News Network - : ކުޅިވަރު
ޒުހޫރު ވަކިކޮށް އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ އާ ޗެއާމަނަކަށް ކުރީގެ ޕީޖީ މުއިއްޒު
އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ އާ ޗެއާމަނަކަށް، އެ ކޮމިޓީގެ މެންބަރު އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަލްއުސްތާޛް އަޙްމަދު މުޢިއްޒު، ފީފާއިން މިއަދު އައްޔަން ކޮށްފި އެވެ.
ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާޕާސަންގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި އަހްމަޒު ޒުހޫރު ވަކި ކުރުމުންނެވެ.
ކޮމިޓީގެ މެންބަރުންގެ އަދަދު، ފަހަކުން ތިނަކަށް ދަށްކޮށް ޒުހޫރު މަގާމުން ވަކި ކުރީ މިއަދު އެވެ. އޭގެ ކުރިން ކޮމިޓީގެ މެންބަރު އަހްމަދު އަލީ ވަނީ އަމިއްލަ ސަބަބުތަކާ ހުރެ ކޮމިޓީގެ މެންބަރުކަމުން އިސްތިއުފާ ދީފަ އެވެ.
ފޮޓޯގައި: އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ކުރީގެ ޗެއާމަން އަހްމަޒު ޒުހޫރު (ވ) އާ އެކު މިހާރުގެ ޗެއާމަން އަހްމަދު މުއިއްޒު
ޗެއާމަން ކަމަށް މުއިއްޒު ހަމަޖައްސާފައިވާކަން، ފީފާއިން އަންގާފައިވާ ކަމަށް މުއިއްޒު، ރާއްޖޭގެ ނޫހެއްކަމުގައިވާ "މިހާރު" އަށް މައުލޫމާތު ދީފައިވާކަމަށް ވެއެވެ.
ކޮމިޓީގައި މިހާރު ތިއްބަވާ ތިން މެންބަރުންނަކީ މުއިއްޒުގެ އިތުރުން ބީއެމްއެލްގެ ކުރީގެ ޗެއާޕާސަން ފަރީހާ ޝަރިފާއި ގާނޫނީ ވަކީލު އިސްމާއީލް ސިމަން އެވެ.
މި މަހުގެ ތެރޭގައި އެފްއޭއެމްގެ އެތެރޭގައި ބޮޑެތި ކަންތައްތަކެއް ހިނގި އެވެ. ޖެނަރަލް ސެކްރެޓަރީ ނާހިލް ސިއްދީގް އިސްތިއުފާ ދިނީ ވެސް މި މަހު އެވެ. އެކްޓިން ޖެނަރަލް ސެކްރެޓަރީކަން މި ވަގުތު ކުރައްވަނީ އެފްއޭއެމްގެ ސީނިއާ އޮފިޝަލް އަދި އައްޑޫ ސިޓީ ކައުންސިލުގެ ކުރީގެ އެސްޖީ މުހައްމަދު ޝުޖާއު އެވެ.
2018 އިން ފެށިގެން 2022 ވަނަ އަހަރާއި ހަމައަށް ފީފާ ރޭންކިންގގައި ރާއްޖެ 154/156 ގައި އޮތުމަށްފަހު މިހާރު ވަނީ 162 އަށް ވެއްޓިފައެވެ.
ފުރުން މަނާކޮށްފައިވާ ބައްސާމް ފީފާގެ ކޮންގްރެސް އަށް ދާން ރަޖިސްޓަރީކޮށްފި
އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތުގެ ތަހުގީގު ކުރަމުންދާތީ ފުރުންމަނާކޮށް ޕާސްޕޯޓް ހިފަހައްޓާފައިވާ، ބައްސާމް އަދީލް ޖަލީލް ފީފާގެ ކޮންގްރެސްގައި ބައިވެރިވާން ރަޖިސްޓަރީ ކޮށްފިއެވެ.
ފީފާގެ މި އަހަރުގެ އާންމު ކޮންގްރެސް ބާއްވާނީ ތައިލެންޑްގެ ވެރިރަށް ބެންކޮކްގަ އެވެ. އަންނަ ހުކުރު ދުވަހު ބާއްވާ ކޮންގްރެސްގައި ފީފާގެ މެންބަރު 211 ގައުމުން 3000 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާނެ ކަމަށް ފީފާއިން ލަފާ ކުރެއެވެ.
