News Network - : ދީން

އިލްމުވެރިންގެ މެދުގައި ހިލާފްތަކާއި ހިޔާލު ތަފާތުވުން އުފެދޭ ސަބަބުތައް

މުނާފިގުން ސިފަތައް އެނގިގެންމެނުވީ މުނާފިގުން ދެނެގަންނާކަށް ނޭނގޭނެ
މުނާފިގު - މީގެ މަސްދަރަކީ ނިފާގެވެ. ނިފާގުގެ ވައްތަރުތަކަކީ ކޮބާ؟ އަދި އޭގެ މާނައަކީ ކޮބައިންކަން އެނގިލައްވާތޯއެވެ؟

ޖަވާބު: ނިފާގު ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ އިއުތިގާދުގެ ނިފާގާއި އަމަލުގެ ނިފާގެވެ.

އިއުތިގާދުގެ ނިފާގަކީ ހިތުން އިސްލާމްނުވެ ދުލުން ތިމަންނަމެންނަކީ މުސްލިމުންނޭ ބުނެއުޅުމެވެ. އިއުތިގާދުގެ ނިފާގުގެ ވާހަކަ ކީރިތި ގުރުއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަރަށް ގިނަ އާޔަތްތަކުގައި ބަޔާންކުރައްވާފައިވެއެވެ. އަދި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ މިބައިމީހުން ތިބޭނެ ތަނަކީ ނަރަކައިގެ އެންމެ އަޑީ ވަތްގަނޑުކަމުގައި ހަމަޖައްސަވާފައެވެ.

ޢަމަލުގެ ނިފާގުގެ ވާހަކަ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ދެ ހަދީސްގައި އައިސްފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރެއްވިއެވެ.

أَرْبَعٌ مَنْ كُنَّ فِيهِ كَانَ مُنَافِقًا خَالِصًا ، وَمَنْ كَانَتْ فِيهِ خَصْلَةٌ مِنْهُنَّ كَانَتْ فِيهِ خَصْلَةٌ مِنَ النِّفَاقِ حَتَّى يَدَعَهَا إِذَا اؤْتُمِنَ خَانَ وَإِذَا حَدَّثَ كَذَبَ وَإِذَا عَاهَدَ غَدَرَ ، وَإِذَا خَاصَمَ فَجَرَ (رواه البخاري) “ހަތަރުކަމެއް އެމީހެއްގެ ކިބައިގައި ހުރެއްޖެ މީހަކީ ހާލިސް މުނާފިގެކެވެ. މިހަތަރު ކަންތަކުގެ ތެރެއިން ކަމެއް ހުރެއްޖެމީހާ، މުނާފިގުކަމުގެ މިންވަރެއް އެމީހެއްގެ ކިބައިގައި ހުރެއްޖެއެވެ. އެއީ އޭނާ އެކަން ދޫކޮށްފުމަށް ދާންދެނެވެ. އެކަންތައްތަކަކީ؛ އޭނާއާ އަމާނާތެއް ހަވާލުކުރެވިއްޖެއްޔާ އޭނާ އެ އާމާނާތަށް ހިޔާނާތްތެރިވެއެވެ. އަދި އޭނާ ވާހަކަދައްކައިފިއްޔާ ދޮގުހަދައެވެ. އަދި އޭނާ އަހުދެއްވެއްޖެއްޔާ އެ އަހުދާ ހިލާފުވެއެވެ.  ކަމަކާމެދު ވާހަކަދައްކައި ބަހުސްކޮށްފިނަމަ ހައްގުން އެއްކިބާވެއެވެ.”

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރެއްވިއެވެ.

آيَةُ الْمُنَافِقِ ثَلَاثٌ إِذَا حَدَّثَ كَذَبَ وَإِذَا وَعَدَ أَخْلَفَ وَإِذَا اؤْتُمِنَ خَانَ (رواه البخاري)
މާނައަކީ: “މުނާފިޤުންގެ ޢަލާމާތްތައް ތިނެކެވެ. އޭނާ ވާހަކަ ދައްކައިފި ނަމަ ދޮގު ހަދާނެއެވެ. އަދި ވައުދެއްވެއްޖެނަމަ އެއާ ހިލާފުވާނެއެވެ. އަދި އަމާނާތެއް ހަވާލު ކުރެވިއްޖެނަމަ އެއަށް ހިޔާނާތްތެރި ވާނެއެވެ.”

ބައެއް މާތްމީހުން ބުނުއްވާފައިވެއެވެ. މި ނިފާގުކަން ފަހަރެއްގައި އިސްލާމްކަމާވެސް އެއްވެދާނެއެވެ. އެކަމަކު މި މުނާފިގުކަން ބޮޑުވަމުން ފުޅާވަމުންގޮސް މުނާފިގުކަން އަށަގެންފައިވާ މީހާ އިސްލާމްދީނުން މުޅިން ކަސިޔާރުކޮށްލަފާނެއެވެ. އެމީހާ ނަމާދުކޮށް، ރޯދަހިފައި، މުސްލިމެއްކަމުގައި ބުންޏަސްމެއެވެ.

މުނާފިގުކަމުގެ މިކަންކަމަކީ އީމާންކަން ނަހީކުރާ ކަންތައްތަކެވެ. މުނާފިގުކަމުގެ އަލާމާތްތައް ހަށިގަނޑުގައި ޖަމާވެއްޖެނަމަ، އަދި އެކަންތައްތައް މަނާކުރާނެ ހިތްވަރެއް އެހަށިގަނޑުގައިވާ އީމާންކަމަށް ލިބިގެންނުވާނަމަ، ފަހެ އެމީހާ ހާލިސް މުނާފިގެއްކަމުގައި މެނުވީ ނުވެއެވެ.

މުނާފިގުން ދެނެގަތުން
ހަޤީޤަތަކީ، މީހެއްގެ ހިތާއި ދުލާ ދިމާނުވާނަމަ ނުވަތަ ބަހާއި ޢަމަލު ދިމާނުވާނަމަ، އެކަމަކީ އިސްލާމީ ޢަޤީދާގައި މުނާފިގުކަމެވެ. މުނާފިގުކަމަކީ ކޮބައިކަން ބަޔާންވީ ސިފަތައް އެބައެއްގެ ކިބައިގައި ވީ ބައިގަނޑެއްގެ މީހުން ރަސޫލު ﷲ ﷺ ޒަމާނުގައި އުޅުނެވެ.

