News Network - : ތައުލީމް
ތައުލިީމީ ފަލްސަފާ، ދުރޫސުލް އަހްލާގު އަދި މަންހަޖު
ތައުލީމީ ފަލްސަފާއެއްގައި އުނގަންނައިދިނުން ބިނާވާން ޖެހޭނީ ހަރަކާތްތެރި ތަޖުރިބާތަކެއްގެތެރެއިން ލިބިދޭ އާ މައުލޫމާތުތައް ބޭނުން ހިފޭނެ ގޮތަކަށެވެ. ހަމައެއާއެކު ކިޔަވައިދޭ މުދައްރިސް ވާންޖެހޭނީ އެއިރެއްގައި ކިޔަވާދޭ ކުލާހުގައި ތިބޭ ދަރިވަރުންގެ ވިސްނުމުގެ މަރުހަލާތައް އެނގިގެން، ދަރިވަރުންގެ މެދުގައި އިޖުތިމާއީ ގުޅުން ވަރުގަދަކޮށް ހަގީގީ ކަންކަމުގެ ތެރެއިން ތަޖުރިބާގެ އަލީގައި ވިސްނުން ކުރިއެރުވުމަށް އެހީވެދޭ މީހެއްގެ ގޮތުގައެވެ.
ހަމައެއާއެކު އުނގަންނައިދިނުން ހަރުދަނާ ކުރުމަށް، ދަރިވަރުން އެކަނި ހައްލުކުރަން ނުވަތަ ކުރިއަށް ދިއުމަށް އުނދަގޫވާ މައްސަލަތައް ހައްލުކުރުމުގައި، އެހެންމީހުންގެ އެހީތެރިކަން ބޭނުންކޮށްގެން ހައްލުކޮށް ދަސްކުރެވޭނެ ގޮތްތައް ފަހިކޮށްދިނުމާއެކު، އުނދަގޫއެއްޗެއް އޮޅުންފިލުވައިދިނުމުގައި ދަރިވަރުންގެ ވިސްނުމުގެ މިންގަނޑު ހުރި މިންވަރަކަށް ފިލާވަޅު ބަދަލުކޮށްގެން ކިޔަވައިދޭން ޖެހެއެެވެ. ރަނގަޅު އުނގަންނައިދިނުމެއްގައި ދަރިވަރުންގެ ކިބައިން ފެންނަމުންދާ ރަނގަޅުސިފަތައް ފާހަގަކުރުމާއެކު، އެކުދިން އަބަދުވެސް ރަނގަޅު އަހްލާގުގައި ދެމިތިބުމަށް ތަރުހީބު ދޭންޖެހެއެވެ. އުނގަންނައިދިނުމުގެ ތެރޭގައި ދަރިވަރުން އުޅެ ބޮޑުވާ މާހަލުން ގަބޫލުކުރާ ކުރުންތަަކާއި، ދީނާއި ސަގާފަތުގެ ތެރެއިން އަގީދާ ވަރުގަދަކޮށް ދީނީ ކަންތައްތަކަށް އިސްކަންދީ، އެކަންކަން ކުރުމަށް ސައުގު އުފެދިފައިވާ ދަރިވަރުން ބިނާކުރަން ޖެހެއެވެ. އުނގަންނައިދޭ އެއްޗެއް ވަޒަން ކުރުމުގައި އިންތިހާނު ތަކުގައި ދެވޭ ބައިތައް، ދަސްވެފައިވާ އެއްޗަކުން އެނގިހުރި މައުލޫމާތާއި، ލިބިހުރި ހުނަރަކާއި، ހަރުލާފައިވާ ސިފަ ވަޒަން ކުރެވިގެން ދާގޮތަށް ބައްޓަން ކުރަންޖެހެއެވެ.
ދިރިއުޅުމުގެ ކޮންމެ މަރުހަލާއެއްގައިވެސް ކަމެއް ކާމިޔާބަކާއި ހަމައަށް ގެންދިއުމަށް، ފަންނުވެރިކަމަކާއި ވަކި ހަމަތަކެއްގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުމަށް ވިސްނަންޖެހެއެވެ. ދަރިވަރުން ބައްޓަންކުރުމުގައި ތަފާތު ހުނަރުތައް އުނގަންނައިދޭން ޖެހެއެވެ. އެގޮތުން އިލްމީ ފަލްސަފާތަކުގެ ތެރެއިން އަޅުގަނޑުމެން ކަނޑައަޅާ ގޮތްތަކެއް އެންމެ އެދެވޭ ގޮތެއްގައި ބޭނުން ކުރެވިއްޖެނަމަ، ކާމިޔާބީއާއި ކުރިއެރުން ދަރިވަރުންނަށް ހޯދައި ދެވިދާނެ އެވެ.
އުނގަންނައި ދިނުމަށް ޓަކައި ކުރިމަތިލާ އިރު، ދަރިވަރުން ކުރިއަރުވާ ތަރުބިއްޔަތު ކުރުމަށް (އެތަނެއްގެ ނުވަތަ ތައުލީމު ކުރިއެރުވުމަށް ކަނޑައެޅިފައިވާ) ގައުމީ ފަލްސަފާއަކީ ހާއްސަ އިސްކަމެއް ދީގެން ބޭނުންހިފަން ޖެހޭނެ އެއް ހަތިޔާރެވެ.
ދަރިވަރުން ވަކިގޮތަކަށް ހާނާ ބައްޓަން ކުރުމަށްޓަކައި އެކުދިންގެ ސުލޫކާއި އަހްލާގު ހެޔޮމަގުގައި ބެހެއްޓުމަށް، ރިވެތި ރަނގަޅުގޮތުގައި މުއާމަލާތް ކުރުން މުހިއްމެވެ. ހަމައެއާއެކު ދަރިވަރުންގެ ކިބައިގައި ހަރުލާފައިވާ ނުރަނގަޅު ސިފަތައް އިސްލާހުކޮށްލުމަށް، ދަރިވަރުން ގަބޫލުކުރާ (ހަރުދަނާ) އުސޫލުތައް ދެނެގަނެ، އެ އުސޫލުތަކުން ފެށިދާނެއެވެ. ދަރިވަރުންގެ ސުލޫކަށް ރަނގަޅު ހެޔޮބަދަލެއް ގެނެވޭނީ  ހިތްވަރު ދިނުމުގެ ގޮތުން (ބައެއް ފަހަރަށް) އިނާމު ނުވަތަ ހަދިޔާ ފަދަތަކެތި ދީގެންނެވެ. ހަމައެއާއެކު ރަނގަޅު ކުރުވަން ޖެހޭ ކަންކަމަށް (ނަފްސާނީ އަދި ޖިސްމާނީގޮތުން އުނިކަން ނުލިބޭފަދަ ގޮތަކަށް)، ލުއިއަދަބު ފަދަ ކަންކަން މެދުވެރި ކޮށްގެންނެވެ. އެގޮތުން ކުޅިވަރު ތަކާއި ދަރިވަރު ކުރާހިތްވާ ބައެއް ކަންތައްތަކުން ބައެއްފަހަރަށް ވަގުތު ކޮޅަކަށް ދުރުކުރުވި ދާނެއެވެ. މީގެ ސަބަބުން ދަރިވަރު ބޭނުންވާ ކަންކަމަށް ފުރުސަތު ހޯދަން ނުވަތަ ބައިވެރިވާން، އެކަންކަން އިސްލާހުކޮށްލަން މަޖުބޫރުވެއެވެ.
