ރިސްވަތުގެ މައްސަލައިގައި މަގާމުން ދުރުކޮށްފައިވާ ސުޕްރީމްކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ ރައީސް އޮފީހުގެ ގާނޫނީ ވަކީލަކަށް
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ ރައީސް އޮފީހުގެ ގާނޫނީ ވަކީލަކަށް އައްޔަން ކޮށްފިއެވެ.
ޖޭއެސްސީއަށް ހެކިލިބި، އެ ކޮމިސަނުން ބެލި ބޮޑު ރިސްވަތުގެ މައްސަލަ ސާބިތުވެ، މަގާމުން ވަކިކޮށްފައިވާ އަބްދުﷲ ދީދީ ރައީސް އޮފީހުގެ ގާނޫނީ ވަކީލަކަށް އައްޔަން ކޮށްފައިވަނީ ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގައެވެ.
މި މަގާމަށް އޭނާ އައްޔަން ކުރިއިރު، ޕްރޮސިކިއިޓަރ ޖެނެރަލް އޮފީހުގައި އެ ރިސްވަތުގެ މައްސަލަ އަދިވެސް އޮތީ ނުނިމިއެވެ.
އެ އޮފީހުގެ މީޑިއާ އޮފިސަލަކު މައުލޫމާތު ދިންގޮތުގައި އެމް.އެމް.ޕީ.އާރު.ސީ ގެ ހިޔާނާތުގެ މައްސަލައިގައި އަބްދުﷲ ދީދީ އާއި ދެކޮޅަށް ކުރެވިފައިވާ ތަހުގީގާއި ގުޅޭގޮތުން ދައުވާކުރަން ހުށަހެޅުމާއި ބެހޭ ނިންމުންތައް ނިންމަމުންދާ ކަމުގައި ވެއެވެ.
އަބްދުﷲ ދީދީއާއި ދެކޮޅަށް ޖޭއެސްސީއަށް ހުށަހެޅިފައިވާ މައްސަލަތައް ބަލަން ފެށިފައިވަނީ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަން ނިމުނު ފަހުންނެވެ. އުއްތަމަ ފަނޑިޔާރެއްގެ މަގާމުވެސް ފުރި އަބްދުﷲ ދީދީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރީ، ރައީސް ޔާމީނުގެ ވެރިކަމުގެ ފަހު އަހަރު، ސިޔާސީ ކުއްވެރީންގެ ގޮތުގައި އޭރު ގައިދު ކޮށްފައިވާ ސިޔާސީ މީހުންތައް ދޫކޮށްލަން ފެބްރުވަރީ 1 ގައި ނެރުނު އަމުރާއި ގުޅިގެން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު އެކޯޓުން ބޭރުވުމާއި ގުޅިގެން މަގާމު ހުސްވުމާއި ގުޅިގެންނެވެ.
އަބްދުﷲ ދީދީއާއި ދެކޮޅަށް ހުށަހެޅިފައިވާ މައްސަލަތައް ޖޭއެސްސީން ބެލުމަށްފަހު، އެކަށިގެންވާ ހެކި ހުރުމާއިއެކު، އޭނާ ފަނޑިޔާރުކަމުން ދުރުކުރަން ޖޭއެސްސީން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި، އެ މަޖިލިހުގެ 87 ވޯޓުގެ ތެރެއިން 72 ވޯޓުން ފާސްވީ އަބްދުﷲ ދީދީ ފަނޑިޔާރުކަމުން ވަކިކުރާށެވެ. މިއީ ދިވެހި ތާރީހުގައި ރައްޔިތުންގެ މަޖިލިހުން ފާސްކޮށްގެން ފުރަތަމަ ފަހަރަށް މަގާމުން ދުރުކުރި ސުޕްރީމް ކޯޓުގެ ފަނޑިޔާރެވެ.
އެ މައްސަލަތަކުގެ ތަހުގީގު ފުލުހުން ފެށުމާއި ގުޅިގެން އަބްދުﷲ ދީދީ ވަނީ މެލޭސިޔާއަށް ފުރައިގެން ގޮސްފައެވެ. މިހާރު މި ހިނގާ ވެރިކަން ފެށުމާއި ޖެހެންދެން މެލޭސިޔާގައި ހުރުމަށްފަހު މިހާރު އޭނާ ވަނީ އެނބުރި ރާއްޖެ އައިސްފައެވެ.
އަބްދުﷲ ދީދީގެ މައްޗަށް ކޮށްފައިވާ އެންމެ ބޮޑު ފަސާދައިގެ ތުހުމަތަކީ، (ސުޕްރީމް ކޯޓުގެ) ހުކުން ބަދަލުކޮށްދޭނެ ކަމަށް ބުނެ އެމް.އެމް.ޕީ.އާރު.ސީ ފަސާދައިގެ 90 މިލިޔަން ޑޮލަރުގެ ވައްކަމުގެ މައްސަލައެވެ. އަބްދުﷲ ދީދީ ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށް، އެފަދަ ޖަރީމާއެއް ދުވަހަކުވެސް ހިންގާފައި ނުވާނެ ކަމަށް ބުނެފައެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online