އަހަރުމެން އެންމެނަކީ ވެސް އިންސާނުންނަށް ވީތީ މީހެއްގެ ހިތުގައި ފޮރުވައި ވަންހަނާކޮށްފައިވާ އެއްވެސް އެއްޗެއް ދެނެގަތުމުގެ ބާރު އަހަރުމެންނަށް ލިބިގެނެއްނުވެއެވެ. ޚުދު ރަސޫލު ﷲ ﷺ އަށް ވެސް، އެކަލޭގެފާނުގެ އަތްޕުޅުގައި ރަސޫލުކަމުގެ ބާރު އޮތް ހިނދުގައި ވެސް މީސްތަކުންގެ ހިތްތަކުގައިވާ ތަކެތި ހޯދުމުގެ ބާރެއް ލިބިވަޑައިގެންނުވެއެވެ. އެހެން ނަމަވެސް ﷲ ﷻ މީސްތަކުންގެ ހިތްތަކުގެ ޚަބަރު އެކަލޭގެފާނަށް ވަޙީގެ ޒަރީއާއިން އަންގަވާ ދެއްވެވިއެވެ.
ނަމަވެސް އަދުގެ މުސްލިމުންގެ ތެރޭގައި ހިމެނޭ މުނާފިގުން ދެނެގަނެ ހޯދައިގަނެ އެބައިމީހުނަށް މުނާފިގުކަމުގެ ޙުކުމް ޖެހުމަކީ އަހަރުމެންނަށް ކުރެވެނޭ ކަމެއްނޫނެވެ.
އުންމަތުގެ ޢުލަމާއިން، ހިތުގެ އީމާންކަމާއި ބޭރުގެ ޢަމަލުން މުނާފިގުކަން ދެގޮތަކަށް ސިފަކުރައްވަވައެވެ. މީގެތެރެއިން ފުރަތަމަ ގޮތަކީ މީހާ އޭނަގެ ކާފިރުކަން ހިތުގައި ވަންހަނާކޮށް ބޭރުފުށުން އޭނައަކީ މުސްލިމެއްކަމުގައި ފާޅުކުރުމެވެ. މުނާފިގުކަމުގެ މިފައްތަރުގައި ވާ މީހަކީ ޤުރުއާނުގައި އައިސްފައިވާފަދައިން (”ހަމަކަށަވަރުން މުނާފިގުން ވާހުށީ، ނަރަކައިގެ އެންމެ ދަށުވަތްގަނޑުގައެވެ.“) ވާ މީހެކެވެ. ދެވަނަ ގޮތަކީ މީހާ އޭނާގެ ހިތުގައި އީމާންތެރިކަން ވާ ޙާލު ބޭރުފުށުގެ ޢަމަލުން މުނާފިގުކަމުގެ ސިފަތައް ފެނުމެވެ.

ހިތާމައަކީ މިއަދުގެ މުސްލިމުންގެ ތެރެއިން ބޮޑުބައިގަނޑެއްގެ މީހުންނަކީ އެބައިމީހުންގެ ޢަމަލުތަކުގައި މުނާފިގުކަމުގެ ސިފަތައް އެކުލެވޭ އެފަދަ ޢަމަލުތައް ކުރަމުންދާ ބަޔަކަށްވުމެވެ. މުސްލިމެއްގެ ކިބައިގައިވާ މި މުނާފިގުކަމުގެ ޢަލާމާތްތަކަކީ އެކަމެއްގެ ސަބަބުން މުސްލިމުންގެ ކަރާމާތް ގެއްލި އިސްލާމްދީނުގެ ޙުރުމަތް ވެއްޔާމޮޑެވުނު ކަމެކެވެ.

قال رسول الله ﷺ: ” تلك صلاة المنافق: يجلس يرقب الشمس حتى إذا اصفرت وكانت بين قرني الشيطان قام فنقر أربعا لا يذكر الله فيها إلا قليلا ” . رواه مسلم

ސަލާމާއި ޞަލަވާތްލެއްވި މާތްރަސޫލާ ޙަދީޘްކުރެއްވިއެވެ:” އެއީ މުނާފިގުމީހާ ނަމާދުކުރާގޮތެވެ. އިރުއޮއްސޭތޯ ބަލަބަލާ ހުރެފައި އޮއްސެން ކައިރިވާއިރަށް އަދި ޝައިޠާނާގެ ދެދަޅައިގެ ތެރެއަށް ވަންނައިރަށް ތެދުވެ ވަރަށް އަވަސްއަވަހަށް ހަތަރު ރަކުޢަތް ކުރާނެއެވެ. އޭގައި ވަރަށް މަދުން ނޫނީ ހެޔޮ އެއްޗިއްސެއް ނުކިޔާނެއެވެ”. ﷲ ރުއްސުންލެއްވި ޞަޙާބީން މިފަދައިން ކަންތައް ކުރާމީހުން ދެކެފައިވަނީ ޢަމަލީ މުނާފިގުން ކަމުގައިއެވެ.

وَمِنَ النَّاسِ مَنْ يَقُوْلُ ءَامَنَّا بِاللهِ وَبِالْيَومِ الْأخِرِ وَمَا هُمْ بِمُؤْمِنِيْنَ (البقرة: 8)
މާނައީ: “މީސްތަކުންގެ ތެރެއިން، ބައެއް މީހުން ދުލު ކޮޅުން ބުނެ އުޅެއެވެ. ‘ތިމަންމެން، މާތްﷲ އަށާއި، ޤިޔާމަތް ދުވަހަށް އީމާންވެއްޖައީމެވެ.’ އަދި އެބައިމީހުންނީ، އީމާންވެގެންވާ ބަޔަކު ކަމުގައި ނުވެއެވެ.”
الْإمَام الْقُرطُبِيِّ ވިދާޅުވެފައިވެއެވެ. މިއާޔަތަކީ، الْكَرَّامِيَّة، ކިޔުނު ފިރްޤާގެ ބާޠިލުކަން ހާމަވާ ދަލީލެކެވެ. މިފިރްޤާ، ނިސްބަތް ވެފާ ވަނީ، مُحَمَّد إبْن كَرَّام السَّجِسْتَانِيّ އަށެވެ. الْكَرَّامِيَّة ފިރްޤާގެ އެންމެ އިސްމީހަކީ، مُحَمَّد إبْن كَرَّام السَّجِسْتَانِيّ އެވެ. إبْن حِبَّان ވިދާޅުވެފައިވެއެވެ. مُحَمَّد إبْن كَرَّام السَّجِسْتَانِيّ ގެ ޢަޤީދާއަކީ، ޝަހާދަތުގެ ދެކަލިމައަށް، ދުލުން އިޤްރާރު ވުމުން، ފުދޭނެ ކަމަށެވެ. إبْن حَزم ވިދާޅުވެފައިވެއެވެ. مُحَمَّد إبْن كَرَّام السَّجِسْتَانِيّ ބުނަނީ، ހިތުން ޤަބޫލު ނުކުރިއަސް، ދުލުން ޝަހާދަތުގެ ދެކަލިމައަށް އިޤްރާރުވުމުން ފުދޭނެ ކަމެވެ. ހިތުގައި ކުފުރު އޮތަސް، އިޤްރާރު ވުމުން ފުދޭނެއެވެ. الْإمَام الذَّهَبِيّ ވިދާޅުވެފައިވެއެވެ. مُحَمَّد إبْن كَرَّام السَّجِسْتَانِيّ ގެ މިޢަޤީދާއަކީ، މުނާފިގުންގެ ޢަޤީދާއެވެ.

