News Network - : ސިޔާސީ

މީޑިއާ ބިލު އިޞްލާހުކުރެވިދާނެ، އަނބުރާ ގެންދަންޖެހޭކަމަށް ޤަބޫލުނުކުރަން: އޭޖީ އުޝާމް
"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ" ބިލު އިޞްލާހު ކުރެވިދާނެކަމަށާއި، ނަމަވެސް ބިލު އަނބުރާ ގެންދަންޖެހޭކަމަށް ޤަބޫލު ނުކުރައްވާކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާލުވީ މި ބިލާ ގުޅޭގޮތުން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވީ، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން"ގެ ބިލުގެ ބޭނުމަކީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުންކަމަށާއި، އެއީ ކުރީގެ މަޖިލިސްތަކުންވެސް ކުރަން އުޅުނު މަސައްކަތެއްކަމަށެވެ. އެކަން ބަންޑާރަ ނައިބުގެ އޮފީހުގެ ލިޔެކިޔުންތަކުން ހާމަވާކަމަށްވެސް ބަންޑާރަ ނައިބު ވިދާޅުވިއެވެ. އަދި މިހާތަނަށްވެސް ގިނަ ދިރާސާތަކެއް ކުރެވިފައިވާކަން ބަންޑާރަ ނައިބު ފާހަގަކުރެއްވިއެވެ.

އުޝާމް ވިދާޅުވީ މިހާރު ހުށައަޅާފައިވާ ބިލު ދިރާސާކޮށްގެން ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ގެނެވިދާނެކަމަށާއި، ނަމަވެސް ބިލު އަނބުރާ ގެންދަންޖެހޭކަމަށް ޤަބޫލުނުކުރައްވާކަމަށެވެ.

"މިހާރު ހުށަހަޅާފައިވާ ބިލާއި ގުޅޭގޮތުން މިހާތަނަށް މި ބިލުގައި ހުރި މާއްދާތައް ދިރާސާކުރިއިރު، އަދި މިހާތަނަށް މިމަސައްކަތާއި ގުޅޭގޮތުން ބަންޑާރަ ނައިބު އޮފީހުގައި ކުރި މަސައްކަތްތަކާއި އަދި އެކިއެކި ފަރާތްތަކުން ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު، އަޅުގަނޑުގެ އޮޕީނިއަންއަކީ މިހާރު ހުށަހަޅާފައިވާ އޮތް ބިލް އިތުރަށް ރަނގަޅު ކުރެވިދާނެ ކަމަށް. އަޅުގަނޑެއް ޤަބޫލެއް ނުކުރަން ބިލު ނަގަން ޖެހޭ ކަމަކަށް." ބަންޑާރަ ނައިބު ވިދާޅުވިއެވެ.

ބަންޑާރަ ނައިބު ވަނީ މި ބިލު އަނބުރާ ގެންދަވަން ޖެހޭ ކަމަށް ޤަބޫލުނުކުރައްވާ ސަބަބުތައްވެސް ހާމަކުރައްވާފައެވެ. މިގޮތުން ބަންޑާރަ ނައިބު އޮފީހަށް އެންމެ ފަހުން މީޑިއާތަށް ޤާނޫނީ ގޮތުން ތަމްސީލް ކުރާ މޯލްޑިވްސް މީޑީއާ ކައުންސިލުން 2022 ވަނަ އަހަރު ޑްރާފްޓްކޮށް ފޮނުވާފައިވާ ބިލާއި މިހާރު ހުށަހަޅާފައިވާ ބިލާއި މާބޮޑު ތަފާތެއް ނެތްކަން ބަންޑާރަ ނައިބު ފާހަގަކުރެއްވިއެވެ. އަދި މިފަދަ ބިލެއް އެމްއެމްސީން ހުށަހަޅާނީ ކުރަން ޖެހޭ މަޝްވަރާތަކާއި ދިރާސާތައް ކުރެއްވުމެއް ފަހު ކަމަށް ޤަބޫލުކުރައްވާ ކަމަށް އުޝާމް ވިދާޅުވިއެވެ.

އެމްއެމްސީ ޑްރާފްޓް ކުރި ބިލާއި މިހާރު މަޖިލީހުގައި އޮތް ބިލާއި އަޅާކިޔުންވާ ބަންޑާރަ ނައިބު ފުރަތަމަ ނެންގެވި ނުކުތާއަކީ ނޫސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލަ ކަމަށްވާ ސަރުކާރު ތަމްސީލްކުރައްވާ މެންބަރުން ކޮމިޝަނުގައި ތިބުމެވެ. ބަންޑާރަ ނައިބު ވިދާޅުވީ، އޭރު އެމްއެމްސީން ހުށަހެޅި ބިލުގައި އަލަށް އެކުލަވާ ލެވޭ ކޮމިޝަނުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ 2 މެންބަރުން ތިއްބައްވާނެކަން އޮންނަ ކަމަށެވެ. ނަމަވެސް މިހާރު މަޖިލީހުގައި އޮތް ބިލުގައި އިތުރު ފަށަލައެއް ހިމެނޭހެން މަޖިލީހުން ފާސްކުރާ މެންބަރުންތަކެއް ކޮމިޝަންގައި ތިއްބަވާ ގޮތަށް އޮތްކަން އުޝާމް ފާހަގަކުރެއްވިއެވެ.

ބަންޑާރަ ނައިބު ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ރައީސަކު ކޮމިޝަނުގައި ހުންނަވަން ރައީސް ބޭނުންފުޅު ނުވާކަން ފާހަގަކުރައްވާފައެވެ. އަދި މަޖިލީހަށްވެސް އެކަން ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް މިހާރު ހުށަހަޅާފައިވާ ބިލަށް ވުރެ ހަރުކަށިކޮށް އޮތް ބިލެއް އެމްއެމްސީން އޭރު ހުށަހަޅުއްވިކަން ބަންޑާރަ ނައިބު ވިދާޅުވިއެވެ. އޭގެ ތެރޭގައި ޖޫރިމާނާގެ އަދަދުތައް ބޮޑުކޮށް ހުރުމާއި، ނޫސްވެރިންގެ މައްޗަށް ޖިނާޢީ ތަހުޤީޤެއް ހިންގުމަށް ފުރުސަތު ލިބޭގޮތަށް އެމްއެމްސީން އޭރު ހުށަހެޅި ބިލުގައި އޮތްކަމަށް ވިދާޅުވިއެވެ.

"ވަރަށް ސާފުކޮށް މިއޮތީ މީޑިއާ ކައުންސިލުން ހުށެހެޅުއްވި ބިލުގައި ތިބޭފުޅުން ހުށަހަޅުއްވާފައި، މީޑިއާތަކާއި ދޭތެރޭ ޖިނާޢި ފިޔަވަޅު އެޅޭގޮތަށް ހުށަހަޅުއްވާފައި. މިހާރު މަޖިލީހުގައި އޮތް ބިލުގައި އެފަދަ ކަމެއް ނެތް. އަޅުގަނޑުގެ ކަންބޮޑުވުމަކީ މިހާތަނަށް މީޑިއާ ކައުންސިލުން ކޮށްފައި ހުރި މަސައްކަތުން ހުށަހަޅާފައި އޮތް ބިލުގައި ވަކި އެކްސްޓްރީމް ކޮންކަމެއްތޯ އޭ އޮތީ. މިހާރު ތިބޭފުޅުން ފަރާތުން މީޑީއާ ކައުންސިލުން ހުށަހަޅާފައި އޮތް ބިލުގައި މައްޗަށް ބިނާކޮށް އޭގައި އެހުރި ބާރުތަކަށާއި ކޮމިޝަނުގެ ބާރުތަކަށް ބިނާކޮށް މިހާރު ހުށަހަޅާ އޮތް ބިލަށް އިސްލާހު ނުގެނެވެންވީ ސަބަބެއް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ." ބަންޑާރަ ނައިބު އުޝާމް ވިދާޅުވިއެވެ.

ބަންޑާރަ ނައިބު ވަނީ، މިހާރު މަޖިލީހުގައި އޮތް ބިލު ދިރާސާ ކުރެއްވުމަށް ފަހު ރަނގަޅު ކުރަންޖެހޭ ކަންކަން ފެންނަ ނަމަ، އެކަން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ނޫސްވެރިންގެ ފަރާތުންވެސް ބިލު އަނބުރާ ގެންދިއުމަށް ވަކާލާތު ކުރުމުގެ ބަދަލުގައި ބިލު ރަނގަޅު ކުރަން މަސައްކަތް ކޮށްދީ ނިޒާމު ރަނގަޅު ގޮތުގައި އިސްލާހުކުރުމަށް އެއްބާރުލުން ދިނުމަށް އޭޖީ އެދިވަޑައިގެންނެވިއެވެ.

މި މައްސަލައިގައި މިހާތަނަށްވެސް ބަންޑާރަ ނައިބު އޮފީހަށް، ބިލާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ރަސްމީކޮށް ހުށަހަޅާފައި ނެތްކަން ބަންޑާރަ ނައިބު ވަނީ ފާހަގަކުރައްވާފައެވެ. އަދި އެފަދަ މައްސަލައެއް ހުށަހެޅުމުން އެކަން ބައްލަވާ އެކަން އިސްލާހު ކުރަން ފެނިވަޑަގަންނަވާނަމަ ހުށަހަޅުއްވާނެކަން ތަކުރާރުކުރައްވާފައެވެ.

~ ޕީއެސްއެމް~

ނޫސްވެރިންގެ ކަންބޮޑުވުންތައް ސަރުކާރުން އަބަދުވެސް އަޑުއަހާނެ: ރައީސް މުއިއްޒު
ނޫސްވެރިންގެ ކަންބޮޑުވުންތައް އަބަދުވެސް އަޑުއައްސަވާނެ ކަމަށާ، މިއީ ސަތޭކަ ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލާއި ގުޅޭގޮތުން، ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން އެދިވަޑައިގަތުމާއި ގުޅިގެން ބޭއްވެވި ބައްދަލުވުމުގައެވެ.

މި ބައްދަލުކުރެއްވުމުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖާނަލިސްޓް އެސޯސިއޭޝަންގެ ފަރާތުން ހުށަހެޅުއްވި ހުރިހާ ކަންބޮޑުވުންތައް އަޑުއައްސަވާ އެކަންކަމާއި މެދު ވިސްނާވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އެއް ގަޑިއިރަށް ވުރެ ގިނައިރަށް ދެމިގެން ދިޔަ މި ބައްދަލުވުމުގައި، ނޫސްވެރިންގެ ކަންބޮޑުވުންތައް އަބަދުވެސް އަޑުއައްސަވާނެ ކަމަށާ، މިސަރުކާރަކީ ސަތޭކަ ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރުގެ ފަރާތުން މީޑިއާއަށް އަބަދުވެސް އެއްބާރުލުން ލިބޭނެކަމަށާއި މީޑިއާއަށް ފަހި މާހައުލެއް ތަނަވަސްކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވާ، ގިނަ ކަންތައްތަކެއް ފަހިކޮށްދެއްވަމުން ގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މީޑިއާ ރެގިއުލޭޓްކުރުމުގައި ސަރުކާރުގެ ކޮންޓްރޯލް ބާއްވަން ބޭނުންފުޅުނުވާ ކަމަށާއި، މެންބަރުން އައްޔަނު ކުރުމުގައިވެސް ސަރުކާރުގެ އެއްވެސް ދައުރެއް ބާއްވަން ބޭނުންފުޅު ނުވާކަމަށް ވިދާޅުވިއެވެ.އަދި މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލުގެ ވަކި ވަކި މާއްދާތަކުގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރުގެ ފަރާތުން އިސްލާޙު ހުށަހަޅުއްވާނެކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގެ މީޑިއާގެ މިނިވަންކަން ދެމެހެއްޓުމަށް ހުރިހާ ފަރާތްތަކަށް ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން މިއަދުގެ ބައްދަލުވުމުގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ޕީއެންސީން މެންބަރުންގެ ދަފްތަރު ބެލެހެއްޓުމުގެ ކަންކަން ހަރުދަނާކުރަން ޕީއެންސީގެ ރައީސް މުއިއްޒު އަންގައިފި
ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީން އެ ޕާޓީގެ ދަފްތަރު ބެލެހެއްޓުން މިހާރަށްވުރެ ހަރުދަނާކުރުމަށް އެ ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާޓީގެ ލީޑަރޝިޕަށް އަންގަވައިފިއެވެ.

ޕީއެންސީގެ ރައީސް މިގޮތަށް އެންގެވީ އެ ޕާޓީގެ ދަފްތަރާމެދު ބޮޑެތި ސުވާލުތަކެއް އުފައްދައި މިފަހުން އިލެޝަންސް ކޮމިޝަނަށް ގިނަ މައްސަލަތަކެއް ވެސް ހުށަހަޅާފައި ވަނިކޮށެވެ.

ބުރާސްފަތި ދުވަހު ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ޕާޓީން ކުރިއަށް ގެންދިޔަ މެންބަރޝިޕް ޑްރައިވްއަށްފަހު ޕާޓީގެ ދަފްތަރާމެދު ބައެއް ސަކުވާތައް އާންމުންގެ މެދުގައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ލިބުނު ސަކުވާތައް ޕާޓީގެ ފަރާތުން ބަލަމުންދާކަމަށް ވަނީ ބުނެފައެވެ. ބަޔާނުގައި ބުނެފައި ވަނީ، ޕާޓީގެ ދަފްތަރުގެ ސައްހަކަން ކަށަވަރު ކުރުމާއެކު، ދަފްތަރު ބެލެހެއްޓުމުގެ ކަންކަން ޕާޓީގެ އިދާރީ އޮނިގަނޑުގެ ތެރެއިން ވެސް އިތުރަށް ހަރުދަނާ ކުރުމަށް ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަންގަވާފައި ކަމަށެވެ.

އެހެންކަމުން އީސީން އާންމުކޮށްފައިވާ ދަފްތަރުގައި އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހިމެނިފައި އޮތުން ނުވަތަ ނެތުމާމެދު ވެސް ސަކުވާއެއް އޮތްނަމަ ހުށަހެޅުމުން އެކަމަކަށް ފިޔަވަޅު އަޅަމުންދާނެކަމަށް ވެސް  ބަޔާނުގައި ވަނީ ބުނެފައެވެ.

