މޯލްޑިވިއަނުން ބެންގަލޫރަށް ދަތުރުތައް ފަށައިފި
ބެންގަލޫރު ދަތުރުތަކުގެ ޝެޑިއުލް ހަމަޖައްސާފައި ވަނީ ޗުއްޓީއާއި ވިޔަފާރީގެ ބޭނުމަށް ވެސް ދަތުރުކުރާ މީހުންނަށް ފަސޭހަ ވާނެ ގޮތަށް
ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަންއިން އިންޑިއާގެ ބެންގަލޫރަށް މިއަދު އަލުން ދަތުރުތައް ފަށައިފިއެވެ. މޯލްޑިވިއަންއިން ބުނީ ބެންގަލޫރަށް ދަތުރުތައް ފަށާނީ އޮކްޓޯބަރު މަހުގެ 30ގައި ކަމަށެވެ.
މޯލްޑިވިއަނުން ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބެންގަލޫރު އެެއާޕޯޓަށް ކުރާ ދަތުރުތައް ހަފްތާގެ ދެދުވަހުގައި އޮންނާނެ ކަމަށެވެ. މިގޮތުން ދަތުރުތައް އޮންނާނީ، ހޯމަ ދުވަހާއި ބުދަ ދުވަހުގައި ކަމަށާއި، މޯލްޑިވިއަންގެ ވެބްސައިޓާއި އެޕްމެދުވެރިކޮށް މިހާރު ޓިކެޓް ބުކްކުރެވޭނެ ކަމުގައިވެސް އެ އެއަރލައިނުން ވަނީ ބުނެފައެވެ.
ބެންގަލޫރު ދަތުރުތަކުގެ ޝެޑިއުލް ހަމަޖައްސާފައި ވަނީ ޗުއްޓީއާއި ވިޔަފާރީގެ ބޭނުމަށް ވެސް ދަތުރުކުރާ މީހުންނަށް ފަސޭހަ ވާނެ ގޮތަށް ބަލާފައި ކަމަށް އެކުންފުނިން ބުނެއެވެ.
ބައިނަލްއަގުވާމީ ގޮތުން މުހިންމު މަންޒިލްތަކާ ރާއްޖެ ގުޅުވާލުމަށް މޯލްޑިވިއަންއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ބެންގަލޫރަށް ފަށާ ފްލައިޓްތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އިގުތިސާދީ އަދި ސަގާފީ ގުޅުންތައް އިތުރަށް ބަދަހިވެ، ފަސިންޖަރުންނަށް އެންމެ ކަމުދާނެ ދަތުރުތައް ޚިޔާރު ކުރުމުގެ ފުރުސަތު ފުޅާވާނެ ކަމަށް މޯލްޑިވިއަންއިން ބުންޏެވެ.އިންޑިއާގެ ބެންގަލޫރަށް މިއަދު މޯލްޑިވިއަންގެ ދަތުރުތައް ފެށި އިރު އެ އެއާލައިނުން މިހާރުވެސް އިންޑިއާގެ ޗެންނާއިއަށާއި ޓްރެވިންޑްރަމްގެ އިތުރުން އެ އެއާލައިނުން މިހާރު ވެސް އިންޑިއާގެ ޓްރިވެންޑްރަމް އާއި ކޮޗިންގެ އިތުރުން ބަންގްލަދޭޝްގެ ޑާކާއަށްވެސް ޝެޑިއުލްދަތުރުތައް ކުރެއެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online