الْكَرَّامِيَّة ފިރްޤާގެ ޢަޤީދާއަކީ، ހިތުން ޤަބޫލުނުކުރިއަސް، ދުލުން ޝަހާދަތުގެ ދެކަލިމައަށް އިޤްރާރުވުމުން، މުއުމިނަކަށް ވެވުނީ ކަމުގައެވެ. ނަމަވެސް، އިސްވެދިޔަ އާޔަތުގައި އެވަނީ، ހިތުން ޤަބޫލުނުކޮށް، ހަމައެކަނި ދުލުން އިޤުރާރުވާ މީހުންގެ އީމާންކަން ނަފީކޮށްފައެވެ. އެބަހީ އެފަދަ، މީހުންނަކީ މުއުމިނުގެ ތެރެއިން ވާ ބައެއް ނޫންކަން އަންގަވާފައެވެ. ވީމާ مُحَمَّد إبْن كَرَّام السَّجِسْتَانِيّ އާއި، އޭނާއަށް ތަބަޢަވާ މީހުން، އެވަނީ މުނާފިގުންގެ މަގު ޚިޔާރުކޮށްފައެވެ. އަދި އެފަދަ މީހުންނަކީ، އަބާއްޖަވެރިންނެވެ.

އެފަދަ މީހުންނަށް، އެބަހީ މުނާފިގުންނަށް، މިނަން ދެވުނީ، އެމީހުންގެ ހިތުތެރޭގައި ވާގޮތް، ނޫން ގޮތެއް ފާޅު ކުރާތީއެވެ. މިފަދަ މީހުންގެ ވާހަކަ، ކީރިތި ޤުރުއާނުގައި، ބަޔާން ކުރައްވާފައިވަނީ އަންނަނިވި ފަދައިންނެވެ.

إذَا جَاءَكَ الْمُنَافِقُونَ قَالُواْ نَشْهَدُ إنَّكَ لَرَسُولُ اللهِ وَاللهُ يَعْلَمُ إنَّكَ لَرَسُولُهُ وَاللهُ يَشْهَدُ إنَّ الْمُنَافِقِيْنَ لَكَاذِبُوْنَ (المنافقون: 1)
މާނައީ: “ކަލޭގެފާނުންގެ އަރިހަށް، މުނާފިގުން އަތުވެއްޖެނަމަ، އެމީހުން ބުނެއެވެ. ހަމަކަށަވަރުން ކަލޭގެފާނަކީ މާތް ﷲގެ ރަސޫލާކަމަށް ތިމަންމެން ހެކިވަމުއެވެ. އަދި ހަމަކަށަވަރުން، ކަލޭގެފާނަކީ މާތްﷲގެ ރަސޫލާކަން މާތް ﷲ ދެނެވޮޑިގެންވެއެވެ. އަދި ހަމަކަށަވަރުން، މުނާފިގުން އެހަދަނީ، ދޮގުކަމަށް މާތްﷲ ހެކިވެ ވޮޑިގަންނަވައެވެ.”

މުނާފިގުންގެ ބައެއް ޞިފަތައް:

1. ނަމާދަށް ހުންނައިރު ކަންނެތް ކަމާއިއެކު ހުރުން

2. މަދުންނޫނީ މާތްﷲ ހަނދުމަ ނުކުރުން

މާތް ﷲ ވަޙީކުރައްވާފައިވަނީ؛

إنَّ الْمُنَافِقُونَ يُخَادِعُونَ اللهَ وَهُوَ خَادِعُهُمْ وَإذَا قَامُواْ إلَي الصَّلوةِ قَامُواْ كُسَالَي يُرَآءُوْنَ النَّاسَ وَلاَ يَذْكُرُوْنَ اللهَ قَلِيْلاً (النساء: 142)

މާނައީ: “ހަމަކަށަވަރުން، މުނާފިގުން (އެމީހުން ހިތުން) މާތް ﷲއަށް އޮޅުވާލައެވެ. ނުވަތަ މަކަރު ހަދައެވެ. އެއީ އެބައިމީހުންގެ އޮޅުވުންތަކުގެ ނުވަތަ މަކަރުގެ ޖަޒާ އެމީހުންނަށް އެކަލާނގެ ދެއްވާ ޙާލުގައެވެ. އަދި އެމީހުން ނަމާދަށް ތެދުވާއިރު، މީސްތަކުންނަށް ކަން ދައްކަމުން ކަންނެތް ކަމާއިއެކުގައި ތެދުވެއެވެ. އަދި މަދުން މެނުވީ އެބައިމީހުން މާތްﷲގެ މަތިން ހަނދުމަނުކުރެއެވެ.”

3. މާތްﷲ ގެ މަގުގައި ނުރުހި ތިބެ ހޭދަކުރުން

މާތްﷲ ވަޙީކުރެއްވީ؛

وَلاَ يَأتُوْنَ الصَّلوةَ إلاّ وَهُمْ كُسَالَي وَلاَ يُنْفِقُوْنَ إلاَّ وَهُمْ كَارِهُوْنَ (التوبة: 54)
މާނައީ: “އެބައިމީހުން ކަންނެތް ބަޔަކު ކަމުގައި ވެގެން ތިބެ މެނުވީ ނަމާދަކަށް ނާދެއެވެ. އަދި ނުރުހި ތިބެގެންވާ ބަޔަކު ކަމުގައި ތިބެ މެނުވީ ހޭދައެއް ނުކުރެއެވެ.”

4. ނުބައި ކަންތަކަށް ބާރުއެޅުން

މާތްﷲ ވަޙީކުރެއްވީ؛

الْمُنَافِقُونَ وَالْمُنَافِقَاتً بَعْضُهُمْ مِنْ بَعْضٍ يَأمُرُوْنَ بِالْمُنْكَرِ وَيَنْهَونَ عَنِ الْمَعْرُوف (التوبة: 67)
މާނައީ: “މުނާފިގު ފިރިހެނުންނާއި، މުނާފިގު އަންހެނުންނަކީ އެއްބަޔެކެވެ. އެބައިމީހުން ނުބައި ކަންތަކަށް އަމުރު ކުރެއެވެ. އަދި ހެޔޮ ކަންތައް ނަހީކުރެއެވެ.”

5. އަމާނާތަށް ޚިޔާނަތްތެރިވުން

6. ދޮގު ހެދުން

7. ޢަހުދާއި ޚިލާފުވުން

8. ޒުވާބު ކުރާއިރު ހަޑި އެއްޗެތި ކިއުން

ޢަބްދުﷲ އިބްނު ޢުމަރު ރިވާކުރެއްވިއެވެ. “ހަމަކަށަވަރުން، ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ. “ހަތަރު ޞިފަ ހުރި މީހަކީ، ފައްކާ މުނާފިޤެކެވެ. އަދި އެމީހެއްގެ ގައިގާ އޭގެ ތެރެއިން އެއް ޞިފަ ހުރި މީހާވެސް، އެދޫނުކުރާހާ ހިނދަކު، އޭނާއަކީވެސް، މުނާފިގުންގެ ޞިފައެއް ހުރި މީހެކެވެ. އަމާނާތަށް ޚިޔާނަތްތެރިވުމާއި، ވާހަކަ ދައްކާއިރު ދޮގު ހެދުމާއި، ކުރެވިފައިވާ ޢަހްދާއި ޚިލާފުވުމާއި، އަދި ޒުވާބުކުރާއިރު ހަޑި އެއްޗެހި ކިޔުމެވެ.” (ބުޚާރީ: 34)

