އިޒުރޭލުގެ އާ ސަރުކާރަކުން ފަލަސްތީނުގެ ރައްޔިތުންނަށް ބަދަލަކަށް 'ފުރުސަތެއް' ލިބިދާނެ
އިޒުރޭލުގައި އުފެދޭ އާ ސަރުކާރަކުން ފަލަސްތީނުގެ ރައްޔިތުންނަށް މާނަހުރި ބަދަލުތަކެއް ގެނެސްދީފާނެ ކަމަށާއި، ނަމަވެސް "މުގައްދަސް ބިމުގައި ވެސް މުއުޖިޒާތްތަކަކަށް އިންތިޒާރުކޮށްގެން ނުވާނެ" ކަމަށް އެތަނުގެ ގެ ޗެތަމް ހައުސްގެ ސީނިއާ ކޮންސަލްޓިން ފެލޯ، ޔޮސީ މެކެލްބާގް ބުނެފިއެވެ.
އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި މެކެލްބާގް ބުނެފައިވަނީ، އިޒުރޭލުގެ މިހާރުގެ ސަރުކާރުގެ އަމާޒަކީ "ފަލަސްތީނު މީހުންނަށް ދިރިއުޅުން ދަތިކޮށް ހާލުގައި ޖެއްސުން" ކަމަށެވެ. އަދި އިޒްރޭލުގެ ވަޒަންވެރިން (ފަލަސްތީނު ރައްޔިތުންގެ މައްޗަށް) ހިންގާ ގަތުލުއާންމުތަކާއި ހަމަނުޖެހުންތައް "އެއްވެސް އަދަބެއް ނުލިބި ކުރިއަށްގެންދިއުމަށް ފުރުސަތު ދެމުންދާ" ކަމަށާއި، ސަރުކާރުން "ހިމާޔަތް ދެނީ އަނިޔާ ލިބޭ މީހުންނަށް ނޫން ކަމަށާއި، ހިމާޔަތް ދެނީ ވަޒަންވެރިންނަށް" ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
ގާދީ އެއިޒެންކޮޓް، ޔާއިރު ގޯލާން، ޔާއިރު ލަޕީދު އަދި ނަފްތާލީ ބެނެޓް ފަދަ ސަހުސިއްޔަތުތައް ހިމެނޭ ކޯލިސަނަކުން މިކަމުގައި މާ ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް މެކެލްބާގް ބުންޏެވެ. އަދި "މިހާރު ޒައިތޫނި ކެނޑުމުގެ މޫސުމުގައި މި ފެންނަ ފަދައިން" ވަޒަންވެރިން ހިންގާ އަނިޔާވެރި އަމަލުތަކަށް އެފަދަ ސަރުކާރަކުން ދުލެއް ނުދޭނެ ކަމަށް އޭނާ ވަކާލާތު ކުރިއެވެ.
މީގެއިތުރުން، ހިފާފައިވާ ހުޅަނގު އައްސޭރީގައި ވަޒަންވެރިން ފުޅާކުރުމަށް ހިންގާ ހިޔާލުތަފާތުވުން ބޮޑު "އީ-1" މަސްރޫއު ވެސް އައު ސަރުކާރަކުން މެދުކަނޑާލުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ލަފާކުރިއެވެ.
"ހާއްސަކޮށް ހައްދުފަހަނައެޅި ކަނާތުފިޔައިގެ ފަރާތްތަކާއި، އަދި އޭގެ އިތުރުން ބޮޑުވަޒީރުގެ ފަރާތުން ވެސް މިހާރު ފެންނަމުންދާ ދެއްކުންތެރި ވާހަކަތަކުގެ ބަދަލުގައި، އައު ސަރުކާރެއްގައި ބުއްދިވެރި، ހަމަޖެހޭ މަސްވަރާތަކެއް ކުރެވޭނެ ކަމަށް އަޅުގަނޑު ދެކެން،" މެކެލްބާގް ބުނެފައި ވެއެވެ.
ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށްޓަކައި "ފަލަސްތީނުގެ ސިޔާސީ ނިޒާމުގެ ތެރެއަށް ވެސް ބަދަލުތަކެއް ގެންނަން ޖެހޭނެ ކަމާމެދު އެއްވެސް ސައްކެއް ނެތް" ކަމަށް އޭނާ އިތުރަށް ބަޔާންކޮށްފައި ވެއެވެ. އަދި މިފަދަ ބަދަލެއް ރެއިންރެއަށް ނައި ނަމަވެސް، އާ ސަރުކާރަކުން ކުރިއެރުމަށް މަގުފަހިވާނެ "ފުރުސަތެއް ފަހިކޮށްދޭނެ" ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online