News Network - : ކޮލަމް

ނޫސްވެރިކަމަކީ ވަރަށް ވަރުގަދަ ހަތިޔާރެއް!
ނޫސްވެރިކަމަކީ ވަރަށް ވަރުގަދަ ހަތިޔާރެކެވެ. އެއީ ވަޅިއެއް ފަދަ އެއްޗެކެވެ. ހެޔޮ ގޮތުގައި ވެސް ބޭނުންކުރެވިދާނެއެވެ. މުޖުތަމަޢު ހަމަމަގަށް އަޅުވައި ރައްޔިތުން ހޭލުންތެރިކުރުމަށް ޓަކައި ނޫސްވެރިކަމުގެ ބޭނުން ހިފިދާނެއެވެ. ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރޭ، ފަޚުރުވެރިކަމާ އެކު ނޫސްވެރީން ވިދާޅުވާތީ އިވެއެވެ. ތެދުފުޅެކެވެ. ޒިންމާދާރު ނޫސްވެރިކަމަކީ ސަރުކާރު ޒިންމާދާރުކުރުވާ އެއްބާރެވެ. ވެރިކަމުގެ ގިއުގަނޑުގެތެރެއިން ނުފެންނަ ކަންތައްތައް ހޯދައި ބަލައި ހާމަކުރުމުގައި ނޫސްވެރިކަމުގެ ދައުރު ވަރަށް ބޮޑެވެ.

ވަޅިއަކީ ވެސް ދިރިއުޅުމުގައި މުހިންމު ވަސީލަތަކަށްވާ ފަދައިން އެއީ މީހުން މެރުމާއި އެކިއެކި ޖަރީމާތައް ހިންގުމަށް ޓަކައި ވެސް ބޭނުންކުރެވޭ އެއްޗެކެވެ. ހަމަ މިފަދައިން ނޫސްވެރިކަމަކީ ވެސް މީސްތަކުންނަށް އޮޅުވައިލައި ދޮގު މަޢުލޫމާތު ފަތުރައި ފިތުނަފަސާދަ އުފެއްދުމަށް ޓަކައި ވެސް ބޭނުންކުރެވޭނެ ވަސީލަތެކެވެ. ހުޅަނގުގެ ނޫސްވެރިކަމުން އެ ކަން އެބަ ފެނެއެވެ. ހުޅަނގުގެ ނޫސްވެރީނަށް މުސްލިމުން ފެންނަނީ ނިރުބަވެރީންގެ ގޮތުގައެވެ. ހުޅަނގާއި އެމެރިކާއިން ހިންގާ ކޮންމެ ޖަރީމާއެއް އެ މީހުންނަށް ފެންނާނީ ހައްގެއްގެ ގޮތުގައެވެ. އިސްރާއީލުން ފަލަސްޠީނުގައި ހިންގާ ގަތުލުއާންމާއި ނަސްލުހޭދު، އެ މީހުންނަށް ފެންނަނީ އެއީ އިސްރާއީލުގެ ދިފާޢުގައި އެ މީހުން އަދާކުރާންޖެހޭ ހައްގެއްގެ ގޮތުގައެވެ. ފަލަސްތީނީންނަށް ދިރިތިބުމުގެ ހައްގު އޮންނާން ޖެހޭކަމަކަށް ވެސް އެ މީހުންނަކަށް ގަބޫލެއް ނުކުރެވެއެވެ. މިއީ އަޅުގަނޑުމެންގެ މި ރާއްޖޭން ނާމޫނާ ލިބިގަންނާން ޖެހޭ ނޫސްވެރިކަންކަމަށް ދިވެހި ގިނަ ނޫސްވެރީން ދެކޭ ނޫސްވެރިކަމުގެ ޙާލަތު މިއަދު އޮތް ގޮތެވެ.

އެހެންވީމާ، ދިވެހި ނޫސްވެރިކަމުގެ ތެރެއިން ވެސް މި ކުލަ ނުފެނެޔެކޭ ދެންނެވޭކަށް ނެތެވެ. ކޮންމެ ބަޔަކު ވެސް ތިބެނީ އެ ބަޔަކު ތާއީދުކުރާ ފިކުރަކަށް ގޮސް ހުސްވެފައެވެ. ސަރުކާރަށް ތާއީދުކުރާ ނޫސްވެރީންނަށް ސަރުކާރުން ކުރާ ހަމަ އެއްވެސް ނުރަނގަޅު ކަމެއް ނުފެނެއެވެ. އަނެއްކޮޅުން ސަރުކާރަށް ތާއީދުނުކުރާ ނޫސްވެރީންނަށް ސަރުކާރުން ކުރާ ރަނގަޅު ހަމަ، އެއް ކަމެއް ވެސް ނުފެނެއެވެ. ދޭތެރޭ މެދެއް ނޯވެއެވެ. ތަވާޒުނެއް (ނިއުޓްރަލިޓީ އެއް) ނެތެވެ. އޮންނަނީ ކަޅެވެ. ނޫނީ ހުދެވެ. މި ދެމެދުގައި ކިތަންމެ ބައިވަރު ކުލަތަކެއް ހުންނަ ކަމެއް ނޭނގެއެވެ.

އެމެރިކާގެ ކުރީގެ ރައީސަކު ވިދާޅުވެފައިވެއެވެ. އެމެރިކާގެ މިތުރަކަށް ވާށެވެ! ނުވަތަ ހަތުރަކަށް ވާށެވެ! ހަތުރަކަށް ނުވެ، މިތުރަކަށް ނުވެ އެ ދެމެދުގައި އެއްވެސް ބަޔަކަށް ތިބެވޭން ޖެހޭނެކަމަކަށް ގަބޫލެއްނުކުރެވެއެވެ. ދިވެހި ނޫސްވެރިކަމުން ވެސް އަޅުގަނޑަށް ދުވަނީ މި ވަހެވެ.

ގަބޫލުކުރާންޖެހޭ ހަގީގަތަކީ ނޫސްވެރިކަމަކީ، ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު ކޮށްފި ނަމަ، ސަވާބު ލިބެނިވި ޢަމަލެއްކަމަށް ހެދިދާނެ މަތިވެރި ޢަމަލެއްކަމެވެ. ޚިދުމަތެއްކަމެވެ. އޭގެ އަނެއްކޮޅުން އެއީ ވަރަށް ބޮޑަށް މީހާ ފާފަވެރިވާނޭ ފަދައިން ކުރެވިދާނެ ނުބައި ޢަމަލަށް ވެސް ހެދިދާނެއެވެ. ތެދު މަޢުލޫމާތު ފަތުރައި މުޖުތަމަޢުގެ އެއްބައިވަންތަކަމަށާއި ސުލްޙަ މަސަލަސްކަމަށް އިސްކަން ދޭ ނޫސްވެރިކަމަކީ ހެޔޮ ޢަމަލަކަށް ވާނެއެވެ. ހަމަ އެ ފަދައިން ދޮގު މަޢުލޫމާތު ފަތުރައި މުޖުތަމަޢު ބައިބައިކޮށް ފަސާދަކުރުމުގެ ނިޔަތެއް އޮވެގެން އެ މަގުސަދު ހާސިލުކުރުމަށް ޓަކައި ކުރާ ނޫސްވެރިކަމަކީ ފާފަ ލިބެނިވި ނުބައި ޢަމަލުގެ ތެރޭގައި ލިޔުއްވޭނެ ނުބައި ޢަމަލެކެވެ.

ކަން އޮތީ އިސްވެ ދެންނެވުނު ގޮތަށް ކަމަށްވާ އިރު، މި ދެމެދުގައި ތަވާޒުނު ހިފެހެއްޓުމަށް ޓަކައި، ނޫސްވެރީން ރިޢާޔަތްކޮށް ޢަމަލުކުރާންޖެހޭ ސުލޫކީ މިންގަނޑެއް އޮވެއެވެ. ހިފަހައްޓާން ޖެހޭ އިޖުތިމާޢީ ގިޔަމުތަކެއް ވެއެވެ. ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ފަތުރައި ޢާއްމުންނަށް އޮޅުވައިލުމަކީ މި ދެންނެވި މިންގަނޑުތަކާ ޚިލާފު ކަމެކެވެ. މުޖުތަމަޢުގެ މަސްލަޙަތަށާއި ޤައުމުގެ އަމްނަށް ރައްކައުތެރިވުމަކީ ނޫސްވެރީންނަށް ލާޒިމު ކަމެކެވެ. ހައްގުގެ ނަމުގައި މަސްއޫލިއްޔަތު ހަނދާން ނައްތައިލައިގެން ނުވާނެއެވެ. މުޢާމަލާތުކުރުމާއި ވާހަކަދެއްކުމުގެ އަދަބުތަކެއް ވާކަން ނޫސްވެރީން ހަނދާން ނައްތައިލައިގެން ނުވާނެއެވެ.

މި ކަން މި މަގަށް ގެންދެވޭނީ ޢިލްމާއި މަޢުލޫމާތުގެ ގޮތުން މުއްސަނދި ބަޔަކަށް ނޫސްވެރީން ހެދިގެންނެވެ. ރާއްޖޭގެ ޖޯގުރަފީއާއި އާންމު މަޢުލޫމަތަށް ނޫސްވެރީން އަހުލުވެރިވެގެންނެވެ. މުޢާމަލާތުކުރުމުގެ ހުނަރާއި ވާހަކަދެއްކުމުގެ އަދަބުތައް ނޫސްވެރީން ދަސްކޮށްގެންނެވެ. އިސްލާމީ ރީތި ސުލޫކާއި ޢާންމު އަޚުލާގު ނޫސްވެރީންނަށް އެނގިގެންނެވެ.

އިއްޔެ 15 ވަރަކަށް ގަޑި އިރަށް ދެމިގެން ދިޔަ ނޫސްވެރީންގެ ބައްދަލުވުމުގައި ބައެއް ނޫސްވެރީން، ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވި ބައެއް ސުވާލުތަކުން ރާއްޖޭގެ ޒުވާން ނޫސްވެރިކަމަށް މި ފަދަ ދާއިރާތަކުން ތަމްރީނު ބޭނުންވާކަން ވަރަށް ރަނގަޅަށް އެނގި ހާމަވިއެވެ. މި ކަމަށް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަނުން ސަމާލުކަންދެއްވާނެކަމަށް އުންމީދުކުރަމެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިއްޔެ ބޭއްވެވި ނޫސް ކޮންފަރެންސްގައި ކޮންމެ ނޫސްވެރިޔަކު ދަންނަވާ ސުވާލަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޖަވާބަކީ ހުރިހައި ނޫސްވެރީންނަށާއި ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ދެއްވާ ޖަވާބެއްކަމަށް ގަބޫލުކުރާން ޖެހެއެވެ. އެހެންކަމުން، އެ ފަދަ ސުވާލެއް އެހެން ޞީޣާއަކުން ވެސް އަލުން ރައީސަށް ދެންނެވުމަކީ ބޭއަދަބީ ކޮށްގެންވާނެކަމެއް ނޫނެވެ. މި ކަން މިހެން މިވަނީ އެ ދެއްވާ ޖަވާބަކަށް ނޫސްވެރީން ސަމާލުކަން ނުދެއްވާތީކަމަށް ނުވަތަ ދޭހަނުވާތީކަމަށް ގަބޫލުކުރެވެއެވެ. މިއީ އެ ކަމުހެ ހުނަރުވެރިކަން ނުވަތަ ގާބިލުކަން ކުޑަކަމުން ދިމާވާ ކަމެއްކަމަށް ގަބޫލުކުރެވެއެވެ.

ހަމަ މިފަދައިން، ރައީސުލްޖުމްހޫރިއްޔާއަށް ސުވާލުދަންނަވާން ވާނީ އަދަބުވެރި ބަހުރުވައަކުންނެވެ. [އަޅުގަނޑު ކޮށްލާން ބޭނުން ސުވާލަކީ] ނުވަތަ [އަޅުގަނޑު އަހައިލާން ބޭނުންވަނީ] ނުވަތަ [އަޅުގަނޑު ދެން އަހައިލާން އޮތީ] ފަދަ ޢިބާރާތެއް ބޭނުންކުރެވިގެން ނުވާނެއެވެ. ނަމަވެސް ބައެއް ނޫސްވެރީންގެ ވާހަކަފުޅުތަކުން މި ކަންކަން ފާހަގަވިއެވެ. މިއީ އެ ފަދަ ބޭފުޅުން ދިވެހިބަހަށް، ބަހުގެ ހަމަތަކަށް، ކޮށިކަމުން ދިމާވާ ކަމެއްކަމަށް ގަބޫލުކުރެވެއެވެ. އަދި ކުރައްވާނޭ ސުވާލުތަކުގެ ނުކުތާތައް ނޯޓުކުރައްވައިގެން ދިޔަޔަސް އަކުރުން އަކުރަށް ލިޔެފައި އޮތް ޢިބާރާތެއް ބަލައިގެން، ފޯނަށް ބަލަހައްޓައިގެން ހުރެ، ސުވާލުތައް ހުށަހަޅަމުން ދިޔަ ދިޔުމުން ވެސް ހާމަވަނީ، އެ ފަދަ ނޫސްވެރީންގެ ހުނަރާ މެދު، އޮތް އިތުބާރު ކުޑަކަމެވެ. މި ކަންކަމުން އެނގި ހާމަވީ ދިވެހި ނޫސްވެރީންގެ ގިނަ ބޭފުޅުންނަށް ވަރަށް ބޮޑަށް ތަމްރީނު ބޭނުންވާކަމެވެ. އަޅުގަނޑު މި ވާހަކަ މި ދަންނަވައިލީ ހުނަރުވެރި ކުޅަދާނަ ބައެއް ނޫސްވެރީން ނުހަނު ޤާބިލުކަމާއި އަދަބުވެރިކަމާ އެކު، ދަންނަވަމުން ގެންދެވި ސުވާލުތައް އިސްތިސްނާކުރަމުންނެވެ. އެ ފަދަ ބޭފުޅުންނަށް ތަހުނިޔާ ދަންނަވަމުންނެވެ. އެހެން ބޭފުޅުންނަށް ކުރިއެރުން އެދެމުންނެވެ.

~އަބާ-ފަރަގު~

ވިޔަފާރިކުރާ ފަރާތްތަކުން މުސާރަ ދިނުމަށް އިސްކަމެއް ނުދެނީ ކީއްވެ؟
މުވައްޒިފުން އެމީހުންގެ ދިރިއުޅުމުގެ ހަރަދުތައް ފުއްދުމަށް ބަރޯސާވަނީ އެމީހުންނަށް ލިބޭ މުސާރައަށެވެ. ކަނޑައެޅިފައިވާ ދުވަހަށް މުސާރަ ނުލިބި ލަސްވުމުން ވަރަށް ގިނަ ދަތިއުނދަގޫތަކާއި ބުރަ އުފުލަންޖެހެއެވެ.  ދިރިއުޅޭ ތަނުގެ ކުލި ދެއްކުމަށާއި، ކަރަންޓާއި، ފެނާއި އަދި އިންޓަރނެޓް ބިލްތައް، މުސާރަ ލިބުނަސް ނުލިބުނަސް ދައްކަންޖެހެއެވެ. ދަރިންގެ ކިޔެވުމުގެ ހަރަދާއި ކެއުން ބުއިމުގެ ހަރަދުތައް ކުރަންޖެހެއެވެ.

މުސާރަ ލަސްވުމުން ދިމާވާ ދަތިއުނދަގޫތައް ތަހައްމަލުކުރަންޖެހުމަކީ ވަޒީފާގައި ކުރަންޖެހޭ މަސައްކަތުގެ ސައުގާއި ފޯރި  ގެއްލޭނެކަމެކެވެ. ފިކުރާއި ހާސްކަމުގެ ތެރެއަށް ގެނބި، ނަފްސާނީ ދުޅަހެޔޮކަން ގެއްލި ސިއްހީ ބަލިމަޑުކަމަށް މަގުފަހިވާކަމެކެވެ.

ދިވެހިރާއްޖޭގެ ވަޒީފާއާއި ބެހޭ ގާނޫނުގެ 50 ވަނަ މާއްދާގައި "... މަދުވެގެން މަހަކު އެއްފަހަރު މުސާރަ ދޭންވާނެއެވެ" މިހެން އޮވެއެވެ. ވަޒީފާގެ އެއްބަސްވުމުގައި ހިމަނަންޖެހޭ މައުލޫމާތުގެ ތެރޭގައި އުޖޫރަ ދިނުމަށް ކަނޑައަޅާ ދުވަސް ބަޔާންކޮށްފައި އޮންނަންޖެހެއެވެ.