9. ވަޢުދާ ޚިލާފްވުން

މާތްﷲ ރުއްސުންލެއްވި އަބޫހުރައިރާގެ އަރިހުން ރިވާ ވެގެންވެއެވެ. “ހަމަކަށަވަރުން އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “މުނާފިގުންގެ ޢަލާމާތަކީ ތިނެކެވެ. ވާހަކަ ދައްކާއިރު ދޮގު ހެދުމާއި، އަމާނާތަށް ޚިޔާނަތްތެރިވުމާއި، އަދި ވަޢުދާއި ޚިލާފުވުމެވެ.” (ބުޚާރީ: 2682)

10. ޢިޝާ ނަމާދާއި ފަތިސް ނަމާދު ބުރަވުން

މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. “ރަސޫލުﷲ ގެފާނު ޙަދީޘްކުރެއްވިއެވެ. “މުނާފިގުންނަށް ޢިޝާ ނަމާދާއި ފަތިސް ނަމާދަށްވުރެ ބުރަ ނަމާދެއް ނުވެއެވެ. އެމީހުންނަށް، އެދެނަމާދުގެ ޘަވާބު އެނގޭނަމަ، ފިރުކެމުން ފިރުކެމުން އަންނަން ޖެހުނު ކަމުގައި ވިޔަސް، އެ ދެނަމާދަށް ޙާޟިރު ވާނެތެވެ.” (ބުޚާރީ: 657)

11. އަންޞާރު ބޭކަލުންނަށް ނަފްރަތް ކުރުން

މާތް ﷲ ރުއްސުންލެއްވި އަލް ބަރާއުގެ އަރިހުން ރިވާ ވެގެންވެއެވެ. “ރަސޫލުﷲ ގެފާނު ޙަދީޘްކުރެއްވިއެވެ. “އަންޞާރު ބޭކަލުންދެކެ ލޯބިވާނީ ހަމައެކަނި މުއުމިންނެވެ. އަދި އެބޭކަލުންނަށް ނަފްރަތް ކުރާނީ ހަމައެކަނި މުނާފިގުންނެވެ.” (ބުޚާރީ: 3783)

12. ޤަޞްދުގައި، ޢަޞްރު ނަމާދު ލަސްކޮށް އެނަމާދު ހަލުވި ކަމާއިއެކު ކުރުން

އަލްޢަލާއު އިބްނު ޢަބްދުއްދިރްހަމް ރިވާކުރެއްވިއެވެ. މެންދުރު ނަމާދު ކުރުމަށްފަހު، އެކަލޭގެފާނު އަނަސް އިބްނު މާލިކުގެ، ބަޞަރާގައި ހުރިގެއަށް (އަނަސްގެފާނުންގެ އަރިހަށް) ވަދެވަޑައިގަތެވެ. އަނަސްގެފާނުގެ ގެކޮޅު ހުންނަނީ މިސްކިތް ކައިރީގައި އެވެ. “ތިމަންމެން، އެކަލޭގެފާނުގެ އަރިހަށް ވަނުމުން، އެކަލޭގެފާނު ވިދާޅުވިއެވެ. “ތިޔަބައިމީހުން، ޢަޞްރު ނަމާދު ކޮށްފިންތޯއެވެ؟” ތިމަންމެން އެކަލޭގެފާނަށް ދެންނެވީމެވެ. “ތިމަންމެން މެންދުރު ނަމާދު ކުރީ ދެންމެއަކުއެވެ.” އެކަލޭގެފާނު ވިދާޅުވިއެވެ. “ޢަޞްރު ނަމާދު ކުރާށެވެ!” ތިމަންމެން، ތެދުވެ ޢަޞްރު ނަމާދު ކޮށްފީމެވެ. ތިމަންމެން ނަމާދުކޮށް ނިމުމުން، އެކަލޭގެފާނު ވިދާޅުވިއެވެ. “ތިމަންކަލޭގެފާނު، ރަސޫލުﷲ ﷺ ޙަދީޘްކުރައްވަނިކޮށް އަޑުއެއްސެވީމެވެ. “އެއީ މުނާފިގުން ނަމާދު ކުރާ ގޮތެވެ. އެމީހުން، ނަމާދުނުކޮށް ތިބޭހުށީ، އިރަށް ބަލަބަލައެވެ. ދެން އިރު، ޝައިޠާނާގެ ދެދަޅު ދެމެދުން އޮއްސެން ކައިރިވުމުން، ތެދުވެ ދޫނި ތުންތަޅާ ފަދައިން، އަވަސް އަވަހަށް ހަތަރު ރަކުޢަތް ކޮށްލައެވެ. އަދި، އެނަމާދުގައި، މަދުން މެނުވީ މާތްﷲ ހަނދުމައެއް ނުކުރެތެވެ.” (މުސްލިމް: [1412] 195 (622)

13. ޢަލީގެފާނަށް ނަފްރަތްކުރުން

މާތްﷲ ރުއްސުންލެއްވި ޢަލީގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. “ރަސޫލުﷲގެފާނު، ތިމަން ކަލޭގެފާނަށް ޙަދީޘްކުރެއްވިއެވެ. “ކަލޭގެފާނު ދެކެ ލޯބިވާނީ، ހަމައެކަނި މުއުމިނުންނެވެ. އަދި ކަލޭގެފާނު ދެކެ ނަފްރަތްކުރާނީ، ހަމައެކަނި މުނާފިގުންނެވެ.” (ތިރްމިޛީ: 3736، އަލްއިމާމް ތިރްމިޛީ މިއީ ޞަޙީޙް ޙަދީޘެއްކަމަށް ވިދާޅުވެފައިވެއެވެ.)

بَشِّرِ الْمُنَافِقِيْنَ بِأنَّ لَهُمْ عَذَابًا ألِيْمًا (النساء: 138)
މާނައީ: “ހަމަކަށަވަރުން، މުނާފިގުންނަށް، ވޭންދެނިވި ޢަޛާބު ހުރި ކަމުގެ އުފާވެރި ޚަބަރު ދެއްވާށެވެ.” މީގެ މުރާދަކީ، ބިރުވެރި ޚަބަރު ދެއްވާށެވެ. މިއީ، ޢަރަބިން ބޭނުންކޮށް އުޅޭ އުސްލޫބެކެވެ. ބަލާޣާތުގެ ޢިލްމުގައި، އިސްތިޢާރާގެ ބައިތަކެއް ވެއެވެ. އޭގެ ތެރޭގައި، الْعِنَادِيَّةއެވެ ކިޔުނު ބައެއްވެއެވެ. އެބައިގާ التَّهَكُّمِيَّة އަދި التَّمْلِيْحِيَّة އޭ ކިޔުނު ބައެއްވެއެވެ. މިބައި މާނަ ކުރާއިރު، މާނަ ކުރަނީ، އެބޭނުން ކުރެވިފައިވާ ލަފްޒުގެ އިދިކޮޅު މާނައެވެ. މިއީ ދިވެހި ބަހުގައިވެސް، ބޭނުން ކުރެވޭ އުސްލޫބެކެވެ. މިސާލަކަށް، މީހަކު ގޯސްކަމެއް ކުރުމުން، އެމީހަކާ ދިމާއަށް ބުނެއެވެ. “ކަލޭ ތިކުރަނީ ވަރަށް ރަނގަޅު ކަމެކެވެ.” މުރާދަކީ ގޯސް ކަމެކެވެ.

