ސިޔާސަތުތައް ބިނާކުރުމުގައި ދިރާސީހެއްކަށް އަހައްމިއްޔަތުކަން ދިނުން - ރައީސްގެ ތަސައްވުރު
ތަސައްވުރަކީ ދިރާސާތަކާއި އީޖާދުތަކަކީ ގައުމުގެ ކުރިއެރުމުގެ މައިގަނޑު އަސާސްކަމުގައި ހެދުން - ރައީސް މުއިއްޒު
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި ސަރުކާރުގެ އަމާޒަކީ ސިޔާސަތުތައް އެކަށައެޅުމުގައި ނިންމާ ކޮންމެ ނިންމުމަކީ ހެއްކަށް ބިނާކޮށް ނިންމާ ނިންމުމަކަށް ހެދުން ކަމަށާއި ދިރާސާކުރުމަށް ކުރާ އިންވެސްޓްމަންޓު އިތުރުކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ "ތެވެލި ބައިނަލްއަޤްވާމީ މަހާސިންތާ 2024" ފެށުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައެވެ.
ގައުމެއް ބިނާކުރުމުގައި ދިރާސާތަކުގެ މުހިންމުކަމަށް އަލިއަޅުއްވައިލައްވަމުން ރައީސް ވިދާޅުވީ ސަރުކާރުން ނިންމާ ކޮންމެ ޕޮލިސީ ނިންމުމަކީ ހެކީގެ މައްޗަށް ބިނާވެފައިވާ ނިންމުންތަކެއް ކަމަށާއި އަދި ހަމަ އެހެންމެ ޕްރޮފެޝަނަލް ނިންމުންތަކެއްކަން ފާހަގަކުރައްވަމުން، އެކަމުގައި ތައުލީމީ ފަރާތްތަކާއި ދިރާސާކުރާ ފަރާތްތަކާއި ޕޮލިސީ ނިންމުންތައް ނިންމާ ފަރާތްތަކާއި ޕްރައިވެޓް ސެކްޓަރާއި އަދި އާންމު ފަރާތްތަކުންވެސް އެކުގައި ގުޅިގެން އެމަގަށް މަސައްކަތް ކޮށްދެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
"އަޅުގަނޑުމެން ތަސައްވުރުކުރަނީ، ކޮންމެ ސިޔާސަތެއް ވެސް ހެކިތަކަށް ބިނާކޮށް ނިންމަން، އަދި ކޮންމެ ގޮންޖެހުމަކާ ވެސް ތަޖުރިބާކާރުންގެ އިލްމުގެ މައްޗަށް ބިނާވެފައިވާ ހައްލަކާ އެކު ކުރިމަތިލުން" - ރައީސުލް ޖުމްހޫރިއްޔާ
ރާއްޖޭގެ ތަރައްގީގެ ނަމޫނާ މި މުޖުތަމައަށް ފެތޭތޯ ބެލުމާއި މުސްތަގުބަލުގެ ތަސައްވުރާއި ދިރާސާކުރުމުގެ ނިޒާމު ކުރިއެރުވުމާއެކު، ރާއްޖޭގެ އަމިއްލަ ދިރާސާތައް ކުރިއެރުވުމުގެ މުހިންމުކަން ފާހަގަކުރައްވައި ދިރާސީ ބިންގަލުގެ މައްޗަށް ބިނާވެފައިވާ މުސްތަގުބަލެއް ބިނާކުރުމަށް، ގައުމީ ރިސާޗް ކައުންސިލެއް އުފެއްދުމަށް ކުރެވޭ މަސައްކަތް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުން ދިރާސީ ވެއްޓަށް ތާއީދާއި މަދަދާއި ދެއްވާކަން ފާހަގަ ކުރައްވާފައެވެ.
ރައީސް ވިދާޅުވީ ދިރާސާކުރަން ކުރާ ހޭދަ އިތުރުވާއިރު، އަމާޒަކީ ރާއްޖޭގައި ކުރާ ދިރާސާތަކަކީ ބައިނަލްއަގުވާމީ އެންމެ މަތީ މިންގަނޑުތަކަށް ފެތޭ ދިރާސާތަކަށް ހެދުން ކަމަށާއި، ދަނޑުވެރިކަމާއި މަސްވެރިކަމާއި މޫސުމީ ބަދަލުތަކާއި އާންމު ސިއްހަތުގެ ނިޒާމުގެ އިތުރުން ދެމެހެއްޓެނިވި ފަތުރުވެރިކަމާއި ގުޅުންހުރި މުހިންމު މަސްރޫއުތަކެއް ކުރިއަށް ހުރި މަސްތަކުގައި ފައްޓަވާނެ ކަމުގައެވެ.
"ބްރިޖިންގ ބައުންޑަރީސް: އެކްސްޕްލޯރިންގ ސިނާޖީސް އެކްރޮސް ރިސާޗް ޑިސިޕްލިންސް" ގެ ފަލަސުރުހީގެ ދަށުން، ދުނިޔޭގެ އެކިގައުމުތަކުގެ މުރައްބީން ބައިވެރިވެ ވަޑައިގެން، މި އޮގަސްޓްމަގުގެ 19އިން 20 އަށް ޤައުމީ ޔުނިވަރސިޓީން އިންތިޒާމުކޮށްގެން ބޭއްވި 7 ވަނަ "ތެވެލި ބައިނަލްއަގްވާމީ މަހާސިންތާ"ގައި ރައީސް ވިދާޅުވީ، ހުރިހާ ރައްޔިތުން ވެސް ދިރާސާކުރުމުގެ އަގުވަޒަންކޮށް ސުވާލުކޮށް، ތައުލީމު އުނގެނެން ޖެހޭ ކަމަށާއި، ގައުމުގެ ކުރިއެރުމުގައި އެންމެން ސާމިލުވާންޖެހޭނެ ކަމަށާއި، އެކުގައި މަސައްކަތްކޮށްގެން ރާއްޖެއަކީ ދިރާސީ ކާމިޔާބީގެ ހަބަކަށް ހެދިދާނެ ކަމުގައެވެ.
- ތެވެއްޔަކީ އިރުހަނދު އަރައިގެން އަންނަ އިރު ނުވަތަ އޮއްސެންދާ އިރު އުދަރެހުން ފެށިގެން ފެންގަނޑުމަތީގައި ދޫލައެއްހެން ފެތުރިފައި އޮންނަ ރިހިކުލައިގެ ނުވަތަ ރަންކުލައިގެ އައްޔަށް ކިޔާ ނަމެކެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online