ތުއްތު/ކުޑަކުދިން އެކުދިންގެ އެއްޗެހި ހިއްސާނުކުރަނީ ކީއްވެ؟
ކުޑަކުދިން ކުޅޭ އެއްޗެހި ހިއްސާނުކުރުމަކީ ކޮންމެހެން މައްސަލައެއް ނޫނެވެ.
ކުޑަކުދިން ކުޅޭ އެއްޗެހި ހިއްސާނުކުރުމަކީ ކޮންމެހެން މައްސަލައެއް ނޫނެވެ.
އެއީ އެކުދިންގެ އަމިއްލަ ނަފްސާއި، މިލްކުވެރިކަމާއި، އަދި އަމިއްލަވަންތަ އިމެއް، ކަނޑައެޅުމަށް ދަސްވަމުންދާ ދުވަސްވަރެއްގައި ފެންނާނެ އާދައިގެ (ނަފްސާނީ) ތަރައްޤީ މަރުހަލާއެކެވެ.
މިއީ އެކުދިންގެ ކިބައިގައި ހުންނަ އަމިއްލަ އެދުން ބޮޑުކަމެއް ނޫނެވެ. އެއީ އެ އުމުރުގައި ކުޅޭ އެއްޗެހި ހިއްސާކުރުމަށް ބޭނުންވާ ސިކުނޑީގެ ހުނަރުތައް އެކުދިންގެ ކިބައިގައި ތަރައްގީ ވަމުން އަންނަ ދުވަސްވަރު ފާހަގަ ކުރެވިދާނެ ސިފައެކެވެ. ނަމަވެސް، މިއީ އެކުދިން ބޮޑުވަމުން އަންނައިރު، ވަކި ތަރުތީބަކުން ކުޅެން ދަސްކޮށްދިނުމަށާއި ދީލަތިކަން ދައްކައިދިނުމަށް ލިބޭ ފުރުސަތެކެވެ.
މައިންބަފައިންނާއި، ބެލެނިވެރިންނާއި ޓީޗަރުންނާއި އަދި ކުއްޖާގެ އަހުލުވެރިން ދެނެގަނެ ހަނދާން ކުރަންވީ ކަމަކީ، ކުޑަކުދިން (ތުއްތުކުދިން) އެކުދިންނަށް ލިބޭ ނުވަތަ ސައުގުވެރިވާ އެއްޗެހި ހިއްސާކުރުމަށް މަޖުބޫރުކުރުމުން އެފަރާތްތަކަށް ކުދިންގެ ހިތުގައި އޮންނަ އިތުބާރު ގެއްލި ނަތީޖާ ގޯސްވެދާނެ ކަމެވެ. އޭގެ ބަދަލުގައި އެކުދިންގެ "މިއީ މަގޭ އެއްޗެއް" ކަމަށް ބުނާ ބުނުމަށް އިހުތިރާމްކުރުމުން، މުސްތަގުބަލުގައި، އެކުދިން ދީލަތިވުމަށް ބޭނުންވާ ރައްކާތެރިކަމުގެ އިހުސާސް ލިއްބައިދެވެއެވެ.
ކުދިން އެއްޗެހި ހިއްސާނުކުރުން މައްސަލައަކަށް ނުވަނީ ކީއްވެ؟
މިލްކުވެރިކަން ދަސްވުން:
ކުޑަކުދިން ދެކޭގޮތުގައި އެކުދިން ކުޅޭ އެއްޗެއްސަކީ އެކުދިންގެ އަމިއްލަ ނަފްސުގެ ބައެކެވެ. އެކުދިން ދަސްކުރަނީ "ތިބާގެ އެއްޗެއް" ކަމަށް ބުނުމުގެ ކުރިން "މިއީ މަގޭ އެއްޗެއް" ކަމަށެވެ.
