News Network - : އިގްތިސޯދު

ރާއްޖޭގެ ކްރެޑިޓް ރޭޓިން އަނެއްކާވެސް ދަށްވެއްޖެ
ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސް އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން އަނެއްކާވެސް ދަށްކޮށްފިއެވެ.

ދަރަނި ނުދެއްކިދާނެ ކަމުގެ ހިރާސް (ނުވަތަ ރިސްކު) އިންތިހާއަށް ބޮޑު ކަމަށް ބަލައި ބައިނަލްއަގުވާމީ ރޭޓިން އެޖެންސީ، ފިޗް ރޭޓިންސްއިން ރާއްޖޭގެ ކްރެޑިޓު ރޭޓިން "ސީސީ" އަށް ދަށްކޮށްފައި މިވަނީ، ހަމަ މިއަހަރު ޖޫން މަހު އެ އޭޖެންސީން  ރާއްޖޭގެ ދަރަނި ދެއްކުމުގެ ގާބިލުކަން "ސީސީސީ ޕްލަސް" އަށް ދަށްކުރުމަށްފަހު، 3 މަސްދުވަސް ވެސް ނުވަނީސް ދެވަނަ ފަހަރަށެވެ. އެ ފަހަރު ފިޗުން ވަނީ ފާއިތުވި ދެ އަހަރު "ބީ ނެގެޓިވް" (މިހާރު ދަށްކުރި "ސީސީ" ގެ 3 ހަރުފަތް މަތީ) ގައި ހުރުމަށް ފަހުއެވެ.

ފިޗު ރޭޓިންއަށް އާއްމުކޮށް ބަދަލުގެންނަނީ ނޫނީ "ރޭޓިން ރިވިޝަން" އެއް ގެންނަނީ އަހަރަކު އެއްފަހަރު ކަމަށްވިޔަސް، މިއީ މިހާ ކައިރިކައިރީގައި ޑައުންވޯޑް ރޭޓިން ރިވިޝަނެއް ގެނައި ފުރަތަމަ ފަހަރު ކަން ވެސް ފާހަގަކޮށްލުމާއި އެކު، ރޭޓިން ދަށްކުރި ސަބަބުތަކުގެ ގޮތުގައި ކުރިން (ޖޫންމަހުގެ ރޭޓިން) އެކޭ  އެއް ފަދައިން ރާއްޖޭގެ ހަޒާނާތައް އިންތިހާއަށް ދަށްވެ މަދުވުމާއި ބޭރުގެ ދަަރަނި އަދާކުރަން ހުރި ހިރާސްތައް، ހާއްސަކޮށް މި އަހަރުގެ ފަހު 3 މަހު (ފަހު ކުއާޓަރާއި) ކުރިއަށް އޮތް ދެ އަހަރުން ދަައްކަން ހުރި ބޮޑެތި ދަރަނިތައް ފާހަގަކޮށްފައިވެއެވެ.

ފިޗުގެ ރިޕޯޓުގައި ވާގޮތުން، މި އަހަރުގެ މޭ މަހު 492 މިލިއަން ޑޮލަރުގައި ހުރި ރާއްޖޭގެ ޖުމްލަ ބޭރު ފައިސާގެ ހަޒާނާއިން، މި އަހަރުގެ ޖުލައި މަހު ގާތްގަނޑަކަށް 20 އިންސައްތަ ދަށަށް ގޮސް، 395 މިލިއަން ޑޮލަރަށް ވަނީ ދަށްވެފައެވެ. ފިޗުން ވަނީ ރާއްޖޭގެ ބޭރުގެ ދަރަނި އަންނަ އަހަރު 557 މިލިއަން ޑޮލަރަށް މައްޗަށްގޮސް، އެ އަދަދު އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާކޮށްފައެވެ. އޭގެ ތެރޭގައި އަނބުރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކެއްވެސް ހިމެނެއެވެ.

ފިޗުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ބޭރު ފައިސާގެ ދަތިކަން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވެސް ދެމިއޮންނާނެ އެވެ. މީގެ މަައިގަނޑު ސަބަބެއްގެ ގޮތުގައި ޕަބްލިކް އިންވެސްޓްމަންޓް އިތުރުވުމާއި ރާއްޖޭން އިމްޕޯޓަށް ކުރާ ހަރަދުތައް ކުރިއަށް އޮތް ތަނުގައި ވެސް ކުރަމުން ގެންދަން ޖެހޭތީއާއި، އެކަންކަމާއި ގުޅިގެން ޑޮލަރުގެ ބޮޑު ތާށީކަމެއް އައިސް ޕެރެލަލް މާކެޓް (ނުވަތަ ކަޅު ބާޒާރާއި) ރަސްމީ ހަޒާނާ (ރިޒާވް) އަށްވެސް ޕްރެސަރު ބޮޑުވެ، ބޭންކިން ނިޒާމަށް ވެސް މީގެ ނުރަނގަޅު އަސަރުކޮށްފައިވާ ކަމަށް ފިޗުގެ ރޭޓިން ރިޕޯޓުގައިވެ އެވެ.

