20 ވަނަ ރައްޔިތުންގެ މަޖިލިސް ރައީސަކަށް އަބްދުއް ރަހީމް، ނައިބަކަށް އަހްމަދު ނާޒިމް

20 ވަނަ ރައްޔިތުންގެ މަޖިލިސްގެ ރައީސާއި ނައިބު ރައީސް

މެއި 28, 2024 - 12:08
 0
20 ވަނަ ރައްޔިތުންގެ މަޖިލިސް ރައީސަކަށް އަބްދުއް ރަހީމް، ނައިބަކަށް އަހްމަދު ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުއްލާ އިންތިހާބުކޮށް، ނައިބު ރައީސަކަށް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އިންތިހާބުކޮށްފިއެވެ.

20 ވަނަ މަޖިލިހުގެ 93 މެންބަރުންގެ ތެރެއިން ރިއާސަތުގައި އިންނެވި އަހްމަދު ސިޔާމް ފިޔަވައި 92 މެންބަރުން މި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. 

ރައީސަކަށް ހުށަހެޅުނު ދެބޭފުޅުންގެ ތެރެއިން އަބްދުއް ރަހީމް އަބްދުއްލާއަށް ލިބިވަޑައިގެންނެވީ 71 ވޯޓެވެ. އެމްޑީޕީގެ ފަރާތުން މަޖިލީހުގެ ރައީސަކަށް ހުށަހެޅި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލަށް ލިބިވަޑައިގެންނެވީ 14 ވޯޓެވެ. 7 ވޯޓެއް ވަނީ ބާތިލު ވެފައެވެ.

ނައިބު ރައީސަކަށް ހުށަހެޅުނު ދެބޭފުޅުންގެ ތެރެއިން އަހްމަދު ނާޒިމަށް ލިބިވަޑައިގެންނެވީ 80 ވޯޓެވެ. އެމްޑީޕީގެ ފަރާތުން މަޖިލީހުގެ ނައިބު ރައީސަކަށް ހުށަހެޅި މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ އަށް ލިބިވަޑައިގެންނެވީ 12 ވޯޓެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބު ކާމިޔާބު ކުރައްވައި ވިހިވަނަ މަޖިލީހަށް ހޮވުނު މެންބަރުން މިއަދު ހުވާކުރައްވާފައިވަނީ އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މީގެ ކުރިން ބޭއްވި ހާއްސަ ޖަލްސާގައެވެ. މެންބަރުންނަށް ހުވާލައިދެއްވީ އުއްތަމަފަނޑިޔާރު އަލްއުސްތާޒު އަހުމަދު މުޢުތަސިމް އަދުނާނެވެ.

ވިހި ވަނަ މަޖިލީހަކީ މިހާތަނަށް އެންމެ ގިނަ މެންބަރުން ދާއިރާތައް ތަމްސީލު ކުރާ މަޖިލީހެވެ. އެގޮތުން 93 މެންބަރުން ހިމެނިވަޑައިގަންނަވައެވެ. މި މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ނަގާފައިވަނީ ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީންނެވެ. އެގޮތުން މަޖިލީހުގައި ތިއްބަވާ 93 މެންބަރުންގެ ތެރެއިން ޕީއެންސީގެ ޕީޖީގައި 75 މެންބަރުން ތިއްބަވާނެއެވެ. މައިނޯރިޓީ ޕާޓީ ތަމްސީލުކުރާނީ 19 ވަނަ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ތަމްސީލްކުރި އެމްޑީޕީންނެވެ. މިދިޔަ މަހު ބޭއްވި އިންތިހާބުގައި އެ ޕާޓީއަށް ކާމިޔާބު ކުރެވިފައިވަނީ 12 ގޮނޑިއެވެ.

ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރަކަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ ކަނޑައަޅުއްވާފައެވެ. އަދި ސީނިއަރ ޑެޕިއުޓީ ޕީޖީ ލީޑަރަކަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލާއި، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގާއި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވަނީ ކަނޑައަޅުއްވާފައެވެ.

އެމްޑީޕީ އަދި މަޖިލީހުގެ މައިނޯރިޓީ ޕީޖީ ލީޑަރަކަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ އިންތިހާބުކޮށްފައެވެ. އެ ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރުންނަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދާއި މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ ވަނީ އިންތިހާބު ކޮށްފައެވެ.

މިނިވަން މެންބަރުންގެ ގޮތުގައި މި މަޖިލީހުގައި ތިއްބަވާނީ ދެ މެންބަރުންނެވެ. މީގެ އިތުރުން ޖުމްހޫރީ ޕާޓީއާ އެމްއެންޕީގެ މެންބަރެއްގެ އިތުރުން އެމްޑީއޭގެ ދެ މެންބަރުންވެސް މަޖިލީހުގައި ތިއްބަވާނެއެވެ.