މާތް ﷲ ކީރިތި ޤަރުއާނުގައި، މުނާފިގުންނަށް ޤިޔާމަތް ދުވަހު ދެއްވާނެ ޖަޒާ، ބަޔާން ކުރައްވަމުން ވަޙީ ކުރެއްވިއެވެ.

إنَّ الْمُنَافِقِيْنَ فِي الدَّرْكِ الْأسْفَلِ مِنَ النَّارِ وَلَنْ تَجِدَ لَهُمْ نَصِيْرًا (النساء: 145)
މާނައީ: “ހަމަކަށަވަރުން، މުނާފިގުންވާ ހުށީ ނަރަކައިގެ އެންމެ އަޑީ ބައިގައެވެ. އެބައިމީހުންނަށް އެހީތެރިވާނޭ އެއްވެސް ފަރާތެއް ކަލޭގެފާނު ދެކެވަޑައި ނުގަންނަވާނޫއެވެ.”

މިއީ އެމީހުންނާއި ބެހޭ ގޮތުން، އައިސްފައިވާ ވަޢީދުގެ ބަސްފުޅެކެވެ. މުނާފިގުންގެ އިސްމީހަކީ ޢަބްދުﷲ އިބްނު އުބައްޔުއެވެ. ޙުޛައިފަތުގެފާނު ވިދާޅުވިއެވެ. “ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. “މިލަފްޒު ނިސްބަތްވާ މީހުންގެ ތެރޭގައި، ބާރަ މުނާފިގުންވެއެވެ. އޭގެ ތެރެއިން، އަށް މީހުންނަށް، އެއްގޮތަކަށްވެސް ސުވަރުގެއަކަށް ނުވަދެވޭ ހުއްޓެވެ.” (މުސްލިމް: [7035] 9 (2779) )

އަނަސްގެފާނު ވިދާޅުވިއެވެ. “ރަސޫލުﷲ ގެފާނު ޙަދީޘްކުރެއްވިއެވެ. “ދައްޖާލު އަރައިގެން އައިސް، މަދީނާގެ އެއްފަރާތުގައި މަޑުކޮށްލާނެތެވެ. ދެން މަދީނާ، ތިންފަހަރު ހެލިގެން ދާހުއްޓެވެ. އެހިނދު ހުރިހާ ކާފިރުންނާއި މުނާފިގުން މަދީނާއިން ނުކުންނާނެތެވެ.” (ބުޚާރީ: 7124)

ޢަބްދުﷲ އިބްނު ޢަމްރުގެ އަރިހުން ރިވާވެގެންވެއެވެ. “ރަސޫލުﷲ ﷺ ޙަދީޘްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑު އެއްސެވީމެވެ. “ތިމަންކަލޭގެފާނުންގެ އުއްމަތުގެ ގިނަ މުނާފިގުންނަކީ، ޤާރީވެރިންނެވެ.” މިޙަދީޘްގެ ރާވީންނަކީ ޘިޤަތުގެ ވެރި ބޭކަލުންކަމަށް الْهَيْثَمِيّ ވިދާޅުވެފައިވެއެވެ. شُعَيْب الْأرنَاؤوط ވެސް، މިއީ ޞަޙީޙް ޙަދީޘެއް ކަމަށް ވިދާޅުވެއެވެ. (އަޙްމަދު: 6633)

يُخَادِعُونَ اللهَ وَالَّذِيْنَ ءَامَنُواْ وَمَا يَخْدَعُوْنَ إلاَّ أنْفُسَهُمْ وَمَا يَشْعُرُوْنَ (البقرة:9)
މާނައީ: “އެބައިމީހުން މާތްﷲއަށް މަކަރު ހަދައެވެ. އަދި އެމީހުން އީމާންވި މީސްތަކުންނަށް މަކަރު ހަދައެވެ. އެމީހުން ހަދާ މަކަރުގެ އަދަބު ނުވަތަ ޖަޒާ ލިބޭ ހުށީ ހަމައެކަނި އެމީހުންނަށެވެ. އަދި އެބައިމީހުންނަށް އެކަން ނޭނގެނީއެވެ.”

يُخَادِعُونَ اللهَ وَالَّذِيْنَ ءَامَنُواْ: އެމީހުން (އެބަހީ މުނާފިގުން)، އެމީހުންގެ ހިތުން މާތްﷲ އަށް މަކަރު ހަދައެވެ. الْإمَام الْقُرطُبِيِّ ވިދާޅުވެފައިވެއެވެ. “ބަހުގެ އަހުލުވެރިން ވިދާޅުވެފައިވެއެވެ. ‘ޢަރަބި ބަހުގައި الْخَدَعُ ގެ މާނައަކީ، الْفَسَاد އެވެ.’ ” الْإمَام الْقُرطُبِيِّ ވިދާޅުފައިވަނީ މި އާޔަތުގެ މުރާދަކީ، “އެމީހުން (އެބަހީ މުނާފިގުން) އެމީހުންގެ އީމާންތެރިކަމާއި ޢަމަލުތަކުގައި ދެއްކުންތެރިކަން ހިމެނިފައިވުމުން، ފާސިދު ވެދެއެވެ. އެބަހީ ބޭކާރުވެދެއެވެ.

ލިބޭ މިންވަރަށް ޝުކުރުވެރި (ޤަނާޢަ) ވެގެން ނޫޅެވޭ މީހާއީ އަބަދުވެސް ފަޤީރެއް
"އިންސާނަކަށް ޤަނާޢަ (ލިބުނު މިންވަރަށް ރުހިގަތުމުގެ) ގެ ސިފަ ލިބިއްޖެ ހިނދުގައި އޭނާއަކީ މުއްސަންޖެއްގެ ގޮތުގައިވެއެވެ. އަދި ހިތް ތަނަވަސް މީހެއްގެ ގޮތުގައިވެ އެހެން މީހުންނަށް އޭނާގެ ނަޟަރު ނުހުއްޓޭނެ އެވެ. މިކަމުގެ މައްޗަށް ދަލީލުކޮށްދެނީ ސުވަރުގޭގެ އަހުލުވެރިންގެ ނިޢުމަތްތައް ފުރިހަމަވެގެންވާކަން ބަޔާންވެފައިވާ ގޮތުންނެވެ. ހަމަކަށަވަރުން އެބައިމީހުން ﴿لاَيَبْغُون عَنها حِولا﴾ “އެބައިމީހުން އެތަންފިޔަވައި، އެހެންފަރާތަކަށް އެނބުރި ދިއުމަށް ނޭދޭނެ އެވެ."