ޕީއެންސީގެ ރައީސް މިފަދަ އެންގެވުމެއް އަންގަވާފައި މިވަނީ، ޕީއެންސީއަށް ފޯމު ފުރުމުގެ މަސައްކަތް ޑީއެންއާރުގެ އޮފީސްތެރޭ ކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް އާންމުވެ އަދި އެކަމަށް އެތަނުގެ އިސްވެރިން އެއްބަސްވެސް ވެފައި ވަނިކޮށެވެ. އަދި އެމްޑީޕީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާއި އެ ޕާޓީގެ އިސްބޭފުޅުންނާއި އާއްމުންގެ ވެސް އެތައް ބަޔަކު އެމީހުންނަށް ނޭނގި ޕީއެންސީއަށް ވައްދާފައިވާކަން ހާމަވެފައިވަނިކޮށެވެ.

އަދި ހަމަ މިއާއި އެކު، މަޖިލިސް ރައީސް އަބްދުއް ރަހީމާއި ރައީސް މުއިއްޒާއި ދެމެދު އުދެދިފައިވާ މައްސަލަތަކުގެ ސަބަބުން އަބްދުއް ރަހީމަށް ތާއީދުކުރާ ޕީއެންސީގެ އިސް މެންބަރުން ޕާޓީން ވަކިކުރުމުގެ އެޖެންޑާއެއްގެ ތެރެއިން ކަމަށްވެސް އަޑުތައް ފެތުރިފައި ވެއެވެ.

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާނުގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް ހުކުމާ އެއްގޮތަށް ދަކަމުން ނުދާ ކަމަށް ބުނެ، އޭނާގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅައިދނުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް 13 ފެބްރުވަރީ 2024 ވީ ބުރާސްފަތި ދުވަހު (އިއްޔެ) ހުށަހަޅައިފި އެވެ.

ސިނާން އާއި އަދިވެސް އިތުރު ތިން މީހެއް ހިމެނޭ ގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަށް ނުދައްކާ އޮތް 2.5 މިލިއަން ރުފިޔާ ދެއްކުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މިދިޔަ އޮކްޓޯބަރު މަސް ތެރޭގައި ކޮށްފައިވާ ހުކުމާއި އެއްގޮތަށް ފައިސާ ނުދައްކާ ކަމަށްބުނެ ގާނޫނީ ވަކީލު ޣާލިބު ސަލީމު ހުށަހެޅި މި މައްސަލާގައި ފާހަގަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ސާބިތު ދަރަންޏެއް ހުކުމާ އެއްގޮތަށް ނުދައްކާނަމަ މެންބަރުކަމުން ވަކިވާނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

މައްސަލަ ހުށަހަޅާފައި ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކުން ސިނާން އާއި އަދި އިތުރު ބަޔަކާ ގުޅިގެން ނަގާފައިވާ 3,802,863.32ރ. (ތިން މިލިއަން އަށްލައްކަ ދެހާސް އަށްސަތޭކަ ފަސްދޮޅަސް ތިން ރުފިޔާ ބައްތިރީސް ލާރި) ގެ "ސޭލްސް އެންޑް ލީސްބެކް ފައިނޭންސިންގ ފެސިލިޓީ" އަށް ފައިސާ ނުދައްކައިގެން ކޯޓަށް އެ މައްސަލަ ހުށަހަޅައި، ކޯޓުން އެ ފައިސާ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ދައްކާ ޚަލާސް ކުރުމަށް ކޮށްފައިވާ ހުކުމާ އެެއްގޮތަށް ސިނާން ފައިސާ ނުދައްކާތީ އެވެ.

ގާލިބުގެ ހުށަހެޅުއްވި މައްސަލައިގައި ފާހަގަކޮށްފައިވާ ގޮތުގައި، "ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު، ސ. ހިތަދޫ ހުޅުދޫއާގެ، މުހައްމަދު ސިނާނަކީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2024-S2C-CIV-243 ގަޒިއްޔާގެ ހުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުން ގެންދާ ފަރާތަކަށް ނުވާތީ، މިއީ އޭނާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނޭ ހާލަތެއް" ކަމުގައެވެ.

މައްސަލަ ސާބިތުވެ، ހުށަހަޅާފައިވާ ގޮތަށް ސުޕްރީމްކޯޓުން ހުކުމް ކޮށްފިނަމަ، ސިނާނު ވެގެންދާނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭ ފުރަތަމަ މެންބަރަށެވެ.

ސިނާނުގެ ގޮނޑި ގެއްލުނަސް ވެރިކަންކުރާ ޕީއެންސީއަށް މަޖިލީހުގައި އޮތް ފުރިހަމަ މެޖޯރިޓީއަށް މާބޮޑު ބަދަލެއް ނާންނާނެ އެވެ. އޭނާ އާއެކު މަޖިލީހުގައި މިވަގުތު އެ ޕާޓީގެ 75 މެންބަރުން އެބަތިއްބެވެ. 20 ވަނަ މަޖިލީހުގައި ތިބެނީ ޖުމްލަ 93 މެންބަރުންނެވެ.

ރައީސް ޔާމީނަށް ލިބިވަޑައިގަތް ފެންކައްކާބޮލީގެ އިއްޒަތް - ދެން ކޮންބޭފުޅަކަށް؟
ދިވެހިރާއްޖޭގެ އަށްވަނަ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރައްވައި، ދިވެހި ޒައާމަތާއި ހަވާލުވެވަޑައިގެންނެވީ 2023 ވަނަ އަހަރު ނޮވެންބަރު 17 ވަނަ ދުވަހުއެވެ.

ހަމަ އެދުވަހު އެމަނިކުފާނުގެ 22 ވަޒީރުންގެ ކެބިނެޓް ވެސްވަނީ އިއުލާނު ކުރައްވާފައެވެ. ވެރިކަން ހިންގުމުގައި ނުވަތަ އެމަނިކުފާނުގެ ބަހުރުވައިން ނަމަ، 24 ގަޑިއިރު ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި އެމަނިކުފާނަށް އަތްގާތްކޮށްދެއްވަން ރައީސް އޮފީހުގައި ތިއްބަވާ ވަރުގަދަ ފަހުލަވާނުންގެ ޓީމު ވެސް އެ ހަފްތާގައި ވަނީ ރުކުރުވާލައްވާފައެވެ.

އިސްވަޒީރެއްގެ ގޮތުގައި އަބްދުއް ރަހީމް އިހްތިޔާރު ކުރައްވައި، އޭނާގެ އިރުސާދާއި ސިޔާސީ ވަރުގަދަ ތަޖުރިބާއާއި އެކު، ރައްޔިތުންގެ މަޖިލިހުގެ "ސުފަރ މެޖޯރިޓީ"ވެސް ހޯއްދެވިއެވެ. އަބްދުއް ރަހީމް މަޖިލިސް ރައީސްކަމުގައި ހުންނަވައި، ގާނޫނު އަސާސީ ބަދަލުކުރައްވައި، ޕީޕީއެމް/ޕީއެންސީ ކޯލިސަން ބޭނުންކުރައްވައިގެން، ޕީއެންސީގެ މެންބަރުންގެ ގޮތުގައި ހޮވުނު މަޖިލިސް މެންބަރުން، އެހެން ދިމާލަކަށް ގުޑާނުލެވޭނެ ވަރަށް މަލަރުކުރެއްވިއެވެ. ބާކީ ކުރަން އޮތްހާވެސް ކަމަކީ ނަތީޖާ ނެރުމެވެ.

ފުލުހުންނާއި ސިފައިން ހިންގި "މިއުޓިނީ" (ނުވަތަ ގިނަ ބަޔަކު ސިފަކުރާގޮތުން ބަގާވާތެއްގެ) ތެރެއިން 2012 ފެބްރުއަރީ 7 ވަނަ ދުވަހު، އެއިރު ރައީސަކަށް ހުންނެވި ރައީސް މުޙައްމަދު ނަޝީދު އިސްތިއުފާ ދެއްވުމަށްފަހު ފަހުން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގެ ތެރެއިން ބަޔަކު އެމަނިކުފާނަށް ހިޔާނާތްތެރިވި ކަމަށެވެ. ރިޔާސީ ޔޮޓުގައި ބޮމެއް ގޮއްވާލައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުނުކަމުގެ ތުހުމަތުގައި އެމަނިކުފާނުގެ ނަައިބު އަހުމަދު އަދީބު ހައްޔަރު ކުރީ 2015 އޮކްޓޯބަރު 24 ވަނަ ދުވަހުއެވެ. އޭގެ ދެމަހެއްހާ ކުރިން، 2015 ސެޕްޓެމްބަރު 5 ގައި ރައީސް ޔާމީން ވިދާޅުވީ ނައިބު ރައީސަށް ފުރިހަމަ އިތުބާރު އޮތް ކަމަށެވެ.

ގާތް އެކުވެރިން އަދި ބަދަހި އާއިލީ ގުޅުމުގެ ތެރެއިން ބޮޑުވެ، ސިޔާސީ މައިދާނުގައިވެސް އެގޮތުގައި ތިއްބަވައި ގައުމުގެ އިސްމަގާމުތައް ލިބިވަޑައިގެންނެވި، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާއި ރައީސް ނަޝީދުގެ ގުޅުން އެއްކޮށް ކެނޑި، ދެބޭފުޅުން ވަކިވީވެސް ސިޔާސީ ފިކުރުތަކާއި މަގްސަދުތަކުގެ ހިޔާލު ތަފާތުވުންތައް އުފެދި، ވެރިކަމުގެ އާރާއި ބާރާއި ސަރަފު ދެބޭފުޅުން ވެސް ބޭނުންވެވަޑައިގަތުމުގެ ސަބަބުންނެވެ.

ފާހަގަކޮށްލަން މި އުޅެނީ މުޅިން އެހެން ކަމެކެވެ. އަބްދުއް ރަހީމްގެ ސީދާ އިރުސާދާއިއެކު، ރައީސް މުއިއްޒު ރިޔާސީ ކެމްޕޭނުގައި އެންމެ ބޮޑަށް ބޭނުންކުރެއްވީ އިދިކޮޅު ލީޑަރު ރައީސް ޔާމީނުގެ ނަންފުޅެެވެ. ކެމްޕޭން ޕޯސްޓަރުތަކާއި ދިދައާއި ލީފްލެޓްތަކާއި ބިލްބޯޑުތަކުގައި ބޭނުންފުޅު ކުރެއްވީ ރައީސް ޔާމީނުގެ ފޮޓޯފުޅެެވެ. މެދުގައި ރިޔާސީ ކެންޑިޑޭޓާއި ރަނިންގމޭޓުގެ ފޮޓޯފުޅަށްވުރެ މާބޮޑުކޮށް ފެންނަނީ ރައީސް ޔާމިންގެ ފޮޓޯފުޅެވެ. ބޭއްވި ކޮންމެ ޖަލްސާއެއްގައި، ކޮންމެ ބައްދަލުވުމެއްގައިވެސް ރައީސް ޔާމީނަށް ހާއްސަކުރެވިފައިވާ (ހުސް) ގޮނޑިކޮޅެއް ހުރެއެވެ. ރައީސް ޔާމީނު އެގޮނޑިކޮޅުގައި އިންނަވާކަން ސިފަވާވަރަށް ވެދުމާއި ސަރަފާއި ތައުރީފު ރައްދުކުރެއްވިއެވެ. ކެމްޕޭނުތަކުގައި ދައްކަވާ ވާހަކަތައް ރައީސް ޔާމީންގެ ނަންފުޅުން ފައްޓަވައި ނިންމަވައި، ރައީސް ޔާމީނުގެ ރޫހު ބައިވެރިވެ ވަޑައިގަންވާފަދަ މިންވަރަކަށް އެބޭފުޅުން ވާހަކަ ދައްކަވައެވެ.

ކޮންމެއަކަސް އެހުރިހާ ކަމަކުން ދައްކުވައިދިނީ ރައީސް ޔާމިނަށް އޮތް ގަދަރާ އިހުތިރާމެެެވެ. ރައީސް މުއިއްޒަށް ވެރިކަން ލިބުމުގައި ރައީސް ޔާމީނުގެ މުހިއްމުކަމުގެ އިންތިހާއެވެ. އެ ނަންފުޅާއިއެކު މެނުވީ އޭރު ނުލިބޭނެ ޕީޕީއެމް މެންބަރުންގެ ވާގިވެރިކަމާއި ތާއީދުގެ ބޭނުން ބޮޑުކަމެވެ. އެހެން ނަމަވެސް ތަފާތު ބޮޑުކޮށް ޑރ. މުޙައްމަދު މުޢިއްޒު ރައީސަކަށް އިންތިހާބުވެ ހުވައިކުރައްވައި ދެއްވި ތަގުރީރާއި ހިސާބުން ރައީސް ޔާމީނުގެ ނަންފުޅު ހަނދުމަފުޅު ނެތި ގެއްލިދިޔައީއެވެ. އަދި ކިއެއްތަ ރައީސް ޔާމީނަށް މުޅިން އެހެން ދަރަޖައެއްގެ އިއްޒަތް ދެއްވާން ފައްޓަވަފިއެވެ. އާދެ، ފެންކައްކާ ބޮލީގެ އިއްޒަތެވެ. ކައްކަ ކައްކާފައި ބޭނުންވި ކަންތައް ފުދުމުން އެއްފަރާތްކޮށް އެއްލާލާ ފެންކައްކާ ބޮއްޔަކަށް ރައީސް ޔާމީން ވެދިޔައީއެވެ.

ދެން ފެނިގެން ދިޔައީ މި ޑިސެންބަރުމަހު ދެވަނަ ދުވަހު ޕީޕީއެމް އުވާލުމަށް ނިންމި ތަނެވެ. އެޕާޓިގެ މެންބަރުން މަގުމަތިވެ ނުވަތަ "ހާލަތުއްޒަރޫރާ" އެއްގައި ފީއެންސީއަށް ވަންނަން ޖެހުނުތަނެވެ. ޕީޕީއެމްގެ ޓިކެޓުގައި ވާދަނުކުރެވޭ ގޮތަށް ހެދުމުން އަމިއްލަގޮތުން ކުރިމަތިލައި ގޮނޑި ކާމިޔާބުކުރައްވައި، މިސަރުކާރަށް ނުހަނު ތާއީދު ކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުލް ރަހުމާން (އައްދު)، ޕީޕީއެމް އުވާލުމުން " ޕާޓީ މެންބަރުންގެ ހައްގުގައި ބަހެއް ބުނަން ނުކެރި، ޕާޓީމެންބަރުން މަގުމަތި ކޮއްފަ، ބަސްއަހާ ދެ ބޯއިންހެން އައިސް، ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް އަދި ޣައްސާން މައުމޫން، ލަދުގަންނަން ޖެހޭ ގަރާރޭ ސަރުކާރޭ ކޯލިޝަނޭ މަސްލަހަތޭ ވިދާޅުވެ ވާހަކަފުޅުދައްކަވަން. ކޮބާ ކޯލިޝަން؟ " ސުވާލު ކުރައްވައި، މީސްމީޑިއާގައި ނުރުހުމާއިއެކު ފާޑުވިދާޅުވެފައި ވެއެވެ.

