ގްރީން ޓެކްސް ފަންޑުން ފައިސާ ބަހައިފި - ފެބްރުވަރީގެ ނިޔަލަށް ގިނަ ރަށްރަށަށް އެއްވެސް މިންވަރެއް ނުލިބޭ
ގްރީން ޓެކްސް ފަންޑުގެ މައުލޫމާތު ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް މި ފަންޑުން 202 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
ގްރީން ޓެކުހުގެ ފައިސާ ޖަމާ ކުރާ "ގްރީން ފަންޑު" ގައި މިއަހަރުގެ މިހާތަނަށް 1.3 ބިލިއަން ރުފިޔާ ޖަމާވެފައި ހުރި ކަމަށް ދައްކައިފި އެވެ.
ގްރީން ފަންޑުގެ ރިޕޯޓް ދައްކާ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ގްރީން ފަންޑުގައި 1.1 ބިލިއަން ރުފިޔާ ހުއްޓެވެ. އަދި މި އަހަރުގެ މިހާތަނަށް މި އަދަދު ވަނީ 1.3 ބިލިއަން ރުފިޔާއަށް އިތުރު ވެފަ އެވެ.
މި އަހަރު ގްރީން ފަންޑު
- މިހާތަނަށް ޖުމްލަ ޖަމާވި - 202 މިލިއަން
- ޖުމްލަ ހަރަދުކުރި - 94 މިލިއަން
- ފަންޑުގައި ހުރި - 1.3 ބިލިއަން
މިދިޔަ ފެބްރުއަރީ މަހު ގްރީން ފަންޑަށް 102 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަލަށް އުފެދުނު ރައީސް މުއިއްޒުގެ ސަރުކާރު، މި ދިޔަ ނޮވެންބަރު މަހު ހަވާލުވިފަހުން މި އަހަރުގެ ފެބްރުވަރީ އާއި ހަމައަށް، ގްރީން ފަންޑަށް ލިބުނު ފައިސާއިން ހަރަދު ކުރި ރަށްތަށް (މާލެ ނުހިމަނައި) ތިރީގައި އެވަނީއެވެ. ގިނަ ރަށްތަކަށް އެ ފަންޑުން އެއްވެސް މިންވަރެއް މި މުއްދަތުގައި (މި ސަރުކާރު އައިފަހުން) ދީފައި ނުވާކަން ފާހަގަ ވެއެވެ.
ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަ ކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online