިސޯދީ ފަންގިފިލާ (ކަންޓްރީ ސީލިންގް)
ދިވެހިރާއްޖޭގެ ކަންޓްރީ ސީލިންގް އަކީ '-B' އެވެ. '+CCC' ނުވަތަ އެއަށްވުރެ ދަށް ރޭޓިންގް ލިބޭ ގައުމުތަކުގެ ކަންޓްރީ ސީލިންގް ކަނޑައެޅުމުގައި ފިޗް އިން ފަށާ ހިސާބަކީ '+CCC' އެވެ. ފިޗްގެ މޮޑެލްއިން 1 ދަރަޖައިގެ ކުރިއެރުމެއް ދެއްކި ނަމަވެސް، ކޮމިޓީއިން އެއަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ.
މޫސުމީ ނާޒުކުކަމުގެ ސިގްނަލްތައް
2035 ވަނަ އަހަރަށް ބަލާއިރު ރާއްޖޭގެ މޫސުމީ ނާޒުކުކަމުގެ ސިގްނަލް ހުރީ 50 ގައެވެ. މިއީ ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ފަރުތައް ހުދުވުމާއި (ކޮރަލް ބްލީޗިންގ) އަދި މޫސުމީ ކާރިސާތަކަށް ގައުމު ހުށަހެޅިފައިވާ މިންވަރު ބޮޑުވުމުން ދައްކާ އަދަދެކެވެ. ނަމަވެސް، މިކަމަށް ނަގާނެ ދިގު މުއްދަތާއި އޭގެ އަސަރުތަކުގެ ނުކަށަވަރު ކަމުން، މިހާރުގެ ރޭޓިންގައި އެކަންކަން ފިޗް އިން ހިމަނާފައެއް ނުވެއެވެ.
އީ.އެސް.ޖީ އަށް ރިއާޔަތްކުރި ގޮތް
ރާއްޖޭގެ ސިޔާސީ ހަމަޖެހުމާއި އަސާސީ ހައްގުތަކުގެ ދަރަޖަ 5 ގައި ހުރުމުން، ވޯލްޑް ބޭންކުގެ އިންޑިކޭޓަރުތަކަށް ބަލާއިރު ރާއްޖެ އޮތީ 50 ޕަސެންޓައިލްއަށްވުރެ ދަށުގައި ކަމަށްވާތީ، މިއީ ރޭޓިންގްއަށް ނޭދެވޭ އަސަރުކުރާ ކަމެކެވެ.
ގާނޫނުގެ އިސްވެރިކަމާއި ކޮރަޕްޝަން ކޮންޓްރޯލްކުރުމުގެ ދަރަޖަ ހުރީ 5 ގައި ކަމަށް ވުމުން، މިއީވެސް 50 ޕަސެންޓައިލްއަށްވުރެ ދަށުގައި ހުރުމުން ކްރެޑިޓް ޕްރޮފައިލަށް ނޭދެވޭ އަސަރުކުރާ ކަމެކެވެ.
އިންސާނީ ހައްގުތަކާއި ސިޔާސީ މިނިވަންކަމުގެ ދަރަޖަ 4 ގައި ހުރުމުން، ވޯލްޑް ބޭންކުގެ 'ބަސްބުނުމުގެ މިނިވަންކަމާއި ޒިންމާދާރު ކުރުވުމުގެ' ބައިގެ ރޭޓިންގް 50 ޕަސެންޓައިލްއަށްވުރެ ދަށްވުމުން މާލީ ހާލަތަށް މީގެ ނޭދެވޭ އަސަރު ކުރެއެވެ.
ކްރެޑިޓަރުންގެ ހައްގުތައް ހުރީ 4 ވަނަ ދަރަޖައިގައި ކަމަށް ވުމުން، ދަރަނި ދެއްކުމުގެ ސައުގުވެރިކަމަށް ބަލާއިރު، 2020 ވަނަ އަހަރު ދައުލަތުގެ ދަރަނި ރީސްޓްރަކްޗަރ ކޮށްފައިވާތީ، މިއީ ކްރެޑިޓް ޕްރޮފައިލަށް ނޭދެވޭ އަސަރު ފޯރުވާ ކަމެކެވެ.
ކުދިންނަށް އައު ނުރައްކަލެއް ކުރިމަތިވާހިނދު، މައިން ބަފައިން އަދި ބޮޑެތިމީހުން އަވަސްވެގަންނަނީ އެކަމަށް ހުރަސްތަކެއް އެޅުމަށެވެ. މިއަދު މީސްމީޑިއާ ނުވަތަ ސޯސަލް މީޑިއާ ވެފައިވަނީ އެފަދަ ބޮޑު ނުރައްކަލަކަށެވެ. ނަމަވެސް، އަހަރެމެން މި ކުރަނީ އެކުދިން ރައްކާތެރިކުރުމުގެ މަސައްކަތް ހެއްޔެވެ؟ ނުވަތަ އެކުދިންނަށް އޮތް ފުރުސަތުތައް ހަނިކުރުމަށް އަހަރެމެން އާދަވަނީ ހެއްޔެވެ؟
ބޮޑެތިމީހުންގެ މި ކަންބޮޑުވުންތަކަކީ އަސާސެއް ނެތް ކަންބޮޑުވުންތަކެއް ނޫނެވެ. އދ. ގެ "ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް" ދިރާސާކޮށް ބަލާއިރު، އެއީ ހަމައެކަނި ގެއްލުންތަކުން ރައްކާތެރިވުމަށް ގޮވައިލާ ލިޔުމެއް ނޫނެވެ. އެއީ ކުދިންގެ ބަސް އިއްވުމާއި، މައުލޫމާތު ހޯދުމާއި، އަދި އެކުދިންގެ ހިޔާލު ފާޅުކުރުމުގެ ހައްގުވެސް ކަށަވަރުކޮށްދޭ ލިޔުމެކެވެ.
އެހެންކަމުން، ކުދިން މީސް މީޑިއާ ބޭނުންކުރުން މަނާކުރުމަކީ ހަމައެކަނި ބެލެހެއްޓުމުގެ އުކުޅެއްގެ ގޮތުގައި ބެލެވިދާނެ ހެއްޔެވެ؟ އަޅުގަނޑަށް ފެންނަ ގޮތުގައި މިއީ ބިރުވެރިކަމަކާ ކުރިމަތިލާއިރު ބޮޑެތިމީހުން އަމަލުކުރާ ގޮތާ ބެހޭ ސުވާލެކެވެ.
މި ބިރުވެރިކަން އުފެދެނީ އިންޓަރނޭޝަނަލް މައިދާނުގައި ހިނގާ ގަނާ (ބުލީ) ކުރުމާއި، މަކަރާއި ހީލަތް ހެދުމާއި، އަދި ކުދިން ނަހަމަ ގޮތުގައި ބޭނުންކުރުން ފަދަ ނުރައްކާތަކުގެ ސަބަބުންނެވެ. މިކަންކަމުގެ ސަބަބުން ކުދިންގެ ކިޔެވުމަށާއި، ނިދުމަށާއި، އަދި އަމާންކަމުގެ އިހުސާސަށް އަސަރުކުރެއެވެ. ބައެއް ބެލެނިވެރިންނަށް ފޯނާއި މީސްމީޑިއާ މިހާރު ފެންނަނީ ކޮންޓްރޯލުން ނެއްޓިފައިވާ ދުނިޔެއަކަށް ވަދެވޭ ދޮރެއްގެ ގޮތުގައެވެ.
މިފަދަ ހާލަތެއްގައި "މަނާކުރުން" ނުވަތަ "ބޭން" ކުރުމަކީ ވަރަށް ވަރުގަދަ އަދި ތާއީދު ލިބޭ ކަމެކެވެ. މީގެ އިތުރުން، މީސްމީޑިއާ މަންސަ (ޕްލެޓްފޯމް) ތައް ހިންގާ ގޮތް ބަދަލުކުރުމަށް މަޖުބޫރުކުރުމަށްވުރެ ނުވަތަ ސުމޭކު (ޑިޖިޓަލް) ހުނަރުތަކުގެ މަންހަޖެއް ސްކޫލުތަކުގައި ބިނާކުރުމަށްވުރެ "މަނާކުރުން" މާ ފަސޭހައެވެ.
ކުދިންނަށް ގަނާކުރުމާއި، ނަހަމަ ގޮތުގައި ބޭނުންކުރުމާއި، އަދި އޮޅުވައިލުން ފަދަ ކަންކަމުން ރައްކާތެރިކަން ބޭނުންވެއެވެ. ނަމަވެސް އެކުދިންނަށް މައުލޫމާތު ހޯދުމާއި، އުނގެނުމާއި، އަދި މުޖުތަމައުގައި ބައިވެރިވުމުގެ ހައްގުވެސް އޮންނަންޖެހެއެވެ. މި ޒަމާނުގައި ސުމޭކު މާހައުލަކީ ދިރިއުޅުމުގެ އެއްފަރާތެއްގައި އޮތް އެއްޗެއް ނޫނެވެ. އެއީ އުނގެނުމާއި، ރަހުމަތްތެރިކަމާއި، އަދި ދުނިޔެ ތަސައްވަރުކުރުމުގެ މުހިންމު ބައެކެވެ.
އަހަރެމެންގެ ހަމައެކަނި ހައްލަކީ "މަނާކުރުން" ކަމަށްވާނަމަ، ބަހުސް ވަރަށް ހަނިވެގެންދާނެއެވެ. ބޮޑު ސުވާލަކީ: ކުދިންގެ އެހެން ހައްގުތަކަށް އުނިކަން ނުލިބޭނޭހެން އެކުދިން ރައްކާތެރިކުރާނީ ކިހިނެއް ހެއްޔެވެ؟
މިކަމަށްޓަކައި މުޖުތަމައުގައި މަދުވެގެން ތިން ފަށަލައެއްގެ ރައްކާތެރިކަން ބޭނުންވެއެވެ:
ފުރަތަމަ ފަށަލަ: އާއިލާއާއި، ސްކޫލާއި، އަދި ކައިރި މުޖުތަމައެވެ. ބެލެނިވެރިން ހަމައެކަނި ސްކްރީން ވަގުތު ކޮންޓްރޯލްކުރުމުގެ ބަދަލުގައި، އިންޓަރނެޓުން ދިމާވާ ކަންކަން ބިރެއްނެތި ހިއްސާކުރެވޭނެ މާހައުލެއް އުފައްދަންޖެހެއެވެ. ސްކޫލުތަކުން ކުރިމަތިވާ ގަނާކުރުމާއި ފުރައްސާރަކުރުން ފަދަ ކަންކަމަށް ކުރިމަތިލާނެ ނުވަތަ ރިއެކްޓްކުރާނެ ސާފު ނިޒާމެއް އޮންނަންޖެހެއެވެ.
ދެވަނަ ފަށަލަ: ކުދިންގެ އަމިއްލަ ނަފްސު ރައްކާތެރިކުރުމުގެ ގާބިލިއްޔަތު އިތުރުކުރުމެވެ. މިއީ އެންމެ މުހިންމު ބައެވެ. މަކަރާއި ހީލަތް ދެނެގަންނާނެ ގޮތާއި، އަމިއްލަ ސިއްރުތައް ހިފަހައްޓާނެ ގޮތާއި، އަދި އެހީއަށް އެދޭނެ ގޮތް އެކުދިންނަށް ދަސްކޮށްދޭންޖެހެއެވެ.
ތިންވަނަ ފަށަލަ: ސުމޭކު (ޑިޖިޓަލް) ރައްކާތެރިކަމަށްޓަކައި އަވަސް އިޖާބައެއް ދޭނެ ނިޒާމެކެވެ. ކުއްޖެއްގެ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ލީކުވެއްޖެނަމަ، އާއިލާއިން ގުޅާނީ ކޮންތާކަށްކަން އެނގެންޖެހެއެވެ. އަދި އެފަދަ ތަކެތި މީސްމީޑިއާ މަންސަތަކުން އަވަހަށް ނައްތައިލެވޭނެ ފަންނީ ގާބިލިއްޔަތުކަން ހުންނަންޖެހެއެވެ.
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުދިންނަށް އިންޓަރނެޓުގައި ބައެއް ހުދޫދުތައް ކަނޑައެޅުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ނަމަވެސް އެންމެ މުހިންމު ސުވާލަކީ މީސްމީޑިއާ މަނާކުރުމެއް ނޫނެވެ. މުހިންމު ސުވާލަކީ އަޅުގަނޑުމެން ބޭނުންވަނީ ކޮންކަހަލަ ދުނިޔެއެއްގައި ކުދިން ބޮޑުވާން ހެއްޔެވެ؟ އަދި އެ ދުނިޔޭގައި އެކުދިން އެކަނިވެރިވިޔަނުދީ ރައްކާތެރިކަމާއެކު އުޅުމަށް ބޮޑެތިމީހުން ބިނާކުރާނީ ކޮންފަދަ ރައްކާތެރިކަމުގެ ފަށަލަތަކެއް ހެއްޔެވެ؟
ތައިލެންޑުގެ މައި އެއާޕޯޓުތަކުން ފުރާ ބައިނަލްއަގުވާމީ ދަތުރުވެރިންގެ އަތުން ނަގާ ޕަސެންޖަރ ސަރވިސް ޗާޖު (PSC)، ޖޫން 20 އިން ފެށިގެން %50 ބޮޑުވާނެކަން އެއާޕޯޓްސް އޮފް ތައިލެންޑް (AOT) އިން ކަށަވަރުކޮށްދީފިއެވެ.
AOT އިން މި ހަފުތާގައި އިއުލާނުކުރި ގޮތުގައި، އެ ކުންފުނީގެ ބެލުމުގެ ދަށުގައިވާ ހަ އެއާޕޯޓަކުން ފުރާ ބައިނަލްއަގުވާމީ ދަތުރުވެރިންގެ އަތުން ނަގާ ފީ، މީހަކަށް 730 ބާތު (22.7 އެމެރިކާ ޑޮލަރު ނުވަތަ ގާތްގަނޑަކަށް 454 ރުފިޔާ) އިން 1,120 ބާތު (34.78 ޑޮލަރު ނުވަތަ ގާތްގަނޑަކަށް 696 ރުފިޔާ) އަށް ބޮޑުވާނެއެވެ. މިއީ މިއަހަރުގެ ފެބްރުއަރީ މަހު އެ ކުންފުނިން ފުރަތަމަ ހާމަކުރި ރޭވުމެކެވެ.
މި ފީ ނަގަން ފަށާނީ ސުވަރުނަބޫމީ އެއާޕޯޓް، ޑޮން މުއެންގް އިންޓަރނޭޝަނަލް އެއާޕޯޓް، ޕުކެޓް އިންޓަރނޭޝަނަލް އެއާޕޯޓް، ހެޓް ޔާއީ އިންޓަރނޭޝަނަލް އެއާޕޯޓް، ޗިއަންގް މައި އިންޓަރނޭޝަނަލް އެއާޕޯޓް އަދި މައޭ ފާ ލުއަންގް ޗިއަންގް ރާއީ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ.
އެތެރެވަރީގެ ދަތުރުވެރިންގެ އަތުން ނަގާ ފީއަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. އެ ފީ ހުންނާނީ ކުރިއެކޭވެސް އެއްގޮތަށް މީހަކަށް 130 ބާތުގައެވެ. AOT އިން ބުނިގޮތުގައި، ފުރާ މީހުންގެ އަތުން ނަގާ ފީ ބޮޑުކޮށްގެން ލިބޭ އާމްދަނީ ބޭނުންކުރާނީ އެ ހަ އެއާޕޯޓުގެ އިންފްރާސްޓްރަކްޗަރ މެދުކެނޑުމެއް ނެތްގޮތެއްގައި ތަރައްގީކުރުމަށެވެ.
AOT އިން ކުރި ދިރާސާއަކާ ހަވާލާދީ ބުނެފައިވަނީ، PSC ބޮޑުކުރުމުން ދަތުރުވެރިންގެ ނިންމުންތަކަށް އަސަރެއް ނުކުރާނެ ކަމަށާއި، އަދިވެސް ތައިލެންޑުގެ PSC ހުރީ ބޭރުގެ ގިނަ އެއާޕޯޓުތަކަށްވުރެ ކުޑަކޮށް ކަމަށެވެ. މި ބަދަލާއެކު އަހަރަކު ގާތްގަނޑަކަށް 10 ބިލިއަން ބާތުގެ އިތުރު އާމްދަނީއެއް ލިބޭނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މި ފައިސާ ބޭނުންކުރާނީ އެއާޕޯޓުގެ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށެވެ.
މީގެ ތެރޭގައި ސުވަރުނަބޫމީ އެއާޕޯޓުގައި ކޮމަން ޔޫސް ޕަސެންޖަރ ޕްރޮސެސިންގ ސިސްޓަމްތައް ގާއިމުކުރުމާއި، ޓަރމިނަލްތައް ބޮޑުކުރުމާއި، އަދި ސައުތު ޓަރމިނަލް މަސްރޫއު ކުރިއަށް ގެންދިއުން ހިމެނެއެވެ.
AOT އިން ފާހަގަކުރި ގޮތުގައި، މި ފީއަކީ ޓެކުހެއް ނޫނެވެ. މިއީ އެއާޕޯޓު ހިންގުމަށާއި ދިގު މުއްދަތުގެ އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓްތަކަށް ބޭނުންވާ ފައިސާ ހޯދާ ވަސީލަތެކެވެ. އަދި މި ފީ ބޮޑުކުރީ ޑިއުޓީ ފްރީން ލިބޭ އާމްދަނީ ދަށްވުމުން އެބައި ފޫބެއްދުމަށް ނޫންކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ނަމަވެސް، ފީ ބޮޑުކުރުމާ ގުޅިގެން ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ބެންކޮކްގެ ކުރީގެ ޑެޕިއުޓީ ގަވަރުނަރ ސަމާޓް ރަޓްޗަޕޮލްސިއްތޭ އިންޒާރު ދެއްވި ގޮތުގައި، ސުވަރުނަބޫމީ އެއާޕޯޓުގެ ފީ، ދެކުނު ކޮރެއާގެ އިންޗިއޮން އެއާޕޯޓާއި ޖަޕާނުގެ ހަނެޑާ އެއާޕޯޓަށްވުރެ ބޮޑުވާނެއެވެ. ނަމަވެސް އެ އެއާޕޯޓުތަކުގެ ހިދުމަތުގެ ފެންވަރާ އަދި ތައިލެންޑުގެ އެއާޕޯޓުތައް އެއްވަރު ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ބަޖެޓް ދަތުރުވެރިންނަށް މީގެ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ. ގާތްގަނޑަކަށް 400 ބާތު ބޮޑުވުމުން، ޓިކެޓުގެ އަގު 4,000 އާއި 5,000 ބާތާ ދެމެދަށް އުފުލި، ޖުމުލަ އަގަށް %7 އާއި %10 އާ ދެމެދުގެ ބޮޑުވުމެއް އަންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ސިޔާސަތާ ގުޅިގެން މާޗް އަދި އޭޕްރީލް މަހު ބޮޑެތި ބަހުސްތަކެއް ކުރެވުނެވެ. ފާޑުކިޔާ ފަރާތްތަކުން ސުވާލު އުފެއްދީ، މި އިތުރު އާމްދަނީ ހަރަދުކުރާނެ ގޮތުގެ މައުލޫމާތު AOT އިން ހާމަކޮށްފައިވަނީ އެންމެ އެކަށީގެންވާ މިންވަރަށްތޯއެވެ. ތައިލެންޑް ޑިވެލޮޕްމަންޓް ރިސާޗް އިންސްޓިޓިއުޓުން ވަނީ މަޝްރޫއުތަކުގެ ހަރަދުތަކާއި އެ ފައިސާ އެއާޕޯޓް ފުޅާކުރުމަށް ބޭނުންކުރާނެ ގޮތުގެ ތަފްސީލު ސާފުކޮށްދިނުމަށް އެދިފައެވެ.
އެއާޕޯޓް ފީ ބޮޑުވުމުގެ އިތުރުން، މެދުއިރުމަތީގެ ނުތަނަވަސްކަމާ ގުޅިގެން މަތިންދާބޯޓު ތެލުގެ އަގު އުފުލެމުން ދިއުމަކީވެސް ދަތުރުވެރިންނަށް ކުރިމަތިވާނެ އިތުރު ބުރައެކެވެ.
AOT އިން ބުނިގޮތުގައި، 2026 ވަނަ މާލީ އަހަރުގެ ފުރަތަމަ ކުއާޓަރުގައި (އޮކްޓޯބަރ-ޑިސެމްބަރ 2025 އަށް)، ތައިލެންޑުގެ މައި އެއާޕޯޓުތަކުން ގާތްގަނޑަކަށް 20.92 މިލިއަން ބައިނަލްއަގުވާމީ ދަތުރުވެރިން ހިދުމަތް ހޯދާފައިވެއެވެ.
ލީޑަރަކަށް، އާ ހިޔާލުތައް ހިއްސާކުރުމާއި އެއަށް ޖަވާބުދާރީވުމުގެ ވައްޓަފާޅިއާއި އިންތިޒާރުތައް ވަކިކޮށްލައިގެން، "އަބަދު މަސައްކަތުގައި އުޅެންޖެހޭ" ހެން ހީވާ ސަގާފަތެއް އުފެދުނަނުދީ، މަސައްކަތުގެ ބާރުމިން (momentum) މަތީ މިންވަރެއްގައި ހިފެހެއްޓިދާނެއެވެ.
ލީޑަރުންނަށް ގިނަފަހަރަށް ކުރިމަތިލާންޖެހޭ ހަގީގީ ހާލަތްތަކަށް ވިސްނުން ހިންގާލަމާ ހެއްޔެވެ:
އާ އީޖާދީ ހިޔާލުތަކާއި މަސައްކަތުގެ މުހިންމު ފެނުންތެރިކަން (insight)  އަކީ ހެނދުނު 9 އަކުން ހަވީރު 5 އަކަށް ހަމަޖެހިފައިވާ ވަގުތުތަކުގައި އެކަނި އަންނަ ކަންކަމެއް ނޫނެވެ. ނަމަވެސް، ރަސްމީ ގަޑިން ބޭރުގައި މުވައްޒަފުންނާ މުއާމަލާތްކުރުން އާދައަކަށް ވެއްޖެނަމަ، އެއީ މުވައްޒަފުން އަބަދުވެސް މަސައްކަތަށް ތައްޔާރަށް ތިބެންޖެހޭ (constant availability) ސަގާފަތެއް އުފެދުމަށް ނޭނގި ނަމަވެސް މަގުފަހިވާ ކަމެކެވެ.
އޯގަނައިޒޭޝަނަލް ސައިކޮލޮޖީ އާއި މެނޭޖްމަންޓް ސައިންސްގެ ދިރާސާތައް ބުނާގޮތުގައި، ލީޑަރުން ބުނާ ބަސްތަކަށްވުރެ ބޮޑަށް، އެބޭފުޅުންގެ އަމަލުތަކުން ފެންނަ އިސާރާތްތަކަށް މުވައްޒަފުން ވަރަށް ބޮޑަށް ސަމާލުކަންދެއެވެ. ސީދާ ގޮތެއްގައި ޖަވާބުދާރީވާން ނޭންގި ނަމަވެސް، ރަސްމީ ގަޑީގެ ފަހުން ފޮނުވާ މެސެޖުތަކުގެ ސަބަބުން، އެއަށް ޖަވާބުދާރީވުމަށް އޮންނަ، ނުފެންނަ މަޖުބޫރުކަމެއް (implicit pressure) އުފެދެއެވެ.
މީގައި އެންމެ މުހިންމީ އަސާސީ ތަފާތެއް ދެނެގަތުމެވެ:
އަބަދު އާ ހިޔާލުތައް އުފައްދައ ހުށަހެޅުމީ މުވައްޒަފުން އަބަދު މަސައްކަތަށް ހުސްވެގެން ތިބުން ލާޒިމުކުރާ ކަމެއް ނޫނެވެ.
މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމާއި، މިނިވަންކަމާއި، އަދި މަސައްކަތަށް ބަހައްޓާ ސަމާލުކަން ނުގެއްލޭނެހެން، ކޮންމެ ވަގުތަކުވެސް ހިޔާލުތައް ހުށަހެޅޭނެ ނިޒާމުތައް ގާބިލު ލީޑަރުން ބިނާކުރެއެވެ.
ލީޑަރުން "ގަސްދުގައި ނުކުރި ނަމަވެސް" ރަސްމީ ގަޑީގެ ފަހުން މަސައްކަތުގެ ޕްރެޝަރު އުފެދޭ ސަބަބު
މަސައްކަތުގެ މާހައުލުގައި ކުރެވޭ މުއާމަލާތްތަކާ ގުޅޭ ދިރާސާތަކުން ދައްކާގޮތުގައި، ލީޑަރުންގެ އަމަލުތަކަކީ މުވައްޒަފުންނަށް ދެވޭ "ނަމޫނާ އިރުސާދެއް" ކަމުގައި އެމީހުން ބަލައިގަނެއެވެ. މެނޭޖަރަކު ގަވާއިދުން ރޭގަނޑު ދަަންވަރު އީމެއިލް ނުވަތަ މެސެޖު ފޮނުވާނަމަ، މުވައްޒަފުންނަށް ދޭހަވާ ބައެއް ކަންކަމުގެ ތެރޭގައި:
އަވަހަށް ޖަވާބުދާރީވުމަކީ އަގުވަޒަންކުރެވޭ ކަމެކެވެ.
މަސައްކަތަށް އިހްލާސްތެރި މުވައްޒަފުންނަކީ ގަޑިން ބޭރުގައިވެސް ސިކުނޑިން މަސައްކަތާ ގުޅިފައި ތިބޭ މީހުންނެވެ.
ޖަވާބު ނުދީ ހުރުމަކީ މަސައްކަތަށް ސައުގުވެރިކަން ނެތްކަމުގެ ނިސާނަކަށް ވެދާނެ ކަމެކެވެ.
އަވަހަށް ރިޕްލައިކުރުމަކީ ވަޒީފާގެ ކުރިއެރުމަށް ނުވަތަ އިއްޒަތަށް އަސަރުކުރާ ކަމެކެވެ. (ނަންބަރު މަތިވެ ނުވަތަ ދަށްވާ ކަމެކެވެ.)
މި އިހުސާސް ބޮޑުވަނީ ގިނަ ފަހަރަށް މަގާމުގެ ނުފޫޒުގެ ސަބަބުންނެވެ. ސީނިއަރ ލީޑަރަކަށް އެއީ ހަމައެކަނި ހިޔާލެއް ހިއްސާކޮށްލުން ކަމަށް ވިޔަސް، ޓީމު މެންބަރަކަށް އެއީ އޭނާގެ މަސައްކަތް ވަޒަންކުރާނެ މިންގަނޑެއް ކަމަށް ފެނިދާނެއެވެ.
"ޓެލެޕްރެޝަރު" (Telepressure) — ނުވަތަ މަސައްކަތުގެ މުއާމަލާތްތަކަށް އަވަހަށް ޖަވާބުދާރީވުމަށް އުފެދޭ ނަފްސާނީ ކެކުޅުމާ ބެހޭ ދިރާސާތަކުން ދައްކާގޮތުގައި، މެދުކެނޑުމެއް ނެތި މަސައްކަތާ ގުޅިފައި ހުރުމުން ތިރީގައިވާ ކަންކަން އިތުރުވެއެވެ:
ސްޓްރެސް (ނަފްސާނީ ބުރަ)
ނިދި މަދުވުން ނުވަތަ ނިދި ނައުން
ބަރންއައުޓް (މަސައްކަތުން މުޅިން ވަރުބަލިވުން)
ވިސްނުމުގެ ބާރު ދެރަވުން
މަސައްކަތާއި އާއިލީ ދިރިއުޅުމުގެ ފުށުއެރުން
އަނެއްކޮޅުން، ވަގުތުން ވަގުތަށް ކުރެވޭ ފިކުރުތައް ހިއްސާކުރުން މުޅިން ހުއްޓުވާލައި، މުއައްސަސާތައް ލަސްވެ، ބިއުރޮކްރެޓިކް ވެ، އީޖާދީ ކަންކަމާ ދުރުވެއެވެ. އެހެންކަމުން، އަމާޒަކީ ހިޔާލުތައް އައުން ހުއްޓުވުމެއް ނޫނެވެ. އަމާޒަކަށް ވާންވީ، އެ ހިޔާލުތައް އައުމަކީ މުވައްޒަފުން އަބަދު ތައްޔާރަށް ތިބެންޖެހޭ ޕްރެޝަރަކަށް ވިޔަނުދިނުމެވެ.
