News Network - : ވައްޓަފާޅި
ތުއްތު/ކުޑަކުދިން އެކުދިންގެ އެއްޗެހި ހިއްސާނުކުރަނީ ކީއްވެ؟
ކުޑަކުދިން ކުޅޭ އެއްޗެހި ހިއްސާނުކުރުމަކީ ކޮންމެހެން މައްސަލައެއް ނޫނެވެ.
އެއީ އެކުދިންގެ އަމިއްލަ ނަފްސާއި، މިލްކުވެރިކަމާއި، އަދި އަމިއްލަވަންތަ  އިމެއް، ކަނޑައެޅުމަށް ދަސްވަމުންދާ ދުވަސްވަރެއްގައި ފެންނާނެ އާދައިގެ (ނަފްސާނީ) ތަރައްޤީ މަރުހަލާއެކެވެ.
މިއީ އެކުދިންގެ ކިބައިގައި ހުންނަ އަމިއްލަ އެދުން ބޮޑުކަމެއް ނޫނެވެ. އެއީ އެ އުމުރުގައި ކުޅޭ އެއްޗެހި ހިއްސާކުރުމަށް ބޭނުންވާ ސިކުނޑީގެ ހުނަރުތައް އެކުދިންގެ ކިބައިގައި ތަރައްގީ ވަމުން އަންނަ ދުވަސްވަރު ފާހަގަ ކުރެވިދާނެ ސިފައެކެވެ. ނަމަވެސް، މިއީ އެކުދިން ބޮޑުވަމުން އަންނައިރު، ވަކި ތަރުތީބަކުން ކުޅެން ދަސްކޮށްދިނުމަށާއި ދީލަތިކަން ދައްކައިދިނުމަށް ލިބޭ ފުރުސަތެކެވެ.
މައިންބަފައިންނާއި، ބެލެނިވެރިންނާއި ޓީޗަރުންނާއި އަދި ކުއްޖާގެ އަހުލުވެރިން ދެނެގަނެ ހަނދާން ކުރަންވީ ކަމަކީ، ކުޑަކުދިން (ތުއްތުކުދިން) އެކުދިންނަށް ލިބޭ ނުވަތަ ސައުގުވެރިވާ އެއްޗެހި ހިއްސާކުރުމަށް މަޖުބޫރުކުރުމުން އެފަރާތްތަކަށް ކުދިންގެ ހިތުގައި އޮންނަ އިތުބާރު ގެއްލި ނަތީޖާ ގޯސްވެދާނެ ކަމެވެ. އޭގެ ބަދަލުގައި އެކުދިންގެ "މިއީ މަގޭ އެއްޗެއް" ކަމަށް ބުނާ ބުނުމަށް އިހުތިރާމްކުރުމުން، މުސްތަގުބަލުގައި، އެކުދިން ދީލަތިވުމަށް ބޭނުންވާ ރައްކާތެރިކަމުގެ އިހުސާސް ލިއްބައިދެވެއެވެ.
ކުދިން އެއްޗެހި ހިއްސާނުކުރުން މައްސަލައަކަށް ނުވަނީ ކީއްވެ؟
މިލްކުވެރިކަން ދަސްވުން:
ކުޑަކުދިން ދެކޭގޮތުގައި އެކުދިން ކުޅޭ އެއްޗެއްސަކީ އެކުދިންގެ އަމިއްލަ ނަފްސުގެ ބައެކެވެ. އެކުދިން ދަސްކުރަނީ "ތިބާގެ އެއްޗެއް" ކަމަށް ބުނުމުގެ ކުރިން "މިއީ މަގޭ އެއްޗެއް" ކަމަށެވެ.
ސިކުނޑީގެ ގާބިލިއްޔަތު ހުރި މިންވަރު:
އެއްޗެހި ހިއްސާކުރުމަށްޓަކައި އަމިއްލަ އިހުސާސްތައް ކޮންޓްރޯލްކުރުމާއި އެހެން މީހުންގެ ނަޒަރިއްޔާތުން ކަންކަމާ މެދު ވިސްނަން އެނގެންޖެހެއެވެ. މިއީ ކުޑަކުދިންނަށް އެ އުމުރުފުރާ ތަކުގައި އަދި ވަރަށް އުނދަގޫ ކަމެކެވެ.
އަމިއްލަ އިމެއް ކަނޑައެޅުން:
އެކުދިންގެ ތަކެތި ހިއްސާކުރަން ދެކޮޅުހެދުމަކީ އެކުދިންގެ ކިބައިގައި ސިއްހަތު ރަނގަޅު އަމިއްލަ އިރާދައެއް (އިހްތިޔާރާއެކު ގޮތްނިންމުން) ހުރިކަން ހާމަކޮށްދޭ ކަމެކެވެ.
އަމިއްލަ އެދުން ބޮޑުވުމެއް ނޫން:
އެއްޗެހި ދޭން ބޭނުންނުވުމަކީ އެކުދިން ނުބައި ނިޔަތެއްގައި ކުރާ ކަމެއް ނޫނެވެ. ނަމަވެސް އެއީ ހެދި ބޮޑުވެ ނަފްސާނީގޮތުން ތަރައްގީވަމުން އަންނަ މަރުހަލާގައި ކުރިމަތިވާ އާދައިގެ ކަމެކެވެ.
މަޖުބޫރުން ހިއްސާކުރުވުމުގެ ބަދަލުގައި ކުރެވިދާނެ ކަންތައްތައް:
ވަކި ތަރުތީބަކުން ކުޅެން ދަސްކޮށްދިނުން:
އެކަކަށް ފަހު އަނެކަކު ކުޅުމަކީ ހިއްސާކުރުމަށްވުރެ ކުދިންނަށް ދަސްކުރަން ފަސޭހަ ކަމެކެވެ.
ދީލަތިކަމުގެ ނަމޫނާ ދެއްކުން:
ތިބާގެ ތަކެތި އެހެން މީހުންނާ ހިއްސާކުރާ މަންޒަރު ކުދިންނަށް ދައްކައިދޭށެވެ.
މިލްކުވެރިކަމަށް އިހުތިރާމްކުރުން:
ކުއްޖާ ވަރަށް ލޯބިވާ އެއްޗެއް އަތުލައި އެހެން ކުއްޖަކަށް ނުދޭށެވެ. އެހެން ހެދުމުން އެކުދިންގެ ތަކެތި ރައްކާތެރި ނޫންކަމުގެ އިހުސާސް އެކުދިންނަށް ކުރެވެއެވެ. މިއީ އެކުދިންގެ ނަފްސީ އިތުބާރު ކުޑަވެ އެކަނިވެރިކަން އިހްތިޔާރު ކުރާނެ ކަމެކެވެ.
ގާތުގައި ތިބެގެން ކުޅުމަށް ހިތްވަރުދިނުން:
އެއްކުއްޖަކު އަނެއް ކުއްޖަކާ ގުޅިގެން ނުކުޅުނު ކަމުގައި ވިޔަސް، ކޮންމެ ކުއްޖަކު އަމިއްލަ އެއްޗަކާއެކު އެހެން ކުދިންގެ ކައިރީގައި ކުޅެން ފުރުސަތު ދޭށެވެ.
ރަނގަޅު ކަންކަމަށް ތައުރީފުކުރުން:
އެކުދިން ގުޅިގެން މަސައްކަތްކުރުމުން ނުވަތަ ކާ އެއްޗެއް ފަދަ އެއްޗެއް ހިއްސާކުރުމުން އެކަމަށް ތައުރީފުކުރާށެވެ.
ފިކުރާއި ނަފުސާނީ ދުޅަހެޔޮކަން
މަޝްހޫރު މުސްލިމު ސައިންސްވެރިޔާ، އިބުނު ސީނާ ވިދާޅުވެފައިވެއެވެ. "ފިކުރުތަކުގެ ބާރުގެ ސަބަބުން އެހެންޏާ ބަލިވެއެވެ. ނުވަތަ ޝިފާލިބެއެވެ."