އޭގެ އިތުރުން ބޭރު ގައުމުތަކުން އެހީ ލިބޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަން ވެސް ފިޗުން ފާހަގަކޮށްފައިވެ އެވެ.

ފިޗްގެ ރިޕޯޓްގައި މިހާރުގެ މާލީ ހާލަތު ބަދަލުކުރުމަށް ރާއްޖެއަށް ކުރެވިދާނެ ކަންކަމުގެ ތެރޭގައި؛ ސްޓްރެޓެޖިކް ބައިލޭޓަރަލް ޕާޓްނަރުންނާ އެކު ޑޮލަރުގެ ބަދަލުގައި އެ ގައުމުތަކުގެ ފައިސާއިން މުއާމަލާތްކުރަން އެއްބަސްވުން ހެދުމަކީ ވެސް ބޭރުގެ މާލީއެހީ ރާއްޖެއަށް ލިބުމަށް މަގުފަހިވާނެ ކަމެއްކަމާއި، އިގުތިސާދު ހަމަ މަގަށް އެޅުވުމަށް ސަރުކާރުން ފިސްކަލް ސްޓްރެޓަޖީއެއް އެކުލަވައިލާ ތަންފީޒުކުރުމުން، ބޭރުގެ މާލީ އެހީ ލިބުމުގެ ފުރުސަތު ބޮޑުކަން ހާމަކޮށްފައިވެއެވެ.

މިކަން ނުކުރެވޭ ހާލަތުގައި ދެން އޮންނާނީ އައިއެމްއެފް އާއި އެހެން މަލްޓިލެޓަރަލް އެހީދޭ ޖަމިއްޔާތަކާއެކީ ދަރަނި ރީސްޓްރަކްޗާ ކުރުން ކަމަށް އެ އެޖެންސީން ބުނެފައިވެ އެވެ.

ފިޗުން މިގޮތަށް ބަޔާން ކުރިއިރު، މި މަސައްކަތްތައް ކުރަމުންދާކަން ސަރުކާރުންވަނީ ހާމަކޮށްފައެވެ. މިގޮތުން، މެދު ރާސްތާގެ ފިސްކަލް އަދި ދަރަނީގެ ސްޓްރެޓެޖީ އެކަށައަޅައި މަޖިލީހަށް ހުށައަޅައި ތަންފީޒުކުރަން ފަށާފައިވާކަމަށާާއި، އިންޑިއާ އަދި ޗައިނާއަށް ދައްކަންޖެހޭ ލޯނުތައް ރޯލްއޯވާ (ލަސް) ކޮށްދެމުންދާކަން ވެސް ހާމަކޮށްފައިވެއެވެ.

ސަރުކާރުގެ މެދު ރާސްތާގެ ފައިނޭންސިން ޕްލޭނާ އެއް ގޮތަށް ފައިސާ ލިބިދާނެ ކަމާ މެދު ވެސް ފިޗުން ސުވާލު އުފައްދާފައިވެ އެވެ. އޭގެ ތެރޭގައި އަންނަ އަހަރު ދަައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު ރީފައިނޭންސް ކުރުމާއި ސޮވްރިން ޑިވެލޮޕްމަންޓު ފަންޑުން 200 މިލިއަން ހަރަދުކޮށްގެން 2026 ގައި އެ ސުކޫކަށް 200 މިލިއަން ޑޮލަރު ދައްކަން ހުރި ގޮންޖެހުންތައް ފިޗުން ފާހަގަކުރި އެވެ.

ކުރިއަށް އޮތް ތަނުގައި ވެސް މި ދަރަނި އިތުރުވަމުން ދާނެ ކަމާއި، މީގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފިޗުން ފާހަަގަކުރީ (ސަރުކާރުގެ) މެދު ރާސްތާގެ ފިސްކަލް އިސްތިރާޖު (ނުވަތަ ސްޓްރެޓަޖީ) ގައި އޮތް ގޮތަށް ހަރަދުތައް ކުޑަނުކުރެވުމެވެ.

