ދެ ރަށެއް ގުޅުވައިގެން ޖާވަކަރަ އައިލެންޑްސް މޯލްޑިވްސް ނަމުގައި ރިޒޯޓެއް ހުޅުވައިފި
މިރިޒޯޓު ތަރައްގީކޮށްފައިވަނީ މާބިންހުރާ އަދި ދެރުއްފިނޮޅު، ފާލަމަކުން ގުޅާލައިގެން
ކްރައުން ކޮންޕެނީ ޕްރައިވެޓް ލިމިޓެޑާއި އާއި ޗަމްޕާ ބްރަދަރސް މޯލްޑިވަސް ޕްރައިވެޓް ލިމިޓެޑާއި ގުޅިގެން 2011 ވަނަ އަހަރު އުފައްދާފައިވާ ކްރައުން އެންޑް ޗަންޕާ ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑުން، ޅ. އަތޮޅުގައި ތަރައްގީކުރި ‘ޖާވަކަރަ އައިލެންޑްސް މޯލްޑިވްސް’ ރިސޯޓު ހުޅުވައިފި އެވެ. މި ރިސޯޓަކީ 290 ކޮޓަރީގެ ރިސޯޓެކެވެ.
މި ރިޒޯޓު ތަރައްގީކޮށްފައިވަނީ 6 އޭޕްރިލް 2014ގައި 50 އަހަރަށް ލީސްކޮށްފައިވާ 39.4 ހެކްޓަރުގެ ޅ.މާބިންހުރާ އަދި އޭގެ ފަހުން 24 ޖުލައި 2014ގައި، މާބިންހުރަޔާއި އެއްފަޅެއްގައި އޮތް 5.7 ހެކްޓަރުގެ ޅ.ދެރުއްފިނޮޅު، 50 އަހަރަށް ނަގައި، ދިގު ފާލަމަކުން މި ދެރަށް ގުޅާލައިގެންނެވެ.
މިއީ މަޑިވަރު ޑޮމެސްޓިކް އެއާޕޯޓުން ފުރައިގެން ލޯންޗުގައި 40 މިނެޓުން ދެވޭ ރިސޯޓެކެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފުރައިގެން މަޑިވަރު އެއަރޕޯޓަށް ދެވޭނީ 35 މިނެޓުންނެވެ.
މާބިންހުރާގައި 202 ކޮޓަރި އަދި ދެރުއްފިނޮޅުގައި 88 ކޮޓަރި އަޅާފައިވެއެވެ. އެއީ 110 ބީޗު ވިލާ އާއި 90 ބީޗް ޕޫލް ވިލާ އަދި 70 ވޯޓާ ޕޫލް ވިލާއެވެ. މީގެ އިތުރުން މި ރިސޯޓްގައި 2 ސްޕާ، 4 ބާ އަދި 4 ރެސްޓޯރެންޓްވެސް ތަރައްގީކޮށްފައި ވެއެވެ.
ކުޑަކުދިންނަށް ހާއްސަ ކިޑްސް ކްލަބެއްގެ އިތުރުން ދެ އިންފިނިޓީ ޕޫލާއި ސަރފް ސްކޫލެއް ގާއިމްކޮށް، ވޯޓާ ސްޕޯޓްސްގެ ތަފާތު ކުޅިވަރު ކުޅެވޭނެ އިންތިޒާމްތައްވެސް ވަނީ ހަމަޖައްސައިފައެވެ.
މިއީކްރައުން އެންޑް ޗަންޕާ ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑުން އެންމެ ފަހުން ފެށި އެ ކުންފުނީގެ 10 ވަނަ ވިޔަފާރި ހަރަކާތެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online