އިލްމުވެރިންގެ މެދުގައި ހިލާފްތަކާއި ހިޔާލު ތަފާތުވުން އުފެދޭ ސަބަބުތައް
2. ފުރަތަމަ ސަބަބު: ކަަމެއްގެ ހުކުމާއި މެދުގައި އައިސްފައިވާ ދަލީލު ލިބިވަޑައި ނުގަތުން
މި ސަބަބަކީ ސޮހާބީންގެ ފަހަތަށް ތިއްބެވި ބޭކަލުންނަށް އެކަނި ހާއްސަވީ ސަބަބެއް ނޫނެވެ. އެއާއި ހިލާފަށް މިއީ ސޮހާބީންގެ ފަހަތަށް ތިއްބެވި ބޭކަލުންނެކޭ އެއްފަދައިން ސޮހާބީންނަށްވެސް ކުރިމަތިވި ސަބެބެކެވެ.
މިސާލު (1):
ސަހީހުލްބުހާރީގައްޔާއި އަދި އެނޫންވެސް ހަދީސް ފޮތްފޮތުގައި ރިވާވެގެންވެއެވެ. އަމީރުލްމުއުމިނީން ޢުމަރުބުނުލްޚައްޠާބު ރަލިޔަالله އަންހު ޝާމުކަރައަށް ދަތުރުފުޅެއް ކުރެއްވިއެވެ. މި ދަތުރުފުޅުގެ މަގުމަތީގައި ތޯއޫނޭ ކިޔުނު ވަބާ ޝާމްކަރައިގައި ފެތުރިގެން އުޅޭ ހަބަރު އެކަލޭގެފާނަށް އެރުވުނެވެ. އެހިނދު އެކަލޭގެފާނު ގާފިލާ މަޑުޖައްސަވާލެއްވުމަށްފަހު ސޮހާބީންނާއި މަސްވަރާކުރެއްވިއެވ.ެ މިގޮތުން މުހާޖިރިއްޔަ ބޭކަލުންނާއި އަންޞާރިއްޔަ ބޭކަލުންނާއި ވެސް ވާހަކަދެއްކެވިއެވެ. އެބޭކަލުން އެކަމާއިމެދު ދެވިސްނުންފުޅެއްގެ މައްޗަށް ހިޔާލު ތަފާތުވިއެވެ. މި މަޝްވަރާގެ ތެރޭގައި އެބޭކަލުން ތިއްބަވަނިކޮށް ޢަބްދުއްރަޙްމާން ބިން ޢައުފު އެކަލޭގެފާނުގެ އަމިއްލަ ބޭނުންފުޅެއްގައި ގާފިލާއާ ތަންކޮޅެއް ދުރުގައި އުޅުއްވުމަށްފަހު އެތަނަށް ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަކަމާއި މެދު ތިމަން ކަލޭގެފާނަށް ޢިލްމެއް ލިބިގެންވެއެވެ. ރަސޫލުالله ﷺ ހަދީސްކުރައްވާ އަޑު ތިމަންކަލޭގެފާނު އެއްސެވީމެވެ. ތޯއޫނުގެ ވަބާ ރަށެއްގައި ފެތުރިފައިވާ ހަބަރު ތިޔަބައިމީހުން އަހައިފިނަމައީ އެރަށަކަށް ތިޔަބައިމީހުން ނާރާށެވެ. އަދި ތިޔަބައިމީހުން ތިބި ތަނެއްގައި އެވަބާ ފެތުރުނު ނަމައީ އޭގެ ބިރުވެރިކަމުގައި ތިޔަބައިމީހުން އެރަށަކުން ނުފައިބާށެވެ. (أخرجه البخاري آتاب الطب ومسلم آتاب السلام)
މިސާލު (2):