މުސާރައާއި ގުޅުން ހުރި ސަކުވާތައް ބަލައި ފިޔަވަޅު އެޅުމުގެ ޒިންމާ ހަވާލުވެފައިވަނީ ލޭބަރ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އާއިއެވެ. މިގޮތުން އެލްއާރުއޭ އިން އެޅޭނެ ފިޔަވަޅަކީ ސަކުވާބަލައި ވަޒީފާދޭ ފަރާތަށް ޖަވާބުދާރީ ވުމަށް ހަތް ދުވަހުގެ މުއްދަތެއް ދިނުމެވެ. ޖަވާބުދާރީ ނުވެއްޖެނަމަ އެޅޭނެ ވިޔަވަޅަކަށް އޮންނަނީ -/2000 ރުފިޔާ އަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާއެއް ކުރުމާއި އެލްއާރުއޭ ގެ ވެބްސައިޓްގައި ޖަހައި ނަން ހާމަކުރުމެވެ.

އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން (އައިއެލްއޯ) އިން ފާހަގަކުރާ ގޮތުގައި އެކަށީގެންވާ މުސާރައެއް، ކަނޑައެޅިފައިވާ ވަގުތުގައި ލިބުމަކީ އިޖްތިމާއީ އިންސާފުގެ ތެރޭގައި ހިމެނޭ އަދި ހަމަޖެހޭ ދިރިއުޅުމަކަށް މުހިއްމު އަސާސީ ކަމެކެވެ.

އިސްލާމްދީނުގައި މަސައްކަތުގެ އުޖޫރަ ދިނުން ލަސްނުކުރުމަށް ވަރަށް ބާރުއަޅާފައިވެއެވެ. ކުރި މަސައްކަތުގެ ދައު ނުހިކެނީސް އުޖޫރަ ދިނުމަށް ކީރިތި ރަސޫލާ އަންގަވައި ހަދީސް ކުރެއްވިކަމަށް އަބޫހުރައިރާ ރިވާކުރައްވާފައި ވެއެވެ.

މުސާރަ ދިނުން ލަސްކުރާ ނުވަތަ ލަސްކޮށްފާނެ ސަބަބުތައް

ބައެއް ވިޔަފާރިތަކުން މުވައްޒިފުންގެ މުސާރަ ދިނުމަކީ އަސާސީ ޒިންމާއެއް ކަމަކަށް ނުދެކެއެވެ. މުސާރައަކީ ބެންކު އެކައުންޓްގައި ފައިސާ ނެތްނަމަ، އެހެން ހަރަދުތަކެކޭ އެއްފަދައިން ލަސްކުރެވޭނެ ހަރަދެއް ކަމަށް ދެކެވެ އެވެ. އެހެން ނަމަވެސް ޒިންމާދާރު ހަރުދަނާ މިންގަނޑުތަކަށް ހިންގާ ވިޔަފާރިއެއްނަމަ، މުވައްޒިފުންގެ މުސާރަ ދިނުން އެހެން ހަރަދުތަކަށް ވުރެ އިސްކޮށް، މުސާރަ ދިނުމަށް ބޭނުންވާ ފައިސާ ދުރާލާ އިންތިޒާމު ކުރާނެއެވެ.

ވިޔަފާރިއަށް ލިބެންޖެހޭ ފައިސާ، އެފައިސާ ލިބެންޖެހޭ ވަގުތުގައި ނުލިބޭ ހާލަތުގައި، މުސާރަ ދިނުން ލަސްކުރަން މަޖުބޫރުވެދާނެއެވެ. ނަމަވެސް މިގޮތަށް ލަސްކުރަންޖެހޭނީ ފައިސާ ހޯދާނެ އެހެންގޮތެއް އިންތިޒާމު ކުރެވެންދެނެވެ. ހަގީގަތަކީ ވިޔަފާރި ހިންގުމުގެ މާލީ އަދި އިދާރީ ނިޒާމު ހަރުދަނާ ނޫން ވިޔަފާރިތަކުން، ކުރިއަށް ލަފާކުރާ ބަޖެޓެއް ނެތުމުންނާއި އާރުލާ ރޭވުމެއް ނެތުމުގެ ސަބަބުން، މުސާރަ ދިނުން ލަސްކުރަން ޖެހުމެވެ.

ހަރުދަނާ އުސޫލުތަކާއި ހިލާފަށް ހިންގާ ވިޔާފާރިތަކުން، ގަސްތުގައި މުސާރަދިނުން ލަސްކުރެއެވެ. މުވައްޒިފުންނަށް މުސާރަ ދިނުމަށް ހުރި ފައިސާ، ވިޔަފާރީގެ އެކިކަންކަމުގައި ބޭނުންކުރެއެވެ. ބެންކުތަކުން ވިޔަފާރިއަށް ފައިސާ ލިބުމުގެ މަގު އޮތްނަމަވެސް، އިންޓަރެސްޓަށް އަރާ ލާރިކޮޅެއް ސަލާމަތްކުރަން މުސާރަ ދިނުން ލަސްކުރެއެވެ. ހިއްސާދާރުން ނުވަތަ ވިޔަފާރީގެ ބައިވެރިން އެމީހުންގެ މާލީ ގާބިލުކަން ހުރިނަމަވެސް އެވިޔަފާރީގެ ރައުސުލްމާލު އިތުރު ކުރާކަށް ބޭނުމެއް ނުވެއެވެ. މިފަދަ ވިޔަފާރި ތަކުން މުވައްޒިފުންގެ މުސާރަ ދިނުން ލަސްކުރުމަކީ އުސޫލީގޮތުން ކުރާކަމެކެވެ.

ފަރުދީ މައްސަލައަކަށްވުރެ ބޮޑު މައްސަލައެއް

މުސާރަދިނުން ލަސްވުމުން ދިމާވާ މައްސަލައަކީ ހަމައެކަނި ފަރުދީ މައްސަލައެއްނޫނެވެ. މިފަދަ މައްސަލަތައް އާންމުވެ، ގިނަ ވިޔަފާރިތަކުން މުސާރަދިނުން ލަސްކުރާނަމަ، އަމިއްލަ ވިޔަފާރިތަަކުގެ ވަޒީފާއަށް ބަރޯސާވުން ކުޑަވެ އިތުބާރުކުޑަވެ އެފަދަ ވަޒީފާތައް އަދާކުރާ މީހުން މަދުވާނެއެވެ. ގިނަ ދިވެހިން، ސަރުކާރުގެ ނުވަތަ ސަރުކާރު ކުންފުންޏަކުން ވަޒީފާ ހޯދަން ބޭނުންވަނީ މިފަދަ ސަބަބުތަކަށްޓަކައެވެ. މިހެން މިކަން ދެމިއޮވެއްޖެނަމަ ސަރުކާރުން ދިވެހިންގެ ގިނަ ބަޔަކަށް ވަޒީފާ ދޭންޖެހި، އަމިއްލަ ވިޔަފާރިތަކުގައި މުޅިންހެން ގެންގުޅެން ޖެހޭނީ ބިދޭސީންނެވެ.

ނަތީޖާއަކީ ސަރުކާރުގެ ބަޖެޓަށް ބާރުބޮޑުވުމާއި، ދިވެހިންގެ ތެރެއިން ގިނަ ބަޔަކު، އުފެއްދުންތެރި މަސައްކަތްތަކުން ބަރީއަވެ ތިބުމާއެކު، ގައުމީ އުފެއްދުންތެރިކަން ބޮޑުތަކުން ދަށްވެ، ރާއްޖޭގެ އާމްދަނީން ބޮޑުބައެއް ބިދޭސީންގެ މުސާރައިގެ ގޮތުގައި ބޭރުވުމެވެ.

މައްސަލައަށް ހައްލެއް ހޯދުން

މުސާރަދިނުން ލަސްކުރުމުން އުފެދޭ އިޖްތިމާއި ބަލިމަޑުކަން ކޮންޓްރޯލްކުރުމަށް މަސައްކަތްތަކެއް ކުރަންޖެހެއެވެ. އެންމެ ފުރަތަމަ ކަމަކަށް މުވައްޒިފުންގެ މުސަރާދިނުމުގެ ކަންކަން ހަރުދަނާކޮށް، ލަސްނުކޮށް އެކަންކުރުމަށް، ވަޒީފާދޭ ހުރިހާ ފަރާތެއްގެ މައްޗަށް ލާޒިމުކޮށް ގާނޫނު އިސްލާހު ކުރަންޖެހެއެވެ. ލޭބަރ ރިލޭޝަން އޮތޯރިޓީ ފަދަ މުއައްސަސާތަކުގެ ފާރަވެރިކަން އިތުރުކުރުމާއި (ގާނޫނާ ގަވާއިދުތައް) ތަންފީޒުކުރުން ހަރުކަށި ކުރަންޖެއެވެ. މުވައްޒިފުންނަށް މުސާރަދިނުންފަދަ އަސާސީ ހައްގުތަކަށް އަރައިގަންނަ ފަރާތްތައް ހާމަކޮށް ބޭޒާރު ކުރުމާއި، ސަރުކާރުގެ މަސައްކަތްތަކާއި ޕްރޮޖެކްޓްތަކުން އެފަދަ ފަރާތްތައް އެއްކިބާކުރުން ފަދަ ކަންކަން ކުރެވިދާނެއެވެ.

ދޮގުހެދުމާއި ފަސާދަކުރުމުގެ ނަތީޖާ ރަނގަޅުވެ ފޮނިމީރުވާނެބާ؟
ދިވެހިރާއްޖޭގައި ސިޔާސީ ހަނގުރާމައެއްގެ އަލިފާން ރޯވަމުން ދާކަމަށް ސިޔާސީ މުފައްކިރުން ބުނަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެނބުރެމުން ސެނބުރެމުންދާ ސިޔާސީންގެ ބަސްމަގާއި އަމަލުތަކުގެ ސަބަބުން އެމީހުންނާއި ގުޅޭ ގޮތުން ދެކެވެމުންދާ ވާހަކަތަކާއި، އެކަންކަމުގެ ހިތި ނަތީޖާގެ ރަހަ ކަރުބުޑަށް ވަންނަމުންދަނީ ހީކުރިވަރަށްވުރެ ގަދަކޮށް މާއަވަހަށެވެ.

ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ސިޔާސީ މަގާމުތަކުގައި ތިބި ބައެއް މީހުންނާއި އިދާރާތަކުގެ ބައެއް ވެރިންވެސް ވަނީ ދިވެހިރާއްޖެއާއި ބޭރު ދުނިޔެއާއި ދެމެދު އޮންނަ ގުޅުންތަކަށް ނޭދެވޭ ބޮޑަތި އަސަރުތައް ކޮށްފާނެ ކަމަށް ބެލެވޭ އެތައް ކަމެއްގެ މެދުތެރެއަށް ވަދެގަނެފައެވެ. ނަންބަރު މަތިކުރާން ނުވަތަ މެޑަލް ޖެހުމުގެ އަމިއްލަ އެދުމުން ތަތްތެޅިފައިވާ ނުތާހިރު ސިޔާސީ މަގުސަދުތަކަށްޓަކައެވެ.

އިންޑިއާ އެކަންޏެއް ނޫނެވެ، ބޭރުގެ އެހެންވެސް އެތަކެއް ގައުމުތަކަކާއި ގުޅޭގޮތުން ދޮގު މައުލޫމާތާއި ފަސާދަވެރި ޕްރޮޕެގަންޑާ ފަތުރައި، ގައުމުގައި ހަލަބޮލިކަން އުފެދި، ހޫނު ބަހުސްތަކާއި ކުރިން އަމްދުން ވެފައިނެތް ބައިބައިވުންތައް އުފެދި ދަނީ އިތުރުވަމުންނެވެ. އެފަދަ ފަރާތްތަކުން މީސްމީޑިއާ އާއި އާންމު ތަގުރީރުތަކުގައި ގަސްތުގައި ދޮގު މައުލޫމާތު ފަތުރައި، ދޭދޭ ގައުމުތަކާއި މި ސަރަހައްދުގެ ބައެއް އެހެން ގައުމުތަކުގެ މަގްސަދުތަކާއި މެދު އޮޅުވާލައި ފަސާދަ އުފައްދަމުން ދާ ދިއުމުގެ ނަތީޖާ ގައިމުވެސް ރަނގަޅެއް ނުވާނެއެވެ.

މި ކަންކަމުގެ ސަބަބުން އިދިކޮޅު ނުވަތަ ދިރާސީ ނަޒަރަކުން އެކަންކަންމަށް ވިސްނާ ފަރާތްތަކުގެ ކަންބޮޑުވުންތައް ނުހަނު އުފެދިފައި ވީއިރު، (އެކަންކަމާއި) އެއްކޮޅު ފަރާތްތަކުން ތަކުރާރުކޮށް ކެނޑިނޭޅި އެކަން ދިފާއު ކުރުމަށްވުރެ ބޮޑަށް އެކަންކަން ޕްރޮމޯޓުކޮށް ތައުރީފު ކުރަމުންދާ ދިއުމުގެ ނަތީޖާއެއްގެ ގޮތުން އާއްމު ރައްޔިތުމީހާ ހުންނާން ޖެހިފައި މިވަނީ "ވާނުވާ" ގައެވެ. ސިޔާސީ ހެވެއް ނުބައެއް ނޭނގޭ ހާލުގައެވެ.

(ހަމައިގައި ތިބި) މީހުންގެ ކަންބޮޑު ވުމަކީ، ތެދު ދޮގު ނޭނގޭ ވާހަކަތަކާއި ހަރަކާތްތަކުގެ ސަބަބުން ދޭދޭ ގައުމުތަކުގެ މެދުގައި އެތަކެއް އަހަރުތަކަކުން ބިނާކޮށް އެތަކެއް ޒަމާންތަކަކަށް ދިގުދެމި ގޮސްފައިވާ އިތުބާރާއި ހެޔޮ އެދުމަށް އޭގެ ސަބަބުން ހީނަރުކަން އަންނަމުން ދާތީއެވެ. އުފެއްދި ހަމަނުޖެހުންތަކުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުގެބޮޑުކަމާއި، ތެދު ދޮގު ނޭނގޭ މައުލޫމާތުގެ ސަބަބުން އަށަގަންނަ ޒާތީ  ތައައްސުބާއި އޮޅުންތަކަކީ ދިވެހި ރައްޔިތުންގެ މެދުގައިވެސް ދޭދޭ ގައުމުތަކާއި ދޭތެރޭވެސް ދެކޮޅު ސުއޫރުތައް އުފެދެމުންދާ ސަބަބަކަށް ވާތީއެވެ. އިތުބާރު ގެއްލިފައިވާ މާހައުލެއްގައި އުފެއްދި ފަސާދައިގެ ސަބަބުން ރާއްޖޭގެ ތަރައްގީއަށް މުހިންމު އެތަކެއް އެއްބަސްވުންތަކަކާއި މަސްރޫއުތަކަކަށް ލޮޅުންއަރައި ހުއްޓެމުންދާތީއެވެ.

މި ހާލަތު ކުރިއަށްދާއިރު، މި ތުހުމަތުތަކާމެދު ފާޑުވެރި ނަޒަރަކުން ވިސްނުމަކީ ވަރަށް މުހިންމު ކަމެކެވެ. މީސްމީޑިއާއަކީ ދޮގު މައުލޫމާތު އުފައްދައި ފަތުރަން ފަސޭހަ ތަނަކަށް ވީއިރު، އެއްވެސް ވާހަކައެއް ނުވަތަ ފެންނަހާ އެއްޗެއް ހިއްސާކޮށް، އިތުރަށް ފެތުރުމުގެ ކުރިން އެ ކަމެއްގެ ތެދު/ދޮގު ކަށަވަރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ނުވާނަމަ އެ ވާހަކައެއް ނުވަތަ އެކަމަކުން ބަރީއަވުން މުހިއްމެވެ. މެހެމާންދާރީއާއި ސުލްހަވެރިކަމަށް ލޯބިކުރާ އެކަމަށް މަސްހޫރު އަޅުގަނޑުމެންގެ ދިވެހިރާއްޖެ، ނަސްލުތަކާއި ސަގާފަތްތައް ގުޅުވައިދޭ ފާލަމެއްގެ ގޮތުގައި އޮވެ، ސަރަހައްދީ ހަމަޖެހުމުގެ ތަރާދުގެ ނަމޫނާއެއްގެ ގޮތުގައި ދެމިއޮތުމުން ލިބޭ ފައިދާއާއި މަންފާ މާބޮޑުތަނުން އިތުރުވާނެކަން ދަންނާންޖެހެއެވެ.