ހަގީގަތަކީ ޕީޕީއެމް ފިކުރުގެ މޭސްތިރިއަކީ ރައީސް ޔާމިން ކަމެވެ. " ޕީއެންސީގައި ވެސް ގިނައީ މަޖިލިސް އިންތިހާބު ޕްރައިމަރީ ސްކޭމް ގައި އަޅުގަނޑުމެން ޖައްސުވާ ފުރުވި ފޯމް، (ޕީއެންސީ) ފިކުރުވެގެން ފުރި ފޯމެއްނެތް. ކޮބާ ފޯރިއާއިއެކު ޕާޓީ ހިންގަން ތިބި މީހުން މިހާރު؟ " އައްދު އިތުރަށް ސުވާލު ކުރައްވާފައި ވެއެވެ. ރައީސް މުއިއްޒަށް ރާއްޖޭގެ ވެރިކަން ލިބިވަޑައިގަތުމަށްފަހު، އާއްމު ރައްޔިތުން، ރައީސް މުއިއްޒުގެ ޕާޓީ، ޕީއެންސީގެ ފިކުރުތަކުގެ ވާހަކައެއް ނުދައްކައެވެ. ދައްކާކަށް ނުވެސް އެނގެއެވެ. އޭރުވެސް މިހާރުވެސް އެކަން އޮތީ އެހެންނެވެ. ފިކުރެއްގެ ގޮތުގައި އޮތީ ޕީޕީއެމްގެ ފިކުރެވެ. ދަންނަނީވެސް އެ ފިކުރެވެ. ދައްކާ ވާހަކަތަކާއި އަމަލުތައްވެސްހުރީ ހަމަ އެމަގުންނެވެ.

އައްދު ވިދާޅުވިހެން ޕީއެންސީ ފިކުރު ދަންނަ އަދި އެޕާޓީ ދެކެ ލޯބިވާ އެކަކުވެސް ނެތެވެ. ގައުމަށާއި ޕާޓީއަށް އިހުލާސްތެރި ބަޔަކު އޭގައި ނެތް ކަމާއި ގިނައިންތިބީ މަގާމާއި ވަޒީފާއާއި އެހެނިހެން ފައިދާތައް ބޭނުންވެގެން ފީއެންސީގައި ތިބި މީހުންނެވެ. ބާކީ ތިބި ބަޔަކު، ތިބީވެސް ވަންނަނީވެސް ހުދު އެމީހުން ބުނާ "ހާލަތުއްޒަރޫރާ"ގެ ސަބަބުންނެވެ. ފިކުރެއް ފަލްސަފާއެއް ނެތުމުގެ ސަބަބުން، އެއްވެސް ލޮއެއްބެއް އޮވެގެންނެއް ނޫނެވެ.

ޕީއެންސީގެ މި ސަރުކާރުން އާއްމު ރައްޔިތުންނަށް އޯގާތެރިކަމެއް އަގަލެއް ސަގަލެއް ނެތް ކަމުގެ ވާހަކަތަކާއި، ހެޔޮވެރިކަމެއް ކުރުމުގެ ގަސްދުނެތްކަމުގެ ވާހަކަތައް ފާޅު ނުކުރިޔަސް، ހިތުގެ އަޑިން އެކަންކަން ގަބޫލުކުރާ ހާލުގައި ތިބެމެއެވެ.

ފަލަސްތީނަށްޓަކައި ގުނޫތު ކިޔަން އަލުން ފަށަން އަންގައިފި
ފަލަސްތީނަށްޓަކައި މަގުރިބާއި ފަތިސް ނަމާދަށްފަހު ގުނޫތު ކިޔުމަށް އިސްލާމީ ކަންކަމާއިބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އެދިވަޑައިގެންފިއެވެ.

އިޒުރޭލުގެ ގަތުލުއާންމަކީ "ދެ ގައުމެއް ދޭތެރޭ ހިނގާ ކަމެއް" ކަމަށް ވެރިކަންކުރާ ޕީއެންސީން ބުނުމުގެ ސަބަބުން އާއްމު ރައްޔިތުން ނުރުހުން ސަރުކާރަށް އަމާޒުވެފައި ވަނިކޮށް، ވަޒީރު ޝަހީމް އިއްޔެ އެކްސް ގައި ލިޔުއްވާފައިވަނީ:

ފަލަޞްޠީނުގެ ހިތްދަތި ޙާލަތާގުޅިގެން، މިއަދުން ފެށިގެން މަޣުރިބު ނަމާދާއި ފަތިސް ނަމާދުގައި ޤުނޫނު ނާޒިލާ ކިއުމަށް އިމާމުންނަށް އަންގާނެ. މުސްލިމުންނަކީ އެއް ހަށިގަނޑެއް. އިސްލާމީ އުންމަތަށް ދިމާވެފައިވާ ހިތްދަތި މިވަގުތަކީ އިޚުލާޞްތެރިކަމާއެކު ދުޢާކުރަންވީ ވަގުތު.

— Mohamed Shaheem Ali Saeed (@Mohamedshaheem1) May 29, 2024

ހަމަ ތިޔަ ހިތާމައިގާ ގުނޫތު ކިޔަކިޔާ ތިއްބާނޫންތޯ އެކަން މަނިކުފާނު ހުއްޓަވާލެއްވީ، މިހާރު އަނެއްކާ ގުނޫތު ކިޔަން ތި އަންގަވަނީ، އިޒްރޭލުގެ ގަތުލުއާންމަކީ "ދެ ގައުމެއް ދޭތެރޭ ހިނގާ ކަމެއް" ކަމަށް ޕީއެންސީން ބުނުމުން އަމާޒުވި ފާޑުކިއުންތަކާ ގުޅިގެން އެކަން އޮއްބާލަންތޯ؟

— zakee (@ibrahimzakee) May 29, 2024

މީގެ ކުރިން ހުރިހާ ނަމާދެއްގައި ގުނޫތު ކިޔަން އިސްލާމީ  ކަންކަމާބެހޭ ވުޒާރާއިން އެންގީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 11 ގަ އެވެ. ނަމަވެސް (ވެރިކަން ބަދަލުވުމަށް ފަހު) މިދިޔަ ފެބްރުއަރީ މަހުގެ 4 ގައި އެ ވުޒާރާއިން ވަނީ އެދުވަހުގެ މަގްރިބް ނަމާދަށްފަހު ގުނޫތު ކިޔުން ވަގުތީ ގޮތުން ހުއްޓާލަން އަންގައިފައެވެ.

ފަލަސްތީނުގެ ރައްޔިތުން މަރައި ބިންތައް ފޭރިގަނެ އެބިންތަކުގައި ވަޒަންވެރިވެ ގަނެގެން ތިބި އިޒުރޭލުގެ އާއްމު ރައްޔިތުންގެ ތެރޭން 90 އިންސައްތަ، އިޒުރޭލުން ފަލަސްތީނަށް ކުރާ ލާއިންސާނީ އަމަލުތަކާއި، ގަތުލު އާއްމަށް ތާއީދު ކުރާކަމަށް ދުނިޔޭގެ އެކިއެކި ދިރާސާތަކާއި ރިޕޯޓުތަކާއި ވީޑިއޯތަކުން ސާބިތުކޮށްދީފައި ވެއެވެ. އިޒުރޭލުގެ އާއްމު ރައްޔިތުންގެ އެތައް ބަޔަކު ނިކުމެ، ފަލަސްތީނަށް ގެންދާ ކާއެތިކޮޅު ފަލަސްތީނަށް ވާސިލުވިޔަ ނުދިނުމަށް، އެތަކެތި ފޭރި އުކައި ޗަސްކޮށް ހަލާކުކުރާ އެކިއެކި ވީޑިއޯ މަންޒަރުތައް މީސްމީޑިއާގައި މިހާރުވެސް ފެތުރެމުންދާކަމީ މިކަމުގެ ކުޑަ ހެއްކެކެވެ.

Abby Martin:

“It's not just Netanyahu, 95% of Israelis are terrorists. I saw it first hand.”
pic.twitter.com/tPuINWwgyu

— Dr. Anastasia Maria Loupis (@DrLoupis) May 29, 2024

ދިވެހި ރާއްޖެއަށް އިޒުރޭލު މީހުން އެރުން މަނާކުރުމަށް ނިމިދިޔަ މަޖިލިހުން ފާސްކޮށްފައި ވީނަމަވެސް މިސަރުކާރުން އިޒުރޭލުގެ ޕާސްޕޯޓް ބޭންކޮށް އެކަން ތަންފީޒުނުކުރާތީ ރާއްޖޭގެ ރައްޔިތުން ސަރުކާރުގެ ބަސްމަގު ދެކޮޅު ނުޖެހޭކަމަށް ބުނަމުން ގެންދެއެވެ.

އިޒުރޭލުގެ އަމާޒަކީ ފަލަސްތީނުގެ ރައްޔިތުން މަރައި، ބާކީ ތިބިނަމަ ތިބި ބަޔަކު އެތަނުން ފައްސާލައި ފަލަސްތީނުގެ ބިންތައް ފޭރިގަނެ އެތަނުގައި ޔަހޫދީން ވަޒަންވެރި ކުރުވުމެވެ.

20 ވަނަ ރައްޔިތުންގެ މަޖިލިސް ރައީސަކަށް އަބްދުއް ރަހީމް، ނައިބަކަށް އަހްމަދު ނާޒިމް
ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުއްލާ އިންތިހާބުކޮށް، ނައިބު ރައީސަކަށް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އިންތިހާބުކޮށްފިއެވެ.

20 ވަނަ މަޖިލިހުގެ 93 މެންބަރުންގެ ތެރެއިން ރިއާސަތުގައި އިންނެވި އަހްމަދު ސިޔާމް ފިޔަވައި 92 މެންބަރުން މި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސަކަށް ހުށަހެޅުނު ދެބޭފުޅުންގެ ތެރެއިން އަބްދުއް ރަހީމް އަބްދުއްލާއަށް ލިބިވަޑައިގެންނެވީ 71 ވޯޓެވެ. އެމްޑީޕީގެ ފަރާތުން މަޖިލީހުގެ ރައީސަކަށް ހުށަހެޅި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލަށް ލިބިވަޑައިގެންނެވީ 14 ވޯޓެވެ. 7 ވޯޓެއް ވަނީ ބާތިލު ވެފައެވެ.

ނައިބު ރައީސަކަށް ހުށަހެޅުނު ދެބޭފުޅުންގެ ތެރެއިން އަހްމަދު ނާޒިމަށް ލިބިވަޑައިގެންނެވީ 80 ވޯޓެވެ. އެމްޑީޕީގެ ފަރާތުން މަޖިލީހުގެ ނައިބު ރައީސަކަށް ހުށަހެޅި މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ އަށް ލިބިވަޑައިގެންނެވީ 12 ވޯޓެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބު ކާމިޔާބު ކުރައްވައި ވިހިވަނަ މަޖިލީހަށް ހޮވުނު މެންބަރުން މިއަދު ހުވާކުރައްވާފައިވަނީ އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މީގެ ކުރިން ބޭއްވި ހާއްސަ ޖަލްސާގައެވެ. މެންބަރުންނަށް ހުވާލައިދެއްވީ އުއްތަމަފަނޑިޔާރު އަލްއުސްތާޒު އަހުމަދު މުޢުތަސިމް އަދުނާނެވެ.

ވިހި ވަނަ މަޖިލީހަކީ މިހާތަނަށް އެންމެ ގިނަ މެންބަރުން ދާއިރާތައް ތަމްސީލު ކުރާ މަޖިލީހެވެ. އެގޮތުން 93 މެންބަރުން ހިމެނިވަޑައިގަންނަވައެވެ. މި މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ނަގާފައިވަނީ ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީންނެވެ. އެގޮތުން މަޖިލީހުގައި ތިއްބަވާ 93 މެންބަރުންގެ ތެރެއިން ޕީއެންސީގެ ޕީޖީގައި 75 މެންބަރުން ތިއްބަވާނެއެވެ. މައިނޯރިޓީ ޕާޓީ ތަމްސީލުކުރާނީ 19 ވަނަ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ތަމްސީލްކުރި އެމްޑީޕީންނެވެ. މިދިޔަ މަހު ބޭއްވި އިންތިހާބުގައި އެ ޕާޓީއަށް ކާމިޔާބު ކުރެވިފައިވަނީ 12 ގޮނޑިއެވެ.

ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރަކަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ ކަނޑައަޅުއްވާފައެވެ. އަދި ސީނިއަރ ޑެޕިއުޓީ ޕީޖީ ލީޑަރަކަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލާއި، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގާއި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވަނީ ކަނޑައަޅުއްވާފައެވެ.

އެމްޑީޕީ އަދި މަޖިލީހުގެ މައިނޯރިޓީ ޕީޖީ ލީޑަރަކަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ އިންތިހާބުކޮށްފައެވެ. އެ ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރުންނަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދާއި މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ ވަނީ އިންތިހާބު ކޮށްފައެވެ.

މިނިވަން މެންބަރުންގެ ގޮތުގައި މި މަޖިލީހުގައި ތިއްބަވާނީ ދެ މެންބަރުންނެވެ. މީގެ އިތުރުން ޖުމްހޫރީ ޕާޓީއާ އެމްއެންޕީގެ މެންބަރެއްގެ އިތުރުން އެމްޑީއޭގެ ދެ މެންބަރުންވެސް މަޖިލީހުގައި ތިއްބަވާނެއެވެ.