އުތުރުތިލަފަޅުން ރާއްޖޭގެ އިންޕޯޓަށްވުރެ އިތުރަށް (ބައެއް ކާބޯތަކެތި) ހެއްދޭނެ
29 މާރިޗު 2024 ވަނަ ދުވަހު ޗައިނާއިން އުތުރު ތިލަފަޅުގައި ހިންގަން ސަރުކާރާއެކު ސޮއިކުރެވުނު އޭއީޒެޑް މަސްރޫއުން މުޅި ރާއްޖޭގެ އިންޕޯޓަށްވުރެ އިތުރަށް (ބައެއް ކާބޯތަކެތި) ހައްދައި ނެރެވޭނެކަމަށް އިގްތިސޯދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ ދިވެހިންގެ ކެއިންބުއިމަށް ބޭނުންކުރާ ބައެއް ބާވަތްތައް، މި ސަރުކާރުން އިއުލާންކޮށްފައިވާ ފުޑް ސެކިއުރިޓީ ޕްރޮގްރާމަށް ވުރެ އިތުރަށް އުފެއްދުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން ބާވަތްތަކެއް ކަމެއް ހާމައެއް ނުކުރައްވައެވެ.

އުތުރު ތިލަފަޅުގެ އެގްރިކަލްޗަރ އިކޮނޮމިކް ޒޯން (އޭއީޒެޑް) ގެ ގޮތުގައި ޗައިނާއަށް ދޫކޮށްފައިވާ ސަރަހައްދުގައި ފުޑް ސެކުރިޓީ ޕްރޮގްރާމްގެ ނަމުގައި ހިންގާނެކަމަށް ސަރުކާރުން އިއުލާނުކޮށްފައިވާ މަސްރޫއު ހިންގުމަށް، ޗައިނާގެ ސަރުކާރުގެ އެސްއޯއީ ކުންފުންޏެއް ކަމުގައިވާ ޗައިނާ ހާބަރ އެންޖިނިއަރިންގ ކޮންޕެނީ ލިމިޓެޑް (ސީއެޗްއީސީ) އާއި އެސްޓީއޯގެ ދަށުން މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއަިޑީ) ކިޔާ އުފައްދާފައިވާ ހަރަކާތަކާއި ދެމެދު ސޮއިކުރީ މިދިޔަ މާރިޗު މަހު 29 ވަނަ ދުވަހު، ސީއެޗްއީސީގެ ކަންޓްރީ މެނޭޖަރު މާއޯ ބާއޯ އާއި އެމްއައިޑީގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމެވެ.

"އުތުރުތިލަފަޅުގައި ހިންގާ މި މަސްރޫއަކީ މުޅި ދިވެހިރާއްޖޭގެ ޓޫރިސްޓު ރިޒޯޓްތަކާއި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އަހަރެއްގެ އިމްޕޯޓަށްވުރެ އެކްސެސް (އިތުރު) ވާނެ ވަރަށް އެއްޗެހި، ބައެއް އެއްޗިއްސަކީ،" ވަޒީރު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ދުނިޔޭގެ ކުރިއަރާފައިވާ ޒަމާނީ ޓެކްނޮލޮޖީއާއެކު މި މަސްރޫއުގެ ދަށުން ފަތްޕިލާވެލީގެ ބާވަތްތަކާއި މޭވާއާއި ތަރުކާރީގެ ބާވަތްތައް އުފެއްދޭނެ ކަމަށާއި 'ރިސާޗުލެބު' ތަކާއި ފަރުމަހާއި ސީފުޑްގެ ބާވަތްތައް އާލާކުރެވޭނެ ކުރެވޭނެ ގޮތްތައް އެތަނުގައި ހުންނާނެ ކަމަށެވެ.

"ބޮޑު އެޑްވާންސްޑް ސިޓީއެއް ގޮތަށް، ފުޑް ސިޓީއެއް ގޮތަށް އެތަން މި ޑިވެލޮޕްކުރަނީ. ވަރަށް ބޮޑު މަސްރޫއެއް. އެއީ ރައީސްގެ އެންމެ ބޮޑު އެއް އަމާޒު" - ސައީދު

