News Network - މުހައްމަދު ޝާތިރު

އެންމެން ހަމަހަމަ، ‎އެންމެންނަކީވެސް މިޒަމާނުގައި ބޭފުޅުން
މީގެ 70 އަހަރު ކުރިން ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔަތުގައި ރަސްކަމުގެ ޒަމާނެކޭ އެއްފަދައިން ނަސްލީ އިމްތިޔާޒު އޮތް

ހަސަބާއި ނަސަބުން ތަފާތުކުރުމަކީ ދުނިޔޭގައި އޮތް ކަމެކެވެ. މި ގޮތުން މި ރަށުގައި ވެސް މިކަން އޮތެވެ. މިކަން ނިމުމުގެ ފެށުމަކީ މީގެ 55 އަހަރު ކުރިން މި ޖުމްހޫރިއްޔަތު ފެށުމެވެ. އެ ފެށުނު ފެށުން މިއަދު މިވަނީ ފުރިހަމަވެފައެވެ. ވަކި ނަސްލަކުން ނަސަބަކުން އަޔަތީ ވަކި ކަންކަމެއް ލިބުން ޚާއްސަވެގެން ނުވުމެވެ.

ދިވެހިރާއްޖޭގެ ނަސްލީ އިމްތިޔާޒުގެ މިސާލަކަށް އެންމެ ފަހުން ރަސްކަން ކުރި ހުރަވީ ދަރިކޮޅުގެ ރަސްކަމުގެ ޒަމާނުގެ މިސާލެއް ފާހަގަކޮށްލަމާތޯއެވެ!

ހުރަވީންގެ ވެރިކަމުގެ ދުވަސްވަރު، ސުލްތާން ޣިޔާސުއްދީން ރަދުންގެ ރަސްކަން އިންގިލާބުކޮށް ހުރަވީން ވެރިކަން ފެށިހިސާބުން، ރައީސް މުޙައްމަދު އަމީނުލް ހުރަވީގެ ޖުމްހޫރިއްޔާ ނިމުމާއި ހަމަޔަށް..(1767 – 1953).

200 ވަރަކަށް އަހަރުގައި ދިވެހިރާއްޖޭގެ މީސްތަކުން ދަރަޖަ ކުރި ގޮތް ތިރީގައި އެވަނީއެވެ.

އާދެވަޑައިގަތުން

ހުރަވީ ރަސްދަރިކޮޅު، ދިޔަމިގިލި ރަސްދަރިކޮޅު، ކިލެގެއިންގެ ދަރިކޮޅު މިގޮތަށެވެ.

ލައްބަދުރުވުން

ހުރަވީ ރަސްދަރިކޮޅާއި، ދިޔަމިގިލި ރަސްދަރިކޮޅު ނޫން އެހެނިހެން ރަސްދަރިކޮޅުތައް (ހިލާލީ / އިސްދޫ)، ފަނޑިޔާރު ބޭކަލުން އަދި ދަންނަބޭކަލުންގެ ދަރިކޮޅުތައް، ތަކުރު، މަނިކު / މަނިކެ، ތުއްތު ފުޅު އެވެ.

މިނަންނަމުން މުޚާތަބުކުރެވޭ ބޭކަލުން / ކަނބަލުން އަދި ދަރިކޮޅުތަކެވެ. ރަށްރަށުގެ ވެރިންގެ ދަރިކޮޅުތަކެވެ.

އާނހޫން

ބޭފުޅުން ބޭކަލުން ކަނބަލުން ނޫން އެންމެން، އާންމު މީސްތަކުން މިއެވެ.

މީގެ 70 އަހަރު ކުރިން ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔަތުގައި ރަސްކަމުގެ ޒަމާނެކޭ އެއްފަދައިން ނަސްލީ އިމްތިޔާޒު އޮތެވެ. އޭގެ މިސާލެވެ!

