ފިކުރާއި ނަފުސާނީ ދުޅަހެޔޮކަން
ބޭކާރު ވިސްނުމާއި ފިކުރުން ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރޭތަ؟
މަޝްހޫރު މުސްލިމު ސައިންސްވެރިޔާ، އިބުނު ސީނާ ވިދާޅުވެފައިވެއެވެ. "ފިކުރުތަކުގެ ބާރުގެ ސަބަބުން އެހެންޏާ ބަލިވެއެވެ. ނުވަތަ ޝިފާލިބެއެވެ."
އޭނާގެ، އެ ބަސްފުޅަކީ އަމިއްލަފުޅަށް އެކަން ތަޙުލީލު ކުރެއްވުމަށްފަހު، ވިދާޅުވެފައިވާ ބަސްފުޅެކެވެ. އެގޮތުން، އެކަން ތަޙުލީލު ކުރެއްވުމަށްޓަކާ، އިބުނު ސީނާ، ކުޑަކުޑަ ދެ ކަންބަޅި، ވަކި ދެ ކޮށްޓެއްގައި ބަންދުކުރެއްވިއެވެ. ދެ ކަންބަޅިއަކީވެސް އެއް ޢުމުރެއްގެ، އަދި އެއް ބަރުދަނެއްގެ ދެ ކަންބަޅިއެވެ. އަދި އެ ދެކަންބަޅިއަށް ކާން ދެއްވީވެސް ހަމަ އެކައްޗެކެވެ. އެއްވެސް ތަފާތު ކުރެއްވުމެއް ނެތެވެ.
އެއަށްފަހު، އިބުނު ސީނާ ތިންވަނަ ކޮށްޓެއް ހައްދަވައި، އެ ކޮށީގައި، ހިޔަޅެއް ބަންދު ކުރެއްވިއެވެ. އަދި ކުރިން ބަންދު ކުރެއްވި ދެ ކަންބަޅީގެ ތެރެއިން، އެއް ކަންބަޅިއަށް އަބަދުވެސް އެ ހިޔަޅު ފެންނަގޮތަށް، އަދި އަނެއް ކަންބަޅިއަށް އެއްގޮތަކަށްވެސް ހިޔަޅު ނުފެންނަ ގޮތަށް، ކޮށިތައް ބެހެއްޓެވިއެވެ.
މަސްތަކެއް ފަހުން، ހިޔަޅު ފެންނަގޮތަށް ބަންދުކުރައްވާފައި އޮތް ކަންބަޅިއަށް، އާދަޔާއި ޚިލާފު ގޮތްތަކެއްވެ، ބޭޤަރާރުވެ، ހެދިބޮޑުވުން ކަމީނާވެ، އަދި ބަރުދަން ލުއިވާން ފެށިއެވެ. އަދި އެންމެފަހުން، އެ ކަންބަޅި ބަލިވެ އަނަރޫފަ ވެގެން ގޮސް އެސޮރު މަރުވެއްޖެއެވެ. ހިޔަޅު ނުފެންނަގޮތަށް ބަންދު ކުރައްވާފައި އޮތް ކަންބަޅި، ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިއޮތެވެ.
ހިޔަޅު ފެންނަ ގޮތަށް ބަންދު ކުރައްވާފައި އޮތް ކަންބަޅިއަކަށް، ހިޔަޅުގެ ފަރާތުން އެއްވެސް ޖިސްމާނީ ގޯނާއެއް ނުލިބެއެވެ. އެހެން ނަމަވެސް، އެ ކަންބަޅިއަށް ނަފުސާނީގޮތުން ބިރުވެރިކަމާއި، ހާސްކަން ކުރިމަތިވެ، ޅަޢުމުރުގައި އޭތި މަރުވީއެވެ. އަދި، ހިޔަޅު ނުފެންނަ ގޮތަށް ބަންދު ކުރައްވާފައި އޮތް ކަންބަޅި އޮތީ ހިތް ހަމަޖެހި އުފަލުންނެވެ. އެ ކަންބަޅިއަކަށް ނަފުސާނީގޮތުން އެއްވެސް އަސަރެއް ނުކުރެއެވެ. އެހެންކަމުން، ދުޅަހެޔޮކަމާއެކު ބަރުދަން އިތުރުވެ ރަނގަޅު ޞިއްޙަތެއްގައި ދެމިއޮތީއެވެ.
އެ ތަޖުރިބާއިން، ނަފުސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން އިބުނު ސީނާ ހާމަކޮށް ދެއްވިއެވެ. ވީމާ، ބޭނުމެއް ނެތް، ހާސްވުންތަކާއި، ކަންބޮޑުވުންތަކުން އަމިއްލަ ނަފުސަށް އުނދަގޫ ނުކުރާށެވެ.
އިބުނު ސީނާ އަލިއަޅުއްވާ ލައްވާފައިވަނީ ސިކުނޑިއާއި، ހަށިގަނޑާ ދެމެދު އޮންނަ ވަރުގަދަ ގުޅުމުގެ މައްޗަށެވެ. ނައްސި ފިކުރުތަކުން ޞިއްޙަތަށް ގެއްލުން ލިބޭއިރު، ފައްސި ވިސްނުމުން ޝިފާލިބުމަށް އެހީތެރިވެދެއެވެ. އިބުނު ސީނާގެ އެ ބަސްފުޅަކީ، ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށްޓަކާ، ދުޅަހެޔޮ ޒިހުނިއްޔަތެއް ތަރުބިއްޔަތު ކުރުމުގެ މުހިންމުކަމާއި، އަދި އެކަމަށް ހިތްވަރުދޭ ބަސްފުޅެކެވެ.
އެއިން ދައްކުވައިދެނީ ޒިހުނީ އާދަކާދައިން، ޙަޤީޤަތަށް އަސަރުކުރުވާ ގޮތެވެ. އިންސާނާ، އޭނާގެ ފިކުރުތައް ކިޔަމަންކުރުމުން، ޒާތީ ތަބުދީލީ ނުވަތަ ޓްރާންސްފޮމޭޝަނަށް މަގުފަހިކޮށްދެއެވެ.
މަސްދަރު:. އަވިއްސެނާ، "ކޮންސަރނިންގ ދަ ސޯ
~ ޙަސަން ލުތުފީ ~
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online