މިކަމުގައި ދަރިވަރުގެ ސަމާލުކަން ހޯދާ ސައުގުވެރި ކުރުވޭނެ ކަންކަމާއި ގޮތްތައް ބޭނުންކުރެވިދާނެއެވެ. ފުރަތަމަ ކަމަކަށް " ބިހޭވިއަރ ލަރނިންގ ތިއަރީ " އަދި "  މޯޓިވޭޝަނަލް ތިއަރީ" ގެ އުކުޅުތައް ބޭނުން ކުރެވިދާނެއެވެ. އުނގަންނައި ދިނުމުގައި މަސައްކަތްކުރާއިރު ދަރިވަރުން އެކިއެކި ކަންކަން ހޯދާ ބަލައި ވިސްނުމާއި،  ކަންކަން ދަސްކުރުމަށް ފިކުރު ހުންނަގޮތް ދެނެގަތުމާއެކު، އެގޮތްތައް " ކޮގްނެޓިވް ލަރނިންގ ތިޔަރީ" ގެ އަލީގައި ބުނެދެވިދާނެއެވެ. ހަމަ އެހެންމެ ކޮންމެ ކުއްޖަކީ ތަފާތު ވިސްނުމުގެ ކުއްޖެއްކަން ދެނަހުރެ، އެފަދަ ވިސްނުންތައް ދެނެގަނެ، ކިޔަވައިދިނުމުގެ ގޮތްތައް އެމަގުން ރާވަލުން މުހިއްމެވެ.
ފިލާވަޅު ކުރިއަށްގެންދިއުމުގައި ދަރިވަރުން ގުޅިގެން، އެއްބާރުލައިގެން ކުރެވޭ މަސައްކަތްތަކެއްގެ ތެރެއިން، އުނގަންނައި ދިނުމަށް އިސްކަން ދޭންވާނެ އެވެ. މިގޮތުން " ސޯޝަލް ޑިވެލޮޕްމަންޓް ތިއަރީ" ގެ ބޭނުން ފުރިހަމަ ގޮތެއްގައި ހިފިދާނެއެވެ. އެއީ އަމަލީ ގޮތުން ކުރެވޭ މަސައްކަތަކުން ދަސްވާ އެއްޗެއް ގިނަދުވަހަށް ހަނދާނުގައި ހަރުލެއްވިފައި ބެހެއްޓޭނެތީއެވެ.
މިހުރިހާ ފަލްސަފާތަކުގެ ތެރެއިން ދަރިވަރުންނަށް އުނގަންނައި ދިނުމުގެ ހުރިހާ މަރުހަލާއެއް ބިނާވަނީ، ތައުލީމު ދިނުމުގެ މައިގަނޑު ތިންބައި ކަމުގައިވާ މައުލުމާތާއި ހުނަރު، އަދި ސިފައެއް ހަރުލެއްވޭނެ ގޮތުގެ މައްޗަށެވެ. އުނގަންނައިދިނުމުގައި އެންމެ ފުރިހަމަ ގޮތުގައި ފިލާވަޅު ކުރިއަށް ގެންދިއުމަށްޓަކައި ދަރިވަރުން ސައުގުވެރިކަމާއެކު ބައިވެރިވެ، ދުވަހުގެ ފިލާވަޅުގެ މަގްސަދު އެންމެ އެދެވޭ ގޮތެއްގައި ހާސިލްކުރެވޭނެ ގޮތެއްގެ މަތިންނެވެ.
އުނގަންނައިދިނުމުގައި ބޭނުންކުރާ ތައުލީމީ ފަލްސަފާ އެކަށައަޅައި އޭގައިވާ ބައިތައް ކުރިއަށްގެންދިއުމުގައި ބޮޑު ސަމާލުކަމެއް ދޭންވީ، އުނގަންނައި ދެވޭ އެއްޗެއްގެ ނަތީޖާއަށް ވާސިލުވުމަށްޓަކައި، ތައުލީމީ ގައުމީ ފަލްސަފާގައި އެކުލެވޭ ބައިތައް ފުރިހަމަކޮށްދިނުމަށެވެ. އިލްމީ ދިރާސާތަކުގެ އަލީގައި ހޯދިފައިވާ ނަޒަރިއްޔާތުތައް ނުވަތަ ފަލްސަފާތަކުން މައުލޫމާތާއި ހުނަރާއި ސިފަ އެކުލެވޭ ގޮތަށް ބައްޓަންވެފައިވާ ދަރިވަރުންތަކެއް ބިނާކުރުމަށެވެެ. އުނގަންނައިދިނުމުގެ ތެރެއިން ދަރިވަރުންގެ ވިސްނުން ރަނގަޅުކުރުމަށް ކުލާސްތެރޭގައި ކުރިއަށްގެންދެވޭ ތަފާތު ހަރަކާތްތަކާއި ފިލާވަޅުތަކުން، އެއް ގްރޭޑުން އަނެއް ގްރޭޑަކަށް ބަދަލުވާއިރު ކުރިން ކިޔެވި އެއްޗެއްގެ ބޭނުން ހިފައި، ކިޔަވައިދޭ ގްރޭޑްގެ ފެންވަރު މައްޗަށް ދިޔަވަރަކަށް ދަރިވަރުގެ ވިސްނުމުގެ ފެންވަރު ކުރިއަރައި، ކުރިން ލިބިފައިހުރި މަައުލޫމާތުގެ ބޭނުން ހިފައިގެން ނަތީޖާ ހާސިލް ކުރުމަށެވެ.
ދަރިވަރުންނަށް އުނގަންނައިދިނުމުގެ ތެރެއިން ކުރިއަށްގެންދާ ކުޅިވަރުގެ ހަރަކާތްތަކުގެ ތެރެއިންނާއި މުބާރާތްތަކުގެ ތެރެއިން ބައްދަލުވާ ފަރާތްތަކުން ބަދަލުކުރެވޭ މައުލޫމާތުގެ ސަބަބުން، ދަރިވަރަށް ލިބިގެންދާ ކުރިއެރުންތަކާއި އުޅުމަށް އަންނަ ހެޔޮބަދަލުތަކުން އެކުދިންގެ ވިސްނުން ކުރިއަރައި ދެއެވެ. އުނގަންނައިދިނުމުގައި ދަރިވަރުން ހޯދާ ކާމިޔާބީ ފާހަގަކުރުމާއި އިނާމު ދިނުމާއި، ފެންނަ ރަނގަޅު ސިފަތައް ފާހަގަކޮށް މަދަރުސާގެ އެކިއެކި ގޮފިތަކާ ޖަމާއަތްތަކުގެ އިސްމަގާމުތަކާއި، ޕްރިފެކްޓް ބޯޑުގެ މެމްބަރުކަން އަދި ކުލާސް މޮނީޓަރކަމާއި، ކުދި ގްރޫޕްތަކުގެ ލީޑަރުންގެ ގޮތުގައި ހަރަކާތްތެރި ކުރުވުވުމާއި، ކެޑޭޓް، ސްކައުޓް، ގާލްގައިޑް ފަދަ ހަރަކާތްތަކާއެކު، ރަނގަޅު ސުލޫކަށް މަގުފަހިކޮށްދީ ހިތްވަރުދީ ހެދުމުން އެކުދިންގެ ސިކުނޑިތައް ހުޅުވި ހެޔޮބަދަލު އާދެއެވެ.