ސަރުކާރުން ބުނާ ގޮތުގައި، ގައުމީ ފެންވަރުގައި ކުރިއަށްގެންދާ މި މަސްރޫއުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ފުޑް ސެކިއުރިޓީ ވަރުގަދަކޮށް، ރާއްޖޭގައި މޭވާއާއި ތަރުކާރީ އަދި ޕޯލްޓްރީ (އެއްގަމު މަސް) އުފައްދާ މިންވަރު އިތުރުކުރުމާއެކު އިންޕޯޓަށް ބަރޯސާވާ މިންވަރު ދަށްކުރުމެވެ. އަދި އިގްތިސާދީ ތަރައްގީ ހޯދައިދިނުމާ އެކު ދަނޑުވެރިކަމުގެ ދާއިރާއަށް އިވެންސްޓްމެންޓް ހޯދުމެވެ. އުތުރު ތިލަފަޅު (އޭއީޒެޑް) ޗައިނާ އާއި ހަވާލުކުރި ދުވަހު، އެތަނުގައި ކުރާނެ ކަންކަމުގެ ގޮތުގައި ސަރުކާރުން ބުނެފައިވަނީ؛

ބިން ހިއްކުމާއި އާއްމު އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރުން

ދަނޑުވެރިކަމުގެ ސިނާއީ ޕާކެއް ހެދުން

މުދާ އަރުވާބާލާ އަދި މީހުން އަރާ ފައިބާނެ ބަނދަރު ހެދުން

ތަރުކާރީއާއި މޭވާ ހައްދާނެ އަސާސީކަންކަން ގާއިމް ކުރުން

ދަނޑުވެރިކަމުގެ ތަމްރީނުދޭނެ މަރުކަރު ހެދުން

ހައްދާ ކާބޯތަކެތި (ރާއްޖޭގެ އެަތަން މިނަތަނަށް) ފޮނުވޭނެ ގޮތްތަކާއި ވަސީލަތްތައް ގާއިމް ކުރުން

އެސްޓީއޯއިން ބުނެފައިވަނީ މޭވާއާއި ތަރުކާރީ (ހެއްދުމަށް) އަދި ދަނޑުވެރިކަމަށް މީހުން ތަމްރީނު ކުރާނެ ބަޔަކު ވެސް މި މަސްރޫއު ނިމޭއިރު ތިބޭނެ ކަމަށެވެ.

މި މަސްރޫއުގެ ދަށުން ގާތްގަނޑަކަށް 800،000 (އަށް ލައްކަ) މީހުންނަށް ސީދާ މަންފާކުރާނެ ކަމަށް ޗައިނާގެ ސީއެޗްއީސީން ބުނެފައި ވެއެވެ. އެ ގޮތުން ދިވެހީންގެ އާންމު ދިރިއުޅުމަށްކުރާ ހަރަދުތަކުގެ 40 އިންސައްތަ ދަށްކުރުމަކީ މި މަސްރޫއުގެ އަމާޒެއްކަމަށް އެމީހުން ބުނެފައި ވެއެވެ.

ނިމި ދިޔަ އެމްޑީޕީ ސަރުކާރުން އުތުރު ތިލަފަޅު (ޔޫޓީއެފް) ހިއްކާފައިވަނީ ރާއްޖޭގެ ރައްޔިތުންނަށް، ވަކީން ހާއްސަކޮށް މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދާދިނުމަށް ކަމުގައި އެ ސަރުކާރުން ހާމަކޮށްފައި ވެއެވެ.

މިސަރުކާރުން އުތުރު ތިލަފަޅުން މިވަނީ އޭއީޒެޑެއް ޗައިނާއަށް ދީފައެވެ. އަދި މިއީ ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި އުފެއްދުމަށް ހިންގާ މައިމަސްރޫއެއް ކަމަށްވެސް މި ސަރުކާރުން ހާމަކޮށްފައި ވެއެވެ.

ފަސް ރަށެއްގައި އެއާޕޯޓް އެޅުމަށް ދިރާސާ ، އީއައިއޭ އަދި ޑިޒައިން ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
ފަސް ރަށެއްގައި އެއާޕޯޓް އެޅުމަށް ދިރާސާކުރުމާއި އީއައިއޭ އަދި ޑިޒައިން ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ވަކި ވަކިން ބޭއްވި ރަސްމިއްޔާތުތަކެއްގައި މިއަދު ސޮއިކުރީ ށ. މިލަންދޫ، ށ. ބިލެތްފަހި، ށ. ކޮމަންޑޫ، ތ. ގުރައިދޫ އަދި ތ. ވިލުފުށީގައި އެއާޕޯޓް އެޅުމަށެވެ.