މަސައްކަތުން ދުރުވެލުމުގެ ސައިންސާއި އޭގެ މުހިންމުކަން
މަސައްކަތުގެ ދުޅަހެޔޮކަމާ ބެހޭ ގިނަ ދިރާސާތަކުން ދައްކާގޮތުގައި، އަރާމުކުރާ ވަގުތަކީ އިހްތިޔާރީ ކަމެއް ނޫނެވެ. މަސައްކަތުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި، މަސައްކަތުގެ ވިސްނުމާ މުޅިން ވަކިވެލާނެ ވަގުތު މުވައްޒަފުންނަށް ބޭނުންވެއެވެ.
ދިރާސާތަކުގެ މުހިންމު ހޯދުންތައް:
އަރާމުކުރާ ވަގުތު ނުލިބޭނަމަ ވިސްނުމުގެ ގާބިލުކަން ދަށަށްދިއުން
އުފެއްދުންތެރި ހިޔާލުތައް (Creativity) ގިނައިން އަންނަނީ މަސައްކަތުން ދުރުވެ، އަރާމުކޮށްލާ ވަގުތުތަކުގައިކަން
މެސެޖުތަކަށް ޖަވާބު ނުދިން ކަމުގައިވިޔަސް، މެސެޖެއް އަތުވެދާނެ ކަމަށް ބަލައިގެން ތިބޭ ތިބުމަކީ ސިކުނޑިއަށް ބޮޑު ބުރައެއް އުފުލަންޖެހޭ ކަން
ބަރންއައުޓް ވުމާ އެންމެ ބޮޑަށް ގުޅިފައިވަނީ މަސައްކަތުގެ ބޯޑަރުތައް (އިންތައް) ކަނޑައެޅުމުގެ ބާރު މުވައްޒަފަށް ނެތުންކަން
މީގެ މާނައަކީ، ރޭގަނޑު މެސެޖުތައް ޗެކްކުރަން ޖެހޭކަމުގެ އިހުސާސް އޮންނަ ސަގާފަތެއްގެ ސަބަބުން ތިރީގައިވާ ކަންކަން ބަލިކަށިވެ ދަށަށް ދިއުމެވެ:
ދިގު މުއްދަތުގެ އުފެއްދުންތެރިކަން
އީޖާދީ މަސައްކަތުގެ ފެންވަރު
މުވައްޒަފުން ވަޒީފާގައި ދެމިތިބުން
މުވައްޒަފުންގެ ހިތްހަމަޖެހުން
ނިންމުންތައް ނިންމުމުގެ ފެންވަރު
ހައިރާންވާންޖެހޭ ކަމަކީ، "އަބަދު މަސައްކަތުގައި" އުޅޭ ސަގާފަތްތަކުގެ ސަބަބުން، ދިގު މުއްދަތަށް ބަލާއިރު އީޖާދީ ކުރިއެރުންތައް މަދުވާކަމެވެ.
ކާމިޔާބު ލީޑަރުން ކަންކަން ކުރާ ތަފާތު ގޮތްތައް
1. ހިޔާލު ރައްކާކުރުން" އަދި "އަމަލުކުރަން އެންގުން" ވަކިކުރުން
މޮޅު ލީޑަރުން އާ ހިޔާލުތައް އަންނަ ވަގުތު އެ ނޯޓުކޮށް ރައްކާކުރެއެވެ. ނަމަވެސް އެއަށް އަމަލުކުރަން އަންގާ ވަގުތު ފަސްކުރެއެވެ. މިސާލަކަށް:
އަމިއްލަ ނޯޓުތަކެއް ލިޔުން
ޑްރާފްޓް އީމެއިލް ބޭނުންކުރުން
ޕްލޭނިންގ ސިސްޓަމެއްގެ "ބެކްލޮގް" އަށް ހިޔާލުތައް އިތުރުކުރުން
ރަސްމީ ގަޑިއަށް މެސެޖުތައް ޝެޑިއުލްކުރުން
މީގެ ސަބަބުން ލީޑަރުގެ އީޖާދީ ރޫހަށް ހުރަހެއް ނޭޅި، އެހެން މީހުންނަށް ކުއްލި މަޖުބޫރުކަމެއް ނުދީ ކަންކަން ކުރިއަށް ގެންދެވެއެވެ. މީގެ މުހިންމު ތަފާތަކީ: ޓީމު މެންބަރުން ރަސްމީ ގަޑިން ބޭރުގައި ނަފްސާނީ ގޮތުން ހާޒިރުވެ ތިބެން ނުޖެހި، ލީޑަރުގެ އުފެއްދުންތެރިކަން ދެމެހެއްޓުމެވެ.
2. ބުނާ ބަހަށްވުރެ އަމަލަށް އިސްކަންދޭކަން ދެނެގަތުން
ގިނަ ލީޑަރުން ބުނެއެވެ: "މިރޭ މީގެ ޖަވާބު ދޭނެ ކަމެއް ނެތެވެ." ނަމަވެސް މުވައްޒަފުން ގިނަފަހަރަށް ބަލަނީ އެ ބަހަކަށް ނޫނެވެ، ލީޑަރުގެ އަމަލުތަކަށެވެ. ލީޑަރުގެ ފަރާތުން އަންނަނިވި ކަންކަން ފެންނަނަމަ،  މިސާލަކަށް ދަންވަރު މެސެޖު ފޮނުވުން، ކޮންމެ ގަޑިއެއްގައިވެސް ވަގުތުން ޖަވާބުދިނުން، އަވަހަށް ޖަވާބުދޭ މީހުންނަށް ތައުރީފުކުރުން، އަދި ލަފާނުކުރެވޭ ގޮތަށް ކަންކަން ކުއްލި ކަންކަމަށް ހަދަންޏާ، މުވައްޒަފުންނަށް ދަސްވާނީ އަބަދު ތައްޔާރަށް ހުރުމަކީ މުހިންމު ކަމެއް ކަމުގައެވެ.
ހަގީގަތުގައިވެސް ދުޅަހެޔޮ އިންތަކެއް ބޭނުންވާ ލީޑަރަކު ތިރީގައިވާ ކަންކަން އަމަލުން ދައްކަންޖެހެއެވެ:
މެސެޖު ފޮނުވުން ފަސްކުރުން
ކުއްލި ނޫން ކަންކަން ޝެޑިއުލްކުރުން
ޖަވާބު ލިބުން ލަސްވުމާމެދު ހިތްހަމަޖެހުން
"އޮފްލައިން" ވަގުތަށް އިހުތިރާމްކުރުން
3. އީޖާދީ ކަންކަމަށް ލަފާކުރެވޭ ނިޒާމުތަކެއް އުފެއްދުން
ކާމިޔާބު ޓީމުތަކުގެ ދިރާސާތަކުން ދައްކާގޮތުގައި، މުއާމަލާތްކުރާނެ ވަކި ނިޒާމެއް އޮތުމުން ސްޓްރެސް ކުޑަވެ، އިތުބާރު ބޮޑުވެއެވެ. ކުއްލި ކުއްލިއަށް މެސެޖު ފޮނުވުމުގެ ބަދަލުގައި، އަންނަނިވި ކަންކަމުން ވާނެ ފައިދާ ބޮޑުކަމަށް ބެލެއެވެ:
ހަފުތާއަކު އެއްފަހަރު ކުރިއެރުންތައް މުރާޖައާކުރުން
"ރެޓްރޯސްޕެކްޓިވް" ބައްދަލުވުންތައް ބޭއްވުން
ހިޔާލުތައް ހުށަހަޅާނެ ވަކި އޮނިގަނޑެއް އޮތުން
އޭސިންކްރޮނަސް (ވަގުތުން ޖަވާބުދޭން ނުޖެހޭ) އައިޑިއާ ބޯޑުތައް ބޭނުންކުރުން
މީގެ ސަބަބުން މުވައްޒަފުންނަށް ނަފްސާނީ ރައްކާތެރިކަން ލިބެއެވެ. ސަބަބަކީ އެމީހުންގެ ހިޔާލުތައް ގެއްލިގެން ނުދާނެކަމާއި، އެއަށް ފުންކޮށް ވިސްނާނެ ވަގުތު އޮންނާނެކަން އެނގޭތީއެވެ.
4. ކަންކަމުގެ އަވަސްމިން (Urgency) ސާފުކޮށް ކަނޑައެޅުން
މަަސައްކަތުގެ މާހައުލުގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ކަމެއްގެ މުހިންމުކަން ނުވަތަ (ވާންޖެހޭ) އަވަސްމިން ނޭނގުމެވެ. ކޮންމެ މެސެޖަކީވެސް ވަގުތުން ބަލަންޖެހޭ އެއްޗެއް ކަމަށް ހީވާނަމަ، މުވައްޒަފުން ތިބޭނީ އަބަދުވެސް ނުތަނަވަސްކަމެއްގައެވެ. ދުޅަހެޔޮ މާހައުލުތަކުގައި މިކަންކަން ދުރާލައި ކަނޑައަޅާފައި ހުރެއެވެ:
ކުއްލި ހާލަތަކީ ކޮބައިކަން
އަވަސް މުއާމަލާތްތަކަށް ބޭނުންކުރާނީ ކޮން ވަސީލަތެއްކަން
ޖަވާބުދޭންޖެހޭ ވަގުތުތައް
މަޑުކުރެވިދާނެ ކަންކަމަކީ ކޮބައިކަން (މިސާލަކަށް: ޗެޓް އެޕް = އާދައިގެ މުއާމަލާތް، ފޯނު ކޯލް = ކުއްލި މުހިންމު ކަމެއް، އީމެއިލް = އަވަސް ނޫން ކަންކަން)
5. އަބަދު ހާޒިރުވެ ހުރުމުގެ ބަދަލުގައި ނަތީޖާއަށް އިނާމުދިނުން
ބައެއް ސަގާފަތްތަކުގައި ނޭނގި ނަމަވެސް "ދެއްކުންތެރި" އަވަސްމިނަށް ސަމާލުކަން ދެވެއެވެ: ވަގުތުން ރިޕްލައިކުރުން، ރޭގަނޑު އޮންލައިންވުން، ޗުއްޓީގައި އުޅެމުން ޖަވާބުދިނުން ފަދަ ކަންކަމެވެ. މީގެ ސަބަބުން މަސައްކަތުގެ ފުންމިނާއި ފެންވަރު ދަށަށްދެއެވެ. މޮޅު ލީޑަރުން އިނާމުދީ އަގުވަޒަންކުރަނީ:
ނިންމުންތަކުގެ ފެންވަރު
ކަންކަމުގެ އިސްކަންދޭ ތަރުތީބު
ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރުން
ޓީމުގެ އެއްބާރުލުން
6. ނަފްސާނީ ރައްކާތެރިކަން (Psychological Safety) ކަށަވަރުކުރުން
މީގެ މާނައަކީ، ތިރީގައިވާ ކަންކަން ކުރުމުގައި މުވައްޒަފުން ބިރުނުގަތުމެވެ:
އަމިއްލަ ވަގުތުގެ އިންތައް ކަނޑައެޅުން
ސުވާލުކުރުން
ހިޔާލު ތަފާތުވުން
އަބަދު މަސައްކަތަށް ހުސްވެގެން ނުތިބުން
ލީޑަރުން މި ރައްކާތެރިކަން ބިނާކުރަނީ ގަޑިން ބޭރުގައި ޖަވާބުދިނުން ލަސްވުމުން އެކަމަށް ފިޔަވަޅު ނޭޅުމާއި، އަމިއްލައަށްވެސް ދުޅަހެޔޮ އިންތަކަށް އިހުތިރާމްކޮށްގެންނެވެ.
7. ދުނިޔޭގެ އެކި ހިސާބުތަކުގައި މަސައްކަތްކުރުމުގެ އުނދަގޫތައް ދެނެގަތުން
އެކި ގައުމުތަކަށް ބެހިފައިވާ ޓީމުތަކުގައި މި މައްސަލަ ބޮޑެވެ. ސަބަބަކީ ކޮންމެވެސް އެކަކު ކޮންމެވެސް ތަނެއްގައި އަބަދުވެސް އޮންލައިންކޮށް ހުންނާނެތީއެވެ. މީގެ ހައްލަކީ މުއާމަލާތް ހުއްޓާލުމެއް ނޫނެވެ، ނަމަވެސް "ޖަވާބުދިނުން ލަސްވުމަކީ އާދައިގެ ކަމެއް" ކަމަށް ބަލައިގަތުމެވެ.
މި މެސެޖު ކިޔާނީ ތިބާގެ ރަސްމީ ގަޑީގައެވެ.
ރަސްމީ ގަޑިން ބޭރުގައި ހަނު ހުރުމަކީ ބޭނުންވާ ގޮތެވެ.
އަވަސް ކަމެއްނަމަ އެކަން ސާފުކޮށް ބުނެވޭނެއެވެ.
8. "އީޖާދީ ނުތަނަވަސްކަން" (Innovation Anxiety) އިން ސަލާމަތްވުން
ބައެއް ލީޑަރުންނަށް ނޭނގި ނަމަވެސް އުފެއްދޭ މާހައުލަކީ، ކޮންމެ ހިޔާލަކީ ވަގުތުން ކުރަންޖެހޭ މަސައްކަތެއް ކަމަށް މުވައްޒަފުންނަށް ހީވުމެވެ. މީގެ ސަބަބުން ސަމާލުކަން ކުޑަވެ، މަސައްކަތުގެ ހަމަޖެހުން ގެއްލޭ ގޮތް ވެއެވެ. ގާބިލު ލީޑަރުން ކަންކަން ތަރުތީބުކޮށް، ކުއްލި ކުއްލިއަށް ބަދަލުވާ ބަދަލުތައް މަދުކުރެއެވެ.
ހަމަހަމަކަން ހިފަހައްޓާ ލީޑަރެއްގެ އަމަލުތައް ހުންނާނެ ގޮތް
ދުުޅަހެޔޮ ލީޑަރަކު ކުރުން މުހިއްމު އަދި ހިފަހައްޓަން ޖެހޭ އަހުލާގު:
ހިޔާލެއް އަންނަ ކޮންމެ ވަގުތަކު އެ ރައްކާކުރުން
މުއާމަލާތްތައް ރަސްމީ ގަޑިއަށް ޝެޑިއުލްކުރުން
ރަސްމީ ގަޑިން ބޭރުގައި ގުޅާނީ ހަމައެކަނި ކުއްލި ހާލަތްތަކުގައި
ދެމެހެއްޓެނިވި މަސައްކަތަށް ތައުރީފުކުރުން
މީގެ ސަބަބުން އުފެދޭ ސަގާފަތަކީ އީޖާދީ، ޒިންމާދާރު، ނަފްސާނީ ގޮތުން ދުޅަހެޔޮ، އިތުބާރު ބޮޑު، އަދި ބަރންއައުޓްވުން ކުޑަ ސަގާފަތެކެވެ. ހަރުދަނާ މަސައްކަތުގެ މާހައުލެކެވެ.
އަމަލީ އުސޫލެއް
މަސައްކަތު މާހައުލެއްގައި އޮންނަންޖެހޭ އެންމެ ސާފު އުސޫލަކީ، ހިޔާލުތައް ކޮންމެ ވަގުތަކުއައި ކަމުގައިވިޔަސް، ޓީމުގެ ސަމާލުކަން ބޭނުންވަނީ، ކުއްލި މުހިންމު ކަމެއް ކަމަށް ސާފުކޮށް ބުނެފައި ނުވާހާ ހިނދަކު، އެއްބަސްވެފައިވާ ރަސްމީ ގަޑިތަކުގައެވެ.
މުއައްސަސާގެ ހަލުވިކަމާއި، އިންސާނާގެ ދުޅަހެޔޮކަމާއި ދެކަންތަކުގައި ހުރި ފަރަގު ދެނެގަނެ ބަޔާންކޮށް، ނިޒާމީ ގޮތެއްގައި ހިފެހެއްޓޭނަމަ — މި ދެކަންތައްވެސް ފުރިހަމައަށް ރައްކާތެރިކުރެވުމުގެ ކަށަވަރުކަން ބޮޑެވެ. އެންމެ މޮޅު ލީޑަރުންނަކީ، އިންތައް ހިފެހެއްޓުމަށްޓަކައި އީޖާދީ ކަންކަން ދޫކޮށްލާ ބައެއް ނޫނެވެ. އެއީ އީޖާދީ ކަންކަމާއި އިންތައް އެކުގައި ކުރިއަށްދާނެ ނިޒާމުތައް ބިނާކުރާ މީހުންނެވެ.
ބ. އަތޮޅު ކިހާދުއްފަރުގައި ހިންގަމުންދާ ކިހާ މޯލްޑިވްސް ރިސޯޓަށް ފަތުރުވެރިން ގެންދިއުމަށް އެއްވެސް މުއާމަލާތެއް އެއްވެސް ސިފައެއްގައި އެއްވެސް ފަރާތަކުން ނުކުރުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން އިއްޔެ (28 އޮގަސްޓު 2025) ގައި އަންގައި، އެރިޒޯޓަށް ފަތުރުވެރިން ގެންދިއުން މަނާކޮށްފިއެވެ.
އެ ވުޒާރާއިން ގެޒެޓުކޮށް ނެރުނު ބަޔާނެއްގައި ވިދާޅުވީ، ކިހާ މޯލްޑިވްސް މި ވުޒާރާއާ އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށްދީފައިވާ ރަށެއް ކަމަަށެވެ.
ނަމަވެސް އެ ރަށުގައި ތަރައްގީކޮށްފައިވާ ޓޫރިސްޓް ރިސޯޓަކީ ރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު އަދި އެ ވުޒާރާއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ހިންގަމުން ދިޔަ ރިސޯޓެއް ނޫން ކަމަށެވެ. އަދި އެ ވުޒާރާގެ ފަރާތުން ތަކުރާރުކޮށް ފުރުސަތުދީ ވަކި ސަރުތުތަކެއްގެ މަތިން އެންމެ ފަހުން ރިސޯޓު ހިންގުމަށް އެ ކުންފުންޏަށް ދީފައިވާ ވަގުތީ އޮޕަރޭޓިން ލައިސަންސުގެ މުއްދަތު މިދިޔަ އަހަރުގެ ސެޕްޓެންބަރު 27ގެ ނިޔަލަށް ހަމަވުމާއި ހަމައަށްވެސް އެ ކަންކަން އެކުންފުނިން ރަނގަޅުކޮށްފައި ނުވާ ކަމަށް އެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި ބަޔާން ކޮށްފައިވަނީ، އެ މުއްދަތުގެ ފަހުން އެ ކުންފުންޏަށް ރިސޯޓު ހިންގުމަށް އެ ވުޒާރާއިން އިތުރު އޮޕަރޭޓިން ލައިސަންސެއް ދީފައިނުވާ ކަމަށެވެ.
އަދި ރިސޯޓު އޮޕަރޭޓިން ލައިސަންސް ނެތި ޓޫރިސްޓް ރިސޯޓް ހިންގުމަކީ ގާނޫނާ ހިލާފުކަމެއް ކަމަށްވާތީ އާއި އެ ކުންފުނިން ހުއްދަ ނެތި އެ ރަށުގައި ފަތުރުވެރިން ބައިތިއްބާތީ، ދެ ފަހަރެއްގެ މަތިން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެކުންފުނި ޖޫރިމަނާކުރެވިފައިވާ ކަމަށްވެސް އެ ވުޒާރާއިން ނެރުނު އެންގުމުގައި ވެއެވެ.
"މިކަންކަން މިހެން ހުރުމުން، ބ.ކިހާދުއްފަރުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް އެ ވުޒާރާއާއި، އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމާ އެ ކުންފުނިން ތަކުރާރުކޮށް ހިލާފުވެފައިވާތީ އަދި ގާނޫނާ ހިލާފަށް އެރަށުގައި ޓޫރިސްޓުންނަށް ހިދުމަތް ދެމުން ގެންދާތީ، ރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނާ، އެ ރަށް ކުއްޔަށްދިނުމަށް ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެމަތިން އެ އެއްބަސްވުމުގެ ދަށުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެ ވުޒާރާއިން މިގެންދަނީ ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އަޅަމުން،". ކަމުގައި އެ ބަޔާނުގައި ވެއެވެ.
"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ" ބިލު އިޞްލާހު ކުރެވިދާނެކަމަށާއި، ނަމަވެސް ބިލު އަނބުރާ ގެންދަންޖެހޭކަމަށް ޤަބޫލު ނުކުރައްވާކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާލުވީ މި ބިލާ ގުޅޭގޮތުން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވީ، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން"ގެ ބިލުގެ ބޭނުމަކީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުންކަމަށާއި، އެއީ ކުރީގެ މަޖިލިސްތަކުންވެސް ކުރަން އުޅުނު މަސައްކަތެއްކަމަށެވެ. އެކަން ބަންޑާރަ ނައިބުގެ އޮފީހުގެ ލިޔެކިޔުންތަކުން ހާމަވާކަމަށްވެސް ބަންޑާރަ ނައިބު ވިދާޅުވިއެވެ. އަދި މިހާތަނަށްވެސް ގިނަ ދިރާސާތަކެއް ކުރެވިފައިވާކަން ބަންޑާރަ ނައިބު ފާހަގަކުރެއްވިއެވެ.
އުޝާމް ވިދާޅުވީ މިހާރު ހުށައަޅާފައިވާ ބިލު ދިރާސާކޮށްގެން ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ގެނެވިދާނެކަމަށާއި، ނަމަވެސް ބިލު އަނބުރާ ގެންދަންޖެހޭކަމަށް ޤަބޫލުނުކުރައްވާކަމަށެވެ.
"މިހާރު ހުށަހަޅާފައިވާ ބިލާއި ގުޅޭގޮތުން މިހާތަނަށް މި ބިލުގައި ހުރި މާއްދާތައް ދިރާސާކުރިއިރު، އަދި މިހާތަނަށް މިމަސައްކަތާއި ގުޅޭގޮތުން ބަންޑާރަ ނައިބު އޮފީހުގައި ކުރި މަސައްކަތްތަކާއި އަދި އެކިއެކި ފަރާތްތަކުން ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު، އަޅުގަނޑުގެ އޮޕީނިއަންއަކީ މިހާރު ހުށަހަޅާފައިވާ އޮތް ބިލް އިތުރަށް ރަނގަޅު ކުރެވިދާނެ ކަމަށް. އަޅުގަނޑެއް ޤަބޫލެއް ނުކުރަން ބިލު ނަގަން ޖެހޭ ކަމަކަށް." ބަންޑާރަ ނައިބު ވިދާޅުވިއެވެ.
ބަންޑާރަ ނައިބު ވަނީ މި ބިލު އަނބުރާ ގެންދަވަން ޖެހޭ ކަމަށް ޤަބޫލުނުކުރައްވާ ސަބަބުތައްވެސް ހާމަކުރައްވާފައެވެ. މިގޮތުން ބަންޑާރަ ނައިބު އޮފީހަށް އެންމެ ފަހުން މީޑިއާތަށް ޤާނޫނީ ގޮތުން ތަމްސީލް ކުރާ މޯލްޑިވްސް މީޑީއާ ކައުންސިލުން 2022 ވަނަ އަހަރު ޑްރާފްޓްކޮށް ފޮނުވާފައިވާ ބިލާއި މިހާރު ހުށަހަޅާފައިވާ ބިލާއި މާބޮޑު ތަފާތެއް ނެތްކަން ބަންޑާރަ ނައިބު ފާހަގަކުރެއްވިއެވެ. އަދި މިފަދަ ބިލެއް އެމްއެމްސީން ހުށަހަޅާނީ ކުރަން ޖެހޭ މަޝްވަރާތަކާއި ދިރާސާތައް ކުރެއްވުމެއް ފަހު ކަމަށް ޤަބޫލުކުރައްވާ ކަމަށް އުޝާމް ވިދާޅުވިއެވެ.
އެމްއެމްސީ ޑްރާފްޓް ކުރި ބިލާއި މިހާރު މަޖިލީހުގައި އޮތް ބިލާއި އަޅާކިޔުންވާ ބަންޑާރަ ނައިބު ފުރަތަމަ ނެންގެވި ނުކުތާއަކީ ނޫސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލަ ކަމަށްވާ ސަރުކާރު ތަމްސީލްކުރައްވާ މެންބަރުން ކޮމިޝަނުގައި ތިބުމެވެ. ބަންޑާރަ ނައިބު ވިދާޅުވީ، އޭރު އެމްއެމްސީން ހުށަހެޅި ބިލުގައި އަލަށް އެކުލަވާ ލެވޭ ކޮމިޝަނުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ 2 މެންބަރުން ތިއްބައްވާނެކަން އޮންނަ ކަމަށެވެ. ނަމަވެސް މިހާރު މަޖިލީހުގައި އޮތް ބިލުގައި އިތުރު ފަށަލައެއް ހިމެނޭހެން މަޖިލީހުން ފާސްކުރާ މެންބަރުންތަކެއް ކޮމިޝަންގައި ތިއްބަވާ ގޮތަށް އޮތްކަން އުޝާމް ފާހަގަކުރެއްވިއެވެ.
ބަންޑާރަ ނައިބު ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ރައީސަކު ކޮމިޝަނުގައި ހުންނަވަން ރައީސް ބޭނުންފުޅު ނުވާކަން ފާހަގަކުރައްވާފައެވެ. އަދި މަޖިލީހަށްވެސް އެކަން ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް މިހާރު ހުށަހަޅާފައިވާ ބިލަށް ވުރެ ހަރުކަށިކޮށް އޮތް ބިލެއް އެމްއެމްސީން އޭރު ހުށަހަޅުއްވިކަން ބަންޑާރަ ނައިބު ވިދާޅުވިއެވެ. އޭގެ ތެރޭގައި ޖޫރިމާނާގެ އަދަދުތައް ބޮޑުކޮށް ހުރުމާއި، ނޫސްވެރިންގެ މައްޗަށް ޖިނާޢީ ތަހުޤީޤެއް ހިންގުމަށް ފުރުސަތު ލިބޭގޮތަށް އެމްއެމްސީން އޭރު ހުށަހެޅި ބިލުގައި އޮތްކަމަށް ވިދާޅުވިއެވެ.
"ވަރަށް ސާފުކޮށް މިއޮތީ މީޑިއާ ކައުންސިލުން ހުށެހެޅުއްވި ބިލުގައި ތިބޭފުޅުން ހުށަހަޅުއްވާފައި، މީޑިއާތަކާއި ދޭތެރޭ ޖިނާޢި ފިޔަވަޅު އެޅޭގޮތަށް ހުށަހަޅުއްވާފައި. މިހާރު މަޖިލީހުގައި އޮތް ބިލުގައި އެފަދަ ކަމެއް ނެތް. އަޅުގަނޑުގެ ކަންބޮޑުވުމަކީ މިހާތަނަށް މީޑިއާ ކައުންސިލުން ކޮށްފައި ހުރި މަސައްކަތުން ހުށަހަޅާފައި އޮތް ބިލުގައި ވަކި އެކްސްޓްރީމް ކޮންކަމެއްތޯ އޭ އޮތީ. މިހާރު ތިބޭފުޅުން ފަރާތުން މީޑީއާ ކައުންސިލުން ހުށަހަޅާފައި އޮތް ބިލުގައި މައްޗަށް ބިނާކޮށް އޭގައި އެހުރި ބާރުތަކަށާއި ކޮމިޝަނުގެ ބާރުތަކަށް ބިނާކޮށް މިހާރު ހުށަހަޅާ އޮތް ބިލަށް އިސްލާހު ނުގެނެވެންވީ ސަބަބެއް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ." ބަންޑާރަ ނައިބު އުޝާމް ވިދާޅުވިއެވެ.