ކުލާސްތެރެއިން ނޫނަސް ސްކޫލުގެ މާހައުލުންވެސް ދަރިވަރުންނަށް ފެންނާނެހެން، މާއްދާތަކުގެ މުހިއްމު މައުލޫމާތުތަކުގެ ޕޯސްޓަރ ފަދަ ތަކެތި ފެންނަ ގޮތަށް ބެހެއްޓުމުން، ދަސްކުރާ މިންވަރު ހަލުއިވެ މަތިވެގެން ދެއެވެ. މިގޮތުން ކުލާސް ރޫމް ގަވާއިދުތައް ވެސް ދަރިވަރުންނަށް ފެންނަ ގޮތަށް ބެހެއްޓުމުން، އެއަށް ބޯލަނބައި، ދަރިވަރުންގެ ކިބައިން ހެޔޮ ބަދަލުތައް ފެންނަމުން ދާނެކަމީ އަލްބަޓް ބަންޑޫރާ (1978) ހާމަކޮށްފައިވާ، (ކަންތައްތައް ދަސްކޮށް އުނގެނެނީ ބަލައިގެން، ނަކަލުކޮށްގެން، ނުވަތަ އެހެންމީހުންގެ ތަޖުރިބާތަކުންނާއި ބުނާބުނުންތަކުން އުނގެނި ދަސްވާ) ފަލްސަފާވެސް މެއެވެ.
އުނގަންނައިދިނުމުގައި ބޭނުންކޮށް އުޅޭ އުސޫލުތަކާއި ގޮތްތަކާއި އުކުޅުތައް ބޭނުންކޮށްގެން ދަރިވަރު އުޅެ ބޮޑުވާ މާހައުލުކަމަށްވާ ގޭތެރެއާއި ސުކޫލު އަދި ރަށުތެރެއިން، ކުދިންގެ ކިބައިގައި ހަރުލެއްވުމަށް ބޭނުންވާ އިލްމާއި ހުނަރާއި، ގަބޫލު ކުރުންތަކާއި އެކު ދަރިވަރުގެ ސަހުސިއްޔަތު ބިނާކުރުމަކީ ޕެޑަގޮޖީ ނުވަތަ އުނގަންނައިދިނުމުގެ ދުރޫސުލް އަހްލާގެވެ. މިއީ އުނގެމުގެ މަރުހަލާ ކުރިއަށްދާއިރު ގުޅިލާމެހިފައިވާ ބުރުގައި ހިމެނޭ، ކިޔަވައިދޭ ފަރާތް ނުވަތަ މުދައްރިސާއި، އުނގެނުމަށް މަސައްކަތް ކުރާ ދަރިވަރާއި، އުޅެ ބޮޑުވާ މާހަައުލާއި ޖަމާއަތުގައި ހިމެނޭ (ދަރިވަރާއި) ގުޅުން ހުރި ފަރާތްތަކާއި، ދެމެދު އުފެދިފައިވާ ގުޅުމެވެ.
ފާހަގަ ކޮށްލަންޖެހޭ ޕެޑަގޮޖީއަކީ އެންމެ ފުރަތަމަ ރަނގަޅު ސުލޫކެއް ނުވަތަ ގަވައިދުތަކެއްގެ ތެރޭގައި ހަރަކާތްތެރިވެވޭ ފަދަ ބަޔަކަށް ހެދުމަށް، ދަރިވަރުންގެ ހިޔާލާއި މަސްވަރާގެ ތެރެއިން ހެދޭ އުސޫލު ނުވަތަ ގަވާއިދުތަކެއްގެ ތެރޭގައި ހަރަކާތްތެރި ވެވޭނެ ބަޔަކަށް އެކުދިން ހެދުމަށް މަސައްކަތްކުރުމެވެ. ހަމަ އެއާއެކު އެކަކު އަނެކަކުގެ އެހީތެރިކަމާއި އެއްބާރުލުމަކީ މުހިއްމު ކަމެއްކަން އަންގައި ދިނުމެވެ. އެދެވޭ ގޮތެއްގައި މަސައްކަތްތައް ކުރިއަށް ދާނަމަ ތަރުހީބުދީ ، އަދި މަސައްކަތުގައި އެހެން ދަރިވަރުންނަށްވެސް ހިތްވަރުދީގެން ދުވަހުގެ މަސައްކަތްތައް ފުރިހަމަ ކުރަމުން ގެންދިއުމެވެ. ހަމަ އެގޮތަށް ފުންކޮށް ވިސްނައި، އަމިއްލަ ހިޔާލުތައް އުފެއްދުމަށްް ފުރުސަތު ދިނުމެވެ.
އިޖުތިމާއީ ހަރަކާތްތެރިކަމަކީ އުނގެނުމުގައި މުހިއްމު އެއްބައި ކަމުގައިވާތީ ގުޅިގެން އެއްބާރުލައިގެން އުނގެނުމަށް ގްރޫޕް މަސައްކަތްތައް ގިނައިން ބޭއްވުން ނުހަނު މުހިއްމެވެ. ދަރިވަރުން އުނގެނުމަށް ސައުގުވެރިކަން އުފެއްދުމަށްޓަކައި އެކުދިން ހޯދާ ކާމިޔާބީތައް ކުލާސް ފެންވަރުގައި ފާހަގަކުރުމާއެކު ދަރިވަރުން ކުރިއަށް ދިއުމަށް، އެކުދިން ކޮށްފައިވާ މަސައްކަތްތައް ދައްކައިގެން ކުރިއަށް ދިއުމަށް ހިތްވަރު ދޭންވާނެއެވެ. އުނގެނުމުގައި ދަރިވަރު ކޮންމެ ދުވަހަކު ކުރެވޭ މަސައްކަތުން ކުރިއެރުން ލިބެމުންދާވަރު ބެލެނިވެރިންނާއި ހިއްސާކޮށް، އެ ފަރާތްތަކާމެދު އޮންނަ ގުޅުން ބަދަހިކުރުންވެސް އެހާމެ މުހިއްމެވެ.
ޕެޑަގޮޖީ ނުވަތަ އުނގަންނައިދިނުމުގެ ދުރޫސުލް އަހްލާގު ބޭނުންކުރެވޭ ގޮތްތަކަކީ، ފުރަތަމަ ރަނގަޅު ސުލޫކެއް ނުވަތަ ގަވައިދުތަކެއްގެ ތެރޭގައި ހަރަކާތްތެރިވެވޭ ފަދަ ބަޔަކަށް ދަރިވަރުން ހެދުމެވެ. އަދި ދަރިވަރުންގެ ހިޔާލާއި މަސްވަރާގެ ތެރެއިން ހެދޭ އުސޫލު ނުވަތަ ގަވައިދު ތަކެއްގެ ތެރޭގައި ހަރަކާތްތެރި ވެވޭނެ ކުދިންނަށް ހެދުމަށް މަސައްކަތްކުރުމެވެ. މިގޮތަށް މިކަން ކުރިއަށް ގެންދިއުމުން އަދަބު އިހުތިރާމްކުރުމާއި، ތަކެތި ވަކި ތަރުތީބަކުން ގެންގުޅެން ދަސްވުމާއިއެކު، އުޅޭތަން ނުވަތަ ތިމާވެށި ސާފުތާހިރުކޮށް ބޭއްވުމުގެ އާދަ ހަރުލުމާއިއެކު، ކަންކަމުގައި އެހެންމީހުންގެ އެހީތެރިކަމަށް ބޭނުންކޮށްގެން، ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރުކުރުމެވެ.  މިއީ ވައިގޮޓްސްކީ (1936) ހާމަކުރާ ކޮންސްޓްރަކްޓިވިޒަމް ތިއަރީގައި، އުނގެނުން މާނަކުރާ ގޮތްތަކާއި އެއްގޮތަށް ގެންދެވޭނެ ކަންކަމެވެ.
