ސަރުކާރުގެ ބޮޑަތި ފަސް ކުންފުންޏެއްގެ ބޯޑަށް ބަދަލު ގެނެސްފި
ބައެއް ކުންފުނިތަކުގެ ބޯޑަށް މެންބަރުން އައްޔަނުކުރިއިރު، ބައެއް މެންބަރުން ވަނީ ބޯޑުން ވަކިކޮށްފަ
ސަރުކާރުގެ ފަސް ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މިއަދު ބަދަލުތަކެއް ގެނެސްފި އެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މީސްމީޑިއާގައި ހާމަކުރި ގޮތުގައި، މި ބަދަލުތަކުގެ ތެރޭގައި ބައެއް ކުންފުނިތަކުގެ ބޯޑުން މެންބަރުން ވަކިކުރުމާއި، ބައެއް ކުންފުނިތަކަށް އާ މެންބަރުން އައްޔަނުކުރުން ހިމެނެ އެވެ.
ތިން ކުންފުންޏެއްގެ ބޯޑަށް އައްޔަނު ކުރެއްވިބޭފުޅުންނަކީ:
- މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް): މި ކުންފުނީގެ ބޯޑަށް އައްޔަނުކުރީ ސ. ހުޅުދޫ، ރިވާސައިޑް، އަޙްމަދު ނާޞިފް
- މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ): މި ކުންފުނީގެ ބޯޑު މެންބަރުކަމަށާއި ޗެއާޕާސަންގެ މަގާމަށް އައްޔަނުކުރީ ދަފުތަރު ނަންބަރު ރސ 14819، ސަޢާދާ އިބްރާހިމް
- އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ): މި ކުންފުނީގެ ބޯޑު މެންބަރުކަމަށް އައްޔަނުކުރީ ސ. ހިތަދޫ، ވެލްކަމްވިލާ، ޝެރީނާ ޞާލިހް
ދެ މެންބަރަކު މިއަދު ޕީސީބީން ވަނީ، މަގާމުން ވަކިވެސް ކޮށްފައެވެ. އެއީ، ވިޒިޓް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑު މެންބަރު ޢާއިޝަތު އަލީއާއި އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑު މެންބަރު އައިމިނަތު ރައިޝަމެވެ.

މީގެއިތުރުން، ޕީސީބީގެ ބޭންކިން ދާއިރާގެ މެންބަރު ކަމަށް ޒައިނާ އަބްދުﷲ ވެސް މިއަދު (ޖޫން 24، 2026 ވަނަ ދުވަހު) ވަނީ އައްޔަނު ކޮށްފައެވެ.
ދައުލަތުގެ ކުންފުނިތަކުން ބޮޑު ހަރަދެއް ކޮންމެ އަހަރަކު ވެސް ކުރަމުން އަންނައިރު، ފިނޭންސް މިނިސްޓްރީން މިދިޔަ އޭޕްރިލް މަހު ވަނީ، ސަރުކާރު ކުންފުނިތަކުން 33 މުވައްޒަފުން މަދުކުރަން ޕީސީބީއަށް އަންގާފައެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online