العَلاَّمَة محمد بن صالح العثَيمين  رحمه الله

އެތަނުގައިވާ އެންމެ ދަށުދަރަޖައިން ނިޢުމަތްލިބޭ މިހާވެސް އެތަން ދޫކޮށް އެހެންތަނަކަށް ދިއުމަށް ބޭނުމެއް ނުވާނެއެވެ. އަދި ސުވަރުގޭގައި އޭނާއަށްވުރެ ނިޢުމަތުގައި އުޅޭ އެހެން މީހަކު ވާކަމަކަށް ނުދެކޭނެއެވެ. ފަހެ، މިއީ ﷲ އެ އިލާހުގެ އަޅުތަކުންނަށް ދެއްވާ ނިޢުމަތްތަކުގެ ތެރެއިން ނިޢުމަތެކެވެ.

އޭނާއަށް ޤަނާޢަ (ލިބުނު މިންވަރަށް ރުހިގަތުމަށް) ﷲ ތަޥްފީޤު ދެއްވި އެވެ. އެއީ އޭނާ ގެދޮރު ކަމުގައިވީނަމަވެސް، ނުވަތަ އޭނާގެ ފޭރާމުގައި ނުވަތަ އޭނާގެ ސަވާރީ ނުވަތަ އޭނާގެ ދަރިންކަމުގައިވީނަމަވެސް އެވެ. އެހެނަސް އޭނާގެ ހިތުން ޤަނާޢަ (ލިބުނު މިންވަރަށް ރުހިގަތުން) ގެއްލިއްޖެ ހިނދުގައި އޭނާއަކީ ފަޤީރެއް ކަމުގައިވެ އެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ.  يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِن طَيِّبَاتِ مَا رَزَقْنَاكُمْ وَاشْكُرُوا لِلَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ   (البقرة 172)
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަންއިލާހު ތިޔަބައިމީހުންނަށް ދެއްވި ރަނގަޅު ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން ހަމައެކަނި اللَّهއަށް އަޅުކަންކުރާ ކަމުގައިވާނަމަ،  އެކަލާނގެއަށް ޝުކުރުވެރިވާށެވެ.”

ނިޢުމަތް ތަކަށް ޝުކުރުވެރިވުމަކީ އެނިޢުމަތް ދެއްވިފަރާތް ހަނދުމަކޮށް އެއިލާހަށް ޘަނާ ކިޔައި އެނިޢުމަތުގެ ބޭނުން އެއިލާހު ރުހިވޮޑިގެންވާ ގޮތުގައި ހިފުމެވެ. މުދަލަށް ޝުކުރުވެރިވުމަކީ އެހެން ބައެއްގެ ހައްޤުތަކެއް އެ މުދަލުގައި ވާކަން ޤަބޫލު ކޮށް އެބައިމީހުނަށް އެ ހައްޤުތައް އަދާ ކުރުމެވެ.

ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. وَفِي أَمْوَالِهِمْ حَقٌّ لِّلسَّائِلِ وَالْمَحْرُومِ (الذاريات 19)
މާނައީ :” ސަލާމް ޖަހާ މީހުންނާއި މުދަލުން މަޙްރޫމް ވެފައިވާ ނިކަމެތީންގެ ޙައްޤު ތަކެއް އެބައިމީހުންގެ މުދަލުގައި ވެއެވެ.”

މުދާ ދެއްވި ފަރާތަށް ޝުކުރުވެރި ވުމަކީ  އެމުދަލުން އިސްރާފް ނުކުރުމެވެ.  ﷲ ގެ މަގުގައި އެއިލާހުގެ ދީން މަތިވެރިކުރުމަށް އެމުދާ ހޭދަކުރުމެވެ. لَئِنْ شَكَرْتُمْ لَأَزِيدَنَّكُمْ وَلَئِنْ كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ (إبراهيم7)
މާނައީ:” ތިޔަބައި މީހުން ޝުކުރު ކޮށްފިނަމަ ތިމަން އިލާހު ތިޔަބައިމީހުންނަށް އިތުރު ކޮށްދެއްވާހުށީމެވެ. އަދި ތިޔަބައި މީހުން (އެ ނިޢުމަތްތަކަށް) ކުފުރުވެރި ވެއްޖެނަމަ ދަންނާށެވެ!  ތިމަންއިލާހުގެ ޢަޛާބު ގަދަފަދަ ވެގެންވާކަން ކަށަވަރެވެ.”

ﷲ ތަޢާލާގެ ރަޙްމަތުގެ ތަނަވަސްކަން އިޙްސާސް ކުރެވޭނީ އެކަލާނގެ އަހަރެމެންނަށް ދެއްވާފައިވާ ގިނަގުނަ ނިޢުމަތްތަކުގެ ތެރެއިން ނިޢުމަތެއް ފިލާ ދިޔުމުންނެވެ. ލޯފަންމީހަކަށް ފެނުމުގެ ނިޢުމަތުގެ ބޮޑުކަން އިޙްސާސް ކުރެވޭނެއެވެ. ބީރު މީހަކަށް އަޑުއިވުމުގެ ނިޢުމަތުގެ ބޮޑުކަން އިޙްސާސް ކުރެވޭނެއެވެ. މަންމަން މީހަކަށް ވާހަކަދެއްކުމުގެ ނިޢުމަތުގެ ބޮޑުކަން އިޙްސާސް ކުރެވޭނެއެވެ. ބަލިވުމުން ފުރިހަމަ ޞިއްޙަތެއްގެ ބޭނުންތެރިކަން އިޙްސާސް ކުރެވޭނެއެވެ.

އެންމެ މޭވާއެއްގެ ބަދަލުގައި އެކިކުލައިގެ އެކި ރަހަތަކުގެ ތަފާތު އެތައް ސަތޭކަ މޭވާއެއް އަހަރެމެންނަށްޓަކައި ދުނިޔޭގައި ލައްވާފައިވާ ކަމާއިމެދު ފިކުރުކޮށްލައްވާށެވެ. ގަސް ގަހާގެހި އަހަރެމެންނަށްޓަކައި ބިމުން ފެޅުއްވިއެވެ. އޭގެ ޒަރިއްޔާއިން ގުނާ އަދަދު ނުކުރެވޭނޭހާ މޭވާތަކުގެ އިތުރުން ތަރުކާރީއާއި އެތައްބައިވަރު ކާނާގެ ބާވަތްތައްލެއްވިއެވެ. ދަތުރުފަތުރު ކުރުމަށްޓަކައި ކަނޑުގައާއި އެއްގަމުގައި ދުއްވާނޭ އުޅަނދުތައް ތައްޔާރުކުރެވޭނޭ ވަސީލަތްތައް ލެއްވިއެވެ.

އަހަރެމެންނަށްޓަކައި އުޑުން ވާރޭފެން ވެއްސެވިއެވެ. އަހަރެމެން އޭގޭން ފައިދާހޯދައި ކައިބޮއި ހެދުމަށްޓަކައި ކަނޑާއި އެއްގަމުގައި ތަފާތު ޖަނަވާރުތައްލެއްވިއެވެ. ރޭދުވާ ތަފާތު ވާނޭގޮތުގައި ލެއްވިއެވެ. ރޭގަނޑު އެއީ އަހަރެމެންނަށްޓަކައި ނިވަލެއްކަމުގައި ލެއްވިއެވެ. ނިދި އެއީ އަރާމު ލިއްބައިދޭ އެއްޗެއް ކަމުގައި ލެއްވިއެވެ. ދުވާލު އެއީ ތަފާތު މަސައްކަތްތައްކޮށް ހިތްހަމަޖެހުން ހޯދޭ ފަދަ ވަޤުތެއް ކަމުގައިލެއްވިއެވެ.