މަތީ މަގާމަކުން ބޭފުޅަކަށް ނުވާކަމުގެ މިސާލު:

1953 ފުރަތަމަ ޖުމްހޫރިއްޔާ ރައްޔިތުންގެ (Parliament) ގެ ރައީސް ދުރުވުން ނައިބު ރައީސް ވަޑައިގަތުން މަޖިލީހުގެ ރައީސް ދުރުވުމުގެ ސަބަބަކީ ބޭފުޅަކަށް ނުވުމެވެ! ނައިބު ރައީސް ވަޑައިގަންނަވަނީ ބޭފުޅަކަށް ވާތީއެވެ! ނަން ނުލިޔެވެސް ރަސްމީ ލިޔުންތަކުގައި ހުރީ ރައީސް ދުރުވުމެވެ! ނައިބު ރައީސް ވަޑައިގަތުމެވެ! ރައީސަކީ އައްޝައިޚް މަލިމް މޫސާ މާފަތް ކަލޭފާނެވެ. ނައިބު ރައީސަކީ އަންނަބީލު ޙަސަން ޢަލީ ދީދީއެވެ، މި ޖުމްހޫރިއްޔަތު ފެށުނުއިރު ދީނާއި ދުނިޔޭގެ ކަންކަމުގެ މިނިވަންކަން ދިވެހި ރައްޔިތުންނަށް ލިބިގެން އައެވެ.

އާންމު ރައްޔިތުން މިސްކިތުގެ ކުރީ ސަފަށް ސަވާބު ބޮޑު ސަފަށް އެރުމުގެ މިނިވަންކަން، އާންމު ރައްޔިތުން ފަޔަށް ކަށިހެރުމުން ސަލާމަތްވުމަށް ފައިވާނަށް އެރުމުގެ މިނިވަންކަން އާންމުރައްޔިތުން އަތްވާއި ވާރެއިންހިޔާވުމަށް ހިޔާވުމަށް ކުޑަނެގުމުގެ މިނިވަންކަން މި ފަދަ މިނިވަންކަމެވެ! ދިވެހި އާންމު ރައްޔިތުން އެއިގެ ކުރިން މިކަންކަމުގެ މިނިވަންކަމެއް އާންމުކޮށް ލިބިގެން ނުވެއެވެ. ވީމާ، ދިވެހި ބަހުގެ ދަރަޖަތަކުގެ ތެރެއިން ލައްބަދުރުވުމުގެ ދަރަޖައަކީ މިއަދު ބޭނުން ދަރަޖައެއް ނޫނެވެ! އާދެވަޑައިގަތުމުގެ ދަރަޖަ އެންމެންނަށް ރިވެތި ބަހުން ވާހަކަދެއްކުމުގައި ބޭނުންކުރުން މުހިންމެވެ!

އާންމު ބަހުރުވައިން އާނހޫނއެވެ. ލައްބަދުރުވުމުގެ ދަރަޖަ ބޭނުންކުރުމަކީ ތަފާކުރުމެއް ނޫންތޯއެވެ؟

ރާއްޖޭގެ ނަމޫނާ މަދުރަސާ، އިސްކަންދަރު ސްކޫލަށް 62 އަހަރު!
ނާޞިރިއްޔާ މޮންޓެސޫރީ ސްކޫލް”ގެ ނަން “އިސްކަންދަރު މޮންޓެސޫރީ ސްކޫލް” ނަމަށް ބަދަލުކުރީ 1979 ވަނަ އަހަރު ދިވެހިރާއްޖޭގައި މޮންޓެސޫރީ އިސްކޫލެއް ހުޅުވުނީ 10 މޭ 1961 ގައެވެ.

އެތައްހާސް ދިވެހިންގެ ތައުލީމުގެ ފުރަތަމަ ބިންގާ ކަމުގައިވި، ރާއްޖޭގެ އެންމެ ފަޚުރުވެރި އެންމެ ގަދަރުވެރި މަދުރަސާއެއްވެސްމެއެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ މޮންޓެސޫރީ އިސްކޫލް ހުޅުވުނީ މައްޗަންގޮޅީ ޗާންދަނީމަގުގައި 1940ގެ އަހަރުތަކުގައި މައްޗަންގޮޅީ އަވަށު މަދުރަސާ “މަދުރަސަތުލްޙަމީދިއްޔާ” އިމާރާތުގައެވެ.