އޭނާގެ، އެ ބަސްފުޅަކީ އަމިއްލަފުޅަށް އެކަން ތަޙުލީލު ކުރެއްވުމަށްފަހު، ވިދާޅުވެފައިވާ ބަސްފުޅެކެވެ. އެގޮތުން، އެކަން ތަޙުލީލު ކުރެއްވުމަށްޓަކާ، އިބުނު ސީނާ، ކުޑަކުޑަ ދެ ކަންބަޅި، ވަކި ދެ ކޮށްޓެއްގައި ބަންދުކުރެއްވިއެވެ. ދެ ކަންބަޅިއަކީވެސް އެއް ޢުމުރެއްގެ، އަދި އެއް ބަރުދަނެއްގެ ދެ ކަންބަޅިއެވެ. އަދި އެ ދެކަންބަޅިއަށް ކާން ދެއްވީވެސް ހަމަ އެކައްޗެކެވެ. އެއްވެސް ތަފާތު ކުރެއްވުމެއް ނެތެވެ.
އެއަށްފަހު، އިބުނު ސީނާ ތިންވަނަ ކޮށްޓެއް ހައްދަވައި، އެ ކޮށީގައި، ހިޔަޅެއް ބަންދު ކުރެއްވިއެވެ. އަދި ކުރިން ބަންދު ކުރެއްވި ދެ ކަންބަޅީގެ ތެރެއިން، އެއް ކަންބަޅިއަށް އަބަދުވެސް އެ ހިޔަޅު ފެންނަގޮތަށް، އަދި އަނެއް ކަންބަޅިއަށް އެއްގޮތަކަށްވެސް ހިޔަޅު ނުފެންނަ ގޮތަށް، ކޮށިތައް ބެހެއްޓެވިއެވެ.
މަސްތަކެއް ފަހުން، ހިޔަޅު ފެންނަގޮތަށް ބަންދުކުރައްވާފައި އޮތް ކަންބަޅިއަށް، އާދަޔާއި ޚިލާފު ގޮތްތަކެއްވެ، ބޭޤަރާރުވެ، ހެދިބޮޑުވުން ކަމީނާވެ، އަދި ބަރުދަން ލުއިވާން ފެށިއެވެ. އަދި އެންމެފަހުން، އެ ކަންބަޅި ބަލިވެ އަނަރޫފަ ވެގެން ގޮސް އެސޮރު މަރުވެއްޖެއެވެ. ހިޔަޅު ނުފެންނަގޮތަށް ބަންދު ކުރައްވާފައި އޮތް ކަންބަޅި، ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިއޮތެވެ.
ހިޔަޅު ފެންނަ ގޮތަށް ބަންދު ކުރައްވާފައި އޮތް ކަންބަޅިއަކަށް، ހިޔަޅުގެ ފަރާތުން އެއްވެސް ޖިސްމާނީ ގޯނާއެއް ނުލިބެއެވެ. އެހެން ނަމަވެސް، އެ ކަންބަޅިއަށް ނަފުސާނީގޮތުން ބިރުވެރިކަމާއި، ހާސްކަން ކުރިމަތިވެ، ޅަޢުމުރުގައި އޭތި މަރުވީއެވެ. އަދި، ހިޔަޅު ނުފެންނަ ގޮތަށް ބަންދު ކުރައްވާފައި އޮތް ކަންބަޅި އޮތީ ހިތް ހަމަޖެހި އުފަލުންނެވެ. އެ ކަންބަޅިއަކަށް ނަފުސާނީގޮތުން އެއްވެސް އަސަރެއް ނުކުރެއެވެ. އެހެންކަމުން، ދުޅަހެޔޮކަމާއެކު ބަރުދަން އިތުރުވެ ރަނގަޅު ޞިއްޙަތެއްގައި ދެމިއޮތީއެވެ.
އެ ތަޖުރިބާއިން، ނަފުސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން އިބުނު ސީނާ ހާމަކޮށް ދެއްވިއެވެ. ވީމާ، ބޭނުމެއް ނެތް، ހާސްވުންތަކާއި، ކަންބޮޑުވުންތަކުން އަމިއްލަ ނަފުސަށް އުނދަގޫ ނުކުރާށެވެ.
އިބުނު ސީނާ އަލިއަޅުއްވާ ލައްވާފައިވަނީ ސިކުނޑިއާއި، ހަށިގަނޑާ ދެމެދު އޮންނަ ވަރުގަދަ ގުޅުމުގެ މައްޗަށެވެ. ނައްސި ފިކުރުތަކުން ޞިއްޙަތަށް ގެއްލުން ލިބޭއިރު، ފައްސި ވިސްނުމުން ޝިފާލިބުމަށް އެހީތެރިވެދެއެވެ. އިބުނު ސީނާގެ އެ ބަސްފުޅަކީ، ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށްޓަކާ، ދުޅަހެޔޮ ޒިހުނިއްޔަތެއް ތަރުބިއްޔަތު ކުރުމުގެ މުހިންމުކަމާއި، އަދި އެކަމަށް ހިތްވަރުދޭ ބަސްފުޅެކެވެ.
އެއިން ދައްކުވައިދެނީ ޒިހުނީ އާދަކާދައިން، ޙަޤީޤަތަށް އަސަރުކުރުވާ ގޮތެވެ. އިންސާނާ، އޭނާގެ ފިކުރުތައް ކިޔަމަންކުރުމުން، ޒާތީ ތަބުދީލީ ނުވަތަ ޓްރާންސްފޮމޭޝަނަށް މަގުފަހިކޮށްދެއެވެ.
މަސްދަރު:. އަވިއްސެނާ، "ކޮންސަރނިންގ ދަ ސޯ
~ ޙަސަން ލުތުފީ ~
މީރު ބަޓަރ ޗިކަން ރަހަފަތް
ޗުއްޓީއަށް ދިއުމުގެ ކުރިން ގަނޑުފެން ތައްޓަކަށް ލާރިއެއް ލާފައި އަލަމާރީގައި ބެހެއްޓުމުން ވަނީ ކީތް؟
ޗުއްޓީއަށް ނުވަތަ ދުވަސްކޮޅަކަށް ގެއިން ދިއުމުގެ ކުރިން، ގަނޑުފެން ތައްޓަކަށް ލާރިއެއް ލާފައި އައިސް އަލަމާރީގެ ގަނޑުކުރާ ބައިގައި ބަހައްޓާފައި ދިއުމަކީ، އަލަމާރީގައި ހުރި ކާބޯތަކެތީގެ ރައްކާތެރިކަން ވަޒަން ކުރުމަށް ފަހަކަށް އައިސް ގިނަބަޔަކު ބޭނުންކުރާ އުކުޅެކެވެ.
ޗުއްޓީއެއްގައި ނަމަވެސް ދުވަސްކޮޅަކަށް ގެއިން ބޭރަށް (ނުވަތަ ރަށުން ބޭރަށް ދަތުރު) ދިއުމުގެ ކުރިން އެކިއެކި ތައްޔާރީތައްވެ، އައިސް އަލަމާރީގައި ބަހައްޓާފައި ހުންނަ ބައެއް ތަކެތި ހުސްކޮށް ހެދުމަކީ އާއްމު ކަމެކެވެ. ނަމަވެސް ގަނޑުކުރާ ބައިގައި ހުންނަ ތަކެތި ހުންނަނީ ސުން ޑިގްރީ ނުވަތަ ނައްސި 5 އާއި 12 ޑިގްރީއަށްވުރެ ދަށުގައި ކަމުން އެތަކެއްޗަކީ ހަލާކުނުވެ ކެއުން ބުއިމަށް ރައްކާތެރި ހާލަތުގައި ގިނަދުވަހު ހުންނަ ތަކެއްޗެވެ. އެހެންކަމުން ގިނަފަހަރަށް އެތަކެތި ބަހައްޓާފައި ދަނީއެވެ.
އެހެންނަމަވެސް އެ ތަކެތި ރައްކާތެރިކޮށް ހުންނާނީ، އަލަމާރީގެ ފިނިހޫނުމިން އެމިންގަނޑުގައި ހިފެހެއްޓިފައި ހުންނަ ނަމައެވެ. އަލަމާރި ހަލާކުވެ ނުވަތަ ކަރަންޓު ކެނޑިއްޖެނަމަ އަލަމާރީގެ ފިނިހޫނުމިން މައްޗައްގޮސް، އެހާލަތު ބަދަލުވާގޮތް ވެއެވެ.