ޗައިނާ އާއި އިންޑިޔާގެ ލޯނު ދަންތުރައިގައި ހަނާވެ ފަނާވަނީ ދިވެހީންގެ ރާއްޖެ!
ޗައިނާ ވިޔަސް އިންޑިއާ ވިޔަސް ރާޢްޖެއަށް ކަންކަން ކޮށްދިނުމުގައި ފަހަކަށް އައިސް ގެންގުޅޭ އުސޫލެއް އޮވެއެވެ. ހިލޭ އެހީއެއް ވިޔަސް ލޯނެއް ވިޔަސް ރާއްޖެއަށް ފައިސާ ނުދީ ބޭނުންވާ ކަންކޮށްދިނުމުގެ އުސޫލެވެ. ލޯނެއްވެސް ހިލޭއެހީއެއްވެސް ދެނީ ބޭނުންވާ ކަމެއް ކުރުމަށެވެ. އެކަމެއް ކޮށްދެނީ އެމީހުން އައިސް އެމީހުން އަމިއްލައަށެވެ.

އެކަމަކަށް ބޭނުންވާ ހުރިހާ އެއްޗަކާއި ވަސީލަތެއް ހޯދާ ރާއްޖެ އެތެރެކުރަނީ އެމީހުންނެވެ. އެކަމެއް ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަނީ އެގައުމެއްގެ މީހުންނެވެ. މަސައްކަތުގައި އުޅޭ މީހުންނަށް ބޭނުންވާ ދަތްކޮއްޓިއަށް ދާންދެން ބޭނުން ކުރަނީ އެ މީހުން އަމިއްލައަށް އެތެރެކޮށްގެންނެވެ. ކަފަބުރެއްހާ ހިސާބުވެސް ރާއްޖޭގެ ފިހާރައަކުން އެމީހުން ނުގަނެއެވެ.

އިންޑިއާއިން އަޅާދިން އައްޑޫ ޕޮލިސް އެކަޑަމީއަކަސް، އުތުރު ތިލަފަޅު ޑޮކްޔާޑަކަސް، ވިލިމާލެ ބުރިޖަކަސް އެކަން އޮތީ އެހެންނެވެ. ޗައިނާއިން އަޅާދިން ހުޅުމާލެ ބްރިޖަކަސް ،ދަރުމަވަންތަ ހޮސްޕިޓަލަކަސް، ހިޔާ ޓަވަރަކަސް، އެކަމުގައި ތަފާތެއް ނެތެވެ. ބޭރު ބަޔަކު ލައްވާ އެއްވެސް މެގަ ޕްރޮޖެކްޓެއް ހިނގަމުން ދާއިރު ދިވެހި ރައްޔިތަކަށް ލިބޭ ވިޔަފާރިއެއް ނަފައެއް ނޯވެއެވެ. މުޅި ޕްރޮޖެކްތައް ހިނގާ ހުރިހާ ހަރަދެއް އަލިފުން ޔާއަށް ލިބެނީ ލޯނު ނުވަތަ އެހި ދޭގައުމަކަށެވެ. އެ ޕްރޮޖެކްތަކުން ވެރިން ހޯދާ ކަޓެއް ފިޔަވާ ރާއްޖެއަށް ލޯލާރިއެއްވެސް ނުލިބެއެވެ.

ދަރިންގެ ދަރިންގެ މިނިމިންޏަށް ގައުމު ދަރުވާލައިގެން ހިންގާ މެގަ ޕްރޮޖެކްޓްތަކަށް ކުރާހޭދައިގެ ކުޑަ މިންވަރެއްވެސް ދިވެހިންނަށް ނުލިބުމަކީ ދިވެހިން ބިކަވުމުގެ ސަބަބެކެވެ. މުޅި ޕްރޮޖެކްޓަށް ހޭދަކުރަހާ ފައިސާއެއް ލިބެނީ ލޯނު ނުވަތަ އެހީދޭ ގައުމަށެވެ. އެގައުމުގެ ރައްޔިތުންނަށެވެ. ލޯނަށް ދައްކަ ފައިސަވެސް އެ މީހުންނަށެވެ.

ރާއްޖޭގެ މަސައްކަތްތެރި ކުންފުނިތައް ކުރިއަރާ ދިޔުމަށް ހުރަސްއެޅޭ ގޮތަށް އެކިވަރުގެ ފަށަލަތައް ލައިގެން އޮންނަނީ އޮބިއަޅާފައެވެ. ވަރުވަރުން ދަރަޖަކޮށްގެން ހިންދަމާލިޔަ ނުދީ އޮންނަނީ އިނދަޖައްސާފައެވެ. ސަރުކާރުގެ ކުންފުނިތައް އޮންނަނީ ސިޔާސީ ބޭނުމަށް ފަސާދައިން ޖަރީކޮށްފައެވެ. ވެރިކަމަށް އަންނަ ކޮންމެ ބަދަލަކާއެކު، ދައުލަތުގެ ކުންފުނިތައް ގުނބޯލުންގެ އައްޑައަކަށް ބަދަލުވެ، ކުންފުނިތަކުގެ 'އެފިސެންސީ' ނައްތާލައެވެ.

ރާއްޖޭގައި ތިބި ދުނިޔޭގެ ފެންވަރުގެ އިންޖިނޭރުންނާއި ފަންނުވެރިންނަށް، ރާއްޖޭގައި ކުރިއަރާ ދިޔުމަށް ޖާގައެއް ނެތެވެ. އުސޫލުތަކާއި ފުރޭނުން ތަކުގައި ތާށިވެ މީހަކަށް ކުރާނެކަމެއް، ކުރެވޭނެ ކަމެއް ނޯވެއެވެ. ސިކުނޑިތައް ހަފޮޅު އެތެރޭގައި ތަޅުލައިގެން ތިބި ސިޔާސީ ދަނޑިވަޅީންގެ ބުމަރަކަށް ގައުމުގެ އުފެއްދުންތެރިކަން އޮތީ ވެނިމިފައެވެ. އަބަދުވެސް ރާއްޖޭގައި ސިޔާސީން ޖަހާބެރަށް ނަށަމުން ކިޔާނީ ބަނގުރޫޓް ލަވައެވެ. ކާން ބޭނުންވާނީ ހިހޫތަނުންނެވެ.

މިލިއަން ބިލިޔަނުން ފައިސާކޮޅު ކަޅާ ކޮށްލައިގެން ސިޔާސީ މައްކާރުން ބަޗައެވެ.  ލޯނުތަކުގެ ދަންތުރައިގައި ދިވެހީންގެ ރާއްޖެ ހަނާ ކުރަމުން ފަނާކުރަމުންނެވެ. ދަރީންގެ ދަރީންގެ ބޮލުގައި އެ ދަރަނި އަޅުވާފައެވެ.

ރިޝްވަތާއި ފަސާދު އަނިޔާވެރިކަމާއި ނިފާޤުން

މިޞްރުގައި ރަސްކަން އެއީ ކުރި ކަޅު އަނދިރިވި އަހުދެކޭ

ޖާހަކަށް އަދި މުދަލަކަށް އަޅުވެތިނުވީ ވިއްޔާއެއީ

ފާހަގަވެ ކަޅު ލިސްޓުގައި ލިޔެ ހުނިޖެހޭނޭ މީހެކޭ

~ މަސްދަރު: ހީރަސް ނިއުސް ~

ފައިސާ އުފެއްދުމަކީ ރާއްޖެއަށް އޮތް ނުރައްކަލެއްތަ؟
ކޮވިޑް-19 ގެ ސަބަބުން އިގްތިސޯދީ ގޮންޖެހުންތައް ނިހާޔަތަށް އިތުރުވިއެވެ. މާލިއްޔަތު ބެލެހެއްޓުމުގައި ސަރުކާރުން ގެންގުޅޭ އުސޫލާމެދު، ހާއްސަކޮށް ފައިސާ ޗާޕުކުރުމުގެ އުސޫލާމެދު ގިނަ ފަރާތްތަކަކުން ސުވާލު އުފެއްދިއެވެ. މި ނިންމުމާއި ގުޅިގެން ކުރިމަތިވެދާނެ ނުރައްކާތަކާއި މެދު ފާޑުކިޔުންތެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިންފްލޭޝަން އިތުރުވެ ފައިސާގެ އަގު ދަށްވާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް މި ހަލަބޮލި ޒަމާނުގައި ދަތުރުކޮށް، ރާއްޖޭގެ އިގްތިސާދުގެ ހަމަޖެހުން ކަށަވަރުކުރުމަށް ފައިސާ ޗާޕުކުރުމަކީ ކޮންމެހެންވެސް އޭރު ކުރަން މަޖުބޫރުކަމެއްކަން ސަބަބުވެރި އިންސާނެއްގެ ބުއްދިން ވިސްނާލީމަ އެނގި ކަށަވަރުވެގެންދާނެއެވެ.

ފިޒިކަލީ އާ ބިލްތައް ޗާޕްކުރުމާއި، ފައިސާ އުފެއްދުމުގެ ފުޅާ ކޮންސެޕްޓާއި ތަފާތުކުރުން މުހިންމެވެ. އެމްއެމްއޭ ފަދަ މަރުކަޒީ ބޭންކުތަކުން ގިނަ ފަހަރަށް އިލެކްޓްރޯނިކް ނިޒާމުން ފައިސާ އުފައްދައި، އެކިއެކި އިންތިޒާމުތަކުގެ ތެރެއިން އިގްތިސާދަށް އެ ފައިސާ ވައްދައެވެ. މިކަން ކުރެވޭނީ ސަރުކާރުގެ ބޮންޑް ގަނެގެން ނުވަތަ ބޭންކުތަކަށް ކްރެޑިޓް ދިނުމުން، ބޭންކުތަކަށް އިތުރަށް މިނިވަންކަމާއެކު ލޯނު ދޫކުރުމުގެ ފުރުސަތު ލިބިގެންނެވެ.

ކޯވިޑް-19ގެ ސަބަބުން އެހެން ގިނަ ގައުމުތަކެކޭ އެއްފަދައިން ރާއްޖެއަށްވެސް މީގެކުރިން ނުފެންނަ އިގްތިސޯދީ ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. ފަތުރުވެރިކަން ބޮޑުތަނުން ދަށްވެ، ދުނިޔޭގެ ވިޔަފާރިއަށް ބުރޫއެރުމާއެކު، ސަރުކާރަށް މަޖުބޫރުވީ އިގްތިސޯދު ހިފެހެއްޓުމަށާއި، ރައްޔިތުންނަށް އެ ވަގުތު ބޭނުންޖެހިފައި އޮތް އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށެވެ. އެފަދަ އެއް ފިޔަވަޅަކީ ފައިސާ ޗާޕުކޮށްގެން ލިކުއިޑިޓީ އިތުރު ކުރުމެވެ. މިއީ އިގްތިސޯދު ދަށަށް ދިއުން ހުއްޓުވައި، އެފަދަ ހަރަކާތްތައް ހީވާގިކުރުމަށް އަމާޒުކޮށްގެން އޭރުގެ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅެކެވެ.

ސަރުކާރުން ނަގާފައިވާ ދަރަނީގެ ބާވަތްތައް ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. މައިގަނޑު ގޮތެއްގައި ދަރަނީގެ ދެ ބާވަތެއް ހިމެނެއެވެ؛ ގައުމީ ދަރަންޏާއި މަރުކަޒީ ބޭންކުގެ ދަރަންޏެވެ. ގައުމީ ދަރަންޏަކީ ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ފޫބެއްދުމަށް ދަރަންޏަށް ނަގާ ފައިސާކަމަށް ވާއިރު، މަރުކަޒީ ދަރަންޏަކީ މަރުކަޒީ ބޭންކުން އަމިއްލައަށް ދަރަނި ނެގުމެވެ. ރާއްޖޭގެ ހާލަތަށް ބަލާއިރު، މަރުކަޒީ ބޭންކުން ދަރަނި ނެގުމަކީ ވަގުތުން ވަގުތަށް ބޭނުންވާ މާލީ ބޭނުންތައް ހައްލުކޮށް، ޒަރޫރީ ހިދުމަތްތައް ދެމެހެއްޓުމަށް ޓަކައި ކުރާންޖެހޭ ކަމެކެވެ.

ފައިސާގެ އަގު ދަށްވެދާނެ ކަމުގެ ބިރު އޮތް ގޮތާއި ހިލާފަށް، ރުފިޔާ ނިސްބަތުން އެއްވަރެއްގައި އޮތްއިރުވެސް، އެމެރިކާ ޑޮލަރު ފަދަ ބޮޑެތި ފައިސާތަކާ އަޅާބަލާއިރު އެކްސްޗޭންޖް ރޭޓް ކަޅު ބާޒާރުގައި ވަނީ 17.50ރ އުފުލިފަ އެވެ. މި ކަމުން ދޭހަވަނީ ބައެއް ފާޑުކިޔުންތެރިން ގަތް ބިރާއި ހިލާފަށް، ޗާޕުކުރި ފައިސާ ބާޒާރަށް ވެއްދުމަކުން ފައިސާގެ އަގު މާބޮޑުތަނުން ދަށްވެގެން ގޮސްފައި (ނުވަތަ ހައިޕަރއިންފްލޭޝަން އުފެދިފައި) ނުވާކަމެވެ.

މީގެ އިތުރުން ދުނިޔޭގެ އިގްތިސޯދީ ހާލަތަށް ރިއާޔަތްކޮށް ރާއްޖޭގެ ހާލަތު ވިސްނުމަށް ގެނައުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެމެރިކާއާއި އިންޑިއާ ފަދަ ބޮޑެތި އިގްތިސޯދުތައް ހިމެނޭ ގޮތަށް، ދުނިޔޭގެ ގައުމުތަކުން ވަނީ ކޮވިޑް-19ގެ ސަބަބުން އިގްތިސޯދީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ގިނަ އަދަދެއްގެ ފައިސާ ޗާޕްކުރުމުގެ މަސައްކަތް ފަށާފައެވެ. މިސާލަކަށް އިންޑިއާގެ ގައުމީ ދަރަނި ބޮޑުވެފައިވާއިރު، ސަރުކާރުން ވަނީ އެގައުމުގެ އިގްތިސާދު ވަރުގަދަކޮށް، އެމެރިކާ ޑޮލަރާ އަޅާބަލާއިރު އިންޑިއާ ރުފިޔާ ހަމައަކަށް އެޅުވުމަށް ފިޔަވަޅުތައް އަޅާފައެވެ.

ބޭރުގެ ދަރަންޏަކީ ސަމާލުކަން ދޭންޖެހޭ އަނެއް ކަމެކެވެ. ދިވެހިރާއްޖޭގެ، ބޭރުގެ ދަރަނި އުފުލިފައިވާ ކަމީ ތެދެއް ނަމަވެސް، ވިސްނުންތެރި ފިސްކަލް މެނޭޖްމަންޓާއި ސްޓްރެޓެޖިކް އިންވެސްޓްމަންޓްތަކަކީ، ބޭރުގެ ލޯނު ނެގުމާއި ގުޅިފައިވާ ނުރައްކާތައް ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެއްކަން ދެނެގަތުން މުހިންމެވެ. މީގެ އިތުރުން ބޭރު ފައިސާގެ ރިޒާވްއެއް ލިބިފައިއޮތުމުން ރާއްޖޭގެ އިގްތިސޯދަށް އާދަޔާ ހިލާފު ބުރައެއް ނުޖެހި މާލީގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށް މަގު ފަހިވެގެން ދާނެއެވެ.