10 މޭ 1961 ގައި “ޙަމީދިއްޔާ މޮންޓެސޫރީ ސްކޫލް” ގެ ނަމުގައި މި އިސްކޫލް ހުޅުއްވައިދެއްވީ ވަޒީރުލްމަޢާރިފްގެ ޤާއިމުމަޤާމު (އެކްޓިންގ މިނިސްޓަރ އޮފް އެޑިޔުކޭޝަން) ވަޒީރުއްދާޚިލިއްޔާ (މިނިސްޓަރ އޮފް ހޯމް އެފެއާޒް) އަދި ވަޒީރުލްއައުޒަމްގެ ނައިބު (ޑެޕިއުޓީ ޕްރައިމް މިނިސްޓަރ) ޞާޙިބުއްސަޢާދަތު އިބްރާހީމް ރަޝީދެވެ.

މޮންޓެސޫރީ އިސްކޫލުގައި ތައުލީމުދޭން ފެށުނީ 2 އަހަރާއި 6 އަހަރާ ދެމެދުގެ އެންމެ ތުއްތުކުދިންނަށެވެ.

މޮންޓެސޫރީ ސްކޫލަށް ބިނާކުރެވުނު ޚާއްޞަ އިމާރާތް އަދި “ނާޞިރިއްޔާ މޮންޓެސޫރީ ސްކޫލް” ގެ ނަމުގައި އައު އިސްކޫލު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު (ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ 1965) އަދި އެކިލެގެފާނުގެ އަނބިކަނބަލުން (ފަސްޓްލޭޑީ) މެޑަމް އަންނަބީލާ ނަސީމާ މުޙައްމަދު (ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ 2011) އެވެ. އެއީ 1970 ވަނަ އަހަރުއެވެ.

(މި އިމާރާތް އިސްކަންދަރު ސްކޫލްގައި ފެންނަން އެބަހުއްޓެވެ. މީގެ 50 އަހަރުކުރިޔަށް ބަލާއިރު ވަރަށް ފުރިހަމަ އިމާރާތެކެވެ. މިޒަމާނަށްވެސް އެކަށޭނަ ޒަމާންތަކަށް ދެމެހެއްޓޭނެ ވަރުގަދަ ބިނާއެއްވެސްމެއެވެ.)

ނާޞިރިއްޔާ މޮންޓެސޫރީ ސްކޫލް”ގެ ނަން “އިސްކަންދަރު މޮންޓެސޫރީ ސްކޫލް” ނަމަށް 1979 ވަނަ އަހަރު ބަދަލުކުރިއެވެ. އަދި މި ނަން “އިސްކަންދަރު ސްކޫލް” ގެ ނަމަށް ބަދަލުކުރީ 1980ގައެވެ.

އިސްކަންދަރު ސްކޫލަށް މި މޭމަހު 10ވަނަ ދުވަހު 62 އަހަރު ފުރުނީ އެވެ. މޮންޓެސޫރީން ފެށުނު ތައުލީމު ޕުރައިމަރީ ތައުލީމުން ސެކަންޑަރީ ތައުލީމުން ކުރިއެރުމުގެ ނަމޫނާ ސްކޫލެކެވެ.

ދިވެހިރާއްޖޭގެ “ރޮޔަލް” ސްކޫލެވެ! 60 އަހަރުގެ ތެރޭގައި އެެތައްހާސް ތައުލީމީ ދަރިންގެ ތައުލީމީ ބިންގަލަކީ މިފަޚުރުވެރި ޝަރަފުވެރި މަދުރަސާއެވެ.