އެމްޓީސީސީއާ މިއަދު ހަވާލުކުރީ މި ފަސް ރަށުގައި އެއާޕޯޓް އެޅުމާއި ސަވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ ހެދުމަށެވެ. ތ. ގުރައިދޫ އެއާޕޯޓްގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރު އަހްމަދު ލަތީފެވެ.

ވިލުފުށި އެއާޕޯޓްގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރު އަހްމަދު ލަތީފެވެ.

ކޮމަންޑޫ، މިލަންދޫ، ބިލެތްފަހި އެއާޕޯޓްގެ އެއްބަސްވުމުގައި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް ނަޒީމެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ އެވެ.

މިއަދު ސޮއިކުރެއްވުނު ރަށްތަކުގައި އެއާޕޯޓް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ލ.ގައި ބަންކަރިން ޚިދުމަތް ދޭ މެރިޓައިމް ހަބް ހެދުމަށް، ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި
ލ. އަތޮޅުގައި އިންޓަގްރޭޓެޑް މެރިޓައިމް ހަބެއް ގާއިމް ކުރުމުގެ މަސައްކަތް މިރޭ ސަރުކާރުން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ރައީސް ލ. ފޮނަދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް އެ ރަށުގައި މިރޭ ބޭއްވި ޖަލްސާގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި މަސައްކަތާ ހަވާލުވި، ޗައިނާގެ ކެމްސީ އިންޖިނިއަރިންގެ ފަރާތުން ސޮއިކުރީ ޖެނެރަލް މެނޭޖަރު ލީ ވޭ ވޭއެވެ.

ސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ދަށުން ލ. ގާދޫގައި މެރިޓައިމް ހަބެއް ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިޔަށް ގެންދިއުމަށް ނިންމާފައިވަނީ ޖުމްލަ ހަ ކޮމްޕޮނެންޓަކަށް ބަހާލައިގެންނެވެ. އެއީ:

އޯފްޝޯ ބަންކަރިންގެ ޚިދުމަތް

ކްރޫޒް ޓާމިނަލް

ސުޕަޔޮޓް މެރީނާ

އީކޯ ރިޒޯޓް

ކާބޯތަކެތީގެ ސްޓޯރޭޖް ފެސިލިޓީ

ޓްރާންސްޝިޕްމެންޓް ޕޯޓް

ލ. އަތޮޅުގައި ތަރައްގީ ކުރާ "މެރިޓައިމް ހަބް"އާ ގުޅޭ ގޮތުން އެމްޕީއެލްގެ ފަރާތުން ދިން ވީޑިއޯ ޕްރެޒެންޓޭޝަނެއް ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، މި މަޝްރޫއުގެ ދަށުން ކްރޫޒް ޓާއިނަލެއް ތަރައްގީ ކުރަން ހަމަޖެހިފައިވަނީ ކަސްޓަމްސް އަދި އިމިގްރޭޝަނުގެ އިތުރުން އެހެނިހެން ޚިދުމަތްތައް ވެސް ފަތުރުވެރިންނަށް ލިބޭ ގޮތަށެވެ.

އެމްޕީއެލުން މައުލޫމާތު ދިން ގޮތުގައި މި މަޝްރޫއުގައި ހިމެނޭ އީކޯ ރިޒޯޓް ތަރައްގީ ކުރުމަށް ނިންމާފައިވަނީ ގާދޫއާއި ފޮނަދޫއާއި ދޭތެރޭގައެވެ. އަދި ހަމަ މިއާއެކު ސުޕަޔޮޓު މެރީނާއެއް ގާއިމްކުރާއިރު، އެތަން ތަރައްގީ ކުރާނީ ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތައް ރައްކާތެރިކަމާ އެކު ލިބޭ ތަނެއްގެ ގޮތުގައެވެ.

ރައީސް ސޯލިހްގެ ސަރުކާރުން މި މެރިޓައިމް ހެދުމުގެ ޕްލޭންތަކާއި އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ.

އެމްޕީއެލްއިން ބުނާ ގޮތުން މި މަޝްރޫއު ފަރުމާކޮށްފައިވަނީ ލާމު އަތޮޅުގެ ކޮންމެ ގޭބިސީއަކަށް އިގްތިސާދީ މަންފާ ލިބޭނެ ގޮތަށެވެ. މިއީ މެރިޓައިމް އަދި އިންޓަގްރޭޓެޑް ކޮންސެޕްޓަށް އެމްޕީއެލްއިން ވެސް އެޅި ފުރަތަމަ ފިޔަވަޅުކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މިއަހަރުގެ މިހާތަނަށް ހަ ލައްކަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
މިނިސްޓްރީން މިއަދު ހާމަކޮށްފައިވާ އަދާހައިމައިން ދައްކާގޮތުން މި އަހަރުގެ މިހާތަނަށް ވަނީ 663,269 ފަތުރުވެރިން ރާއްޖެ އައިސްފައެވެ.