މިކަން ދެނެގަތުމަށް ފަހަކަށް އައިސް މީހުންކޮށް އުޅޭ ކަމަކީ، ފެންތައްޓެއް ގަނޑުކުރުމަށްފަހު، ގަނޑުފެން ތަށީގެ މަތީގައި ދަނގަޑު ނުވަތަ ލޮއިގެ ލާރިއެއް (1 ރުފިޔާ ނުވަތަ 2 ރުފިޔާ) ބާއްވާފައި، އެ ގަނޑުފެންތަށި، އައިސް އަލަމާރީގެ ގަނޑުކުރާ ބައިގައި ބަހައްޓަނީ އެވެ.  ޗުއްޓީއިން އެނބުރި އައިސް، ލާރި ބާއްވާފައި އޮތް ތަށި ނަގާ ބަލާއިރު؛
ލާރި އޮތީ ބޭއްވިއިރު އޮތްގޮތަށް މަތީގައިނަމަ، ދޭހަވަނީ އަލަމާރިން ކަރަންޓު ނުކެނޑޭކަމާއި، އޭގައި ހުރި ކާބޯތަކެތީގެ ގަނޑުކަން ހުރިގޮތަށް ހުރި ކަމެވެ. އެތަކެއްޗަކީ ބޭނުންކުރަން ރައްކާތެރި އެއްޗެތިކަމެވެ.
ބޭއްވި ލާރި ކޮންމެވެސް ވަރަކަށް އަޑިއަށް ގޮސްފައި އޮވެ، ތަށިގައި ހުރި ފެންހުރީ ގަނޑުވެފައި ކަމަށްވާނަމަ، ކަރަންޓު ކެނޑުނު ނަމަވެސް މާގިނައިރު ނުވަނީސް (އެހެނީ ގަނޑުކަން މުޅިން ނުފިލަނީސް) ކަރަންޓު އަލުން އައިސް އޭގައި ހުރި ތަކެތި ހުރީ ރައްކާތެރިކަމުގައެވެ.
ލާރި އޮތީ ތަށީގެ ފުލުގައި ކަމަށް ވާނަމަ، އޭގައި ހުރި ފެން ގަނޑުވެފައި ހުއްޓަސް ނުވަތަ ދިޔާވެފައި ހުއްޓަސް ދޭހަވަނީ، އަލަމާރީގައި ހުރި ތަކެތި އެއްކޮށް ގަނޑުފިލައި އެތަކެތި ބޭނުންކުރަން ރައްކާތެރި ނޫން ހާލަތަކަށް ގޮސްފައިވާކަމަށެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމާއިބެހޭ މާހިރުންނާއި މިކަމާއި ގުޅޭގޮތުން ސުވާލުކުރުމުން އެފަރާތްތަކުން ބުނާގޮތުގައި، މި އުކުޅަކީ ބުރަދަނެއް ހުރި ގޮތެކެވެ. އެހެން ނަމަވެސް (އަލަމާރީގައި ހުރި) ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަމައެކަނި މިގޮތަކުން ނުފުދެއެވެ. ގަނޑުވެފައި ހުންނަ ހުރިހާ ބާވަތަކީ އެއް މިނެއްގައި، ގަނޑުފިލާ ތަކެއްޗެއް ނޫނެވެ. މިސާލަކަށް، އައިސްކްރީމާއި، ގަނޑުކޮށްފައި ހުންނަ ހުންޏާއި، ތުނިކޮށް ފޮތިކޮށްފައި ހުންނަ މަހުގެ ބާވަތްތަކަކީ ގަނޑުފެނަށްވުރެ އަވަހަށް ގަނޑުފިލައިގެންދާ ތަކެތީގެ ތެރެއިން ދެތިން މިސާލެކެވެ. އަދި ހަމަ އެބީދައިން، އަނެއްބައި ތަކެއްޗަކީ ގަނޑުފެން ދިޔާވާ އަވަސްމިނަށްވުރެ މާލަހުން ގަނޑުފިލާތަކެއްޗެވެ. އަދި ހުރިހާ ބާވަތަކީ ގަނޑުކަން ކެނޑުނަސް ބޭނުންކުރަން ރައްކާތެރިނޫން ތަކެތިކަމުގައި ނުވެ ހިނގައިދާނެތީއެވެ.
<colgroup><col style="width: 99.8794%;"></colgroup>
ފިނިހޫނުމިން ފެންނަ ހިޓާޗީ މޮޅު އިންވަރޓަރ އައިސްއަލަމާރި
ހެސަޕް އޮޑިޓަރު ޝިޔާމް ޚާލިދު ބަޔާންކުރި ގޮތުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، އެކަމުގެ ގޮތްތަކާއި މިންގަނޑުތަކާއި، ތަބާވާންޖެހޭ ނުވަތަ އަމަލުކުރަންޖެހޭ ސްޓެންޑަރޑްތައް ހުންނަކަމާއި އެހެންނަމަވެސް ގިނަ ގޭބިސީތަކުގެ (އައިސް އަލަމާރީގައި ގަނޑުކޮށްފައި ހުންނަފަދަ ކާބޯތަކެއްޗަކީ) މާބޮޑަކަށް މޮނިޓަރކޮށް (ހޫނުފިނިމިންވެސް) ނުބަލަހައްޓާ އެއްޗިއްސަށް ވާތީ، އަދި ގިނަ ފަހަރު ވަޒަންކުރާނެ އާލާތްތައްވެސް ގޭބިސީތަކުގައި ނުގެންގުޅޭތީ، ކާބޯތަކެތި ގެންގުޅުމުގެ އެންމެ އާދައިގެ (ބޭސިކް) ގޮތަކީ، އެތަކެތި ރަނގަޅަށް (ޖަރާސީމު އަށަނުގަންނާނެ ފަދަގޮތަކަށް) ބަންދުކުރެވިފައިވޭތޯ ބެލުމާއި، އެހެން ބާވަތެއްގެ އެއްޗަކާއި އެކުވެފައި ނުވަތަ ގަޑުބަޑުވެފައި ހުރިތޯ ބެލުމާއި،  އެއްޗެއް ތާޒާކޮށް ހުންނަ އިރު ފެންނަގޮތާއި، ދުވާ ވަހަށް އައިސްފައިވާ ބަދަލަކުން ނުވަތަ އަތްލާއިރު އިހުސާސްކުރެވޭ ބަދަލަކުންވިޔަސް، ގޯސްވެފައިވާހެން ހީވާނަމަ ކެއުން ބުއިިމަށް އެ އެއްޗެއް ބޭނުން ނުކުރުމެވެ.
ރައްކާތެރި ކާބޯތަކެއްޗަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެންމެ މުހިއްމު އެއްކަންތައް ކަން ފާހަގަކޮށް ޝިޔާމް ބަޔާންކުރީ، ކާއެއްޗެއް ގޯސްވެފައިވޭތޯ ބަލަން ދިވެހިންގެ ގިނަބަޔަކު ރަހަ ބަލާކަމަށާއި، އެހެނަސް އެއީ އެއްގޮތަކަށްވެސް ކުރުން ރައްކާތެރިކަމެއް ނޫންކަމަށެވެ.
ރައްކާތެރިނޫން ކާބޯތަކެތިން ޖެހިދާނެ ބަލިތަކުގެ ތެރޭގައި ހެޕަޓައިޓިސް އާއި ބޭރަށް ހިންގުމާއި (ސެލްމަނެލޯސިސް،  ކެމްޕައިލަބެކްޓީރިއޯސިސް، ކޮލެރާ، އީކޮލައި އިންފެކްޝަން، ޝިގެއްލާ، އެމަބައިއޭސިސް ފަދަ ބަލިތަކާއި) ކާނާ ވިހަވުމާއި، ފަނިވުމާއި، ލިސްޓީރިއޯސިސް، ލެޕްޓޯސްޕައިރޯސިސް، ޓައިފޮއިޑް ހުން، ޓޮކްސޯޕްލާޒްމޯސިސް އަދި ވާބަލި (ޕޯލިއޯ) ފަދަ ބަލިތައް ހިމެނެއެވެ.
