ހުޅުމާލޭގައި ވެއާހައުސިން ކޮންޕްލެކްސްއެއް އަޅަން ހޮންކޮންގ ކުންފުންޏަކާ ހަވާލުކޮށްފި
ސްމާޓް ވެއާހައުސިން ކޮމްޕްލެކްސްއެއް ހުޅުމާލޭގައި އިމާރާތް ކުރުމުގެ އެއްބަސްވުމެއްގައި ހޮންކޮންގ ކުންފުންޏަކާ އެކު އެޗްޑީސީން މިއަދު ސޮއިކޮށްފި އެވެ.
އެޗްޑީސީއިން ބުނީ ސްމާޓް ވެއާހައުސިން ކޮމްޕްލެކްސް އިމާރާތް ކުރަނީ އޮޓޮމޭޓެޑް ވެއާހައުސް މެނޭޖްމެންޓް ސިސްޓަމްތަކުގެ ވަސީލަތްތައް ހިމަނައިގެން ކަމަށެވެ.
ހުޅުމާލޭގައި އިމާރާތްކުރާ މި ވެއާހައުސް ކޮމްޕްލެކްސްގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. އިމާރާތް ކުރާ ހޮންކޮންގ ގެ ކޮންޓްރެކްޓަރު ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޒޯ ވެއިޑޮންގް އެވެ.
މި އެއްބަސްވުމުގެ ދަށުން ވެއާހައުސިން ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެކަމަށް އެއްބަސްބުމުގައި ވާނެކަމަށް އެޗްޑީސީން ބުނެއެވެ. މިއަދުގެ ރަސްމިއްޔާތުގައި އެޗްޑީސީގެ އެމްޑީ ފަޒުލް ވިދާޅުވީ އެ ވެހައުސް ކޮމްޕްލެކްސް އަކީ އިންޑަސްޓްރީ އަށް އަންނަ އިންގިލާބީ ބަދަލަކަށް ވާނެ ކަމަށެވެ. މި ހިދުމަތް ދޭން ފެށުމުން ވިޔަފާރިތަކަށް ގިނަ ކުރިއެރުންތައް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ކޮމްޕްލެކްސް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ އެކި ބާވަތުގެ މުދާ ރައްކާކުރުމަށް ތަފާތު ޔުނިޓްތައް ހިމަނައިގެންނެވެ. ކޯލްޑް ސްޓޯރޭޖް އާއި އިންޑަސްޓްރިއަލް ވެއާހައުސިން ޔުނިޓް އަދި ކާނާގެ ބާވަތްތަކާއި ކޮންޒިއުމަބްލް ރައްކާކުރެވޭ ޔުނިޓްތަކާއި އޮފީސް ޖާގައާއި ސޯރޫމް ހިމެނޭ އިމާރާތެއް މި ކޮމްޕްލެކެސް ގައި ހުންނާނެ ކަމަށް މައުލޫމާތު ދިނެވެ.
އެކި ބާވަތުގެ މުދާ ރައްކާކުރެވޭ ގޮތަށް ހަދާ މި ކޮމްޕްލެކްސް އަކީ ވިޔަފާރިތަކަށް މުދާ ރައްކާކުރުމަށް ލުއި ފަސޭހަ ވަސީލަތަކަށް ވާނެ ކަމަށާއި، ވަކިން ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މުދާ ރައްކާ ކުރާނެ އިތުރު ޖާގަ ތަނަވަސްވެ، ވިޔަފާރި ފުޅާކުރެވޭނެ ފުރުސަތު ތަނަވަސް ވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެޗްޑީސީގެ އެމްޑީ ކަމުގައި އަހްމަދު އާތިފް ހުރިއިރު ހުޅުމާލޭގައި ހިންގާނެކަމަށް ބުނި 4 މެގަ ޕްރޮޖެކްޓް ތަކުގެ ތެރެއިން ބިދޭސީން ބޭތިއްބުމަށް 18 ބްލޮކް ހިމަނައިގެން 7000 ލޭބަރުންނާއި 2000 އެހެނިހެން މަސައްކަތްތެރިންގެ ޖާގައިގެ 5 ބުރި އިމާރާތެއް ހެދުމަށްވެސް 2022 ވަނަ އަހަރު ހަމަ އެ ރޯޓައިމް އާއި އެކު ސޮއިކޮށް ހަވާލުކޮށްފައި ވެއެވެ. އެތަން ނިންމުމަށް ދީފައިވަނީ 14 މަސް ދުވަހެވެ.
3000 އަކަފޫޓުގައި ޒަމާނީ ޑޭކެއާ ސެންޓަރެއް ހެދުމަށް އެސޯސިއޭޓަޑް ބިޒިނަސް އޭޖެންޓްސް (އެމްޑީ އަބްދުﷲ ގާސިމް) އާއި އެކު ސޮއި ކުރުމާއި، 35400 އަކަފޫޓުގައި 6 ބުރީގެ އޮޓޯސެންޓަރެއް ހެދުމަށް ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އެންޖިނިއަރިންގ ކޯޕަރޭޝަން (ޖީއެމް ޒަންގ ޓާއޯ) އާއި އެކު ސޮއި ކުރުމާއި، 24700 އަކަފޯޓުގައި 6 ބުރީގެ ޕާކިންގ އިމާރާތެއް (ފުޑް ކޯޓުތައް ހިމަނައިގެން) އެޅުމަށް ދަމާސް (ޑީއެމްޑީ އަހްމަދު ސޯލިހް) އާއި އެކު ސޮއިކުރުންވެސް ކުރިން ދެންނެވި 4 މެގަ ޕްރޮޖެކްޓް ތަކުގެ ތެރޭގައި ހިމެނެއެވެ.
ބޮޑަތި ޕްރޮޖެކްޓްތައް ހިންގުމުގެ ނަމުގައި ބޮޑަތި އަދަދުތަކުން ފަސާދަ ހިންގާކަމުގެ ވާހަކަ ފާއިތުވި 10 ވަރަކަށް އަހަރުއްސުރެ މީސްމީޑިއާގައި އެތައް ބަޔަކު ދަނީ ދައްކަމުންނެވެ. ފަހަކަށް އައިސް ރާއްޖޭގައި ހިންގި އެންމެ ބިޔަ ފަސާދައަކީ އެމް.އެމް.ޕީ.އާރު.ސީ ގެ ފަސާދައެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online