ބަންޑާރަ ނައިބު ވަނީ، މިހާރު މަޖިލީހުގައި އޮތް ބިލު ދިރާސާ ކުރެއްވުމަށް ފަހު ރަނގަޅު ކުރަންޖެހޭ ކަންކަން ފެންނަ ނަމަ، އެކަން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ނޫސްވެރިންގެ ފަރާތުންވެސް ބިލު އަނބުރާ ގެންދިއުމަށް ވަކާލާތު ކުރުމުގެ ބަދަލުގައި ބިލު ރަނގަޅު ކުރަން މަސައްކަތް ކޮށްދީ ނިޒާމު ރަނގަޅު ގޮތުގައި އިސްލާހުކުރުމަށް އެއްބާރުލުން ދިނުމަށް އޭޖީ އެދިވަޑައިގެންނެވިއެވެ.
މި މައްސަލައިގައި މިހާތަނަށްވެސް ބަންޑާރަ ނައިބު އޮފީހަށް، ބިލާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ރަސްމީކޮށް ހުށަހަޅާފައި ނެތްކަން ބަންޑާރަ ނައިބު ވަނީ ފާހަގަކުރައްވާފައެވެ. އަދި އެފަދަ މައްސަލައެއް ހުށަހެޅުމުން އެކަން ބައްލަވާ އެކަން އިސްލާހު ކުރަން ފެނިވަޑަގަންނަވާނަމަ ހުށަހަޅުއްވާނެކަން ތަކުރާރުކުރައްވާފައެވެ.
~ ޕީއެސްއެމް~
ނޫސްވެރިންގެ ކަންބޮޑުވުންތައް އަބަދުވެސް އަޑުއައްސަވާނެ ކަމަށާ، މިއީ ސަތޭކަ ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލާއި ގުޅޭގޮތުން، ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން އެދިވަޑައިގަތުމާއި ގުޅިގެން ބޭއްވެވި ބައްދަލުވުމުގައެވެ.
މި ބައްދަލުކުރެއްވުމުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖާނަލިސްޓް އެސޯސިއޭޝަންގެ ފަރާތުން ހުށަހެޅުއްވި ހުރިހާ ކަންބޮޑުވުންތައް އަޑުއައްސަވާ އެކަންކަމާއި މެދު ވިސްނާވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އެއް ގަޑިއިރަށް ވުރެ ގިނައިރަށް ދެމިގެން ދިޔަ މި ބައްދަލުވުމުގައި، ނޫސްވެރިންގެ ކަންބޮޑުވުންތައް އަބަދުވެސް އަޑުއައްސަވާނެ ކަމަށާ، މިސަރުކާރަކީ ސަތޭކަ ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރުގެ ފަރާތުން މީޑިއާއަށް އަބަދުވެސް އެއްބާރުލުން ލިބޭނެކަމަށާއި މީޑިއާއަށް ފަހި މާހައުލެއް ތަނަވަސްކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވާ، ގިނަ ކަންތައްތަކެއް ފަހިކޮށްދެއްވަމުން ގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މީޑިއާ ރެގިއުލޭޓްކުރުމުގައި ސަރުކާރުގެ ކޮންޓްރޯލް ބާއްވަން ބޭނުންފުޅުނުވާ ކަމަށާއި، މެންބަރުން އައްޔަނު ކުރުމުގައިވެސް ސަރުކާރުގެ އެއްވެސް ދައުރެއް ބާއްވަން ބޭނުންފުޅު ނުވާކަމަށް ވިދާޅުވިއެވެ.އަދި މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލުގެ ވަކި ވަކި މާއްދާތަކުގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރުގެ ފަރާތުން އިސްލާޙު ހުށަހަޅުއްވާނެކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގެ މީޑިއާގެ މިނިވަންކަން ދެމެހެއްޓުމަށް ހުރިހާ ފަރާތްތަކަށް ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން މިއަދުގެ ބައްދަލުވުމުގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
ލަންކާގެ ކުރީގެ ރައީސް ގޮޓާބެ ރާޖަޕަކްސަގެ ސަރުކާރުގެ އިސް ދެ ވަޒީރެއްގެ މައްޗަށް ފަސާދައިގެ ކުށް ސާބިތުވެ ޖަލަށް ލުމަށް މިއަދު ހުކުމް ކޮށްފި އެވެ.
ކޮލަންބޯ ހައި ކޯޓުން ޖަލު ހުކުމް އިއްވާފައިވަނީ ކުރީގެ ކުޅިވަރު ވަޒީރު މަހިންދަނަންދަ އަލުތުގަމަގެ އާއި ކުރީގެ ވިޔަފާރި ވަޒީރު އަނިލް ފެނާންޑޯގެ މައްޗަށެވެ. 6 އަހަރަށް ދެމިގެންދިޔަ މި ސަރީއަތުގެ ހުކުމުގަވަނީ 53 މިލިއަން ރުޕީސް (177000 ޑޮލަރު) ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ކުށް މި ދެ ބޭފުޅުންގެ މައްޗަށް ސާބިތުވާ ކަމަށެވެ. މީގެ އިތުރުން ކުރިން ބޭއްވި ރިޔާސީ އިންތިހާބުގެ ކެންޕޭނަށް 14000 ކެރެމްބޯޑާއި 11000 (ރާޒުވާފަދަ) ބޯޑުގޭމް ސެޓުތައް ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކޮށްގެން ބެހިކަމުގެ ކުށުގައި މީހަކު 2000 ޑޮލަރުން ވަނީ ޖޫރިމަނާ ކޮށްފައެވެ.
އަލުތުގަމަގެ 20 އަހަރަށް ޖަލަށް ލާން ހުކުމްކުރި އިރު ފެނާންޑޯ އަށް ވަނީ 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.
މި ދެމީހުންނަކީވެސް ރާޖަޕަކްސަ ސަރުކާރުގެ އިސް ދެވަޒީރަށް ވީހިނދު، މި ހުކުމަކީ ލަންކާގައި މަސްހޫރުވެގެންދިޔަ ބޮޑު ހުކުމެކެވެ. 2010 އިން 2015 އަށް ކުޅިވަރު ވަޒީރަކަށް ހުރި އަލުތުގަމަގެ އަކީ ރާޖަޕަކްސަގެ ކެބިނެޓުން ފަސާދައިގެ ކުށް މިހާތަނަށް ސާބިތުވި އެންމެ އިސް ވަޒީރެވެ.
ރާޖަޕަކްސަގެ އާއިލީ ވެރިކަން ވެއްޓި، މީގެ 6 އަހަރު ކުރިން މި ދެ މީހުންގެ މައްޗަށް ދައުވާ އުފުލައި ސަރީއަތް ފެށި ނަމަވެސް މިދިޔަ އަހަރު އާ ސަރުކާރެއް ވެރިކަމާއި ހަވާލުވުމާ ހަމައަށް ވެސް އެ މައްސަލަ ކުރިއަށް ދިޔައީ ވަރަށް ލަހުންނެވެ.
2022 ވަނަ އަހަރު ޗައިނާގެ ސަޕްލަޔަރަކަށް، ފާޓިލައިޒާ ޝިޕްމަންޓެއްގެ އަގުގެ ގޮތުގައި 6.09 މިލިއަން ޑޮލަރު (1.82 ބިލިއަން ރުފީސް) ދޭން ހުއްދަ ދިން މައްސަލަ ވެސް އަލުތުގަމަގެ މައްޗަށް އަންނަނީ ތަހުގީގު ހިންގަމުންނެވެ. އެ މުދާވެސް ފައިސާވެސް އަދިއަދަށް ދާންދެންވެސް ލިބިފައި ނުވެއެވެ.
ރާއްޖޭގައި ބޭންކިން ހިދުމަތް ދިނުމަށް ބޭނުންވާ ޕްރީ-އޮޕަރޭޝަނަލް ހުއްދަ އިތުރު ދެ ފަރާތަކަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ދޫކޮށްފި އެވެ.
މިމޭމަހު 19 ވަނަ ދުވަހު ހުއްދަ ދީފައިވާ 2 ކުންފުންޏަކީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން  ޕްރައިވެޓް ލިމިޓެޑް (އެމްއެފްއެލްސީ) އާއި ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި މިއީ މާލީ ނިޒާމް ހަރަދުދަނާކޮށް ކުރިއެރުވުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތުގެ ތެރެއިން ދެވުނު ހުއްދައެއް ކަމަށެވެ. މި ދެ ކުންފުންޏަށް ވެސް ދޫކޮށްފައިވަނީ ޓިއަރ އެކެއް (TIER 1) ދަރަޖައިގެ ބޭންކެއް އުފެއްދުމުގެ ހުއްދަ އެވެ. މި ދަރަޖައަކީ ރިޒަރވް ކެޕިޓަލް (ރައުސުލްމާލް) އެއް ބަހައްޓައިގެން ހިންގާ ޓިއަރ ދޭއްގެ ބެންކުތަކާއި ހިލާފަށް، ވަރަށް ބޮޑު އަމިއްލަ ރައުސުލްމާލަކާއެކު ހިންގާ ބެންކު މޮޑެލްގެ ބައިނަލް އަގްވާމީ މަތީ ދަރަޖައެކެވެ.
އެމްއެފްއެލްސީއަކީ މިހާރު ވެސް ލީސިން އަދި ފައިނޭންސިން ހިދުމަތް ދެމުން އަންނަ ބޭންކު ނޫން މާލީ އިދާރާއެކެވެ. މި ކުންފުނީގެ މެޖޯރިޓީ ހިއްސާދާރަކީ ޓްރީ ޓޮޕް އިންވެސްޓްމަންޓްސް އެވެ.
ބީއައިސީ ބޭންކް މޯލްޑިވްސްއާ ބެހޭ މައުލޫމާތެއް ނަމަވެސް ބެލެވޭ ގޮތުގައި މިއީ ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހުއާ ގުޅުން އޮތް ކުންފުންޏެކެވެ. އެ ކުންފުނީގެ ފަރާތުން ޕްރީ-އޮޕަރޭޝަނަލް ހުއްދައާ ހަވާލުވީ ޖަނާހުގެ އަންހެން ދަރިފުޅު ނޫރެއިން ޖަނާހެވެ.
ބީސީއައި ބެންކު ކިޔާ ބެންކެއް ކެންބޯޑިއާގައި ހިންގަމުން ދެއެވެ. އެ ބެންކަކީ ލާއޯގެ އޭޝިޔާ އިންވެސްޓްމަންޓް ފިނޭންޝަލް ސަރވިސަސް ކޯ ލިމިޓެޑާއި، ރަސްކަމެއްކުރާ ކެންބޯޑިއާގެ ޕެރަޑައިސް އިންވެސްޓްމަންޓް ކޯ ލިމިޓެޑާއި، ތައިލެންޑްގެ ޕްރައިމް ސްޓްރީޓް އެޑްވައިޒަރީ ކޯ ލިމިޓެޑާއި ގުޅިގެން 2018 ވަނަ އަހަރު އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ވިޔަފާރި ބެންކެކެވެ. މައި ހިއްސާދާރަކީ އޭޝިޔާ އިންވެސްޓްމަންޓް ފިނޭންޝަލް ސަރވިސަސް ކޯ ލިމިޓެޑެވެ.
އެމްއެމްއޭއިން ބުނީ މި ދެ ބޭންކަށް ބޭންކިން ހުއްދަ ދޫކުރާނީ ހިދުމަތް ފެއްޓުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަމަށް އެ އޮތޯރިޓީން ކަނޑައަޅާ ސަރުތުތައް ފުރިހަމަ ކުރުމުން ކަމަށެވެ.
އެމްއެމްއޭއިން އެންމެ ފަހުން ހިދުމަތް ފަށަން ހުއްދަ ދިނީ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކަށެވެ. އެކަމަކު އެ ހުއްދައާ އެއްގޮތަށް އެ ބޭންކުގެ ހިދުމަތްތައް ރަސްމީކޮށް އަދިވެސް ނުފަށަ އެވެ.
މިހާރު ރާއްޖޭގައި ބޭންކުގެ ހިދުމަތް ދޭ 7 ބެންކަކީ:
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)
ބޭންކް އޮފް ސިލޯން (ބީއޯސީ)
ހަބީބް ބޭންކް
މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ)
ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް)
ކުރިން ރާއްޖޭގައި ހިންގި ބެންކެއް ކަމުގައިވާ އެޗްއެސްބީސީ (ރާއްޖޭގައި) ހިންގުން 2024 ވަނަ އަހަރު ނިމުނު އިރު ވަނީ ހުއްޓާލާފައެވެ.
2023 ވަނަ އަހަރު ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ޕީއެސްއައިޕީ ބަޖެޓުގެ ދަށުން ހަދަން ފެށި ރަސްގެތީމުގެ އާ ކައުންސިލް އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
ކައުންސިލްގެ އާ އޮފީސް އިމާރާތް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ރ.އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެތެރެއިން ރަސްގެތީމަށް ވަޑައިގެންނެވެ.
މާޅޮސްމަޑުލު އުތުރުބުރީގެ ރަށްތަކަށް އަންގާރަ ދުވަހު ހެނދުނު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅުގެ އެގާރަ ރަށަކަށް ރައީސް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެ އެވެ. އެއީ އެއަތޮޅު ވާދޫ، އަނގޮޅިތީމު، ހުޅުދުއްފާރު، އިންނަމާދޫ، ކިނޮޅަސް، މާކުރަތު، މަޑުއްވަރި، ފައިނު، ރަސްގެތީމު، ރަސްމާދޫ އަދި އުނގޫފާރެވެ.
ރަސްގެތީމުގެ އާ ކައުންސިލް އިދާރާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަދައްކަވަމުން ރަސްގެތީމު ކައުންސިލްގެ ރައީސް މުޙައްމަދު ފަޠީން ވިދާޅުވީ ކައުންސިލްގެ އާ އޮފީސް އިމާރާތެއް އަޅަން ޖެހުނީ، ކުރިން ބޭނުންކުރި ކައުންސިލް އިދާރާގެ އިމާރާތް ބާވެ ހަލާކުވުމާ ގުޅިގެން، އެ އިމާރާތުގެ ތެރޭގައި މަސައްކަތް ކުރަން ތިބެވެންނެތުމުންކަމަށެވެ. އެހެންކަމުން ކައުންސިލްގެ މަސައްކަތް އޭރު ކުރަމުން އައިސްފައިވަނީ އެރަށުން ތަނެއް ކުއްޔަށް ނަގައިގެންކަމަށެވެ. މި އާ އޮފީސް އިމާރާތާއެކު ޖާގައިގެ ތަނަވަސްކަން ލިބި، މިހާރު ކައުންސިލަރުންގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް ކުރިއަށްގެންދިއުމަށް އޮތް ދަތިތަކަށް ހައްލު ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މި އަހަރުގެ ކުރީކޮޅުގައި ރައީސް މުއިއްޒު އެކި އަތޮޅުތަކަށް ވަޑައިގެން ރަށްރަށުގެ ކައުންސިލްތަކާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުތަކުގައި، ކައުންސިލްތަކުގެ ޖާގައިގެ ދަތި ކަމުގެ ވާހަކަތައް ފާހަގަކުރައްވައި، އެ ރަށްރަށުގެ ކައުންސިލް އިދާރާތައް ބިނާކުރުމަކީ ރައީސްގެ ވަރަށް މުހިންމު ވައުދުފުޅެއް ކަމުގައި ވިދާޅުވެފައި ވެއެވެ.
އެ ވައުދުފުޅުގެ ދަށުން، މިހާތަނަށް ވަނީ 105 ރަށެއްގައި ކައުންސިލް އާ އިމާރާތްތައް އަޅަން ނިންމަވާ، އެ ރަށްތައް އިޢުލާންކުރައްވާފައެވެ. އަދި 55 ރަށެއްގެ ކައުންސިލް އިދާރާ ބިނާކުރުމަށް މެލޭޝިޔާގެ ހެކްސްޓާ ގްލޯބަލް ކިޔާ ކުންފުންޏަކާއެކު، ދިވެހި ސަރުކާރުން އިއްޔެ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
33 މިލިއަން ޑޮލަރުގެ އެ އެއްބަސްވުމުގެ ދަށުން، މި އަހަރުގެ ތެރޭގައި ގިނަ ކައުންސިލުތަކުގެ އިމާރާތުގެ މަސައްކަތް ފަށައި، ދެ އަހަރުގެ ތެރޭގައި ނިންމުމަކީ ސަރުކާރުގެ އަމާޒުކަމަށް ހާމަ ކުރެއްވިއެވެ.
ނޭވާލާ ނިޒާމަށް ޖެހޭ ނުރައްކާތެރި ބައްޔެއްކަމަށްވާ ރެސްޕިރޭޓަރީ ސިންސިޓިއަލް ވައިރަސް (އާރްއެސްވީ) ކުޑަކުދިންގެ މެދުގައި އިތުރުވަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މި ބަލި ޖެހިގެން ބޮޑުވަރުވެ (ބައެއްފަހަރަށް ފުރާނައަށް ނުރައްކާ ވަނީ) އާއްމުގޮތެއްގައި ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ކަމުގައި ވީނަމަވެސް، ޅަފުރައިގެ ކުދިންނަށާއި ބޮޑަތިމީހުންނަށްވެސް މިބަލިޖެހިއްޖެނަމަ، ބައެއްފަރަށް ނުރައްކަލާއި ކުރިމަތި ކުރުވައެވެ.
މިބަލީގެ އަލާމާތްތައް ފެންނަނީ ބަލި ޖައްސުވާ ވައިރަސްއަށް ހައްޓަށް ވަނުމަށްފަހު 4/5 ދުވަސް ފަހުންނެވެ. ބަލީގެ އަލާމާތްތައް އެކި އުމުރުފުރާތަކުގައި ތަފާތުވީ ނަމަވެސް އާއްމު ގޮތެއްގައި ފުރަތަމަ ފެންނަ އަލާމާތްތަކުގެ ތެރޭގައި ރޯގާޖެހުމާއި، ކާހިތްނުވުމާއި، ކެއްސައި ކިނބިހި އެޅުމާއި ބައެއްފަހަރަށް ނޭވާ ހިއްލާގޮތްވެއެވެ.
ތުއްތު ކުދިންނަށް މިބަލި ޖެހުމުން ހަރަކާތް މަދުވުމާއި، ނޭވާލާން އުނދަގޫވެ ނޭވާލާއިރު ހުއްޓުން އައުން ހިމެނެއެވެ. މިބައްޔަށް ސީދާ ފަރުވާއެއް ހޯދިފައި ނެތަސް މިފަދަ އަލާމާތްތައް ފެނިއްޖެނަމަ އަވަހަށް ޑަކްޓަރަކަށް ދެއްކުން މުހިއްމެވެ. އާއްމު ގޮތެއްގައި މިބަލި ފަސޭހަވާން 2 ހަފްތާވަރު ވެދާނެއެވެ.
ކޮވިޑް ފަދައިން މިބައްޔަކީވެސް ކައިރީގައި އުޅޭ މީހުންގެ ކިބައިން ގައިންގަޔަށް (އަނގަޔާއި ނޭފަތާއި ލޮލުން) ޖެހޭ ބައްޔެކެވެ.
މި ބަލި ފެތުރުން ހުއްޓުވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން ކުރެވިދާނެ ކަންކަމުގެ ތެރޭގައި ގިނައިން އަތް ދޮވުމާއި، މީހުން ގިނަ ތަންތަނަށް ނުދިއުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފައި ވެއެވެ. އަދި ބަލީގެ އަލާމާތްތައް ފާހަގަވުމުން އަނގަޔާއި ނޭފަތް ނިވާވާ ގޮތަށް މާސްކެއް އެޅުންވެސް އެދެވިގެން ވެއެވެ.
ހައްޖު ކޯޕަރޭޝަން އުފެއްދުމުގެ ބޭނުމާއި މައިގަނޑު އަމާޒަކީ ދިވެހި ރައްޔިތުންނަށް އެކަށީގެންވާ އަގެއްގައި ލުއިފަސޭހަކަމާއިއެކު ހައްޖަށް އަދި އުމްރާއަށް ދެވޭނެ މަގު ފަހިކޮށްދިނުމެވެ.
މިގޮތުން ދިވެހި ރައްޔިތުން ވީހާވެސް ކުޑައަގެއްގައި ހައްޖަށް ދިއުމަށް މަގުފަހިކުރުމަށްޓަކައި، ހައްޖު ކޯޕަރޭޝަންގެ ހަރަދު ކުޑަކޮށް އާމްދަނީ އިތުރުކުރުމުގެ ތަސައްވުރާއި އެކު ހައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތުގެ ބިންގާ މި މަހު 14 ވަނަ ދުވަހު ވަނީ އަޅާފައެވެ.
ހައްޖު ކޯޕަރޭޝަންގެ އިމާރާތެއް އެޅުމަށް 2022 ވަނަ އަހަރު ޖޫންމަހު ހައްޖު ކޯޕަރޭޝަނާއި އެޗްޑީސީއާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވީ ނަމަވެސް އެކަން ކުރިއަށް ގޮސްފައި ނުވުމަކީ ހައްޖު ކޯޕަރޭޝަން މިއަދާއި ހަމައަށްވެސް އަމިއްލަ ފަރާތެއްގެ އިމާރާތުގައި ހިންގަންޖެހިފައިވާ ސަބަބުކަން ފާހަގަކޮށްލެވެއެވެ. 8 ބުރީގެ އެ އިމާރާތް އެޅުމަށް ނިންމާފައިވަނީ ހުޅުމާލޭގައި ހުންނަ އަމީން އެވެނިއު އޯކް އިމާރާތުގެ ކުރިމަތިން އޮންނަ 5000 އަކަފޫޓުގެ ބިމުގައެވެ.
ހައްޖު ކޯޕަރޭޝަނުގެ އައު އިމާރާތަކީ 9 ފަންގިފިލާ ހިމެނޭ އިމާރާތެކެވެ. މި އިމާރާތް އަޅަނީ ކުރިންވެސް ކަނޑައެޅިފައިވާ ތަނުގައި ހަމަ އެ ބިމުގައެވެ. މި ޕްރޮޖެކްޓަށް 79 މިލިއަން ރުފިޔާ ހޭދަވާނޭކަމަށް ހައްޖު ކޯޕަރޭޝަނުން ލަފާކުރެއެވެ. ހައްޖު ކޯޕަރޭޝަނުން ވިސްނާފައި އޮތީ އެ އިމާރާތުގެ ފަންގިފިލާތައް ކުއްޔަށްދީގެން އާމްދަނީ ހޯދާށެވެ.
ހައްޖު ކޯޕަރޭޝަނުގެ އައު އިމާރާތުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކޯޕަރޭޝަންގެ އެމްޑީ މުޙައްމަދު ޝަކީލް ވިދާޅުވީ ހައްޖު ކޯޕަރޭޝަނަކީ، ކުޑަ ކުންފުންޏެއް ނޫންކަމަށާއި، އެ ކުންފުންޏަކީ އަމިއްލަ ފައިމައްޗަށް ތެދުވެ އާމްދަނީ ހޯދޭވަރުގެ ކުންފުންޏެއް ކަމަށެވެ.
ހުރިހާވެސް އަމާޒަކީ ދައުލަތުގެ ފައިސާއަށް ބަރޯސާވުން ކުޑަކޮށް ދިވެހި ރައްޔިތުން ވީހާވެސް ކުޑައަގެއްގައި ހައްޖަށް ދިއުމަށް މަގުފަހިކުރުން - ޝަކީލް
އިރާދަ ކުރެއްވިއްޔާ މިއީ އެ މަސައްކަތުގެ ފެށުން. ކުރިއަށް މި އޮތް މަދު ދުވަސްތަކުގެ ތެރޭގައި ވަރަށް ގިނަ ބޮޑެތި ޕްރޮޖެކްޓްތަކެއް ތިޔަބޭފުޅުންނަށް ފެނިގެންދާނެ ހައްޖު ކޯޕަރޭޝަނުން ރާވާފައި ހުރި މަސައްކަތްތަކުގެ ތެރެއިން - ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް
ވޭތުވެ ދިޔަ 11 ވަރަކަށް އަހަރު ތެރޭ ހައްޖު ކޯޕަރޭޝަން ހިންގަމުން އައިސްފައިވަނީ ސަރުކާރަށް ވަރަށް ބޮޑަށް ބަރޯސާ ވެގެންކަމަށާއި، ވޭތުވެދިޔަ އަހަރުތަކުގައި އެ ކުންފުނި ހިންގަމުންގޮސްފައިވަނީ އެންމެ ރަނގަޅަށް ނޫންކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ޝަކީލް ވިދާޅުވީ ހައްޖު ކޯޕަރޭޝަނަކީ ސަރުކާރަށް ބަރޯސާ ނުވެ ހިންގޭ ވަރުގެ ތަނަކަށް ހެއްދެވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމެއް ކަމަށާއި، މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައީސް ވިދާޅުވިމަގުން ކަންކަން ކުރުމަށް ކަމަށެވެ.
ހައްޖު ކޯޕަރޭޝަނުން ހައްޖަށް ދިއުމުގެ އިންތިޒާމް ހަމަޖައްސައިދިނުމުގެ އިތުރުން އެކުންފުނިން އަންނަނީ އުމްރާގެ ހިދުމަތްތައްވެސް ފޯރުކޮށްދެމުންނެވެ. ޝަކީލް ވިދާޅުވީ ހައްޖާއި އުމްރާގެ ހިދުމަތްތަކަކީ ރައްޔިތުން ބަލައިގަންނަ ހިދުމަތްތަކަކަށް ވުމަކީ ރައީސްގެ އެދިވަޑައިގަތުމެއް ކަމަށާއި، ކުންފުނީގެ އެންމެހާ ހިދުމަތްތަކެއް އެ މަގުން ކުރިއަށް ދާނެ ކަމުގެ ޔަގީން ކަން ދިވެހި ރައްޔިތުންނަށް ދެއްވާ ކަމަށް ޝަކީލް ވިދާޅުވިއެވެ.
ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސް އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން އަނެއްކާވެސް ދަށްކޮށްފިއެވެ.
ދަރަނި ނުދެއްކިދާނެ ކަމުގެ ހިރާސް (ނުވަތަ ރިސްކު) އިންތިހާއަށް ބޮޑު ކަމަށް ބަލައި ބައިނަލްއަގުވާމީ ރޭޓިން އެޖެންސީ، ފިޗް ރޭޓިންސްއިން ރާއްޖޭގެ ކްރެޑިޓު ރޭޓިން "ސީސީ" އަށް ދަށްކޮށްފައި މިވަނީ، ހަމަ މިއަހަރު ޖޫން މަހު އެ އޭޖެންސީން  ރާއްޖޭގެ ދަރަނި ދެއްކުމުގެ ގާބިލުކަން "ސީސީސީ ޕްލަސް" އަށް ދަށްކުރުމަށްފަހު، 3 މަސްދުވަސް ވެސް ނުވަނީސް ދެވަނަ ފަހަރަށެވެ. އެ ފަހަރު ފިޗުން ވަނީ ފާއިތުވި ދެ އަހަރު "ބީ ނެގެޓިވް" (މިހާރު ދަށްކުރި "ސީސީ" ގެ 3 ހަރުފަތް މަތީ) ގައި ހުރުމަށް ފަހުއެވެ.