ހެނދުނުގެ އަވިން ގިނަ ފައިދާތަކެއް ލިބޭ
(ހޫނު) ގަދަ އަވިން ރައްކާތެރިވުމަކީ މުހިއްމު ކަމެއް ކަމާއި، އަވިން އެނދުމުން ކުރެވިދާނެ ފަރުވާއާއި ބެހޭގޮތުން އަޅުގަނޑުމެން އަލި އަޅުވާލާފައި ވާނެއެވެ.
ކިޔާލުމަށް: ސަންބަރން ނުވަތަ އަވިންއެނދުމުން ރައްކާތެރިވެ ގޭގައި ދެވިދާނެ ފަރުވާ
އެހެން ނަމަވެސް އަވިން ލިބޭ ފައިދާތައްވެސް މަދެއް ނޫނެވެ. އޭގެ ބައެއް ފައިދާ ތަކާއި އެފައިދާ ހޯދާނެ ގޮތާއި ބެހޭގޮތުން ހުލާސާކޮށް މިލިޔުމުގައި ބަޔާން ކޮށްލުން މުހިއްމުކަމެއް ކަމުގައި ދެކެމެވެ.
އިންސާނުން ގުދުރަތީ ގޮތުން އުފެދިފައިވާ ގޮތުން އެމީހުން ދުވާލުގެ ވަގުތު ހޭދަކުރުން ރަނގަޅީ ހާމަ ތަންތަނެވެ. އަދި ރޭގަނޑު އަނދިރިވުމަށްފަހު ގޭތެރޭގައި އުޅުމުން ހަށިގަނޑަށް މާފައިދާ ކުރެއެވެ. އަޅުނޑުމެނންގެ ހަށިގަނޑުގެ ގުދުރަތީ ގަޑި (ނެޗުރަލް ބޮޑީ ކްލޮކް) މަސައްކަތް ކުރަނީ 24 ގަޑިއިރުގެ ރިދަމް އަކަށެވެ. މިއަށް ކިޔަނީ ސިކޭޑިއަން ރިދްމް އެވެ. މިއީ ދުވާލު ގަޑީގައި ރަނގަޅަށް ހޭލާ އެލާޓަށް ތިބެ މަސައްކަތް ކުރުމަށް އެހީތެރިވެދޭ ފަދައިން ރޭގަނޑު އަރާމު ނިންޖެއް ނިދުމަށް ވެސް ބޭނުންތެރި ނިޒާމެކެވެ.
ވަކި ސަބަބެއް ނެތި ރޭގަނޑު ނިދަން އުނދަގޫވެގެން އުޅޭނަމަ އެއީ ފަހަރެއްގައި ސިކޭޑިއަމް ރިދްމްގެ މަސައްކަތް ރަނގަޅަށް ނުކުރާތީ ދިމާވާ ކަމަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ހާސް ނުވާށެވެ. ވަރަށް ފަސޭހަ  ގޮތަކަށް ކަންތައްތައް ކޮށްލައިގެން މިކަން ހައްލު ވެދާނެ އެވެ. އެއީ އިރުގެ އަލި ބޭނުންކޮށްގެންނެވެ.
ނިދުމުގައި މައްސަލަތައް ދިމާވާނަމަ އެންމެ ހެނދުނު އިރުއަރާއިރު އެ ހުންނަ އަވީގައި 20 ވަރަކަށް މިނިޓަށް ޖެހިލާށެވެ. ނުވަތަ އިރުއޮއްސެން ދާއިރު އެ ހުންނަ އަވީގައި 20 މިނިޓް ޖެހިލާށެވެ.
ހެނދުނު ހޭލެވުމާއެކު އިރުގެ އަލި ލިބުމުން ނޮކްޓާނަލް މެލަޓޯނިން (ސްލީޕް ހޯމޯން) އަވަހަށް އުފައްދަން ފަށާނެ އެވެ. މީގެ ސަބަބުން ރޭގަނޑު ފަސޭހައިން ނިދާލުމަށް އެހީތެރިވާނެ އެވެ.
އިރުގެ އައްޔަކީ ސެރޮޓޯނިން އުފައްދަން ވެސް އެހީވެދޭ އެއްޗެކެވެ. އަދި އަނދިރިވުމުން ހަށިގަނޑުން މި ބަދަލުކޮށްލަދެނީ މެލަޓޯނިން އަށެވެ. ސެރޮޓޯނިން ލެވެލް ތަންކޮޅެއް މަތިވުމަކީ މީހާގެ މޫޑު ރަނގަޅުކޮށްދޭނެ ކަމެކެވެ. ހެނދުނު އިރު އަރާ ވަގުތު އެ ހުންނަ އަލީގައި ޖެހިލުމުން އެމީހެއްގެ ހަށިގަނޑަށް އަރާމާއި ހަމަޖެހުން ލިބޭނެ އެވެ. އަދި އެ ދުވަހެއްގެ ހަތަރު ދަމުވެސް އެމީހާގެ ސިކުނޑި މަސައްކަތްކުރާލެއް ރަނގަޅުވާނެ އެވެ.
ހަމަ އެގޮތަށް ނިދުމުގެ ދެ ގަޑިއެއްހާއިރު ކުރިއްސުރެ ކޮޓަރި އަނދިރި ކޮށްފައި ބެހެއްޓުމަކީ ވެސް ނިދަން ފަސޭހަ ވާނެ ކަމެކެވެ. އޭރުން އޮށޯންނައިރު މީހާގެ ހަށިގަނޑު ހުންނާނީ ނިދަން ތައްޔާރުވެފަ އެވެ.
ގްލޯބަލް ބެލީ ލާފް ޑޭ ނުވަތަ ބައިނަލް އަގްވާމީ ހީހީ ހަލާކު ވާވަރަށް (ބަނޑަށް ތަދުވަންދެން) ހުނުމުގެ ދުވަހެއްގެ ވާހަކަ އަޑު އެއްސެވީމުތޯއެވެ؟
މިއަދަކީ އެ ދުވަހެވެ. ހީލުމުގެ އަޑު އިވުމުން ރަނގަޅު ވެގެންދަނީ ހަމައެކަނި ތިމާގެ މޫޑު (ތޮބީއަތް) އެކަންޏެއް ނޫނެވެ؛ އެއާއެކު ދުޅަހެޔޮ ކަމާއި ފިކުރުތަކުން ދުރުވެވި، ދިރިއުޅުމުގެ އުފާވެރިކަން އިހްސާސް ކުރެވެއެވެ.
މި ދުވަހަކީ ހަމަ ރަނގަޅަށް ހީލާ، ގަދައަށް ހިނިގަނޑު ޖަހާލަން ހާއްސަކުރެވި ފާހަގަކުރާދުވެހެކެވެ. އެއީ ކޮންމެ ކަމެއް ކަމުގައި ވިޔަސް މެއެވެ. ޖޯކެއް ކިޔާލައިގެން ވިޔަސް، ހެއްވާ މަޖާ (ވީޑިއޯ ކޮޅެއް ބަލާލުން ފަދަ) ކަމަކާއި ހެދި ވިޔަސް، ކޮންމެ ދުވަހަކުވެސް ހީނސަމާސާ ކޮށްލުން މުހިއްމެވެ. އެގޮތުން މިއަދު ހާއްސަވަނީ ތަންކޮޅެއް އެތެރޭން ގަދައަށް (ނުވަތަ ބަނޑަށް ތަދުވަންދެން) ހުނުމުގެ ދުވަހެއްގެ ގޮތުގައެވެ.
ހުނުމުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ “އެންޑޯފިން” ކިޔާ ހޯރމޯން އެއްގެ ސަބަބުން ހާސްކަމާއި ނުތަނަވަސް ކަން ކުޑަ ހިނދުކޮޅަކަށް ނަމަވެސް ދުރުކޮށްދީ މީހާ ހަމަޖައްސުވައި ދެއެވެ. ބައެއް ސައިކޯތެރަޕިސްޓުންގެ ތަޖުރިބާއިން އެނގޭ ގޮތުގައި، އެމީހުން ކައިރިއަށް ފަރުވާ ހޯދުމަށް އަންނަ މީހުން، ހެއްވާ މަޖާ ފިލްމެއް ނުވަތަ ސީރީޒް އެއް ނުވަތަ އެފަދަ ކޮމީޑިއަން އެއްގެ ހުށަހެޅުން ބަލާލުމުން ހިތާމަ އާއި ހާސްކަން ދުރުކޮށްދޭ ކަމަށް ބުނެފައި ވެއެވެ.