މި ފަހަރު ކޮންގްރެސްގައި 2027 ވަނަ އަހަރު ބާއްވާ އަންހެނުންގެ ވޯލްޑް ކަޕް ބާއްވާނެ ގައުމެއް ކަނޑައެޅުމަށް މެންބަރު ގައުމުތަކުގެ ވޯޓަށް އަހާނެއެވެ.
ކޮންގްރެސްގައި ރާއްޖެ ތަމްސީލު ކުރާނީ އެފްއޭއެމްގެ ރައީސް ބައްސާމްގެ އިތުރުން، އެ އެސޯސިއޭޝަނުގެ ނައިބު ރައީސް އަލީ އުމަރާއި ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފެވެ.
"ބައްސާމާއި، އަލީ އުމަރާއި ދެން އަޅުގަނޑު،" ފީފާގެ ކޮންގްރެސްގައި ރާއްޖެ ތަމްސީލުކުރާނީ ކޮން ބޭފުޅުންނެއް ތޯ ސުވާލު ކުރުމުން، ޖައުޝަން ވިދާޅުވި އެވެ.
ފީފާގެ ކޮންގްރެސްގެ ކުރިން އޭއެފްސީ ކޮންގްރެސް ވެސް ހަމަ ތައިލެންޑްގައި މިއަންނަ ބުރާސްފަތި ދުވަހު އޮންނާނެ އެވެ. އެ ޖަމިއްޔާގެ ކޮންގްރެސްގައި ވެސް ރާއްޖެ ތަމްސީލު ކުރަން ހަމަޖެހިފައި ވަނީ އެ ތިން ބޭފުޅުންނެވެ.
ގަތަރުގައި މީގެ ކުރިން އޮތް އޭއެފްސީގެ އެހެން ބައްދަލުވުމަކަށް ދާން ކަމަށް ބުނެ، ޕާސްޕޯޓް ދޫކޮށް ދިނުމަށް އެދި ކްރިމިނަލް ކޯޓަށް ބައްސާމް މައްސަލަ ހުށަހެޅި އެވެ. ފެބްރުއަރީ މަހު އެ ކޯޓުން ނިންމީ އޭނާގެ ޕާސްޕޯޓް ދޫ ނުކުރުމަށެވެ. އޭނާ ޕާސްޕޯޓް، އިމިގްރޭޝަނުން ހަ މަސް ދުވަހުގެ މުއްދަތަށް ހިފެހެއްޓީ ފުލުހުން އެދިގެން ޑިސެމްބަރު މަހު ކުރީކޮޅުގަ އެވެ. އެ މުއްދަތު ހަމަވާނީ އަންނަ މަހުގެ ކުރީކޮޅަށެވެ.
އެފްއޭއެމްގެ ފައިސާ އަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ދައުލަތުން ވަނީ ބައްސާމަށް ދައުވާކޮށްފަ އެވެ. އަދި ވެސް އިތުރު މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމް އަންގަވައިގެން ފުލުހުން ފެށި ތަހުގީގުގައި މިދިޔަ އޮކްޓޯބަރު މަހު އެފްއޭއެމްގެ އޮފީސް ވެސް ރެއިޑް ކުރި އެވެ.
މަސްއޮޑި ސްޕޯޓްސް ކްލަބްގެ ނަން އޮޑި ސްޕޯޓްސްގެ ނަމަށް ބަދަލުކޮށްފި އެވެ.
ތިރީ ޑިވިޒަންތަކުގައި ވަކި ނަމެއް ބޭނުން ކުރި ނަމަވެސް، ފުރަތަމަ ޑިވިޒަނުގައި ކުޅުމުގެ ކުރިން ނަން ބަދަލު ކުރި އަނެއް ޓީމަކީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. އެ ޓީމުން ދެވަނަ ޑިވިޒަން ކާމިޔާބު ކުރީ ދަ ގްރާންޑޭ އަމީގޯސް ނިއު ޖެނަރޭޝަން (ދަ ގޭންގް) ނަމުގަ އެވެ. އެކަމަކު އެ ކްލަބްގެ ނަން ފުރަތަމަ ޑިވިޒަން ކުޅުމުގެ ކުރިން ދަ ގްރާންޑޭ އަށް ބަދަލު ކުރި އެވެ.