ފިޗު ރޭޓިންއަށް އާއްމުކޮށް ބަދަލުގެންނަނީ ނޫނީ "ރޭޓިން ރިވިޝަން" އެއް ގެންނަނީ އަހަރަކު އެއްފަހަރު ކަމަށްވިޔަސް، މިއީ މިހާ ކައިރިކައިރީގައި ޑައުންވޯޑް ރޭޓިން ރިވިޝަނެއް ގެނައި ފުރަތަމަ ފަހަރު ކަން ވެސް ފާހަގަކޮށްލުމާއި އެކު، ރޭޓިން ދަށްކުރި ސަބަބުތަކުގެ ގޮތުގައި ކުރިން (ޖޫންމަހުގެ ރޭޓިން) އެކޭ  އެއް ފަދައިން ރާއްޖޭގެ ހަޒާނާތައް އިންތިހާއަށް ދަށްވެ މަދުވުމާއި ބޭރުގެ ދަަރަނި އަދާކުރަން ހުރި ހިރާސްތައް، ހާއްސަކޮށް މި އަހަރުގެ ފަހު 3 މަހު (ފަހު ކުއާޓަރާއި) ކުރިއަށް އޮތް ދެ އަހަރުން ދަައްކަން ހުރި ބޮޑެތި ދަރަނިތައް ފާހަގަކޮށްފައިވެއެވެ.
ފިޗުގެ ރިޕޯޓުގައި ވާގޮތުން، މި އަހަރުގެ މޭ މަހު 492 މިލިއަން ޑޮލަރުގައި ހުރި ރާއްޖޭގެ ޖުމްލަ ބޭރު ފައިސާގެ ހަޒާނާއިން، މި އަހަރުގެ ޖުލައި މަހު ގާތްގަނޑަކަށް 20 އިންސައްތަ ދަށަށް ގޮސް، 395 މިލިއަން ޑޮލަރަށް ވަނީ ދަށްވެފައެވެ. ފިޗުން ވަނީ ރާއްޖޭގެ ބޭރުގެ ދަރަނި އަންނަ އަހަރު 557 މިލިއަން ޑޮލަރަށް މައްޗަށްގޮސް، އެ އަދަދު އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާކޮށްފައެވެ. އޭގެ ތެރޭގައި އަނބުރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކެއްވެސް ހިމެނެއެވެ.
ފިޗުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ބޭރު ފައިސާގެ ދަތިކަން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވެސް ދެމިއޮންނާނެ އެވެ. މީގެ މަައިގަނޑު ސަބަބެއްގެ ގޮތުގައި ޕަބްލިކް އިންވެސްޓްމަންޓް އިތުރުވުމާއި ރާއްޖޭން އިމްޕޯޓަށް ކުރާ ހަރަދުތައް ކުރިއަށް އޮތް ތަނުގައި ވެސް ކުރަމުން ގެންދަން ޖެހޭތީއާއި، އެކަންކަމާއި ގުޅިގެން ޑޮލަރުގެ ބޮޑު ތާށީކަމެއް އައިސް ޕެރެލަލް މާކެޓް (ނުވަތަ ކަޅު ބާޒާރާއި) ރަސްމީ ހަޒާނާ (ރިޒާވް) އަށްވެސް ޕްރެސަރު ބޮޑުވެ، ބޭންކިން ނިޒާމަށް ވެސް މީގެ ނުރަނގަޅު އަސަރުކޮށްފައިވާ ކަމަށް ފިޗުގެ ރޭޓިން ރިޕޯޓުގައިވެ އެވެ.
އޭގެ އިތުރުން ބޭރު ގައުމުތަކުން އެހީ ލިބޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަން ވެސް ފިޗުން ފާހަގަކޮށްފައިވެ އެވެ.
ފިޗްގެ ރިޕޯޓްގައި މިހާރުގެ މާލީ ހާލަތު ބަދަލުކުރުމަށް ރާއްޖެއަށް ކުރެވިދާނެ ކަންކަމުގެ ތެރޭގައި؛ ސްޓްރެޓެޖިކް ބައިލޭޓަރަލް ޕާޓްނަރުންނާ އެކު ޑޮލަރުގެ ބަދަލުގައި އެ ގައުމުތަކުގެ ފައިސާއިން މުއާމަލާތްކުރަން އެއްބަސްވުން ހެދުމަކީ ވެސް ބޭރުގެ މާލީއެހީ ރާއްޖެއަށް ލިބުމަށް މަގުފަހިވާނެ ކަމެއްކަމާއި، އިގުތިސާދު ހަމަ މަގަށް އެޅުވުމަށް ސަރުކާރުން ފިސްކަލް ސްޓްރެޓަޖީއެއް އެކުލަވައިލާ ތަންފީޒުކުރުމުން، ބޭރުގެ މާލީ އެހީ ލިބުމުގެ ފުރުސަތު ބޮޑުކަން ހާމަކޮށްފައިވެއެވެ.
މިކަން ނުކުރެވޭ ހާލަތުގައި ދެން އޮންނާނީ އައިއެމްއެފް އާއި އެހެން މަލްޓިލެޓަރަލް އެހީދޭ ޖަމިއްޔާތަކާއެކީ ދަރަނި ރީސްޓްރަކްޗާ ކުރުން ކަމަށް އެ އެޖެންސީން ބުނެފައިވެ އެވެ.
ފިޗުން މިގޮތަށް ބަޔާން ކުރިއިރު، މި މަސައްކަތްތައް ކުރަމުންދާކަން ސަރުކާރުންވަނީ ހާމަކޮށްފައެވެ. މިގޮތުން، މެދު ރާސްތާގެ ފިސްކަލް އަދި ދަރަނީގެ ސްޓްރެޓެޖީ އެކަށައަޅައި މަޖިލީހަށް ހުށައަޅައި ތަންފީޒުކުރަން ފަށާފައިވާކަމަށާާއި، އިންޑިއާ އަދި ޗައިނާއަށް ދައްކަންޖެހޭ ލޯނުތައް ރޯލްއޯވާ (ލަސް) ކޮށްދެމުންދާކަން ވެސް ހާމަކޮށްފައިވެއެވެ.
ސަރުކާރުގެ މެދު ރާސްތާގެ ފައިނޭންސިން ޕްލޭނާ އެއް ގޮތަށް ފައިސާ ލިބިދާނެ ކަމާ މެދު ވެސް ފިޗުން ސުވާލު އުފައްދާފައިވެ އެވެ. އޭގެ ތެރޭގައި އަންނަ އަހަރު ދަައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު ރީފައިނޭންސް ކުރުމާއި ސޮވްރިން ޑިވެލޮޕްމަންޓު ފަންޑުން 200 މިލިއަން ހަރަދުކޮށްގެން 2026 ގައި އެ ސުކޫކަށް 200 މިލިއަން ޑޮލަރު ދައްކަން ހުރި ގޮންޖެހުންތައް ފިޗުން ފާހަގަކުރި އެވެ.
ކުރިއަށް އޮތް ތަނުގައި ވެސް މި ދަރަނި އިތުރުވަމުން ދާނެ ކަމާއި، މީގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފިޗުން ފާހަަގަކުރީ (ސަރުކާރުގެ) މެދު ރާސްތާގެ ފިސްކަލް އިސްތިރާޖު (ނުވަތަ ސްޓްރެޓަޖީ) ގައި އޮތް ގޮތަށް ހަރަދުތައް ކުޑަނުކުރެވުމެވެ.
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި ސަރުކާރުގެ އަމާޒަކީ ސިޔާސަތުތައް އެކަށައެޅުމުގައި ނިންމާ ކޮންމެ ނިންމުމަކީ ހެއްކަށް ބިނާކޮށް ނިންމާ ނިންމުމަކަށް ހެދުން ކަމަށާއި ދިރާސާކުރުމަށް ކުރާ އިންވެސްޓްމަންޓު އިތުރުކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ "ތެވެލި ބައިނަލްއަޤްވާމީ މަހާސިންތާ 2024" ފެށުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައެވެ.
ގައުމެއް ބިނާކުރުމުގައި ދިރާސާތަކުގެ މުހިންމުކަމަށް އަލިއަޅުއްވައިލައްވަމުން ރައީސް ވިދާޅުވީ ސަރުކާރުން ނިންމާ ކޮންމެ ޕޮލިސީ ނިންމުމަކީ ހެކީގެ މައްޗަށް ބިނާވެފައިވާ ނިންމުންތަކެއް ކަމަށާއި އަދި ހަމަ އެހެންމެ ޕްރޮފެޝަނަލް ނިންމުންތަކެއްކަން ފާހަގަކުރައްވަމުން، އެކަމުގައި ތައުލީމީ ފަރާތްތަކާއި ދިރާސާކުރާ ފަރާތްތަކާއި ޕޮލިސީ ނިންމުންތައް ނިންމާ ފަރާތްތަކާއި ޕްރައިވެޓް ސެކްޓަރާއި އަދި އާންމު ފަރާތްތަކުންވެސް އެކުގައި ގުޅިގެން އެމަގަށް މަސައްކަތް ކޮށްދެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
"އަޅުގަނޑުމެން ތަސައްވުރުކުރަނީ، ކޮންމެ ސިޔާސަތެއް ވެސް ހެކިތަކަށް ބިނާކޮށް ނިންމަން، އަދި ކޮންމެ ގޮންޖެހުމަކާ ވެސް ތަޖުރިބާކާރުންގެ އިލްމުގެ މައްޗަށް ބިނާވެފައިވާ ހައްލަކާ އެކު ކުރިމަތިލުން" - ރައީސުލް ޖުމްހޫރިއްޔާ
ރާއްޖޭގެ ތަރައްގީގެ ނަމޫނާ މި މުޖުތަމައަށް ފެތޭތޯ ބެލުމާއި މުސްތަގުބަލުގެ ތަސައްވުރާއި ދިރާސާކުރުމުގެ ނިޒާމު ކުރިއެރުވުމާއެކު، ރާއްޖޭގެ އަމިއްލަ ދިރާސާތައް ކުރިއެރުވުމުގެ މުހިންމުކަން  ފާހަގަކުރައްވައި  ދިރާސީ ބިންގަލުގެ މައްޗަށް ބިނާވެފައިވާ މުސްތަގުބަލެއް ބިނާކުރުމަށް، ގައުމީ ރިސާޗް ކައުންސިލެއް އުފެއްދުމަށް ކުރެވޭ މަސައްކަތް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުން ދިރާސީ ވެއްޓަށް ތާއީދާއި މަދަދާއި ދެއްވާކަން ފާހަގަ ކުރައްވާފައެވެ.
ރައީސް ވިދާޅުވީ ދިރާސާކުރަން ކުރާ ހޭދަ އިތުރުވާއިރު، އަމާޒަކީ ރާއްޖޭގައި ކުރާ ދިރާސާތަކަކީ ބައިނަލްއަގުވާމީ އެންމެ މަތީ މިންގަނޑުތަކަށް ފެތޭ ދިރާސާތަކަށް ހެދުން ކަމަށާއި، ދަނޑުވެރިކަމާއި މަސްވެރިކަމާއި މޫސުމީ ބަދަލުތަކާއި އާންމު ސިއްހަތުގެ ނިޒާމުގެ އިތުރުން ދެމެހެއްޓެނިވި ފަތުރުވެރިކަމާއި ގުޅުންހުރި މުހިންމު މަސްރޫއުތަކެއް ކުރިއަށް ހުރި މަސްތަކުގައި ފައްޓަވާނެ ކަމުގައެވެ.
"ބްރިޖިންގ ބައުންޑަރީސް: އެކްސްޕްލޯރިންގ ސިނާޖީސް އެކްރޮސް ރިސާޗް ޑިސިޕްލިންސް" ގެ ފަލަސުރުހީގެ ދަށުން، ދުނިޔޭގެ އެކިގައުމުތަކުގެ މުރައްބީން ބައިވެރިވެ ވަޑައިގެން، މި އޮގަސްޓްމަގުގެ 19އިން 20 އަށް ޤައުމީ ޔުނިވަރސިޓީން އިންތިޒާމުކޮށްގެން ބޭއްވި 7 ވަނަ "ތެވެލި ބައިނަލްއަގްވާމީ މަހާސިންތާ"ގައި ރައީސް ވިދާޅުވީ، ހުރިހާ ރައްޔިތުން ވެސް ދިރާސާކުރުމުގެ އަގުވަޒަންކޮށް ސުވާލުކޮށް، ތައުލީމު އުނގެނެން ޖެހޭ ކަމަށާއި، ގައުމުގެ ކުރިއެރުމުގައި އެންމެން ސާމިލުވާންޖެހޭނެ ކަމަށާއި، އެކުގައި މަސައްކަތްކޮށްގެން ރާއްޖެއަކީ ދިރާސީ ކާމިޔާބީގެ ހަބަކަށް ހެދިދާނެ ކަމުގައެވެ.
- ތެވެއްޔަކީ އިރުހަނދު އަރައިގެން އަންނަ އިރު ނުވަތަ އޮއްސެންދާ އިރު އުދަރެހުން ފެށިގެން ފެންގަނޑުމަތީގައި ދޫލައެއްހެން ފެތުރިފައި އޮންނަ ރިހިކުލައިގެ ނުވަތަ ރަންކުލައިގެ އައްޔަށް ކިޔާ ނަމެކެވެ.
މަކަރާއި ހީލަތުން ފައިސާ ފޭރުމުގެ ވާހަކަތައް ދުވަހެއް ދުވަހެއް ގިނަވަމުން ދާއިރު، އެކަން ކުރާ އުކުޅުތަކާއި ރޭވުންތައްވެސް ދަނީ އީޖާދު ކުރަމުންނެވެ.
ޖަލު ގައިދީން ފޯނުކޯލާއި މެސެޖުކޮށްގެން އޮޅުވާލައިގެން ފައިސާހޯދުމާއި، ގިނަބަޔަކު ގުޅިފައިވާ 'ނެޓްވަރކް' ތަކުން، އެކިފަރާތްތަކުގެ ބެންކު އެކައުންޓުތަކަށް (ވަގަށް) ވަދެގެން ފައިސާ ފޭރުމަކީ މިހާރަކު އާ ވާހަކަތަކެއް ނޫނެވެ. ކުރުމުއްދަތެއްގައި ގިނަ ފައިސާލިބޭނެ ކަމަށް އިސްތިހާރުކޮށް، މީހުންގެ 'ބޯކާލައިގެން' ފާޑުފާޑުގެ ސްކީމްތަކުގެ ދަލުގައި ޖައްސައި ބޮޑަތި އަދަދުތަކުން ފައިސާ ފޭރުމަކީވެސް މިހާރަކު އާ ވާހަކަތަކެއް ނޫނެވެ.
ވިޔަފާރީގެ ޕްރޮޖެކްޓްތަކުގެ ނަމުގައި އާއްމު ބެލުންތަކުން ކިތަންމެ ވަރަކަށް ބަލައި ޗެކު ކުރިއަސް، ހީލަތްތެރި ޑީލްއެއްކަން ނޭނގޭވަރަށް ވަގުލިޔެކިޔުންތައް ތައްޔާރުކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާއި ގުޅިގެން ޓީޓީކޮށްގެންނާއި އެހެނިހެން ގޮތްގޮތުން ބިމެއް ނުވަތަ ރަށެއް ގަތުން ފަދަ އިންވެސްޓްމަންޓްތަކުގެ ނަމުގައި ހީލަތުން ފޭރޭ ބޮޑަތި އަދަދުތަކުގެ ހަގީގަތްތަކަކީވެސް އާއްމު ވެފައިވާ ކަމެކެވެ.
ވާނުވާ ނޭނގޭ ޖަލު ބަންދަކީ އުވާލަން ޖެހޭ ކަމެއްކަމަށް ވަކާލާތުކޮށް އެކަން 'ކޮޅެއްގައި ޖެހިދާނެ' ކަމަށް ބެލެވުނަސް، ވާނުވާ ނޭނގި ބިލުތައް ބޮޑުވާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމުގެ ދުވަހެއް، ކޮޅެއް މެދެއް ނޭނގޭއިރު، ސްޓެލްކޯ އާއި ފެނަކަ ފަދަ ތަންތަން ޖަވާބުދާރީ ކުރުވާނެ އޭސީސީއެއް ތެދުވާނެ ދުވަހެއް އަދި އަންނާނެކަން ކަށަވަރެވެ.
ފަހަކަށް އައިސް މިހުރިހާ އެންމެނަށްވުރެ މޮޅަށް، ރޯމާދުވާލު ފާޅުކަން ބޮޑުގޮތެއްގައި ހީލަތުން ފައިސާ ހޯދާނެ އުކުޅެއް އީޖާދުކޮށްފިއެވެ. އެއީ މޮބައިލް ބިލުތަކުން މީސްމީހުންގެ ބިލަށް، ކޮންމެވެސް "އެޑް-އޮން" އެއްގެ ނަމުގައި، ކުޑަ އަދަދެއް އިތުރު ކޮށްގެންނެވެ.
ބިލުގައި ކުޑަކުޑަ އަދަދެއް އިތުރު ކުރުމުން މީހުންނަށް އެކަން ފާހަގައެއް ނުކުރެވެއެވެ. ބިލަށް މާބޮޑު ތަފާތެއް ނާންނާތީ ބިލުގެ ތަފްސީލު ކޮންމެހެން ނުބަލަނީ މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކަށް ނޭނގިތިބެ އިތުބާރު ކުރެވި، އެފަދަ ހީލަތެއް ހަދާފާނެކަމަށް ހީނުކުރެވޭތީއެވެ.
އުރީދޫއިން މޮބައިލް ހިދުމަތް ބޭނުންކުރާ މީހުން ދޮޅުލައްކަ އަށްވުރެ އިތުރު ވެފައިވާއިރު ލައްކައެއްހާ މީހުންގެ ކޮންމެ ބިލަކަށް މަހަކު މިފަދައިން ކުޑަ އަދަދެއް އިތުރުކޮށްގެން އަހަރަކު 54 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ކަޅާކޮށްލެވެއެވެ. ވާނުވާ ނެނގޭ ކުދި އަދަދުތައް ކަސްޓަމަރުންގެ ބިލަށް ލަމުންދާތާ އެތައް އަހަރެއް ވެއްޖެއެވެ. އިސާހިތަކު ފެނުނީ ހުޅުމާލެއިން ބޮޑު ބިމެއްގައި، އުރީދޫގެ ބޮޑު އިމާރާތެއް އަޅާ ނިންމާލިތަނެވެ. ބިލަޔަނުން ފައިދާ ނަގަމުންދަނީ ކިހިނެތްކަމާއި މެދު ހިސާބުޖަހާ ބަޔަކަށް މާބޮޑު އޮޅުމެއް ނާރާނެއެވެ.
މީސްމީޑިއާގައިވެސް މިފަދަ ސަކުވާތައް ކޮށްފައި ހުރި އިރު، މި ނޫހަށް މައުލޫމާތު ދިން ފަރާތުން ހާމަކުރިގޮތުން އެ (ސްޓާ ޓޯކް ޑެއިލީ) އަކީ ކޯއްޗެއްކަން ނޭނގޭ ކަމަށާއި، އެފަދަ އެޑް-އޮން އެއް ނަގާފައި ނުވާނެ ކަމާއި، އެފަދަވިޔަސް އަދި އެހެންވެސް ލިންކަކަށްވެސް ފިތާފައި ނުވާނެއެވެ.
Mee mihaaru kon kameh? @OoredooMaldives
Perhaps a scam? pic.twitter.com/fYnTUpGsOB
— afey ???????? (@afeymohd) July 17, 2021
ކުންފުނިތަކުން އަގުނަގާ ކޮންމެ ކަމަކީ (ޕްރޮޑަކްޓެއް ނުވަތަ އެޑް-އޮން އެއް ވިޔަސް) އޭގެ ތަފްސީލު ކަސްޓަަމަރުންނަށް ސާފުކޮށް އެނގެންޖެހޭ އެއްޗަކަށް ވާއިރު، މައުލޫމާތެއް ބަލަންވިޔަސް ހަމައެކަނި ލިންކަކަށް ފިތާލުމުން އިތުރު މައުލޫމާތެއް ނުފެނި، ޔަގީންކަމެއް (ކޮންފަރމޭޝަން އެއް) ނުދެނީސް އެހިސާބުން ކޮންމެ މަހެއްގެ ބިލަށް އަދަދެއް އިތުރުވުމަކީ ބޮޑު މައްސަލައެކެވެ. މިއީ ޓެކުމާއި ފޭރުމަށް ދުނިޔޭގެ ހުނަރުވެރި ވަގުން (ސައިބަރ ކްރިމިނަލުން) ބޭނުންކުރާ ފިސިންގ (phishing) ގެ އުކުޅެކެވެ. ލިންކަކަށް ފިތާލުމާއެކު ލާރިކޮޅު ދިޔައީއެވެ. ނަމަވެސް އެއީ އެފަދަ ވަގުން ބޭނުންކުރާ އުކުޅެކެވެ. އުރީދޫ ފަދަ ކުންފުނިތަކުން ކޮށްފާނެ ކަމަށް ގަބޫލު ކުރަންދަތި ކަމެކެވެ.
މި ނޫހުން ބެލި ބެލުމުން އެނގުނީ ރާއްޖޭގެ އުރީދޫ ވެބްސައިޓުގައި، "ސްޓާޓޯކް ޑެއިލީ" (Startalk Daily) ގެ ވާހަކަ (މި ލިޔުން ލިޔުމާއި ހަމައަށް) އެއްވެސް ވަރަކަށް ހިމަނާފައި ނުވާކަމެވެ. އަދި އެ އެޑް-އޮންގެ ޗާޖު ބިލަށް އަރަންފެށި ސަބަބެއް ކަމަށް އުރީދޫއިން (ތުހުމަތުކޮށް ބަހަނާއެއްގެ ގޮތުގައި) ބުނީ ލިންކަކަށް ފިތުމުން ކަމަށްވެސް މި މައްސަލައިގެ މައުލޫމާތު މިނޫހަށް ދިން ފަރާތުން ހާމަކުރިއެވެ. އަދި މީސްމީޑިއާގައިވެސް މިފަދަ (ވާނުވާ ނޭނގޭ)  ޗާޖުތަކުގެ ވާހަކަތައް ދައްކާފައިވާކަންވެސް ފާހަގަވެއެވެ.
މިނޫހަށް މައުލޫމާތު ދިން ފަރާތުން ބުނިގޮތުގައި، އެ މައްސަލަ އުރީދޫގައި ޖެއްސުމުން އެ އަދަދު ތަކުގެ ރިފަންޑު ދޭނެކަމަށް އުރީދޫއިން ބުނެފައިވާ ކަމަށެވެ.
ލިޔެކިޔުންތައް އިލެކްޓްރޯނިކް ވިއުގަތަކުގައި ތަރުތީބުވެ، ކަރުދާސް ބިލެއް އެއްވެސް ފަރުދަކަށް ނުލިބޭއިރު، ބިލު ޑައުންލޯޑުކޮށް އެގޮތަށް ބިލުގެ ތަފްސީލު ވަކިވަކިން އައިޓަމަކުން ބަލަނީ ކިތައް މީހުންތޯއެވެ؟ ކުރީގެ ބިލުތައް ބަލަން ބޭނުންވިޔަސް ބެލެނީ ފާއިތުވީ 3 މަހުގެ ބިލު އެކަނިކަމަށާއި، އިތުރު ބިލު ބަލަން ބޭނުންނަމަ އުރީދޫއަށް މެއިލްކޮށް، ސިޓީފުޅެއް ފޮނުވައި ނުވަތަ އުރީދޫ ހެޑްއޮފީހަށް ގޮސް އެތައް ތަކުލީފެއްގައި އުޅެ އެތައް ދުވަހެއް ފަހުން މެނުވީ ކުރީގެ ބިލުތައް (ތަފްސީލީ ބިލުތައް) ނުލިބޭ ކަމަށްވެއެވެ. އެފަރާތުން މައުލޫމާތު ދިން ގޮތުގައި، ފެންނަންހުރި ފާއިތުވީ ތިން (މަހުގެ) ބިލުގައިވެސް އެ ޗާޖު ހިމަނާފައިވާ ކަމަށާއި،  އޭގެކުރިންވެސް އެގޮތަށް ފައިސާ ފޭރިފައިވާނޭކަމަށް އެނާއަށް ގަބޫލުކުރެއެވެ. އެކަން ކަށަވަރުވާނީ ކުރީގެ ބިލުތައް ލިބުމުންކަމަށްވެސް އެފަރާތުން މައުލޫމާތު ދިނެވެ.
ސީއެސްއާރު ނަމުގައި އެކިވަރުގެ އަދަދުތައް ކޮންމެވެސް ނަމެއްގައި ބަހައި، ހިސާބު ދިމާނުވާ އަދަދުތައް ޖަހައި، ކޮންމެވެސް ކަމެއް/ޕްރޮޖެކްޓެއް ހިންގުމުގެ މަތިއަޅުވައި ހޭދަކުރުމަކީވެސް، ބީޕީޓިން ރެކެން ބޮޑަތި ބައެއް ކުންފުނިތަކުން ކުރާކަމެކެވެ.
ހައިރާން ވާންޖެހޭ ކަމަކީ މިފަދަ ކަންކަން ބަލަން، ކޮމިއުނިކޭޝަން އޮތޯރިޓީ އަކާއި، އެންޓި-ކޮރަޕްޝަން އަކާއި ފުލުސް އިދާރާއެއްވެސް ހުރެމެ، އެކަންކަން، ކަމާވެ އެދެވޭ ގޮތެއްގައި ބަލައި ރައްޔިތުންގެ ޖީބުތަކުން ފައިސާ ފޭރުން ހުއްޓުވުމަކީ "ރޮކެޓް ސައިންސަށް" ވުރެ ފޮމިއުލާތައް ގިނަ އުނދަގޫ ކަމަކަށްވެ، ހިމާލިޔާ ފަރުބަދަ ކެނޑުމަށްވުރެ ބޮޑުކަމަކަށްވެ، ޒިންމާ އަދާނުކުރެވިފައި ވާކަމެވެ.
ރަޖިސްޓްރީނުވެ ގިނަ ދުވަސްތަކެއް ވަންދެން ހުޅުމާލޭގައި އެކި ތަންތަނުގައި ބަހައްޓާފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ހުޅުމާލޭ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުން މިމަހު 23 ވަނަ ދުވަހު ވަނީ ފަށާފައެވެ.
ފުލުސްއޮފީހުުން ނެރުނު ބަޔާނުގައި ވަނީ ނިމިދިޔަ ހަފްތާގެ އަންގާރަ ދުވަހު ފެށި އެ މަސައްކަތުގެ ތެރެއިން ހުޅުމާލޭގެ އެކި ސަރަހައްދުތަކުން، ހަތަރު ފުރޮޅުލީ 10 އުޅަނދު އެ ދުވަހު ނަގާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް، ރަޖިސްޓްރީނުކޮށް ހުޅުމާލޭގެ މަގުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނެގުމާއި އުޅަނދު ރަޖިސްޓްރީކޮށްފައިވަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތްކުރަމުން ގެންދާނެކަމަށެވެ. އެ ބަޔާނުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މަގުތަކަކީ އެންމެނަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ކުރަމުންދާ މި މަސައްކަތްތަކުގެ ތެރެއިން، ސައްހަ ނޫން ރަޖިސްޓްރީ ހަދައިގެން ދުއްވާ އުޅަނދުތައް ހޯދައި ފިޔަވަޅުއެޅުމުގެ ކަންކަން ވެސް ކުރަމުން ގެންދާނެ ކަމަށްވެސް ވެއެވެ.
2020 ވަނަ އަހަރު މާލޭގެ މަގުތައް ތޮއްޖެހުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ކުރީގެ ނައިބުރައީސް އިސް ނަންގަވައިގެން އޭރުގެ ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުގެ އިސްބޭފުޅުން ބައިވެރި ވެޑައިގެން މަސްވަރާތައް ކުރިއަށް ގެންގޮސްފައިވެއެެވެ. މާލޭގެ މަގުމަތީގައި ތޮއްޖެހުން ކުޑަކޮށް އެއްގަމު އުޅަނދު ޕާކް ކުރުމުގައި ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމާ ބެހޭގޮތުން ބޭއްވުނު މަސްވަރާތަކުގައި (އޭރުގެ) މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާއާއި، އެމިނިސްޓްރީގެ ބައެއް އިސްވެރިންނާއި، މާލެ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދާއި ފުލުހުންގެ ފަރާތުން ބޭފުޅުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.