މިދުވަސް ފާހަގަ ކުރާނީ ކިހިނެތް؟
އެކި މީހުންނަށް ހިނި އަންނަނީ އެކި ކަންކަމާއި ހެދި ކަމަށް ވާއިރު، މި ދުވަކީ އެއީ ކޮން ކަމެއްކަން ހޯދައި ދެނެގަނެ، އާއިލާ އާއި ރައްޓެހިންނާއެކު ހީނސަމާސާ ކޮށްލާނީ އެވެ. މިގޮތުން؛
ހެއްވާ މަޖާ އެއްޗެއް ކިޔާލުން ނުވަތަ އެފަދަ ވީޑިއޯ ކޮޅެއް ބަލާލުން
ހުނުމުގެ ޔޯގާ ހެދުން: ކޮންމެވެސް މަޖާކަމެއް ހިތަށް ގެނެސް އަމިއްލައަށް ހުނުން
ހުނުމުގެ ބައެއް ފައިދާތައް:
ހުނުމަކީ ހަށިގަނޑު އޭގެ އަމިއްލަ ޒާތުގައި ޕެއިންކިލަރސް (ރިހުން ކަނޑުވާ މާއްދާތައް) އުފައްްދާ ކަމެކެވެ. ކުރިން ދެންނެވި ފަދައިން ‘އެންޑޯފިން’ އުފެދުމުގެ ސަބަބުން ރިހުން ތައްކަތުކުރެވޭ މިންވަރު އިތުރު ވެއެވެ.
ހުނުމުގެ ސަބަބުން ހާސްކަމާއި ނުތަނަވަސްކަން ކުޑަކޮށް ހައްޓަށް ހަމަޖެހުން ގެނުވައެވެ. އަދި އެއާއެކު، މޫޑު ރަނގަޅުވެ ނަފްސާނި ދުޅަހެޔޮކަން އިތުރުވެއެވެ.
ހަށިގަނޑުގެ ދިފާއީ ބާރު އިތުރުވުމާއި ނައްސި (ނެގަޓިވް) ވިސްނުންތަކުގެ ސަބަބުން ހަށީގައި އުފެދޭ މާއްދާތަކުން ހައްޓަށް ވާ ގެއްލުމުގެ ބަދަލުގައި، ފައްސި (ޕޮޒިޓިވް) ވިސްނުންތަކުން ހަށީގައި އުފެދޭ ‘ނިއުރޯޕެޕްޓިސައިޑްސް’ ގެ ޒަރީއާއިން ހަށިގަނޑަށް ލިބޭ ދެރައާއި ބަލިތަކުން ރައްކާތެރިވުމަށް އެހީވެދެއެވެ.
ހުނުމުގެ ސަބަބުން ލޭހޮޅިތަކުގެ ޓިޝޫތަކަށް ދޫކަން ލިބި، ލޭ ދައުރުވާން ފަސޭހަވެއެވެ.
'ބެލީ ލާފް' ރަމްޒުކޮށްދެނީ ހޭނއިރު ބަނޑަށް އަންނަ ހަރަކާތަށެވެ. ބަނޑާއި އެކު ހިތާއި ފުއްޕާމޭގެ ހަރަކާތްވެސް ހުނުމުގެ ތެރޭގައި ހިމެނި ފަސޭހަވެއެވެ.
'ބެލީ ލާފް ޑޭ' ގެ ލޯގޯގައިވާ އިރާއި 7 ދޯދި، 1 އަދި 24 އިން ރަމްޒު ކޮށްދެނީ ހަފްތާގެ 7 ދުވަހާއި، 24 ގަޑިއިރާއިި ހީލާ އުޅުމުން ދުޅަހެޔޮ ބަދަލެއް ގެނުވިދާނެ ކަމެވެ. މިދުވަސް ފާހަގަ ކުރާ ސުކޫތަކީ ދުވާލު 1:24 އެވެ.
އާފަލުގެ ފައިދާތައް-ކުރުކޮށް ފޮނިކޮށް
ހަށިގަނޑުގައި ހުންނަން ނުވާ ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދޭ
ހަކުރު ބަލީގެ މީހުން ކެއުމަށް ބަރާބަރު
ހިތުގެ ބަލިތައް ޖެހުމުން ދުރުކޮށްދޭ
ކާއެއްޗެހި ހަޖަމުވުމަށް ފަސޭހަކޮށްދޭ
ނޭވާ ހިތްލުމާ ދުރުވޭ
އާފަލަކީ ނުކައި ދޫކޮށްލެވޭ ވަރަށްވުރެ ފައިދާ ހުރި މޭވާ އެކެވެ. ދުވާލަކު އާފަލެއް ކާނަމަ އާންމު ބަލިތަކާ ވަރަށް ދުރުވެއެވެ. އާފަލުގައި އިންސާނަކަށް ބޭނުންވާނެ ނިއުޓްރިއަންޓްސް އާއި ވިޓަމިންސް ވަރަށް ގިނަ އަދަދަކަށް ހުރެއެވެ. އާފަލުގެ ތެރެއިންވެސް ފެހި އާފަލަކީ ގިނަ ގުނަ ފައިދާތަކެއް ހިމެނޭ މޭވާ އެކެވެ. ވިޓަމިން އޭ، ސީ އަދި ވިޓަމިން ކޭ ގިނަ އަދަދަކަށް އާފަލުގައި ހިމެނޭއިރު އަޔަން، ޕޮޓޭސިއަމް، ކެލްސިއަމް، އެންޓިއޮކްސިޑެންޓްސް އަދި ފްލޭވެނޮއިޑްސް ވެސް ގިނަ އަދަދަކަށް ހިމެނޭ މޭވާއެކެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި އާންމު ގޮތެއްގައި އާފަލު ބޭނުން ކުރާ މީހަކު ނޭވާ ހިއްލުމާ ދުރުވެއެވެ. އާފަލުގައި ހިމެނޭ ފްލޭވެނޮއިޑްސްގެ ސަބަބުން ނޭވާ ހިއްލުމާ ދުރުކޮށްދީ ފުއްޕާމޭގެ ކެންސަރުން ދުރުކޮށްދެއެވެ. އަދި ހަމަ އެއާއެކު ބަނޑަށް ދިމާވާ ތަފާތު މައްސަލަތަކަށްވެސް އާފަލަކީ ވަރަށް ރަނގަޅު މޭވާ އެކެވެ. އެގޮތުން އާފަލުގައި ގިނަ އަދަދަކަށް ފައިބަރ ހުރުމުން ކާއެއްޗެހި ހަޖަމުވުމަށް ވަރަށް ބޮޑު އެހީއަކަށް ވެދެއެވެ.
ކޮންމެ ދުވަހެއްގެ ކެއުމުގައި އާފަލެއް ހިމެނުމުން ލުއި ކާނާތަކާއި ހަކުރު ހިމެނޭ ކާނާތަކާ ދުރަށް ދިއުމަށްވެސް ފަސޭހަ ވެގެންދާނެއެވެ. އަދި އާފަލުގައި ހިމެނޭ ވިޓަމިން ސީ، ވިޓަމިން އޭ އަދި އެންޓިއޮކްސިޑެންޓްގެ ސަބަބުން މީހާގެ ސިއްހަތު ރަނގަޅުކޮށްދީ ޒުވާންކަން މަތީ ހުރުމަށް ވެސް އެހީތެރިވެދެއެވެ. މި މޭވާގައި ގިނަ އަދަދަކަށް ވިޓަމިން އޭ އެކުލެވިފައި ހުރުމުން ލޮލުގެ ފެނުން ރަނގަޅު ގޮތުގައި ހުރުމަށްވެސް އެހީއަކަށް ވެދެއެވެ.