ސެންޓްރަލް ޕާކުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހަފުލާގައި، އޮޑިގެ އާ ލޯގޯ ވެސް ވަނީ ދައްކާލާފަ އެވެ. އެ ހަފުލާގައި އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރައްވަން އިއުލާންކޮށްފައިވާ އަހްމަދު ތޯރިގު (ޓޮމް) ބައިވެރިވެ ވަޑައިގަތެވެ. އެފްއޭއެމްގެ މެންބަރެއްގެ ހައިސިއްޔަތުން އެ އެސޯސިއޭޝަންގެ ކޮންގްރެސްގައި ވޯޓް ލުމުގެ ހައްގު އޮޑިއަށް އޮވެ އެވެ.
ދެވަނަ ޑިވިޒަންގެ ޗެމްޕިއަންކަން ހޯދި އޮޑި ސްޕޯޓްސް، ރޭ ވަނީ ބައެއް ކުޅުންތެރިން ސޮއި ކުރުވައިފަ އެވެ. މިދިޔަ ތިން އަހަރު މާޒިޔާ އަށް ކުޅުނު ހުސައިން ނިހާން (ނިހާޓް) ވަނީ އޮޑި ސްޕޯޓްސް އަށް ސޮއިކޮށްފަ އެވެ. ފުރަތަމަ ޑިވިޒަން ފުޓްބޯޅައިން 2022 ގައި ރިޓަޔާ ކުރި ކުރީގެ ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) ވެސް ވަނީ އޮޑި ސްޕޯޓްސް އަށް ސޮއިކޮށްފަ އެވެ. ދެވަނަ ޑިވިޒަނުގެ ޗެމްޕިއަންކަން ހޯދުމުގައި އޭނާގެ ހިއްސާ އެ މުބާރާތުގައި ބޮޑެވެ.
ދެއަތް ފުރަގަހަށް ލައިގެން ފެތުން ކަހަލަ ކަމެއް މިއީ: ޓެން ހަގް
މެންޗެސްޓާ ޔުނައިޓެޑަށް މަސައްކަތްކުރުމީ ދެ އަތް ފުރަގަހަށްލައިގެން ފެތުން ކަހަލަ ކަމެއް ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހަގް ބުނެފި އެވެ.
ޕްރިމިއަ ލީގުގައި ރޭ އާސެނަލް އަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވި އިރު އެ ޓީމަށް އޮތީ އަނިޔާގެ މައްސަލަތައް ކުރިމަތި ވެފަ އެވެ. ކެޕްޓަން ބްރުނޯ ފެނާންޑޭޒް، މާކޮސް ރަޝްފޯޑް، ހެރީ މެގުއާ އަދި މޭސަން މައުންޓަށް ވަނީ އަނިޔާ ވެފަ އެވެ.
މިޑްފީލްޑަރުންނާއި ޑިފެންޑަރުންނަށް އަނިޔާވެފައި ވުމުން މިޑްފީލްޑަރު ކާލޯސް ކަސެމީރޯ ވެސް ރޭ ގެ މެޗުގައި އަދާކުރަން ޖެހުނީ ޑިފެންޑަރެއްގެ ރޯލެވެ.
ޔުނައިޓެޑްގެ އެންމެ ހިތްދަތި ސީޒަނުގައި އެ ޓީމަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އަޔެކްސްގެ ކުރީގެ ކޯޗު ޓެން ހަގް ބުނީ އޭނާގެ މަސައްކަތް ވަރަށް ބޮޑަށް އުނދަގޫވެއްޖެ ކަމަށެވެ.
ޔުނައިޓެޑް މިހާރު ވަނީ ލީގުގައި 14 މެޗުން ބަލިވެފަ އެވެ. މިއީ ޕްރިމިއާ ލީގު ތައާރަފް ކުރި ފަހުން އެ ޓީމު މިހާތަނަށް ލީގުގައި އެންމެ ގިނަ މެޗުން ބަލިވި ސީޒަނެވެ.
"ކޮންމެ ކޯޗަކަށް ވެސް އަބަދުވެސް މިއަށްވުރެ ރަނގަޅު ކަމެއް ކުރެވިދާނެ. އެކަމަކު އަހަރެން މިތާ ހުރީ ދެ އަހަރު، ހުރިހާ ކުޅުންތެރިން ސަލާމަތުން ތިބެ އަހަންނަށް ލިބުނީ އެންމެ ފުރުސަތެއް. މިހާ ގިނަ އިންޖަރީތައް ހުރި ޓީމަކަށް ކުރިއަކަށް ނުދެވޭނެ،" ޓެން ހަގް ބުންޏެވެ.