1. ޙުސައިން ޝަރީފު - ހުޅުމާލެ އުތުރު ދާއިރާ 2. ޢަބްދުﷲ ޝަޛީމް - ހުޅުމާލެ މެދު ދާއިރާ
3. އަޙްމަދު ޝަމްހީދު - ހުޅުމާލެ ދެކުނު ދާއިރާ 4. އަޙްމަދު އައިފާން - ހެންވޭރު އުތުރު ދާއިރާ
5. ޙުސައިން ނާޞިޙް - މެދުހެންވޭރު ދާއިރާ 6. ޙުސައިން އިމްރާން ލަޠީފް - ހެންވޭރު ދެކުނު ދާއިރާ
7. ޢަލީ އިބްރާހީމް - ހެންވޭރު ހުޅަނގު ދާއިރާ 8. މުޙައްމަދު އިބްރާހީމް - ގަލޮޅު އުތުރު ދާއިރާ
9. މީކާއީލު އަޙްމަދު ނަސީމް - ގަލޮޅު ދެކުނު ދާއިރާ 10. އިބްރާހީމް މުޙައްމަދު - މައްޗަންގޮޅި އުތުރު ދާއިރާ
11. އަޙްމަދު ޟަމީރު - މައްޗަންގޮޅި މެދު ދާއިރާ 12. މުޞްޠަފާ ޙުސައިން - މައްޗަންގޮޅި ދެކުނު ދާއިރާ
13. މުޙައްމަދު ނާޡިމް - މާފަންނު އުތުރު ދާއިރާ 14. އަސްމާ ރަޝީދު - މާފަންނު މެދު ދާއިރާ
15. ޢަބްދުﷲ ރިފާޢު - މާފަންނު ދެކުނު ދާއިރާ 16. މުޙައްމަދު މުޞްޠަފާ އިބްރާހީމް - މާފަންނު ހުނޅަގު ދާއިރާ
17. މުޙައްމަދު އިސްމާޢީލް - ވިލިމާލެ ދާއިރާ 18. ޢަލީ މޫސާ - ހޯރަފުށި ދާއިރާ
19. އަޙްމަދު ނަޞީރު - އިހަވަންދޫ ދާއިރާ 20. އިބްރާހީމް ޝުޖާޢު - ބާރަށު ދާއިރާ
21. ޢަބްދުއްލަޠީފް މުޙައްމަދު - ދިއްދޫ ދާއިރާ 22. ޢަބްދުﷲ ޝަރީފް - ކެލާ ދާއިރާ
23. ޢަބްދުލްޣަފޫރު މޫސާ - ހަނިމާދޫ ދާއިރާ 24. މުޙައްމަދު ރަޝީދު - ނޮޅިވަރަމް ދާއިރާ
25. ޙުސައިން ޒިޔާދު - ވައިކަރަދޫ ދާއިރާ 26. މުޙައްމަދު ދާއޫދު - ކުޅުދުއްފުށި އުތުރު ދާއިރާ
27. ފަރުޙަތު މުޙައްމަދު - ކުޅުދުއްފުށި ދެކުނު ދާއިރާ 28. އާދަމް ޝަފީޤު - މަކުނުދޫ ދާއިރާ
29. އަމީން ފައިސަލް - ކަނޑިތީމު ދާއިރާ 30. ޙަސަން މުފީދު ޢަބްދުލްޤާދިރު - މިލަންދޫ ދާއިރާ
31. މުޙައްމަދު އިބްރާހީމް - ކޮމަންޑޫ ދާއިރާ 32. މުޙައްމަދު މަމްދޫޙް - ފުނަދޫ ދާއިރާ
33. މުޙައްމަދު ޢަފޫ ޙާމިދު - ކެނދިކުޅުދޫ ދާއިރާ 34. ޙުސްނީ މުބާރިކް - މަނަދޫ ދާއިރާ
35. މުޙައްމަދު ޢައްބާސް - ވެލިދޫ ދާއިރާ 36. ޢަބްދުއްސައްތާރު މުޙައްމަދު - ހޮޅުދޫ ދާއިރާ
37. ޢަބްދުއްލަޠީފް ޢަބްދުއްރަޙްމާނު - އަލިފުށި ދާއިރާ 38. އިބްރާހީމް ޝިފާޒް - އުނގޫފާރު ދާއިރާ
39. މުޙައްމަދު ޢަލީ - ދުވާފަރު ދާއިރާ 40. އިބްރާހީމް ފަލާޙް - އިނގުރައިދޫ ދާއިރާ
41. އަޙްމަދު ޒާހިރު - މަޑުއްވަރި ދާއިރާ 42. ޢަބްދުލްޙަންނާން އަބޫބަކުރު - ތުޅާދޫ ދާއިރާ
43. އަޙްމަދު ސަލީމް - އޭދަފުށި ދާއިރާ 44. މަޢުރޫފް ޛާކިރު - ކެންދޫ ދާއިރާ