ފައިސާ ޗާޕްކުރުމާ ގުޅޭ ކަންބޮޑުވުންތައް ހުރި އިރު، އިގްތިސޯދީ ޔަގީންކަން ނެތް ދުވަސްވަރެއް ކަޑައްތު ކުރުމަށް މިފަދަ ފިޔަވަޅުތައް ގިނަ ފަހަރަށް އަޅަންޖެހޭކަން ދެނެގަތުންވެސް ކޮންމެހެން ބޭނުންތެރި އެވެ. ފައިސާ ޗާޕުކޮށްގެންގައުމުގެ ލިކުއިޑިޓީ އިތުރު ކުރަން އޭރުގެ ސަރުކާރުން ނިންމުމަކީ، ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ލިބުނު ޕްރެގްމެޓިކް (ބުއްދިހަމަޖެހޭ) ޖަވާބެކެވެ.

ރަނގަޅު މާލީ ސިޔާސަތުތަކާއި، ދަރަނި، ޒިންމާދާރުވެރި ކަމާއެކު ބެލެހެއްޓުމާއެކު، ފައިސާ ޗާޕުކުރުމަކީ ރާއްޖޭގެ ހަމަޖެހުމާއި ތަނަވަސްކަމަށް މަގުފަހިކޮށް ރައްކާތެރިކުރުމަށް ހަށިހެޔޮ އިގްތިސޯދެއް ކަށަވަރު ކުރުމަށްޓަކައި އޭރުގެ ސަރުކާރުން އެޅި ހަރުދަނާ މުހިންމު ފިޔަވަޅެކެވެ.

ބެންކޮކް އާސަންދަ: މަޖިލިސް އިންތިހާބަށް ބަންނަ އަނެއް ދޮގުބޯޓް
ޗައިނާއަށް އަޅުވެތިވީ ވަރުން ޒަމާނުއްސުރެ ދިވެހިންނާ ގުޅުން އޮތް ޓައިވާނުގެ ނަގުލުގައި ފަތްގަނޑެއްލާ ހުރާލި ރާއްޖޭގެ ސަރުކާރަކީ މުއިއްޒު ސަރުކާރެވެ.

130 މިލިއަން ޑޮލަރުގެ ހިލޭ އެހީއަށް އަމިއްލަ މުސްތަގިއްލުކަން ޗައިނާއަށް ވިއްކާލުމަށް ފަހު ދިވެހިން ލޮލުގައި ރިޔާސީ އިންތިޚާބުގައި އެޅުވި ފަދަ ދޮގު އަނދުން އަޅުވަން އަނެއްކާ މިފެށީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ރައްޔިތުން އަނެއްކާ އަނެއް އަވާގައި ޖައްސައިގެން ވޯޓު ހޯދުން ނޫން ބޭނުމަކު ނޫނެވެ.

ޑޭޝް8 މަތިންދާ ބޯޓްގައި ރައްޔިތުން ބޭހަށް ފޮނުވާނީ ދުބާއީ އަށާއި ބެންކޮކަށޭ ވިދާޅުވީ މޫނަށް ރުލެއްވެސް އަރުވާނުލައެވެ. މިއިރު ކުޑަކުއްޖަކު ގޫގުލް ކޮށްލިޔަސް ޑޭޝް8 އަކުން ބޭހަށްދާ ބަޔަކު ތެޔޮ ހުސްވަންދެން އުދުހުނަސް ބޯޓު ޖައްސަން ޖެހޭނީ ބެންކޮކާ މާލެއާ ދެމެދު ދެބައި ކަނޑަށްކަން އެނގޭނެއެވެ.

މިހާރު އަރުވާ އަޑަކީ ބެންކޮކާ ދުބާއީއަށް ބޭހަށް ފޮނުވުމުގެ އިންތިޒާމް ފެށި ވާހަކައެވެ. ރާގު ރާގަށް އެ ހަބަރު ކިޔާ ސުރުހީތައް އެތިބަ ހަދަނީއެވެ.

<embed width="600" height="460" type="text/html" src="https://presidency.gov.mv/Press/Article/29640">

ރަނގަޅެވެ. މަޖިލިސް އިންތިޚާބު އަންނަންދެން ބަޔަކު ފޮނުވައިގެން ބެންކޮކް ނޫނީ ދުބާއީން ބޭސް ކުރުވާފަ އެފިލްމު ދައްކާ އެ މީހުންގެ އިންޓަރވިއު ވެސް ގެންނަންވާނެއެވެ. ވޯޓް ނިމުނީމާ ރައީސް ޔާމީނުގެ ހުސްގޮނޑި ގެއްލުވާލި ގޮތަށް ބެންކޮކް ގެއްލުވާލާ ބަހަނާ ތަކެއް ދައްކާނީއެވެ.

މަޖިލިސް އިންތިހާބުގެ ކުރިން އަދި ޖައްސަން ރަނގަޅު ޑްރާމާ އެއް ބުނަންހެއްޔެވެ. މާލޭގެ ކޮންމެވެސް ތަނެއްގައި ބޮޑު ވަޅުގަނޑެއް ކޮނެ ކޮންކްރީޓް ބުޑެއް އަޅާށެވެ. ހަބަރުގައި ކިޔަންވާނީ ރައީސްގެ ތަސައްވަރަކީ މިތަނުގައި ޖައްވަށް އެރޭނެ ބޮޑު ލިފްޓެއް ބަހައްޓާ ކޮންމެ ރައްޔިތަކަށް 10 ތަރީގެ މަގުން ތަރިބާލައިދީ 10 ކިލޯ ކާޑާ އެކު ތަރިތައްވެސް ހަވާލު ކުރުން ކަމަށެވެ.

ރޯމާ ދުވާލު ދޮގާ މަކަރު ހަދައިގެން ރިޔާސީ އިންތިހާބުގައި ވޯޓް ހޯދިގޮތަށް ކުރިއަށް މަޖިލިސް އިންތިހާބަށް ފިސާރި ޗަރުކޭސް ދައްކާލަން ވާނެއެވެ. ދީނާ ގައުމިއްޔަތު އޮލަވެގެން އޮބި ނޯންނަ ސަރުކާރެއް މިއޮތީ ދިވެހިން ހޯދާފައެވެ.

މި މީހުންނަށް ނޭނގޭ ކަމަކީ ދޮގާ އޮޅުވާލުމާ މަކަރާ ހީލަތަކީ ދީނާ ގައުމިއްޔަތުގައި އޮންނަ ކަންކަމެއް ނޫން ކަމެވެ.

ޓިއުސަނުން ދަރިފުޅަށް ފައިދާއެއް ނުލިބި ހިނގައިދާނެތަ؟
ޓިއުސަނުގެ ނުރައްކަލޭ؟

އިނގިރޭސިވިލާތުގެ ނެޝަނަލް އެސޯސިއެސަން އޮފް ހެޑްޓީޗަރސްގައި އިސްކޮށްހުރި ޓީޗަރ އެޑްވައިޒަރު ‘ގެއިލް ލާކިން’ އިންޒާރުދެއްވާފައިވާގޮތުން ސްކޫލް (ގެ ކްލާސްތައް) ނިމުމަށްފަހު، އޭގެފަހުން ޓިއުސަނަށް ފޮނުވައި ނުވަތަ ޓިއުސަނުގައި ދަރިވަރު ބަނދެލުމަކީ ދަރިވަރަށް ފުރައްސާރަކުރުން ނުވަތަ ‘ޗައިލްޑް އެބިއުސް’ ކަމުގައެވެ.

ގްރޭޑުތަކުގެ ދަރިވަރުންނާއި ހަމައިން އައިސް ތިން ހަތަރު އަހަރުގެ ތުއްތު ދަރިވަރުންނަށްވެސް ހަވީރާއި ރޭގަނޑުގެ ވަގުތުތަކުގައިވެސް ޓިއުސަން ދޭންޖެހޭކަމަށް ގަބޫލުކޮށް ބާރުއަޅައި ގޮތް ދޫނުކޮށް އުޅޭ މައިންބަފައިންނާއި ބެލެނިވެރިންގެ އެ ގަބޫލުކުރުންތަކާއި ނަޒަރިއްޔާއާއި ހިލާފަށް، ތައުލީމީ ދާއިރާއާއި ކުޑަކުދިންގެ ވެލްފެއާ މާހިރުންވެސް ލާކިން އެކޭ އެއްފަދައިން ތަކުރާރުކޮށް ނަސޭހަތްތެރިވެ އިންޒާރުދެމުންދާކަން ފާހަގަކޮށްލެވެއެވެ.

މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށްވެސް ކޮންމެހެންވެސް ޓިއުސަން ދިނުމަށް ބައެއް ބެލެނިވެރިން ފައިވިއްދާފައިވާ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުން އެކަމަކީ ސްކޫލުތަކުގެ ކިޔަވައިދިނުން ބޭކާރުވެ ދަރިވަރުންގެ ސިކުނޑި ހުޅުވުންހުއްޓި ޅަފުރާގައި އެކުދިންގެ ބުއްދިތަނަވަސްވުމަށް ހުރަސް އެޅިގެންދާ ކަމެއްކަމުގައި މާހިރުން ލަފާދެއެވެ.

އުނގެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ނުވަތަ އެހީތެރިކަން ބޭނުންވާ ކުދިންނަށް ޓިއުސަންގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބަދަލުގައި މިހާރު އާއްމުވަމުންދާ ކަމަކީ ޓިއުސަންދިނުމަކީ ކޮންމެހެން ކުރަންޖެހޭ، އަދި އެއާނުލައި ދަރިވަރު އުނގެނިކުރިއަރައި ނުދާނެ ކަމުގެ ވިސްނުމެވެ. މެދުމަދަރުސީ ދަރިވަރުން ޓިއުސަންގައި ބައިވެރިކުރާ މިންވަރު އަތޮޅުތެރޭގައި 27 އިންސަންތައިގައި ހުރިއިރު މާލޭ ސަރަހައްދުގައި އެމިންވަރު 41 އިންސައްތައަށްވުރެ މައްޗަށް ގޮސްފައިވާކަން ދިރާސާތަކުން ދައްކައެވެ.

ޖެހިގެން ހުރި ގޭ މީހާގެ ދަރި ނުވަތަ ރައްޓެހިމީހާގެ ދަރި ޓިއުސަން ނަގާކަން އެނގުމާއި އެކު ކަންތަކާއި ޖެހުނީއެވެ. މީސްމީޑިއާއާއި ގުރޫޕްތަކާއި ގޫގުލްކޮށްގެން ނުވަތަ ޖެހޭހާ މީހެއްގާތު އަހައިގެންވިޔަސް ކްލާހަކަށް ނުދެވެންޏާ ނުވަތަ ގެއަށް ނުގެނެވެންޏާ، އޮންލައިންކޮށްވެސް، (ނުފޯރާ ފޮތިން ފޫގަޅައިގެންވިޔަސް) ތިމާގެ ދަރިއަށް ޓިއުސަން ދޭނެ ގޮތެއް ހޯދައެވެ. މިކަންތައްގަނޑު މާލެ ސަރަހައްދުގައި އަދި މާ ބޮޑެވެ.

އަމުދުން ޓެސްޓު ދުވަސްވަރެއް ބޯމަތިވާއިރަށް މިކަންކަން ހައްދުން ނައްޓާ ހިސާބަށްގޮސް، ދަރިވަރުގެ މުޅި ދުވަސް ޓިއުސަނުގައި ބަނދެލުމުގެ ނަތީޖާއަކަށް ވެގެންދަނީ ދަރިވަރުން ހެދިބޮޑުވުމުގައި ކޮންމެހެން ބޭނުންވާ (އިޖުތިމާއީ ހަރަކާތްތަކާއި ކުޅިވަރުތަކާއި މަޖާކޮށް ގުދުރަތީ މާހައުލާއި އެމުނިއެކުވެގެން ލިއްބައިދޭ) އެހެން ހުރިހާ ކަމަކުން މަހުރޫމުވެ ސިނކުޑީގައި ތަޅެއް އެޅުވި ބުއްދިފުރިހަމަ ނުވެ، މުޖުތަމައެއްގައި އެހެންމީހުންނާއި ޖާމިނުވެ އުޅޭނެ ހެޔޮގޮތްތައްވެސް އޮޅިދިއުމެވެ.

އަދި އޭ-ފާސް ހޯދައި، މެޑައްޔާއި ތަށިހޯދުމުގެ ދަހިވެތިކަމުގައި، ސުވާލަކަށް ޖަވާބެއް ދަސްކުރުމުގެ ފަލްސަފާއަކަށް މިކަން ބަދަލުވެ، ދަސްކުރާއެއްޗެއްވެސް ހަނދާނުގައި ހަރުނުލައި، ދަސްވިއެއްޗެއްގެ މުރާދެއް، އޭގެ ‘ޕްރެކްޓިކަލް އެޕްލިކޭސަނެއް’ ވެސް ނޭނގި، ‘ބުކްވަރމް’ ތަކަކަށް ދަރިވަރުން ބަދަލުވެ، މަދަރުސީ ދައުރު ނިމި ވަޒީފާގެ މާހައުލަށް ނިކުންނައިރު ކިޔެވި އެއްޗެއްގެ ބޭނުންކުރާންވެސް ނޭނގިދިއުމެވެ.

ސްކޫލުގައި ހައެއްކަ ގަޑި އިރު ހޭދަކޮށްފައި ގެއަށް އައިސް އެއްޗެހި ބަދަލުކޮށްގެން ދާނީ ގްރުއާން ކްލާހާއި ޓިއުސަން ކްލާހާއި ކުޅިވަރުތަކަށް ގޮސް އަވަދިވެގެން ފެންވަރައިގެން ކާ ގަޑީގައި ޓެބްލެޓުން ކާޓޫނެއް ބަލައި ނިމޭއިރު އަނެއް ކޮޅުން އޮންނާނީ ކިޔަވާ ގަޑި ޖެހިފަ އެވެ. މިއީ ގްރޭޑް އެކަކުން މަތީގެ ގިނަ ކުދިންގެ ދުވަހު ތާވަލެވެ. މި ތާވަލުގެ ތެރެއަށް މަޑު މަޑުން ބޭބީ ނާސަރީ އުމުރުގެ ކުދިން ވެސް ވަންނަން ފަށައިފިއެވެ. ކިޔަވައިދިނުމުގެ ވާދަވެރިކަމުގައި ތުއްތު ކުދިންގެ ދިރިއުޅުމަށް މި ގެނެވޭ ބަދަލަކީ ކިހާ ވަރެއްގެ ބަދަލެއް ހެއްޔެވެ؟ ތުއްތު ދަރިފުޅު ޓިއުސަނަށް ފޮނުވުމާ މެދު ކިހާ ވަރަކަށް ވިސްނަވާލިންތޯއެވެ؟

ޓިއުސަން މުހިއްމުތަ؟

“ކުދިންނަށް އުނދަގޫވާ ތަކެތި، ކުއްޖާ އަށް ކުއްޖާ އަށް އެންމެ ރަނގަޅަށް ސާފު ނުވާ ނަމަ، ދަންނަ މީހެއްގެ އެހީ ހޯދާލުމަކީ ރަނގަޅު ކަމެއް. އެކަމަކު އަހަރު ފެށުނީއްސުރެ ވަކި މީހަކު ގެނެސްގެން ގަވާއިދުން ޓިއުސަން ދޭނަމަ ކުއްޖާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެގެން ދޭ. އޭނަ އަމިއްލައަށް އެއްޗެއް އެނގިގަންނަން މަސައްކަތްކުރުން ހުއްޓާލާ،” ގިޔާސުއްދީން ސްކޫލްގެ ޕްރިންސިޕަލް ތޯހާ ސަލީމް ވިދާޅުވި އެވެ.

އެންމެ ކުޑަ އިރުއްސުރެ އަމިއްލަ އަށް ކަންކަމާ މެދު ވިސްނައި، އަމިއްލަ މަސައްކަތްތައް އަމިއްލަ އަށް ނިންމަން ދަސްކޮށްދިނުމަކީ މުހިއްމު ކަމެކެވެ. އޭރުން އެކަމުގެ ފައިދާ އެ ކުދިން ބޮޑުވުމުން ކުރާނެ އެވެ.

ނާސަރީ އުމުރު؛ ކުޅުމާއި ގުދުރަތީ މާހައުލާއި އެހެނިހެން ކަންކަން ދަސްކުރުމުގެ އުމުރު!