ސިކުނޑީގެ ގާބިލިއްޔަތު ހުރި މިންވަރު:
އެއްޗެހި ހިއްސާކުރުމަށްޓަކައި އަމިއްލަ އިހުސާސްތައް ކޮންޓްރޯލްކުރުމާއި އެހެން މީހުންގެ ނަޒަރިއްޔާތުން ކަންކަމާ މެދު ވިސްނަން އެނގެންޖެހެއެވެ. މިއީ ކުޑަކުދިންނަށް އެ އުމުރުފުރާ ތަކުގައި އަދި ވަރަށް އުނދަގޫ ކަމެކެވެ.
އަމިއްލަ އިމެއް ކަނޑައެޅުން:
އެކުދިންގެ ތަކެތި ހިއްސާކުރަން ދެކޮޅުހެދުމަކީ އެކުދިންގެ ކިބައިގައި ސިއްހަތު ރަނގަޅު އަމިއްލަ އިރާދައެއް (އިހްތިޔާރާއެކު ގޮތްނިންމުން) ހުރިކަން ހާމަކޮށްދޭ ކަމެކެވެ.
އަމިއްލަ އެދުން ބޮޑުވުމެއް ނޫން:
އެއްޗެހި ދޭން ބޭނުންނުވުމަކީ އެކުދިން ނުބައި ނިޔަތެއްގައި ކުރާ ކަމެއް ނޫނެވެ. ނަމަވެސް އެއީ ހެދި ބޮޑުވެ ނަފްސާނީގޮތުން ތަރައްގީވަމުން އަންނަ މަރުހަލާގައި ކުރިމަތިވާ އާދައިގެ ކަމެކެވެ.
މަޖުބޫރުން ހިއްސާކުރުވުމުގެ ބަދަލުގައި ކުރެވިދާނެ ކަންތައްތައް:
ވަކި ތަރުތީބަކުން ކުޅެން ދަސްކޮށްދިނުން:
އެކަކަށް ފަހު އަނެކަކު ކުޅުމަކީ ހިއްސާކުރުމަށްވުރެ ކުދިންނަށް ދަސްކުރަން ފަސޭހަ ކަމެކެވެ.
ދީލަތިކަމުގެ ނަމޫނާ ދެއްކުން:
ތިބާގެ ތަކެތި އެހެން މީހުންނާ ހިއްސާކުރާ މަންޒަރު ކުދިންނަށް ދައްކައިދޭށެވެ.
މިލްކުވެރިކަމަށް އިހުތިރާމްކުރުން:
ކުއްޖާ ވަރަށް ލޯބިވާ އެއްޗެއް އަތުލައި އެހެން ކުއްޖަކަށް ނުދޭށެވެ. އެހެން ހެދުމުން އެކުދިންގެ ތަކެތި ރައްކާތެރި ނޫންކަމުގެ އިހުސާސް އެކުދިންނަށް ކުރެވެއެވެ. މިއީ އެކުދިންގެ ނަފްސީ އިތުބާރު ކުޑަވެ އެކަނިވެރިކަން އިހްތިޔާރު ކުރާނެ ކަމެކެވެ.
ގާތުގައި ތިބެގެން ކުޅުމަށް ހިތްވަރުދިނުން:
އެއްކުއްޖަކު އަނެއް ކުއްޖަކާ ގުޅިގެން ނުކުޅުނު ކަމުގައި ވިޔަސް، ކޮންމެ ކުއްޖަކު އަމިއްލަ އެއްޗަކާއެކު އެހެން ކުދިންގެ ކައިރީގައި ކުޅެން ފުރުސަތު ދޭށެވެ.
ރަނގަޅު ކަންކަމަށް ތައުރީފުކުރުން:
އެކުދިން ގުޅިގެން މަސައްކަތްކުރުމުން ނުވަތަ ކާ އެއްޗެއް ފަދަ އެއްޗެއް ހިއްސާކުރުމުން އެކަމަށް ތައުރީފުކުރާށެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online