<colgroup><col style="width: 50.048%;"><col style="width: 50.048%;"></colgroup>

1. ޙުސައިން ޝަރީފު - ހުޅުމާލެ އުތުރު ދާއިރާ

2. ޢަބްދުﷲ ޝަޛީމް - ހުޅުމާލެ މެދު ދާއިރާ

3. އަޙްމަދު ޝަމްހީދު - ހުޅުމާލެ ދެކުނު ދާއިރާ

4. އަޙްމަދު އައިފާން - ހެންވޭރު އުތުރު ދާއިރާ

5. ޙުސައިން ނާޞިޙް - މެދުހެންވޭރު ދާއިރާ

6. ޙުސައިން އިމްރާން ލަޠީފް - ހެންވޭރު ދެކުނު ދާއިރާ

7. ޢަލީ އިބްރާހީމް - ހެންވޭރު ހުޅަނގު ދާއިރާ

8. މުޙައްމަދު އިބްރާހީމް - ގަލޮޅު އުތުރު ދާއިރާ

9. މީކާއީލު އަޙްމަދު ނަސީމް - ގަލޮޅު ދެކުނު ދާއިރާ

10. އިބްރާހީމް މުޙައްމަދު - މައްޗަންގޮޅި އުތުރު ދާއިރާ

11. އަޙްމަދު ޟަމީރު - މައްޗަންގޮޅި މެދު ދާއިރާ

12. މުޞްޠަފާ ޙުސައިން - މައްޗަންގޮޅި ދެކުނު ދާއިރާ

13. މުޙައްމަދު ނާޡިމް - މާފަންނު އުތުރު ދާއިރާ

14. އަސްމާ ރަޝީދު - މާފަންނު މެދު ދާއިރާ

15. ޢަބްދުﷲ ރިފާޢު - މާފަންނު ދެކުނު ދާއިރާ

16. މުޙައްމަދު މުޞްޠަފާ އިބްރާހީމް - މާފަންނު ހުނޅަގު ދާއިރާ

17. މުޙައްމަދު އިސްމާޢީލް - ވިލިމާލެ ދާއިރާ

18. ޢަލީ މޫސާ - ހޯރަފުށި ދާއިރާ

19. އަޙްމަދު ނަޞީރު - އިހަވަންދޫ ދާއިރާ

20. އިބްރާހީމް ޝުޖާޢު - ބާރަށު ދާއިރާ

21. ޢަބްދުއްލަޠީފް މުޙައްމަދު - ދިއްދޫ ދާއިރާ

22. ޢަބްދުﷲ ޝަރީފް - ކެލާ ދާއިރާ

23. ޢަބްދުލްޣަފޫރު މޫސާ - ހަނިމާދޫ ދާއިރާ

24. މުޙައްމަދު ރަޝީދު - ނޮޅިވަރަމް ދާއިރާ

25. ޙުސައިން ޒިޔާދު - ވައިކަރަދޫ ދާއިރާ

26. މުޙައްމަދު ދާއޫދު - ކުޅުދުއްފުށި އުތުރު ދާއިރާ

27. ފަރުޙަތު މުޙައްމަދު - ކުޅުދުއްފުށި ދެކުނު ދާއިރާ

28. އާދަމް ޝަފީޤު - މަކުނުދޫ ދާއިރާ

29. އަމީން ފައިސަލް - ކަނޑިތީމު ދާއިރާ

30. ޙަސަން މުފީދު ޢަބްދުލްޤާދިރު - މިލަންދޫ ދާއިރާ

31. މުޙައްމަދު އިބްރާހީމް - ކޮމަންޑޫ ދާއިރާ

32. މުޙައްމަދު މަމްދޫޙް - ފުނަދޫ ދާއިރާ

33. މުޙައްމަދު ޢަފޫ ޙާމިދު - ކެނދިކުޅުދޫ ދާއިރާ

34. ޙުސްނީ މުބާރިކް - މަނަދޫ ދާއިރާ

35. މުޙައްމަދު ޢައްބާސް - ވެލިދޫ ދާއިރާ

36. ޢަބްދުއްސައްތާރު މުޙައްމަދު - ހޮޅުދޫ ދާއިރާ

37. ޢަބްދުއްލަޠީފް ޢަބްދުއްރަޙްމާނު - އަލިފުށި ދާއިރާ

38. އިބްރާހީމް ޝިފާޒް - އުނގޫފާރު ދާއިރާ

39. މުޙައްމަދު ޢަލީ - ދުވާފަރު ދާއިރާ

40. އިބްރާހީމް ފަލާޙް - އިނގުރައިދޫ ދާއިރާ

41. އަޙްމަދު ޒާހިރު - މަޑުއްވަރި ދާއިރާ

42. ޢަބްދުލްޙަންނާން އަބޫބަކުރު - ތުޅާދޫ ދާއިރާ

43. އަޙްމަދު ސަލީމް - އޭދަފުށި ދާއިރާ

44. މަޢުރޫފް ޛާކިރު - ކެންދޫ ދާއިރާ

45. މުޙައްމަދު ޝިރުހާން - ހިތާދޫ ދާއިރާ

46. މުޙައްމަދު އަބްދުއްރަޙްމާން - ހިންނަވަރު ދާއިރާ

47. ޔާސީން އަބްދުﷲ - ނައިފަރު ދާއިރާ

48. މުޙައްމަދު ޝާމިން ޙަބީބު - ކުރެންދޫ ދާއިރާ

49. މުންތަޡިމް އިބްރާހީމް - ކާށިދޫ ދާއިރާ

50. އިބްރާހީމް ނަސީމް - ތުލުސްދޫ ދާއިރާ

51. ޙުސައިން ރިޟާ އާދަމް - މާފުށި ދާއިރާ

52. އަނާރާ ނަޢީމް - ހުރާ ދާއިރާ

53. ޙަސަން ޒަރީރު - މަތިވެރި ދާއިރާ

54. ޙުސައިން ސަމީރު - ތޮއްޑޫ ދާއިރާ

55. ޤާސިމް އިބްރާހީމް - މާމިގިލި ދާއިރާ

56. އަޙްމަދު ޠާރިޤް - މަހިބަދޫ ދާއިރާ

57. ޢަބްދުﷲ ރަޝީދު - ދަނގެތި ދާއިރާ

58. އާދަމް ޒާހިރު - ފެލިދޫ ދާއިރާ

59. މުޙައްމަދު ނިއުޝާދު - ކެޔޮދޫ ދާއިރާ

60. އަޙްމަދު ނާޡިމް - ދިއްގަރު ދާއިރާ

61. އިބްރާހީމް ނައުފަލް - މުލަކު ދާއިރާ

62. އަޙްމަދު އަސްލަމް - ބިލެތްދޫ ދާއިރާ

63. ފާޠިމަތު ސަޢުދާ - ނިލަންދޫ ދާއިރާ

64. އަޙްމަދު ސިޔާމް މުޙައްމަދު - މީދޫ ދާއިރާ

65. ޙުސައިން ޙަމީދު - ކުޑަހުވަދޫ ދާއިރާ

66. ޙަސަން ވަޙީދު - ވިލުފުށި ދާއިރާ

67. އަޙްމަދު ރިޔާޟް - ތިމަރަފުށި ދާއިރާ

68. ޢަލީ އަޝްރަޤް - ކިނބިދޫ ދާއިރާ

69. ހަނާން މުޙައްމަދު ރަޝީދު - ގުރައިދޫ ދާއިރާ

70. އިސްމާޢީލް ޝަފީޢު - އިސްދޫ ދާއިރާ

71. ޔޫސުފް ނަޝީދު - ގަމު ދާއިރާ

72. ޢަބްދުއްރަޙީމް ޢަބްދުﷲ - ފޮނަދޫ ދާއިރާ

73. އަޙްމަދު ޝާކިރު - މާވަށު ދާއިރާ

74. ޢާޒިމް ޢަބްދުލްޢަޒީޒް - ވިލިނގިލި ދާއިރާ

75. މުޙައްމަދު ފަޟީލް - ދާންދޫ ދާއިރާ

76. އަސަދުﷲ ޝިހާބް - ގެމަނަފުށި ދާއިރާ

77. އިބްރާހީމްދީދީ - ކޮލަމާފުށި ދާއިރާ

78. ސަޢުދުﷲ ޙިލްމީ - ތިނަދޫ އުތުރު ދާއިރާ

79. މުޙައްމަދު އަލްސަން އަޙްމަދު - ތިނަދޫ ދެކުނު ދާއިރާ

80. މުޙައްމަދު ޝަމީޒް - މަޑަވެލި ދާއިރާ

81. އަޝްރަފް ރަޝީދު - ފަރެސްމާތޮޑާ ދާއިރާ

82. މުޙައްމަދު ޢަލީ - ގައްދޫ ދާއިރާ

83. ޙަމަދު ޢަބްދުﷲ - ފުވައްމުލަކު އުތުރު ދާއިރާ

84. ޢަލީ ފަޒާދު - ފުވައްމުލަކު މެދު ދާއިރާ

85. އިބްރާހީމް ޙުސައިން - ފުވައްމުލަކު ދެކުނު ދާއިރާ

86. މުޙައްމަދު ޝާހިދު - ހުޅުދޫ ދާއިރާ

87. އިސްމާޢީލް ނިޒާރު - ފޭދޫ އުތުރު ދާއިރާ

88. އިބްރާހީމްދީދީ - ފޭދޫ ދެކުނު ދާއިރާ

89. އަޙްމަދުދީދީ - މަރަދޫ ދާއިރާ

90. މުޙައްމަދު ސިނާން - ހިތަދޫ އުތުރު ދާއިރާ

91. އަޙްމަދު އަޒާން މަރުޒޫޤު - ހިތަދޫ މެދު ދާއިރާ

92. އިބްރާހީމް ނާޒިލް - ހިތަދޫ ދެކުނު ދާއިރާ

93. ޢަބްދުއްރަޙްމާން - އައްޑޫމީދޫ ދާއިރާ

ޢަބްދުއްރަޙީމް - ސްޓޭޓް މިނިސްޓަރަކަށް
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި، ލެފްޓިނެންޓް ޖެނެރަލް ރިޓަޔާޑް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކޮށްފައިވާކަން ހާމަ ވެއްޖެއެވެ.

މިކަން ހާމަވީ އިއްޔެ އެމެރިކާގެ ސިފައިންގެ އިސް ބޭފުޅުންތަކަކާއި ފޮރިން މިނިސްޓްރީގެ ވެރިން ބައްދަލުކުރެއްވިއިރު މިނިސްޓްރީގެ ފަރާތުން ޢަބްދުއްރަޙީމް ވަނީ ބައިވެރިވެ ވަޑައިގެންފައިވާކަން ލިޔެ އެ މިނިސްޓްރީން ކުރި ޕޯސްޓަކުންނެވެ.

Ambassador at Large Dr Ali Naseer Mohamed and Minister of State Lt. Gen. Abdul Raheem Abdul Latheef (Rtd.) meets @GuardMontana Adjutant General Maj. Gen. John Peter Hronek II and @USinMaldives Ambassador Hugo Yon. Discussed broader Maldives-US security partnership & cooperation. pic.twitter.com/0N5YelzoeJ

— Ministry of Foreign Affairs ???????? (@MoFAmv) May 6, 2024

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އަބްދުއް ރަޙިމް އައްޔަން ކޮށްފައިވަނީ ރައީސް މުއިއްޒު ހުވާ ކުރެއްވުމަށްފަހު، މިދިޔަ އަހަރު ނޮވެމްބަރު ގައި އަބްދުއް ރަޙިމް ހުންނެވި މޭޖަރ ޖެނެރަލްގެ މަގާމުން، ލެފްޓިނެންޓް ޖެނެރަލް އަކަށް ޕްރޮމޯޓް ކުރައްވާފައެވެ. އޭރު އޭނާ ރިޓަޔަރ ވާން ޖެހޭ މުއްދަތުގައި ބާކީ އޮތީ 5 މަސް ދުވަހެވެ.

ހަބަރު ފެތުރިފައިވަނީ އޭނާ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ. އެހެން ނަމަވެސް އޭގެ ކުރިން އެނގިފައިވާ ގޮތުގައި ސިފައިންގެ މަގާމުން ސަރަފުވެރިކަމާ އެކު ވަކިވުމަށް (ރިޓަޔަރ ކުރުމަށް) ފަހު، ރައީސް މުއިއްޒު އޭނާ އައްޔަންކުރައްވަން ނިންމަވާފައިވަނީ ރާއްޖޭން ތުރުކީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށެވެ.

ޢަބްދުއްރަޙީމަށް ސިޔާސީ އިސް މަގާމެއް ދެއްވި ނަމަވެސް ރައީސް އޮފީހުގެ ވެބްސައިޓުގައި އެ މަގާމު ދެއްވިކަން ހާމަ ކުރައްވާފައެއްވެސް އަދި ހިމަނާފައެއްވެސް ނުވެއެވެ. ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނެފައިވާގޮތުން ފޮރިން މިނިސްޓްރީގައި ޢަބްދުއްރަޙީމްގެ އިތުރުން ހަ ސްޓޭޓް މިނިސްޓަރުން ތިއްބަވައެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި އަބްދުއް ރަޙީމާ ނުލައި ހަމަ އެކަނި ސްޓޭޓުންނާއި މިނިސްޓަރުންގެ ނައިބުންގެ ގޮތުގައި 87 ބޭފުޅުން ތިއްބެވިކަން ހާމަ ކުރައްވާފައި ވާއިރު، ސިޔާސީ މަގާމުތަކަށް އައްޔަން ކުރައްވާ ބޭފުޅުންގެ މައުލޫމާތު ސަރުކާރުން ސިއްރުކުރައްވާ ކަމުގެ ސަކުވާ ނޫސްވެރިންކާއި، މީސްމީޑިއާގައި އެކިއެކި ފަރާތްތަކުން ދަނީ އުފުލަމުންނެވެ.

ސިޔާސީ މަގާމުތަކުގެ އަދަދު 1500 އަށްވެރު އިތުރު ވެފައިވާކަމަށް ހަބަރުފެތުރިފައި ވާއިރު، އޭގެ ތަފްސީލުތައް ސަރުކާރުން ހާމަކުރެއްވުމަކީ ގާނޫނުން ލާޒިމުކުރާ ކަމެކެވެ. "ފުނިފުނިންޏަށް، ކޮރިޑޯތަކުގައި ކިޔު ޖެހިފައި، ޑިއުޓީ ބަހައިގެން މޭޒް ހަވާލުކުރަމުން އެބަަދޭ ގޮނޑި ނެތިގެން 1500 އަށްވުރެ ގިނަ މަގާމު," ރައީސް ސޯލިހު މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން މިދިޔަ މާރިޗު މަހު ވިދާޅުވެފައި ވެއެވެ.

ސިޔާސީ މަގާމުތައް ދިނުމުގައި ރައީސް މުއިއްޒާއި، ވަޒީރުންގެ އަރިސް ބޭފުޅުންގެ އިތުރުން އެ ބޭފުޅުންގެ ސިޔާސީ މަސައްކަތްތަކުގައި އިސްވެ އުޅޭ މީހުންނަށް އިސްކަންދީ، އެ މަގާމުތައް ބައްސަވާކަމުގެ ސަކުވާއާއި ކަންބޮޑުވުން މީސްމީޑިއާގައާއި އާއްމު ރައްޔިތުންގެ ތެރޭގައި މެދުކެނޑުމެއް ނެތި ދަނީ ފާޅުކުރަމުންނެވެ.