ރާއްޖޭގެ މަދުރަަސީ ތައުލީމުގެ ތާރީޚަށް ބަލާއިރު، ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ (1932)އިން ދިވެހި ރައްޔިތުންކިޔެވުން ލާޒިމުކުރެއެވެ. އަދި އުނގެނުމާއި އުނގަންނައިދިނުމުގެ މިނިވަންކަން ދިވެހި ރައްޔިތުންނަށް ލިބިދީފައިވެއެވެ.

ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ (1932) ގެ 14 ވަނަ މާއްދާގައިވެއެވެ. “ކޮންމެ ދިވެހި ރައްޔިތަކުގެ މައްޗަށް ޤުރުއާން ކިޔެވުމާއި، ޢަރަބިއަކުރާއި، ތާނައަކުރު ލިޔާންކިޔާން ދަސްކުޅައުމަކީ މިޤާނޫނުއަސާސީ ލާޒިމުކުރާކަމެކެވެ.”

15ވަނަ މާއްދާގައިވެއެވެ. “ޤާނޫނަށާއި އަދަބުތަކަށް ޚިލާފުނުވާގޮތުގެމަތިން ކިޔެވުމާއި، ކިޔަވައިދިނުމީ، މިނިވަންކަން ލިބިގެންވާ ކަމެކެވެ.”

1932ން 1933ށް 1 އަހަރުގެތެރޭގައި އެންމެ ފުރަތަމަ ފާސްވި ޤާނޫނުތައް ތަޢުލީމާއި ޢިލްމާޢީ އުނގެނުމާބެހޭ ބައެއް ޤާނޫނުތައް ހިމެނެއެވެ. އެގޮތުން ޤުރުއާން ކިޔެވުމާއި، ޢަރަބިއަކުރާއި ތާނައަކުރު ދަސްކުޅައުމުގެ ޤާނޫނު، އަމިއްލަ ސަނަދުތަކުގައި އިސްޓޭމްޕް ޖެހުމުގެ ޤާނޫނު ހިމެނެއެވެ.

ޤުރުއާން ކިޔެވުމާއި، ޢަރަބިއަކުރާއި ތާނައަކުރު ދަސްކުޅައުމުގެ ޤާނޫނަކީ، ފުރަތަމަ ޤާނޫނުއަސާސީގެ 14ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޙައްޤު ލިބިދިނުމަށްޓަކައި، ފުރަތަމަ ޤާނޫނުއަސާސީއަށް އަހަރެެއްވެސް ނުވަނީސް ހެދުނު ޤާނޫނެކެވެ.

ދިވެހިރާއްޖޭގެ ދުސްތޫރީ ފުރަތަމަ ސަރުކާރުގެ ވަޒީރުލް މަޢާރިފް (ރާއްޖޭގެ ފުރަތަމަ މިނިސްޓަރ އޮފް އެޑިޔުކޭޝަން) އަލްއުސްތާޛު އަޙްމަދު ކާމިލު ދީދީ، ޤާނޫނުއަސާސީގެ ތައުލީމާއި އުނގެނުމުގެ މާއްދާތަކާއި ކަމާބެހޭ ޤާނޫނުތައް ތަންފީޒު ކުރައްވަން 1932ން 1933ށް މަސައްކަތްކުރެެއްވިއެވެ.

އަދި މަދުރަސަތުއްސަނިއްޔާގަައި އަންހެން ދަރިވަރުންނަށް ތަޢުލީމު ދެއްވަން ފެށްޓެވީވެސް 1933ގަައި އެމަނިކުފާނެވެ.

އެއަށްފަހު އައީ އަލްއަމީރު ޙަސަން ފަރީދު ދީދީގެ ދައުރެވެ. ތަޢުލީމު ހީނަރުވިއެވެ. އެކަމަކު ދިވެހިބަހާއި އަދަބީ ސަގާފީ ކަންކަން ކުރިޔަށްދިޔައެވެ.