ދެ އަހަރާއި ފަސް އަހަރާއި ދެމެދުގެ ކުދިންނަށް އެކުދިން ސްކޫލުގައި ހޭދަކުރާ ތިން ހަތަރު ގަޑި އިރު ކިޔެވުމަށް ފުދޭނެ އެވެ. އިިތުރަށް މޮޅުކުރަން ބޭނުންވާ ނަމަ ގޭގައި އުޅޭ ވަގުތު ކުދިންނަށް ކިޔަވައިދޭން އުޅެވިދާނެ އެވެ. އެކަމަކު އެއަށްވުރެ ވެސް ބޮޑަށް މި އުމުރުގެ ކުދިންނަށް ބޭނުންވަނީ މައިންބަފައިންނާ އެކުގައި ހޭދަކުރާ ވަގުތެވެ. އަމިއްލަ އަށް ކަންކަން ހޯދައި، މާހައުލު ދަސްކުރުމުގެ ފުރުސަތެވެ. “އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެހާ ތުއްތު އިރުގަ ޓިއުސަން ދޭންޖެހޭ ކަމަކަށް. މި ވަރުގެ ކުދިން ޓިއުސަނަށް ފޮނުވަނީ، އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގަ، ގޭތެރޭގައި މައިންބަފައިންނަށް އެ ޕޭޝަންސް (ކެތްތެރިކަން) ނުހުންނާތީ. އެހެންވީމަ ދެން އޮންނަ އެންމެ ރައްކާތެރި ގޮތަކީ މީހެއްގެ ކައިރިއަށް ފޮނުވާލުން. އެއީ ފަސޭހައަކަށް ކުރެވޭ ކަމެއް ކަންނޭނގެ އޭގެ ފައިދާއަކަށް ބަލައިގެން ކުރާ ކަމެއްގެ ގޮތުގައި ކުރުމަށްވުރެ،” ތޯހާ ވިދާޅުވި އެވެ.

އަމިއްލައަށް ކަންކަން ކުރަން ދަސްކޮށްދޭން ޖެހޭތަ؟

މައިންބަފައިން އަބަދުވެސް ބޭނުންވާނީ ކުދިންނަށް ދަތި ނުވެ ފަސޭހަ ގޮތް ހޯދައިދޭށެވެ. އެކަމަކު ފަސޭހަ ގޮތް ހޯދައިދިނުމަކީ ކުދިންނަށް އެ ކުދިންގެ އަމިއްލަ ކަންކަން އަމިއްލަ އަށް ކުރަން ނޭނގޭ ވަރަށް ކަންކަން ފަސޭހަކޮށްދިނުން ކަމަށް ގަބޫލުކުރެވޭތޯއެވެ؟

“ކުޑަ އިރުއްސުރެ ކުއްޖާ މި ތައްޔާރުކުރަނީ އަމިއްލަ އަށް އުޅެން ދަސްކޮށްދޭން. މީގަ އަންނަ އާގިއުމަންޓަކީ، ކިޔަވައިދޭ އިރު ކުއްޖާއަށް ހުރިހާ އެއްޗެއް އޮޅުން ނުފިލައި ގޮސްދާނެ އޭ ބުނާ ތަންކޮޅު. އެކަމަކު ސްކޫލާއި އެކު އެކީގައި ޓިއުސަން ކްލާސްތައް ފެށުމަކީ ކްލާހުގައި ކުދިން ދޭ ސަމާލުކަން ވެސް ކުޑަވާ ކަމެއް. އެބަ އެނގޭ، ޓިއުސަނަށް ދިޔުމުން އެބައި ފޫބައްދާލެވޭ ކަން،” މިއީ ކުދިން ވަރަށް ބޮޑަށް ކަންނެތް ކޮށްލައި، އަމިއްލަ ޒިންމާ އާއި ދުރުކޮށްދޭ ކަމެއްގެ ގޮތުގައި ތޯހާ ސިފަކުރެއްވި އެވެ.

ކުއްޖާގެ ކްރިއޭޓިވް ވިސްނުމުގެ ހުނަރު ދަށްވަނީ ކީއްވެ؟

މީހަކު ބުނީމަ ބުނެދޭ އެއްޗެހި ލިޔެގެން ކިޔަވައިގެން ނިކުންނަ ކުދިންގެ ކްރިއޭޓިވް ތިންކިންގް ވަރަށް ބޮޑަށް ދަށްވެއެވެ. ކުރިއަރަމުން އަންނަ މި ޒަމާނުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އުފެއްދުންތެރި މޮޅު ވިސްނުން ހުންނަ މީހުން ހޯދުމެވެ. ކިތަންމެ މޮޅު މެރިޓެއް އޮތަކަސް މީހާ އަކީ އުފެއްދުންތެރި މީހަކަށް ނުވެދާނެ އެވެ. އެހެންކަމުން ސިކުނޑީގެ ބާރު ގަދަކުރަން ކުދިން ކުޑައިރު ހިތްވަރު ދެއްވުން މުހިއްމެވެ.

ކްލާހުގައި ފޯކަސް ކުރަން ހިތްވަރު ދެއްވާ!

ކްލާހުގައި ފިލާވަޅު ކަނުލައި އަޑުނޭހުމަކީ މައްސަލައެއް ނޫން ކަން ކުދިންނަށް އިހުސާސްކޮށް ނުދޭށެވެ. އޭގެ ބަދަލުގައި އެންމެ ކުޑަ އިރުއްސުރެ ކްލާހުގައި މުދައްރިސް ފިލާވަޅު ނަގައިދޭ ވަގުތުގައި ކަނުލައި އަޑު އަހައި އޮޅުމެއް އޮތް ނަމަ އެވަގުތު އެއެއްޗެއް އޮޅުން ފިލުވުމުގެ މުހިއްމުކަމާއި މުދައްރިސްގެ ފަރާތުން އެނގެން ބޭނުން ކޮންމެ އެއްޗެއް އޮޅުންފިލުވުމަކީ ދަރިވަރުގެ ހައްގެއް ކަން ވިސްނަދެއްވާށެވެ.

"ވިސްނަދޭންވީ، ޓީޗަރުގެ ޒިންމާއެއްކަން ކުދިންނަށް އޮޅުންފިލުވައިދިނުމަކީ. އަދި ކުއްޖާގެ ހައްގެއް ކަން ތައުލީމަކީ. ހަގީގަތުގައި، ސްކޫލުތަކުން ވެސް ކުދިންނަށް މިގޮތަށް ހިތްވަރުދިނުން ވަރަށް މުހިއްމު"

-ގިޔާސުއްދީން ސްކޫލްގެ ޕްރިންސިޕަލް ތޯހާ ސަލީމް-

ކޮންމެ ކަމެއްގެ ވެސް (ކަންފަސޭހަ) ކުރުމަގެއް އޮންނާނެ އެވެ. އެކަމަކު ދިގުމަގުން އުނދަގުލާއި ހުރަސްތަކާއި އެކު ކުރާ ދަތުރުގެ މަންޒިލް މާ އުފާވެރިވާނެ އެވެ. ކުދިންނަށް އަބަދު ފަސޭހަ މަގު ދަސްކޮށްދިނުމުގެ ބަދަލުގައި އުނދަގޫ މަގު ތަޖުރިބާކުރުމުގެ ފުރުސަތު ދިނުމަކީ ވެސް މުހިއްމު ކަމެކެވެ. ވިސްނަވާލައްވާށެވެ.

އެންމެން ހަމަހަމަ، ‎އެންމެންނަކީވެސް މިޒަމާނުގައި ބޭފުޅުން
މީގެ 70 އަހަރު ކުރިން ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔަތުގައި ރަސްކަމުގެ ޒަމާނެކޭ އެއްފަދައިން ނަސްލީ އިމްތިޔާޒު އޮތް

ހަސަބާއި ނަސަބުން ތަފާތުކުރުމަކީ ދުނިޔޭގައި އޮތް ކަމެކެވެ. މި ގޮތުން މި ރަށުގައި ވެސް މިކަން އޮތެވެ. މިކަން ނިމުމުގެ ފެށުމަކީ މީގެ 55 އަހަރު ކުރިން މި ޖުމްހޫރިއްޔަތު ފެށުމެވެ. އެ ފެށުނު ފެށުން މިއަދު މިވަނީ ފުރިހަމަވެފައެވެ. ވަކި ނަސްލަކުން ނަސަބަކުން އަޔަތީ ވަކި ކަންކަމެއް ލިބުން ޚާއްސަވެގެން ނުވުމެވެ.

ދިވެހިރާއްޖޭގެ ނަސްލީ އިމްތިޔާޒުގެ މިސާލަކަށް އެންމެ ފަހުން ރަސްކަން ކުރި ހުރަވީ ދަރިކޮޅުގެ ރަސްކަމުގެ ޒަމާނުގެ މިސާލެއް ފާހަގަކޮށްލަމާތޯއެވެ!

ހުރަވީންގެ ވެރިކަމުގެ ދުވަސްވަރު، ސުލްތާން ޣިޔާސުއްދީން ރަދުންގެ ރަސްކަން އިންގިލާބުކޮށް ހުރަވީން ވެރިކަން ފެށިހިސާބުން، ރައީސް މުޙައްމަދު އަމީނުލް ހުރަވީގެ ޖުމްހޫރިއްޔާ ނިމުމާއި ހަމަޔަށް..(1767 – 1953).

200 ވަރަކަށް އަހަރުގައި ދިވެހިރާއްޖޭގެ މީސްތަކުން ދަރަޖަ ކުރި ގޮތް ތިރީގައި އެވަނީއެވެ.

އާދެވަޑައިގަތުން

ހުރަވީ ރަސްދަރިކޮޅު، ދިޔަމިގިލި ރަސްދަރިކޮޅު، ކިލެގެއިންގެ ދަރިކޮޅު މިގޮތަށެވެ.

ލައްބަދުރުވުން

ހުރަވީ ރަސްދަރިކޮޅާއި، ދިޔަމިގިލި ރަސްދަރިކޮޅު ނޫން އެހެނިހެން ރަސްދަރިކޮޅުތައް (ހިލާލީ / އިސްދޫ)، ފަނޑިޔާރު ބޭކަލުން އަދި ދަންނަބޭކަލުންގެ ދަރިކޮޅުތައް، ތަކުރު، މަނިކު / މަނިކެ، ތުއްތު ފުޅު އެވެ.

މިނަންނަމުން މުޚާތަބުކުރެވޭ ބޭކަލުން / ކަނބަލުން އަދި ދަރިކޮޅުތަކެވެ. ރަށްރަށުގެ ވެރިންގެ ދަރިކޮޅުތަކެވެ.

އާނހޫން

ބޭފުޅުން ބޭކަލުން ކަނބަލުން ނޫން އެންމެން، އާންމު މީސްތަކުން މިއެވެ.

މީގެ 70 އަހަރު ކުރިން ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔަތުގައި ރަސްކަމުގެ ޒަމާނެކޭ އެއްފަދައިން ނަސްލީ އިމްތިޔާޒު އޮތެވެ. އޭގެ މިސާލެވެ!

މަތީ މަގާމަކުން ބޭފުޅަކަށް ނުވާކަމުގެ މިސާލު:

1953 ފުރަތަމަ ޖުމްހޫރިއްޔާ ރައްޔިތުންގެ (Parliament) ގެ ރައީސް ދުރުވުން ނައިބު ރައީސް ވަޑައިގަތުން މަޖިލީހުގެ ރައީސް ދުރުވުމުގެ ސަބަބަކީ ބޭފުޅަކަށް ނުވުމެވެ! ނައިބު ރައީސް ވަޑައިގަންނަވަނީ ބޭފުޅަކަށް ވާތީއެވެ! ނަން ނުލިޔެވެސް ރަސްމީ ލިޔުންތަކުގައި ހުރީ ރައީސް ދުރުވުމެވެ! ނައިބު ރައީސް ވަޑައިގަތުމެވެ! ރައީސަކީ އައްޝައިޚް މަލިމް މޫސާ މާފަތް ކަލޭފާނެވެ. ނައިބު ރައީސަކީ އަންނަބީލު ޙަސަން ޢަލީ ދީދީއެވެ، މި ޖުމްހޫރިއްޔަތު ފެށުނުއިރު ދީނާއި ދުނިޔޭގެ ކަންކަމުގެ މިނިވަންކަން ދިވެހި ރައްޔިތުންނަށް ލިބިގެން އައެވެ.

އާންމު ރައްޔިތުން މިސްކިތުގެ ކުރީ ސަފަށް ސަވާބު ބޮޑު ސަފަށް އެރުމުގެ މިނިވަންކަން، އާންމު ރައްޔިތުން ފަޔަށް ކަށިހެރުމުން ސަލާމަތްވުމަށް ފައިވާނަށް އެރުމުގެ މިނިވަންކަން އާންމުރައްޔިތުން އަތްވާއި ވާރެއިންހިޔާވުމަށް ހިޔާވުމަށް ކުޑަނެގުމުގެ މިނިވަންކަން މި ފަދަ މިނިވަންކަމެވެ! ދިވެހި އާންމު ރައްޔިތުން އެއިގެ ކުރިން މިކަންކަމުގެ މިނިވަންކަމެއް އާންމުކޮށް ލިބިގެން ނުވެއެވެ. ވީމާ، ދިވެހި ބަހުގެ ދަރަޖަތަކުގެ ތެރެއިން ލައްބަދުރުވުމުގެ ދަރަޖައަކީ މިއަދު ބޭނުން ދަރަޖައެއް ނޫނެވެ! އާދެވަޑައިގަތުމުގެ ދަރަޖަ އެންމެންނަށް ރިވެތި ބަހުން ވާހަކަދެއްކުމުގައި ބޭނުންކުރުން މުހިންމެވެ!

އާންމު ބަހުރުވައިން އާނހޫނއެވެ. ލައްބަދުރުވުމުގެ ދަރަޖަ ބޭނުންކުރުމަކީ ތަފާކުރުމެއް ނޫންތޯއެވެ؟

ދަރަވަންދޫގޭ ހުސައިން ދީދީއަކީ ކޮންބޭފުޅެއްކަން އެނގޭތަ؟
ދަރަވަންދޫގޭ ހުސައިން ދީދީއަކީ ދިވެހިރާއްޖެއިން ކިޔަވައިވިދާޅުވެގެން، 19 ވަނަ ގަރުނުގައި ދިވެހިރާއްޖޭގައި އިލްމު ފަތުރުއްވަން، ވަކީން ޚާއްސަކޮށް ދީނީ އިލްމު ފަތުރުއްވަން އެންމެ ބޮޑަށް މަސައްކަތްކުރި ދަންނަބޭކަލުންގެ ތެރޭގަ ހިމެނުނު، ދިވެހިރާއްޖެ ދުށް އެންމެ ޢިލްމުވެރި ޚާންދާނުކަމުގައިވާ އަލްޤާޟީ މުޙައްމަދު ޝަމްސުއްދީން އަލްކަބީރު، ބޮޑުފަނޑިޔާރުތަކުރުފާނުގެ ދަރިކޮޅަށާއި، ދިޔަމިގިލީ ރަސްދަރިކޮޅަށް ނިސްބަތްވެ ވަޑައިގެންނެވި، ފަޟީލަތުއްޝައިޚް ހުސައިން ސަލާހުއްދީނެވެ.

ޞަލާހުއްދީންގެ މަންމާފުޅަކީދަރަވަންދޫ ޙުސައިން އެދުރުކަލޭފާނުގެ ޒަކަރިއްޔާކަލޭފާނުގެ މުސާކަލޭފާނުގެ، ދަރަވަންދޫގޭ ތުއްތު މަނިކެ އެވެ. ޞަލާހުއްދީނު ކިޔަވައިވިދާޅުވީ ދިވެހިރާއްޖެއިންނެވެ. އޭރު ރާއްޖޭގައި ތިއްބެވި އެންމެ ބޮޑެތި ޢިލްމުވެރިންގެ އަރިހުންނެވެ. ޞަލާހުއްދީންގެ ފުރަތަމަ އުސްތާޒަކީ އަލްފަޤީހު އިބްރާހީމް ބިން ޙުސައިން ތަކުރުފާނު (އައްޑު މީދޫ އައިސާބީ ގެދަރު ދޮންބެއްޔާ) އެވެ. އޭގެ ފަހުން ކިޔަވައި ވިދާޅުވީ އައްޝައިޚު މުޙައްމަދު ޖަމާލުއްދީން (ނައިބު ތުއްތު) ގެ އަރިހުންނެވެ.