އުނގަންނައިދިނުމުގައި މި ލިޔުމުގައިވާ ތައުލީމީ ފަލްސަފާ އާއި ޕެޑަގޮޖީގައި ދަރިވަރުން ބައްޓަން ކުރުމަށް ގެންގުޅޭ އުސޫލުތަކާއި ގޮތްތައް، ގައުމީ ފަލްސަފާގައި ކަނޑައަޅާފައިވާ ބައިތަކަށް ކަށަވަރުކުރުމަށް ގައުމީ މަންހަޖުގައިވާ ކަންކަމާއި ވަރަށް ބޮޑަށް ގުޅިފައި ވެއެވެ. ދަރިވަރުންގެ އުޅުމަށް ހެޔޮ ބަދަލުތަކެއް ގެނައުމާއި (ބިހޭވިއަރަލް ލަރނިންގ ތިއަރީ އާއި)، ދަރިވަރުން އެކަމެއްގައި ސާމިލްކޮށްގެން ކަންކަން ދަސްކޮށްދިނުމަށް ބޭނުންކުރެވޭ، ސައުގުވެރިކަމުގެ ތިއަރީ (މޯޓިވޭޝަން ތިއަރީ) އާއި، ދަސްކުރާ އެއްޗެއް ފަހުން ބޭނުންކުރެވޭ ގޮތަށް ހަނދާނުގައި ހަރުލެއްވުމަށް (ކޮގްނިޓިވް ލަރނިންގ ތިއަރީ)، އަދިި އެކަކު އަނެކަކާއި ގުޅި އެއްބާރުލައިގެން ދަސްކުރުމަށް (ސޯޝަލް ޑިވެލޮޕްމަންޓް) ތިއަރީ ވަރަށް ބޮޑަށް ވަނީ ގުޅި ލާމެހިފައެވެ.
ގައުމީ ފަލްސަފާގައި ބަޔާންކުރާ އިސްލާމްދީނާއި، ދިވެހި މުޖުތަމައުގައި ހަރަކާތްތެރިވާ ބައިވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ގާބިލިއްޔަތުކަން ލިއްބައިދިނުމަށްޓަކައި، ދަރިވަރުންގެ ވިސްނުން ދުޅަހެޔޮ ކަމާއިއެކު ތަރައްގީ ކޮށްދިނުމުގައި، ކޮންމެ ފިލާވަޅެއްގެ ތެރެއިން މަައުލުމާތާއި ހުނަރު އަދި ސިފައެއް ދަސްކޮށްދެވުމަކީ ގައުމީ މަންހަޖުގެ ބައިތަކާއި މި ލިޔުމުގައި ބަޔާންވެދިޔަ ފަލްސަފާއާއި ޕެޑަގޮޖީ ގުޅިގެން ގޮސްފައިވާގޮތް ދެނެގަނެވޭނެ އަސާސްތަކެވެ.
~މުޙައްމަދު އިބްރާހިމް~
އެކަޑަމިކް ކަލަންޑަރަށް ގެނައީ ރަނގަޅު ބަދަލެއް
2024/2025 ވަނަ ދިރާސީ އަހަރު މުރާޖާކޮށް އެކަޑަމިކް ކަލަންޑަރަށް ބަދަލު ގެނެސް، ބޮޑު ޗުއްޓީ ރޯދަ މަހު އަންނަ ގޮތަށް ހަމަޖައްސައިފިއެވެ.
ދިރާސީ އަހަރު މީގެ ކުރިން އޮތްގޮތުން 2024 ވަނަ އަހަރު މެއި 26 ގައި ފަށައި 2025 ވަނަ އަހަރުގެ ފެބްރުއަރީ 20 ގައި ކިޔެވުން ނިމޭނެއެވެ. އަދި 2025 ގެ ދިރާސީ އާ އާހަރު، އެ އަހަރުގެ މާޗު 9 ގައި ފަށައި ޑިސެމްބަރު 18ގެ ނިޔަލަށް ކިޔެވުން ކުރިއަށް ދާނެއެވެ. އަދި އެ އަހަރު ޑިސެމްބަރު މަހު ބޮޑު ޗުއްޓީ ލިބޭނެއެވެ.
އެހެން ނަމަވެސް، ތައުލީމީ ވުޒާރާއިން އިއްޔެ ސްކޫލްތަކަށް ފޮނުވި އާ ކަލަންޑަރުގައި ވާގޮތުން ބޮޑު ޗުއްޓިއަށް ފަހު 2024 ގެ ސްކޫލް ކިޔެވުން ފެށޭނީ މެއި 26 ވަނަ ދުވަހެެވެ. އަދި ފުރަތަމަ ޓާމް ނިމޭނީ ސެޕްޓެމްބަރު 26 ވަނަ ދުވަހެވެ. އަދި ދެވަނަ ޓާމް އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހު ފެށޭއިރު، އެ ޓާމްގެ ކިޔެވުން ނިމޭނީ 2025 އަހަރުގެ މާރިޗް 6 ގައެވެ. ދެވަނަ ޓާމްގެ ޗުއްޓީ 22 ޑިސެންބަރުން 2 ޖެނުއަރީ އަށް ކަނޑައެޅިފައިވެއެވެ. އަދި 2025 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ އޭޕްރީލް 6 ވަނަ ދުވަހެވެ.
އަންނަ 2025 ވަނަ އަހަރުގެ ރޯދަ މަސް ފެބްރުއަރީ 28 ގައި ފެށޭއިރު، ސްކޫލް ބޮޑު ޗުއްޓީވެސް ރޯދަ މަހުގެ ބޮޑު ބަޔަކަށް (ރޯދަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން) ލިބިގެން ދާގޮތަށް އާ އެކަޑަމިކް ކަލަންޑަރު އިސްލާހުކޮށްފައި ވެއެވެ.
ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ސްކޫލްތަކުގެ ކިޔެވުން ޖެނުއަރީ އިން ފެށޭގޮތަށް ބަދަލު ކުރުމަށް، ސަރުކާރުން ނިންމާފައިވަނީ ދިރާސީ އާ އަހަރުގެ ކިޔެވުން 2026 ވަނަ އަހަރުން ފެށިގެން ޖެނުއަރީ ފެށޭގޮތަށް، އަންނަ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ބޮޑު ޗުއްޓީ ޑިސެމްބަރުގައި ދިނުމަށެވެ.
ކޮވިޑް19 އާއި ގުޅިގެން ދިރާސީ އަހަރު އޮގަސްޓްމަހުން ފެށިފައިވާތީ، ދަރިވަރުންގެ އުމުރު ނުވަތަ ކިޔެވުމުގެ ދައުރަށް ހައެއްކަ މަސް އިތުރުވެފައި ވުމާއި، ރާއްޖޭގެ ފިސްކަލް ކަލަންޑަރު ނުވަތަ މާލީ ހިސާބުތަކުގެ ބަޖެޓު ޖެނުއަރީން ޑިސެންބަރަށް ކަނޑައެޅިފައި އޮންނާތީ، އޮގަސްޓް މަހު ދިރާސީ އަހަރު ފެށޭތީ ސްކޫލްތަކުގެ ހިންގުމަށް އުނދަގޫތަކެއް ދިމާވާކަމުގެ ސަކުވާތައްވެސް އުފުލިފައި ވާއިރު، ދިރާސީ އަހަރު ދެވަނަ ފަހަރަށް ސަރުކާރުން މުރާޖާކޮށް، މިހާރު މި ގެނައި ބަދަލަކީ ޖުމްލަ ގޮތެއްގައި ރަނގަޅު ބަދަލެއްކަމަށް ތައުލީމީ ދާއިރާގެ މާހިރުން ބަޔާންކުރައްވައެވެ.