އިސް މަގާމުތަކަށް ޖާހިލުން ލައިގެން ގައުމު ދާނީ ކޮން ރާއްޖެ އަކަށް؟

މަޖިލިސް އިންތިހާބަށް ވީ ކިހިނެތް؟

ދައުރު ފެށުމުގެ ކުރިން ބޭނުން ޕާޓީއަކަށް ވަދެވިދާނެ - އީސީގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބު
ރައްޔިތުންގެ މަޖިލީހުގެ ދައުރު ފެށުމުގެ ކުރިން (28 މެއި ގެކުރިން)، މަޖިލީހުގެ އާ ދައުރަކަށް އިންތިހާބު ވެވަޑައިގެންފައިވާ ކޮންމެ މެންބަރަކަށް ވެސް ބޭނުންވާ ޕާޓީއަކަށް ސޮއިކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސް އިސްމާޢީލް ހަބީބް މިއަދު ވިދާޅުވެއްޖެއެވެ.

ހަބީބް މިހެން ވިދާޅުވީ މަޖިލިސް އިންތިޚާބުގައި މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ހޮވިވަޑައިގެންނެވި މެންބަރުންގެ ތެރެއިން ހަ މެންބަރަކު ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއާ ގުޅިވަޑައިގަތުމުން، އެ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާ ގުޅިގެންނެވެ.

ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބުނާ ޝަރުޠަކުންކުރެ ޝަރުޠެއް މި 6 ބޭފުޅުންގެ އުންޏެއް ނުވޭ. އަދި އެންޓި-ޑިފެކްޝަންގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ބ) ގައި ބުނާ ފަދައިން، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު އަދި ނުފެށޭތީ އިންތިޚާބުވެވަޑައިގެންފައިވާ ކޮންމެ މެންބަރަކުވެސް… https://t.co/HGVzcvoaGv

— Ismail Habeeb (@IsmailHabeeb) April 24, 2024

ގާނޫނު އަސާސީގެ 73ވަނަ މާއްދާގެ (ނ)ގައި މަޖިލީހުގެ އިންތިހާބުގައި ބައިވެރިނުވެވޭނެ ސަރުތުތަކާއި، މެންބަރު ކަމަށް ހޮވުމަށްފަހު، އެ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، މެންބަރުކަމުން ވަކިވާނެ ކަން ބަޔާންކޮށްފައި އޮވެއެވެ. ހަބީބު ވިދާޅުވީ އެ މާއްދާގެ (ނ)ގައި ބުނާ ސަރުތުންކުރެ ސަރުތެއް އެ ހަ ބޭފުޅުންގެ ވެސް އުނިވެފައިނުވާ ކަމަށެވެ.

ދާދި ފަހުން ފާސްކޮށްފައިވާ އެންޓި-ޑިފެކްސަން ގާނޫނުގެ ތިން ވަނަ މާއްދާގެ (ބ)ގައި ބުނާ ފަދައިން މަޖިލީހުގެ ދައުރު ފެށުމުގެ ކުރިން، އިންތިހާބު ވެވަޑައިގެންފައިވާ ކޮންމެ މެންބަރަކަށް ވެސް ބޭނުންވާ ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންނޫނަސް، ޤާނޫނުއަސާސީގެ 30، 59، 63، 69 އަދި 73 ގެ (ބ) އާ ޚިލާފަށް، އަދި ޤާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ޙައްޤެއް ޤާނޫނަކުން އުންޏެއް ނުކުރެވޭނެ،" ހަބީބް

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި، މެންބަރެއްގެ ގޮނޑި ގެއްލޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ގާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްފައި އޮތް ކަމެއް، ގާނޫނެއްގެ ގޮތުގައި ފާސްކުރުމުން އެ ކަމާ ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމާއި ގުޅިގެން، ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް 'އެންޓި ޑިފެކްސަން ގާނޫނު'ގައި ހިމެނޭ މާއްދާތައް އިތުރުކުރަން މިހާރު ވެސް މަޖިލީހަށް ހުށަހަޅާފައި އެބައޮތެވެ.

ޕީއެންސީގެ ތާއިދާއެކު އަމިއްލަ ގޮތުން ވާދަކޮށްގެން ގޮނޑި ކާމިޔާބުކޮށް، އެ ޕާޓީއާ އިއްޔެ ގުޅުނީ:

ޑރ. އަނާރާ ނަޢީމް – ހުރާ ދާއިރާ

ޙަސަން ޒަރީރު – މަތިވެރި ދާއިރާ

އަހްމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ

އަޙްމަދު ރިޔާޒް – ތިމަރަފުށި ދާއިރާ

ޔާސީން ޢަބްދުﷲ - ނައިފަރު ދާއިރާ

ޢާޒިމް ޢަބްދުލް ޢަޒީޒް – ވިލިނގިލި ދާއިރާ

ޕީއެންސީގެ ޓިކެޓްގައި 66 މެންބަރުން އިންތިހާބުވިއިރު މި ހަ މެންބަރުންނާއެކު މަޖިލީހުގައި އެ ޕާޓީ ތަމްސީލު ކުރާނެ ޖުމްލަ މެންބަރުންގެ އަދަދަކީ 72 އެކެވެ. އިދިކޮޅު އެމްޑީޕީއަށް ލިބިފައިވަނީ 12 ގޮނޑިއެވެ. އަލަށް އެކުލަވާލެވޭ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 93 އެކެވެ.

އެންސްޕާގެ ސީއީއޯ ރައީސް އޮފީހުގެ ތަރުޖަމާނަކަށް!
ރައީސް ޑރ. މުހައްމަދު މުއިއްޒު، އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ރައީސް އޮފީހުގެ ތަރުޖަމާނަކަށް، މިއަދު އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު، ޗީފް ސްޕޯކްސްޕާސަން (ރައީސް އޮފީހުގެ އިސް ތަރުޖަމާނު) ގެ މަގާމަށް އެންސްޕާގެ ސީއީއޯ އައްޔަންކުރެއްވީ އެންސްޕާގެ ސީއީއޯގެ މަގާމު ވެސް ހީނާ ވަލީދު އަދާކުރައްވަމުން ގެންދަވާ ގޮތަށް ކަމަށެވެ. ނަމަވެސް ތަރުޖަމާނުގެ މަގާމުގެ މުސާރަ އޭނާ ނުނަންގަވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

މިއީ ރައީސް އޮފީހުގެއިސް ތަރުޖަމާނުގެ މަގާމުގެ މަސްއޫލިއްޔަތާ އަންހެނަކު ހަވާލުވާ ފުރަތަމަ ފަހަރުކަން އެ އޮފީހުން ފާހަގަކުރިއެވެ.

މީގެ ކުރިން ހީނާ ވަނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕޮލިޓިކަލް ޑިރެކްޓަރުކަމާއި، ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާގައި މަސައްކަތް ކުރައްވާފައެވެ. އެގޮތުން ދައުލަތުގެ މީޑިއާގައި ދިގު މުއްދަތަކު ހިދުމަތްކުރައްވައި ޕީއެސްއެމްގެ ހެޑް އޮފް ނިއުސްގެ މަގާމު އަދާކުރައްވާފައިވެއެވެ.

ހީނާ މަތީ ތައުލީމު ހާސިލްކުރައްވާފައިވަނީ މާސް ކޮމިއުނިކޭޝަން ޖާނަލިޒަމް އެންޑް އެޑްވަޓައިސްމަންޓްގެ ދާއިރާއިންނެވެ.

ޕީޕީއެމްގެ ތަރުޖަމާނުކަން މީގެ ކުރިން ކުރައްވާފައިވާ ހީނާ ވަލީދު ވަނީ، އާދިއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބަށް ވެރިކަން ކުރާ ޕީއެންސީގެ އިސް ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.

ރައީސް އޮފީހަށް ތަރުޖަމާނަކު އައްޔަންކޮށްފައިވަނީ، ސަރުކާރަށް ތަރުޖަމާނަކު ނެތި ދިގު މުއްދަތެއް ވުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.

ނޮވެމްބަރު 17ގައި ވެރިކަމަށް އައި ސަރުކާރަށް މިދިޔަ ޑިސެމްބަރު މަހުގެ 13ގައި ތަރުޖަމާނެއްގެ ގޮތުގައި މުހައްމަދު ޝަހީބު އައްޔަންކުރިއެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ދުވަހު އޭނާ ވަނީ މަގާމުން ދުރުކޮށް، ހާރިޖީ ވުޒާރާއަށް ބަދަލުކޮށްފައެވެ.މަގާމަށް އައްޔަންކުރިތާ 18 ދުވަސް ފަހުން ޝަހީބު ވަކިކުރި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ދިވެހި ރާއްޖޭގައި ޕޮލިޓިކަލް ސައިންސާއި މީޑިއާގެ ދާއިރާއިން މަތީފާސްތައް ހާސިލުކޮށް ތަޖުރިބާ ލިބިފައިވާ ދެހާހަށްވުރެ ގިނަ ފަރާތްތައް ވެއެވެ.

އޮނަސާޅީސް ގޮނޑިއަށް ވާދަކޮށްގެން ލިބުނީ ސުމެއް
އިއްޔެ އޮތް މަޖިލިސް އިންތިހާބުގައި ރައީސް މުޙައްމަދު ނަޝީދުގެ ދަޑިމޮކްރެޓްސް އިން، މަޖިލިސް އިންތިހާބުގައި ވާދަ ކުރެއްވި ކެންޑިޑޭޓުންނަށް ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިވެއްޖެއެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ދަޑިމޮކްރެޓްސްއަށް އެންމެ ގޮނޑިއެއްވެސް ކާމިޔާބެއް ނުކުރެވުނެވެ. އޮނަސާޅީސް ގޮނޑިއަށް ވާދަކޮށްގެން ދަޑިމޮކްރެޓްސް އަށް ލިބުނީ  ސުމެކެވެ.

އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލައްވައި، އެ ޕާޓީގެ މެންބަރުންގެ ބުރަ މަސައްކަތާއި އެކު 87 ގޮނޑީގެ 19 ވަނަ މަޖިލިހަށް އިންތިހާބުވެ ވަޑައިގެންނެވި 67 މެންބަރުގެ ތެރެއިން 13 މެންބަރުން، ދަޑިމޮކްރެޓްސްއަށް ބަދަލުވެވަޑައިގެން، 20 ވަނަ މަޖިލިހަށް ކުރިމަތިލެއްވީ ދަޑިމޮކްރެޓްސްގެ ޓިކެޓުގައި، ސީދާ ރައީސް ނަޝީދުގެ ފުރިހަމަ ތާއީދާއެކުގައެވެ.

މަޖިލީހުގެ އިތުރު ދައުރަކަށް ޑިމޮކްރެޓްސްގެ ފަރާތުން ވާދަ ކުރެއްވި މިހާރުވެސް މެންބަރުންގެ ގޮތުގައި ތިއްބެވި މެންބަރުންނާއި، އަލަށް އެ ޕާޓީން ކުރިމަތި ލެއްވި ކެނޑިޑޭޓުންވެސް ހިމަނައިގެން 39 ދާއިރާއަށް ވާދަކުރެއްވި ނަމަވެސް، އެއްވެސް ކެންޑިޑޭޓަކަށް މަޖިލީހުގެ އެންމެ ގޮނޑިއެއްވެސް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.

"ފާރަވެރި މަޖިލިސް" ނަމުގައި މޮޓޯއެއް ހައްދަވައިގެން ދަޑިމޮކްރެޓްސް ކެނޑިޑޭޓުން ކެންޕޭން ކުރައްވަމުން ގެންދަވައި، އިންތިހާބުގެ ދެދުވަސް ކުރިން އެ ޕާޓީން ރައީސް ނަޝީދު ބައިވެރިވެ ވަޑައިގެން ބޭއްވި ޖަލްސާއެއްގައި، ރައީސް ނަޝީދުގެ 'ފާރަވެރިކަމުގެ ބަސްފުޅުތައް' ވެރިކަމުގައި ނެތް އެމްޑީޕީއަށް ރައްދުކުރައްވައި ފާޑުވިދާޅުވުން ވެގެންދިޔައީ، ދަޑިމޮކްރެޓްސްގެ 'ފާރަވެރި ކަމުގެ އަމާޒު' ކަސިޔާނުވެފައިވާ ކަމުގެ ހެއްކެއްކަމުގައި ގިނަބަޔަކު މީސްމީޑިއާގައި ބުނެފައިވެއެވެ.

ޕީއެންސީގެ އަށް ތާއީދުކުރާ މެންބަރަކު، ދަޑިމޮކްރެޓްސްއަށް ވޯޓެއް ނުދޭނެކަމާއި، ރައީސް ނަޝީދުގެ ސިޔާސީ ފުރައްސާރަ އެމްޑީޕީއަށް އަމާޒުކުރުމުގެ ނަތީޖާއަކަށް ވެގެންދިޔައީ އެ ޕާޓީއަށް އެންމެ ގޮނޑިއެއްވެސް މި އިންތިހާބުގައި ކާމިޔާބު ނުވި މައިގަނޑު އެއް ސަބަބު ކަމުގައިވެސް ގިނަ ފަރާތްތަކުން ބުނެއެވެ. އަދި އެމްޑީޕީ ބަލިކުރަން ދަޑިމޮކްރެޓްސް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ރައީސް މުއިއްޒާއި ޕީއެސްސީން ރަނގަޅަށްވެސް ބޭނުންކޮށްލައިފި ކަމަށް ސިޔާސީ މުފައްކިރުން ދެކެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ސީދާ ޓިކެޓެއްގައި ކެންޑިޑޭޓަކު ވާދަކޮށްފައި ނުވި ނަމަވެސް، އެ ޕާޓީންނާއި ރައީސް ޔާމީންވެސް ވަނީ އަމިއްލަ ގޮތުން ކުރިމަތިލެއްވި ބައެއް ކެންޑިޑޭޓުންނަށް ރުހުން ދެއްވައި، އެބޭފުޅުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ. އެހެން ނަމަވެސް އެހުރިހާ ކެންޑިޑޭޓުންނަށް ލިބުނީ ދަޑިމޮކްރެޓްސް އިން ކުރިމަތިލެއްވި ކެނޑިޑޭޓުންނަށްވެސް ލިބުނު ނަތީޖާއެވެ. ސުމެކެވެ.

ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުނީ ރައީސް އަބްދުﷲ ޔާމީންގެ ފޮޓޯފުޅާއި ނަންޖެހި ހުސްގޮނޑި ދައްކަވައިގެން ކަމަށާއި، ޕީޕީއެމްވެސް ފޭރިގެންފައިވާކަމަށް ގިނަ ބަޔަކު، ހާއްސަކޮށް ޕީއެންއެފުން ބުނަމުން ގެންދިޔައެވެ. އެހެން ނަމަވެސް 93 މެންބަރުންގެ 20 ވަނަ މަޖިލިސްގެ މި އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއި ޕީއެންއެފުން ކާމިޔާބުކޮށްފައިވަނީ އެފޮޓޯއާއި ގޮނޑިއެއް ނެތި، 66 މެންބަރުންގެ ސާފު އަގުލަބިއްޔަތެއް ނަންގަވައިގެންނެވެ.

ހައިކޯޓުގެ ދެވަނަ ހުކުން: ބާކީ އޮތް 7 އަހަރުގެ ހުކުމް ވެސް ބާތިލު، ރައީސް ޔާމީން މިނިވަންވެއްޖެ
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދަށު ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ ފަހު ބައި (ބާކީ އޮތް 7 އަހަރު) ވެސް ބާތިލުކޮށް، އެ މަނިކުފާނު މިނިވަންކުރަން ހައިކޯޓުން ދާދި ދެންމެއަކު ހުކުމްކޮށްފިއެވެ.

ވަރަށް ބޮޑަށް ދިގުލައިގެންދިޔަ އެ މައްސަލައިގެ އިސްތިއުނާފު ހުކުމްކުރުން އަވަސްކުރުމަށް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު އަސްލަމް ދަންނަވާނެކަމަށް ބުނެފައި ވަނިކޮށް، މިއަދު ބޭއްވި އަޑުއެހުމުގައި، 11 އަހަރުގެ ހުކުމުގެ ތެރެއިން 4 އަހަރު ވަނީ ހައިކޯޓުން ބާތިލުކޮށްފައެވެ. އަދި ބާކީ އޮތް 7 އަހަރުވެސް ބާތިލުކަމަށް ދާދި ދެންމެއަކު ހައިކޯޓުންވަނީ ހުކުން ކޮށްފައެވެ.

މިއާއިއެކު، ރައީސް ޔާމީން ވަނީ މުޅިން މިނިވަން ވެފައެވެ.

އެ މައްސަލައިގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ވެސް ވަނީ މިނިވަންކޮށްފައެވެ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި ޖުމުލަ ތިން ދައުވާއާ ގުޅިގެން ދަށު ކޯޓުން އިއްވި ހުކުމް ވެސް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ބާތިލުކޮށްފައެވެ. އެހެންވެ، އެ ތިން ގަޒިއްޔާ ވެސް އަލުން ބަލަން ވަނީ އަމުރުކޮށްފައެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބު ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވައި ރައީސް ޔާމީންގެ ބޮޑު ތާއީދާއި މަދަދާއެކު، އިންތިހާބު ކާމިޔާބު ކުރައްވައި ރައީސް ކަމަށް ވަޑައިގެންނެވީ ޑރ. މުހައްމަދު މުއިއްޒެވެ. އެކަމަކު، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންތާ ހަފުތާއެއް ނުވަނީސް ޔާމީން ވަނީ ކޯލިޝަން ލީޑަރުކަމުން އިސްތިއުފާދެއްވައި އަމިއްލަ ޕާޓީއެއް އުފައްދަވާފައެވެ.

އެ މަނިކުފާނު މިހާރު ގެންދަވަނީ ސަރުކާރާއި ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ޔާމީންގެ މައްޗަށް ދަށު ކޯޓުން 2022 ވަނަ އަހަރު އިއްވި ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލި ފަހުން އެ މައްސަލައިގެ ހުކުމްނުކުރެވި ހަތަރު މަސް ދުވަސް ހޭދަވެގެންދިޔައެވެ. ރޭ ކުއްލި ގޮތަކަށް އެ މައްސަލައިގެ ހުކުމްކުރުން މިއަދަށް ތާވަލުކުރީ އެ މައްސަލަ ދިގުލައިގެން ދިއުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އަށް މައްސަލަ ވެސް ހުށަހަޅުއްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެފައި އޮއްވައެވެ.

މީގެ ކުރިން ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ވެސް ޔާމީންގެ މައްޗަށް ވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެ ފަހަރު އިއްވި ޖަލު ހުކުމުން އެ މަނިކުފާނު މިނިވަންވެވަޑައިގެންފައިވަނީ ސުޕްރީމް ކޯޓު މަރުހަލާއިންނެވެ. އެއީ ނިމިދިޔަ އެމްޑީޕީގެ ކޯލިސަންގެ ރައީސް ސޯލިހުގެ ވެރިކަމުގެ ތެރޭގައެވެ.

އެމްޑީޕީން ރައީސް ޔާމީންގެ ސަރީއަތަށް ނުބައި ނުފޫޒު ފޯރުވާކަމަށް ދޭހަވާ މޭރުމުން ޕީޕީއެމް/ޕީއެންސީން ދައްކާ ވާހަކަތަކަށް ރައީސް ޔާމީންގެ ވަކީލުންނާއި ރައީސް ޔާމީނާއި ގާތް އެހެން ބޭފުޅުންވެސް ރައްދު ދެއްވަމުން ވިދާޅުވެފައި ވަނީ އެކަން ހިނގަނީ ޕީޕީއެމް/ޕީއެންސީން ސިފަކުރާ ގޮތާއި ދިމާ އިދިކޮޅަށް ކަމަށެވެ.

MDP ge majority eh JSC ga neiy. MDP in Raees Yameen ge insaafah huraheh naalhaa. PNC in dhanee Raees Yameenah hayaaiy govaa insaafah huras alhamun. PNC candidatun nah noonekey buney — PNF #PNCnoonGotheh pic.twitter.com/TRUMV9O2tB

— Moosa Anwar ???????? (@moosaanvar) April 16, 2024

ހައިކޯޓުގެ ފުރަތަމަ ހުކުން: 11 އަހަރުގެ ޖަލު ހުކުމުން 4 އަހަރު ބާތިލު
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްތަކުގެ ތެރެއިން ރިސްވަތުގެ ކުށުގައި އިއްވި ހަތަރު އަހަރުގެ ޖަލު ހުކުމްގެ ބައި ހައި ކޯޓުން ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމަށް އަމުރުކޮށްފި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދީގެން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިސްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ޑިސެމްބަރު 25، 2022 ގައެވެ. ރައީސް ޔާމީނަށް ޖަލު ހުކުމެއް އިއްވާފައިވީ ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވަނީ ރައީސް ޔާމީން ގެއަށް ބަދަލު ކުރައްވާފައެވެ. އެދުވަހުން ފެށިގެން އެމަނިކުފާނު ހުންނަވަނީ ގޭ ބަންދުގަ އެވެ.

ޖުމްލަ 11 އަހަރުގެ އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، ރިސްވަތު ދިނުމުގެ ކުށުގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވި އެވެ. އެ މައްސަލަ އެ ދެ ބޭފުޅުންގެ ފަރާތުން އިސްތިއުނާފް ކުރުމުން އޭގެ ތެރެއިން ޔޫސުފް ނައީމްގެ ޖަލު ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ވަނީ އަންގާފައެވެ.

ހައިކޯޓުގެ ހުކުމުގައި ވަނީ ދަށު ކޯޓުން މައްސަލަ ނިންމިއިރު ހަދާފައިވާ ބޮޑެތި ގޯސްތަކެއް ފާހަގަކޮށްފަ އެވެ. އެހެންވެ ހައިކޯޓުން ހުކުމުގައި ކުރީ ރައީސް ޔާމީންގެ މައްޗަށް ދަށުކޯޓުން އިއްވާފައިވާ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމަށް ހުކުމް ކޮށްފައިވެއެވެ. އަދި މައްސަލަ އަލުން ދަށުން ކޯޓުން ބަލާނަމަ ހައިކޯޓުން މިއަދު އިއްވި ހުކުމުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރުމަށްވެސް އަމުރުކޮށްފައިވެ އެވެ.

ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ މިއަދު ކުރި ހުކުމުގައިވަނީ ސަރީއަތުގެ (ކުރީގެ) މަރުހަލާގައި ދަށު ކޯޓުން އަމަލުކުރި ގޮތުގެ ސަބަބުން، ޔާމީނަށް ލިބެންޖެހޭ ހައްގުތަކެއް ގެއްލިގެން ގޮސްފައިވާ ކަމަށެވެ. އަދި ޔާމީންގެ ދިފާއީ ހެކިތައް ނަފީކުރަން ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަތުމަށް، ކްރިމިނަލް ކޯޓުން ނިންމި ނިންމުން ވެސް ގޯސް ކަމަށެވެ. އެގޮތުން އެފަދަ ހެކިތައް ބަލައިގަނެވޭނީ އިސްތިސްނާ ހާލަތްތަކެއް ކަމަށް ވާއިރު، އެ މައްސަލާގައި ދަށު ކޯޓުން ކަންކުރީ އެކަށީގެންވާ ސަބަބެއް ބަޔާން ކުރުމެއް ނެތި ކަމަށް ހުކުމުގައިވެ އެވެ. އަދި އެ ފުރުސަތު ދިނުމުގެ ކުރިން އެކަމާ މެދު ވާހަކަ ދައްކަން ޔާމީންގެ ވަކީލުންނަށް ފުރުސަތު ދީފައިނުވާ ކަމަށް ހުކުމުގައިވެއެވެ.

އެހެންކަމުން އެ މައްސަލައިގެ ހެކިތައް ވަޒަން ކުރަން ޖެހޭނީ ފަހުން ހުށަހެޅި އާ ހެކިތައް އެއް ފަރާތް ކުރުމަށްފަހު ކަމަށް ހުކުމުގައި ވެއެވެ. ނަމަވެސް އެ މައްސަލައިގައި ދަށު ކޯޓުން ހެކިތައް ވަޒަންކުރީ، ހުރިހާ ހެކިތައް އެއްކޮށް ކަމަށް ހުކުމުގައި ވެއެވެ. އަދި ޔާމީންގެ މާލީ ބަޔާނުގައި އެމްއެމްޕީއާރުސީގެ ފައިސާގެ ވާހަކަ ހިމަނާފައި އޮތުމުން، އެއީ އެމަނިކުފާނާ ދެކޮޅަށް ބޭނުން ކުރެވޭނެ ހެއްކެއް ކަމަށް ބެލީ ގާނޫނާ ހިލާފަށް ކަމަށްވެސް ހުކުމުގައި ވެއެވެ.

ނަމަވެސް ޔާމީން ތަހުގީގު މަރުހަލާގައި ހަނު ހުރެފައިވާތީ، އެއީ އެމަނިކުފާނާ ދެކޮޅަށް ބޭނުން ކުރެވޭނެ ހެއްކެއްގެ ގޮތުގައި ދަށު ކޯޓުން ނިންމާފައިވާ ނިންމުމާ ގުޅިގެން ހައި ކޯޓުގެ ހުކުމުގައިވަނީ، އެކަމުގައި ގާނޫނީ ގޮތުން ގޯހެއް ނެތް ކަމަށެވެ. އެކަންކަން ފާހަގަކޮށް، ހުކުމުގައިވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކުރާ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި ހެކިތަކަށް ބަދަލު އައުމުގެ ފުރުސަތު އޮތުމުން އެ މައްސަލަ އަލުން ބެލުމަށްޓަކައި ކްރިމިނަލް ކޯޓަށް ތަހުވީލުކުރީ ކަމަށް ހުކުމުގައި ވެއެވެ.

ރައީސް ޔާމީން ޖަލަށް ލުމަށް ދަށު ކޯޓުން ކުރި 11 އަހަރުގެ ހުކުމުން 4 އަހަރު ހައިކޯޓުން ބާތިލްކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ. ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ސަލީމް އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި އިއްވި ޖަލު ހުކުމާ ގުޅޭގޮތުން ވެސް ހައި ކޯޓުން މިރޭ ގޮތެއް ނިންމާނެ އެވެ.

ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުން މާދަމާ
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ސާބިތުވި ކޮރަޕްޝަނުގެ ދައުވާތަކާ ގުޅިގެން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުން މާދަމާއަށް ތާވަލުކޮށްފިއެވެ.

އެ މައްސަލައިގެ ހުކުމް އިއްވުން އޮންނާނީ މާދަމާ މެންދުރެވެ. ނަމަވެސް އެ އަޑުއެހުން އޮންނާނެ ގަޑިއެއް ހައިކޯޓުގެ ވެބްސައިޓުގައި މިހާތަނަށް ސާއިއު ކޮށްފައިނުވެއެވެ.

ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ ޑިސެމްބަރު 25، 2022ގައެވެ. އެއީ ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތްވެ، އެ ފައިސާ 'ލޯންޑާ' ކުރިކަމުގެ ތުހުމަތުގައި ދައުލަތުން ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވުމުންނެވެ.

ޔާމީންގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ނިމިފައެވެ. ނަމަވެސް ހުކުމް އިއްވުން ތާވަލުނުކޮށް ދިގު މުއްދަތެއް ވެފައިވާތީ އެ މަނިކުފާނާއި އެ މަނިކުފާނަށް ތާއިދު ކުރާ ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

ޔާމީންގެ ތާއިދާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ. މުޙައްމަދު މުއިއްޒު، އިންތިހާބު ވުމަށްފަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަރިހުގައި ޔާމީން ގެކޮޅަށް ބަދަލުކުރުމަށް އެދިވަޑައިގަތުމުން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޔާމީން ވަނީ ގެކޮޅަށް ބަދަލުކޮށްފައެވެ.

އެ މަނިކުފާނަށް ހުކުމް ތަންފީޒު ކުރުމުގައި ލުއިތަކެއް ދީފައިވީ ނަމަވެސް، ކަރެކްސަނަލް ސާވިސްގެ ހުއްދަ ނެތި އެ މަނިކުފާނު ގެންދަވަނީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަންނަވަމުން ކަމުގައި މިހާރުގެ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

އެ މައްސަލަ ބަލާ ކަމަށް ކަރެކްސަންސްއިން ބުނި ނަމަވެސް، ޔާމީނަށް ފިޔަވަޅު ނާޅާ މައްސަލަ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ން ވަނީ ބަލަން ފަށައިފައެވެ.

