ފަލަސްތީނަށްޓަކައި ގުނޫތު ކިޔަން އަލުން ފަށަން އަންގައިފި

މެއި 29, 2024 - 14:41
 0
ފަލަސްތީނަށްޓަކައި ގުނޫތު ކިޔަން އަލުން ފަށަން އަންގައިފި

ފަލަސްތީނަށްޓަކައި މަގުރިބާއި ފަތިސް ނަމާދަށްފަހު ގުނޫތު ކިޔުމަށް އިސްލާމީ ކަންކަމާއިބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އެދިވަޑައިގެންފިއެވެ.

އިޒުރޭލުގެ ގަތުލުއާންމަކީ "ދެ ގައުމެއް ދޭތެރޭ ހިނގާ ކަމެއް" ކަމަށް ވެރިކަންކުރާ ޕީއެންސީން ބުނުމުގެ ސަބަބުން އާއްމު ރައްޔިތުން ނުރުހުން ސަރުކާރަށް އަމާޒުވެފައި ވަނިކޮށް، ވަޒީރު ޝަހީމް އިއްޔެ އެކްސް ގައި ލިޔުއްވާފައިވަނީ:

މީގެ ކުރިން ހުރިހާ ނަމާދެއްގައި ގުނޫތު ކިޔަން އިސްލާމީ  ކަންކަމާބެހޭ ވުޒާރާއިން އެންގީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 11 ގަ އެވެ. ނަމަވެސް (ވެރިކަން ބަދަލުވުމަށް ފަހު) މިދިޔަ ފެބްރުއަރީ މަހުގެ 4 ގައި އެ ވުޒާރާއިން ވަނީ އެދުވަހުގެ މަގްރިބް ނަމާދަށްފަހު ގުނޫތު ކިޔުން ވަގުތީ ގޮތުން ހުއްޓާލަން އަންގައިފައެވެ.

ފަލަސްތީނުގެ ރައްޔިތުން މަރައި ބިންތައް ފޭރިގަނެ އެބިންތަކުގައި ވަޒަންވެރިވެ ގަނެގެން ތިބި އިޒުރޭލުގެ އާއްމު ރައްޔިތުންގެ ތެރޭން 90 އިންސައްތަ، އިޒުރޭލުން ފަލަސްތީނަށް ކުރާ ލާއިންސާނީ އަމަލުތަކާއި، ގަތުލު އާއްމަށް ތާއީދު ކުރާކަމަށް ދުނިޔޭގެ އެކިއެކި ދިރާސާތަކާއި ރިޕޯޓުތަކާއި ވީޑިއޯތަކުން ސާބިތުކޮށްދީފައި ވެއެވެ. އިޒުރޭލުގެ އާއްމު ރައްޔިތުންގެ އެތައް ބަޔަކު ނިކުމެ، ފަލަސްތީނަށް ގެންދާ ކާއެތިކޮޅު ފަލަސްތީނަށް ވާސިލުވިޔަ ނުދިނުމަށް، އެތަކެތި ފޭރި އުކައި ޗަސްކޮށް ހަލާކުކުރާ އެކިއެކި ވީޑިއޯ މަންޒަރުތައް މީސްމީޑިއާގައި މިހާރުވެސް ފެތުރެމުންދާކަމީ މިކަމުގެ ކުޑަ ހެއްކެކެވެ.

ދިވެހި ރާއްޖެއަށް އިޒުރޭލު މީހުން އެރުން މަނާކުރުމަށް ނިމިދިޔަ މަޖިލިހުން ފާސްކޮށްފައި ވީނަމަވެސް މިސަރުކާރުން އިޒުރޭލުގެ ޕާސްޕޯޓް ބޭންކޮށް އެކަން ތަންފީޒުނުކުރާތީ ރާއްޖޭގެ ރައްޔިތުން ސަރުކާރުގެ ބަސްމަގު ދެކޮޅު ނުޖެހޭކަމަށް ބުނަމުން ގެންދެއެވެ. 

އިޒުރޭލުގެ އަމާޒަކީ ފަލަސްތީނުގެ ރައްޔިތުން މަރައި، ބާކީ ތިބިނަމަ ތިބި ބަޔަކު އެތަނުން ފައްސާލައި ފަލަސްތީނުގެ ބިންތައް ފޭރިގަނެ އެތަނުގައި ޔަހޫދީން ވަޒަންވެރި ކުރުވުމެވެ.