ކޮވިޑް19 ގައި ބަދަލާއެކު ގެއްލި ދިގުވެގެންދިޔަ މަސްތައް ލިބޭނެގޮތްވުމުގެ އިތުރުން އޯލެވެލްގެ ސިލަބަސް އަކީ 2 އަހަރަކުން ރަނގަޅަށްވެސް ފުރިހަމަ ކުރެވޭނެ ސިލަބަހެއްކަމަށްވެސް އެބޭފުޅުން ދެކިލައްވައެވެ.
ކުރީ ޒަމާންތަކާއި ހިލާފަށް، މިހާރު އޯލެވެލް/އޭލެވެލް އިމްތިހާނުގައި ގްރޭޑްކުރުން ބިނާވަނީ ދަރިވަރުންނަށް ލިބޭ މާކްސް އެވެރެޖްކޮށް، މާކްސްތައް ބޭންޑްތަކަކަށް (ގްރޭޑްތަކަކަށް) ބަހާލައިގެންނެވެ.
ނަފްސާނީ ދުޅަހެޔޮކަމާއި ފުރާވަރު ކުދިންގެ ހެދިބޮޑުވުމުގައި މީސްމީޑިއާގެ ސަބަބުން ކުރާ ނުރަގަޅު އަސަރުތަކުގެ ކަންބޮޑުވުން މައްޗަށް ދިޔަ ނަމަވެސް، ކުދިން މީސްމީޑިއާ އާއި ދޯޅަވުން ދަށެއް ނުވެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުގަކުގައި މީސްމީޑިއާ ބޭނުންކުރާ މިންވަރު ދެނެގަތުމަށް އެމެރިކާގެ ޕިއު ރިސަރޗް ސެންޓަރުން ހެދި ދިރާސާއަކުން އެނގިގެން ދިޔައީ ފުރާވަރު ކުދިން، ޔޫޓިއުބާއި ޓިކްޓޮކަށް އާދަޔާ ހިލާފަށް ދެވިހިފައި ކޮންމެ ހަކުއްޖަކުން އެއްކުއްޖަކު މި ދެ ޕްލެޓްފޯމް ކޮންމެ ދުވަހަކުވެސް އެތައް ގަޑިއިރެއް ވަންދެން ބޭނުންކުރުމުގައި ވަގުތު ބޭކާރު ކުރާކަމެވެ.
2014-2015 ވަނަ އަހަރުން 2023 ވަނަ އަހަރަށް އަޅާކިޔާއިރު، 2023 ވަނަ އަހަރު ފޭސްބުކް ބޭނުންކުރާ ކުދިންގެ އަދަދު 71 އިންސައްތައިން 33 އިންސައްތައަށް ދަށްވެ ފޭސްބުކް ކޮންމެ ދުވަހަކު ބޭނުންކުރާ އިންސައްތަ ތިނަކަށް ދަށްވެފައި ވާކަން އެ ދިރާސާއިން ދައްކައެވެ. އެހެން ނަމަވެސް 71 އިންސައްތަ ކުދިން  ކޮންމެ ދުވަހަކުވެސް މީސްމީޑިއާގައި ވަގުތު ހޭދަކުރާއިރު، އޭގެ ތެރެއިން 16 އިންސައްތަ ކުދިން އަބަދުހެން ޔޫޓިއުބު ބަލާކަމާއި، 17 އިންސައްތަ ކުދިން ޓިކްޓޮކް އަބަދުހެން ބަލާކަމަށް އެ ދިރާސާއިން ފާހަގަވިއެވެ. އަދި 14 އިންސައްތަ ސްނެޕްޗެޓުގައި އުޅޭއިރު 8 އިންސައްތަ އިންސްޓަގްރާމް ގައި ވަގުތުތައް ހޭދަކުރެއެވެ.
ޖަންގަލީ އަލިފާން ގަނޑެއްފަދައިން ހަލުވިކޮށް މީސްމީޑިއާ ފެތުރެމުންދާއިރު، ފަހަކަށް އައިސް ފުރާވަރުކުދިން މީސްމީޑިއާ އާއި ދޯޅަކޮށް ތަތްކުރުވުމަށް، ކުންފުނިތަކުން އެ ޕްލެޓްފޯމްތަކަށް ކުދިން ދެވިހިފާނެ އުކުޅުތަކާއި ފީޗަރތައް ލައި ބައްޓަންކުރަމުން ދާކަމުގެ ކަންބޮޑުވުމާއެކު، އެމެރިކާގެ 33 ސްޓޭޓަކުން އެފަދަ ޕްލެޓްފޯމް ތަކުން ފުރާވަރުކުދިންގެ ސިކުޑިތަކާއި ކުޅެ، އެކުދީންގެ ނަފްސާނީ ދުޅަހެޔޮކަމާއި، ހެދިބޮޑުވުމަށް ނުރަނގަޅު އަސަރުކުރުވާ، އެކުދިން ހަލާކުކުރަމުންދާކަމަށް ތުހުމަތުކޮށް ބޮޑު ދައުވާއެއް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. ހައިރާން ކުރުވަނިވި ކަމަށް ނުވިޔަސް ފޭސްބުކުން ވަނީ އެ ދައުވާއަށް އިންކާރު ކޮށްފައެވެ.
ޕިއުގެ ދިރާސާއިން ދެއްކި ގޮތުގައި މީސްމީޑިއާގައި އެންމެ ބޮޑަށް ތަތްވާ އުމުރުފުރާއަކީ 13 އަހަރާއި 17 އަހަރާއި ދެމެދުގެ ފުރާވަރު ކުދިންނެވެ. ސައްކެތްނެތި އެންގެން އޮތް ކަމަކީ ކުދިންގެ ކިޔެވުމަށާއި، ނަފްސާނީ ދުޅަހެޔޮކަމާށާއި ކުދިންގެ ހެދިބޮޑުވުމާއި އަހްލާގަށް ނުރަނގަޅު އަސަރު މީސްމީޑިއާއިން ކުރާކަމެވެ.
ގައުމީ ގަދަ ދިހައެއް ހޮވުން ހުއްޓާލެވިދާނެތަ؟
އޯ ލެވެލް އަދި އޭ ލެވެލް އިމްތިހާނުގެ ނަތީޖާއަށް ބަލައި ގައުމީ ގަދަ 10 ހޮވުން ހުއްޓާލަންޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އިއްޔެ ވިދާޅުވެއްޖެ އެވެ.
ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައިއާ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ގަދަ 10 ހޮވަން ފެށީ އާއްމުންނަށް ތައުލީމުގެ މުހިއްމުކަން އަންގައިދޭން ކަމަށެވެ. އޭރުގެ ހާލަތަށް ބަލާއިރު، ރަށްރަށުގައި ސްކޫލުތައް ނެތުމާއި އަންހެން ކުދިން ސްކޫލަށް ނުދިއުމުގެ މައްސަލަތައް ހުއްޓަސް، މިހާރު ތައުލީމީ ދާއިރާ ބަދަލުވެފައިވާ ކަމަށެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ކަހަލަ ގޮތަކަށް މިހާރު ސްކޫލުތައް ހުޅުވާފައިވާއިރު އަދި އާބާދީ ކިތަންމެ ކުޑަ ވިޔަސް އެ ތަނެއްގައި ހަދަމުން އަންނަނީ ކެމްބްރިޖް އިމްތިހާނުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިހާރު މި ބާއްވާ ގޮތަށް ބޮޑެތި ރަސްމިއްޔާތުތަކުގައި އޯ ލެވެލް އަދި އޭ ލެވެލްގައި އެންމެ މޮޅެތި ދަރިވަރުންނަށް އެވޯޑު ދިނުމަކީ ގަބޫލުކުރެވޭ ކަމެއް ނޫންކަމަށެވެ.
“އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ މިހާރު މިއޮތް ގޮތަކަށް، ވަރަށް ބޮޑެތި ސެރެމޯނިއަލް އިވެންޓްސްތަކެއްގެ ގޮތުގައި، ޓޮޕް އެޗީވާސް، ހައި އެޗީވާސް ސެރެމަނީ ބޭއްވުމަކީ އަޅުގަނޑު ޕާސަނަލީ، އޭޒް އަ ޕޭރެންޓް އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން. އަދި ޓީޗަރެއްގެ ގޮތުގައި އަޅުގަނޑު މަސައްކަތްކުރިއިރު ވެސް އަޅުގަނޑު އެހާ ތާއީދުކުރި ކަމެއް ނޫން”
ޑރ. އިސްމާއީލް ޝަފީއު
“އަޅުގަނޑަށް ގަބޫލުކުރެވެނީ މި ދާއިރާގައި ކޮންމެ ވެސް ވަރަކަށް މަސައްކަތްކޮށްފައި ހުރި މީހެއްގެ ހައިސިއްޔަތުން އަދި ޔުނިވާސިޓީގައި ވެސް ޓީޗާ ޓްރެއިނިންގައި އުޅެފައި ހުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ގަބޫލުކުރެވެނީ އަޅުގަނޑުމެންގެ ދާއިރާގައި ހަމަ ޖެނެރަލްކޮށް މި ދާއިރާގެ އެކްސްޕާޓުން ލެވެލްގައި ހަމަ އެއްގޮތަކަށް ވެސް ތާއިދުކުރެވޭ ކަމެއް ނޫނޭ އަޅުގަނޑު ދަންނަވާލާނީ. މިއީ ހަމަ އަޅުގަނޑުމެން ވިސްނައި، ފިކުރުކުރަން ޖެހޭ ކަމެއް. (ގަދަ 10 ހޮވުމަކީ) ހުއްޓާލެވެން އޮތް ކަމުގައި ވަންޏާ ހުއްޓާލަންޖެހޭ ކަމެއް” ކަމަށް އެ ބަސްދީގަތުމުގައި މިނިސްޓަރު ވިދާޅުވި އެވެ.
ޝަފީއު ވިދާޅުވީ ތައުލީމީ ނިޒާމަށް މިހާރު ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ. ގަދަ 10 އަކީ މާ މުހިއްމު އެއްޗެއް ނޫންކަން ދަރިވަރުންނާއި ބެލެނިވެރިންނަށް ވިސްނައިދެވިއްޖެ ނަމަ އެކަން ގަބޫލުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
“ޕޮލިސީ ލެވެލްގެ ބޭފުޅުންނާ އެކު މަސައްކަތް ކުރާނަން..އަބަދު ވެސް ޗޭންޖަކީ މީހުން ރެސިސްޓްވާނެ ކަމެއް. މި ކަހަލަ ޗޭންޖެއް، ޒަމާންވީ ކަމެއް އާދަކާދައަށް ވެފައި މި އޮތީ އެއީ އެންމެ ރަނގަޅަށް ނޫން ވިޔަސް. އެހެންވީމަ، ޒަމާންވީ ކަމެއް އާދަކާދައެއްގެ ގޮތުގައި ބަދަލުވެ، އެއީ އަދި އެންމެ އެދެވޭ އާދަކާދައަށް ނޫން ކަމުގައި ވިޔަސް އެކަން ކަނޑުވާލަން ކޮންމެ ވެސް ވަރެއްގެ މަސައްކަތްތަކެއް ކުރަންވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ” އޭނާ ވިދާޅުވި އެވެ.
ގަދަ 10 ހޮވާތީ ދަރިވަރުންނަށް ވަރަށް ބޮޑެތި ޕްރެޝަރުތައް ކުރިމަތިވެ، ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކޮށް، ސްކޫލުތަކުގެ މެދުގައި ނުރަނގަޅު ވާދަވެރިކަމެއް އުފެދިގެންދާ ކަމަށާއި އެކަމުގެ ސަބަބުން އަޅާލުމާއި އެހީތެރިކަން އެންމެ ބޭނުންވާ ދަރިވަރުން އިމްތިހާނުން ބޭރުކޮށްލާ ކަމަށް ޝަފީއު ވިދާޅުވި އެވެ.
ގަދަ ދިހައެއް ހޮވުން ހުއްޓާލަން މީގެ ކުރިންވެސް ބޭބޭފުޅުން ވާހަކަފުޅުދައްކަވައި ނޫސްތަކުގައި ސުރުހީތައް އެޅުއްވިނަމަވެސް އެއަށް އެއްވެސް އަމަލީ ސިފައެއް ނާދެއެވެ.
ރާއްޖޭގެ ނަމޫނާ މަދުރަސާ، އިސްކަންދަރު ސްކޫލަށް 62 އަހަރު!
ނާޞިރިއްޔާ މޮންޓެސޫރީ ސްކޫލް”ގެ ނަން “އިސްކަންދަރު މޮންޓެސޫރީ ސްކޫލް” ނަމަށް ބަދަލުކުރީ 1979 ވަނަ އަހަރު ދިވެހިރާއްޖޭގައި މޮންޓެސޫރީ އިސްކޫލެއް ހުޅުވުނީ 10 މޭ 1961 ގައެވެ.
އެތައްހާސް ދިވެހިންގެ ތައުލީމުގެ ފުރަތަމަ ބިންގާ ކަމުގައިވި، ރާއްޖޭގެ އެންމެ ފަޚުރުވެރި އެންމެ ގަދަރުވެރި މަދުރަސާއެއްވެސްމެއެވެ.
ދިވެހިރާއްޖޭގެ ފުރަތަމަ މޮންޓެސޫރީ އިސްކޫލް ހުޅުވުނީ މައްޗަންގޮޅީ ޗާންދަނީމަގުގައި 1940ގެ އަހަރުތަކުގައި މައްޗަންގޮޅީ އަވަށު މަދުރަސާ “މަދުރަސަތުލްޙަމީދިއްޔާ” އިމާރާތުގައެވެ.
10 މޭ 1961 ގައި “ޙަމީދިއްޔާ މޮންޓެސޫރީ ސްކޫލް” ގެ ނަމުގައި މި އިސްކޫލް ހުޅުއްވައިދެއްވީ ވަޒީރުލްމަޢާރިފްގެ ޤާއިމުމަޤާމު (އެކްޓިންގ މިނިސްޓަރ އޮފް އެޑިޔުކޭޝަން) ވަޒީރުއްދާޚިލިއްޔާ (މިނިސްޓަރ އޮފް ހޯމް އެފެއާޒް) އަދި ވަޒީރުލްއައުޒަމްގެ ނައިބު (ޑެޕިއުޓީ ޕްރައިމް މިނިސްޓަރ) ޞާޙިބުއްސަޢާދަތު އިބްރާހީމް ރަޝީދެވެ.