ދެންއައި އަމީނީ ދައުރުގައި ތައުލީމުދިނުން އުގަންނައިދިނުން “މެކުހަށް” ޖެއްސެވިއެވެ. ސުމުއްވުލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނު ސަރުކާރު ހިންގެވިއިރު (1954-1957) ގައި ހިންގެވި އިލްޒާމީ ތަޢުލީމުގެ ޤާނޫނުވެސް ހިނގަމުންދިޔައެވެ.

ދެކުނު އޭޝިއާއަށް އިސްލާމްދީން ފެތުރުނު ގޮތާއި ރާއްޖެއަށް އިސްލާމްދީން އައި ގޮތް
އިސްލާމް ދީނަކީ މުހައްމަދު މާތް ނަބިއްޔާ މެދުވެރިކުރައްވައި މާތް ﷲ އިންސާނީ މުޅި އުއްމަތަށް، އަރަބިންނާއި އަޖަމީންނަށް ބާވައިލެއްވި ދީނެކެވެ. އިސްލާމްދީން އައުމަށްފަހު އެހެން ހުރިހާ ދީނެއް ވަނީ މަންސޫހް ކުރެވިފައެވެ. މިއީ އެ ދުވަސްވަރުގެ ބޮޑެތި ބާރުތައްވެސް އަޖައިބު ކުރުވާފަދަ ހަލުވި މިނެއްގައި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެންދިޔަ ދީނެކެވެ.

ދެކުނު އޭޝިއާގައި އިސްލާމް ދީން ފެތުރިގެންދިޔުން

މީލާދީން 8 ވަނަ ނުވަތަ 9 ވަނަ ގަރުނުން ފެށިގެން އަރަބި ދަރުމަވެރިންނާއި، ފާރިސީ ދަތުރުވެރިން ކަނޑު ދަތުރުކުރުމުގެ ހުނަރުތައް ދަސްކޮށް، އެ ހުނަރުތަކުގެ ބޭނުން ހިފައި ކަނޑުގެ އޮޔާއި ވައިގެ ބޭނުން ހިފައިގެން އެކި މޫސުމުގައި އެބައިމީހުން ދަތުރުފަތުރުކޮށް ދުރު ހިސާބުތަކުގައި ވިޔަފާރިވެސް ކޮށް އުޅުނެވެ. މިގޮތުން މީލާދީން 16 ވަނަ ގަރުނުގައި އޭޝިއާ އާއި ދުރު އިރުމައްޗަށް ދަތުރުކުރަން ފަށަންދެން، ކަނޑުމަތީގައި އެންމެ ގަދަ ބާރަކަށް ވެފައި ވަނީ އަރަބިންނާއި ފާރިސީން ކަމަށްވާއިރު، އަރަބީން ވިޔަފާރި ކުރަމުންދިޔަ ތަންތަނުގައި އެ މީހުންގެ ވިޔަފާރިވެރިން ވަޒަންވެރިވެ، އެމީހުން ދިރިއުޅެން ފެށި ގައުމުތަކަށް، އެބައިމީހުންގެ ދީން ކަމަށްވާ އިސްލާމްދީން މަޑު މަޑުން ތައާރަފްވަމުންދިޔައެވެ.

ވިޔަފާރި ކުރުމަށް ގޮސް އަރަބިން ވަޒަންވެރިވި ތަންތަނުގެ ތެރޭގައި ދެކުނު އިންޑިއާގެ ކަނޑުގެ އައްސޭރީގައިވާ ސަރަހައްދުތަކާއި ސްރީލަންކާގެ ސަރަހައްދުތައްވެސް ހިމެނެއެވެ. އަރަބިން ވަޒަންވެރިވި ތަންތަނުގެ މީހުންނާ އެ މީހުން ކައިވެނީގެ ގޮތުން ގުޅި، އާ ޖަމާއަތްތައް އުފައްދާ، އިންޑިއާ ކަނޑުގެ ވިޔަފާރީގެ ވެރިކަން ކުރަމުން ދިޔައީ އަރަބިންނެވެ.