ރައީސް ޑރ. މުއިއްޒުގެ އެންމެ މައިގަނޑު އެއް ވައުދުފުޅަކީ ޔާމީން މިނިވަން ކުރެއްވުމެވެ. އަދި ރައީސް ޑރ. މުއިއްޒަށް ވެރިކަން ލިބުމުގެ އެންމެ ބޮޑު އެއްސަބަބަކީ ވެސް އެ ވައުދު ކަމުގައި ގިނަފަރާތްތަކަކުން ދެކެއެވެ.

ދާދި ފަހުން ރައީސް މުއިއްޒު ވަނީ، އެ މަނިކުފާނު މިހާރު ވެސް ހުންނެވީ ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ކަމަށާއި (ރައީސް ޔާމީން މިނިވަން ނުކުރެއްވިޔަސް) ވައުދާ ހިލާފުވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ސަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާ ކަމަށާއި ޔާމީން މިނިވަން ކުރެއްވުމުގެ ބާރު އޮތީ ޖުޑީސަރީގެ އަތްމަތީގައި ކަމަށް ވިދާޅުވެފައިވެއެވެ.

ރައީސް ވެރިކަމަށް ވަޑައިގެންނެވިތާ މާގިނަ ދުވަހެއް ނުވެ ރައީސް ޔާމީން ވަނީ ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ވަކިވެ ވަޑައިގެން އަމިއްލަ ޕާޓީ، ޕީޕަލްސް ނެސަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދެވުމުގެ މަސައްކަތް ފައްޓަވައި، އެ ޕާޓީ އުފައްދުމުގެ ހުއްދަ މިދިޔަ ނޮވެމްބަރު މަހުގެ 29 ގައި ލިބުމާއެކު، ޕާޓީ އުފެއްދުމުގެ ޖަލްސާ މިދިޔަ ހަފުތާގައި ބާއްވައިފައެވެ.

ރައީސް ޔާމީންގެ ތާއީދާއި ނުލައި، ރައީސް މުއިއްޒަށް ރައްޔިތުން މަޖިލިސްގެ ބޮޑުބައި (މެޖޯރިޓީ) ލިބިވަޑައި ނުގަންނަވާނެކަމަށް ސިޔާސީ މުފައްކިރުން ދެކެއެވެ.

ހަބަރުގެ އަދާހަމަ:

ފަނޑިޔާރު ޝަމީމް ސަރީއަތުގެ މަޖިލިހަށް ހާޒިރުވެ ވަޑައިނުގަންނަވާނެ ކަމަށާއި، އެކަމާއި ގުޅިގެން (ކޯރަމް ހަމަނުވާނެތީ) ސަރީއަތުގެ މަޖިލިސް ކެންސަލް ވެފައިވާ ކަމަށް މީސްމީޑިއާގައި ހަބަރުތައް ފެތުރިފައި ވެއެވެ.

President Yamin is a lion ???? and they know it. The lion would do irrecoverable damage to @MMuizzu’s Majlis election if he’s released tomorrow and if he’s out there at rallies and podiums for the next 48 — 72 hours.

So @MMuizzu forced F. Magoodhoo Mubeen to force F. Bilehdhoo… https://t.co/NMjn7KiL3a pic.twitter.com/JqQw7kXnwV

— Hassan Kurusee (@HKurusee) April 17, 2024

މި ސަރުކާރަށް ދޭ ވޯޓަކީ ތަރައްގީއާ ދެކޮޅަށް ދޭ ވޯޓެއްކަމަށް ރައީސް ސޯލިހް ވިދާޅުވެއްޖެ
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މި ސަރުކާރުގެ ކެނޑިޑޭޓުންނަށް ދޭ ވޯޓަކީ ތަރައްގީއާ ދެކޮޅަށް ދޭ ވޯޓުތަކެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.

ކެލާ ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓު، އަހުމަދު ގާލިބުގެ ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހް ގޮވާލެއްވީ ނަމަނަމަ މި ސަރުކާރަށް ވޯޓު ނުދިނުމަށެވެ.

"މި ސަރުކާރުގެ ކެންޑިޑޭޓަކަށް ދެއްވާ ވޯޓަކީ ރާއްޖޭގެ ތަރައްގީއާ އިދިކޮޅަށް ދޭ ވޯޓެއް، ކުދި ރަށްތަކުގެ ތަރައްގީއާ އިދިކޮޅަށް ދޭ ވޯޓެއް، ރަށްފުށުގެ ތަރައްގީއާ އިދިކޮޅަށް ދޭ ވޯޓެއް.. ރައްކާތެރިކަމާ އެކީ ވަޒީފާ އަދާކުރުމާ އިދިކޮޅަށް ދޭ ވޯޓެއް" ސޯލިހް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން ރާއްޖެ ދުވަހަކު ވެސް ނުދެކޭ ފަދަ ތަރައްގީ ގެންނަވާނެ ކަމަށް ވިދާޅުވުމަށް ފަހު، ވެރިކަން ލިބިވަޑައިގަތުމުން ކުރިން ދެއްކެވި ވާހަކަތަކަކީ ހެއްދެވި ދޮގުތަކެއް ކަމަށް ސިފަކުރައްވަމުން، އެވާހަކަތަކަށް ފާޑުވިދާޅުވަމުން ރައީސް ސޯލިހް ވިދާޅުވީ، ރައީސް މުއިއްޒު އަނެއްކާ އާ ބަހަނާތަކެއް ދައްކަވައި މަޖިލީހުގެ މެޖޯރިޓީ ނުލިބި، އެ ތަރައްގީ ގެނެސް ނުދެއްވޭނެ ކަމަށް ވިދާޅުވަމުން ގެންދަވާ ކަމަށާއި، އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވާކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދޭއިރަށް ރައީސް މުއިއްޒު ދައްކަވާނެ އާ ބަހަނާއަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ މެޖޯރިޓީ ނުދީފިނަމަ، ތަރައްގީ ގެނެސްނުދެވޭނެ ކަމަށެވެ. އަދި އެއަށް ފަހު 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުނުކޮށް، އެ ވިދާޅުވާ ތަރައްގީ ގެނެސްނުދެވޭނެ ކަމަށް މި ސަރުކާރުން ކިޔަން ފަށާނެ ކަމަށް ވެސް ސޯލިހް ވިދާޅުވިއެވެ.

ކުރީ ސަރުކާރުގެ ތަރައްގީގެ ގިނަ މަސްރޫއުތަކެއް މި ސަރުކާރުން ހުއްޓާލާފައިވާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ، އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ދީފިނަމަ، ފަށާފައިވާ މަސްރޫއުތައް މެދުނުކެނޑި ކުރިޔަށް ގެންދިއުން ގާނޫނެއްގެ ތެރެއިން ކަށަވަރުކޮށްދެއްވާނެ ކަމަށެވެ.

މީގެ އެއްދުވަސް ކުރިން އެމްޑީޕީގެ ފަރާތުން ކުރެންދޫ ދާއިރާއަށް ވާދަކުރައްވާ، ހުޅުމާލެ ދާއިރާގެ މިހާރުގެ މެމްބަރު އަދި ސޯލިހުގެ ކޮއްކޮ އަލީ ނިޔާޒަށް ކެމްޕެއިންކުރަން ކުރެންދޫގައި އިއްޔެ ބޭއްވި ޖަލްސާއެއްގައި ރައީސް ސޯލިހް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދީފި ނަމަ ރައްޔިތުން އަޅުވެތިކުރާނެ ކަމަށެވެ.

"ވަޒީފާ އެއް ވެސް ސަރުކާރަށް ތާއީދުކުރާ މީހަކަށް ނޫނީ ނުލިބޭނެ. އަޅުންގެ ގޮތުގައި ތިބޭނީ، އަޅުވެތި ކުުރުމުގެ ދިމާޔަކަށް މިދަނީ" ސޯލިހު ވިދާޅުވި އެވެ. އެމްޑީޕީން ދެހާސްވަނަ އަހަރުގެ ކުރީކޮޅު ނުކުތީ އެކަން ބަދަލުކުރަން ކަމަށާއި އަޅުވެތިކުރުމަކީ އެމްޑީޕީން ފުރުސަތުދޭނެ ސިޔާސަތެއް ނޫން ކަމަށާއި، ރާއްޖެ އެ މަގަށް ދިއުން އެމްޑީޕީގެ މަސައްކަތުން އަނެއްކާވެސް ހުއްޓުވަން ޖެހޭ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

ފުލުހުން ފޮނުވިކަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވުން ގަބޫލެއް ނުކުރެވޭ: ރައީސް ސޯލިހް
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާ ހުއްޓުވުމަށް އަންގާރަ ދުވަހުގެ ރޭ އެސްއޯ ފުލުހުން ފޮނުވި މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅު ގަބޫލުނުކުރެއްވޭ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ފުވައްމުލަކުގައި އޮތް އެ ސިޓީގެ މެދު ދާއިރާގެ އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސޯލިހް ވިދާޅުވީ ފުލުހުން ފޮނުވައި، ރައީސް މުއިއްޒު ޑިމޮކްރަސީއަށް ހުރަސް އަޅުއްވާފައިވާ ކަމަށާއި އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޕީއެންއެފް އުފައްދަން ގިޔާސުއްދީން ސްކޫލްގައި ބާއްވަން އުޅުނު ޖަލްސާއަށް ހުރަސްއެޅުމަށް، އެސްއޯ ފުލުހުން ފޮނުވި މައްސަލައިގައި ރައީސް މުއިއްޒު ވިދާޅުވީ އެ މަނިކުފާނަށް އެ ހަބަރު ލިބިވަޑައިގަތީ ނޫހުން ކަމަށާއި، އެއީ އެ މަނިކުފާނު 'ޓޮލަރޭޓް' ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ކަމުގައި (ކަމާއިބެހޭ މަގާމުތަކުގައި ތިއްބެވި ބޭފުޅުން) އިހުމާލުވެފައިވޭތޯ ބަލައި، އެ ފަރާތްތަކާ މެދު ވަގުތުން ފިޔަވަޅު އެޅުމަށް އެންގުމުގެ އިތުރުން ސްޕެޝަލިސްޓް އޮޕަރޭޝަންސް (އެސްއޯ) ފުލުހުން ފޮނުވަން ޖެހޭ ހާލަތްތަކުގައި އެކަމަށް ޕޮލިސް ކޮމިސަނަރުގެ ސީދާ ހުއްދައެއް ހޯދަން ޖެހޭ ގޮތަށް ގަވައިދަށް ބަދަލެއް ގެންނަން ރައީސް ވަނީ އަންގަވާފައި ކަމަށެވެ.

މި މައްސަލައާ ގުޅިގެން ރައީސް ސޯލިހް ވިދާޅުވީ އަމުރަކަށް (އޯޑަރަކަށް) ނޫން ގޮތަކަށް ސިފައިންނާއި ފުލުހުން އަމަލެއް ނުކުރާނެ ކަމަށް ބަޔާންކުރައްވަމުން ވިދާޅުވީ "ފުލުހުންގެ އެއްވެސް އިސް ބޭފުޅަކަށް އެނގިވަޑައެއް ނުގަންނަވާ، މިނިސްޓަރަކަށް އެނގިވަޑައެއް ނުގަންނަވާ، ރައީސަކަށް އެނގިވަޑައިނުގަންނަވާ ކަމަށް އެ ވިދާޅުވަނީ އެ ކަން ހިނގި ވާހަކަ. އެކަމު އަޅުގަނޑަކީ ވެސް ރާއްޖޭގެ ވެރިކަން ފަސް އަހަރު ކޮށްފައިހުރި މީހަކަށްވާތީ، އަޅުގަނޑަށް ހަމަ ޔަގީން ފުލުހުންނެއް ވެސް، ސިފައިންނެއް ވެސް އޯޑަރަކަށް ނޫން ގޮތަކަށް އެ މީހުންނެއް އަމަލެއް ނުކުރާނެ" ކަމަށެވެ.

ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށްޓަކައި، ވަކިން ޚާއްޞަކޮށް އެމްޑީޕީން މިދިޔަ ވިއްސަކަށް އަހަރު ބުރަ މަސައްކަތުގެ އިތުރުން، އެތައް ބަޔަކު އެތައް ގުރުބާނީއެއްވީކަން ޞާލިޙް ފާހަގަ ކުރެއްވިއެވެ. ޕީއެންއެފް ޖަލްސާ ހުއްޓުވުމަށް ފުލުހުން ގޮސް، ހިނގި ހަމަނުޖެހުމަށް އިޝާރާތް ކުރައްވައި ޞާލިޙް ވިދާޅުވީ އަންގާރަ ދުވަހުގެރޭ މާލެއިން ފެނުނީ 2024ވަނަ އަހަރު ފެނިގެންވާނެ މަންޒަރެއް ނޫން ކަމަށެވެ.

މި މައްސަލައިގައި މިނިސްޓްރީ އޮފް ހޯމްލޭންޑް އެންޑް ސެކިއުރިޓީން ނެރުނު ބަޔާނެއްގައި ބުނީ ޕީއެންއެފް ޖަލްސާ އުފެއްދުމުގެ ޖަލްސާއަށް ކުރިޔަށް ގެންދިޔަނުދީ ހުއްޓުވުމަށް ފުލުހުން ކުރި މަސައްކަތުގެ އޮޕަރޭސަނަލް ރިވިއު ރައީސްގެ އަރިހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ރިޕޯޓާ ގުޅިގެން ވަގުތުން ފިޔަވަޅުތަކެއް އެޅުމަށް ހޯމް މިނިސްޓަރު މެދުވެރިކޮށް ޕޮލިސް ކޮމިސަނަރަށް ރައީސް އަންގަވާފައިވާ ކަމަށެވެ.

އާޔަތުﷲ މަޖިލީހަށް ވާދަ ކުރަނީ ތައުލީމާ ތަޖުރިބާއާއެކު!
"އަހަރެން ތި ބޭފުޅާ [ބ.އަތޮޅުގެ މެމްބަރު] ގާތަށް ފޮތް ފަންސުރެއް (ފޮތްލިސްޓެއް)، ބޭސް ސިޓީއެއް ހިފައިގެން ނާންނާނަމޭ ބުނިން. ބޭނުން ވެގެން މިއުޅެނީ 200 ޑޮލަރެއް ނޫނޭ، ބޭނުން ވަނީ އަހަރެމެން ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް ދިނުމޭ، ބ. އަތޮޅުގެ ހައްގުގައި ވަކާލާތުކޮށް ދިނުމޭ"

މިއީ ނޫ ގާނޫނުއަސީސީން އެކުލަވާލާފައި އޮތް ރައްޔިތުންގެ މަޖިލީހުގައި އޭރު ބ. އަތޮޅު ތަމްސީލު ކުރެއްވި ދެ މެމްބަރުންގެ ތެރެއިން މެމްބަރެއްގެ ގާތަށް، އޭރު އެސް.އީ.ސީ ގައި ކިޔަވަމުންދިޔަ އެ އަތޮޅު މާޅޮހު އާޔަތުﷲ ގޮސް ބުނި ވާހަކަ އެކެވެ.