45. މުޙައްމަދު ޝިރުހާން - ހިތާދޫ ދާއިރާ 46. މުޙައްމަދު އަބްދުއްރަޙްމާން - ހިންނަވަރު ދާއިރާ
47. ޔާސީން އަބްދުﷲ - ނައިފަރު ދާއިރާ 48. މުޙައްމަދު ޝާމިން ޙަބީބު - ކުރެންދޫ ދާއިރާ
49. މުންތަޡިމް އިބްރާހީމް - ކާށިދޫ ދާއިރާ 50. އިބްރާހީމް ނަސީމް - ތުލުސްދޫ ދާއިރާ
51. ޙުސައިން ރިޟާ އާދަމް - މާފުށި ދާއިރާ 52. އަނާރާ ނަޢީމް - ހުރާ ދާއިރާ
53. ޙަސަން ޒަރީރު - މަތިވެރި ދާއިރާ 54. ޙުސައިން ސަމީރު - ތޮއްޑޫ ދާއިރާ
55. ޤާސިމް އިބްރާހީމް - މާމިގިލި ދާއިރާ 56. އަޙްމަދު ޠާރިޤް - މަހިބަދޫ ދާއިރާ
57. ޢަބްދުﷲ ރަޝީދު - ދަނގެތި ދާއިރާ 58. އާދަމް ޒާހިރު - ފެލިދޫ ދާއިރާ
59. މުޙައްމަދު ނިއުޝާދު - ކެޔޮދޫ ދާއިރާ 60. އަޙްމަދު ނާޡިމް - ދިއްގަރު ދާއިރާ
61. އިބްރާހީމް ނައުފަލް - މުލަކު ދާއިރާ 62. އަޙްމަދު އަސްލަމް - ބިލެތްދޫ ދާއިރާ
63. ފާޠިމަތު ސަޢުދާ - ނިލަންދޫ ދާއިރާ 64. އަޙްމަދު ސިޔާމް މުޙައްމަދު - މީދޫ ދާއިރާ
65. ޙުސައިން ޙަމީދު - ކުޑަހުވަދޫ ދާއިރާ 66. ޙަސަން ވަޙީދު - ވިލުފުށި ދާއިރާ
67. އަޙްމަދު ރިޔާޟް - ތިމަރަފުށި ދާއިރާ 68. ޢަލީ އަޝްރަޤް - ކިނބިދޫ ދާއިރާ
69. ހަނާން މުޙައްމަދު ރަޝީދު - ގުރައިދޫ ދާއިރާ 70. އިސްމާޢީލް ޝަފީޢު - އިސްދޫ ދާއިރާ
71. ޔޫސުފް ނަޝީދު - ގަމު ދާއިރާ 72. ޢަބްދުއްރަޙީމް ޢަބްދުﷲ - ފޮނަދޫ ދާއިރާ
73. އަޙްމަދު ޝާކިރު - މާވަށު ދާއިރާ 74. ޢާޒިމް ޢަބްދުލްޢަޒީޒް - ވިލިނގިލި ދާއިރާ
75. މުޙައްމަދު ފަޟީލް - ދާންދޫ ދާއިރާ 76. އަސަދުﷲ ޝިހާބް - ގެމަނަފުށި ދާއިރާ
77. އިބްރާހީމްދީދީ - ކޮލަމާފުށި ދާއިރާ 78. ސަޢުދުﷲ ޙިލްމީ - ތިނަދޫ އުތުރު ދާއިރާ
79. މުޙައްމަދު އަލްސަން އަޙްމަދު - ތިނަދޫ ދެކުނު ދާއިރާ 80. މުޙައްމަދު ޝަމީޒް - މަޑަވެލި ދާއިރާ
81. އަޝްރަފް ރަޝީދު - ފަރެސްމާތޮޑާ ދާއިރާ 82. މުޙައްމަދު ޢަލީ - ގައްދޫ ދާއިރާ
83. ޙަމަދު ޢަބްދުﷲ - ފުވައްމުލަކު އުތުރު ދާއިރާ 84. ޢަލީ ފަޒާދު - ފުވައްމުލަކު މެދު ދާއިރާ
85. އިބްރާހީމް ޙުސައިން - ފުވައްމުލަކު ދެކުނު ދާއިރާ 86. މުޙައްމަދު ޝާހިދު - ހުޅުދޫ ދާއިރާ
87. އިސްމާޢީލް ނިޒާރު - ފޭދޫ އުތުރު ދާއިރާ 88. އިބްރާހީމްދީދީ - ފޭދޫ ދެކުނު ދާއިރާ
89. އަޙްމަދުދީދީ - މަރަދޫ ދާއިރާ 90. މުޙައްމަދު ސިނާން - ހިތަދޫ އުތުރު ދާއިރާ
91. އަޙްމަދު އަޒާން މަރުޒޫޤު - ހިތަދޫ މެދު ދާއިރާ 92. އިބްރާހީމް ނާޒިލް - ހިތަދޫ ދެކުނު ދާއިރާ
93. ޢަބްދުއްރަޙްމާން - އައްޑޫމީދޫ ދާއިރާ