މަރުވެފައި އޮތް ފިރިހެނެއް - ހުޅުމާލެ ފަޅު ތެރޭގައި
ހުޅުމާލޭ ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ އެމްއެންޑީއެފް ފަޔަރ ސްޓޭސަން އާއި ދިމާ ފަޅުތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
އަދާހަމަ: މިއަދު ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވަނީ މަރުވެފައިވާ މީހާއަކީ މ. މަޑުއްވަރީ، ކޮކަނަޓްވިލާ، އުމުރުން 36 އަހަރުގެ އިބްރާހިމް ޖިނާހު ކަމަށެވެ.
ފުލުހުން ބުނީ، ހުޅުމާލެ ފަޅުތެރެއިން ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން މިއަދު ހަވީރު 4:30 ހާއިރު، އެތަނުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އޭގެ ފަހުން، އެ މީހާ ނަގައިގެން ހޮސްޕިޓަލަށް ގެންދިއަ އިރު ވެސް އެމީހާ ވަނީ މަރުވެފައި ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެއެވެ.
މަރުވެފައި އޮއްވާ ފެނުނީ ދިވެއްސެއްކަން ކަށަވަރެއް ނުވާކަމަށާއި، އަދި އެމީހާ އާ ބެހޭ އިތުރު ތަފްސީލެއްވެސް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މިދިޔަ ބުދަދުވަހުވެސް ވަނީ ދަރުމަވަންތަ ހޮސްޕިޓަލާ ދިމާލު މޫދުން ޒަހަމްތަކަކާއެކު އޮތް މީހަކު ފެނިފައެވެ. އެމީހާ އެދުވަހު ނިޔާވިއިރު، ބޮލުގައި ޒަހަމްތަކެއް ހުއްޓެވެ. އައިޖީއެމްއެޗުން ލަފާކޮށްފައިވަނީ، ބޮޑަށް ބެލެވެނީ އެމީހާގެ ބޮލަށް ޒަހަމްތަކެއް ލިބުނީ އުޅަނދެއްގައި ޖެހިގެންކަމަށެވެ. އަދި މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ވެސް މާލޭގެ އުސް ފަސްގަނޑު ސަރަހައްދުން ކަނޑުގައި، މަރުވެފައި އޮތް މީހަކު ވަނީ ފެނިފައެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online