އަހަރެމެންނަށްޓަކައި އަނބިންނާއި ފިރީން ލެއްވިއެވެ. އެއިލާހުގެ ރަޙްމަތް ފުޅުން އަހަރެމެންގެ ލޮލުގެ ފިނިކަންކަމުގައި އަހަރެމެންގެ ދަރިން ލެއްވިއެވެ. އަހަރެމެންނަށް ޓަކައި މައިންބަފައިންގެ ހިތުގައި ރަޙުމާއި އޯގާތެރިކަން އެއިލާހު ލެއްވިއެވެ.

މި ހުރިހާ ނިޢުމަތްތަކަށްވުރެ ބޮޑު ނިޢުމަތެއް ﷲ ތަޢާލާގެ އޯގާވަންތަކަމުން އަހަރެމެންނަށް ދެއްވާފައި ވެއެވެ. އެއީ ޙިދާޔަތުގެ ނިޢުމަތެވެ. އިސްލާމްދީނުގެ ނިޢުމަތެވެ. އީމާން ކަމުގެ ނިޢުމަތެވެ. އެއިލާހުގެ އަމުރުފުޅުތަކަށް ކިޔަމަންތެރި ވެ ނަހީތަކުން ދުރުވެތިބެ އަބަދުވެސް ލިބޭ މިންވަރަށް ޝުކުރުވެރިވެ ހިތްހަމަޖެހިގެން މިދުނިޔޭގެ ކުރު ޙަޔާތް ވޭތުކުރާށެވެ. ދެ ދުނިޔޭގައިވެސް އުފާވެރިކަން އޮތީ މިމަގުންނެވެ.

ތިބާ ދެކެ ހިތްހަމަނުޖެހި ވާހާލު މައިންބަފައިން މަރުވެއްޖެނަމަ
މީހަކު ސުވާލު ކުރިއެވެ. އަހަރެންގެ ބައްޕަ ވަރަށް ބޮޑަށް ބަލިވިއެވެ. އަދި އަހަރެން ބައްޕައާ ބައްދަލުކޮށް ދެކިލަން ދިއުމަށް ތަކުރާރުކޮށް އެދެމުން ދިޔައެވެ. ނަމަވެސް ބައްޕަ އެވަނީ މަރުބަލީގައިކަން އިޙްސާސްނުވާޙާލު، އަހަރެންގެ ދިރިއުޅުމުގެ ކަންތައްތަކުގައި އަވަދިނެތި އުޅުނީމުއެވެ. އެންމެފަހުން ބައްޕަ ގާތަށް ނުދެވި އުޅެނިކޮށް ބައްޕަ ނިޔާވެއްޖެއެވެ. އެކަމުގައި އަހަރެންގެ ފަރުވާ ކުޑަކަން ޤަބޫލުކޮށް ވަރަށް ބޮޑަށް ހިތާމަކުރީމުއެވެ. އަދި އޭގެ ފަހުންވެސް އެކަން ހިތަށް އަރާ ކޮންމެ ފަހަރަކު އަހަންނަށް އިންތިހާ ދަރަޖައިގެ ހިތާމައާއި މޮޅިވެރިކަން ގެނުވައެވެ. އެހެންކަމުން އަހަންނަށް ކުރެވުނު މި ބޮޑު ފާފައިން ސަލާމަތްވުމަށްޓަކައި ކުރެވޭނީ ކޮންކަމެއްހެއްޔެވެ؟

އިސްވެދިޔަ ސުވާލުގެ ޖަވާބުގައި ޑރ. ޔޫސުފުލްޤަރުޟާވީ (ރަޙިމަހުﷲ) ވިދާޅުވެފައިވެއެވެ. އެއްވެސް ޝައްކެއްނެތްގޮތުގައި ބައްޕައަށްޓަކައި އަދާކުރަންޖެހޭ ޙައްޤެއް އަދާނުކުރުމުން ތިބާއަށް ތިޔަވަނީ ބޮޑުވެގެންވާ ކުށެއް ކުރެވިފައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާގޮތުގައި އެއްމުސްލިމަކު އަނެއްމުސްލިކަމަށްޓަކައި އަދާކޮށްދޭންޖެހޭ ފަސްޙައްޤެއްވެއެވެ. އޭގެ ތެރޭގައި ބަލިމީހާއަށް ޒިޔާރަތްކުރުން ހިމެނެއެވެ.(متفق عليه) އަދިހަމަ މިއާއެކު، ބަލިމީހެއްގެ ގާތަށް ޒިޔާރަތްކޮށްފިމީހާވަނީ ސުވަރުގޭގެ ބަގީޗާތަކުން މޭވާ ބިންނަން ހުރިމީހެއްފަދައިން ސަވާބު ލިބިލިބިކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.(މުސްލިމް: 2568) މިއީ އެއްމުސްލިމަކު އަނެއްމުސްލިމަކަށްޓަކައި އަދާކޮށްދޭންޖެހޭ ޙައްޤެއްގައި ހުރި މަތިވެރިކަންކަމުގައިވާއިރު މައިންބަފައިންގެ ޙައްޤުގައި އެކަންކުރުން ކިހައި އަޢުލާވެގެންވާނެހެއްޔެވެ؟

ﷲ ވަޙީކުރައްވާފައިވެއެވެ. وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا ‎،‏ وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا (އިސްރާ: 23-24) “އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ! އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް رحمة ލައްވައިފާނދޭވެ!” އާޔަތުގައި ބަޔާންކުރައްވާފައިއެވާ أُف އަކީ އިހާނެތިކުރުމާއި ދެރަބަސްބުނުމެއްނޫނެވެ. އެހެނެއްކަމަކު އެއީ ފޫހިކަމާއި ނުރުހުންތެރިކަން އަންގައިދޭ ކަލިމައެކެވެ. އެހެންކަމުން ފޫހިކަމާއި ނުރުހުމުގެގޮތުން ބުނެވޭނެ އެންމެ ކުޑަ މިންވަރުވެސް އެވަނީ ޙަރާމްކުރައްވާފައެވެ. ވުމާއެކު، މައިންބަފައިންނަށް އިހާނެތިވެދާފަދަ ކިތަންމެ ކުޑަކަމެއްވިޔަސް ކުރުމަކީ ޙަރާމްކަމެއްކަން ސާފުކޮށް އެނގެއެވެ.