އޭގެތެރޭގައި ޖެނުއަރީ މަހު ޒިޔާރަތް ކުރި 192,385 ފަތުރުވެރިންނާއި ފެބްރުއަރީ މަހު އައި 217,392 ފަތުރުވެރިނާއި މިދިޔަ މަހު އައިސްފައިވާ 194,227 ފަތުރުވެރިންގެ އިތުރުން މި މަހުގެ މިހާތަނަށް ޒިޔާރަތްކުރި 59,265 ފަތުރުވެރިން ހިމެނެއެވެ.

މި މަހުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެދުވަހު އެކަނިވެސް 6،906 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު ޖެހިގެން އައި ދުވަހު 6،802 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުން ދުވާލެއްގެ މައްޗަށް މިހާރު ފަތުރުވެރިން ރާއްޖޭގައި ހޭދަކުރަނީ 7.9 ދުވަހެވެ. އަދި ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް އަންނަނީ 6،567 ފަތުރުވެރިންނެވެ.

މީގެއިތުރުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ފަސް ގައުމުގެ ތެރޭގައި ޗައިނާ، ޔޫކޭ، ރަޝިއާ، އިޓަލީގެ އިތުރުން ޖަރުމަނު ހިމެނެއެވެ. އަދާހައިން ދައްކާގޮތުން ޗައިނާ އިން 71،995 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު ޔޫކޭއިން ޒިޔާރަތްކުރީ 66،999 ފަތުރުވެރިންނެވެ. ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ރަޝިއާއިން އައިސްފައިވަނީ 66،803 ފަތުރުވެރިންނެވެ. އަދި އިޓަލީން 61،379 ފަތުރުވެރިންނާއި ޖަރުމަނުން 52،256 ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ސަރުކާރުގެ އަމާޒަކީ މި އަހަރު މުޅިން އަލަށް 20 ރިސޯޓު ހުޅުވައި، 2،857 އެނދު އުފެދިގެން ދިއުން ކަމަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ. އަދި، ނުހެދި ހުރި ރިސޯޓުތައް ނިންމަން ކަންކަން ފަހިކޮށްދެއްވާނެ ކަމަށްވެސް އެ މަނިކުފާނުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއެވެ.

މި ސަރުކާރުގެ އަމާޒަކީ މި އަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ. އެ އަމާޒު ހާސިލުވާނެކަމުގެ އުންމީދު ބޮޑުކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.

ހަސަދަވެރިންނަށް ރާއްޖޭގެ ޓޫރިޒަމްގެ މައްޗަށް ކުރިއެރުމެއް ނުހޯދޭނެ: އިގްތިސޯދީ ވަޒީރު ސައީދު
ހަސަދަވެރިންނަށް، ރާއްޖޭގެ ޓޫރިޒަމްގެ މައްޗަށް ކުރިއެރުން ނުހޯދޭނެ ކަމަށް އިގްތިސޯދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން އިންތިޒާމް ކޮށްގެން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ އަންހެނުންގެ އަދަދު އިތުރު ކުރުމަށް، “ފަހި ފަތުރުވެރިކަމަށް އަންހެނުން” ޕްރޮގްރާމް ލޯންޗުކުރުމަށް މިއަދު ބޭއްވި ޖަލްސާގައި އިގްތިސޯދީ ވަޒީރު ސައީދު ވިދާޅުވީ ފަތުރުވެރިކަން ނުވަތަ ‘ހޮސްޕިޓާލިޓީ ދުނިޔޭގެ ހައި ސްޓްރީޓެއް’ އަތުރާލާފައި ހުންނަނަމަ އެންމެ ‘ޓޮޕް ލަގްޒަރީ ޓްރެންޑް’ ކުރާ ޑެސްޓިޝޭނަކަށް ރާއްޖެ ވާނެ ކަމަށެވެ. އެހެންކަމުން، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ މާކެޓިން އަދި ހޮސްޕިޓާލިޓީ ވެސް ވަރުގަދަވާނެ ކަމަށާއި އަދި ވާދަވެރިންނާއި ހަސަދަވެރިން ވެސް ގިނަވަމުންދާނެ ކަމަށެވެ.