ބައްޕާފުޅަކީ ރަނަހަމާދި ތަކުރުފާނުގެ ފުތް އައްޝައިޚް އަލްފަޤީހް އަލްޤާޟީ މުޙައްމަދު ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނުގެ ދަރިކަނބަލުން އަލްޙާފިޡާ ބޮޑު ފާޠިމާފާނުގެ ދަރިކަނބަލުން ޒުލައިޚާބީގެ ދަރިކަނބަލުން އަތިރީ ޙައްވާބީގެ ދަރިކަނބަލުން އަތިރީ ކަމަނާއާ، އައްސައްޔިދު މުޙައްމަދު ނަހާ އަލްމަލާބާރީ (ހޮޅިނަހާ) ގެ ފުތް ފަސްމަންދޫ އަލްވަޒީރު ޙަސަން ބޮޑު ހަކުރާ ތަކު ރުފާނު ކައިވެނި ބައްލަވައިގެން، މި ދެކަނބަލުންނަށް ލިއްބެވި ފާޠިމާ މާވާކިލެގެފާނުގެ ދަރިކަނބަލުން ޢާއިޝާ ކަނބާފާނުއާ، އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނުގެ ދަރިކަލުން އައްސުލްޠާން އިބްރާހީމް އިސްކަންދަރު (2 ވަނަ) ކައިވެނިފުޅު ބައްލަވައިގެން، މި ދެކަނބަލުންނަށް ފުރަސޫތާވި ދަރިކަނބަލުން ޢާއިޝާ ރަންދިކަނބާފާނުގެ ދަރިކަނބަލުން މާވާ މަރްޔަމްދީދީގެ މާވާ ޙުސައިންދީދީގެ އާމިނާ މެދު ދީދީގެ ބޮޑުގަލު މޫސާ ދީދީއެވެ.

ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން އުފަންވެ ވަޑައިގަތީ 14 އެޕްރީލް 1881 (15 ޖުމާދަލްއޫލާ 1298) ވީ ބުރާސްފަތި ދުވަހު ފުރަމާލޭގައެވެ. މި މަނިކުފާނު ދިވެހި އަދަބަށް ކުރެއްވި ޚިދުމަތްތައް ހިމަނައި ގުނައިލެވޭ ވަރަށް ވުރެން ގިނައެވެ. ޅެންތަކާއި ރައިވަރުތަކެވެ. މަޒުމޫނުތަކާއި ޚުޠުބާތަކެވެ. ވާހަކަތަކެވެ. ދީނީ ފޮތްތަކެވެ. ނުލިޔުއްވާ މައުޟޫޢެއް ނެތެވެ. ޅެން ވިދާޅުނުވާ ބާބެއް ނެތެވެ. ޞަލާހުއްދީންގެ އެންމެ ބޮޑު އުސްތާޛަކީ އަލްޢައްލާމާ އައްޝައިޚް އަލްޙާފިޡް އިބްރާހިމް ތަކުރުފާނު (ސ. މީދޫ އައިސާބީގެދަރު ދޮންބެއްޔާ) މިކަލޭގެ ފާނެވެ. ދެން އޭގެ ފަހުގައި ޞަލާޙުއްދީން ދަރިވަރުވެ ވަޑައިގަތީ އައްޝައިޚް މުޙައްމަދު ޖަމާލުއްދީން އަރިހުންނެވެ.

ޙުސައިން ޞަލާޙުއްދީނު ދައުލަތަށް ޚިދުމަތް ކުރަން ފެއްޓެވީ ޢުމުރުން 18އަހަރުފުޅުގައެވެ. ފުރަތަމަ ލިބިވަޑައިގަތީ ދައުލަތުގެ ބަންޑާރަ ނައިބުކަމެވެ. އެއީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީނު (6)ގެ ރަސްކަމުގައެވެ. އެމަޤާމުގައި ހުންނަވަނިކޮށް، އެރަސްކަން ބަދަލުވެ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3) ދެވަނަފަހަރަށް ތަޚުތުގައި ވެޑުވުނެވެ. އެރަސްކަމަށް ކޮލިލެވިގެން އަހަރުތަކެއްނުވެ ޞަލާޙުއްދީނާއި ފަޑިޔާރުކަމާ މަތިކުރެއްވިއެވެ. އެއީ، 4 ރަޖަބު 1347ހ. (17 ޑިސެމްބަރު 1927މ.) ވީ ހޯމަދުވަހުއެވެ. ޝަމްސުއްދީނުގެ ރަސްކަމުގައި، ދިވެހި އުއްމަތުގައި ދުސްތޫރީ ޙުކޫމަތެއް ޤާއިމުވެ 22 ޑިސެމްބަރު 1932ގައި ޤާނޫނު އަސާސީ އިޢުލާންކުރުމާއި ގުޅިގެން، އެޤާނޫނުގައި ބަޔާންވެގެންވާ ވަޒިރުލް ޙައްޤާނިއްޔާ ކަމުގެ މަޤާމަށް ޢައްޔަން ކުރެއްވީ ޙުސައިން ޞަލާޙުއްދީން އުއްތަމަ ފަޑިޔާރު މަނިކުފާނެވެ.
ދުވަސްކޮޅެއްގެ ތެރޭގައި ޤާނޫނީ ފުރަތަމަ ސަރުކާރު އުވިގެންދިޔައެވެ.
އަދި ޤާނޫނު އަސާސީއަށްވެސް ބަދަލުތަކެއްއައެވެ. އުވިގެންދިޔަ ބައެއް މަޤާމްތެރޭގައި ވަޒީރުލް ޙައްޤާނިއްޔާކަމުގެ މަޤާމުވެސް އުވުނެވެ. އަދި ފަހުން ރަސްކަންވެސް ބަދަލުވެގެން ދިޔައެވެ. ދެން ރަސްކަމަށް އިސްކުރެވުނީ އައްސުލްޠާން ޙަސަން ނޫރައްދީނު (2)އެވެ. (1935މ. އިން 1943މ.އަށް)
ޙަސަން ނޫރައްދީނުގެ ރަސްކަމުގައިއައި، 18 މުޙައްރަމު 1355ހ. (11 އެޕުރީލް 1936މ.) ގައި ޞަލާޙުއްދީނާއި އުއްތަމަ ފަޑިޔާރުކަމާއި މަތިކުރެއްވިއެވެ. އެދުވަހުން ފެށިގެން އެމަނިކުފާނު އަވަހާރަވުމަށް ދާންދެން އުއްތަމަ ފަޑިޔާރަކީ އެމަނިކުފާނެވެ. ދައުލަތަށް ޚިދުމަތްކުރުމުގެ ގޮތުން ގިނަ ރޮގުތަކެއްގައި، އެމަނިކުފާނަށް އުޅުއްވަން ޖެހިވަޑައިގަތެވެ. ދިވެހި ސަރުކާރުން ފުރަތަމަ އުފެއްދެވި ސްކޫލް، މަދަރުސަތުއް ސަނިއްޔާ (ފަހުން މަދްރަސަތުލް މަޖީދިއްޔާ، ނުވަތަ މަޖީދިއްޔާ ސްކޫލް) ހުޅުވާލެވުނީ، އެމަނިކުފާނު އެތާންގެ ނާޡިރަކަށް ހުންނަވައިގެންނެވެ. އެއީ 17 ޛުލްޙިއްޖާ 1346ހ. (1927މ.) ގައެވެ. ދިވެހި ރާއްޖެގެ ދުސްތޫރީ ޙުކޫމަތެއް ޤާއިމު ކުރެއްވުމަށް، ޤާނޫނު އަސާސީ ލިޔެ އެކަށައެޅުމަށް މުޙައްމަދު ޝަމްސުއްދީނު ރަދުން އުފެއްދެވި މަޖުލިސްގެ އެއް މެމްބަރަކު ކަމަށާއި އަދި އެމަޖުލިސްގެ ސެކްރެޓަރީއަކުކަމަށް ރަދުން ޢައްޔަން ކުރެއްވީ އެމަނިކުފާނެވެ. ދިވެހި ރާއްޖެގެ ތާރީޚުލިޔެ އެކަށައެޅުމަށް ދައުލަތުން އެކަށައެޅުއްވި ކޮމެޓީތަކުގެ އިސް މެމްބަރުކަމާއި، ދައުލަތާއި ޝަރީޢަތް ހިންގުމުގައި މަހާރަދުންނަށް ލަފާދެއްވާ ބޭފުޅަކުކަން، އަދި ދިވެހި ބަހާއި އަދަބަށް ޚިދުމަތްކުރުމަށް ސަރުކާރުން އެކިފަހަރުމަތިން އެކަށައެލުއްވި ކޮމެޓީތަކުގައި މުސްތަޝާރަކަށް، ނުވަތަ ރައީސަކަށް އެމަނިކުފާނު ޚިދުމަތް ކުރެއްވިއެވެ.

ދިވެހި ދަރީންނަށް ދީނީ ޢިލްމު އުގަންނައި ދެއްވުމުގައި އެމަނިކުފާނުގެ މުޅި ޙަޔާތްފުޅު ހޭދަކުރައްވައި އެކަމުގައި އުފުއްލެވި ބުރަތަކަކީ، ދިވެހި ރާއްޖޭގެ ދިގު ތާރީޚުގައި ވަރަށް މަދުމީހަކުވެސް ކޮށްފައި ނުވާފަދަ ޖިހާދެކެވެ. މިކަމުގެ ނަތީޖާއެއްގެގޮތުން ޢިލްމު އުގެނިގެންތިބި ދިވެހި ދަރިންތަކެއް މާލެއާއި ރާއްޖޭގެ ކަންކޮޅުތަކުގައި އުފެދިގެން ދިޔައެވެ. އަދި ކީއްތޯއެވެ. އެމަނިކުފާނުގެ އަރިހުން ދަރިވަރުވެގެންނާއިއެކު މަތީ ތަޢުލީމު ހޯއްދެވި ޢިލްމުވެރިންތަކެއްވެސް އުފެދިގެން ދިޔައެވެ. އޭގެތެރޭގައި ފަޟީލަތުއްޝައިޚު ޙުސައިން ރަހާ، ފަޟީލަތުއްޝައިޚު މުޙަންމަދު ވަހީދު ނައިފަރު، ފަޟީލަތުއްޝައިޚު އިބުރާހިމް ލުޠުފީ، ފަޟީލަތުއްޝައިޚު އަބުދުﷲ ފަހުމީ (ފަހުން ޢަބުދުﷲ ޖަލާލުއްދީނު) ފަޟީލަތުއްޝައިޚު މުޙައްމަދު ސަޢީދު ދީދީ، މިއިން ކޮންމެ ބޭފުޅަކީ، ޙުސައިން ޞަލާޙުއްދީނުގެ އަރިހުން ދަރިވަރު ވެގެން، މިޞްރަށް ވަޑައިގެން ޖާމިޢުލް އަޒުހަރުން ތަޢުލީމު ނިންމެވި ޢިލްމު ވެރީންނެވެ. އިސްވެ ދެންނެވި ބޭފުޅުންގެ އިތުރައްވެސް، އަޅުގަނޑުމެންގެ ރާއްޖެދުއް ޢިލްމުވެރީންތަކެއްގެތެރޭ އެމަނިކުފާނުގެ ދަރިވަރުންކަމުގައިވި، އަލްއުސްތާޛު އަޙުމަދު ކާމިލް ދީދީ، އަލްފާޟިލް ޙުސައިން ޙިލްމީ ދީދީ، އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ، އައްސައްޔިދު އަބުދުލް ޤައްޔޫމު ދޮންސީދީ، އައްނަބީލު މަލިން މުޙައްމަދު ދީދީ، އައްޝައިޚު މަލިން މޫސާ މާފަތްކަލޭފާނު، އައްސައްޔިދު ކަޅުހުރާގޭ ތުއްތު ސީދީ، އައްޝައިޚު މުޙައްމަދު ނަސީރުމަނިކު، އައްޝައިޚު އަބުދުﷲ ދީދީ (ދަރަވަންދޫގޭ) އަލްފާޟިލް ޢަބުދުލް ޙަކީމް ކާންނާ ކަލޭފާނު، މިބޭބޭފުޅުން ހިމެނެއެވެ. މީގެތެރެއިން، އަޙުމަދު ކާމިލްއާއި ޙުސައިން ޙިލްމީ ފިޔަވައި އެހެން ބޭފުޅުންނަކީ ރާއްޖެއިން ބޭރުގެތާކުން ކިޔަވައި ވިދާޅުވުމެއްނެތި، ޢިލްމުވެރީންގެ ސަފުގައި ހިމެނުނު ބޭފުޅުންނެވެ.