މޮންޓެސޫރީ އިސްކޫލުގައި ތައުލީމުދޭން ފެށުނީ 2 އަހަރާއި 6 އަހަރާ ދެމެދުގެ އެންމެ ތުއްތުކުދިންނަށެވެ.
މޮންޓެސޫރީ ސްކޫލަށް ބިނާކުރެވުނު ޚާއްޞަ އިމާރާތް އަދި “ނާޞިރިއްޔާ މޮންޓެސޫރީ ސްކޫލް” ގެ ނަމުގައި އައު އިސްކޫލު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު (ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ 1965) އަދި އެކިލެގެފާނުގެ އަނބިކަނބަލުން (ފަސްޓްލޭޑީ) މެޑަމް އަންނަބީލާ ނަސީމާ މުޙައްމަދު (ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ 2011) އެވެ. އެއީ 1970 ވަނަ އަހަރުއެވެ.
(މި އިމާރާތް އިސްކަންދަރު ސްކޫލްގައި ފެންނަން އެބަހުއްޓެވެ. މީގެ 50 އަހަރުކުރިޔަށް ބަލާއިރު ވަރަށް ފުރިހަމަ އިމާރާތެކެވެ. މިޒަމާނަށްވެސް އެކަށޭނަ ޒަމާންތަކަށް ދެމެހެއްޓޭނެ ވަރުގަދަ ބިނާއެއްވެސްމެއެވެ.)
ނާޞިރިއްޔާ މޮންޓެސޫރީ ސްކޫލް”ގެ ނަން “އިސްކަންދަރު މޮންޓެސޫރީ ސްކޫލް” ނަމަށް 1979 ވަނަ އަހަރު ބަދަލުކުރިއެވެ. އަދި މި ނަން “އިސްކަންދަރު ސްކޫލް” ގެ ނަމަށް ބަދަލުކުރީ 1980ގައެވެ.
އިސްކަންދަރު ސްކޫލަށް މި މޭމަހު 10ވަނަ ދުވަހު 62 އަހަރު ފުރުނީ އެވެ. މޮންޓެސޫރީން ފެށުނު ތައުލީމު ޕުރައިމަރީ ތައުލީމުން ސެކަންޑަރީ ތައުލީމުން ކުރިއެރުމުގެ ނަމޫނާ ސްކޫލެކެވެ.
ދިވެހިރާއްޖޭގެ “ރޮޔަލް” ސްކޫލެވެ! 60 އަހަރުގެ ތެރޭގައި އެެތައްހާސް ތައުލީމީ ދަރިންގެ ތައުލީމީ ބިންގަލަކީ މިފަޚުރުވެރި ޝަރަފުވެރި މަދުރަސާއެވެ.
ރާއްޖޭގެ މަދުރަަސީ ތައުލީމުގެ ތާރީޚަށް ބަލާއިރު، ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ (1932)އިން ދިވެހި ރައްޔިތުންކިޔެވުން ލާޒިމުކުރެއެވެ. އަދި އުނގެނުމާއި އުނގަންނައިދިނުމުގެ މިނިވަންކަން ދިވެހި ރައްޔިތުންނަށް ލިބިދީފައިވެއެވެ.
ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ (1932) ގެ 14 ވަނަ މާއްދާގައިވެއެވެ. “ކޮންމެ ދިވެހި ރައްޔިތަކުގެ މައްޗަށް ޤުރުއާން ކިޔެވުމާއި، ޢަރަބިއަކުރާއި، ތާނައަކުރު ލިޔާންކިޔާން ދަސްކުޅައުމަކީ މިޤާނޫނުއަސާސީ ލާޒިމުކުރާކަމެކެވެ.”
15ވަނަ މާއްދާގައިވެއެވެ. “ޤާނޫނަށާއި އަދަބުތަކަށް ޚިލާފުނުވާގޮތުގެމަތިން ކިޔެވުމާއި، ކިޔަވައިދިނުމީ، މިނިވަންކަން ލިބިގެންވާ ކަމެކެވެ.”
1932ން 1933ށް 1 އަހަރުގެތެރޭގައި އެންމެ ފުރަތަމަ ފާސްވި ޤާނޫނުތައް ތަޢުލީމާއި ޢިލްމާޢީ އުނގެނުމާބެހޭ ބައެއް ޤާނޫނުތައް ހިމެނެއެވެ. އެގޮތުން ޤުރުއާން ކިޔެވުމާއި، ޢަރަބިއަކުރާއި ތާނައަކުރު ދަސްކުޅައުމުގެ ޤާނޫނު، އަމިއްލަ ސަނަދުތަކުގައި އިސްޓޭމްޕް ޖެހުމުގެ ޤާނޫނު ހިމެނެއެވެ.
ޤުރުއާން ކިޔެވުމާއި، ޢަރަބިއަކުރާއި ތާނައަކުރު ދަސްކުޅައުމުގެ ޤާނޫނަކީ، ފުރަތަމަ ޤާނޫނުއަސާސީގެ 14ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޙައްޤު ލިބިދިނުމަށްޓަކައި، ފުރަތަމަ ޤާނޫނުއަސާސީއަށް އަހަރެެއްވެސް ނުވަނީސް ހެދުނު ޤާނޫނެކެވެ.
ދިވެހިރާއްޖޭގެ ދުސްތޫރީ ފުރަތަމަ ސަރުކާރުގެ ވަޒީރުލް މަޢާރިފް (ރާއްޖޭގެ ފުރަތަމަ މިނިސްޓަރ އޮފް އެޑިޔުކޭޝަން) އަލްއުސްތާޛު އަޙްމަދު ކާމިލު ދީދީ، ޤާނޫނުއަސާސީގެ ތައުލީމާއި އުނގެނުމުގެ މާއްދާތަކާއި ކަމާބެހޭ ޤާނޫނުތައް ތަންފީޒު ކުރައްވަން 1932ން 1933ށް މަސައްކަތްކުރެެއްވިއެވެ.
އަދި މަދުރަސަތުއްސަނިއްޔާގަައި އަންހެން ދަރިވަރުންނަށް ތަޢުލީމު ދެއްވަން ފެށްޓެވީވެސް 1933ގަައި އެމަނިކުފާނެވެ.
އެއަށްފަހު އައީ އަލްއަމީރު ޙަސަން ފަރީދު ދީދީގެ ދައުރެވެ. ތަޢުލީމު ހީނަރުވިއެވެ. އެކަމަކު ދިވެހިބަހާއި އަދަބީ ސަގާފީ ކަންކަން ކުރިޔަށްދިޔައެވެ.
ދެންއައި އަމީނީ ދައުރުގައި ތައުލީމުދިނުން އުގަންނައިދިނުން “މެކުހަށް” ޖެއްސެވިއެވެ. ސުމުއްވުލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނު ސަރުކާރު ހިންގެވިއިރު (1954-1957) ގައި ހިންގެވި އިލްޒާމީ ތަޢުލީމުގެ ޤާނޫނުވެސް ހިނގަމުންދިޔައެވެ.
ދިރާސީއަހަރަށް ގެންނަ ބަދަލުން، ދަރިވަރުންގެ މުޅި އުމުރަށް ނޭދެވޭ އަސަރު ކޮށްފާނެ – ބަލަން ތިބުން ނޫން ގޮތެއް ނެތީތޯ؟
ދިރާސީއަހަރަށް ގެންނަ ބަދަލުން، ދަރިވަރުންގެ ކިޔެވުމަށް އޭގެ ނޭދެވޭ އަސަރު އަބަދުވެސް ކުރެއެވެ.