“އެއް ސިޓީއަކުން ނުބެލުނު ނަމަވެސް، ގެސްޓްރޮނޮމީގައި ފުޑް އެންޑް ބެވަރޭޖުގައި އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ރާއްޖެ ބީޓު ކުރެވޭނެ ސްމޯލް އައިލެންޑު އެހެން ޑެސްޓިނޭޝަނެއް އޮވެދާނެ ކަމެއް. އެއީ އަޅުގަނޑުމެންނަށް މާތްﷲ ދެއްވި ވަރަށް ބޮޑު ބްލެސިންއެއް، ވަރަށް ބޮޑު ނިއުމަތެއް. ދިވެހިން ހޯދި ނިއުމަތެއް.
މިއަދު ދިވެހިން މިކުރި ބުރަ މަސައްކަތުން އައިސް މި ދެންނެވި ހައި ސްޓްރީޓް ޝޮޕިންގައި ލުއި ވިޓޯން މިސާލަކަށް އިންނަ ފަދައިން، ނޫނިއްޔާ ސްޕޯޓްސްގައި ނައިކީ އިންނަ ފަދައިން، ޓުއަރިޒަމް ލަގްޒަރީ ހޮސްޕިޓާލިޓީ ޓުއަރިޒަމް، ބީޗް ހޮލިޑޭސްގައި ދިވެހިރާއްޖެ، މޯލްޑިވްސް އޭޒް އަ ބްރޭންޑު އިނުމަކީ އާދައިގެ އެޗީވްމެންޓެއް ނޫން”

އިގްތިސޯދީ ވަޒީރުމުޙައްމަދު ސަޢީދު

ސައީދު އިތުރަށް ވިދާޅުވީ ގެސްޓްރޮނޮމީގެ އެންމެ މަތީ ފަންތީގެ ރެސްޓޯރެންޓުތައް ހުރީ ރާއްޖޭގައި ކަމަށެވެ. އެންމެ ފެންވަރު ރަނގަޅު ކޮޓަރި، ބީޗު އަދި ޑައިވިން ފެސިލިޓީތައް ވެސް ހުރީ ރާއްޖޭގައި ކަމަށެވެ. ސައީދު ވިދާޅުވީ 50 އަހަރަކީ އިންޑަސްޓްރީއެއް އުފެއްދުމަށް ވަރަށް ކުޑަ ދުވަސްކޮޅެއް ނަމަވެސް އިންޑަސްޓްރީ ކޮޅަށް ޖެހިފައިވާ ކަމަށެވެ.

އިންޑިޔާގެ ފަތުރުވެރިކަން ކުރިއެރުވުމަށް އިންޑިޔާގެ ޕްރައިމިނިސްޓަރު މޯދީ ދެއްވި ވީޑިއޯ މެސެޖަށްފަހު، ރާއްޖޭގެ 3 ނައިބު މިނިސްޓަރުން މޯދީއަށާއި އިންޑިޔާއަށް ކުޑައިމީސް ބަހާއި ހުތުރުބަސްތައް ރައްދުކުރުމުގެ ސަބަބުން، އިންޑިޔާއިން ރާއްޖޭގެ ފަތުރުވެރިކަން ‘ބޯއިކޮޓް’ ކުރާނެ ކަމުގެ މީސްމީޑީއާ ކެންޕޭނެއް ޖަންގަލީ އަލިފާން ގަނޑެއްހެން ފެތުރެމުންދާ މިދުވަސްވަރު، ރާއްޖޭގެ ފަތުރުވެރިކަމަށް އެކަމުން ކުރާނެ ނޭދެވޭ އަސަރު ކުޑަކުރަން އަދުގެ ސަރުކާރަށް މަޖުބޫރުވެފައި އޮތްއިރު، ސައީދު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އިތުރަށް ފުޅާކުރެވޭނެ ހިތްވަރު ވެސް އެބަހުރި ކަމަށާއި ވާދަވެރިން ތިއްބަސް އަދި ރާޅުތައް ބޮޑުވިޔަސް “ރާޅު ހުރަސްކޮށް ދިއުމުގެ ހިތްވަރު ދިވެހި އޮޑިފަހަރުގައި، ދޯނިފަހަރުގައި ހުންނާނެ. ފަށަނުގައި ހުންނާނެ،” ކަމަށެވެ.

