ކިހާ މޯލްޑިވްސް ރިސޯޓަށް ފަތުރުވެރިން ގެންދިއުން މަނާކޮށްފި
ބ. އަތޮޅު ކިހާދުއްފަރުގައި ހިންގަމުންދާ ކިހާ މޯލްޑިވްސް ރިސޯޓަށް ފަތުރުވެރިން ގެންދިއުމަށް އެއްވެސް މުއާމަލާތެއް އެއްވެސް ސިފައެއްގައި އެއްވެސް ފަރާތަކުން ނުކުރުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން އިއްޔެ (28 އޮގަސްޓު 2025) ގައި އަންގައި، އެރިޒޯޓަށް ފަތުރުވެރިން ގެންދިއުން މަނާކޮށްފިއެވެ.
އެ ވުޒާރާއިން ގެޒެޓުކޮށް ނެރުނު ބަޔާނެއްގައި ވިދާޅުވީ، ކިހާ މޯލްޑިވްސް މި ވުޒާރާއާ އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށްދީފައިވާ ރަށެއް ކަމަަށެވެ.
ނަމަވެސް އެ ރަށުގައި ތަރައްގީކޮށްފައިވާ ޓޫރިސްޓް ރިސޯޓަކީ ރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު އަދި އެ ވުޒާރާއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ހިންގަމުން ދިޔަ ރިސޯޓެއް ނޫން ކަމަށެވެ. އަދި އެ ވުޒާރާގެ ފަރާތުން ތަކުރާރުކޮށް ފުރުސަތުދީ ވަކި ސަރުތުތަކެއްގެ މަތިން އެންމެ ފަހުން ރިސޯޓު ހިންގުމަށް އެ ކުންފުންޏަށް ދީފައިވާ ވަގުތީ އޮޕަރޭޓިން ލައިސަންސުގެ މުއްދަތު މިދިޔަ އަހަރުގެ ސެޕްޓެންބަރު 27ގެ ނިޔަލަށް ހަމަވުމާއި ހަމައަށްވެސް އެ ކަންކަން އެކުންފުނިން ރަނގަޅުކޮށްފައި ނުވާ ކަމަށް އެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި ބަޔާން ކޮށްފައިވަނީ، އެ މުއްދަތުގެ ފަހުން އެ ކުންފުންޏަށް ރިސޯޓު ހިންގުމަށް އެ ވުޒާރާއިން އިތުރު އޮޕަރޭޓިން ލައިސަންސެއް ދީފައިނުވާ ކަމަށެވެ.
އަދި ރިސޯޓު އޮޕަރޭޓިން ލައިސަންސް ނެތި ޓޫރިސްޓް ރިސޯޓް ހިންގުމަކީ ގާނޫނާ ހިލާފުކަމެއް ކަމަށްވާތީ އާއި އެ ކުންފުނިން ހުއްދަ ނެތި އެ ރަށުގައި ފަތުރުވެރިން ބައިތިއްބާތީ، ދެ ފަހަރެއްގެ މަތިން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެކުންފުނި ޖޫރިމަނާކުރެވިފައިވާ ކަމަށްވެސް އެ ވުޒާރާއިން ނެރުނު އެންގުމުގައި ވެއެވެ.
"މިކަންކަން މިހެން ހުރުމުން، ބ.ކިހާދުއްފަރުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް އެ ވުޒާރާއާއި، އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމާ އެ ކުންފުނިން ތަކުރާރުކޮށް ހިލާފުވެފައިވާތީ އަދި ގާނޫނާ ހިލާފަށް އެރަށުގައި ޓޫރިސްޓުންނަށް ހިދުމަތް ދެމުން ގެންދާތީ، ރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނާ، އެ ރަށް ކުއްޔަށްދިނުމަށް ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެމަތިން އެ އެއްބަސްވުމުގެ ދަށުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެ ވުޒާރާއިން މިގެންދަނީ ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އަޅަމުން،". ކަމުގައި އެ ބަޔާނުގައި ވެއެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online