ދިވެހިރާއްޖެއާއި ޕާކިސްތާނުގެ ގުޅުން އައު އުސްމިންތަކަކަށް: އިގްތިސާދީ އަދި ދިފާއީ ބަދަހިކަމާއެކު ސަރަހައްދީ ސިޔާސީ އޮއިވަރު ހޫނުވަނީ

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ 10 އަހަރަށްފަހު ރާއްޖޭގެ ރައީސަކު އެގައުމަށް ކުރެއްވި ފުރަމާނަ ފުރަތަމަ ދަތުރުފުޅު: ބޮޑު ސުވާލަކީ މިކަމާ އިންޑިއާ ކަންބޮޑުވާންޖެހޭ ހެއްޔެވެ؟

އޮކްޓޫބަރު 24, 2026 - 05:17
އަދާހަމަވެއްޖެ: 6 ދުވަސްތައް ކުރިން
ދިވެހިރާއްޖެއާއި ޕާކިސްތާނުގެ ގުޅުން އައު އުސްމިންތަކަކަށް: އިގްތިސާދީ އަދި ދިފާއީ ބަދަހިކަމާއެކު ސަރަހައްދީ ސިޔާސީ އޮއިވަރު ހޫނުވަނީ
ދިވެހިރާއްޖެއާއި ޕާކިސްތާނުގެ ގުޅުން އައު އުސްމިންތަކަކަށް: އިގްތިސާދީ އަދި ދިފާއީ ބަދަހިކަމާއެކު ސަރަހައްދީ ސިޔާސީ އޮއިވަރު ހޫނުވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅާއެކު، ދެ ގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ އަދި ދިފާއީ ގުޅުންތައް އައު ހަރުފަތަކަށް އަރައިގެން ގޮސްފިއެވެ. މި ދަތުރުފުޅުގައި ދިފާއީ ކަންކަން، ކަނޑުގެ ރައްކާތެރިކަން، ތައުލީމު، އަދި ސިއްހީ ދާއިރާ ހިމެނޭހެން މުހިންމު 20 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، މިހާރު އަހަރަކު ގާތްގަނޑަކަށް 13.9 މިލިއަން އެމެރިކާ ޑޮލަރުގައި ދެ ގައުމުގެ ދެމެދު އޮތް ވިޔަފާރި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި (2028 ގެ ނިޔަލަށް) 200 މިލިއަން ޑޮލަރަށް މަތިކުރުމަށް ކަނޑައެޅި އަމާޒެވެ. މީގެ އިތުރުން މާލެއާއި ކަރާޗީއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށްޓަކައި މޯލްޑިވިއަން އިން ރާވަމުންދާއިރު، ޕާކިސްތާނުންވެސް ވަނީ މީގެ "ފީސިބިލިޓީ ސްޓަޑީ" އެއް ހެދުމަށް ނިންމާފައެވެ. އަދި 2014 ގެ ފަހުން ނުބޭއްވި ހުއްޓިފައިވާ ސާކް (SAARC) ސަމިޓް އަވަސްކުރުމަށްވެސް ރައީސް މުޢިއްޒު ވަނީ މަސްވަރާ ކުރައްވާފައެވެ.

ޕާކިސްތާނާއެކު ވެވުނު މުހިންމު އެއްބަސްވުންތަކާއި މަސްވަރާތަކުގެ ތާވަލު:

ދާއިރާ މަޝްވަރާ/އެއްބަސްވުމުގެ މައިގަނޑު އަސާސް އަމާޒު އަދި ނަތީޖާ
ދިފާއީ އަދި ކަނޑުގެ ސަލާމަތް ސަރަހައްދީ ސަލާމަތާއި ދިފާއީ ގުޅުން ބަދަހިކުރުން ސިފައިން ތަމްރީނުކުރުމާއި ކަނޑުގެ ރައްކާތެރިކަން އިތުރުކުރުން
ވިޔަފާރިއާއި އިގްތިސާދު ދެގައުމުގެ ދެމެދުގައިވާ ދާހިލީ ވިޔަފާރި ފުޅާކުރުން ވިޔަފާރި 13.9 މިލިއަން ޑޮލަރުން 200 މިލިއަން ޑޮލަރަށް މަތިކުރުން
ވައިގެ ދަތުރުފަތުރު މާލެއާއި ކަރާޗީއާ ދެމެދު ސީދާ ފްލައިޓްތައް ފެށުން ދަތުރުފަތުރާއި ފަތުރުވެރިކަން ފުޅާކުރުމުގެ ފީސިބިލިޓީ ދިރާސާކުރުން
ތައުލީމާއި ސިއްހަތު ފަންނީ އެހީތެރިކަމާއި ތަމްރީނު ފުރުސަތުތައް އިންސާނީ ވަސީލަތް ތަރައްގީކުރުމާއި ސިއްހީ އެހީތެރިކަން
ތިމާވެށި ގަސްއިންދުމުގެ ގައުމީ ހަރަކާތަށް އެހީވުން ޕާކިސްތާނުން 100،000 ޒައިތޫނި ގަސް ފޯރުކޮށްދިނުން

އިންޑިއާއަށް ހުރި ޖިއޯ-ޕޮލިޓިކަލް ނުރައްކާތަކާއި ކަންބޮޑުވުން:

ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ގުޅުން ބަދަހިވަމުންދާ މި ދަނޑިވަޅަކީ ދެކުނު އޭސިއާގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ވަގުތެކެވެ. މި ކަމުގެ ސަބަބުން އަވައްޓެރި އިންޑިއާއަށް ޖިއޯ-ޕޮލިޓިކަލް ގޮތުން އެތައް ކަންބޮޑުވުންތަކެއް ކުރިމަތިވެއެވެ:

އިންޑިއާ ކަނޑުގެ ރައްކާތެރިކަމާއި ދިފާއީ ބަދަހިކަން:

އިންޑިއާއިން އަބަދުވެސް ދެކޭގޮތުގައި އިންޑިއާ ކަނޑުގެ ސަރަހައްދަކީ އެ ގައުމުގެ ސެކިއުރިޓީއާ ސީދާ ގުޅިފައިވާ ސަރަހައްދެކެވެ. ރާއްޖެއިން ޕާކިސްތާނާއެކު ދިފާއީ އަދި ކަނޑުގެ ސަލާމަތީ އެއްބަސްވުންތައް ގާއިމުކުރުމަކީ އިންޑިއާގެ ދެކުނު ބޯޑަރާ ކައިރީގައި ޕާކިސްތާނުގެ އަސްކަރީ ނުފޫޒު ފުޅާވުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމެކެވެ.

ސާކް (SAARC) ގެ މަސްރަހު:

އިންޑިއާއިން ބައިވެރިނުވުމުގެ ސަބަބުން 2014 އިން ފެށިގެން ސާކް ސަމިޓް ހުއްޓިފައިވާއިރު، ރައީސް މުޢިއްޒު ޕާކިސްތާނުގައި ހުންނަވައި ސާކް ސަމިޓް އަވަސްކުރުމަށް ގޮވާލެއްވުމަކީ، ސަރަހައްދީ ސިޔާސީ މަސްރަހުގައި އިންޑިއާއަށް ދެވުނު ސިޔާސީ މެސެޖެއްގެ ގޮތުގައި ބެލެވޭ ކަމެކެވެ.

އިންޑިއާ-ރާއްޖެ ހާރިޖީ ހަމަހަމަކަން (ފޮރިން ޕޮލިސީ ބެލަންސް):

ރާއްޖެއިން ޕާކިސްތާނާއެކު ގުޅުން ބަދަހިކުރަމުންދާއިރު، އިންޑިއާގެ ތިން އަސްކަރީ މަނަވަރެއް މާލެއަށް އައިސް ގުޅިފައިވާ ތަމްރީނުތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. މިއީ ރާއްޖެއިން ދެ ގައުމާ ދެމެދު ހާރިޖީ ތިލަފަތް ހަމަހަމަކުރަން އުޅޭކަމުގެ ނިސާނެއް ކަމުގައިވިޔަސް، އިންޑިއާއިން މިފަދަ ގުޅުންތަކަށް ފަރުވާތެރިކަމާއެކު ފާރަވެރިވާނެއެވެ.

ރައީސް މުޢިއްޒު ޕާކިސްތާނަށް ވަޑައިގެން ކުރެއްވި މަސްވަރާތަކާއި އެއްބަސްވުންތައް ކުރިއަށް ގެންގޮސްފައިވަނީ، ހީނަރު ވެފައިވާ ދިވެހިރާއްޖޭގެ އިގްތިސާދު، ކޮޅަށްޖެހުމަށް އެހީތެރިވުމުގެ ގޮތުން، ރާއްޖެއިން އިންޑިއާއަށް ދައްކަން ޖެހިފައިވާ 3000 ކްރޯޑް ރުޕީސް ގެ ކަރަންސީ ސްވޮޕް، އެ ގައުމުން ފަސްކޮށްދިން ތަނާއެވެ.

ދިވެހި ރާއްޖެއާއި ޕާކިސްތާނާއި ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރެވުނީ 1966 ގައެވެ.


ފާހަގަކުރެވޭ އެހެނިހެން ކަންކަމުގެ ހުލާސާ:

ގޯސްވި މޫސުން: މާލެއަށް ބޯކޮށް ވާރޭވެހި 90 އަށްވުރެ ގިނަ ގެއަށް ފެންވަދެ، މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފުން ވަނީ ފެންހިންދުމުގެ މަސައްކަތް ކޮށްފައެވެ. ފިޔޯރީގެ 90 އިންސައްތަ ގޭގެއަށްވެސް ވަނީ ފެނުގެ އަސަރުކޮށްފައެވެ.

ދައުލަތުގެ ހަރަދުތައް: ސަރުކާރުން މުސާރައިގެ ގޮތުގައި ކުރާ ހަރަދު 14 އިންސައްތަ އިތުރުވެ، 5.6 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އާމްދަނީއަށްވުރެ ހަރަދުތައް ވަނީ އިތުރުވެފައެވެ.  

ތިމާވެށީގެ ނުރައްކާ: އޭޑީބީގެ ރިޕޯޓަކުން ދައްކާގޮތުގައި އުދަ އެރުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް 3.8 އިންސައްތައިގެ ބޮޑު ގެއްލުމެއް ލިބުމުގެ ނުރައްކާ އެބައޮތެވެ.

ޒައިތޫނި ގަސް ހަދިޔާކުރުން: ޕާކިސްތާނުން ހަދިޔާކުރި 100،000 ޒައިތޫނި ގަހަކީ ރާއްޖޭގެ އިސްތިވާއީ މޫސުމާ ގުޅޭ ގަސްތަކެއް ނޫންކަމަށް ބުނެ ތިމާވެށީގެ މާހިރުން ކަންބޮޑުވުން ފާޅުކޮށް އާއްމުން ދަނީ ފާޑުކިޔަމުންނެވެ.