ޑޮކްޓަރުން ބުނާގޮތުގައި ރަތް އާފަލަށް ވުރެ ފެހި އާފަލުގައި ހަކުރުގެ މިންވަރު މަދުވެފައި ފައިބަރގެ މިންވަރު ގިނަ އަދަދަކަށް ހުރުމުގެ ސަބަބުން ޓައިޕް ޓޫ ޑައިބެޓިކްސް ހުންނަ މީހުން ފެހި އާފަލު ކެއުމުން ހަކުރު ބަލީގެ ނުރައްކާ ކުޑަވެއެވެ. އަދި ފެހި އާފަލު ބޭނުން ކުރުން ރަނގަޅީ ތޮއްޓާ އެކުގައެވެ. އާފަލުގެ ސަބަބުން ހަށިގަނޑުގައި ހުންނަން ނުވާ ކޮލެސްޓްރޯލް ލެވެލް ދަށްކޮށްލަދޭތީ ހިތުގެ ބަލި ފަދަ ބަލިތަކުން ދުރުކޮށްދެއެވެ.
ތުއްތު ކުދިން ގާތު އަޅުގަނޑުމެން "އޭން އެޕަލް އަ ޑޭ، ކީޕްސް ދަ ޑޮކްޓަރ އަވޭ" ކިޔަމުއެވެ. ހިކުމަތުގެ ތެދު ބަސްކޮޅެކެވެ. މިއީ ހޮދު އަޅުގަނޑުމެންވެސް އަމަލުކުރުން ރަނގަޅު ބަސްކޮޅެކެވެ.
ސަންބަރން ނުވަތަ އަވިންއެނދުމުން ރައްކާތެރިވެ ގޭގައި ދެވިދާނެ ފަރުވާ
އަވިން އެނދުން މިއީ ހޫނުވުމުގެ ސަބަބުން ދިމާވެދާނެ ޞިއްޙީ މައްސަލަ އެކެވެ. އަވިން އެނދުމަކީ ހޫނުވުމުގެ ސަބަބުން ހަންގަނޑު އަދައި، ރަތްވެ، ހަންގަނޑު ދުޅަވެ، ހަމުގައި ރިހުމެވެ. ހަންގަނޑުގައި އަތްލުމުން ހޫނުކަން އިހުސާސް ކުރެވޭނެ އެވެ. އާންމު ގޮތެއްގައި މިކަން އިހުސާސް ވާނީ ހޫނު ދުވަސްވަރެއްގައި ގިނައިރު ހޫނުގެ ތެރޭގައި ނޫނީ އަވީގެ ތެރޭގައި އުޅުމުންނެވެ. އަވިން އެނދުމުން ދިމާވާ އުނދަގޫތަކަށް ލުއިކަން ލިބެނީ ހަންގަނޑު ފިނިކޮށްގެންނާއި، ކުރިމަތިވާ ރިހުމަށް ތަދުކެނޑުވުމަށް ޕެނަޑޯލް ފަދަ ބޭހެއް ބޭނުންކުރުމުންނެވެ. ނަމަވެސް އަވިން އެނދުމުގެ ސަބަބުން ހަންގަނޑަށް އަންނަ ބަދަލު ފިލައި ދިއުމަށް ދުވަސްކޮޅެއް ނެގުމަކީ އެކަށީގެންވާ ކަމެކެވެ.
ސަބަބު
އަވިން އެނދުން މިއީ އަވީގައި ގިނައިރު އުޅުމުގެ ސަބަބުންޞިއްޙީ މައްސަލައެއް ދިމާވެދާނެ ސަބަބެކެވެ. އަވިން އެނދުމަކީ ހޫނުވުމުގެ ސަބަބުން ހަންގަނޑު އަދައި، ރަތްވެ، ހަންގަނޑު ދުޅަވެ، ހަމުގައި ރިހުމެވެ. ހަންގަނޑުގައި އަތްލުމުން ހޫނުކަން އިހުސާސް ކުރެވޭނެ އެވެ. އާންމު ގޮތެއްގައި މިކަން އިހުސާސް ވާނީ ހޫނު ދުވަސްވަރެއްގައި ގިނައިރު ހޫނުގެ ތެރޭގައި ނޫނީ އަވީގެ ތެރޭގައި އުޅުމުންނެވެ. އަވިން އެނދުމުން ދިމާވާ އުނދަގޫތަކަށް ލުއިކަން ލިބެނީ ހަންގަނޑު ފިނިކޮށްގެންނާއި، ކުރިމަތިވާ ރިހުމަށް ތަދުކެނޑުވުމަށް ޕެނަޑޯލް ފަދަ ބޭހެއް ބޭނުންކުރުމުންނެވެ. ނަމަވެސް އަވިން އެނދުމުގެ ސަބަބުން ހަންގަނޑަށް އަންނަ ބަދަލު ފިލައި ދިއުމަށް ދުވަސްކޮޅެއް ނެގުމަކީ އެކަށީގެންވާ ކަމެކެވެ.
ހަށިގަނޑުން ހާމައަށް ފެންނަން ހުންނަ ހިސާބުތައް މިސާލަކަށް ކަންފަތުފޫޅު، ބޮލުގެ ހަންގަނޑު އަދި ތުންފަތް ފަދަ ހިސާބުތައް އަވިން އެނދުމަކީ ގާތް ކަމެކެވެ. ހެދުން އަޅާފައި ހުންނައިރު ވެސް މާތުނި ދޫކޯށް ހުންނަ ހެދުން ލާފައި ހުންނަނަމަ، ފަހަރުގައި އިރުގެ ދޯދިތައް މިފަދަ ހެދުން ކަނޑަތުކޮށް ހަމަށް ވާޞިލްވުމަކީ ގާތް ކަމެކެވެ. އިރުގެ އައްޔަށް އެންމެ ނާޒުކު ލޯ ވެސް އަވިން އެނދުމަކީ ގާތް ކަމެކެވެ. އަވިން އެނދުމުގެ އަލާމާތްތައް އާންމުކޮށް ފެންނަށް ފަށަނީ އަވީގައި ނޫނީ ހޫނުގައި އުޅޭތާ މަދުގަޑިއިރު ތަކެއްގެ ތެރޭގައެވެ. އަވިން އެނދުން ކުރިމަތިވާތާ ދެތިން ދުވަހުގެ ތެރޭގައި ހަށިގަނޑު އޭގެ ޒާތުގައި ރަނގަޅުވާން ފަށާނެ އެވެ. އެގޮތުން ހަމުގެ މަތީ ފަށަލަ ފޮޅި ނެއްޓިދާނެއެވެ. ބައެއް ފަހަރު އަވިން އެނދުން އެއްކޮށް ރަނގަޅުވެ، ފަސޭހަވާން ދުވަސްކޮޅެއް ނެގުމަކީ އެކަށީގެންވާ ކަމެކެވެ.
ނުރައްކާތައް
ތަކުރާރުކޮށް އިރުގެ އައްޔަށް ހުށަހެޅުމަކީ ހަންގަނޑު އަވިން އަނދައި، ހަމަށް ގެއްލުންވެ، އެހެން ބަލިތަކަށް މަގުފަހިކުރާނެ ކަމެކެވެ. އެގޮތުން ކުރިމަތިވެދާނެ ކަންތައްތަކުގެ ތެރޭގައި ހަންގަނޑު މާއަވަހަށް މުސްކުޅިވުން، ޕްރިކެންސަރަސް ސްކިން ލީޒަން އަދި ހަމުގެ ކެންސަރު ފަދަ ކަންތައްތައް ހިމެނެއެވެ.