އެ ބުނުމަށް ވިއްސަކަށް އަހަރަށްވުރެ ގިނަދުވަސް ފާއިތުވެގެންދިޔަ ނަމަވެސް މިއަދު ވެސް ހާލަތު އޮތީ ހަމަ އެކަހަލަ ގޮތަކަށެވެ. ނާށިގަނޑު ހިފައިގެން މެމްބަރު ގާތަށް ހިނގުމަކީ މިއަދު ވެސް ގިނަ ސިޔާސީން އެންމެ އެދޭ ގޮތެވެ.

ބ. ހިތާދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ އަށް މިފަހަރު އެ އަތޮޅު މާޅޮހު އުމުރުން 44 އަހަރުގެ އާޔަތުﷲ ހުސައިން ވާދަ ކުރަނީ އެކަން ބަދަލު ކުރުމުގެ ވަރުގަދަ އަޒުމުގަ އެވެ.

އެ އަތޮޅު މާޅޮހު ގާޒީ ހުސައިން އަބްދުއްރަހުމާން (ގާޒީ ހުސައިން) އާއި އޭދަފުށީ ދޭލިޔާ ކަތީބުގެ ފަރީޝާ އަށް ލިބިފައިވާ އާޔަތުﷲ އުފަންވެ، އުޅެ ބޮޑުވީ އަދި ގުރޭޑު ހަތަކާ ހަމައަށް ތައުލީމު ހާސިލުކުރީ ވެސް އޭދަފުށީގަ އެވެ.

އެއަށް ފަހު 1993 ގައި މާލެ ބަދަލުވެ، ގްރޭޑު ހަތެއް ފުރިހަމަ ކުރުމަށް ފަހު ދެން ބަދަލުވީ މަޖީދިއްޔާ ސްކޫލު ގްރޭޑު އަށަކަށެވެ. އެސްއީސީ (މިހާރު ސީއެޗްއެސްއީ) ނިންމުމަށް ފަހު، ދެން އުދުއްސައިގަތީ ހަމިންބާޑުގައެވެ. އެ ހެލިކްޕްޓަރުގެ ކްރޫއަކަށް އުޅުމަށް ފަހު، ފީނައިގަތީ ވޭލް ސަބްމެރިންގައެވެ. އެސިސްޓެންޓު ޕައިލެޓެއްގެ ގޮތުގައި އޭނާ ދުވަސްތަކެއް ވަންދެން އޭނާ ސަބްމެރިން ދުއްވިއެވެ.

އެއަށް ފަހު އާޔަތުﷲ ދެން ވަނީ ސްޓެލްކޯ އަށެވެ. އެތަނުގައި އުޅެނިކޮށް ލިބުނު ފުރުސަތެއްގައި އިލެކްޓްރިކަލް އިންޖިނިއަރިން ދާއިރާއިން ޑިގްރީ އަށް ކިޔެވުމަށް މެލޭޝިއާ ދިޔަ އެވެ. އެ ދުވަސްވަރަކީ، މި ފަހުގެ އިސްލާހީ ހަރަކާތްތައް ރާއްޖޭގައި ފެށި، ކޯދުލައި ހެދި، ބޮޑުވެ، އެންމެ ފަހުން ސިޔާސީ ޕާޓީތައް ވެސް އުފަންވި ދުވަސްވަރެވެ.

އޭގެ ކުރިން ސިޔާސީ ހަރަކާތާއި މިނިވަން ހިޔާލަކީ ބޮޑު ފޮށްޓަށް ލައި ތަންޑު އަޅުވައިފައި ބާއްވަންޖެހޭ އެއްޗެކެވެ. އެ މިނިވަންކަން ހޯދުމަށްޓަކައި އިސްލާހީ ހަރަކާތްތައް އެ މީހަކަށް ވެވުނު ކަމެއް ވެނުނު ގޮތަކަށް އެދުވަސްވަރު ކުރަމުން ދިޔަ އެވެ. އޭގެ އެއް ކަމަކީ ނުގޮތަކަށް ނެރެމުންދިޔަ ސަންދާނު ނޫހާއި ދިވެހި އޮބްޒާވަރެވެ. އޭރު ސިއްރިޔާތުގައި ނެރެ، އީމެއިލުން ފޮނުވަމުން ދިޔަ ސަންދާނު ޕްރިންޓުކޮށްގެން އެހެން މީހުންނަށް ފޯރުކޮށް ދެނީ ވެސް ބިރުންތިބެ އެވެ. ނަމަވެސް، އާޔަތުއްﷲ އެކަން ކުރަމުންދިޔައީ ޒުވާން ޖޯޝުގަ އެވެ.

“އަހަރެންމީ ސްޓެލްކޯތެރޭގައި ސަންދާނު ބަހަން އުޅުނު މީހެއް،” ތާރީހުގެ އެ ސަފުހާތަކުގެ ހަނދާންތައް އައު ކުރަމުން އޭނާ ކިޔައިދިނެވެ.

ކިޔަވައި ނިންމައި 2006 ގައި މާލެ އައިއިރު އާޔަތުއްﷲގެ ފިކުރު މައުމޫނުގެ ސަރުކާރާ އިދިކީލިކަން އެނގޭތީ ބެހެއްޓީ “އެކަހެރިކޮށްފަ” އެވެ. ނަމަވެސް، އެއްވެސް މީހަކު ހަވާލު ނުވި ޕްރޮޖެކްޓެއް އޭނާއާ ހަވާލުކުރި އެވެ. އެއީ ކުނިގޮނޑެއްގެ ގޮތުގައި، މެހި މާބުރު ރަސްކަން ކުރަމުން ދިޔަ ތިލަފުށީގައި އާ އިންޖީނުގެ އަކާއި ކޭބަލް ނެޓްވޯކް އެޅުމެވެ.

އެ މަސައްކަތް ހަވާލުކުރި މުއްދަތުގެ ކުރިން އޭނާ ނިންމި އެވެ. ނަމަވެސް އެ މަސައްކަތުގެ ތެރެއިން ކުރިމަތިވި ކަންކަމަކީ ސްޓެލްކޯއިން އޭނާ ވަކިވުމުގެ ފެށުމެވެ. އާޔަތުﷲ ސަސްޕެންޑުކުރީ ތިލަފުށީގައި މައުމޫނަށް ނިސްބަތްކޮށް އޭރު ކިޔަމުންދިޔަ ނަން ބޮޑުކޮށް، ކުދިބަތުން ފަވައިލުމުގެ ތުހުމަތުގަ އެވެ. އެ ތުހުމަތަށް އާޔަތުﷲ އިންކާރުކުރުމުން، ރާއްޖޭގެ އެންމެ އުތުރުގައި އޮތް ތުރާކުނަށް ވަޒީފާ ބަދަލުކުރާނެ ކަމަށް ބުނެ އޭނާއަށް އިންޒާރު ދިނެވެ. “ވަޒީފާގެ ބިރެއް ނުދެއްކޭނެ” މި ޖުމުލައަކީ އޭރު އާންމު ޖުމުލައަކަށް ނުވިޔަސް، އެ އިންޒާރަށް އާޔަތުﷲ ދިން ރައްދަކީ އެޔެވެ.

“އަހަރެން ބުނިން ބިރެއް ނުދެއްކޭނޭ. ތުރާކުނަށް ފެކްސްކޮށްލާށޭ. އަހަރެން ދާނެ ތުރާކުނެއް ނޯންނާނޭ،” އެ ދުވަހު އާޔަތުﷲ ދެއްކި ހިތްވަރުގެ ހަނދާންތައް އޭނާ ހިއްސާކުރި އެވެ.

ފަރުދީ ހައްގާއި މިނިވަންކަމުގެ ވާހަކަ ދައްކަން ކެރޭނީ އޭރު މަދު މީހަކަށެވެ. އެ ލިސްޓުގައި ހިމެނޭ އާޔަތުﷲ މިހާރު އެ ހުރީ، ސިޔާސީ ހަޔާތުން ފެނުނު މަންޒަރާއި ތަޖުރިބާ އާއެކު ރަނގަޅު ސިޔާސަތުތަކެއް ނެރެން މަސައްކަތް ކުރުމަށް އެމްޑީޕީގެ ޓިކެޓު ހޯދުމަށް ނުކުމެ އެވެ.

އޭނާއަކީ އެ ޕާޓީއަށް އާ ނަމެއް ނޫނެވެ. 2007 ވަނަ އަހަރުގެ ވެރިކަމުގެ ނިޒާމުގެ ވޯޓާ ހަމައިން ފެށިގެން ކޮންމެ ކެމްޕޭނެއްގައި އާޔަތުﷲ ބައިވެރިވެ އެވެ. ގައުމީ މަޖިލީހުގެ މެމްބަރު ކަމާއި އޭދަފުށި ދާއިރާގެ ނައިބު ރައީސެއްގެ ގޮތުގައި ދެ ދައުރު ހިދުމަތް ކުރެއްވި އެވެ.

ބައެއް މީހުން ފަހި ފުރުސަތާއި އަމިއްލަ އެދުމުގައި ޕާޓީ ދޫކޮށްލި ނަމަވެސް، އާޔަތުﷲ ގަބޫލުކުރަނީ ހެޔޮ ބަދަލެއް، ހެޔޮ ސިޔާސަތެއް ތަންފީޒުކޮށް ދެވޭނީ އަދިވެސް އެމްޑީޕީ އަށް ކަމަށެވެ.

"އެމްޑީޕީއަކީ ހަ ބިލިއަންގެ އިގުތިސޯދު 33 ބިލިއަންގެ އިގުތިސޯދަކަށް ބަދަލުކޮށްލި ޕާޓީ. ފޮތް ފަންސުރާއި ބޭސް ސިޓީއަށް ސަލާންޖެހުން ނިމުމަކަށް ގެނައި ޕާޓީ. ފެނާއި ނަރުދަމާ އާއި މަގުހެދުމުގެ ވާހަކަތައް ސިޔާސަތެއްގެ ދަށުން ފެށި ޕާޓީ. ގެސްޓު ހައުސް ތައާރަފުކޮށް އަތްމަތި ތިޔާގިކޮށް ދިން ޕާޓީ. ކަރަންޓުގެ އަގު ހަމަހަމަ ކުރި ޕާޓީ. މިފަދަ އެތައް ބަދަލެއް އެމްޑީޕީން ގެނައި. އަޅުގަނޑަށް އެމްޑީޕީއާއެކު މަޖިލީހުގެ ތެރެއިން ގައުމަށް ހެޔޮ ބަދަލެއް ގެނެސްދިނުމަށް މަސައްކަތް ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް" - އާޔަތުﷲ ބުންޏެވެ.

މިއަދު އޭނާ ހެޔޮވަރުގެ ވިޔަފާރިއެއް ހިންގަ އެވެ. ކޮންޓްރަކްޝަން މަސައްކަތުގެ އިތުރުން އޭނާގެ އަމިއްލަ ރަށް، ބ. މާޅޮހުގައި ފެންވަރު ރަނގަޅު ގެސްޓުހައުސްއެއް ހުރެ އެވެ.

“މި ހުރިހާ ކަމަކީ ވެސް ހިތްވަރުން ލިބުނު ކާމިޔާބު،” އޭނާ ބުންޏެވެ.

ގިނަ ޕާޓީ އެކުލެވޭ ނިޒާމުގެ ފާލުގައި ކަންކަން ގެންދިޔުމަށް ތަޖުރިބާ މުހިންމެވެ. އާޔަތުﷲގެ ތަޖުރިބާއާމެދު، އޭނާ ދަންނަ އެކަކުވެސް ސުވާލެއް ނުއުފައްދަ އެވެ.

"އާޔަތުﷲ އަކީ ކޮމިޓްމެންޓެއް ވިއްޔާ ފުރިހަމަ ކުރާ މީހެއް" - އޭނާގެ އެކުވެރިޔާ އަދި ޕްރައިމަރީގެ ކެމްޕޭނު މެނޭޖަރު ބުންޏެވެ.

ބ. އަތޮޅަށް، ހާއްސަކޮށް އުފަން ރަށަށް ވަރަށް ގިނަ ކަންކަން އަމިއްލަ ގޮތުން ވެސް، އަދި ކުރިން އުފައްދައިގެން ހިންގި ޖަމިއްޔާއިން ވެސް އޭނާ ވަނީ ކޮށްދީފަ އެވެ.

މިހާރު އޭނާ ކުރިމަތި އެލަނީ އެއަށް ވުރެ ބޮޑު، އަދި ޒިންމާދާރު މަގާމަކަށެވެ. އެހެންވެ، އެމްޑީޕީގެ ޕްރައިމަރީ އަންނަ ހޮނިހިރު ދުވަހު އޮންނައިރު، އާޔަތުﷲ އެދެނީ އޭނާ އަށް އެ ޒިންމާ އަދާކުރުމުގެ ފުރުސަތު ދިނުމަށެވެ.

މެމްބަރަކަށް ވެއްޖެ ނަމަ، އޭނާ ދޭ ޔަގީން ކަމަކީ ކުރިން ވެސް ވަކާލާތު ކުރި ގޮތަށް ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާނެ ކަމެވެ. ދާއިރާގެ ތަރައްގީ އާއި ރައްޔިތުންގެ ފަސޭހައަށް މަސައްކަތް ކުރާނެ ކަމެވެ. ކުރާނެ ކަމަށް ބުނާ ކަންކަމާއި ވާ ވައުދު ފުއްދައި ދޭނެކަމުގެ ޔަގީން ކަމެވެ. މެމްބަރަކަށް ވުމަށްފަހު ވެސް ގުޅޭނެ ކަމާއި ބައްދަލުވާނެ ކަމުގެ ޔަގީންކަމެވެ.

~ މިއީ އާޔަތުﷲ ހުސައިން “އަދަދު” ނޫހަށް ދިން ބަސްދީގަތުމާއިއެކު އެ ނޫހުން ޝާއިއު ކޮށްފައިވާ ލިޔުމެކެވެ ~