އެގޮތުން ވެހިކަލް ޕާކިންގެ މައްސަލަތައް ހައްލުކުރުމަށް ކުރަންޖެހޭ ކަންކަމާއި ޓްރެފިކްގެ ކަންކަން ރަނގަޅު އިންތިޒާމެއްގެ ދަށުން ކުރިޔަށް ގެންދިއުމުގެ މުހިންމުކަމާއި، މާލޭގެ މަގުތަކަކީ ތޮއްޖެހުން ކުޑަ ހިތްފަސޭހަ ތަނަކަށް ހެދުމަށް އެހާރުން އެހާރަށް ކުރެވެން ހުރި ކަންކަން  ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތް ފުޅާކޮށް މި ޚިދުމަތް ހަރުދަނާ ކުރުމާއި ގުޅޭގޮތުންނާއި، ކުރިޔަށް އޮތްތަނުގައި ޓްރެފިކްގެ ކަންކަމަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަސްވަރާކުރެވުނެވެ.
ރެޖިސްޓްރީ ނުވެހުރި އުޅަނދުތައް މިމަހު 23 ވަނަ ދުވަހު (ޓޯވް ކޮށް) ނަގަން ފަށާފައިވާއިރު، ޖެހިގެން އައި 24 ވަނަ ދުވަހު މާލެ ސަރަހައްދުގެ މަގުތަކުގެ ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކުރުމަށް "މާލެ ފަހި" ނަމުގައި ޕްރޮގްރާމެއް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ އިފްތިތާހު ކުރައްވާފައެވެ.
މި ޕްރޮގްރާމުގައި ހިމެނޭ ގިނަ ކަންކަމަކީ، ކަމާ ގުޅުންހުރި އިދާރާތައް ހިމެނޭހެން އެކުލަވާލި "އަރބަން ޓްރެފިކް ޑީ-ކޮންޖެސްޝަން މެނޭޖްމަންޓް ކޮމިޓީ" ގެ ލަފަޔާއި މަސްވަރާ އާއެކު އެކުލަވާލި ޕްލޭނުގައިވާ ހަރަކާތްތަކެއް ކަމަށާއި، އެކަންކަން ބެހޭ މައިގަނޑު 3 ބައި ވަނީ ހާމަކުރައްވާފައެވެ. އެއީ:
ގާނޫނާއި ގަވާއިދުގެ ތެރެއިން ވެހިކަލް ރަޖިސްޓްރީކުރުމާއި އުޅަނދުގެ އަދަދު ކޮންޓްރޯލްކުރުން
ޕަބްލިކް ޓްރާންސްޕޯޓްގެ ވަސީލަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްގީކުރުން
މަގުތަކަކީ ދަތުރުފަތުރާއި ހިނގައި ބިނގާވެއުޅެން ރައްކާތެރި އަދި ފަސޭހަ އަމާން ތަންތަނަށްހެދުން
މީގެ ތެރޭގައި:
ގަރާޖްނެތި ދައުރު ކުރަމުންދިޔަ ގަރާޖު ސިޓީތަކުގެ ބޭނުން ނުކުރެވޭނެގޮތް ހެދުމުގެ ސަބަބުން ކާރު ރެޖިސްޓަރ ކުރި އަދަދު އެވްރެޖުކޮށް 122 އިން 60 އަށް ދަށް ވެފައިވުން؛
މަގުމައްޗަކީ ގުދަންކުރާ ތަނެއްގެ ގޮތުގައި އޮތްއޮތުން ނިމުމަކަށްގެނެސް، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުމުރަށް ނުފެތޭ އެއްގަމު އުޅަނދެއް، ރޯޑް ވެހިކަލެއްގެ ގޮތުގައި ރާއްޖެ އެތެރެކުރުން މަނާކުރެވޭނެގޮތަށާއި (އަމިއްލަބޭނުމަށް ނުވަތަ ވިއްކުމަށްވިޔަސް) ގަރާޖު ނުވަތަ ގުދަން ކުރެވޭނެ ފެސިލިޓީއެއް އޮތުމުންނޫނީ އެތެރެ ނުކުރެވޭނެ ގޮތަށް ގާނޫނު އިސްލާހުކުރުން؛
ޑޮމެއިންގެ ހިދުމަތް އޯޕަން ބިޑިންގ ނިޒާމުގެ ތެރެއަށް ގެނެސް، ޑޮމެއިންތަކާއި އެހިދުމަތް ޒަމާނީކޮށް، ރެކޯޑެއް ނެތި ދީފައިހުރި ޑޮމެއިން ނަންބަރުތައް އާންމުކޮށް، އެކަމަށް ގާނޫނީ ހައްލެއް ހޯދުން؛
ވެހިކަލް ލިމިޓް ކުރުމާއި ޢުމުރު ކަނޑައަޅައި، ވަކި ރަށެއްގައި ނުވަތަ ސިޓީއެއްގައި ނުވަތަ ސަރަހައްދެއްގައި އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުން؛
ގަރާޖުގެ ވެރިފަރާތަށް ނޭނގި ވެހިކަލް ރަޖިސްޓްރީކުރުމާއި، ރެޖިސްޓްރީ ކުރާ ޖާގަ އެހެންކަމަކަށް ބޭނުންކުރުން ހުއްޓުވުން ހިމެނެއެވެ.
މާލޭ ސަރަހައްދުގައި ވެހިކަލްތައް ގިނަވެ މަގުތައް ތޮއްޖެހެމުން ދާކަމަކީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. ހައްލުވެސް ހޯދަން ޖެހި، ހޯދާނެ ހައްލުތަކުގެ ވާހަކަ ނުދައްކާ އެއްވެސް ބަޔަކުވެސް ނެތެވެ. ނަމަވެސް ވަށާޖެހޭނެ ހައްލެއްގެ ވާހަކަ ހަމަ އެކަކުވެސް ނުދައްކައެވެ. ޖުމްލަ ހައްލެއް ލިބިދާނެ ކަމެއްވެސް ނުކުރެއެވެ.
ކަމެއް ކުރަންވާނީ އެކަމެއް ކުރުމުގެ ކުރިން ކުރަންޖެހޭ ކަންކަންވެސް ކޮށްފައެވެ. މިސާލެއްގެ ގޮތުން 2023 ވަނަ އަހަރު މާލޭ ސިޓީ ކައުންސިލްގެ 86 ވަނަ ޖަލްސާގައި، ނުގަވާއިދުން ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގައި ޖޫރިމަނާ ސްޓިކަރ ޖެހުމާއި، މާލޭގައި ހުރި ބައެއް ޕާކިންގ ޖާގަތަށް ނަގަމުންދިއުމުގެ ކަންބޮޑުވުން ފާޅުކޮށް، ޕާކު ކުރާނެ ޖާގަ ނުދައްކައި އެކިއެކި ޖޫރިމަނާތައް ކޮށް، ވެހިކަލް ޓޯވް ކުރުމުގެ މައްސަލައިގެ ވާހަކަތައް ދެކެވުނެވެ. އަދި މާލޭގެ ލޭންޑް ޔޫސް ޕްލޭން، އޭރުގެ ސަރުކާރުން ފާސްކޮށްނުދީ މަރުތަޅު އަޅުވައި ހިފަހައްޓާފައިވާތީ، މޭޔަރު މުއިއްޒު 5 އަހަރުގެ ދައުރަށް އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވެސް ހިމަނާފައިވާ މާލޭގެ 8 ތަނެއްގައި އަޅާނެ ޕާކިންގް ބިލްޑިންގްތަކެއް އެޅުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް އަޑުހަރުކޮށް ވާހަކަ ދައްކައި ބަޔާންތައް ނެރެފައި ވެއެވެ. ރަނގަޅު ވާހަކައެކެވެ. އިހަށް ކުރަން ޖެހޭ ކަންކަން އިހަށް ކުރަންޖެހޭނެއެވެ. އަދަބު ދޭންވާނީ އަދަބު ނުލިބޭނެ ގޮތް އޮވެ، އަމަލު ނުކުރުމުންނެވެ.
Male ge parking massala hallu nukurevi lasvanee parking building thah elhumah Council in kuramun dhaa masakkai thakah sarukaarun huras alhamun gedhaathee. Huras neylhi nama, miadhu madhuvegen 6 parking building Male gai imaaraai kurevifai hunnaane. Magumathin kuyyah dhey slot…
— Dr Mohamed Muizzu (@MMuizzu) June 11, 2023
މާލެއަށް ކާރު އެތެރެ ކުރާ ކޮންމެ މީހެއްގެ ގަރާޖެއް ނޯވެއެވެ. އެއްބަޔަކަށް ގަރާޖު (ސިޓީ) ލާޒިމްވެގެން އެ ހޯދިއިރު، އަނެއް ބަޔަކަށް އެ ގަރާޖު (ސިޓީ) ވެސް ހޯދާކަށް ނުޖެހުނެވެ. ކާރު ރެޖިސްޓަރ ކޮށްދިނީ މަގުމައްޗަށެވެ. މީގެ މިސާލަކި ހުޅުމާލޭގެ (އަގުބޮޑު) ޕްރައިވެޓް ފްލެޓު ގަނެފައިވާ މީހުންނަށް، ގަރާޖެއް ނެތި އެޗްޑީސީގެ ސިޓީއަކުން މަގުމައްޗަށް އެމީހުންގެ ކާރުތައް ރެޖިސްޓަރ ކޮށްދީފައިވާ ކަމެވެ.
މާލޭގެ ހުރިހާ ގޯތިތައް ކަހަލަ ގޮތަކަށް، ހުރީ ބައިބައިކޮށް ފޮތިފޮތިކޮށް އާއިލާގެ މީހުންނަށް ބަހާފައެވެ. އެމީހެއްގެ ބައި އެމީހަކު 2 ބުރިއަށް ނުވަތަ ދިހަބާރަ ބުރިއަށް ހަދައެވެ. ބިލްޑިންގ ކޯޑުގައި އިމާރާތުގެ ތިރީ ބުރީގައި ގަރާޖެއް އޮތުން ލާޒިމު ކުރެވިދާނެއެވެ. ތިރީ ބުރީގައި ގަރާޖުވެސް ހެދީއެވެ. ނަމަވެސް އެ ގެއަށް ވަންނަން އޮންނަ ގޯޅިން އެ ޖަރާޖަށް ހަމަ ގައިމުވެސް ކާރެއް ވެއްދޭ ފުޅާމިނެއް ނެތެވެ. ދެންކުރާނީ ކީތް ހެއްޔެވެ؟ ކާރެއް ހޯދުމުގެ ހައްގުން އެމީހާ މަހުރޫމް ވީހެއްޔެވެ؟ ކުއްޔަށް ނަގައިގެންވެސް ކާރު ރެޖިސްޓަރ ކުރާނެ ގަރާޖެއް މިހާރަކު ނެތެވެ.
(ހުޅުމާލެ ފަދަ ތަންތަނުގައި) ފްލެޓްތަކުގައި އުޅޭ މީހުން ޖަރާޖެއް ހެދޭނެ ގޮތެއްވެސް ނޯވެއެވެ. އެމީހުންނަށް ކާރެއް ހޯދުމުގެ ހައްގު ނެތީހެއްޔެވެ؟ އޮތްނަމަ، އެގޮތަކީ ކޮބައިބާވައެވެ؟ އެމީހެއްގެ ގަރާޖު އެމީހަކު ހަދަން ބިންކޮޅެއްދެނީ ހެއްޔެވެ؟ ނުވަތަ އެއްކަލަ ޕާކިންގ އިމާރާތުން، އެމީހާގެ ކާރު ރެޖިސްޓަރކޮށް ބާއްވާނެޕާކިންގ ޖާގައެއް ކުއްޔަށް ދެނީ ހެއްޔެވެ؟ ނުވަތަ އެބުނާ ގަރާޖު (ސިޓީ) ގަންނާނީ ހެއްޔެވެ؟
ރަށް ރަށަށް ވެހިކަލް ގެނެވޭނެ އަދަދު (ކޯޓާ) ކަނޑައެޅުމުން، އެންމެ ފުރަތަމަ އެކަން ކުރާނީ ކޮންބައެއް ހެއްޔެވެ؟ ފައިސާވެރިންނާއި ވިޔަފާރިވެރިން ނޫންބާވައެވެ؟ އަވަހިއްޔާ އަވަހެވެ. (ފައިސާތަކެއްނެތް) އާދައިގެ ރައްޔިތުމީހާ ފައިސާކޮޅެއް ރައްކާކޮށްގެން ކާރެއް/ވެހިކަލެއް ގެންނަން ބެލިއިރު އެތެރެ ކުރެވޭކަށް ނެތެވެ، ކޯޓާ ހަމަވެއްޖެއެވެ. ކަށިބެހި ދުވަހު މީމަހަށް ލިބުނު ނަސީބެއް ނުލިބުނެވެ. ގާނޫނު އަސާސީގައި ބުނާ ހަމަހަމަ ހައްގެއް ނުލިބުނެވެ.
އަލަށް ވެހިކަލެއް އެތެރެކުރާނަމަ، ގަރާޖު ހޯދަންޖެހޭކަން މިހާރު އެނގެއެވެ. އެ ނުހޯދައި (ޓޯވްކުރުމުން ޖޫރިމަނާ ދައްކައި އަލުން ނެރެ ބާއްވާއިރަށް އަނެއްކާ ޓޯވްކޮށް މިސަކަރާތެއްގައި ވެހިކަލް ރެޖިސްޓަރ ނުކުރެވި އެ ހަލާކު ކުރާކަށް) އެތެރެއެއް ނުކުރާނެއެވެ. ކާރު/ވެހިކަލް އޮތީ (މި ގަވައިދާއި ފިޔަވަޅުތަކުގެ ކުރިން) އެތެރެވެފައެވެ. ކަންކުރާނެ، ކަން ވާނެ ގޮތެއް، ހައްލެއް ބުނެދީ  ދައްކަދޭން ވާނެއެވެ. ބައެއްގެ އަގުބޮޑު މުދަލެއް ފަނާ ކުރުވައިގެން ނުވާނެވެ. ފުރުސަތެއް ދޭންވާނެއެވެ. ހީލަތް ހަދަންނުޖެހި، އުސޫލެއްގެ ތެރެއިން އެކަން ވާނެ މަގެއް ދައްކަންވާނެއެވެ. އޭރު މާލޭސިޓީ ކައުންސިލުން އަޑު އުފުލި ފަދައިން އިހަށް ކުރަންޖެހޭ ކަންކަން ކުރާނީ ފަހަކުންނެއް ނޫނެވެ.
މޭޔަރު މުއިއްޒު މިއަދު ހުންނެވީ ސަރުކާރާއި ހަވާލުވެ ރައީސުލް ޖުމްހޫރިއްޔާ ކަމުގައެވެ. މާލޭގެ ލޭންޑް ޔޫސް ޕްލޭން ފާސްކޮށް މޭޔަރު މުއިއްޒު ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތަންފީޒުކޮށް، ޕާކިންގް ބިލްޑިންގްތައް އަޅާތަން ފެންނާނެކަމުގެ އުއްމީދުގައި ތިއްބާ ފެންނަނީ ސްޓިކަރ ޖަހާތަނެއް ނޫނެވެ. ވެހިކަލްތައް ޓޯވްކޮށް ގެންދާ މަންޒަރެވެ. ކޮންމެ ފަހަރަކު ދިހަ ހާހުން ޖޫރިމަނާކުރާތަނެވެ. އެތައް ހޭދައެއް ކޮށް، އެތައް ތަކުލީފެއް އުފުލައި، އެމީހާގެ ކާރު/ވެހިކަލް އެތެރެކޮށްފައި ތިބިމީހުން، އެ ރެޖިސްޓަރ ކުރާނެ ގޮތެއް ނެތި، ގޮތް ހުސްވެ މާޔޫސްވެފައިވާ މަންޒަރެވެ.
ފަލަސްތީނަށްޓަކައި މަގުރިބާއި ފަތިސް ނަމާދަށްފަހު ގުނޫތު ކިޔުމަށް އިސްލާމީ ކަންކަމާއިބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އެދިވަޑައިގެންފިއެވެ.
އިޒުރޭލުގެ ގަތުލުއާންމަކީ "ދެ ގައުމެއް ދޭތެރޭ ހިނގާ ކަމެއް" ކަމަށް ވެރިކަންކުރާ ޕީއެންސީން ބުނުމުގެ ސަބަބުން އާއްމު ރައްޔިތުން ނުރުހުން ސަރުކާރަށް އަމާޒުވެފައި ވަނިކޮށް، ވަޒީރު ޝަހީމް އިއްޔެ އެކްސް ގައި ލިޔުއްވާފައިވަނީ:
ފަލަޞްޠީނުގެ ހިތްދަތި ޙާލަތާގުޅިގެން، މިއަދުން ފެށިގެން މަޣުރިބު ނަމާދާއި ފަތިސް ނަމާދުގައި ޤުނޫނު ނާޒިލާ ކިއުމަށް އިމާމުންނަށް އަންގާނެ. މުސްލިމުންނަކީ އެއް ހަށިގަނޑެއް. އިސްލާމީ އުންމަތަށް ދިމާވެފައިވާ ހިތްދަތި މިވަގުތަކީ އިޚުލާޞްތެރިކަމާއެކު ދުޢާކުރަންވީ ވަގުތު.
— Mohamed Shaheem Ali Saeed (@Mohamedshaheem1) May 29, 2024
ހަމަ ތިޔަ ހިތާމައިގާ ގުނޫތު ކިޔަކިޔާ ތިއްބާނޫންތޯ އެކަން މަނިކުފާނު ހުއްޓަވާލެއްވީ، މިހާރު އަނެއްކާ ގުނޫތު ކިޔަން ތި އަންގަވަނީ، އިޒްރޭލުގެ ގަތުލުއާންމަކީ "ދެ ގައުމެއް ދޭތެރޭ ހިނގާ ކަމެއް" ކަމަށް ޕީއެންސީން ބުނުމުން އަމާޒުވި ފާޑުކިއުންތަކާ ގުޅިގެން އެކަން އޮއްބާލަންތޯ؟
— zakee (@ibrahimzakee) May 29, 2024
މީގެ ކުރިން ހުރިހާ ނަމާދެއްގައި ގުނޫތު ކިޔަން އިސްލާމީ  ކަންކަމާބެހޭ ވުޒާރާއިން އެންގީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 11 ގަ އެވެ. ނަމަވެސް (ވެރިކަން ބަދަލުވުމަށް ފަހު) މިދިޔަ ފެބްރުއަރީ މަހުގެ 4 ގައި އެ ވުޒާރާއިން ވަނީ އެދުވަހުގެ މަގްރިބް ނަމާދަށްފަހު ގުނޫތު ކިޔުން ވަގުތީ ގޮތުން ހުއްޓާލަން އަންގައިފައެވެ.
ފަލަސްތީނުގެ ރައްޔިތުން މަރައި ބިންތައް ފޭރިގަނެ އެބިންތަކުގައި ވަޒަންވެރިވެ ގަނެގެން ތިބި އިޒުރޭލުގެ އާއްމު ރައްޔިތުންގެ ތެރޭން 90 އިންސައްތަ، އިޒުރޭލުން ފަލަސްތީނަށް ކުރާ ލާއިންސާނީ އަމަލުތަކާއި، ގަތުލު އާއްމަށް ތާއީދު ކުރާކަމަށް ދުނިޔޭގެ އެކިއެކި ދިރާސާތަކާއި ރިޕޯޓުތަކާއި ވީޑިއޯތަކުން ސާބިތުކޮށްދީފައި ވެއެވެ. އިޒުރޭލުގެ އާއްމު ރައްޔިތުންގެ އެތައް ބަޔަކު ނިކުމެ، ފަލަސްތީނަށް ގެންދާ ކާއެތިކޮޅު ފަލަސްތީނަށް ވާސިލުވިޔަ ނުދިނުމަށް، އެތަކެތި ފޭރި އުކައި ޗަސްކޮށް ހަލާކުކުރާ އެކިއެކި ވީޑިއޯ މަންޒަރުތައް މީސްމީޑިއާގައި މިހާރުވެސް ފެތުރެމުންދާކަމީ މިކަމުގެ ކުޑަ ހެއްކެކެވެ.
Abby Martin:
“It's not just Netanyahu, 95% of Israelis are terrorists. I saw it first hand.”
pic.twitter.com/tPuINWwgyu
— Dr. Anastasia Maria Loupis (@DrLoupis) May 29, 2024
ދިވެހި ރާއްޖެއަށް އިޒުރޭލު މީހުން އެރުން މަނާކުރުމަށް ނިމިދިޔަ މަޖިލިހުން ފާސްކޮށްފައި ވީނަމަވެސް މިސަރުކާރުން އިޒުރޭލުގެ ޕާސްޕޯޓް ބޭންކޮށް އެކަން ތަންފީޒުނުކުރާތީ ރާއްޖޭގެ ރައްޔިތުން ސަރުކާރުގެ ބަސްމަގު ދެކޮޅު ނުޖެހޭކަމަށް ބުނަމުން ގެންދެއެވެ.
އިޒުރޭލުގެ އަމާޒަކީ ފަލަސްތީނުގެ ރައްޔިތުން މަރައި، ބާކީ ތިބިނަމަ ތިބި ބަޔަކު އެތަނުން ފައްސާލައި ފަލަސްތީނުގެ ބިންތައް ފޭރިގަނެ އެތަނުގައި ޔަހޫދީން ވަޒަންވެރި ކުރުވުމެވެ.
ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގު ހެޔޮ ވުމާއި ގުޅިގެން އެސް.ޓީ.އޯ އިން ތެޔޮ ވިއްކާ އަގު ދަށްކޮށްފިއެވެ.
މިއީ އޮގަސްޓު 2022 އިން ފެށިގެން ޖެހި ޖެހިގެން އެސްޓީއޯއިން ތެޔޮ ވިއްކާ އަގު ދަށްކުރި 5 ވަނަ ފަހަރެވެ. މި ބަދަލާއި އެކު ޑީސަލް ލީޓަރަކުން 70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި ކުޑަ ވާނެއެވެ.
މި ބަދަލާއި އެކު ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަންތަކުން މިއަދުން ފެށިގެން ތެޔޮ ލިބޭނީ ތިރީގައިވާ އަގުތަކަށެވެ.
ޕެޓްރޯލް:
ކުރީގެ އަގު: ލީޓަރެއް 14.33ރ
ކުޑަކުރީ: 0.35ރ
މިހާރުގެ އަގު: 13.98ރ
ޑީސަލް:
ކުރީގެ އަގު: ލީޓަރެއް 14.62ރ
ކުޑަކުރީ: 0.70ރ
މިހާރުގެ އަގު: 13.92ރ
ދުނިޔެއަށް ކުރިމަތިވި އާލަމީ ވަބާ، ކޮވިޑް19 ގެ ކުރިން ޕެޓްރޯލް ލީޓަރެއް 11.39ރ. އަށް އަދި ޑީސަލް ލީޓަރެއް 11.97ރ. އަށް ވިއްކިއެވެ. އެފަދަ ގޮންޖެހުމެއް މިހާރު ރާއްޖެއަށް ކުރިމަތިވެފައި ނެތްއިރު، އެސްޓީއޯ އިން އަބަދުވެސް މަސައްކަތް ކުރަނީ އެ ކުންފުނިން ފޯރުކޮށްދޭ އެންމެހާ ހިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިއުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ. މި ގޮތުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގަށް އަންނަ ބަދަލުތަކާއި އެކު، ރާއްޖޭގައި ތެޔޮ ވިއްކާ އަގުތައްވެސް ބަދަލު ކުރަމުން ދާނެ ކަމުގެ ޔަގީން ކަން އެސްޓީއޯއިން ދީފައި ވެއެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުން ގޯތި ލިބުނު 2000 އަށް ވުރެ ގިނަ މީހުން ގުޅީފަޅަށް ބަދަލުވާން އެދިއްޖެ އެވެ.
ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކުން ގުޅީފަޅަށް ގޯތި ބަދަލުކުރަން، ހިނގަމުންމިދާ ސަރުކާރުން ހުޅުވާލި ފުރުސަތުގައި 2210 މީހުން ގުޅިފަޅަށް ބަދަލުވާން އެދިފައި ވެއެވެ.
ގިރާވަރުފަޅުގެ ލޭންޑްޔޫސް ޕްލޭނަށް މިސަރުކާރުން ގެނައި ބަދަލުތަކާއެކު، ކުރީ ސަރުކާރުން އެތަނުން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ، ގިރާވަރުފަޅުން 1347 ގޯތި ގުޅިފަޅަށް ބަދަލުކުރަން މިސަރުކާރުން އިއުލާންކުރީ ނިމިދިޔަ އޭޕްރީލް މަހުގަ އެވެ.
ގުޅިފަޅަށް ބަދަލު ކުރަން ނިންމާފައި ވަނީ 1250 އަކަފޫޓުގެ 193 ގޯއްޗާއި، 1650 އަކަފޫޓުގެ 663 ގޯއްޗާއި، 2050 އަކަފޫޓުގެ 487 ގޯއްޗާއި، 2450 އަކަފޫޓުގެ 4 ގޯއްޗެވެ.
އެޗްޑީސީން ޖުމްލަ 1096 ފުރުސަތަށް ހުޅުވާލާފައިވާނީ 4 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. ގިނަ ބަޔަކު ގުޅީފަޅުގެ ގޯތިތަކަށް ކުރިމަތިލާފައިވާތީ، މިނިސްޓްރީން ވަނީ އެގޯތިތަކުގެ ގުރުއަތުލުން އަންނަ މަހުގެ 4 ގައި ނެގުމަށް ނިންމާފަ އެވެ. އެހެން ނަމަވެސް، ގުރު ނަގާ ތަނާއި ގަޑި ފަހުން އާންމުކޮށް އިއުލާންކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައި ވެއެވެ.
ގުޅީފަޅަށް ގޯތި ބަދަލުކުރަން އެދި ހުށަހެޅި މީހުންގެ އަދަދު:
1. 1250 އަކަފޫޓުގެ 193 ގޯތި: ބަދަލު ކުރަން އެދި ހުށަހެޅީ 1093 މީހުން
2. 1650 އަކަފޫޓުގެ 663 ގޯތި: ބަދަލު ކުރަން އެދި ހުށަހެޅީ 880 މީހުން
3. 2050 އަކަފޫޓުގެ 487 ގޯތި: ބަދަލު ކުރަން އެދި ހުށަހެޅީ 234 މީހުން
4. 2450 އަކަފޫޓުގެ 4 ގޯތި: ބަދަލު ކުރަން އެދި ހުށަހެޅީ 3 މީހުން
ގޯތި ބަދަލުކުރަން އެދިފައިވާ ކެޓަގަރީތަކުގެ ތެރެއިން 2050 އަދި 2450 އަކަފޫޓުގެ ގޯތި ލިބުނު މީހުން ކަނޑައަޅާފައިވާ އަދަދަށް ވުރެ މަދު ކަމުން، އެ މީހުންގެ މެދުގައި ގުރުނެގުން ނޯންނާނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.
ނިމިދިޔަ ސަރުކާރުން ގުޅީފަޅު ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 02 ޖުލައި 2023 ގައެވެ. ގުޅީފަޅު ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާއި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުއްލާ އިންތިހާބުކޮށް، ނައިބު ރައީސަކަށް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އިންތިހާބުކޮށްފިއެވެ.
