News Network - : މެދުއިރުމަތި

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ހުށަހެޅި އެއްބަސްވުމުގަ ފޮރުވިފައިވަނީ ގަތުލުއާންމު ކުރިއަށް ގެންދިއުން: ހަމާސް
ގައްޒާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އިއްޔެ ހުށަހަޅާފައިވާ ހުށަހެޅުމަކީ ގައްޒާގައި "މީހުން މެރުމާއި ބަނޑުހައިހޫނުކަން" އިތުރަށް ދެމިގެންދާނެ ހުށަހެޅުމެއް ކަމަށާއި، ނަމަވެސް އެއެއްބަސްވުމާއި ގުޅޭގޮތުން އަދިވެސް މަސްވަރާ ކުރަމުން އަންނަ ކަމަށް ފަލަސްތީނުގެ ހަމާސްއިން ބުނެފިއެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލައިން ލެވިޓް ބުރާސްފަތި ދުވަހު ބުނީ، އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ޓްރަމްޕްގެ ސަރުކާރުގެ މެދުއިރުމައްޗަށް ކަނޑައަޅާފައިވާ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އެ ހުށަހެޅުން ހަމާސްއަށް ހުށަހަޅާފައިވާ ކަމަށެވެ.

ހަމާސްގެ ސިޔާސީ ބިއުރޯގެ މެންބަރު ބާސިމް ނައީމް ރޮއިޓާޒް އަށް ކިޔަދިން ގޮތުގައި، އެ ހުށަހެޅުމަކީ "އަޅުގަނޑުމެންގެ ރައްޔިތުންގެ އެއްވެސް އެދުމަކާ، އަދި އެންމެ މުހިންމުކަންތައް ކަމަށްވާ ހަނގުރާމަ ހުއްޓާލުމުގެ އެދުމާވެސް ނުގުޅޭ" ހުށަހެޅުމެއް ކަމަށެވެ. "ނަމަވެސް، ހަމާސްގެ ލީޑަރޝިޕުން މި ހުށަހެޅުމަށް ދޭނެ ޖަވާބަކާމެދު ޒިންމާދާރުކަމާއެކު ފުރިހަމައަށް ދިރާސާ ކުރަމުން އެބަގެންދޭ،" ނައީމް އިތުރަށް ވިދާޅުވިއެވެ.

މި އާ ހުށަހެޅުމުގެ ތަފްސީލުތައް އާންމުކޮށްފައި ނުވި ނަމަވެސް، ހަމާސްގެ އިސް ފަރާތެއް ކަމަށްވާ ސާމީ އަބޫ ޒުހުރީ ރޮއިޓާޒްގަ ބުނީ، އެންމެ މުހިންމު ކަމެއްގެ ގޮތުގައި ގައްޒާގައި ހިންގާ ހަނގުރާމަ ނިމުމަކަށް ގެނައުމާއި، އިސްރާއީލު ސިފައިން އެ ސަރަހައްދުން ބޭރުކުރުމާއި، އަދި ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ އެ ސަރަހައްދަށް އެހީ ވެއްދުމަށް އިސްރާއީލުން ވައުދުވެފައި ނުވާ ކަމަށެވެ.

އިސްރާއީލުގެ ސިޔާސީ ތަޖުރިބާކާރެއް ކަމަށްވާ އަގީވާ އެލްދާރު، އަލްޖަޒީރާއަށް ދިން ބަސްދީގަތުމެއްގަ ބުނީ، ހުށަހެޅުމަކަށް އިސްރާއީލުން އެންމެ ފުރަތަމަ އެއްބަސްވުމަކީ "އާދަޔާ ހިލާފު" ކަމެއް ކަމަށާއި، ހުށަހެޅުމަކީ ހަމާސްއަށް ގަބޫލުކުރަން ނުކުޅެދޭނެ ހުށަހެޅުމެއް ކަމަށް ބަލައި، އެމީހުންނަކީ "ނުބައި މީހުން" ކަމަށް ދައްކައި ހަނގުރާމަ ކުރިއަށް ގެންދިއުމަށް ނަތަންޔާހޫ މަސައްކަތް ކުރަނީ ކަމަށް ވެދާނެ ކަމަށެވެ. "މީގެ ކުރިންވެސް މިކަން ހަމަ މިހެން ހިނގާފައިވޭ. އަދި ނަތަންޔާހޫ އެކަމުގެ ޒިންމާ އެމީހުންގެ ބޮލުގައި އެޅުވި،" އެލްދާރު ބަޔާން ކުރިއެވެ.

ގައްޒާގައި ހަނގުރާމަ ހުއްޓާލުމަށް މިހާތަނަށް ކުރެވުނު މަސައްކަތްތައް ނާކާމިޔާބުވެފައިވަނީ، ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ސަރުތުތަކާ މެދު ހުރި ބޮޑެތި ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުންނެވެ. އޭގެ ތެރޭގައި ހަމާސްއިން ހަތިޔާރު އެއްކޮށް ބެހެއްޓުމަށް އިސްރާއީލުން ގޮވާލުމާއި، އިސްރާއީލުގެ ސިފައިން ގައްޒާއިން ފޭބުމަށް ފަލަސްތީނުގެ ޖަމާއަތުން ގޮވާލުން ހިމެނެއެވެ.

މި އެންމެ ފަހުގެ ހުށަހެޅުމާ ގުޅޭ ރިޕޯޓުތައް އައިސްފައިވަނީ، މި ހަފުތާގެ ކުރީކޮޅު، ވިޓްކޮފާ އެކު ހަނގުރާމަ ހުއްޓާލުމުގެ "އާންމު އޮނިގަނޑަކަށް" އެއްބަސްވެވިފައިވާ ކަމަށާއި ހަމައެކަނި "އެންމެ ފަހުގެ ޖަވާބަކަށް" އިންތިޒާރު ކުރަމުންދާ ކަމަށް ހަމާސްއިން ބުނެފައި ވަނިކޮށެވެ. "އަޅުގަނޑުމެން ވަނީ ވިޓްކޮފާ އެކު އާންމު އޮނިގަނޑަކަށް އެއްބަސްވެވިފަ. އެއީ ދާއިމީ ހަނގުރާމަ ހުއްޓާލުމަށް ކަށަވަރުކަން ލިބޭ، އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ގައްޒާއިން އެއްކޮށް ފޭބުމާއި ހުރަހެއް ނެތި އިންސާނީ އެހީ ވެއްދުން ކަށަވަރުކޮށްދޭ އޮނިގަނޑެއް،" ކަމަށް އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ހަމާސްގެ ބަޔާނުގައިވާ ގޮތުން، މި އެއްބަސްވުމުގައި "ހަނގުރާމަ ހުއްޓާލުމަށް އިއުލާން ކުރުމުން ގައްޒާގެ ކަންތައްތައް ބެލެހެއްޓުމަށް ޕްރޮފެޝަނަލް ކޮމިޓީއެއް އެކުލަވާލުން" ވެސް ހިމެނޭ ކަމަށެވެ. މި އެއްބަސްވުމުގެ ބައެއްގެ ގޮތުގައި، 60 ދުވަހުގެ ތެރޭގައި ހަނގުރާމަ ހުއްޓާލައި، އިސްރާއީލުގެ ސިފައިން ގައްޒާއިން ފައިބައިގެންދާނެކަން ޓްރަމްޕްވެސް ކަށަވަރުކޮށްދެއްވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.