ވަކީން ހާއްސަކޮށް، މިހާރު ގްރޭޑް އަށެއްގައި ކިޔަވަމުން އަންނަ ދަރިވަރުން އޯލެވެލް އިމްތިހާނު ހަދާ ތާރީހު އަވަސްކުރުމުން، އޭގެ ނޭދެވޭ އަސަރުތައް އެ ކުދިން މުޅި އުމުރުގައި ތަހައްމަލުކުރަން ޖެހިދާނެ ކަމަށް ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް އިއްޔެވަނީ ވިދާޅުވެފައެވެ. ވަކި ބޭފުޅަކު ވިދާޅުވުމުން ހަގީގަތް ބަދަލެއްވެސް ނުވާނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ ގްރޭޑް އަށެއްގައި ކިޔަވާ ކުދިން، މި ހިނގަމުންދާ ދެ ވަނަ ޓާމުގައި އޯ ލެވެލް މަންހަޖަށް ކިޔަވަން ފަށާނެ ކަމަށާއި އެ ކުދިން އަންނަ އަހަރުގެ ނޮވެމްބަރު މަހު އޯ ލެވެލް އިމްތިހާނުގައި ބައިވެރިކުރާނެ ކަމަށް ބުނެފައެވެ. 8 އިން، އަންނަ އަހަރު ދާނީ ގްރޭޑް 9 އަށް، އަދި 9 ގައި ކިޔަވާ ނިމުމުން އޭގެ ފަހު އަހަރު ގްރޭޑް 10 އަށް ގޮސް އޯލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ ބަދަލުގައި، މިހާރު ގްރޭޑް 8 ގައި ތިބި ކުދިން އަންނަ އަހަރު 10 އަށް ގެންގޮސް އޯލެވެލް ގައި ބައިވެރިވާން މަޖުބޫރު ކުރުވީއެވެ. ގްރޭޑް 8 އަދި ގްރޭޑް 9 ގެ ކިޔެވުން ކުރުކޮށް އަވަސްވީއެވެ.
ޑރ. އައިޝަތު އަލީ ވިދާޅުވީ ގްރޭޑް ހަތެއް އަދި އަށެއެއްގެ ކިޔެވުމަކީ އެ ކުދިން ހުރިހާ ސްޓްރީމްތަކެއްގެ މާއްދާތަކަށް އަހުލުވެރި ކުރުވާ، ގްރޭޑް ނުވައެއްގައި ސްޓްރީމް ހިޔާރުކުރަން އެއީތެރިވެދޭ ކިޔެވުމެއް. އަދި އެކުދިންގެ މުސްތަގުބަލަށް މުހިންމު ކިޔެވުމެއް ކަމަށެވެ. އަދި އެ އަހަރުތަކުގައި ކިޔަވާ ކަރިކިއުލަމްގެ ހުރިހާ ބައިތަކެއް ގުޅިލާމެހިފައިވާކަމާއި، މަންހަޖުގެ އެއްބައި ކިޔަވައި ނުދީ ދޫކޮށްލައިފިނަމަ އަނެއް ބައިތައް ފަހުމުވުމަށް (ދަސްކޮށް ދެނެގަތުމަށް) ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ.
މީގެ އިތުރުން އޯލެވެލްއަށް ތައްޔާރުވާ ދެ އަރަހަކީ ދަރިވަރުންނަށް ވަރަށް މުހިންމު އަދި ވަރަށް ސްޓްރެސް ބޮޑު ދެ އަހަރު ކަމަށާއި އަށެއްގެ ދަރިވަރުންނަށް، އަވަސް އަރުވާލައިގެން އެފަދަ ބުރައެއް ޖައްސަން ޖެހޭ (ކޮވިޑްގެ ވަބާފަދަ) ހާލަތެއް ނުވެސް ނެތްކަމަށެވެ.
ކުރީގެ ތައުލީމީ ވަޒީރު ވިދާޅުވިހެން ދިރާސީ އަހަރު ދިގު ދައްމާލަން އޭރު ނިންމަން ޖެހެނު އެންމެ މުހިންމު ސަބަބަކީ ވެސް ކޮވިޑްގެ ސަބަބުން ދަރިވަރުންނަށް ދިމާވި އުނގެނުމުގެ ދަތިތަކުން އެކުދިން އަރައިގަތުމަށް (ވަގުތާއި) ފުރުސަތު ދިނުންކަމުގައި ވީއިރު، އެތައް މަސްތަކެއް މަދުވެ، ވަގުތު ކުރުވުމާއެކު މިހާރު ގެންނަ ބަދަލާމެދު ބެލެނިވެރިންނާއި މުދައްރިސުންނާއި ތައުލީމީ ދާއިރާގެ ވެރިން ވިސްނާ ނުލައި، ދަރިންނަށް ކިޔެވުނަސް ނުކިޔެވުނަސް ހެޔޮވީތޯއެވެ؟
މިހާރު ގްރޭޑް އަށެއްގައި ކިޔަވަމުން އަންނަ ދަރިވަރުން އަންނަ އަހަރު އޯލެވެލް އިމްތިހާނުގައި ބައިވެރިކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމި ނިންމުމުގެ ސަބަބުން ދަރިވަރުން މަންހަޖު (ނުވަތަ ސިލަބަސް) ކަވަރުކުރަން އިތުރު ވަގުތު ލިބި، ކުރިން އެ ކުދިންގެ ކިޔެވުމުން ގެއްލުނު ހަ މަސްދުވަސް އެ ކުދިންނަށް ލިބޭނެކަމަށް މިހާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވިއިރު، އެކަން ކުރަން ދުވާލަކު 2 ސެސަން 3 ސެސަން ބާއްވައި، އިތުރު ގަޑިތަކުގައި މަންހަޖު ނިންމަން ކިތަންމެ ވަރަކަށް ކިޔަވައިދޭން މަސައްކަތް ކުރި ނަމަވެސް، ދަރިވަރުންނަށް ދަސްވާނެ ހެއްޔެވެ؟ ހަނދާނުގައި ހަރުލާނެ ހެއްޔެވެ؟ ތައްކަތުވާނެ ހެއްޔެވެ؟
އިންސާނުންގެ ސިކުނޑިއަށް އެނގި ދަސްވާ މިންވަރަކީ އެ އުފެދިފައިވާ ގޮތުންވެސް ހައްދެއް އޮންނަ އެއްޗަކަށް ވީއިރު، ކިޔަވާ ދަރިވަރުންގެ ސިކުނޑިއަށް ކުރު މުއްދަތެއްގައި (ގޯނި ހުޅުވާފައި އޮއްސާލާ ފަދައިިން) މަންހަޖު އަޅާޅުމުން އޯލެވެލްގައި ލިބޭނީ ލިބޭނީ ކޮން ނަތީޖާއެއް ހެއްޔެވެ؟ އޯލެވެލް އަށް ފަހު ކިޔެވުމުގައި ކޮންފަދަ ގޮންޖެހުން ތަކަކާއި ކުރިމަތި ލާން ޖެހޭނެތޯއެވެ؟
ތިމާގެ ސިޔާސީ ވިސްނުމާ އެއްގޮތަށް ހުރިހާ ކަމެއް ދީއްލާލައި، ދަރިންގެ ތައުލީމާ ދަރިންގެ މުސްތަގުބަލުވެސް (ވާނެ އެއްޗެއް ވާން) ވަރިހަމަ ވެގެން ތިބުން ނޫން ގޮތެއް ހަމަ ނެތީތޯއެވެ؟