ގިރާވަރުން ގުޅީފަޅަށް ބަދަލުވާން އެދުނު ދެހާހަށްވުރެ ގިނަމީހުންގެ ގުރުއަތުލުން ޖޫން ހަތަރެއް ގައި
ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުން ގޯތި ލިބުނު 2000 އަށް ވުރެ ގިނަ މީހުން ގުޅީފަޅަށް ބަދަލުވާން އެދިއްޖެ އެވެ.
ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކުން ގުޅީފަޅަށް ގޯތި ބަދަލުކުރަން، ހިނގަމުންމިދާ ސަރުކާރުން ހުޅުވާލި ފުރުސަތުގައި 2210 މީހުން ގުޅިފަޅަށް ބަދަލުވާން އެދިފައި ވެއެވެ.
ގިރާވަރުފަޅުގެ ލޭންޑްޔޫސް ޕްލޭނަށް މިސަރުކާރުން ގެނައި ބަދަލުތަކާއެކު، ކުރީ ސަރުކާރުން އެތަނުން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ، ގިރާވަރުފަޅުން 1347 ގޯތި ގުޅިފަޅަށް ބަދަލުކުރަން މިސަރުކާރުން އިއުލާންކުރީ ނިމިދިޔަ އޭޕްރީލް މަހުގަ އެވެ.
ގުޅިފަޅަށް ބަދަލު ކުރަން ނިންމާފައި ވަނީ 1250 އަކަފޫޓުގެ 193 ގޯއްޗާއި، 1650 އަކަފޫޓުގެ 663 ގޯއްޗާއި، 2050 އަކަފޫޓުގެ 487 ގޯއްޗާއި، 2450 އަކަފޫޓުގެ 4 ގޯއްޗެވެ.
އެޗްޑީސީން ޖުމްލަ 1096 ފުރުސަތަށް ހުޅުވާލާފައިވާނީ 4 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. ގިނަ ބަޔަކު ގުޅީފަޅުގެ ގޯތިތަކަށް ކުރިމަތިލާފައިވާތީ، މިނިސްޓްރީން ވަނީ އެގޯތިތަކުގެ ގުރުއަތުލުން އަންނަ މަހުގެ 4 ގައި ނެގުމަށް ނިންމާފަ އެވެ. އެހެން ނަމަވެސް، ގުރު ނަގާ ތަނާއި ގަޑި ފަހުން އާންމުކޮށް އިއުލާންކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައި ވެއެވެ.
ގުޅީފަޅަށް ގޯތި ބަދަލުކުރަން އެދި ހުށަހެޅި މީހުންގެ އަދަދު:
1. 1250 އަކަފޫޓުގެ 193 ގޯތި: ބަދަލު ކުރަން އެދި ހުށަހެޅީ 1093 މީހުން
2. 1650 އަކަފޫޓުގެ 663 ގޯތި: ބަދަލު ކުރަން އެދި ހުށަހެޅީ 880 މީހުން
3. 2050 އަކަފޫޓުގެ 487 ގޯތި: ބަދަލު ކުރަން އެދި ހުށަހެޅީ 234 މީހުން
4. 2450 އަކަފޫޓުގެ 4 ގޯތި: ބަދަލު ކުރަން އެދި ހުށަހެޅީ 3 މީހުން
ގޯތި ބަދަލުކުރަން އެދިފައިވާ ކެޓަގަރީތަކުގެ ތެރެއިން 2050 އަދި 2450 އަކަފޫޓުގެ ގޯތި ލިބުނު މީހުން ކަނޑައަޅާފައިވާ އަދަދަށް ވުރެ މަދު ކަމުން، އެ މީހުންގެ މެދުގައި ގުރުނެގުން ނޯންނާނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.
ނިމިދިޔަ ސަރުކާރުން ގުޅީފަޅު ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 02 ޖުލައި 2023 ގައެވެ. ގުޅީފަޅު ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާއި އެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online