ފުރަގަހަށް ދެއަތްލައިގެން ފެތުން ކަހަލަ ކަމެއް މިއީ. (އެގޮތަށް ފަތަމުން ވެސް) ބޯ ފެނަށް ވުރެ މަތީގައި ބަހައްޓަން ޖެހޭނެ. އެކަހަލަ ކަމެއް އަހަރެމެން މި ކުރަނީ."
ކުރިން އަޔެކްސް އަށް ކާމިޔާބު ހޯދައި ދިން ކޯޗު ބުނީ ޔުނައިޓެޑްގެ މިހުރިހާ ހާލަތެއްގެ މައްޗަށް ރިއާޔަތްކޮށް އެނަލައިޒް ކުރުން އެދޭ ކަމަށެވެ.
"އަހަރެމެންގެ ފަރާތުން ވާދަވެރިކަން ފެންނާނެ. އެކަމަކު އެންމެން ވެސް ބޭނުން ވާނީ އަހަރެމެން މޮޅުވާން. ހުރިހާ މެޗަކުން މޮޅުވާން ޖެހޭނެ. އެކަމަކު މިހާލަތުގައި މި ހުރިހާ އަނިޔާތަކާ އެކު މި ޓީމަށް އެކަމެއް ނުވާނެ،" ޓެން ހަގް ބުންޏެވެ.
ޔުނައިޓެޑް އޮތީ ލީގުގެ އަށްވަނައިގަ އެވެ. އެ މަގާމުގައި އޮވެގެން ލީގު ނިންމާލައިފިނަމަ، އެއީ ޕްރިމިއާ ލީގުގައި އެ ޓީމު އެންމެ ދަށްކޮށް ލީގު ނިންމާ ސީޒަނަށް ވާނެ އެވެ.
މެސީ ނުކުޅުމުން ހޮންކޮންގް އެފްއޭ މެސީމަތިން ފޫހިވެއްޖެ
ލިއޮނެލް މެސީ އާއި އޭނާގެ ކްލަބް އިންޓަ މަޔަމީ އަށް ދެން ދޭނެ އިސްކަމެއް ނެތް ކަމަށް ހޮންކޮން އެފްއޭގެ ރައީސް ޕުއީ ކުވާން ކޭ ވިދާޅުވެއްޖެއެވެ.
މިދިޔަ ޖެނުއަރީ މަހު، އެމެރިކާގެ ޕްރީ ސީޒަންގައި ހޮންކޮން އަށް ކުޅެން އައިސް މަޔާމީ ކުޅުނު މެޗުގައި މެސީ ކުޅެފައެއް ނުވެއެވެ. އެކަމަކު އެ މެޗުގެ ޓިކެޓް ވިއްކަން ބާޒާރަށް ނެރުނުތާ އެއް ގަޑިއިރު ތެރޭ ހުސްވީ މެސީ އެ މެޗުގައި ކުޅޭނެ ކަމަށް އިސްތިހާރު ކޮށްގެންނެވެ.
މަޔާމީގެ ކޯޗު ޖަރާޑް މާޓިނޯ ބުނީ އެ މެޗުގައި މެސީ ކުޅެފައި ނުވަނީ އަނިޔާގެ ސަބަބުން ކަމަށެވެ. އެކަމަކު ހޮންކޮންގައި މެޗު ނުކުޅެ، ޖަޕާނަށް ގޮސް ކުޅުނު މެޗުގައި މެސީ ކުޅުނެވެ.
މެސީ ނުކުޅުނު މައްސަލާގައި ހޮންކޮންގެ ސަރުކާރާއި އާންމުންގެ ފަރާތުން މެޗު އިންތިޒާމު ކުރި ފަރާތްތަކާއި އެ ގައުމުގެ އެފްއޭ އަށް ވެސް ޕްރެޝަރު ކުރިމަތި ކުރިއެވެ.