ލިޔުއްވި ބައެއް ފޮތްތައް

1- الدرة البهية فى ترجمة الاحكام الشرعية
މިއީ ފިގުހުގެ ކުޑަ މުގައްދިމާއެކެވެ. 3 ފަހަރެއްގެ މަތިން (1909، 1912، 1913) މިފޮތުގެ 17200 ކޮޕީ ޗާޕުކުރެވުނެވެ. ސަފުހާގެ އަދަދަކީ 56 އެވެ.
2- البرهان على الأيمان
މިއީ ކުޑަކުދީންމަށް އީމާންކަމާއި އިސްލާމްކަން ދަސްކޮށްދޭން ފަސޭހަވާނޭހެން ލިޔުއްވާފައިވާ ފޮތެކެވެ. ފޮތް ޗާޕުކުރެވުނީ 1931 ގައެވެ. ސަފުހާގެ އަދަދަކީ 32 އެވެ.
3- الحسنات فى ترجمة الأذكار والدعوات الواردة فى الصلاة المفروضات
މިއީ ނަމާދުކުރުމުގައި ކިޔޭ ޒިކުރު ތަސްބީހައާއި ދުއާތަކުގެ ދިވެހި ތަރުޖަމާއެކެވެ. ދެ ފަހަރެއްގެ މަތިން (1930، 1931) 2000 ކޮޕީ ޗާޕުކުރެވުނެވެ. ސަފުހާގެ އަދަދަކީ 100 އެވެ.
4- النهجةالسويه فى ترجمة الأربعين النورية
މިފޮތް ޗާޕުކުރެވުނީ 1916 ގައެވެ. ސަފުހާގެ އަދަދަކީ 72 އެވެ.
5– تسديدالأذهان فى تجويد القرآن
މިފޮތް ޗާޕުކުރެވުނީ 1931 ގައެވެ. ސަފުހާގެ އަދަދަކީ 48 އެވެ.
6- اليكم ايهاالنواب
މިއީ ކާވެނީގެ ހުކުމްތަކުގެ ތެރެއިން ކޮންމެހެން ބޭނުންވާ މައުލޫމާތުގެ މައްޗަށް އެކުލެވިގެންވާ ފޮތެކެވެ. ފޮތް ޗާޕުކުރެވުނީ 1926 ގައެވެ. ސަފުހާގެ އަދަދަކީ 24 އެވެ.
7- ކާވެނީގެ ސުވާލުތައް
މިއީ ކާވެންޏަށް ފަނޑިޔާރުގެއަށް އަންނަ މީހުންނާ ކުރެވޭ ސުވާލުތަކާއި އޭގެ ޖަވާބުތަކުގެ މައްޗަށް އެކުލެވިގެންވާ ފޮތެކެވެ. ފޮތް ޗާޕުކުރެވުނީ 1931 ގައެވެ. ސަފުހާގެ އަދަދަކީ 40 އެވެ.
8- التحفة الأدبية لطلاب اللغة المحلديبية
މިއީ ދިވެހިބަހުގެ މައްޗަށް ލިޔެފައިވާ ކުޑަފޮތެކެވެ. މިފޮތް ޗާޕުކުރެވުނީ 1958 (؟) ގައެވެ. ސަފުހާގެ އަދަދަކީ 48 އެވެ.
9- جوهرة التوحيد
މިއީ ތައުހީދު އިލްމުގެ މައްޗަށް ދިވެހިބަހުން ހައްދަވާފައިވާ ޅެންފޮތެކެވެ. މިފޮތް ޗާޕުކުރެވުނީ 1939 ގައެވެ. ޖުމްލަ 1000 ފޮތް ޗާޕުކުރެވުނެވެ. ސަފުހާގެ އަދަދަކީ 28 އެވެ.
10- އައްސުލްތާން ހަސަން ނޫރައްދީން (2) ރަދުންނަށް ރަސްކަމަށް ކޮލިލުމަށްފަހު، ރަދުންގެ ފަރާތުން މާލޭގެ ހަތަރު އަވަށަށާއި ރާއްޖެއަށް ނެރުއްވި އަމުރުފުޅުތަކުގެ މައްޗަށް އެކުލެވިގެންވާ ފޮތެއް.
މިފޮތް ޗާޕުކުރެވުނީ 1938 ގައެވެ. ސަފުހާގެ އަދަދަކީ 28 އެވެ.
11- السيرة النبوية بااللغةالمحلديبية
މިއީ ސަލާމާއި ސަލަވާތްލެއްވި ކީރިތި މާތްރަސޫލާގެ ސިޔަރަތުގެ މައްޗަށް ލިޔުއްވާފައިވާ ފޮތެކެވެ. ފޮތް ޗާޕުކުރެވުނީ 3 ބަޔަށް ބަހައިގެން 1937 ގައެވެ. ފޮތުގެ 3 ބައިގައިވަނީ ޖުމްލަ 1654 ސަފުހާއެވެ.
12- ތަސްބީހައާއި ތަހްލީލު ކިޔާގޮތް ލިޔެފައިވާ ކުޑަ ފޮތެއް.
ފޮތް ޗާޕުކުރެވުނީ 1938 ގައެވެ. ސަފުހާގެ އަދަދަކީ 8 އެވެ.
13- ޚުތުބާ ފޮތް 1 އަދި 2
މިއީ ހުކުރު ޚުތުބާ ފޮތުގެ ދެ ފޮތެވެ. ޗާޕުކުރެވުނީ 1927 ގައެވެ. ފޮތެއްގައި އެކުލެވިގެންވަނީ 48 ސަފުހާއެވެ.
14- ޚުތުބާ ފޮތް
މިއީ މާލޭގައި ޗާޕުކުރެވުނު ޚުތުބާ ފޮތެކެވެ. ޗާޕުގެ ތާރީޚެއް ނޭނގެއެވެ. ފޮތުގައި ވަނީ 54 ސަފުހާއެވެ.
15- احسن العبر فى خبر ولادة خير البشر
މިއީ ވޯރާ ވިޔަފާރިވެރިޔަކު ބުންބާއިން ޗާޕުކޮށްދިން ކުޑަ މައުލޫދު ފޮތެކެވެ. ޖުމްލަ 2000 ފޮތް ޗާޕުކުރެވުނެވެ.
16- فتح الملك المجيب فى ترجمة مسلك قريب
މިއީ 1906 ގައި އައްޑޫ މީދޫގައި ހުންނެވިއިރު އެރަށު އެޅެގޭ މުހައްމަދު ދީދީއަށް ތަރުޖަމާކޮށްދެއްވި އަޅުކަމާބެހޭ ފޮތެކެވެ. ސަފުހާގެ އަދަދަކީ 162 އެވެ.
17- ދިންނަވާނޭމަގު
މިއީ 1935 ގައި ކޮޅުމަޑުލު އޮމަދޫގައި ހުންނަވައިގެން ލިޔުއްވި އަޅުކަމުގެ ފޮތެކެވެ. ފޮތް ތަޚުސީސްކުރެއްވީ މެދުގަނޑުވަރު ތުއްތުގޮމަޔަށެވެ. ފޮތުގައިވަނީ 58 ސަފުހާއެވެ.
18- كتاب الفطرة لأهل التفكر والعبرة
މިއީ ގަލޮޅުގޭ މުހައްމަދު ދީދީ ވިދާޅުވެގެން ލިޔުއްވި އިސްލާމްދީނުގެ އަގާއިދުތަކުގެ މައްޗަށް ލިޔުއްވި ފޮތެކެވެ. ފޮތުގައިވަނީ 278 ސަފުހާއެވެ.
19- سورة الفاتحة ގެ މާނަ
މިއީ 1940 ގައި ލިޔުއްވި ފޮތެކެވެ. ފޮތުގައިވަނީ 26 ސަފުހާއެވެ.
20- ترجمة السياسة الشرعية للعلامه جمال الدين الأفغانى
މިއީ 1922 ގައި ތަރުޖަމާކުރެއްވި ފޮތެކެވެ. ފޮތުގައި ވަނީ 76 ސަފުހާއެވެ.
21- ހާރުދަމުގެ ވައި
މިއީ 1922 ގައި ލިޔުއްވި ޚިޔާލީ ކުރުވާހަކައެކެވެ. ފޮތުގައި ވަނީ 18 ސަފުހާއެވެ.
22- هداية الرحمن الى ترجمة رسائل السيد احمد زينى دحلآن
މިއީ 1940 ގައި އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލަގެފާނަށް ތަރުޖަމާކޮށްދެއްވި ފޮތެކެވެ.
23- ނަމާދު
މިއީ 1940 ގައި ކުރެއްވި ތަރުޖަމާއެކެވެ. ތަރުޖަމާގެ އަސްލަކީ خلاصة الكلام فى اركان الأسلام އެވެ. ސަފުހާގެ އަދަދަކީ 50 އެވެ.
24- الترقية فى التربية
މިއީ މާބަނޑުމީހުން އުޅެންވީ ގޮތާއި ކުދީން ތަރުބިއްޔަތު ކުރުމުގެ މައްޗަށް ލިޔުއްވާފައިވާ ފޮތެކެވެ. ސަފުހާގެ އަދަދަކީ 129 އެވެ.
25- އެމަނިކުފާނަށް އެކިއެކި އެދުރުންގެ ކިބައިން ލިބިވަޑައިގެންނެވި ބޭހާއި ގުޅޭ ލިޔުންތައް އެއްކޮށް 1939 ގައި ޖަމާކޮށްފައިވާ ފޮތެއް. ސަފުހާގެ އަދަދަކީ 171 އެވެ.
26- العبرة لأهل الخبرة
މިފޮތަކީ ބޮޑުހަނގުރާމައިގެ ބައެއް ވާހަކަތަކާއި އެދުވަސްވަރުގައި ރާއްޖެއަށް ޖެހުނު ތަދުމަޑު ހާލު ބަޔާންކޮށްދެއްވާފައިވާ ފޮތެކެވެ.
27- برهان المبين فى ان رسالة نبينا محمد كانت رحمة للعالمين
މިއީ السيد العلامة صدقه دحلان ގެ މިއުރާޖު މައުލޫދުގެ ތަރުޖަމާއެކެވެ. ތަރުޖަމާކުރެއްވީ 1930 ގައެވެ. ސަފުހާގެ އަދަދަކީ 40 އެވެ.
28- شرف الأنام مولود ގެ ތަރުޖަމާ
މިއީ 1935 ގައި ކޮޅުމަޑުލު އޮމަދޫގައި ހުންނަވައިގެން ކުރެއްވި ތަރުޖަމާއެކެވެ. ސަފުހާގެ އަދަދަކީ 214 އެވެ.
29- ތާނަ ޚުތުބާ ފޮތް
މިއީ ދިވެހި ބަހުން ލިޔުއްވައި މާލޭ ހުކުރު މިސްކިތުގައި އެކި ދުވަހު ވިދާޅުވި ޚުތުބާތައް އެއްކުރައްވައިގެން ހެއްދެވި ފޮތެކެވެ. ސަފުހާގެ އަދަދަކީ 338 އެވެ.
30- تقريرات المدرسية
މިއީ އެކި ދުވަސްމަތިން މަދުރަސަތުއްސަނިއްޔާ (މިހާރުގެ މަޖީދިއްޔާ) ގައި ދެއްވާފައިވާ ތަގުރީރުތައް އެއްކޮށް ޖަމާކުރައްވައި ލިޔުއްވާފައިވާ ފޮތެކެވެ. ސަފުހާގެ އަދަދަކީ 254 އެވެ.
31- تقريرات صلاح الدين
މިއީ ދައުލަތުގެ އެކިއެކި ކަންކަމުގެ ތެރޭގައި އެމަނިކުފާނު ދެއްވާފައިވާ ތަގުރީރުތައް އެއްކޮށް ޖަމާކުރައްވައި ލިޔުއްވާފައިވާ ފޮތެކެވެ. ސަފުހާގެ އަދަދަކީ 45 އެވެ. 1940 ގައި މިފޮތް މުހައްމަދު އަމީން ދޮށިމޭނާ ކިލަގެފާނަށް ވެދުމަށް އެރުވިއެވެ.
32- ތައުބާ ނަމާދު
މިއީ 22 ސަފުހާގެ މައްޗަށް އެކުލެވިގެންވާ ވަރަށް ކުޑަކުޑަ ފޮތެކެވެ.
33- ފުރަބަންޑާރަ ފަރާތުން މާލޭގައި ކިޔާ ހަތަރު އަވަށު މައުލޫދުގެ ތަގުރީރުތައް އެއްކޮށް ޖަމާކުރައްވާފައިވާ 58 ސަފުހާގެ ފޮތެއް.
34- ބޮޑުތަކުރުފާނު ވާހަކަ މިއީ މިއީ އައްސުލްތާން އަލްޣާޒީ މުހައްމަދު ސިރީ ސަވާދީއްތަ މަހާރަދުންގެ ވާހަކައެވެ. ފޮތް ލިޔުއްވީ 1940 ގައެވެ. ސަފުހާގެ އަދަދަކީ 349 އެވެ.
35- ދޮންބީފާނު ވާހަކަ މިއީ 1921 ގައި ލިޔުއްވި ވާހަކައެކެވެ. މިފޮތަށް ރިވާޔަތު ކަރީމުއްދީނޭވެސް ކިޔައެވެ. ފޮތުގައިވަނީ 340 ސަފުހާއެވެ.
36- ސުވޭހު ކާވެނިފުޅު މިއީ އައްސުލްތާނު މުހައްމަދު އިމާދުއްދީން (6) ގެ ރަސްކަން ބަދަލުވީ ދުވަސްވަރުގެ ވާހަކަތައް ބަޔާންކޮށްފައިވާ ފޮތެކެވެ. ފޮތުގައިވަނީ 141 ސަފުހާއެވެ.
37- رواية نعمان و مريم މިއީ 1933 ގައި ލިޔުއްވާފައިވާ ވާހަކަ ފޮތެކެވެ. ފޮތުގައިވަނީ 338 ސަފުހާއެވެ.
38- އިބްނުބަތޫތާގެ ދަތުރުނާމާއިން ދިވެހިރާއްޖޭގެ ވާހަކަތައް ނަންގަނެވުނު ބައިގެ ތަރުޖަމާ. މިއީ 1922 ގައި އެކުލަވާލެއްވި ފޮތެކެވެ. ފޮތުގައިވަނީ 98 ސަފުހާއެވެ.
39- ދެކުނުގެ ހަތްއޮޑިއެއް އެފްރިކާއަށް ބެހުނު ވާހަކައާއި އައްޑޫ މީދޫ އެދުރުގޭ އަހުމަދު ދީދީ މުމްބާސާގައި އަވަހާރަވީ ވާހަކަ ލިޔުއްވާފައިވާ ފޮތް. ލިޔުއްވީ 1924 ގައެވެ. ސަފުހާގެ އަދަދަކީ 153 އެވެ.
40- سفرنامه عبدالمجيد
މިއީ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލަގެފާނު 1929 ގައި ކުރެއްވި ހައްޖު ދަތުރުފުޅާ ގުޅޭ ފޮތެވެ. މިއީ ކިލެގެފާނު ލިޔުއްވައި ސަލާހުއްދީން އެޑިޓްކުރެއްވި 289 ސަފުހާގެ ފޮތެކެވެ.
41- ދިވެހީންގެ سفرنامه
މިއީ 1928 ގައި ސަލާހުއްދީނުގެ ބައްޕަގެ އަރިހުގައި ހައްޖަށް ވަޑައިގެންނެވި ދަތުރުގެ މައްޗަށް ލިޔުއްވައި އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލަގެފާނަށް ވެދުމަށް އެރުވި ފޮތެކެވެ. ލިޔެ ނިންމެވީ 17 އޮގަސްޓް 1928 ގައެވެ. ފޮތުގައި ވަނީ 120 ސަފުހާއެވެ.
42- ކުދިވާހަކަ ފޮތް
މިއީ 1939 ގައި ލިޔުއްވި 28 ވާހަކައިގެ މައްޗަށް އެކުލެވޭ 226 ސަފުހާގެ ފޮތެކެވެ.
43- ރޮކަމްބޯލްދަރީގެ ވާހަކަ
މިއީ ބޮޑުހަނގުރާމައިގެ ތެރޭގައި ރޫސީވިލާތުގައި ހިނގި ބައެއް ކަންކަމުގެ މައްޗަށް ލިޔެފައިވާ ފޮތެއްގެ ތަރުޖަމާއެކެވެ. ފޮތް ލިޔުއްވީ 1939 ގައެވެ. ސަފުހާގެ އަދަދަކީ 153 އެވެ.
44- ބައްތިއުނދުނާއި ބަދިގޭއުނދުން
މިއީ 1929 ގައި ލިޔުއްވި 42 ސަފުހާގެ ފޮތެކެވެ.
45- حجގެ ވާހަކައާއި تميمގެ ވާހަކަ
މިއީ އެމަނިކުފާނުގެ ދަރިކަނބަލުން އައްނަބީލާ ފާތިމަތު ސައީދު ހައްޖަށް ވަޑައިގަންނަވަން އުޅުއްވި ދުވަސްވަރު އެކަމަނާއަށް ލިޔުއްވައިދެއްވި ފޮތެކެވެ. ފޮތުގައިވަނީ 68 ސަފުހާއެވެ.
46- اللمعة الظاهرة فى كتاب الدرة الفاخرة الامام حجة الأسلام الغزالى
މިއީ 1943 ގައި ލިޔުއްވާފައިވާ ފޮތެކެވެ. ފޮތުގައިވަނީ 216 ސަފުހާއެވެ.
47- العمدة فى ترجمة البردة
މިއީ 1929 ގައި ލިޔުއްވި ފޮތެކެވެ. ފޮތުގައި ވަނީ 91 ސަފުހާއެވެ.
48- ދުއާފޮތެއް
މިއީ ރަބީއުލްއައްވަލް މަހު ކިޔާ ދުއާތައް އެކުލެވިގެންވާ ފޮތެކެވެ. ދުއާތަކުގެ ތެރޭގައި ފޮނަދޫ ޚަތީބު ތަކުރުފާނު ހެއްދެވި ދުއާއަކާއި އިބްރާހީމް މަޖުދުއްދީން ފަނޑިޔާރު ތަކުރުފާނު ހެއްދެވި ދުއާއަކާއި ދެކުނުގޭ ދޮންމަނިކު ހެއްދެވި ދުއާއެއް ހިމެނެއެވެ.
49- نفحة العنبرية فى أخبار ولادة خير البرية
މިއީ މައުލޫދު ފޮތެކެވެ.
50- نفحة المسك الذكى فى بعض منظومات الشيخ على النسكى وكتاب الأرشاد الأديب الى من نظم الشعر بالعربية من علماء محلديب
މިއީ 1938 ގައި ލިޔުއްވާފައިވާ ފޮތެކެވެ. ސަފުހާގެ އަދަދަކީ 231 އެވެ.

މި މަނިކުފާނު ދިވެހި އަދަބަށް ކުރެއްވި ޚިދުމަތްތައް ހިމަނައި ގުނައިލެވޭ ވަރަށް ވުރެން ގިނައެވެ. ޅެންތަކާއި ރައިވަރުތަކެވެ. މަޒުމޫނުތަކާއި ޚުޠުބާތަކެވެ. ވާހަކަތަކެވެ. ދީނީ ފޮތްތަކެވެ. ނުލިޔުއްވާ މައުޟޫޢެއް ނެތެެވެ. ޅެން ވިދާޅުނުވާ ބާބެއް ނެތެވެ. ކުރުކޮށް ބުނަނީ ނަމަ، ދިވެހި އަދީބުންގެ ތެރެއިން އެންމެ އިސްވެ ހުންނެވި އަދި އެންމެ އުފެއްދުންތެރި އަދީބަކީ، މި މަނިކުފާނެވެ. ދަރަވަންދޫގޭ ޙުސައިންދީދީ އަކީ ވެސް، މިރުޒާ ޝަކީބަކީ ވެސް، ދިވެހި ޅެންވެރިކަމުގެ ފަތިހުގެ ތަރިއަކީ ވެސް މިމަނިކުފާނެވެ.މި މަނިކުފާނުން އެކި މައުޟޫޢުތަކަށް ހައްދަވާފައިވާ ގިނަގުނަ ޅެންތަކެވެ. މީގެ ތެރެއިން ވަރަށް ގިނަ ޅެން، “އަންޖުމަން އަމީން” ގެ ފަރާތުން ނެރުއްވި “ފަތިހުގެ ތަރި” މި ނަން ކިޔާ ފޮތުގެ އެއްވަނަ ބަޔާއި ދެވަނަ ބައިގައި ވެއެވެ. ފުރަތަމަ ބައި 1959 މ. ވަނަ އަހަރު، ދެވަނަ ބައި 1960 މ. ވަނަ އަހަރު ޗާޕުވެ ޝާއިޢުވެފައިވެއެވެ. އެމަނިކުފާނުންގެ ޅެންތަކުގެ ތެރެއިން ޗާޕުވެ، ޝާއިޢު ވީ ބަޔަށް ވުރެން ޝާއިޢު ނުވެހުރި ތަކެތި އަދި ވެސް މަދެއް ނޫނެވެ.

ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނަކީ، ދިވެހި ބަހާއި، އަރަބި ބަހާއި، އުރުދޫ ބަހާއި، ފާރިސީ ބަހުން ޅެން ހެއްދެވި ޝާޢިރެކެވެ. އެ މަނިކުފާނުގެ ދަރިކަލުން މުޙައްމަދު ސަޢީދުދީދީ، ބަޣުދާދުގައި ހުންނަވައިފައި، މިޞްރަށް ކިޔަވައިވިދާޅުވާން ވަޑައިގަންނަވާން ވެގެން، އެކަމުގެ އިޒުނައަކަށް އެދިވަޑައިގަތުމުން ޖަވާބުދެއްވާފައިވަނީ، ޅެމަކުންނެވެ. ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނުގެ ޅެންތަކުގެ ތެރެއިން ނަމޫނާ ދެއްކުމުގެ ގޮތުން ހުށަހަޅާނެ ޅެމަކާ މެދު މީހަކު ފިކުރުކޮށްފި ނަމަ ފެންނާނީ ހުސް ޖަވާހިރު ބިމަކަށް ވަދެ، ޖަވާހިރު ހޮވަން އުޅުން ފަދައިންނެވެ. ނަވަރަންނައިގެ އަގުމާތް ޖަވާހިރުތައް ކަމުގައިވާ، ޔާގޫތާއި، މަރުވާރީދާއި، މަރުޖާނާއި، ނީލަމާއި، ޒަބަރުޖުދާއި، ޒުމައްރަދާއި، އަލިމަހާއި، ވައިދެރިޔާ އާއި، ދީކުން ފުރިފައިވާ އެބިން ވަށައިގެން ހޯދައި ވެސް، ހޮވާނޭ ވަކި މިވެނި ޖަވާހިރެއް ގަސްތުކޮށް ނިންމާކަށް ނޭނގެއެވެ. ހުރިހައި އެއްޗެއްމެ ފުރިހަމަކަމުގައި އެކަތި އަނެކައްޗަކަށް ދުލެއް ނުކުރެއެވެ.

ދެކުނު އޭޝިއާއަށް އިސްލާމްދީން ފެތުރުނު ގޮތާއި ރާއްޖެއަށް އިސްލާމްދީން އައި ގޮތް
އިސްލާމް ދީނަކީ މުހައްމަދު މާތް ނަބިއްޔާ މެދުވެރިކުރައްވައި މާތް ﷲ އިންސާނީ މުޅި އުއްމަތަށް، އަރަބިންނާއި އަޖަމީންނަށް ބާވައިލެއްވި ދީނެކެވެ. އިސްލާމްދީން އައުމަށްފަހު އެހެން ހުރިހާ ދީނެއް ވަނީ މަންސޫހް ކުރެވިފައެވެ. މިއީ އެ ދުވަސްވަރުގެ ބޮޑެތި ބާރުތައްވެސް އަޖައިބު ކުރުވާފަދަ ހަލުވި މިނެއްގައި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެންދިޔަ ދީނެކެވެ.

ދެކުނު އޭޝިއާގައި އިސްލާމް ދީން ފެތުރިގެންދިޔުން

މީލާދީން 8 ވަނަ ނުވަތަ 9 ވަނަ ގަރުނުން ފެށިގެން އަރަބި ދަރުމަވެރިންނާއި، ފާރިސީ ދަތުރުވެރިން ކަނޑު ދަތުރުކުރުމުގެ ހުނަރުތައް ދަސްކޮށް، އެ ހުނަރުތަކުގެ ބޭނުން ހިފައި ކަނޑުގެ އޮޔާއި ވައިގެ ބޭނުން ހިފައިގެން އެކި މޫސުމުގައި އެބައިމީހުން ދަތުރުފަތުރުކޮށް ދުރު ހިސާބުތަކުގައި ވިޔަފާރިވެސް ކޮށް އުޅުނެވެ. މިގޮތުން މީލާދީން 16 ވަނަ ގަރުނުގައި އޭޝިއާ އާއި ދުރު އިރުމައްޗަށް ދަތުރުކުރަން ފަށަންދެން، ކަނޑުމަތީގައި އެންމެ ގަދަ ބާރަކަށް ވެފައި ވަނީ އަރަބިންނާއި ފާރިސީން ކަމަށްވާއިރު، އަރަބީން ވިޔަފާރި ކުރަމުންދިޔަ ތަންތަނުގައި އެ މީހުންގެ ވިޔަފާރިވެރިން ވަޒަންވެރިވެ، އެމީހުން ދިރިއުޅެން ފެށި ގައުމުތަކަށް، އެބައިމީހުންގެ ދީން ކަމަށްވާ އިސްލާމްދީން މަޑު މަޑުން ތައާރަފްވަމުންދިޔައެވެ.

ވިޔަފާރި ކުރުމަށް ގޮސް އަރަބިން ވަޒަންވެރިވި ތަންތަނުގެ ތެރޭގައި ދެކުނު އިންޑިއާގެ ކަނޑުގެ އައްސޭރީގައިވާ ސަރަހައްދުތަކާއި ސްރީލަންކާގެ ސަރަހައްދުތައްވެސް ހިމެނެއެވެ. އަރަބިން ވަޒަންވެރިވި ތަންތަނުގެ މީހުންނާ އެ މީހުން ކައިވެނީގެ ގޮތުން ގުޅި، އާ ޖަމާއަތްތައް އުފައްދާ، އިންޑިއާ ކަނޑުގެ ވިޔަފާރީގެ ވެރިކަން ކުރަމުން ދިޔައީ އަރަބިންނެވެ.

ދެކުނު އޭޝިއާގެ ގައުމުތަކަށް އިސްލާމް ދީން ފެތުރިގެންދިޔައީ އެ ދީނުގައި ހުރި ރަނގަޅު ސިފަތައް އެ ތަންތާނގެ މީހުންނަށް ގަބޫލުކުރެވިގެން ގިނަ ގައުމުތަކުގައި ސުލްހަވެރިކަމާއެކުގައެވެ. ނަމަވެސް ބައެއް ފަހަރު މުސްލިމުންނަށް ނަސްރު ލިބިފައި ވަނީ ހަނގުރާމަ ކޮށްގެންނެވެ.

ދިވެހި ރާއްޖެއަށް އިސްލާމް ދީން އައުން

ބޭރުގެ ލިޔުންތަކުން އެނގޭގޮތުގައި ރާއްޖެ އިސްލާމްވި ދުވަސްވަރުވެސް އިންޑިއާ ކަނޑުގައި އަރަބީންގެ ވިޔަފާރީގެ ދަތުރުތައް އޮތީ ކުރީންވެސް ފާހަގަކުރި ފަދައިން ފެށިފައެވެ. މިގޮތުން ހިޖުރައިން 6 ވަނަ ގަރުނުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް އިސްލާމްދީން ފެތުރުއްވުމަށް މަސައްކަތް ކުރެއްވި ބޭކަލުންތަކެއްގެ މަސައްކަތްޕުޅުން އިސްލާމްދީނަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ވަނީ ނަސްރު ލިބިފައެވެ. އަދި އިސްލާމްދީން ފެތުރުއްވުމަށް މަސައްކަތް ކުރެއްވި ބޭފުޅުން ދަތުރު ކުރައްވައި އުޅުއްވީ ވިޔަފާރި ދަތުރުތައް ކުރި ނައު ފަހަރުގައެވެ.

މިފަދައިން ދަތުރުތައް ކުރެއްވި އިސްލާމުން ނޫން އެހެން ދީންތަކުގެ މީހުން އުޅޭ ރަށްރަށަށް ވަޑައިގެންނެވިއްޖެނަމަ، އެ ބޭފުޅުން އެ ރަށެއްގެ މީހުން އިސްލާމް ކުރައްވައެވެ. އަދި ރަށެއްގައި އެއިން ބޭފުޅަކު ހުންނަވަނިކޮށް، ކައިރި ރަށެއްގައި ނުވަތަ ގައުމެއްގައި ނަމަވެސް ކާފަރު ހާލުގައި ތިބިކަމުގެ ޚަބަރު ލިބިވަޑައިގެންފިނަމަ، އެ ތަނަކަށް ވަޑައިގެން އެ މީހުން އިސްލާމް ކުރެއްވުމުގެ މަސައްކަތްޕުޅު ކުރެއްވިއެވެ.

ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދުގައި މި މަތިވެރި މަސައްކަތްޕުޅު އެ ބޭފުޅުން ކުރައްވަމުން ގެންދެވިއިރު، އޭރު ބުޑިސްޓް ދީނުގައި އޮތް ރާއްޖޭގެ ޚަބަރުތައް އައްސަފާވައިވުމަކީ ހަމަ ވަރަށް އެކަށީގެންވާ ކަމެކެވެ.

ރާއްޖެ ރަސްމީކޮށް އިސްލާމް ދީނަށް ބަދަލުވީ މީލާދީން 1153 ވަނަ އަހަރުއެވެ. އެއީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލް އާހިރު މަހުގެ ތެރޭގައެވެ. ރާއްޖޭގެ ދީނަކީ އިސްލާމްދީން ކަމަށް ހަމަޖެހުނީ އޭރު ތަހުތުގައި އިންނެވި، ސިރީ ތުރިބުވަނަ އާދިއްތިޔަ މަހާރަދުން އިސްލާމް ދީން ގަބޫލުފުޅު ކުރެއްވުމުންނެވެ. އެއަށްފަހު ނަންފުޅުނު އައްސުލްތާން މުހައްމަދު އިބްނު އަބްދުﷲ އަށް ބަދަލު ކުރެއްވިއެވެ. އަދި ރަދުން އިސްލާމްވެ ވަޑައިގަތުމަށްފަހު މުޅި ރާއްޖޭގައި ފަތްތޫރަ ހިންގަވައި ރާއްޖޭގެ އެންމެން، ކުރީގެ ދީން ދޫކޮށްލައި މާތްވެގެންވާ އިސްލާމް ދީނަށް އެނބުރުމަށް އެންގެވިއެވެ.

ދިވެހި ތާރީޚުން އެނގޭ ގޮތުގައި ރަދުން އިސްލާމްވެވަޑައިގަތުމަށްފަހު، ރާއްޖޭގެ އެންމެހައި ކަންތައްތައް ހިންގަވަމުން ގެންދެވީ އިސްލާމް ދީނުގައި ކަންތައްތައް ކުރަން ކަނޑައަޅުއްވާފައިވާ ގޮތަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކަށް މީހުން ފޮނުއްވައިގެން ރައްޔިތުން އިސްލާމް ކުރައްވައި، ދީނީ އިލްމު ފަތުރުއްވާފައިވެއެވެ. އަދި މާލޭގައި އެންމެ ފުރަތަމަ ހުކުރުމިސްކިތް ބިނާކުރައްވައި، ދަރުމަވަންތަ މިސްކިތް މިހާރު ހުރި ތަނުގައި މިސްކިތެއްވެސް ރަދުން ބިނާކުރެއްވިއެވެ. އަދި ދީންވެރި ރަސްކަލެއްގެ ގޮތުގައި ފާހަގަކުރެވުނު ރަދުން ގާތްގަނޑަކަށް 12 ވަރަކަށް އަހަރު ރާއްޖޭގައި ރަސްކަން ކުރެއްވިއެވެ.

ލޯމާފާނުތަކުން އެނގޭ ގޮތުގައި ރާއްޖެ އިސްލާމްވީ އެއް ހިނދެއްގައި ނޫނެވެ. މިގޮތުން އެ ޒަމާނުގައި ދަތުރުފަތުރުގެ ދަތިކަމާއި ރާއްޖޭގެ އަތޮޅުތަކާއި ޖަޒީރާތައް އުފެދިފައި ވަނީ ދުރު ދުރުގައިވާ ވަކި ވަކި ރަށްތަކެއް ގޮތުގައިކަމުން، މާ އަވަސް މުއްދަތެއްގެ ތެރޭގައި ރަދުންގެ އަމުރުފުޅު ރާއްޖޭގެ ހުރިހާ ރަށެއްގައި ހިންގޭ ގޮތް ތަނަވަސް ނުވާނެކަން ގަބޫލުކުރެވެއެވެ.

މީލާދީ 1194 ވަނަ އަހަރު ލިޔެފައިވާ އިސްދޫ ލޯމާފާނުގެ އިތުރުން މީލާދީ 1195 ވަނަ އަހަރު ލިޔެފައިވާ ދަނބިދޫ ލޯމާފާނުގައި ބަޔާން ކުރެވިފައިވާ ގޮތުން އިސްދޫ އާއި ދަނބިދޫގައި ތިބި ކާފަރުން އިސްލާމް ކުރައްވައި، އެ ދެ ރަށުގައި ތިބި ހާމުދުރުންގެ ޖަމާއަތް ނައްތާލައްވައި ބުޑިސްޓް ދީނުގެ ވޭރުތައްވެސް ހަލާކު ކުރެއްވިއެވެ. އަދ ރަށްރަށުގެ އެންމެ ރަނގަޅަށް އެންމެ އެކަށީގެންވާ ތަންތަނުގައި މިސްކިތްތައް ބިނާ ކުރެއްވީވެސް ހަމަ އެ ދުވަސްވަރެވެ.

ރާއްޖެ އިސްލާމް ކުރެއްވި ބޭކަލަކާ މެދު ތާރީޚީ އިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވީ ނަމަވެސް ރަސްމީ ގޮތުން ކަނޑައަޅުއްވާފައިވަނީ ރާއްޖެ އަށް އިސްލާމީ ހިދާޔަތު ގެނެސްދެއްވީ މަޣުރިބުކަރައިގެ (މޮރޮކޯ)ގެ ބޭކަލެއްކަމަށްވާ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީ ކަމަށެވެ. އަދި ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވާ ދުވަހަކީ 2 ރަބީޢުލް އާޚިރު 548 ހ. (22 ޖޫން 1153 މ.) ވީ ހުކުރުދުވަހެވެ. ރާއްޖެއަށް އިސްލާމީ ހިދާޔަތުގެ އަލިކަން ގެނެސްދެއްވި “އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީ”ގެ މަގުބަރާ އަކީ މާލޭ މެދުޒިޔާރަތެވެ. މިފަދަ މަޢުލޫމާތު ލިބޭނެ ދިވެހިތާރީޚުގެ އެންމެ މުސްކުޅި ލިޔުންތަކަކީ އެވޭލާ އިސްދޫ ލޯމާފާނާ، ދަބިދޫ ލޯމާފާނެވެ.

ރާއްޖެ އިސްލާމްވުމަކީ ދިވެހިންގެ ތާރީޚުގައި ހިނގާފައިވާ އެންމެ މުހިންމު ހާދިސާއެވެ. ރާއްޖެ އިސްލާމްވުމުގެ ސަބަބުން، ދިވެހިންގެ ހިތްތައް އެ ދީނުގެ އަލިކަމުން އުޖާލާވުމުގެ އިތުރަށް، ދިވެހި ހަޟާރާތަށްވެސް ވަރަށް ގިނަ މުހިންމު ބަދަލުތަކެއް އައިސްފައިވެއެވެ. މިގޮތުން ލިޔެކިޔުމަށާއި ދިރިއުޅުމުގެ އާދަކާދަތަކަށްވެސް ހެޔޮ އިސްލާހުތައް އައިސް، އެކުވެރިކަމާއި އެއްބައިވަންތަ މުޖުތަމައެއް ރާއްޖޭގައި ޤާޢިމްވެގެން ދިޔައެވެ.