ހަ މަސް ތެރޭ ގޯތި ދޫކުރަން ލާޒިމް ކުރާ ބިލް ތަސްދީގެއް ނުކޮށް އަނބުރާ ފޮނުއްވާ ލައްވައިފި
ބަންޑާރަ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމު ކުރާތާ ހަ މަސް ތެރޭގައި ގޯތީގެ ރަޖިސްޓްރީ ދޫކުރަން ޖެހޭ ގޮތަށް ބިމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ނުކުރައްވާ އަނަބުރާ މަޖިލީހަށް ފޮނުއްވާ ލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެންމެ ބުނީ ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް ނުވަ ވަނަ އިސްލާހު ގެނައުމުގެ ބިލާއި މެދު އަލުން ވިސްނާވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެން މި ބިލު ތަސްދީގު ނުކުރައްވާ އަނބުރާ ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވާލާފައިވާ ކަމަށެވެ.
މި ބިލަކީ އޭޕްރީލް 29 ވި ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 22 ވަނަ ޖަލްސާ އިން ފާސްކޮށް މެއި ދޭއް ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ތަސްދީގު ކުރެއްވުމަށް އެދި ފޮނުއްވާފައިވާ ބިލެކެވެ.
ބިމާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅާފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމެވެ. އެ އިސްލާހު ގައި ބަޔާންކޮށްފައި ވަނީ ގޯތި ލިބޭ ދާއިމީ ލިސްޓު ގެޒެޓްކުރާތާ ގިނަވެގެން ހަ މަސް ތެރޭގައި ގޯތި ލިބުނު މީހުންނަށް ކަމާ ގުޅޭ އިދާރާއިން ގޯތި ހަވާލުކުރަން ޖެހޭނެ ކަމަށެވެ.
މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އޮތުމުން މި އިސްލާހު ހުށައަޅާ ފާސްކުރި ނަމަވެސް އެމްޑީޕީގެ ސަރުކާރުން ގޯތި ދީފައި ވަނީ ހިއްކާ ނުނިމޭ ތަންތަނުން ކަމުގައި މިސަރުކާރުން މީގެ ކުރިންވަނީ ބުނެފައެވެ.
މި ސަރުކާރުގެ އެންމެ ހާއްސަ (ސިގްނޭޗަރ) ޕްރޮޖެކްޓް ކަމުގައިވާ ރަސްމާލެ (ފުށިދިއްގަރު ފަޅު) ބިން ހިއްކަން ފަށާފައި، މިހާރު ވަނީ އެކަން ހުއްޓިފައެވެ. އަދި ހިއްކާފައިވާ 9 ވަރަކަށް ހެކްޓަރުގެ ވެސް ގިރަމުން ދާތާ މަސްތަކެއް ވެއްޖެއެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online