މެސީ އަށް އަލުން އިސްކަން ނުދޭނެކަމަށް، ކުވާން ކޭ ވިދާޅުވީ އަންނަ އަހަރު ޖެނުއަރީ މަހު ކްރިސްޓިއާނޯ ރޮނާލްޑޯގެ އައް ނަސްރުގެ މެޗެއް ހޮންކޮންގައި ކުޅުމަށް މަސައްކަތް ކުރަމުންދާކަން ހާމަކުރުމަށް ފަހެވެ.
"އަމިއްލަ ގޮތުން އެއްޗެއް ބުނަންޏާ މި ވަގުތު މެސީގެ ވާހަކަ ދެއްކުން އެހާ ރަނގަޅެއް ނޫން. އޭނާ އާއި އެ ކްލަބަށް ވެސް އަހަރެމެން މިހާރު އިސްކަމެއް ނުދެން،" ކުވާން ކޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރޮނާލްޑޯ އާއެކު ނަސްރުން ބައެއް އެހެން ސިޓީތަކުގައި ވެސް އެގްޒިބިޝަން މެޗު ކުޅޭނެ ކަމަށެވެ.
ހޮންކޮންގައި މެޗު ނުކުޅެވުނު މައްސަލާގައި، މެސީ ފަހުން މައާފަށް ވެސް އެދުނެވެ.
އެފްއޭއެމްގެ ޓެކްނިކަލް ވަޒީފާތަކަށް 600 އަށް ވުރެ ގިނަ ފޯމު ހުށަހަޅައިފި
އެފްއޭއެމުން އިއުލާން ކުރި ޓެކްނިކަލް ވަޒީފާތަކަށް 600 އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް އެ އެސޯސިއޭސަނުން ބުނެފި އެވެ.
މާލީ ގޮތުން ބޮޑު އަނދަވަޅަކަށް ވެއްޓިފައި އޮތް އެ ސޯސިއޭސަނުން މިދިޔަ މަހު ވަނީ 13 ޓެކްނިކަލް މަގާމަކަށް ކުރިމަތިލާން އިންޓަނޭސަނަލް ޕްލެޓްފޯމެއްގައި ހުޅުވާލައިފަ އެވެ. "ޖޮބްސް ފޯ ފުޓްބޯލް" ގައި އެފްއޭއެމުން އިއުލާން ކުރި ވަޒީފާތަކަށް ކުރިމަތިލުމުގެ ސުންގަނޑިއަކީ އަންނަ މަހުގެ 13 ވަނަ ދުވަހެވެ.
އިއުލާނުކޮށްފައިވާ ވަޒީފާތައް މި ލިންކުން ބައްލަވާ ލެއްވޭނެ
ތިން ހަފުތާތެރޭ އެވަރުގެ އަދަދެއް، އެފްއޭއެމްގެ ޓެކްނިކަލް މަގާމުތަކަށް ކުރިމަތިލާފައިވުމަކީ ފުޓްބޯޅަ ކުރިއެރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ތަރުހީބެއްކަމަށް އެ އެސޯސިއޭސަނުން ބުންޏެވެ.
"މި ތަރުހީބުން ދައްކުވައިދެނީ ފުޓްބޯޅައިގެ ފެންވަރު މަތިކުރުމަށާއި ހެޔޮ ބަދަލެއް ގެނައުމަށް އެފްއޭއެމުން ކުރާ ދުރުވިސްނުންތެރި ދަތުރުގައި ބައިވެރިވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަރަށް ބޮޑަށް އެދިއެދި ތިބިކަމެވެ،" މީސް މިޑިއާގައި އެފްއޭއެމުން ބުނެފައި އެވެ.
އެ އެސޯސިއޭސަންގެ ޓެކްނިކަލް ޑިރެކްޓަރު ޕޯލް ތޯމަސް ސްމޯލީ ބުނީ އިންޓަނޭސަނަލް ފެންވަރުގައި ގިނަ ހުށަހެޅުންތަކެއް ލިބިފައިވުމަކީ އުފާވެރިކަމެއް ކަމަށެވެ.