20 ވަނަ މަޖިލިހުގެ 93 މެންބަރުންގެ ތެރެއިން ރިއާސަތުގައި އިންނެވި އަހްމަދު ސިޔާމް ފިޔަވައި 92 މެންބަރުން މި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރައީސަކަށް ހުށަހެޅުނު ދެބޭފުޅުންގެ ތެރެއިން އަބްދުއް ރަހީމް އަބްދުއްލާއަށް ލިބިވަޑައިގެންނެވީ 71 ވޯޓެވެ. އެމްޑީޕީގެ ފަރާތުން މަޖިލީހުގެ ރައީސަކަށް ހުށަހެޅި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލަށް ލިބިވަޑައިގެންނެވީ 14 ވޯޓެވެ. 7 ވޯޓެއް ވަނީ ބާތިލު ވެފައެވެ.
ނައިބު ރައީސަކަށް ހުށަހެޅުނު ދެބޭފުޅުންގެ ތެރެއިން އަހްމަދު ނާޒިމަށް ލިބިވަޑައިގެންނެވީ 80 ވޯޓެވެ. އެމްޑީޕީގެ ފަރާތުން މަޖިލީހުގެ ނައިބު ރައީސަކަށް ހުށަހެޅި މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ އަށް ލިބިވަޑައިގެންނެވީ 12 ވޯޓެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބު ކާމިޔާބު ކުރައްވައި ވިހިވަނަ މަޖިލީހަށް ހޮވުނު މެންބަރުން މިއަދު ހުވާކުރައްވާފައިވަނީ އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މީގެ ކުރިން ބޭއްވި ހާއްސަ ޖަލްސާގައެވެ. މެންބަރުންނަށް ހުވާލައިދެއްވީ އުއްތަމަފަނޑިޔާރު އަލްއުސްތާޒު އަހުމަދު މުޢުތަސިމް އަދުނާނެވެ.
ވިހި ވަނަ މަޖިލީހަކީ މިހާތަނަށް އެންމެ ގިނަ މެންބަރުން ދާއިރާތައް ތަމްސީލު ކުރާ މަޖިލީހެވެ. އެގޮތުން 93 މެންބަރުން ހިމެނިވަޑައިގަންނަވައެވެ. މި މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ނަގާފައިވަނީ ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީންނެވެ. އެގޮތުން މަޖިލީހުގައި ތިއްބަވާ 93 މެންބަރުންގެ ތެރެއިން ޕީއެންސީގެ ޕީޖީގައި 75 މެންބަރުން ތިއްބަވާނެއެވެ. މައިނޯރިޓީ ޕާޓީ ތަމްސީލުކުރާނީ 19 ވަނަ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ތަމްސީލްކުރި އެމްޑީޕީންނެވެ. މިދިޔަ މަހު ބޭއްވި އިންތިހާބުގައި އެ ޕާޓީއަށް ކާމިޔާބު ކުރެވިފައިވަނީ 12 ގޮނޑިއެވެ.
ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރަކަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ ކަނޑައަޅުއްވާފައެވެ. އަދި ސީނިއަރ ޑެޕިއުޓީ ޕީޖީ ލީޑަރަކަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލާއި، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގާއި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވަނީ ކަނޑައަޅުއްވާފައެވެ.
އެމްޑީޕީ އަދި މަޖިލީހުގެ މައިނޯރިޓީ ޕީޖީ ލީޑަރަކަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ އިންތިހާބުކޮށްފައެވެ. އެ ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރުންނަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދާއި މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ ވަނީ އިންތިހާބު ކޮށްފައެވެ.
މިނިވަން މެންބަރުންގެ ގޮތުގައި މި މަޖިލީހުގައި ތިއްބަވާނީ ދެ މެންބަރުންނެވެ. މީގެ އިތުރުން ޖުމްހޫރީ ޕާޓީއާ އެމްއެންޕީގެ މެންބަރެއްގެ އިތުރުން އެމްޑީއޭގެ ދެ މެންބަރުންވެސް މަޖިލީހުގައި ތިއްބަވާނެއެވެ.
<colgroup><col style="width: 50.048%;"><col style="width: 50.048%;"></colgroup>
1. ޙުސައިން ޝަރީފު - ހުޅުމާލެ އުތުރު ދާއިރާ
2. ޢަބްދުﷲ ޝަޛީމް - ހުޅުމާލެ މެދު ދާއިރާ
3. އަޙްމަދު ޝަމްހީދު - ހުޅުމާލެ ދެކުނު ދާއިރާ
4. އަޙްމަދު އައިފާން - ހެންވޭރު އުތުރު ދާއިރާ
5. ޙުސައިން ނާޞިޙް - މެދުހެންވޭރު ދާއިރާ
6. ޙުސައިން އިމްރާން ލަޠީފް - ހެންވޭރު ދެކުނު ދާއިރާ
7. ޢަލީ އިބްރާހީމް - ހެންވޭރު ހުޅަނގު ދާއިރާ
8. މުޙައްމަދު އިބްރާހީމް - ގަލޮޅު އުތުރު ދާއިރާ
9. މީކާއީލު އަޙްމަދު ނަސީމް - ގަލޮޅު ދެކުނު ދާއިރާ
10. އިބްރާހީމް މުޙައްމަދު - މައްޗަންގޮޅި އުތުރު ދާއިރާ
11. އަޙްމަދު ޟަމީރު - މައްޗަންގޮޅި މެދު ދާއިރާ
12. މުޞްޠަފާ ޙުސައިން - މައްޗަންގޮޅި ދެކުނު ދާއިރާ
13. މުޙައްމަދު ނާޡިމް - މާފަންނު އުތުރު ދާއިރާ
14. އަސްމާ ރަޝީދު - މާފަންނު މެދު ދާއިރާ
15. ޢަބްދުﷲ ރިފާޢު - މާފަންނު ދެކުނު ދާއިރާ
16. މުޙައްމަދު މުޞްޠަފާ އިބްރާހީމް - މާފަންނު ހުނޅަގު ދާއިރާ
17. މުޙައްމަދު އިސްމާޢީލް - ވިލިމާލެ ދާއިރާ
18. ޢަލީ މޫސާ - ހޯރަފުށި ދާއިރާ
19. އަޙްމަދު ނަޞީރު - އިހަވަންދޫ ދާއިރާ
20. އިބްރާހީމް ޝުޖާޢު - ބާރަށު ދާއިރާ
21. ޢަބްދުއްލަޠީފް މުޙައްމަދު - ދިއްދޫ ދާއިރާ
22. ޢަބްދުﷲ ޝަރީފް - ކެލާ ދާއިރާ
23. ޢަބްދުލްޣަފޫރު މޫސާ - ހަނިމާދޫ ދާއިރާ
24. މުޙައްމަދު ރަޝީދު - ނޮޅިވަރަމް ދާއިރާ
25. ޙުސައިން ޒިޔާދު - ވައިކަރަދޫ ދާއިރާ
26. މުޙައްމަދު ދާއޫދު - ކުޅުދުއްފުށި އުތުރު ދާއިރާ
27. ފަރުޙަތު މުޙައްމަދު - ކުޅުދުއްފުށި ދެކުނު ދާއިރާ
28. އާދަމް ޝަފީޤު - މަކުނުދޫ ދާއިރާ
29. އަމީން ފައިސަލް - ކަނޑިތީމު ދާއިރާ
30. ޙަސަން މުފީދު ޢަބްދުލްޤާދިރު - މިލަންދޫ ދާއިރާ
31. މުޙައްމަދު އިބްރާހީމް - ކޮމަންޑޫ ދާއިރާ
32. މުޙައްމަދު މަމްދޫޙް - ފުނަދޫ ދާއިރާ
33. މުޙައްމަދު ޢަފޫ ޙާމިދު - ކެނދިކުޅުދޫ ދާއިރާ
34. ޙުސްނީ މުބާރިކް - މަނަދޫ ދާއިރާ
35. މުޙައްމަދު ޢައްބާސް - ވެލިދޫ ދާއިރާ
36. ޢަބްދުއްސައްތާރު މުޙައްމަދު - ހޮޅުދޫ ދާއިރާ
37. ޢަބްދުއްލަޠީފް ޢަބްދުއްރަޙްމާނު - އަލިފުށި ދާއިރާ
38. އިބްރާހީމް ޝިފާޒް - އުނގޫފާރު ދާއިރާ
39. މުޙައްމަދު ޢަލީ - ދުވާފަރު ދާއިރާ
40. އިބްރާހީމް ފަލާޙް - އިނގުރައިދޫ ދާއިރާ
41. އަޙްމަދު ޒާހިރު - މަޑުއްވަރި ދާއިރާ
42. ޢަބްދުލްޙަންނާން އަބޫބަކުރު - ތުޅާދޫ ދާއިރާ
43. އަޙްމަދު ސަލީމް - އޭދަފުށި ދާއިރާ
44. މަޢުރޫފް ޛާކިރު - ކެންދޫ ދާއިރާ
45. މުޙައްމަދު ޝިރުހާން - ހިތާދޫ ދާއިރާ
46. މުޙައްމަދު އަބްދުއްރަޙްމާން - ހިންނަވަރު ދާއިރާ
47. ޔާސީން އަބްދުﷲ - ނައިފަރު ދާއިރާ
48. މުޙައްމަދު ޝާމިން ޙަބީބު - ކުރެންދޫ ދާއިރާ
49. މުންތަޡިމް އިބްރާހީމް - ކާށިދޫ ދާއިރާ
50. އިބްރާހީމް ނަސީމް - ތުލުސްދޫ ދާއިރާ
51. ޙުސައިން ރިޟާ އާދަމް - މާފުށި ދާއިރާ
52. އަނާރާ ނަޢީމް - ހުރާ ދާއިރާ
53. ޙަސަން ޒަރީރު - މަތިވެރި ދާއިރާ
54. ޙުސައިން ސަމީރު - ތޮއްޑޫ ދާއިރާ
55. ޤާސިމް އިބްރާހީމް - މާމިގިލި ދާއިރާ
56. އަޙްމަދު ޠާރިޤް - މަހިބަދޫ ދާއިރާ
57. ޢަބްދުﷲ ރަޝީދު - ދަނގެތި ދާއިރާ
58. އާދަމް ޒާހިރު - ފެލިދޫ ދާއިރާ
59. މުޙައްމަދު ނިއުޝާދު - ކެޔޮދޫ ދާއިރާ
60. އަޙްމަދު ނާޡިމް - ދިއްގަރު ދާއިރާ
61. އިބްރާހީމް ނައުފަލް - މުލަކު ދާއިރާ
62. އަޙްމަދު އަސްލަމް - ބިލެތްދޫ ދާއިރާ
63. ފާޠިމަތު ސަޢުދާ - ނިލަންދޫ ދާއިރާ
64. އަޙްމަދު ސިޔާމް މުޙައްމަދު - މީދޫ ދާއިރާ
65. ޙުސައިން ޙަމީދު - ކުޑަހުވަދޫ ދާއިރާ
66. ޙަސަން ވަޙީދު - ވިލުފުށި ދާއިރާ
67. އަޙްމަދު ރިޔާޟް - ތިމަރަފުށި ދާއިރާ
68. ޢަލީ އަޝްރަޤް - ކިނބިދޫ ދާއިރާ
69. ހަނާން މުޙައްމަދު ރަޝީދު - ގުރައިދޫ ދާއިރާ
70. އިސްމާޢީލް ޝަފީޢު - އިސްދޫ ދާއިރާ
71. ޔޫސުފް ނަޝީދު - ގަމު ދާއިރާ
72. ޢަބްދުއްރަޙީމް ޢަބްދުﷲ - ފޮނަދޫ ދާއިރާ
73. އަޙްމަދު ޝާކިރު - މާވަށު ދާއިރާ
74. ޢާޒިމް ޢަބްދުލްޢަޒީޒް - ވިލިނގިލި ދާއިރާ
75. މުޙައްމަދު ފަޟީލް - ދާންދޫ ދާއިރާ
76. އަސަދުﷲ ޝިހާބް - ގެމަނަފުށި ދާއިރާ
77. އިބްރާހީމްދީދީ - ކޮލަމާފުށި ދާއިރާ
78. ސަޢުދުﷲ ޙިލްމީ - ތިނަދޫ އުތުރު ދާއިރާ
79. މުޙައްމަދު އަލްސަން އަޙްމަދު - ތިނަދޫ ދެކުނު ދާއިރާ
80. މުޙައްމަދު ޝަމީޒް - މަޑަވެލި ދާއިރާ
81. އަޝްރަފް ރަޝީދު - ފަރެސްމާތޮޑާ ދާއިރާ
82. މުޙައްމަދު ޢަލީ - ގައްދޫ ދާއިރާ
83. ޙަމަދު ޢަބްދުﷲ - ފުވައްމުލަކު އުތުރު ދާއިރާ
84. ޢަލީ ފަޒާދު - ފުވައްމުލަކު މެދު ދާއިރާ
85. އިބްރާހީމް ޙުސައިން - ފުވައްމުލަކު ދެކުނު ދާއިރާ
86. މުޙައްމަދު ޝާހިދު - ހުޅުދޫ ދާއިރާ
87. އިސްމާޢީލް ނިޒާރު - ފޭދޫ އުތުރު ދާއިރާ
88. އިބްރާހީމްދީދީ - ފޭދޫ ދެކުނު ދާއިރާ
89. އަޙްމަދުދީދީ - މަރަދޫ ދާއިރާ
90. މުޙައްމަދު ސިނާން - ހިތަދޫ އުތުރު ދާއިރާ
91. އަޙްމަދު އަޒާން މަރުޒޫޤު - ހިތަދޫ މެދު ދާއިރާ
92. އިބްރާހީމް ނާޒިލް - ހިތަދޫ ދެކުނު ދާއިރާ
93. ޢަބްދުއްރަޙްމާން - އައްޑޫމީދޫ ދާއިރާ
ގދ. ފަރެސްމާތޮޑާ އަހްމަދު އިހްސާން، އޭނަގެ 3 އަހަރުގެ ދަރިފުޅު އައިޝަތު އިޔާން ހުންއައިސްގެން ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން (ޑރ. ޕަވާލް) ބައްލަވާފައި އިންފެކްޝަނެއް ހުރުމުން، (ޖެންޓަމިސިން ކިޔާ) ބާރުގަދަ އެންޓިބަޔޯޓިކެއް އެ ކުއްޖާއަށް ދެއްވިއެވެ. އޭގެ ފަހުން އެ ކުއްޖާ ކަންފަތް ބީރުވެ އަޑު އިވުމުގެ ނިއުމަތުން މަހުރޫމް ވެގެން ދިޔައެވެ.
އެއީ 2007 ވަނަ އަހަރެވެ. ސިއްހީ ހިދުމަތް ދިނުމުގައި އިހުމާލުވި އެ މައްސަލަ، ކަމާބެހޭ ހުރިހާ ވުޒާރާތަކަށް އިހުސާން ހުށަހެޅިއެވެ. އަޅާ ނުލުމުން، އެރަށު ކޯޓަށްވެސް ހުށަހެޅިއެވެ. މައްސަލަ ނިމިގެން ދިޔައީ އިހުސާނާއި ދެކޮޅަށް، ޑޮކްޓަރާއި ހޮސްޕިޓަލުގެ އިހުމާލެއް ނެތް ކަމަށެވެ. އިހުސާން އެ މައްސަލަ ދިވެހި ރާއްޖޭގެ ހައިކޯޓަށްވެސް ހުށަހެޅިއެވެ. ހުކުން އައީ ހަމަ އެގޮތަށެވެ؛ މެޑިކަލް ނެގްލިޖަންސެއް ނެތް ކަމަށެވެ.
އައިޝަތު އިޔާންގެ މުސްތަގުބަލް ބަދަލުވެ ބަނަވެގެން ދިޔަ އެ އިހުމާލުގެ އިންސާފު ހޯދަން އިހުސާންގެ ހުރިހާ ވަގުތަކާއި ރައްކާކުރެވިފައި ހުރި ފައިސާކޮޅު ގުރުބާން ކުރަން ފަސްޖެހުމެއްނެތި،  ރާއްޖޭންނާއި ރާއްޖެއިން ބޭރުގެ މާހިރުންނަށް ކުރިންހެދި ޓެސްޓުތަކާއި ރިޕޯޓުތައް ދައްކައި، އިތުރު ޓެސްޓުތައް ހަދައި އިހުމާލެއް އޮތްތޯ ނެތްތޯ ކަށަވަރުކުރިއެވެ. އަދި އެ އެންމެންގެ ލަފަޔާއި ރިޕޯޓުތަކާއި އެކު އޭނާ ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރިއެވެ.
އެތައް އަހަރު ތަކަކަށް ދިގުދެމިގެންދިޔަ އެ މައްސަލައިގެ ހުކުން، 25 ޖުލައި 2019 ގައި ސުޕްރީމް ކޯޓުން އިއްވިއެވެ. 12 އަހަރުވީ އެ މައްސަލައިގެ ހުކުން އައީ ދައުލަތާއި ދެކޮޅަށް، އިހުސާނާއި އެއްކޮޅަށެވެ. އައިޝަތު އިޔާނަށް ފަރުވާ ދިނުމުގައި އިހުމާލު ވެފައިވާ ކަމަށް ކަނޑައަޅައި، ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުންނާއި ހައިކޯޓުން އިއްވާފައިވާ ހުކުންތައް ބާތިލުކޮށް، އިޔާނަށް ލިބުނު އިޔާދަ ނުކުރެވޭނެ ގެއްލުމުގެ ބަދަލާއި، ނަފްސާނި ގެއްލުމުގެ ބަދަލާއި، އިހުސާނަށްވި މާލީ ގެއްލުމުގެ ބަދަލާއި އެކު ޖުމްލަ 7،119،100 (ހަތް މިލިޔަން އެއްލައްކަ ނަވާރަހާސް އެއްސަތޭކަ) ރުފިޔާ ދައުލަތުން ދިނުމަށެވެ.
މި ހުކުން ވެގެން ދިޔައީ މިފަދަ ހުކުމެއް (ހާއްސަކޮށް ދައުލަތަކާއި ދެކޮޅަށް) ސަރުއީ ކޯޓަކުން ނެރުނު ފުރަތަމަ ހުކުމަށެވެ. އިހުސާންގެ ދަރިފުޅުގެ އަޑު އިވުން އިޔާދަ ނުވިއެވެ. ނަމަވެސް އެއީ އިހުސާނަށާއި އޭނަގެ ދަރިފުޅަށް ކުޑަކުޑަ ތަސައްލީއެއް ލިބުނު އަދި ސަރުކާރުތަކަށް ދެވުނު ވަރުގަދަ މެސެޖެކެވެ. ބޭސްފަރުވާ ދޭ ތަންތަނަށާއި މީހުންނަށް ދެވުނު އިންޒާރެކެވެ.
އެހެން ނަމަވެސް ހިތާމައަކީ އެދުވަސް ހަނދާން ނެތި ގޮސްފައިވާ ކަމެވެ. ސިއްހީ ހިދުމަތް ދޭ ފަރާތްތަކާއި، ހުދު ސަރުކާރާއި ގާނޫނު ހަދައި ގާނޫނު ތަންފީޒު ކުރާ ފަރާތްތައްވެސް މެއެވެ.
10 އަހަރުގެ މިޝްކާ، 2021 ވަނަ އަހަރުގެ ޖޫން 2 ގައި ނިޔާވި ހާދިސާއަކީ އަދި އެއަށްވުރެ ހިތާމަވެރި ހާދިސާއެކެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވެ އައިސޮލޭޝަންގައި ހުއްޓައި، ހާލުދެރަވި މިޝްކާއަށް ފަރުވާ ލިބުން ލަސްވީ އެމްބިއުލާންސް އަށް އެދި އެޗްޕީއޭއަށް ގުޅާތާ އެތައް ވަގުތެއް ދިޔަ އިރު ވެސް އެއްވެސް ސިއްހީ އެހީއެއް ނުލިބި ލަސްވުމުގެ ސަބަބުންނެވެ. ދެ ގަޑިއިރާއި ތިރީސް މިނެޓު ވީފަހުން، ހޮސްޕިޓަލަށް ގެންދެވުނު އިރު ނޭފަތުން ލޭ އައިސް، ހާޓް އެޓޭކެއް ޖެހި ހުއްޓިފައި އޮތް ފާތިމަތު މިޝްކާ މުޙައްމަދު ނިޔާވީ ވެންޓިލޭޓަރުގައި އޮންނަތާ 24 ގަޑިއިރު ފަހުންނެވެ.
ކުއްލި ގޮތަކަށް މިޝްކާ ނިޔާވުމުގައި ސިއްހީ ހިދުމަތް ދިނުމުގެ އިހުމާލު ނުވަތަ މެޑިކަލް ނެގްލިޖަންސް ވާކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ނިންމައި ރިޕޯޓުތައް ނެރެފައި ވެއެވެ. އަދި އިހުމާލުވި ފަރާތަކީ އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނިޝާން އަހުމަދުކަމަށް ކަނޑައަޅައި، އޭނާގެ މައްޗަށް ތަހުގީގު ހިންގައި، ޖިނާއީ ދައުވާކުރުމަށް (ޕީޖީއޭ) ކިބައިން އެދިފައި ވެއެވެ. އަދި އެ މައްސަލަ ބަލައިދިނުމަށް (އަމިއްލަ ފަރާތަކުން) ކޯޓަށް ހުށަހެޅި ނަމަވެސް އެ މައްސަލަ މިއަދާއި ހަމައަށްވެސް އޮތީ ނުނިމިއެވެ.
ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު (ނަންބަރު 13/2015) ގެ 50 ވަނަ ބާބާއި، ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު (ނަންބަރު 29/2015) ގެ 35 ވަނަ ބާބުގައި، ސިއްހީ ހިދުމަތް ދޭ ފަރާތުގެ ޒިންމާތައް ފަނޑުގޮތަކަށް ބަޔާން ކޮށްފައިވީ ނަމަވެސް، ސިއްހީ ހިދުމަތް ދިނުމުގައި ސާމިލުވާ ހުރިހާ ފަރާތްތަކާއި ކަންކަން ހިމަނައި، އެ ހިދުމަތް ދިނުމުގައި އިހުމާލު ނުވަތަ މެޑިކަލް ނެގްލިޖަންސް ގާނޫނަކީ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ހަދައި ތަރައްގީކޮށް، އެ ނެތުމުން ސިއްހީ ހިދުމަތުގެ ރައްކާތެރިކަން ފުރިހަމަ ގޮތުގައި ދިނުމާއި ލިބިގަތުމުގައި ދިމާވާ ގޯސްތައް ނެތި/ނުވަތަ މަދުވެ، އެ ގާނޫނުގެ ހިމާޔަތާއި ރައްކާތެރިކަމާއި ފައިދާ، އެ ގައުމު ތަކުގެ އެންމެންނަށްވެސް ލިބެމުންދާ ވަސީލަތަކަށް ވީއިރު، ރާއްޖޭގައި މިއީ ނެތް ގާނޫނެކެވެ.
ދިވެހި ރާއްޖޭގައި މި ގާނޫނު ހެދުމަށް 2023 ވަނަ އަހަރު، އޭރުގެ ސަރުކާރާއި ގާނޫނު ހަދާ މަޖިލިހުގެ ލެޖިސްލޭޓިވް (ގާނޫނީ) އެޖެންޑާއަށް ލައި، މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެހެން ނަމަވެސް، ދިވެހި ރާއްޖޭގެ ގާނޫނީ ހަޔާތަށް 92 އަހަރު ވެގެން ދިޔައިރު، މުހިއްމުކަން ބޮޑު މިފަދަ އެތައް ގާނޫނުތަކެއް ވުޖޫދުކުރެވިފައި ނުވާކަން ފާހަގަވެއެވެ.
މި ފަހަކަށް އައިސް މާލެ ސަރަހައްދުގައި އާދަޔާ ހިލާފަށް ކަރަންޓު ބިލުތަކުގެ އަދަދުތައް ބޮޑުވެފައިވާ ކަމުގެ ސަކުވާތައް ގިނަ ބަޔަކު ވަނީ ކޮށްފައެވެ. ކަރަންޓު ބޭނުންކުރެވޭނެ މިންވަރުކަމަށް ގަބޫލު ނުކުރެވޭ ވަރަށް ބޭނުންކޮށްފައި ހުރި ކަމަށް (ޔޫސޭޖު) ހިމަނައި އަދަދުތައް ބޮޑުކޮށްފައިވާ އެތައް ސަތޭކަ ބިލުތަކުގެ ފޮޓޯތައް މީސްމީޑިޔާގައި އާއްމުކޮށްފައި ވެއެވެ.
މީގެ ކުރިން ހިންގާފައިވާ މިފަދަ އެހެން ހީލަތަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ބ. ކަމަދޫ ބްރާންޗުން ކަރަންޓް ބިލް ތައްޔާރުކޮށް އެރަށުގެ ގޭގެއަށާއި ވިޔަފާރިތަކަށް ފޮނުވިއިރު ބިލުތަކުގެ ޖުމްލަ އަދަދަށް ބަދަލު ގެނެސް ފައިސާ ނަގާފައިވާ މައްސަލައެވެ.
މި މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދިފައިވަނީ ބ. ކަމަދޫ ބްރާންޗުގެ ކުރީގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު އެ ރަށު މިނާ، އާއިޝަތު ސަމިއްޔާގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައި ވަނީ ރަސްމީ ހައިސިއްޔަތުން ވާޖިބު އަދާކުރުމުގައި ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އަމިއްލައަށް ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދައުވާ އާއި ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއް ގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ.
އޭސީސީން ބުނީ 2017 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް އާއިޝަތު ސަމިއްޔާ ފެނަކަ ކޯޕަރޭޝަނުގެ ބ.ކަމަދޫ ބްރާންޗުގެ ކަރަންޓް ބިލުތަކުން ޖުމްލަ 375،405.52ރ (ތިން ލައްކަ ހަތްދިހަ ފަސްހާސް ހަތަރު ސަތޭކަ ފަސް ރުފިޔާ ފަންސާސް ދެ ލާރި) ނަގާ އެ ފައިސާ ބޭނުން ކޮށްފައިވާ ކަމަށެވެ.
އެފައިސާ އަނބުރާ ހޯދުމަށް ފެނަކަ ކޯޕަރޭޝަނަށް އެންގުމަށް ވެސް އޭސީސީން ވަނީ ނިންމާފައެވެ. އަދި މި އަމަލުގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް އެފައިސާ އަނބުރާ ހޯދައިދިނުމަށް އެންގުމަށް ވެސް ވަނީ ނިންމާފަ އެވެ.
ބަންޑާރަ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމު ކުރާތާ ހަ މަސް ތެރޭގައި ގޯތީގެ ރަޖިސްޓްރީ ދޫކުރަން ޖެހޭ ގޮތަށް ބިމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ނުކުރައްވާ އަނަބުރާ މަޖިލީހަށް ފޮނުއްވާ ލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެންމެ ބުނީ ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް ނުވަ ވަނަ އިސްލާހު ގެނައުމުގެ ބިލާއި މެދު އަލުން ވިސްނާވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެން މި ބިލު ތަސްދީގު ނުކުރައްވާ އަނބުރާ ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވާލާފައިވާ ކަމަށެވެ.
މި ބިލަކީ އޭޕްރީލް 29 ވި ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 22 ވަނަ ޖަލްސާ އިން ފާސްކޮށް މެއި ދޭއް ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ތަސްދީގު ކުރެއްވުމަށް އެދި ފޮނުއްވާފައިވާ ބިލެކެވެ.
ބިމާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅާފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމެވެ. އެ އިސްލާހު ގައި ބަޔާންކޮށްފައި ވަނީ ގޯތި ލިބޭ ދާއިމީ ލިސްޓު ގެޒެޓްކުރާތާ ގިނަވެގެން ހަ މަސް ތެރޭގައި ގޯތި ލިބުނު މީހުންނަށް ކަމާ ގުޅޭ އިދާރާއިން ގޯތި ހަވާލުކުރަން ޖެހޭނެ ކަމަށެވެ.
މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އޮތުމުން މި އިސްލާހު ހުށައަޅާ ފާސްކުރި ނަމަވެސް އެމްޑީޕީގެ ސަރުކާރުން ގޯތި ދީފައި ވަނީ ހިއްކާ ނުނިމޭ ތަންތަނުން ކަމުގައި މިސަރުކާރުން މީގެ ކުރިންވަނީ ބުނެފައެވެ.
މި ސަރުކާރުގެ އެންމެ ހާއްސަ (ސިގްނޭޗަރ) ޕްރޮޖެކްޓް ކަމުގައިވާ ރަސްމާލެ (ފުށިދިއްގަރު ފަޅު) ބިން ހިއްކަން ފަށާފައި، މިހާރު ވަނީ އެކަން ހުއްޓިފައެވެ. އަދި ހިއްކާފައިވާ 9 ވަރަކަށް ހެކްޓަރުގެ ވެސް ގިރަމުން ދާތާ މަސްތަކެއް ވެއްޖެއެވެ.
ގްރީން ޓެކުހުގެ ފައިސާ ޖަމާ ކުރާ "ގްރީން ފަންޑު" ގައި މިއަހަރުގެ މިހާތަނަށް 1.3 ބިލިއަން ރުފިޔާ ޖަމާވެފައި ހުރި ކަމަށް ދައްކައިފި އެވެ.
ގްރީން ފަންޑުގެ ރިޕޯޓް ދައްކާ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ގްރީން ފަންޑުގައި 1.1 ބިލިއަން ރުފިޔާ ހުއްޓެވެ. އަދި މި އަހަރުގެ މިހާތަނަށް މި އަދަދު ވަނީ 1.3 ބިލިއަން ރުފިޔާއަށް އިތުރު ވެފަ އެވެ.
މި އަހަރު ގްރީން ފަންޑު
މިހާތަނަށް ޖުމްލަ ޖަމާވި - 202 މިލިއަން
ޖުމްލަ ހަރަދުކުރި - 94 މިލިއަން
ފަންޑުގައި ހުރި - 1.3 ބިލިއަން
މިދިޔަ ފެބްރުއަރީ މަހު ގްރީން ފަންޑަށް 102 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަލަށް އުފެދުނު ރައީސް މުއިއްޒުގެ ސަރުކާރު، މި ދިޔަ ނޮވެންބަރު މަހު ހަވާލުވިފަހުން މި އަހަރުގެ ފެބްރުވަރީ އާއި ހަމައަށް، ގްރީން ފަންޑަށް ލިބުނު ފައިސާއިން ހަރަދު ކުރި ރަށްތަށް (މާލެ ނުހިމަނައި) ތިރީގައި އެވަނީއެވެ. ގިނަ ރަށްތަކަށް އެ ފަންޑުން އެއްވެސް މިންވަރެއް މި މުއްދަތުގައި (މި ސަރުކާރު އައިފަހުން) ދީފައި ނުވާކަން ފާހަގަ ވެއެވެ.
ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަ ކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.
އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތުގެ ތަހުގީގު ކުރަމުންދާތީ ފުރުންމަނާކޮށް ޕާސްޕޯޓް ހިފަހައްޓާފައިވާ، ބައްސާމް އަދީލް ޖަލީލް ފީފާގެ ކޮންގްރެސްގައި ބައިވެރިވާން ރަޖިސްޓަރީ ކޮށްފިއެވެ.
ފީފާގެ މި އަހަރުގެ އާންމު ކޮންގްރެސް ބާއްވާނީ ތައިލެންޑްގެ ވެރިރަށް ބެންކޮކްގަ އެވެ. އަންނަ ހުކުރު ދުވަހު ބާއްވާ ކޮންގްރެސްގައި ފީފާގެ މެންބަރު 211 ގައުމުން 3000 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާނެ ކަމަށް ފީފާއިން ލަފާ ކުރެއެވެ.
މި ފަހަރު ކޮންގްރެސްގައި 2027 ވަނަ އަހަރު ބާއްވާ އަންހެނުންގެ ވޯލްޑް ކަޕް ބާއްވާނެ ގައުމެއް ކަނޑައެޅުމަށް މެންބަރު ގައުމުތަކުގެ ވޯޓަށް އަހާނެއެވެ.
ކޮންގްރެސްގައި ރާއްޖެ ތަމްސީލު ކުރާނީ އެފްއޭއެމްގެ ރައީސް ބައްސާމްގެ އިތުރުން، އެ އެސޯސިއޭޝަނުގެ ނައިބު ރައީސް އަލީ އުމަރާއި ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފެވެ.
"ބައްސާމާއި، އަލީ އުމަރާއި ދެން އަޅުގަނޑު،" ފީފާގެ ކޮންގްރެސްގައި ރާއްޖެ ތަމްސީލުކުރާނީ ކޮން ބޭފުޅުންނެއް ތޯ ސުވާލު ކުރުމުން، ޖައުޝަން ވިދާޅުވި އެވެ.
ފީފާގެ ކޮންގްރެސްގެ ކުރިން އޭއެފްސީ ކޮންގްރެސް ވެސް ހަމަ ތައިލެންޑްގައި މިއަންނަ ބުރާސްފަތި ދުވަހު އޮންނާނެ އެވެ. އެ ޖަމިއްޔާގެ ކޮންގްރެސްގައި ވެސް ރާއްޖެ ތަމްސީލު ކުރަން ހަމަޖެހިފައި ވަނީ އެ ތިން ބޭފުޅުންނެވެ.
ގަތަރުގައި މީގެ ކުރިން އޮތް އޭއެފްސީގެ އެހެން ބައްދަލުވުމަކަށް ދާން ކަމަށް ބުނެ، ޕާސްޕޯޓް ދޫކޮށް ދިނުމަށް އެދި ކްރިމިނަލް ކޯޓަށް ބައްސާމް މައްސަލަ ހުށަހެޅި އެވެ. ފެބްރުއަރީ މަހު އެ ކޯޓުން ނިންމީ އޭނާގެ ޕާސްޕޯޓް ދޫ ނުކުރުމަށެވެ. އޭނާ ޕާސްޕޯޓް، އިމިގްރޭޝަނުން ހަ މަސް ދުވަހުގެ މުއްދަތަށް ހިފެހެއްޓީ ފުލުހުން އެދިގެން ޑިސެމްބަރު މަހު ކުރީކޮޅުގަ އެވެ. އެ މުއްދަތު ހަމަވާނީ އަންނަ މަހުގެ ކުރީކޮޅަށެވެ.
އެފްއޭއެމްގެ ފައިސާ އަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ދައުލަތުން ވަނީ ބައްސާމަށް ދައުވާކޮށްފަ އެވެ. އަދި ވެސް އިތުރު މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމް އަންގަވައިގެން ފުލުހުން ފެށި ތަހުގީގުގައި މިދިޔަ އޮކްޓޯބަރު މަހު އެފްއޭއެމްގެ އޮފީސް ވެސް ރެއިޑް ކުރި އެވެ.
މަސްއޮޑި ސްޕޯޓްސް ކްލަބްގެ ނަން އޮޑި ސްޕޯޓްސްގެ ނަމަށް ބަދަލުކޮށްފި އެވެ.
ތިރީ ޑިވިޒަންތަކުގައި ވަކި ނަމެއް ބޭނުން ކުރި ނަމަވެސް، ފުރަތަމަ ޑިވިޒަނުގައި ކުޅުމުގެ ކުރިން ނަން ބަދަލު ކުރި އަނެއް ޓީމަކީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. އެ ޓީމުން ދެވަނަ ޑިވިޒަން ކާމިޔާބު ކުރީ ދަ ގްރާންޑޭ އަމީގޯސް ނިއު ޖެނަރޭޝަން (ދަ ގޭންގް) ނަމުގަ އެވެ. އެކަމަކު އެ ކްލަބްގެ ނަން ފުރަތަމަ ޑިވިޒަން ކުޅުމުގެ ކުރިން ދަ ގްރާންޑޭ އަށް ބަދަލު ކުރި އެވެ.
ސެންޓްރަލް ޕާކުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހަފުލާގައި، އޮޑިގެ އާ ލޯގޯ ވެސް ވަނީ ދައްކާލާފަ އެވެ. އެ ހަފުލާގައި އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރައްވަން އިއުލާންކޮށްފައިވާ އަހްމަދު ތޯރިގު (ޓޮމް) ބައިވެރިވެ ވަޑައިގަތެވެ. އެފްއޭއެމްގެ މެންބަރެއްގެ ހައިސިއްޔަތުން އެ އެސޯސިއޭޝަންގެ ކޮންގްރެސްގައި ވޯޓް ލުމުގެ ހައްގު އޮޑިއަށް އޮވެ އެވެ.
ދެވަނަ ޑިވިޒަންގެ ޗެމްޕިއަންކަން ހޯދި އޮޑި ސްޕޯޓްސް، ރޭ ވަނީ ބައެއް ކުޅުންތެރިން ސޮއި ކުރުވައިފަ އެވެ. މިދިޔަ ތިން އަހަރު މާޒިޔާ އަށް ކުޅުނު ހުސައިން ނިހާން (ނިހާޓް) ވަނީ އޮޑި ސްޕޯޓްސް އަށް ސޮއިކޮށްފަ އެވެ. ފުރަތަމަ ޑިވިޒަން ފުޓްބޯޅައިން 2022 ގައި ރިޓަޔާ ކުރި ކުރީގެ ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) ވެސް ވަނީ އޮޑި ސްޕޯޓްސް އަށް ސޮއިކޮށްފަ އެވެ. ދެވަނަ ޑިވިޒަނުގެ ޗެމްޕިއަންކަން ހޯދުމުގައި އޭނާގެ ހިއްސާ އެ މުބާރާތުގައި ބޮޑެވެ.
މެންޗެސްޓާ ޔުނައިޓެޑަށް މަސައްކަތްކުރުމީ ދެ އަތް ފުރަގަހަށްލައިގެން ފެތުން ކަހަލަ ކަމެއް ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހަގް ބުނެފި އެވެ.
ޕްރިމިއަ ލީގުގައި ރޭ އާސެނަލް އަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވި އިރު އެ ޓީމަށް އޮތީ އަނިޔާގެ މައްސަލަތައް ކުރިމަތި ވެފަ އެވެ. ކެޕްޓަން ބްރުނޯ ފެނާންޑޭޒް، މާކޮސް ރަޝްފޯޑް، ހެރީ މެގުއާ އަދި މޭސަން މައުންޓަށް ވަނީ އަނިޔާ ވެފަ އެވެ.
މިޑްފީލްޑަރުންނާއި ޑިފެންޑަރުންނަށް އަނިޔާވެފައި ވުމުން މިޑްފީލްޑަރު ކާލޯސް ކަސެމީރޯ ވެސް ރޭ ގެ މެޗުގައި އަދާކުރަން ޖެހުނީ ޑިފެންޑަރެއްގެ ރޯލެވެ.
ޔުނައިޓެޑްގެ އެންމެ ހިތްދަތި ސީޒަނުގައި އެ ޓީމަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އަޔެކްސްގެ ކުރީގެ ކޯޗު ޓެން ހަގް ބުނީ އޭނާގެ މަސައްކަތް ވަރަށް ބޮޑަށް އުނދަގޫވެއްޖެ ކަމަށެވެ.
ޔުނައިޓެޑް މިހާރު ވަނީ ލީގުގައި 14 މެޗުން ބަލިވެފަ އެވެ. މިއީ ޕްރިމިއާ ލީގު ތައާރަފް ކުރި ފަހުން އެ ޓީމު މިހާތަނަށް ލީގުގައި އެންމެ ގިނަ މެޗުން ބަލިވި ސީޒަނެވެ.
"ކޮންމެ ކޯޗަކަށް ވެސް އަބަދުވެސް މިއަށްވުރެ ރަނގަޅު ކަމެއް ކުރެވިދާނެ. އެކަމަކު އަހަރެން މިތާ ހުރީ ދެ އަހަރު، ހުރިހާ ކުޅުންތެރިން ސަލާމަތުން ތިބެ އަހަންނަށް ލިބުނީ އެންމެ ފުރުސަތެއް. މިހާ ގިނަ އިންޖަރީތައް ހުރި ޓީމަކަށް ކުރިއަކަށް ނުދެވޭނެ،" ޓެން ހަގް ބުންޏެވެ.
ފުރަގަހަށް ދެއަތްލައިގެން ފެތުން ކަހަލަ ކަމެއް މިއީ. (އެގޮތަށް ފަތަމުން ވެސް) ބޯ ފެނަށް ވުރެ މަތީގައި ބަހައްޓަން ޖެހޭނެ. އެކަހަލަ ކަމެއް އަހަރެމެން މި ކުރަނީ."
ކުރިން އަޔެކްސް އަށް ކާމިޔާބު ހޯދައި ދިން ކޯޗު ބުނީ ޔުނައިޓެޑްގެ މިހުރިހާ ހާލަތެއްގެ މައްޗަށް ރިއާޔަތްކޮށް އެނަލައިޒް ކުރުން އެދޭ ކަމަށެވެ.
"އަހަރެމެންގެ ފަރާތުން ވާދަވެރިކަން ފެންނާނެ. އެކަމަކު އެންމެން ވެސް ބޭނުން ވާނީ އަހަރެމެން މޮޅުވާން. ހުރިހާ މެޗަކުން މޮޅުވާން ޖެހޭނެ. އެކަމަކު މިހާލަތުގައި މި ހުރިހާ އަނިޔާތަކާ އެކު މި ޓީމަށް އެކަމެއް ނުވާނެ،" ޓެން ހަގް ބުންޏެވެ.
ޔުނައިޓެޑް އޮތީ ލީގުގެ އަށްވަނައިގަ އެވެ. އެ މަގާމުގައި އޮވެގެން ލީގު ނިންމާލައިފިނަމަ، އެއީ ޕްރިމިއާ ލީގުގައި އެ ޓީމު އެންމެ ދަށްކޮށް ލީގު ނިންމާ ސީޒަނަށް ވާނެ އެވެ.
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި، ލެފްޓިނެންޓް ޖެނެރަލް ރިޓަޔާޑް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކޮށްފައިވާކަން ހާމަ ވެއްޖެއެވެ.
މިކަން ހާމަވީ އިއްޔެ އެމެރިކާގެ ސިފައިންގެ އިސް ބޭފުޅުންތަކަކާއި ފޮރިން މިނިސްޓްރީގެ ވެރިން ބައްދަލުކުރެއްވިއިރު މިނިސްޓްރީގެ ފަރާތުން ޢަބްދުއްރަޙީމް ވަނީ ބައިވެރިވެ ވަޑައިގެންފައިވާކަން ލިޔެ އެ މިނިސްޓްރީން ކުރި ޕޯސްޓަކުންނެވެ.
Ambassador at Large Dr Ali Naseer Mohamed and Minister of State Lt. Gen. Abdul Raheem Abdul Latheef (Rtd.) meets @GuardMontana Adjutant General Maj. Gen. John Peter Hronek II and @USinMaldives Ambassador Hugo Yon. Discussed broader Maldives-US security partnership & cooperation. pic.twitter.com/0N5YelzoeJ
— Ministry of Foreign Affairs ???????? (@MoFAmv) May 6, 2024
ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އަބްދުއް ރަޙިމް އައްޔަން ކޮށްފައިވަނީ ރައީސް މުއިއްޒު ހުވާ ކުރެއްވުމަށްފަހު، މިދިޔަ އަހަރު ނޮވެމްބަރު ގައި އަބްދުއް ރަޙިމް ހުންނެވި މޭޖަރ ޖެނެރަލްގެ މަގާމުން، ލެފްޓިނެންޓް ޖެނެރަލް އަކަށް ޕްރޮމޯޓް ކުރައްވާފައެވެ. އޭރު އޭނާ ރިޓަޔަރ ވާން ޖެހޭ މުއްދަތުގައި ބާކީ އޮތީ 5 މަސް ދުވަހެވެ.
ހަބަރު ފެތުރިފައިވަނީ އޭނާ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ. އެހެން ނަމަވެސް އޭގެ ކުރިން އެނގިފައިވާ ގޮތުގައި ސިފައިންގެ މަގާމުން ސަރަފުވެރިކަމާ އެކު ވަކިވުމަށް (ރިޓަޔަރ ކުރުމަށް) ފަހު، ރައީސް މުއިއްޒު އޭނާ އައްޔަންކުރައްވަން ނިންމަވާފައިވަނީ ރާއްޖޭން ތުރުކީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށެވެ.
ޢަބްދުއްރަޙީމަށް ސިޔާސީ އިސް މަގާމެއް ދެއްވި ނަމަވެސް ރައީސް އޮފީހުގެ ވެބްސައިޓުގައި އެ މަގާމު ދެއްވިކަން ހާމަ ކުރައްވާފައެއްވެސް އަދި ހިމަނާފައެއްވެސް ނުވެއެވެ. ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނެފައިވާގޮތުން ފޮރިން މިނިސްޓްރީގައި ޢަބްދުއްރަޙީމްގެ އިތުރުން ހަ ސްޓޭޓް މިނިސްޓަރުން ތިއްބަވައެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައި އަބްދުއް ރަޙީމާ ނުލައި ހަމަ އެކަނި ސްޓޭޓުންނާއި މިނިސްޓަރުންގެ ނައިބުންގެ ގޮތުގައި 87 ބޭފުޅުން ތިއްބެވިކަން ހާމަ ކުރައްވާފައި ވާއިރު، ސިޔާސީ މަގާމުތަކަށް އައްޔަން ކުރައްވާ ބޭފުޅުންގެ މައުލޫމާތު ސަރުކާރުން ސިއްރުކުރައްވާ ކަމުގެ ސަކުވާ ނޫސްވެރިންކާއި، މީސްމީޑިއާގައި އެކިއެކި ފަރާތްތަކުން ދަނީ އުފުލަމުންނެވެ.
ސިޔާސީ މަގާމުތަކުގެ އަދަދު 1500 އަށްވެރު އިތުރު ވެފައިވާކަމަށް ހަބަރުފެތުރިފައި ވާއިރު، އޭގެ ތަފްސީލުތައް ސަރުކާރުން ހާމަކުރެއްވުމަކީ ގާނޫނުން ލާޒިމުކުރާ ކަމެކެވެ. "ފުނިފުނިންޏަށް، ކޮރިޑޯތަކުގައި ކިޔު ޖެހިފައި، ޑިއުޓީ ބަހައިގެން މޭޒް ހަވާލުކުރަމުން އެބަަދޭ ގޮނޑި ނެތިގެން 1500 އަށްވުރެ ގިނަ މަގާމު," ރައީސް ސޯލިހު މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން މިދިޔަ މާރިޗު މަހު ވިދާޅުވެފައި ވެއެވެ.
ސިޔާސީ މަގާމުތައް ދިނުމުގައި ރައީސް މުއިއްޒާއި، ވަޒީރުންގެ އަރިސް ބޭފުޅުންގެ އިތުރުން އެ ބޭފުޅުންގެ ސިޔާސީ މަސައްކަތްތަކުގައި އިސްވެ އުޅޭ މީހުންނަށް އިސްކަންދީ، އެ މަގާމުތައް ބައްސަވާކަމުގެ ސަކުވާއާއި ކަންބޮޑުވުން މީސްމީޑިއާގައާއި އާއްމު ރައްޔިތުންގެ ތެރޭގައި މެދުކެނޑުމެއް ނެތި ދަނީ ފާޅުކުރަމުންނެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓަށް އެއްވެސް އުނިއިތުރު ކަމެއް ނުގެނަސް އެލިސްޓާއި އެއްގޮތަށް ފްލެޓްތައް ހަވާލު ކުރަން ސަރުކާރަށް އަންގަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ގެދޮރުވެރިޔާ ސްކީމްގެ 4000 ފްލެޓާއި ގުޅިގެން އާންމު ފަރާތްތަކުން ހުށަހެޅި މައްސަލައެއް ދިރާސާކޮށް، މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ހުށަހެޅި ގޮތަށް މަޖިލީހުން ފާސްކުރީ، 29 މެންބަރުންގެ ވޯޓުންނެވެ. ކޮމިޓީގެ ރިޕޯޓާއި ދެކޮޅަށް ވޯޓު ދެއްވި މެންބަރަކު ނެތެވެ.
އަލަށް ހޮވުނު ޕީއެންސީ މެޖޯރިޓީ ލިބުނު މެންބަރުންތައް ހުވާކުރަންދެން މަޖިލިސް މެޖޯރިޓީ އޮތީ ކުރީގެ ސަރުކާރު ހިންގި އަދި  އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށެވެ. ރައީސް ސޯލިހުގެ އެމްޑީޕީ ކޯލިސަން ސަރުކާރުން އިއުލާނުކުރި ލިސްޓުގައި ކޮރަޕްސަން ހުރި ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހެޅުމުން، އެ ކޮމިސަނުން ލިސްޓުތައް ބެލުމަށް މަސްތަކެއް ނެގުމަށްފަހު ބުނެފައިވަނީ އެލިސްޓުގެ ބޮޑު ޕަސެންޓެއްގެ މީހުން ފްލެޓަށް ސަރުތު ހަމަނުވާ ކަމަށެވެ.
އޭސީސީއިން ބުނި ގޮތުގައި ފްލެޓުތަކުގެ ދާއިމީ ލިސްޓުގައި ސަރުތު ފުރިހަމަވެ، އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ފޯމުތަކުގެ ނިސްބަތަކީ އެންމެ 20.7 އިންސައްތަ ކަމަށާއި، ސަރުތު ފުރިހަމަ ވިޔަސް މައްސަލަ ހުރި ފޯމުތަކުގެ ތެރޭގައި ދީފައިވާ މައުލޫމާތުގައި ފުށުއެރުން ހުރި  ފޯމުތައް 70 އިންސައްތައަށް އަރާ ކަމަށެވެ. އޭގެ އިތުރުން ޕޮއިންޓު ދިނުމުގައި މައްސަލަ ހުރި ފޯމުތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބަޔަށް އުސޫލާ ހިލާފަށް ޕޮއިންޓް ދީފައިވާ ފޯމުތައްވެސް ހުރި ކަމަށް އޭސީސީން ބުންޏެވެ.
އޭސީސީން ފްެލެޓް ފޯމުތައް ބަލައި ފާސްކޮށް ނިންމުމަށްފަހު، ފްލެޓްތައް ދޫކުރަން ސަރުކާރަށް ހުއްދަ ދިންކަމުގައި ވިޔަސް ފްލެޓްތައް ދޫކުރާނީ އެ ފޯމުތައް (ސަރުކާރުން) ބަލައި ފާސްކޮށްފަ ކަމުގައި މީގެ ކުރިން ސަރުކާރުން ވަނީ ބުނެފައެވެ. އަދި ހަމަ އެ ބީދައިން، މިއަދު މަޖިލިހުން ފާސްކޮށް ފްލެޓްތައް ދޫކުރަން ސަރުކާރަށް އެންގި ކަމުގައި ވިޔަސް އެކަން ކުރާނީ އަނެއްކާވެސް އޭސީސީގެ ރިޕޯޓަށް ބަލައިގެން ކަމުގައި ކަމާއި، ނޫންނަމަ އެތައް ބައެއްގެ (ފްލެޓް ލިބުމުގެ) ހައްގުގެއްލިދާނެ ކަމަށް، ސަރުކާރުގެ ފަރާތުން ހަމަ މިއަދުވަނީ ބުނެފައެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޭން ހުޅުވާލުމާއެކު ހުށަހެޅި މީހުންގެ ތެރެއިން ސަރުތު ހަމަވާކަމަށް 2023 ވަނަ އަހަރު އޯގަސްޓު 8، ގައި ނެރުނު ވަގުތީ ލިސްޓުގައި އޮތީ 15046 މީހުންނެވެ. ކުރީ ސަރުކާރުން ނިންމާފައި ވަނީ ހުށަހެޅި މީހުންގެ ތެރެއިން ސަރުތު ހަމަވާ ހުރިހާ އެންމެންނަށް ފުލެޓް ދިނުމަށެވެ. ނަމަވެސް ކޮންޓްރެކްޓު ކުރެވި އަމަލީ މަސައްކަތް ފަށާފައި ވަނީ 4000 ފްލެޓެވެ.
ފުރަތަމަ 4000 ފްލެޓް ލިބޭނީ ޕޮއިންޓް ތަރުތީބުން އެންމެ ގިނަ ޕޮއިންޓު ލިބޭ މީހުނަށް ކަމަށް ކަނޑައަޅާފައިވަނިކޮށް އޭސީސީއަށް ހުށަހެޅު މައްސަލައަކާ ގުޅިގެން އެ މަސައްކަތް މަޑުޖައްސާލަން އެންގި އެވެ. އަދި ފޯމުތަކުގައާއި، ޕޮއިންޓު ދިނުމުގައި އެތައް ހާސް މައްސަލައެއް ހުރިހަމަށް އޭސީސީން ވަނީ ބުނެފައެވެ.
ދެ ފަތުރުވެރިއަކުވެގެން ދިވެހި ފިރިހެނަކު މޫދަށްވެއްޓި ގެނބެނިކޮށް ސަލާމަތް ކުރުމުން ފުލުހުން އެ ދެމަފިރިންނަށް އެވޯޑުދީފިއެވެ.
މި ދިޔަ އޭޕްރިލް މަހު 28 ވަނަ ދުވަހު މި ހާދިސާ ހިނގާފައިވަނީ ބ.އަތޮޅުގައި އޮންނަ ދުސިތު ތާނީ ރިޒޯޓުގައެވެ.
ހަނީމޫނަށް އައިސް އުޅުނު އޮސްޓްރޭލިޔާގެ ދެމަފިރިން ކަމުގައިވާ ޖޯޑްން ވޭން އާއި އޭނާގެ އަނބިމީހާ ޑެނިއަލް ޑަބޯންގެ ވޯޓާވިލާ ކައިރިން މޫދަށް ވެއްޓި ގެނބެމުން ދިޔަ ޒުވާން ފިރިހެނަކު ގެނބެމުން ދާތަން ފެނުމާއިއެކު ފާލަން މަތިން ދުވެފައިގޮސް މޫދަށް ފުންމާލައި އެ ޒުވާނާ ނަގައިގެން ގޮނޑުދޮށަށް ގެނެސް ވަނީ ސަލާމަތްކޮށްފައެވެ.
ދުސިތު ތާނީގެ ހައުސް ކީޕިންގ ގައި މަސައްކަތް ކުރާ ނައްޓު ނިޝާން (ރައްޓެހިން ކިޔާ ވަނަން) މޫދަށް ވެއްޓުނީ ވޯޓަރ ވިލާތަކަށް ދާ ފާލަންމަތިން ދަނިކޮށް އަނބުރައިގެންކަމަށްވެއެވެ. އޭނާ މޫދަށްވެއްޓުނު އިރު ކުޑަކޮށް ހެޔަށް ގޮތްވެފައި ހުރިކަމުން އަމިއްލަ ބާރުގައި ސަލާމަތް ނުވެ ގެނބެމުން ދަނިކޮށް އެ ދެފަތުރުވެރިންނަށް ފެނުމުން ސަލާމަތް ކުރަން ފުންމާލި އޮސްޓްރޭލިޔާ ފަތުރުވެރިއަކީ އެތަނުގެ ފެޑެރަލް ފުލުހެއްކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
ރިޒޯޓުގެ މެނޭޖްމަންޓުން އޭނާ އަށް ދޭންޖެހޭ ފަރުވާ ދިނުމުގެ އިންތިޒާމް އެ ވަގުތުން ވަގުތަށް ވަނީ ހަމަ ޖައްސާފައެވެ.
އެ ދެމަފިރިންގެ ހިތްވަރާއި އޯގާތެރިކަމަށްޓަކައި އެކަން ފާހަގަކޮށް ފުލުހުންނާއި ރިޒޯޓާއި ގުޅިގެން އެ ދެމީހުންނަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ.
ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން "ދަތި/އުނދަގޫ" ހާލަތުގައި ގިންތިވެ 106 ވަނަ ދަރަޖަ އަށް ވެއްޓިއްޖެއެވެ.
ދުނިޔޭގެ އެކިއެކި ގައުމު ތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ވަޒަންކޮށް، ދަރަޖަކޮށް ގިންތިކުރާ ފްރާންސްގެ އިތުބާރުހުރި ނޫސް ޖަމިއްޔާއެއް ކަމުގައިވާ"ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް)" އިން ކޮންމެ އަހަރަކު އަދާހަމަކޮށް އާއްމުކުރާ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ގައި މިއަހަރު ރާއްޖެ ސަތޭކަ ހަވަނަ ދަރަޖައަށް ވެއްޓިއްޖެއެވެ.
ނޫސްވެރިކަމުގެ މިނިވަންކަން "ދަތި/އުނދަގޫ"  ދަރަޖައިގައި ގިންތި ކުރެވުނު އިރު، މިއީ އަހަރު ދުވަހަށްވެރު ކުރު މުއްދަތެއްގައި ރާއްޖެ 6 ދަރަޖަ ތިރިއަށް ސޮހިގެންދިޔަ ފުރަތަމަ ފަހަރެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ވެއްޓިގެން ދިއުމުގައި އާރުއެސްއެފުން ބެލި ސަބަބުތަކުގެ ތެރެއިން އެންމެ ބޮޑު ވެއްޓުމެއް އައިސްފައިވަނީ ނޫސްވެރިންނަށް އޮތް ހިމާޔަތާއި ރައްކާތެރިކަމުގެ ބައިންނެވެ. އެއީ 23 ދަރަޖައިގެ ވެއްޓުމެވެ. ފާހަގަކޮށްލެވޭ އަނެއް ސަބަބަކީ ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރުތައް ކޯޓުން އަމުރުކޮށްފި ނަމަ ހާމަކުރަން ލާޒިމުވާ ގޮތަށް ދާދި ފަހަކުން ފާސްކޮށް ތަސްދީގުުކުރި ހެއްކާއި ބެހޭ ގާނޫނެވެ.
ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި، "ނޫސްވެރިކަމުގެ މިނިވަންކަން" ބަޔާންކުރާ 28 ވަނަ މާއްދާގައި ލިޔެފައި ވަނީ:
"ނޫސްވެރިކަން ކުރުމާއި، މުއާޞަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މީގެތެރޭގައި ޚަބަރާއި، މަޢުލޫމާތާއި، ފެންނަ ގޮތްތަކާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާއިޢުކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ. މިގޮތުން ޝާއިޢުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަޞްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެނެއް ނުވާނެއެވެ."
ގާނޫނު އަސާސީގެ 268 ވަނަ މާއްދާގައި ބަޔާންވެގެންވަނީ:
"ދިވެހިރާއްޖޭގައި ހަދާ އެންމެހައި ޤާނޫނުތައް ހަދާންވާނީ މި ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެމަތީންނެވެ. މި ޤާނޫނުއަސާސީން ލާޒިމްކުރާ އެންމެހައި ކަންކަން ފުރިހަމަ ކުރާންވާނެއެވެ. މި ޤާނޫނުއަސާސީއާ ޚިލާފުވާ ގޮތަށް ހަދާ ކޮންމެ ޤާނޫނެއް، ނުވަތަ ޤާނޫނަކުން ބައެއްވިޔަސް ވާނީ ބާޠިލް އެއްޗަކަށެވެ. އަދި އެފަދަ ޤާނޫނެއް، ނުވަތަ ޤާނޫނެއްގެ ބައެއްގެ ބާރެއް ނުހިނގާނެއެވެ. މި ޤާނޫނުއަސާސީއާ ޚިލާފަށް ކުރާ ކޮންމެ ކަމަކީ ބާޠިލް ކަމެކެވެ."
މި މާއްދާ ހުދު އާރުއެސްއެފުންވެސް ވަނީ ފާހަގަ ކޮށްފައެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖޭ ސޮއްސާލައިގެން ދިޔައިރު އެ މިނިވަންކަން މާ ކުޑަކަމަށް އަޑުއިވޭ އަދި މީހުން މެރުމާއި ކުށްކުރުން މާ މަތީގައިހުރި، ބްރެޒިލް 82 ވަނައިގައި، ސެނަގާލް 94 ވަނައިގައި، ޒަންބިޔާ 95 ވަނައިގައި އޮތް އިރު، އަނިޔާވެރި އިޒުރޭލުވެސް ވަނީ 101 ވަނައިގައި ރާއްޖެއަށްވުރެ 5 ދަރަޖަ ކުރީގައެވެ. ރާއްޖެފަދަ ކުދި ގައުމުތަކަށް ބަލާއިރު، ސޭޝެލްސް އޮތީ މާކުރީގައި 37 ވަނައިގައެވެ. އަދި މޮރިޝަސް އޮތީ 57 ވަނައިގައެވެ. އެހެން ނަމަވެސް މި ސަރަހައްދުގެ ބައެއް ބޮޑަތި ގައުމުތައް ރާއްޖެއަށްވުރެ ދަށުގައި ވާކަންވެސް ފާހަގަވެއެވެ. އަވަށްޓެރި އިންޑިއާ 159 ވަނައިގައި އޮތްއިރު، ޕާކިސްތާނު 152 ވަނައިގައި އަދި ސްރީލަންކާ އޮތީ 150 ވަނައިގައި "ހާލަތު ވަރަށް ގޯސް" ގޮތުގައި ގިންތި ކުރެވިފައެވެ.
މީގެ ކުރިން ނޫސްވެރިކަމަށް ބޮޑަތި ނުރައްކާ ކުރިމަތިކޮށް، ނޫސްވެރިން މަރައި ހަބަރާއި ނޫސް ހިންގާ ރާއްޖެޓީވީ 2013 ވަނަ އަހަރު ހުޅު ޖަހައި އަންދާލާފައި ވެއެވެ. ނިމި ދިޔަ ހަފްތާގައި ޗެނަލްތޭރައިގައި ހުޅު ޖަހައި އަންދާލާނެ ކަމުގެ އިންޒާރު ދިންކަމަށް މީސްމީޑިއާގައި ހަބަރު ފެތުރިފައި ވެއެވެ. އަދި ހަމަ އެ އިންޒާރު ރާއްޖެޓީވީ އަށް ދީފައިވާކަމުގެ ހަބަރުތައްވެސް މީސްމީޑިއާގައި ވަނީ ފެތުރިފައެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ގެނައުމަށް 'އޮޕަރޭޝަން ކުރަނގި'ގެ ނަމުގައި ބިދޭސީންގެ އިނގިލީގެ ނިސާނާއި ފޮޓޯ ނެގުމުގެ މަސައްކަތްތަކެއް ދާހިލީ ވުޒާރާއިން ފަށައިފިއެވެ.
މި މަސައްކަތް ފެށުމުގެ ގޮތުން އިއްޔެ ކ. ހިންމަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ދާހިލީ ވަޒީރު އަލީ އިހުސާން ވިދާޅުވީ މިއަދު މި ފެށި އޮޕަރޭސަނުގެ މަގުސަދަކީ ޒަމާނުއްސުރެ ރާއްޖެއަށް ދިމާވެފައިވާ، ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދިނުން ކަމަށެވެ.
" 'އޮޕަރޭޝަން ކުރަނގި' އަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މައުލޫމާތު، ސައްތަ އިން ސައްތަ ބައޯމެޓްރިކަލީ ކަށަވަރުކުރުމަށް، ކަމާގުޅުންހުރި މުއައްސަސާތައް ގުޅިގެން ހިންގޭ ގައުމީ ފެންވަރުގެ ހަރަކާތެއް" ކަމަށާއި، މިދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި މި ކަމުގެ ބެކްގްރައުންޑް މަސައްކަތްތައް ވަރަށް ބޮޑަށް ކޮށްފައިވާނެ ކަމަށާއި އަދި އެ މައްސަލައިގެ އަސްލު ދެނެގަނެ، އެ މައްސަލަ ދާއިމީކޮށް ހައްލު ކުރާނެ ޕްލޭނެއް ކަނޑައަޅާފައިވާ ކަމަށް ވަޒީރު އިހުސާން ވިދާޅުވިއެވެ.
މިއަދު ހިންމަފުށީގައި ފެށި މި އޮޕަރޭސަނުގެ ފުރަތަމަ ބައިއެއް އަހަރުގެ ތެރޭގައި ނިންމައި، މި މަސައްކަތް އެއްކޮށް ތިން އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް ބަޔާންކުރައްވަމުން ވަޒީރު ވިދާޅުވީ ފުރަތަމަ އެއް އަހަރު ދުވަހުގެ ތެރޭގައި ކުރަން ނިންމައިފައިވާ މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބޭރު މީހުންގެ ތެރެއިން ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުން އަންނަ ބޭރު މީހުން ނިޒާމުގެ ތެރެއަށް ގެނައުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.
ފުރަތަމަ މަސައްކަތް ނިމޭއިރު ރާއްޖޭގައި ތިބީ ކިތައް ބިދޭސީންކަމާއި އެމީހުންގެ ހުރިހާ މައުލޫމާތެއް ސިސްޓަމް ތެރެއަށް ނެގޭނެ ކަމަށް ވިދާޅުވެ "ކ. އަތޮޅު ހިންމަފުށީގައި މި ވަގުތު މި ފެށުނީ އެކި ގޮތް ގޮތުން މަސައްކަތް ކުރަމުން އަންނަ ބިދޭސީން މި ސިސްޓަމުގެ ތެރެއަށް އެމީހުންގެ ފިންގަރ ޕްރިންޓާއި (އިނގިލީގެ ނިސާނާއި) ފޮޓޮގްރަފިކް އައިޑެންޓިފިކޭސަން (ފޮޓޯ އާއި) އެއްކޮށް ބައޯމެޓްރިކް ޑާޓާއާ އެއްކޮށް އެމީހުންގެ މައުލޫމާތު އަޅުގަނޑުމެންގެ ސެންޓްރަލް ސިސްޓަމަށް ނެގުމުގެ މަސައްކަތް" ކަމަށް ވަޒީރު މައުލޫމާތު ދެއްވިއެވެ.
އެކެއްގެ ނަމުގައި ނުވަތަ އެއް ކުންފުންޏެއްގެ ނަމުގައި ގެނެސްފައި ހުންނަ މީހަކު އަނެއް ކުންފުންޏަށް މަސައްކަތް ކުރުމަކީ ގަވައިދާ ހިލާފު ކަމެއްކަމަށާއި، އެކަމުގެ ސަބަބުން ބޮޑެތި އިޖުތިމާއީ މައްސަލަތަކާއި ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ "ޖެހިގެން އަންނަ ދެ އަހަރު ތެރޭ އަޅުގަނޑުމެން ކުރާނެ މަސައްކަތަކީ މީގެ ތެރޭގައި އެބަ އުޅޭ އެއްވެސް ރަސްމީ ލިޔެކިޔުމެއް ނެތް މީހުން، ޕަސްޕޯޓެއް ނެތް މީހުން، ވޯކް ޕާމިޓުގެ އެއްވެސް ޑޮކިއުމެންޓެއް ނެތް މީހުން އެމީހާ އަކީ މިވެނި މީހެއް ކަން ދައުލަތުގެ އެއްވެސް ލިޔެކިޔުމަކުން ސާބިތު ކޮށް ނުދެވޭ މިހުން އެބައުޅޭ" ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެހެންނަމަވެސް ޖެހިގެން އަންނަ 2 އަހަރު ކުރާ މަސައްކަތުގެ ތަފްސީލެއް ނުދެއްވައެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ބިދޭސީންގެ ބައޯމެޓްރިކް އައިޑެންޓިފިކޭސަނެއް ހަދައި ސިސްޓަމުގެ ތެރެއިން ދެނެގަނެވޭނެ ނިޒާމު ގާއިމު ކުރައްވާނެ ކަމަށާއި، އަދި ދެނެނުގަނެވޭނަމަ އެ ބިދޭސީއެއް ނިސްބަތްވާ ގައުމުގެ އެމްބަސީއާއި ގުޅިގެން އެ ޑޮކިއުމެންޓުތައް ހޯދޭނެ ކަމަށާއި، އޮޕަރޭސަނުގެ މައިގަނޑު މަގުސަދަކީ ބިދޭސީން ހައްޔަރުކޮށް ޑީޕޯޓު ކުރުން ނޫން ކަމަށާއި، ގަވައިދާ އެއްގޮތަށް ހުއްދަ ދެވެން ތިބި މީހުންނަށް ހުއްދަ ދިނުން ކަމަށްވެސް ވިދާޅުވިއެވެ. އެހެން ނަމަވެސް ޖިނާއީ ކުށަކަށް އަރައިގަނެފި ނަމަ 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓު ކޮށްލާނެ ކަމަށާއި، މި އޮޕަރޭސަނުން ހޯދާ މައުލޫމާތު ރައްކާކުރާ ޑޭޓާބޭސް ރަށްރަށުގެ ކައުންސިލްތަކަށް ވެސް ބޭނުންކުރެއްވޭނެ ގޮތް ހައްދަވާނެ ކަމަށެވެ.
"މި ޕްރޮސެސް މިގޮތަށް ކުރިއަށްދާކަމަށްވާނަމަ މި މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ" ކަމަށް ވަޒީރު ވިދާޅުވި އިރު، ކުރީ ސަރުކާރުން އެކުލަވާލާފައިވާ ބިދޭސީންގެ ދަފްތަރު ފޮރުވައި ނުވަތަ ނައްތާލާފައިވާ ކަމުގެ ތުހުމަތުތައް އިދިކޮޅު ފަރާތްތަކާއި އާންމުންވެސް މީސްމީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުން މި ސަރުކާރުގެ މަގްސަދު ތެދުވެރި ނޫންކަމަށް އަޑު އުފުލަމުން ދާކަން ފާހަގަ ކޮށްލެވެއެވެ.
2024/2025 ވަނަ ދިރާސީ އަހަރު މުރާޖާކޮށް އެކަޑަމިކް ކަލަންޑަރަށް ބަދަލު ގެނެސް، ބޮޑު ޗުއްޓީ ރޯދަ މަހު އަންނަ ގޮތަށް ހަމަޖައްސައިފިއެވެ.
ދިރާސީ އަހަރު މީގެ ކުރިން އޮތްގޮތުން 2024 ވަނަ އަހަރު މެއި 26 ގައި ފަށައި 2025 ވަނަ އަހަރުގެ ފެބްރުއަރީ 20 ގައި ކިޔެވުން ނިމޭނެއެވެ. އަދި 2025 ގެ ދިރާސީ އާ އާހަރު، އެ އަހަރުގެ މާޗު 9 ގައި ފަށައި ޑިސެމްބަރު 18ގެ ނިޔަލަށް ކިޔެވުން ކުރިއަށް ދާނެއެވެ. އަދި އެ އަހަރު ޑިސެމްބަރު މަހު ބޮޑު ޗުއްޓީ ލިބޭނެއެވެ.
އެހެން ނަމަވެސް، ތައުލީމީ ވުޒާރާއިން އިއްޔެ ސްކޫލްތަކަށް ފޮނުވި އާ ކަލަންޑަރުގައި ވާގޮތުން ބޮޑު ޗުއްޓިއަށް ފަހު 2024 ގެ ސްކޫލް ކިޔެވުން ފެށޭނީ މެއި 26 ވަނަ ދުވަހެެވެ. އަދި ފުރަތަމަ ޓާމް ނިމޭނީ ސެޕްޓެމްބަރު 26 ވަނަ ދުވަހެވެ. އަދި ދެވަނަ ޓާމް އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހު ފެށޭއިރު، އެ ޓާމްގެ ކިޔެވުން ނިމޭނީ 2025 އަހަރުގެ މާރިޗް 6 ގައެވެ. ދެވަނަ ޓާމްގެ ޗުއްޓީ 22 ޑިސެންބަރުން 2 ޖެނުއަރީ އަށް ކަނޑައެޅިފައިވެއެވެ. އަދި 2025 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ އޭޕްރީލް 6 ވަނަ ދުވަހެވެ.
އަންނަ 2025 ވަނަ އަހަރުގެ ރޯދަ މަސް ފެބްރުއަރީ 28 ގައި ފެށޭއިރު، ސްކޫލް ބޮޑު ޗުއްޓީވެސް ރޯދަ މަހުގެ ބޮޑު ބަޔަކަށް (ރޯދަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން) ލިބިގެން ދާގޮތަށް އާ އެކަޑަމިކް ކަލަންޑަރު އިސްލާހުކޮށްފައި ވެއެވެ.
ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ސްކޫލްތަކުގެ ކިޔެވުން ޖެނުއަރީ އިން ފެށޭގޮތަށް ބަދަލު ކުރުމަށް، ސަރުކާރުން ނިންމާފައިވަނީ ދިރާސީ އާ އަހަރުގެ ކިޔެވުން 2026 ވަނަ އަހަރުން ފެށިގެން ޖެނުއަރީ ފެށޭގޮތަށް، އަންނަ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ބޮޑު ޗުއްޓީ ޑިސެމްބަރުގައި ދިނުމަށެވެ.
ކޮވިޑް19 އާއި ގުޅިގެން ދިރާސީ އަހަރު އޮގަސްޓްމަހުން ފެށިފައިވާތީ، ދަރިވަރުންގެ އުމުރު ނުވަތަ ކިޔެވުމުގެ ދައުރަށް ހައެއްކަ މަސް އިތުރުވެފައި ވުމާއި، ރާއްޖޭގެ ފިސްކަލް ކަލަންޑަރު ނުވަތަ މާލީ ހިސާބުތަކުގެ ބަޖެޓު ޖެނުއަރީން ޑިސެންބަރަށް ކަނޑައެޅިފައި އޮންނާތީ، އޮގަސްޓް މަހު ދިރާސީ އަހަރު ފެށޭތީ ސްކޫލްތަކުގެ ހިންގުމަށް އުނދަގޫތަކެއް ދިމާވާކަމުގެ ސަކުވާތައްވެސް އުފުލިފައި ވާއިރު، ދިރާސީ އަހަރު ދެވަނަ ފަހަރަށް ސަރުކާރުން މުރާޖާކޮށް، މިހާރު މި ގެނައި ބަދަލަކީ ޖުމްލަ ގޮތެއްގައި ރަނގަޅު ބަދަލެއްކަމަށް ތައުލީމީ ދާއިރާގެ މާހިރުން ބަޔާންކުރައްވައެވެ.
ކޮވިޑް19 ގައި ބަދަލާއެކު ގެއްލި ދިގުވެގެންދިޔަ މަސްތައް ލިބޭނެގޮތްވުމުގެ އިތުރުން އޯލެވެލްގެ ސިލަބަސް އަކީ 2 އަހަރަކުން ރަނގަޅަށްވެސް ފުރިހަމަ ކުރެވޭނެ ސިލަބަހެއްކަމަށްވެސް އެބޭފުޅުން ދެކިލައްވައެވެ.
ކުރީ ޒަމާންތަކާއި ހިލާފަށް، މިހާރު އޯލެވެލް/އޭލެވެލް އިމްތިހާނުގައި ގްރޭޑްކުރުން ބިނާވަނީ ދަރިވަރުންނަށް ލިބޭ މާކްސް އެވެރެޖްކޮށް، މާކްސްތައް ބޭންޑްތަކަކަށް (ގްރޭޑްތަކަކަށް) ބަހާލައިގެންނެވެ.
މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުން ހިމެނޭހެން، މި ފަސް އަހަރުތެރޭގައި ގޯއްޗެއް/ގެދޮރެއް ނުލިބޭ، އެކަކުވެސް ނުހުންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލޭގެ ރައްޔިތުން އަދި މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުން ހިމެނޭހެން، މި ފަސް އަހަރުތެރޭގައި ގޯއްޗެއް ނުލިބޭ، ގެދޮރެއް ނުލިބޭ، އެކަކުވެސް ނުހުންނަ ހިސާބު އެއީ އަމާޒު ކަމަށާއި އެކަން ހާސިލުކުރުމަށް މަސައްކަތް ކުރައްވައި، މި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ މައްސަލައަށް ދާއިމީ ހައްލެއް މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް މުއިއްޒު މި ޔަގީކަން ދެއްވީ، މި މަހު 20 ވަނަ ދުވަހު މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ގިރާވަރުފަޅު، ގުޅީފަޅު އަދި ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ކުރިއަށްދާ ބިން ހިއްކުމުގެ މަސްރޫއު ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ފައިދާވާ މަސްރޫއުތަކަށް އެންމެ އިސްކަންދެއްވައިގެން، ބާރު ދުވެލީގައި، ރަނގަޅު ނަތީޖާ ނެރެވޭނެގޮތަށް ކުރިއަށްގެންގޮސް ނިންމަވަން ބޭނުންފުޅުވާ ކަމަށާއި، އެފަދަ މަސައްކަތްތައް ވަރަށް ގާތުން އެމަނިކުފާނު ބައްލަވާކަމުގައެވެ.
މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ގިރާވަރުފަޅު، ގުޅީފަޅު އަދި ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ކުރިއަށްދާ ބިން ހިއްކުމުގެ މަސްރޫއު ބައްލަވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވަކިވަކީން ކޮންމެ ސަރަހައްދެއްގެވެސް މަސައްކަތްތައް ފުރިހަމަ ކުރެވޭނެކަމަށް ބެލެވޭ ތާރީހުތައް ހިއްސާކުރައްވައި، މި ތިން ސަރަހައްދުގައި ފެނާއި ކަރަންޓު އަދި ނަރުދަމާގެ ހިދުމަތް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ހިއްސާކުރައްވާފައެވެ.
އެގޮތުން ގުޅީފަޅުގެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވާ ވަރަށްވުރެ 3 މަސްދުވަސް އަވަހަށް ނިންމުމަށް ސަރުކާރުން މަސައްކަތް ކުރައްވާކަމާއި، ގިރާވަރުފަޅު އިތުރަށް ހިއްކުމުގެ މަސައްކަތް މިއަދު ފަށާފައިވާކަމަށާއި، އަދި މި މަސައްކަތްވެސް އަވަސް ކުރުމަށް ޑްރެޖަރު އިތުރުކުރުމަށް މަސައްކަތް ކުރައްވާކަމާއި، މިހާރު ހިއްކާފައިވާ ބިމުން ގޯތި ދިނުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ބިން ހިއްކުމުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ބާރު ދުވެލީގައި ކުރިއަށް ދާކަމުގައި ފާހަގަކުރައްވައި، ހުޅުމާލެ ތިންވަނަ ފިޔަވަހިން މިހާރު ބިން ހިއްކުމަށް ނިންމާފައިވާ "ފުލް ސްކޯޕް"ގައި ގިނަވެގެން 4 މަސް ތެރޭގައި ނިމޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ކުރީ ސަރުކާރުން ގޯތި ދިނުމަށް ހިއްކަމުންދިޔަ އުތުރު ތިލަފަޅު (ޔޫޓީއެފް) އިން ގޯތި/ގެދޮރު ދޫކުރާނެކަމަކަށް ވިދާޅެއް ނުވެއެވެ. ނިމިދިޔަ ހަފްތާގައި، އުތުރު ތިލަފަޅު ޗައިނާއަށް އޭއީޒެޑްގެ ދަށުންވަނީ ދެއްވާފައެވެ. އެތަނުގައި މުޅި ރާއްޖެއަށް ބޭނުންވާނެ ވަރަށްވުރެ އިތުރަށްވެސް ކާބޯތަކެތި ހެއްދޭނެކަމުގައި ސަރުކާރުން ވަނީ ބުނެފައެވެ.
ރާއްޖެއަށް އާއްމުކޮށް އިންޕޯޓުކުރާ ހަވާދުގެ ދެ ބްރޭންޑަކުން ނުރައްކާތެރި ކެމިކަލް މާއްދާއެއް ފެނުމުން ރާއްޖޭގައި އެ ބްރޭންޑްތަކުގެ ބައެއް ބާވަތްތައް އެތެރެކުރުމާއި ވިއްކުން ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާ ކޮށްފިއެވެ.
މަނާކުރީ "އެވަރެސްޓް" އާއި "އެމްޑީއެޗް" ގެ ބްރޭންޑުގެ ބައެއް ހަވާދެވެ. އެމްޑީއެޗް އަދި އެވަރެސްޓް ބްރޭންޑުގެ ހަވާދަކީ އިންޑިއާގައި އެންމެ މަގުބޫލު ހަވާދުތަކުގެ ތެރޭގައި ހިމެނޭ ދެ ބްރޭންޑެވެ.
އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ދެ ބްރޭންޑްގެ ހަވާދުގެ ބައެއް ބާވަތްތަކުގައި "އެދައިލިން އޮކްސައިޑް(Ethylene Oxide)" ހުރި ކަމަށް ސިންގަޕޫރްގެ ފުޑް އެޖެންސީ އާއި ހޮންކޮންގުގެ ސެންޓަ ފޮ ފުޑް ސޭފްޓީން ބުނެފައިވާ ކަމަށެވެ. މި ބްރޭންޑުތަކުގެ ހަވާދުތަކަކީ ރާއްޖެއަށްވެސް ގިނަ އަދަދަކަށް އެތެރެކޮށް ބޭނުންކުރަމުންދާ ހަވާދުގެ ބާވަތްތަކެކެވެ. އެހެންވެ ރާއްޖޭގެ ބާޒާރުން އެ ބްރޭންޑްތައް ނެގުމަށް އެފްޑީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.
1859 ވަނަ އަހަރު ފްރާންސްގެ ކެމިސްޓެއް އީޖާދުކުރި (ކެއުމަށް ރައްކާތެރި ނޫން ކެމިކަލެއް ކަމަށްވާ) މި "އެތިލިން އޮކްސައިޑަކީ" އާއްމުކޮށް ތަންތަނާއި އެއްޗެތިން ޖަރާސީމު މަރައި (ޑިސްއިންފެކްޓް ކުރުމަށް)، ހާއްސަކޮށް ކައްކައި ނުވަތަ ހޫނުން ހަލާކުވާ ޒާތުގެ މެޑިކަލް ސާމާނާއި، އިލެކްޓްރޯނިކްސްއާއި، އޮޕްޓިކަލް ސާމާސާއި، ކަރުދާހާއި ރަބަރާއި ޕްލާސްޓިކުގެ ބާވަތްތައް ޑިސްއިންފެކްޓް ކުރުމަށާއި، (ޖަރާސީމާއި ފަނި ފަކުސާ މަރަން) ދަނޑުވެރިކަމުގައި ދުން އެޅުމަށްވެސް ބޭނުންކުރަމުން އަންނަ ކެމިކަލެވެ. ކެމިކަލް ހަތިޔާރު ހެދުމަށް، 1940ގައި އެމެރިކާގެ އަސްކަރިއްޔާއިން ތަރައްގީކޮށް ބޭނުން ކުރަމުން އަންނަ މި ކެމިކަލަކީ ބައެއް ބާވަތުގެ ދިޔާތަކެތި ގަނޑުވިޔަ ނުދީ ހިފެހެއްޓުމަށް 1958 ގައި އެމެރިކާގެ ޝެލް އޮއިލް ކުންފުނިން އިތުރަށް ފައްކާކޮށް ބޭނުންކުރާ ކެމިކަލެކެވެ. މި ކެމިކަލް އެންމެ ގިނައިން އުފައްދަނީ އެމެރިކާއިންނެވެ.
އެމްއެފްޑީއޭ އިން ބުނީ ސިއްހަތަށް ކޮށްފާނެ ނޭދެވޭ އަސަރަކަށްޓަކައި އެ ކެމިކަލް ކާބޯތަކެތީގެ އުފެއްދުންތަކުގައި ބޭނުން ކުރުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށާއި، މި ހަވާދުގެ ދެ ބާވަތް ބޭނުން ނުކުރުމަށެވެ.