ސޫރަތުއްތޮލާގް ގެ ހަތަރު ވަނަ އާޔަތުގައި މާބަނޑު އަންހެނާގެ އިއްދައަކީ ބަނޑުގައިވާ ދަރިފުޅު ވިހެއުން ކަމުގައި އަންގަވާފައިވެއެވެ. އަދި ސޫރަތުލްބަގަރާގެ 234 ވަނަ އާޔަތުގައި ފިރިމަރުވެފައިވާ އަންހެނާގެ އިއްދައަކީ ހަތަރު މަހާއި ދިހަ ދުވަސް ކަމުގައި އަންގަވާފައިވެއެވެ. މި ދެ އާޔަތުގެ ދޭހައިގައި ޢަލީ ރަލިޔަالله އަންހު އާއި ޢަބްދުالله ބިން ޢައްބާސް ރަލިޔަالله އަންހުއާއި ދެ ބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި ފިރި މަރުވެފައިވާ މާބަނޑު އަންހެނާ އިސްވެ ބަޔާންކުރެވުނު ދެއާޔަތުގައިވާ ދެ އިއްދާވެސް ހަމަކުރަންޖެހޭނެއެވެ. މާނައަކީ ހަތަރު މަހާއި ދިހަ ދުވަސް ހަމަވާއިރު ބަނޑުގައިވާ ދަރިފުޅު ނުވިހާނަމަ ވިހަންދެން އިއްދާގައި އިންނަންޖެހޭނެއެވ.ެ އަދި މާބަނޑުގައި އޮތް ދަރި ވިހޭއިރު އިއްދާގައި އިންނަތާ ހަތަރު މަހާއި ދިހަ ދުވަސް ނުވާ ނަމަ އަދި ދަރިފުޅު ވިހޭ ކަމުގައި ވިޔަސް ހަތަރު މަހާއި ދިހަ ދުވަސް ހަމަވަންދެން އިއްދާގައި އިންނަން ޖެހޭނެއެވެ. ނަމަވެސް ކީރިތި ރަސޫލު ﷺ ގެ ސުންނަތުގައި މި ދެ ހުކުމް އެއްފަހަރާ ދިމާވާ ހާލަތުގައި (މާބަނޑުވެފައިވާ އަންހެނެއްގެ ފިރި މަރުވާ ހާލަތުގައި) ކަން ކުރަންވާ ގޮތް ސާބިތުވެގެންވެއެވެ. ސަބީޢަތުލްއަސްލަމިއްޔާ ރަލިޔަالله އަންހާ ގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާގެ ފިރިކަލުން އަވަހާރަވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދަރިފުޅު ވިހައިފިއެވެ. ހަމައެޔާއެކު ރަސޫލުالله ﷺ އެކަމަނާއަށް ކައިވެނިކުރުމުގެ އިޒުނަފުޅު ދެއްވިއެވެ. (خرجه البخاري آتاب الطلاق ومسلم آتاب الطلاق)
މި ހަދީސުން އެނގޭ ގޮތުގައި ފިރިމަރުވެފައިވާ އަންހެނާގެ އިއްދަ ކަމުގައި ބަގަރާ ސޫރަތުގެ 234 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވާ ހަތަރުމަހާއި ދިހަ ދުވަހުގެ އިއްދައަކީ ފިރިމަރުވިއިރު ރަޙިމު ހުސްކޮށް ހުރި އަންހެނާއަށް ހާއްސަ އިއްދާއެކެވެ. އަދި ހުރިހާ ހާލަތެއްގައިވެސް މާބަނޑު އަންހެނާގެ އިއްދައަކީ ވިހެއުމެވެ. އެއްވެސް ޝައްކެތް ނެތް ގޮތުގައި އޭގެ ދެކަލުންނަށް މި ހަދީސް ލިބިވަޑައިގެންފައި ނުވަނީއެވެ. އެހެންނަމަ އެ ދެއާޔަތް މާނަކުރެއްވުމުގައި މި ހަދީސަށް ރިއާޔަތް ކުރައްވާނެކަމީ ސައްކެތް އޮތްކަމެއް ނޫނެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online