ގިނަ މަގާމުތަކެއް އެފްއޭއެމުން އިއުލާން ކުރި އިރު، އެ އެސޯސިއޭނަށް ފީފާގެ ޑިވެލޮޕްމެންޓް ފަންޑު ނުދީ އެ އިދާރާއިން ވަނީ ހިފަހައްޓައިފަ އެވެ. އަދި މިދިޔަ މަހުގެ ނިޔަލަށް އެ އެސޯސިއޭސަންގެ މުސާރަ ނުދެވި ބޮޑު ބެކް ލޮގެއް އޮތެވެ. އެކަމަކު ފީފާއިން މުސާރަ ދިނުން ފިޔަވައި އެހެން ކަމަކަށް ހަރަދު ނުކުރަން ސަރުތުކޮށް އެފްއޭއެމަށް 381،000 ޑޮލަރު ދިނުމުން، މުސާރައިގެ ބޮޑު ބެކްލޮގް ވަނީ ކުޑަކޮށްފަ އެވެ.
ސައުދީގެ ސާހީއާއިލާއިން އިންޓަ މިލާން ގަންނަން މަސައްކަތް ކުރަނީ
ސައުދީ އަރަބިއާގެ އާއިލާއަކުން، އިންޓަ މިލާން ގަތުމުގެ މަޝްވަރާތައް ކުރިއަށްގެންދާ ކަމަށް އިޓަލީގެ ނޫސްވެރިއެއް ކަމަށްވާ މޮރީޒިއޯ ޕިސްތޯޝީ އާއި ހަވާލާދީ މީޑިއާތަކުން ބުނެފި އެވެ.
ސައޫދީ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕިފް) އިން އިންޓަ މިލާން ނޫނީ އޭސީމިލާން އަށް ކަޅި އަޅަމުންދާތާ ދުވަސްތަކެއްވެއްޖެ ކަމަށް ހަބަރު ފެތުރިފައި ވެއެވެ. ޕިފް އަކީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން (ޗެއާމަން) އޭނަގެ އަރިސް މީހެއް ކަމުގައިވާ ޔާސިރު އައްރުމައްޔާން (ގަވަރުނަރު) އިސްވެތިބެގެން ހިންގާ ވިޔަފާރި އިންވެސްޓްމަންޓް ފަންޑެކެވެ.
އިޓަލީގެ އެންމެ ބޮޑު އެއް ކްލަބް އޮތީ ވިއްކަން ބާޒާރަށް ނެރެފަ އެވެ. އެ ކްލަބްގެ މިހާރުގެ އޯނަރު ޗައިނާގެ ސްޓީވަން ޒެހަންގް ވަނީ ކްލަބްގެ މެޖޯރިޓީ ހިއްސާ ދޫކޮށްލަން ނިންމާފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އިންޓަ ގަންނަން މަސައްކަތް ކުރަނީ ސައުދީގެ ޝާހީ އާއިލާއިންނެވެ. އެކަމަކު އަދި މިހާތަނަށް އެކަން ކަށަވަރެއް ނުވެ އެވެ. ނަމަވެސް ބައެއް މީޑިއާތަކުން ޕިފްގެ އެއްވެސް ބައިވެރިވުމެއް އިންޓަގެ މުއާމަލާތާ ގުޅުމެއް ނެތްކަމަށް ބުނެއެވެ.
އިންގްލެންޑްގެ ނިއުކާސަލް ޔުނައިޓެޑްގެ މެޖޯރިޓީ ހިއްސާ އޮންނަނީ ސައުދީގެ އެ ފަންޑުގެ ނަމުގަ އެވެ. ސައޫދީގެ އެންމެ ނަންހިނގާ ކުލަބުތައް ކަމުގައިވާ އައްނަސްރު، އަލްއިއްތިހާދު، އަލްއަހްލީ އާއި އަލްހިލާލް ގެ އެންމެ ބޮޑު ހިއްސާދާރަކީވެސް ސައޫދީ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕިފް) އެވެ.
މަހުޖަނުން ނިސްބަތްވާ ސައުދީގެ އެ އާއިލާއިން ވަނީ އިންޓަ މިލާނާ ގުޅޭ ހުރިހާ މައުލޫމާތުތަކެއް އެއްކުރުމަށް، ލަންޑަންގެ ލޯ ފާމަކާ ހަވާލުކޮށްފައެވެ.
އެމެރިކާގެ އޯކްޓްރީ ފަންޑުން، އިންޓައިން ނަގައިފައިވާ 400 މިލިއަން ޑޮލަރުގެ ލޯނު އަންނަ މަހު 20 ގެ ކުރިން ދައްކަން ޖެހެއެވެ. އެ ލޯނު އެ މުއްދަތުގައި ނުދައްކައިފިނަމަ އިންޓަގެ ޗެއާމަން ސްޓީވަން ޒެހަންގަށް އިންޓަގެ ކޮންޓްރޯލް ގެއްލޭނެއެވެ.