ހަންގަނޑު މާއަވަހަށް މުސްކުޅިވުން
ތަކުރާރުކޮށް އިރުގެ އައްޔަށް ހުށަހެޅި، ހަންގަނޑު އަވިން އެނދުމަކީ ހަންގަނޑު މުސްކުޅިވުން އަވަސްވާނެ ކަމެކެވެ. އަލްޓްރާ ވައިލެޓް ދޯދިތަކަށް ހުށަހެޅިގެން ހަމަށް އަންނަ ބަދަލަށް ކިޔަނީ "ފޮޓޯ އޭޖިންގ" އެވެ. ފޮޓޯ އޭޖިންގ ގެ ސަބަބުން ނިކުންނަ ނަތީޖާގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
ހަމުގެ ވާންކަން ގެއްލި ހަމުގެ ވަރުދެރަވުން
ހަމުގައި ރޫޖެހުން
ހަންގަނޑު ހިކި ކުރަކިވުން
ކޯތާފަތް، ނޭފަތް، ކަންފަތް ފަދަ ހިސާބުގައި ހަމުން ކުދިކުދި ހިމަ ލޭހޮޅިތައް ފާޅުވެ ފެންނަން ހުރުން
މޫނު، އަތްތިލައިގެ ނުފުށް، މުލައްދަނޑި، މޭމަތި އަދި ބުރަކަށި ފަދަ ހިސާބުތަކުގައި އަދިރި ލައްތަކެއް ޖެހުން
ޕްރިކެންސަރަސް ސްކިން ލީޒަން
ޕްރިކެންސަރަސް ސްކިން ލީޒަން އަކީ އިރުގެ އައްޔަށް ހުށަހެޅޭ ހިސާބުތަކުގެ ހަމުގައި ކުރަކިކޮށް، ތޮށިލައިފައި،  ހުންނަ ޕެޗްތަކެކެވެ. އެގޮތުން މިފަދަ ޕެޗްތައް ހުންނަނީ ބޯ، މޫނު، ކަދުރާ، އަތްތިލަ ފަދަ އިރު އައްޔަށް ހުށަހެޅުމުގެ ހިރާސް ބޮޑު ހިސާބު ތަކުގައެވެ. މިފަދަ ޕެޗުތައް ގިނަ ދުވަސްވުމުން ހަމުގެ ކެންސަރަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ. މިޕެޗްތަކަށް "އެކްޓިނިކް ކެރަޓޯސީޒް"(actinic keratoses) އަދި "ސޯލަރ ކެރަޓޯސީޒް"(solar keratoses) ކިޔައި އުޅެއެވެ.
ހަމުގެ ކެންސަރު
އަވިން އެނދުމަކާ ނުލައި ވެސް ތަކުރާރުގެ އިރުގެ އައްޔަށް ހުށަހެޅުމަކީ ނޫނީ ގިނައިރު އަވީގައި އުޅުމަކީ "މިލާނޯމާ" ފަދަ ހަމުގެ ކެންސަރު ޖެހުމުގެ ހިރާސް އިތުރުކުރާނެ ކަމެކެވެ. އިރުގެ އައްޔަށް ތަކުރާރުކޮށް ހުށަހެޅުމަކީ ހަމުގައި ހިމެނޭ ޑީއެންއޭ އަށް ބަދަލުގެނުވާނެ ކަމެކެވެ. ކުޑައިރު ގިނައިން އަވީގައި އުޅުމަކީ ބޮޑުވުމުން ހަމުގެ ކެންސަރުގެ ހިރާސް އިތުރުކުރާނެ ކަމެކެވެ. ހަމުގެ ކެންސަރު އާންމުގޮތެއްގައި އުފެދެނީ ހަމުން ބޮޑަށް އިރުގެ އައްޔަށް ހުށަހެޅޭ ހިސާބުތަކުގައެވެ. މިސާލަކަށް ބޮލުގެ ހަންގަނޑު، މޫނު، ތުންފަތް، ކަންފަތް، ކަދުރާ، މޭމަތި، އަތް، އަތްތިލަ، ފައި، ފައިތިލަ  އަދި ބުރަކަށި ފަދަ ހިސާބުތަކުގައެވެ. ބައެއް ވައްތަރުގެ ހަމުގެ ކެންސަރު ފާހަގަވަނީ ހަމުގައި އިންނަ ކުޑަ އުފެދުމެއް ނޫނީ ފަސޭހައިން ލޭހިލޭ ފާރުކޮޅެއްގެ ސިފައިގައެވެ. މިފަދަ ތަންތަން ތޮށިލައި، ފަސޭހަވެ، އަނެއްކާ ވެސް އެގޮތަށް އުފެދި ދެއެވެ. ހަމުގެ ކެންސަރުގެ ވައްތަރުތަކުގެ ތެރެއިން މިލަނޯމާ ގައި ހަމުގައި އިންނަ ކަޅުތިލަ އެއް ފަދަ އެއްޗެއް ބަދަލުވެގެން ދެއެވެ. ނޫނީ އަލަށް، އަދި ޝައްކުކުރެވޭ ފަދަ ގޮތަކަށް އިންނަ ކަޅުތިލައެއް އުފެދޭގޮތް ވެއެވެ.
ލޮލަށް ގެއްލުންވުން
މާގިނައިން އިރުގެ އައްޔަށް ހުށަހެޅުމަކީ ލޮލުގެ ހާމަ ދުއްޔަށް ގެއްލުންވެދާނެ ކަމެކެވެ. އިރުގެ އަލީގެ ސަބަބުން ލޮލުގެ ލެންސް އަށް ގެއްލުންވުމުން ލޯފުސްވުން ކުރިމަތި ކުރުވައެވެ. އަވިން އަނދާފައިވާނަމަ ލޮލުގައި ރިހުން އަދި ލޮލުގައި އެއްޗެއް ޖެހޭ ކަހަލަ އިހުސާސެއް ކުރެވޭނެ އެވެ. ލޯ އަވިން އެނދުމަށް ބައެއް ފަހަރު "ސްނޯ ބްލައިންޑްނަސް" ވެސް ކިޔައި އުޅެއެވެ. މިގޮތަށް ލޮލަށް ގެއްލުން ލިބިދާނެ ކަންކަމުގެ ތެރޭގައި އިރުގެ އައްޔަށް ހުށަހެޅުން، ވެލްޑިންގ ވިދުވަރަށް ހުށަހެޅުން، ޓެނިންގ ލޭމްޕް ބޭނުންކުރުން އަދި ބްރޯކަން މާކަރީ ވެޕަރ ލޭމްޕް ބޭނުންކުރުން ފަދަ ކަންތައްތައް ހިމެނެއެވެ.
އަވަސްފަރުވާ
ހޫނުވެގެން އަނބުރައިގަންނަ މީހުން އާންމުކޮށް ވަރަށް އަވަހަށް (ގާތްގަނޑަކަށް 15-10 މިނިޓްގެ މުއްދަތެއްގެ ތެރޭގައި) އެކަށޭނަ ފަރުވާ އާއި އެކު ރަނގަޅު ކުރެވެއެވެ. މަސައްކަތުގެ މާހައުލުގައި އުޅެނިކޮށް ހޫނުވެގެން އަނބުރައިގަތުމުން އަވަސްފަރުވާގެ ގޮތުގައި ކުރެވިދާނެ ބައެއް ކަންތައްތައް:
ހޫނުވެގެން އަނބުރައިގަތް މީހާ ފިނި ހިޔާ ލިބޭ ހިސާބަކަށް ގެންދިއުން
އަނބުރައިގަންނަހެން ހީވުމުން، ފިނި ތަނެއްގައި ނޫނީ ހިސާބެއްގައި އިށީނުން ނޫނީ އޮށޯތުން
ހިތަށް އަނބުރާ ލޭ ފޮނުވުމަށް އިތުރުކުރުމަށް އޮށޯވެ ބޭއްވުމަށްފަހު ފައި މައްޗަށް އުފުލާލުން
ލަސްލަހުން ފެން ، ސްޕޯޓްސް ޑްރިންކް ނޫނީ ޖޫސް ފަދަ އެއްޗެއް ބުއިން
އަވިން އެނދުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް
ހެދުނު 10 އާއި ހަވީރު 4 އާއި ދެމެދު އަވީގައި ނުއުޅުން
އަވީގެ ތެރެއަށް ނިކުންނައިރު ސަންސްކްރީން ބޭނުންކުރުން
އަވީގެ ތެރޭގައި އުޅޭއިރު (ހުދު ނުވަތަ އަލިކުލަތަކުގެ) ތޮފި، އުރަ، އަންގި، ކުޑަ ފަދަ ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރާ އާލަތްތައް ބޭނުންކުރުން
ބޭރުތެރޭގައި އުޅޭއިރު އަވިއައިނު އެޅުން
ފަރުވާއެއްގެ ގޮތުގައި ގޭގައި ކުރެވިދާނެ ކަންތައްތައް
ހަންގަނޑު ފިނިކުރުން: ފިނިކުރި ފެނުން ތެތްމާފައިވާ ފޮތިގަނޑެއް އަވިން އަނދާފައިވާ ހިސާބުގައި އެޅިދާނެއެވެ. 60 ގުރާމް ބޭކިން ސޮޑާ ޓަބް އަށް އަޅައިގެން ކޫލް ބާތު އެއް ވެސް ނެގިދާނެއެވެ. ހަންގަނޑު ފިނިކުރަން ކޮންމެ ދުވަހަކު ވެސް މަދުވެގެން 10 މިނިޓް ވަންދެން މަސައްކަތްކުރާށެވެ.
