ކަމަދޫ ކަރަންޓް ބިލުތަކުން 375،000 ރުފިޔާ ވަގަށް ނެގި މައްސަލައެއް ބަލަން ފަށައިފި
އޭސީސީން ބުނީ 2017 އިން 2019 ވަނަ އަހަރުގެ ނިޔަލަށް ފެނަކަ ކޯޕަރޭޝަނުގެ ކަމަދޫ ބްރާންޗުގެ ކަރަންޓް ބިލުތަކުން ޖުމްލަ 375،405.52ރ ވަގަށް ނަގާ އެ ފައިސާ ބޭނުން ކޮށްފައިވާ ކަމަށެވެ.
މި ފަހަކަށް އައިސް މާލެ ސަރަހައްދުގައި އާދަޔާ ހިލާފަށް ކަރަންޓު ބިލުތަކުގެ އަދަދުތައް ބޮޑުވެފައިވާ ކަމުގެ ސަކުވާތައް ގިނަ ބަޔަކު ވަނީ ކޮށްފައެވެ. ކަރަންޓު ބޭނުންކުރެވޭނެ މިންވަރުކަމަށް ގަބޫލު ނުކުރެވޭ ވަރަށް ބޭނުންކޮށްފައި ހުރި ކަމަށް (ޔޫސޭޖު) ހިމަނައި އަދަދުތައް ބޮޑުކޮށްފައިވާ އެތައް ސަތޭކަ ބިލުތަކުގެ ފޮޓޯތައް މީސްމީޑިޔާގައި އާއްމުކޮށްފައި ވެއެވެ.
މީގެ ކުރިން ހިންގާފައިވާ މިފަދަ އެހެން ހީލަތަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ބ. ކަމަދޫ ބްރާންޗުން ކަރަންޓް ބިލް ތައްޔާރުކޮށް އެރަށުގެ ގޭގެއަށާއި ވިޔަފާރިތަކަށް ފޮނުވިއިރު ބިލުތަކުގެ ޖުމްލަ އަދަދަށް ބަދަލު ގެނެސް ފައިސާ ނަގާފައިވާ މައްސަލައެވެ.
މި މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދިފައިވަނީ ބ. ކަމަދޫ ބްރާންޗުގެ ކުރީގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު އެ ރަށު މިނާ، އާއިޝަތު ސަމިއްޔާގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައި ވަނީ ރަސްމީ ހައިސިއްޔަތުން ވާޖިބު އަދާކުރުމުގައި ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އަމިއްލައަށް ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދައުވާ އާއި ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއް ގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ.
އޭސީސީން ބުނީ 2017 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް އާއިޝަތު ސަމިއްޔާ ފެނަކަ ކޯޕަރޭޝަނުގެ ބ.ކަމަދޫ ބްރާންޗުގެ ކަރަންޓް ބިލުތަކުން ޖުމްލަ 375،405.52ރ (ތިން ލައްކަ ހަތްދިހަ ފަސްހާސް ހަތަރު ސަތޭކަ ފަސް ރުފިޔާ ފަންސާސް ދެ ލާރި) ނަގާ އެ ފައިސާ ބޭނުން ކޮށްފައިވާ ކަމަށެވެ.
އެފައިސާ އަނބުރާ ހޯދުމަށް ފެނަކަ ކޯޕަރޭޝަނަށް އެންގުމަށް ވެސް އޭސީސީން ވަނީ ނިންމާފައެވެ. އަދި މި އަމަލުގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް އެފައިސާ އަނބުރާ ހޯދައިދިނުމަށް އެންގުމަށް ވެސް ވަނީ ނިންމާފަ އެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online