އޭގެ ކުރިން އޭނާ މަސައްކަތް ކުރަމުންދަނީ އެ ކްލަބް ވިއްކާލުމުގެކަންކަން ފުރިހަމަ ކުރުމަށެވެ. ކްލަބް ވިއްކާލުމުގެ މޫނުމަތީ އަގު (ފޭސް ވެލިއު) އަކީ 1.2 ބިލިއަން ޑޮލަރެވެ. (ދިވެހި ރުފިޔާއިންނަމަ އެއީ 18.5 ބިލިއަނަށްވުރެ ގިނަ އަދަދެކެވެ. ގާތްގަނޑަކަށް ދިވެހިރާއްޖޭގެ މުޅި ބަޖެޓުގެ ތިންބައިކުޅަ އެއްބައެވެ.)
އޮލިމްޕިކްސްގައި އެތުލެޓިކްސް އިން ހޯދާ ރަން މެޑަލަށް ފައިސާގެ އިނާމު ދޭން ފަށަނީ
ސްޓޮކްހޯމް (އޭޕްރީލް 11) - މިއަހަރު އޮންނަ ޕެރިސް އޮލިމްޕިކްސްގައި އެތުލެޓިކްސްގެ 48 އިވެންޓުން ވެސް ރަން މެޑަލް ހޯދާ އެތުލީޓުންނަށް ފައިސާގެ އިނާމު ދޭން ދުނިޔޭގެ އެތުލެޓިކްސް ފެޑެރޭޝަނުން ނިންމައިފި އެވެ.
މިއީ ދުނިޔޭގެ ކުޅިވަރު ފެޑެރޭޝަނަކުން އޮލިމްޕިކްސްގައި ހޯދާ މެޑަލް އަށް ފައިސާގެ އިނާމު ދޭން ނިންމި ފުރަތަމަ ފަހަރެވެ.
އެތުލެޓިކްސް ފެޑެރޭޝަނުން ނިންމީ ޕެރިހުގައި ރަން މެޑަލް ހޯދާ އެތުލީޓުންނަށް 50،000 ޑޮލަރުގެ ފައިސާގެ އިނާމެއް ދޭށެވެ. އެއީ، ރަން މެޑަލް ހޯދީ ރިލޭ ޓީމެއް ނަމަ އެ އިނާމު ޓީމުގެ ކުޅުންތެރިންގެ މެދުގައި އެއްވަރަށް ބަހާ ގޮތަށެވެ. ހަމަ އެއާ އެކު 2028 ގައި ލޮސް އެންޖެލެސްގައި އޮންނަ އޮލިމްޕިކްސް ގޭމްސް އިން ފެށިގެން ރިހި އަދި ލޯ މެޑަލް ހޯދާ އެތުލީޓުންނަށް ވެސް ފައިސާގެ އިނާމު ދޭން ނިންމާފައި ވާކަމަށް އެތުލެޓިކްސް ފެޑެރޭޝަނުން ބުންޏެވެ.
ދުނިޔޭގެ އެތުލެޓިކްސް ފެޑެރޭޝަނަކީ، އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީއަށް ލިބޭ އާމްދަނީ އިން ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު އިނާމު ފަންޑުގެ ގޮތުގައި 2.4 މިލިއަން ޑޮލަރު ލިބޭ ފެޑެރޭޝަނެކެވެ.
"އަހަރެމެން މި ތިބީ ޕެރިހުގައި އެތުލެޓިކްސްގެ ކޮންމެ ރަން މެޑަލަކަށް އިނާމު ދެވޭ ފަދަ ހިސާބެއްގައި. އަދި އެލްއޭ 28 އޮލިމްޕިކްސް އިން ފެށިގެން ތިން މެޑަލް އަށް ވެސް ފައިސާގެ އިނާމު ލިބެން ފަށާނެ،" ވޯލްޑް އެތުލެޓިކްސްގެ ރައީސް ސެބަސްޓިއެން ކޯ ވިދާޅުވި އެވެ.
ޕެރިސް އޮލިމްޕިކްސް އޮންނާނީ މި އަހަރުގެ ޖުލައި 26 އިން އޮގަސްޓް 11 އަށެވެ.