މޮއިސްޗަރައިޒަރ، ނޫނީ ލޯޝަނެއް ފަދަ އެއްޗެއް ހަމުގައި އުގުޅުން: އެލޯވެރާ ލޯޝަން ނޫނީ ކެލަމިން ލޯޝަން ފަދަ ލޯޝަނެއް ހަމުގައި އުގުޅިދާނެއެވެ. ހަމުގައި އުގުޅުމުގެ ކުރިން ލޯޝަން ފުޅި އައިސް އަލަމާރި ފަދަ އެއްޗެއްގައި ބަހައްޓައި ކޮންމެވެސް ވަރަކަށް ފިނިކޮށްލެވިދާނެއެވެ.
ގިނައިން ދިޔާތަކެތި ބޭނުންކުރުން: މިއީ ހަށިގަނޑުން ފެނާއި ލޮނުގެ ބައި މަދުވުން ކުޑަކޮށްދޭނެ ކަމެކެވެ.
ހަމުގައި ހުންނަ ފެންބިހި ނޫނީ ފެންފޮޅުތަކާ ނުކުޅެ ހުރިގޮތަށް ބެހެއްޓުން: ފެންފޮޅުތަކާއި ނުކުޅެ ހުރިގޮތަށް ބެހެއްޓުމުން ހަންގަނޑު އަވިން އެނދުމުން ލިބުނު ގެއްލުމުން ފަސޭހަވުމަށް އަވަސްކޮށްދެއެވެ. ފެންފޮޅުތައް ފެޅިއްޖެނަމަ، ފަޅައިގެން ދިޔަ ފޮޅުތަކުގެ ވަށައިގެން ހުރި މަރުވެފައިވާ ހަންތައް ކުޑަ ކަތުރަކުން ނައްޓައި ސާފުކުރަން ވާނެއެވެ. ބާރުގަދަ ނޫން ސައިބޯންޏަކުން ފަޅައިގެންގޮސްފައިވާ ފެންފޮޅުތައް ހުރި ހިސާބު ރަނގަޅަށް ދޮވެ ސާފުކޮށްލެވިދާނެ އެވެ. އެއަށްފަހު އެންޓިބަޔޮޓިކް އޮއިންޓްމަންޓް އެއް އެހިސާބުގައި އުގުޅިދާނެއެވެ.
ނޮޅިފައިވާ ހަންގަނޑަށް ފަރުވާކުރުން: އަވިން ހަންގަނޑު އަނދާތާ ދުވަސްކޮޅެއްގެ ތެރޭގައި އަވިން އެނދި ހަންގަނޑު ނޮޅެން ފަށާނެއެވެ. މިއީ އަވިން އެނދުމުގެ ސަބަބުން ހަލާކުވި، ހަމުގެ މަތީ ފަށަލަ ނެއްޓޭތީ ވާގޮތެކެވެ. ހަންގަނޑު ނޮޅެމުންދާ ވަރަކަށް ނޫނީ ނޮޅެމުންދާއިރު ހަމުގައި މޮއިސްޗަރައިޒިންގ ލޯޝަން އުގުޅަމުން ގެންދާށެވެ.
ހިރުވައި ކެހުން ކުޑަކުރުމަށް ބޭސް ބޭނުންކުރުން: ހަމުގައި އުފެދޭ ހިރުވުމާއި ކެހުން ކުޑަކުރުމަށް  ސެޓްރިޒިން ފަދަ އެންޓިހިސްޓަމައިންގެ ގޮތުގައި ގުނާލެވޭ ބޭހެއް ނެގިދާނެއެވެ.
ހަމުގައި ސޫތިންގ މެޑިކޭޓެޑް ލޯޝަން އެއް ގުޅުން : އެގޮތުން އަވިން އަނދާފައިވާ ހިސާބުގައި ހައިޑްރޯކޯޓިޒޯން %1 ފަދަ ކްރީމެއްވެސް އުގުޅިދާނެއެވެ. މިކްރީމް ގުޅާނީ ދުވާލަކު 3 އިރު 3 ދުވަހުގެ މުއްދަތަށެވެ. އުގުޅުމުގެ ކުރިން ފިނިކޮށްލުމަށް އައިސް އަލަމާރީގައި އިރުކޮޅެއް ވަންދެން ބޭއްވިދާނެއެވެ.
އަވިން އަނދާފައިވާ ލޮލަށް ފަރުވާކުރުން: ކޫލް ފެނުން ތެތްމާފައިވާ ސާފު ފޮތިގަނޑެއް ލޮލުގައި އަޅާށެވެ. ނޫނީ އެފަދަ ފޮތިގަނޑަކުން ލޯކައިރި ސާފުކުރާށެވެ. ލޯ ނުއުގުޅާށެވެ. އަދި ރަނގަޅުވަންދެން ކޮންޓެކްޓް ލެންސް ބޭނުން ނުކުރާށެވެ.
އިތުރަށް އަވިން އެނދުމުން ރައްކާތެރިވުން: އިތުރަށް އަވިން އެނދުމުން ރައްކާތެރިވުމަށް ބޭރުތެރެއަށް ޚާއްޞަކޮށް އަތްވަށް ނިކުންނައިރު ރައްކާތެރިވުމުގެ ބޭނުންކުރެވޭ އަދަވާތްތައް މިސާލަކަށް ކުޑަ، އަވިއައިނު، ތޮފި އަތުއުރަ، އަންގިފަދަ ތަކެތި ބޭނުންކުރާށެވެ. ހާމައަށް ފެންނަން ހުންނަ ހިސާބުތަކުގައި ސަންސްކްރީން ލޯޝަން އުގުޅާށެވެ.
ތަދުތަކާއި ރިހުން ކުޑަކުރުމަށް ތަދުކަނޑުވާ ބޭސް ބޭނުންކުރުން: އަސިޓަމިނޯފަން ނުވަތަ އައިބުޕްރޯފެން ފަދަ ބޭހެއް ބޭނުންކުރެވިދާނެ އެވެ. ނޫނީ ހަމުގައި އުގުޅާ ތަދުކަނޑުވާ ބޭހެއް ވެސް ބޭނުންކުރެވިދާނެ އެވެ.
އާންމުކޮށް ހޫނުކަމާ ގުޅުންހުރި ބަލިތަކުން ރައްކާތެރިވެވޭނެ ގޮތްތައް
ފެންމަދުވިޔަނުދިނުމަށް ކަރުނުހިއްކި ނަމަވެސް، ގިނައިން ފެންބުއިން
ޔޫވީ ރޭޑިއޭޝަން ފިލްޓަރކޮށްދޭ ފަދަ އަވިއައިނެއް ބޭނުންކުރުން
އަވީތެރޭގައި އުޅޭއިރު  ތޮފި، އަވި އައިނު، ކުޑަ ފަދަ ތަކެތި ބޭނުންކުރުން
ހުދު ނުވަތަ އަލިކުލަތަކުގެ ހަށިގަނޑު ނިވާވާ ފަދަ ދޫހެދުންލުން
ގިނައިރު އަވީގެ ތެރޭގައި އުޅެންޖެހޭނަމަ އެސްޕީއެފް 15 އަށްވުރެ މަތި ސަންސްކްރީން ލޯޝަން ބޭނުންކުރުން
ކޮފީ، ކޯލާ، އެނާޖީ ޑްރިންކްސް ފަދަ ކެފެއިން އެކުލެވޭ ބުއިންތަކާ ދުރުހެލިވުން
ހަށިގަނޑަށް ފައިދާހުރި ތަރުކާރީ އާއި މޭވާގެ ބާވަތްތައް އެކަށޭނަ ވަރަށް ކެއުމުގައި ހިމެނުން
ހޫނު ދުވަސްވަރު ވެސް އެކަށޭނަ ވަރަށް އަރާމުކުރުމަށް ވަގުތު ހޭދަކުރުން
~ ސީޑީސީ، މޭޔޯ ކްލިނިކް ~