ތެލުގެ އަގު ހެޔޮކޮށްފި

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާ ޑީސަލްގެ އަގު ދަށް ކޮށްފި

މެއި 28, 2024 - 15:05
 0
ތެލުގެ އަގު ހެޔޮކޮށްފި

ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގު ހެޔޮ ވުމާއި ގުޅިގެން އެސް.ޓީ.އޯ އިން ތެޔޮ ވިއްކާ އަގު ދަށްކޮށްފިއެވެ.

މިއީ އޮގަސްޓު 2022 އިން ފެށިގެން ޖެހި ޖެހިގެން އެސްޓީއޯއިން ތެޔޮ ވިއްކާ އަގު ދަށްކުރި 5 ވަނަ ފަހަރެވެ. މި ބަދަލާއި އެކު ޑީސަލް ލީޓަރަކުން 70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި ކުޑަ ވާނެއެވެ.

މި ބަދަލާއި އެކު ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަންތަކުން މިއަދުން ފެށިގެން ތެޔޮ ލިބޭނީ ތިރީގައިވާ އަގުތަކަށެވެ.

ޕެޓްރޯލް:

ކުރީގެ އަގު: ލީޓަރެއް 14.33ރ

ކުޑަކުރީ: 0.35ރ

މިހާރުގެ އަގު: 13.98ރ

ޑީސަލް:

ކުރީގެ އަގު: ލީޓަރެއް 14.62ރ

ކުޑަކުރީ: 0.70ރ

މިހާރުގެ އަގު: 13.92ރ

ދުނިޔެއަށް ކުރިމަތިވި އާލަމީ ވަބާ، ކޮވިޑް19 ގެ ކުރިން ޕެޓްރޯލް ލީޓަރެއް 11.39ރ. އަށް އަދި ޑީސަލް ލީޓަރެއް 11.97ރ. އަށް ވިއްކިއެވެ. އެފަދަ ގޮންޖެހުމެއް މިހާރު ރާއްޖެއަށް ކުރިމަތިވެފައި ނެތްއިރު، އެސްޓީއޯ އިން އަބަދުވެސް މަސައްކަތް ކުރަނީ އެ ކުންފުނިން ފޯރުކޮށްދޭ އެންމެހާ ހިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިއުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ. މި ގޮތުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގަށް އަންނަ ބަދަލުތަކާއި އެކު، ރާއްޖޭގައި ތެޔޮ ވިއްކާ އަގުތައްވެސް ބަދަލު ކުރަމުން ދާނެ ކަމުގެ ޔަގީން ކަން އެސްޓީއޯއިން ދީފައި ވެއެވެ.