ވަން އައިލެންޑް ވަން ރިސޯޓު، ކޮންސެޕްޓުގައި މެޑިކަލް ޓޫރިޒަމް، ސްޕޯޓްސް ޓޫރިޒަމް އަދި އެޑިއުކޭޝަނަލް ޓޫރިޒަމް ތައާރަފުކުރެވިދާނެތޯ ސަރުކާރުން ބަލަމުންދާ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި އެކަމަށް ސަރުކާރުން ވެދެވެން ހުރި އެހީތަކަކީ ކޮބައިތޯ ބެސް ބަލަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭސަނަލް އެއަރޕޯޓުގެ އާ ކާގޯ ޓަރމިނަލް ރައީސް މުއިއްޒު ހުޅުވައިދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ކާގޯ ޓަރމިނަލް ރަސްމީގޮތުން މިއަދު ހުޅުވައިދެއްވައިފިއެވެ.

ވެލާނާ އިންޓަރނޭސަނަލް އެއަރޕޯޓުގެ އައު ކާގޯ ޓަރމިނަލް ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވީ މިކަމަށްޓަކައި މިއަދު ވެލާނާ އިންޓަރނޭސަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

ރައީސް ޔާމީން ސަރުކާރުގައި ޕްލޭން ކުރެވި، 2020 ވަނަ އަހަރުންސުރެ ރައީސް ސޯލިހު ސަރުކާރުން، ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްސަން ގުރޫޕް ކުންފުންޏާއި ހަވާލުކޮށްގެން 3 ބުރިއަށް ހަދަމުން އައި މި ކާގޯ ޓަރމިނަލް އިމާރާތާއި އެކު އިންވެގެން ކާގޯ ހާބަރެއްވެސް ވަނީ ތަރައްގީކޮށް 2023 ވަނަ އަހަރު ޖޫން ގައި ނިންމާފައެވެ.

We are pleased to announce the inauguration of our brand-new Cargo Terminal today, marked by the esteemed presence of President Dr. Mohamed Muizz. The cargo terminal is a step into the future with state-of-the-art facilities designed to elevate cargo operations to new heights. pic.twitter.com/ZKb2ZoCCEa

— Maldives Airports Company Ltd (@MACLmedia) January 15, 2024

ވެލާނާ އިންޓަރނޭސަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ މަސްރޫއުގެ ތެރޭގައި ހިމެނިގެން ތަރައްގީ ކޮށްފައިވާ އާ ކާގޯ ޓަރމިނަލަކީ ކުރީގެ ޓަރމިނަލަށްވުރެ ކާގޯ ހޭންޑްލިންގގެ މަސައްކަތް ގާތްގަނޑަކަށް ތިންގުނަ އިތުރަށް ކުރެވޭ ވަރުގެ ޓަރމިނަލެކެވެ. އެގޮތުން ކުރީގެ ބާ ޓަރމިނަލުން އަހަރަކު 50،000 ޓަނުގެ ކާގޯގެ ހިދުމަތްދެވޭ އިރު މި އާ ކާގޯ ޓަރމިނަލާއެކު ޖުމްލަ 120،000 ޓަނުގެ ކާގޯގެ ހިދުމަތް އަހަރަކު ދެވޭނެ ގާބިލުކަން ހުންނާނެއެވެ.

އާ ކާގޯ ޓަރމިނަލުގައި ކުރީގެ ޓަރމިނަލަށްވުރެ ގިނަ ވަސީލަތްތައް ގާއިމުކޮށްފައިވާއިރު އާ ޓަރމިނަލުގައި ބޭނުންކުރަނީ ތިމާވެއްޓާ ރަހުމަތްތެރި އުޅަނދެވެ. މީގެ އިތުރުން އައު ކާގޯ ޓަރމިނަލުގައި 3 ބުރިއަށް އިމާރާތްކޮށްފައިވާ އޮފީސް އިމާރާތެއް ހިމެނޭއިރު އެއަރލައިންތަކާއި ބްރޯކަރުންނަށް ހާއްސަކޮށް މިތަނުގައި 55 އޮފީހުގެ ޖާގަ ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު، ދާދިފަހުން ވަނީ ވެލާނާ އިންޓަރނޭސަނަލް އެއަރޕޯޓް، އަހަރަކު ޖުމްލަ 25 މިލިޔަން ފަތުރުވެރިންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީކުރުމުގެ މެގަ ޕްރޮޖެކްޓް އިއުލާނު ކުރައްވާފައެވެ.

ވެލާނާ އިންޓަރނޭސަނަލް އެއަރޕޯޓުގެ އާ ކާގޯ ޓަރމިނަލް ރަސްމީގޮތުން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަޠީފާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.