ދުރުގައި އުޅޭއިރު މައިންބަފައިންނަށް ޒިޔާރަތްކުރުމަކީ ދަރީން ކުރަންޖެހޭކަމަކަށްވާއިރު، ބައްޕަ ބަލިޙާލުގައި އޮވެ އޭނާ ދެކިލަން އައުމަށް ދަރިފުޅަށް އަންގަމުންދިޔަކަމަށް ސުވާލުގައި އެބައޮތެވެ. ވީމާ އެ ޙާލަތުގައި ބައްޕައަށް ޒިޔާރަތްކޮށް އަޅައިލައި އޯގާތެރިވެ ދިނުމަކީ ދަރިފުޅު ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ. އަންހެނަކު އޭނާގެ މައިންބަފައިން ދެކިލުމަށް ދާން އެދޭހިނދު އޭނާގެ ފިރިމީހާވިޔަސް އެކަން މަނާކޮށްގެންނުވާނެއެވެ. މަނާކުރާޙާލަތުގައި، އޭނާއަކީ ފިރިމީހާގެ އެ މަނާކުރުމާ ދެކޮޅުހެދުމަށް އުޒުރު ލިބިގެންވާ މީހެއްކަމަށް ބުނެވޭނެއެވެ. ސަބަބަކީ މައިންބަފައިންނަށް ކަމޭހިތުމާއި އެމީހުންނަށް ޒިޔާރަތްކުރުމަކީ އޭނާގެ މައްޗަށް އޮތް (ވާޖިބު) މަސްއޫލިއްޔަތެކެވެ.

ސުވާލުކުރި ފަރާތަށް ކުރެވިފައިވާ ކުށާމެދު ދެން ކަންތައްކުރާނީ ކިހިނެއްތޯ ބަލައިލަމާހިނގާށެވެ. އެންމެ ފުރަތަމަ، މައިންބަފައިން ބަލިވެ އުޅުނުއިރު އެމީހުންނަށް ޒިޔާރަތްނުކޮށް އުޅެނިކޮށް ބަލި ރަނގަޅުވެ ދުނިޔޭގައި ތިބިނަމަ ދެންވެސް ލަސްނުކޮށް އެމީހުންގެ ގާތަށް ގޮސް މަޢާފަށް އެދި އެމީހުންގެ ހިތްހަލާލު ހޯދަންޖެހޭނެއެވެ. އެމީހުންނާމެދު ފަރުވާކުޑަކުރެވިއްޖެކަން ޤަބޫލުކޮށް އެކަމަށް ތައުބާވާންޖެހޭނެއެވެ. ސުވާލުގައިވާފަދައިން، ބައްޕައަށް ޒިޔާރަތްނުކޮށް ހުއްޓައި ބައްޕަ މަރުވެފައިވާތީ ދެން އެ ބައްޕަގެ ކިބައިން މަޢާފު ލިބިގަނެވޭނެ ގޮތެއް ނޯންނާނެއެވެ. ދަރިފުޅުގެ ކިބައިން ބައްޕައަށް ލިބުނު ހިތްދަތިކަމާއި އޭނާއާމެދު ހިތްހަމަނުޖެހުނުކަމަށްޓަކައި ދަރިފުޅަށް މަޢާފުކުރުމުގެ ޙައްޤު އޮތީ އެ ބައްޕަގެ ކިބައިގައެވެ. ނަމަވެސް އެފުރުޞަތު މިހާރު އެވަނީ ގެއްލިފައެވެ. އެހެންކަމުން އެ ދަރިފުޅުގެ ފާފަ ފުއްސަވާތޯއާއި ބައްޕަގެ ފަރާތުން އޭނާއަށް މަޢާފު ލިބޭނެގޮތް މިންވަރުކުރައްވާތޯ ﷲ ގެ ޙަޟުރަތުގައި ދެންނެވުންނޫން އެހެން ގޮތެއް އޭނާއަކަށް ނެތެވެ.

ދެން އޮތީ މައިންބަފައިން މަރުވެދިއުމަށްފަހުގައިވެސް އެމީހުންނަށްޓަކައި ހެޔޮ ޢަމަލުތައްކުރުމެވެ. މައިންބަފައިން މަރުވުމަށްފަހު އެމީހުންނަށްޓަކައި ކުރެވޭނެ ހެޔޮ ކަންތައްތަކެއްވޭތޯ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ސުވާލު ދެންނެވުނެވެ. އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އާނއެކެވެ. އެމީހުންގެ މައްޗަށް (ކަށު) ނަމާދު ކުރުމެވެ. އަދި އެމީހުންނަށް ފާފަ ފުއްސެވުން އެދި ދުޢާކުރުމެވެ. އަދި އެމީހުން ޢަހުދެއްކޮށް އެކަން ތަންފީޒުކޮށްފައިނުވާކަން އެނގޭނަމަ އެ ޢަހުދެއް ތަންފީޒުކުރުމެވެ. އަދި އެމީހުންގެ ފުށުން އުފެދިފައިވާ، ރަޙިމުގެ ގުޅުންތައް ދެމެހެއްޓުމެވެ. އަދި އެމީހުންގެ ރަޙުމަތްތެރީންނަށް ކަމޭހިތައި ގުޅުން ދެމެހެއްޓުމެވެ.”(އަޙްމަދު: 16059 – މިޙަދީޘްގެ ސަނަދުގައި ބަލިކަށިކަމެއްވާކަމަށް ބައެއް ބޭފުޅުން ވިދާޅުވެއެވެ. މިއާއެކު އަލްޙާކިމްއާއި އައްޛަހަބީ ވިދާޅުވާގޮތުގައި މި ޙަދީޘްގެ ސަނަދު ޞައްޙައެވެ.)

މައިންބަފައިން މަރުވެދިއުމުން އެމީހުންނަށް ފާފަފުއްސަވައި ރަޙުމަތް ލެއްވުން އެދި ގިނަގިނައިން ދުޢާކުރަންވާނެއެވެ. މީހާ މަރުވެދިއުމަށްފަހު އޭނާއަށް މަންފާކުރާނެ ކަންތައްތަކުގެތެރޭގައި އޭނާއަށް ހެޔޮ ދުޢާކުރާނެ ޞާލިޙު ދަރިޔަކު ދޫކޮށްފައި ދިއުން ހިމެނޭކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.(މުސްލިމް: 4223) މައިންބަފައިންނަށްޓަކައި މިފަދައިން ދުޢާކުރެވިދާނެއެވެ. {رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ} (إبراهيم:41) {رَبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا} (الإسراء:24) މަރުވެފައިވާ މަންމަ ނުވަތަ ބައްޕައަށްޓަކައި ހެޔޮ ދުޢާކުރުމާއެކު އެމީހުންނަށް އޭގެ ސަވާބު ދެއްވުން އެދި ޞަދަޤާތްކުރެވޭނެކަމީވެސް ސާބިތުކަމެކެވެ.(ޞަޙީޙު މުސްލިމުގެ ޝަރަޙަ: 7/91) ވީމާ ސުވާލު ކުރި ފަރާތަށް ބުނަން އޮތީ މިކަންކަން ކޮށްފިނަމަ، އިރާދަކުރެއްވިއްޔާ – ﷲ ތަޢާލާގެ ތަނަވަސްވެގެންވާ ރަޙުމަތުގައި ތިބާ ލައްވައި ބައްޕައާމެދު ކުރެވުނު ކުށުން ސަލާމަތްކުރައްވާނެއެވެ.

~ މަސްދަރު: އަލްއުސްތާޛު އަޙްމަދު ޝާޒް ~