ދެކުނު އޭޝިއާގެ ގައުމުތަކަށް އިސްލާމް ދީން ފެތުރިގެންދިޔައީ އެ ދީނުގައި ހުރި ރަނގަޅު ސިފަތައް އެ ތަންތާނގެ މީހުންނަށް ގަބޫލުކުރެވިގެން ގިނަ ގައުމުތަކުގައި ސުލްހަވެރިކަމާއެކުގައެވެ. ނަމަވެސް ބައެއް ފަހަރު މުސްލިމުންނަށް ނަސްރު ލިބިފައި ވަނީ ހަނގުރާމަ ކޮށްގެންނެވެ.

ދިވެހި ރާއްޖެއަށް އިސްލާމް ދީން އައުން

ބޭރުގެ ލިޔުންތަކުން އެނގޭގޮތުގައި ރާއްޖެ އިސްލާމްވި ދުވަސްވަރުވެސް އިންޑިއާ ކަނޑުގައި އަރަބީންގެ ވިޔަފާރީގެ ދަތުރުތައް އޮތީ ކުރީންވެސް ފާހަގަކުރި ފަދައިން ފެށިފައެވެ. މިގޮތުން ހިޖުރައިން 6 ވަނަ ގަރުނުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް އިސްލާމްދީން ފެތުރުއްވުމަށް މަސައްކަތް ކުރެއްވި ބޭކަލުންތަކެއްގެ މަސައްކަތްޕުޅުން އިސްލާމްދީނަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ވަނީ ނަސްރު ލިބިފައެވެ. އަދި އިސްލާމްދީން ފެތުރުއްވުމަށް މަސައްކަތް ކުރެއްވި ބޭފުޅުން ދަތުރު ކުރައްވައި އުޅުއްވީ ވިޔަފާރި ދަތުރުތައް ކުރި ނައު ފަހަރުގައެވެ.

މިފަދައިން ދަތުރުތައް ކުރެއްވި އިސްލާމުން ނޫން އެހެން ދީންތަކުގެ މީހުން އުޅޭ ރަށްރަށަށް ވަޑައިގެންނެވިއްޖެނަމަ، އެ ބޭފުޅުން އެ ރަށެއްގެ މީހުން އިސްލާމް ކުރައްވައެވެ. އަދި ރަށެއްގައި އެއިން ބޭފުޅަކު ހުންނަވަނިކޮށް، ކައިރި ރަށެއްގައި ނުވަތަ ގައުމެއްގައި ނަމަވެސް ކާފަރު ހާލުގައި ތިބިކަމުގެ ޚަބަރު ލިބިވަޑައިގެންފިނަމަ، އެ ތަނަކަށް ވަޑައިގެން އެ މީހުން އިސްލާމް ކުރެއްވުމުގެ މަސައްކަތްޕުޅު ކުރެއްވިއެވެ.

ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދުގައި މި މަތިވެރި މަސައްކަތްޕުޅު އެ ބޭފުޅުން ކުރައްވަމުން ގެންދެވިއިރު، އޭރު ބުޑިސްޓް ދީނުގައި އޮތް ރާއްޖޭގެ ޚަބަރުތައް އައްސަފާވައިވުމަކީ ހަމަ ވަރަށް އެކަށީގެންވާ ކަމެކެވެ.

ރާއްޖެ ރަސްމީކޮށް އިސްލާމް ދީނަށް ބަދަލުވީ މީލާދީން 1153 ވަނަ އަހަރުއެވެ. އެއީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލް އާހިރު މަހުގެ ތެރޭގައެވެ. ރާއްޖޭގެ ދީނަކީ އިސްލާމްދީން ކަމަށް ހަމަޖެހުނީ އޭރު ތަހުތުގައި އިންނެވި، ސިރީ ތުރިބުވަނަ އާދިއްތިޔަ މަހާރަދުން އިސްލާމް ދީން ގަބޫލުފުޅު ކުރެއްވުމުންނެވެ. އެއަށްފަހު ނަންފުޅުނު އައްސުލްތާން މުހައްމަދު އިބްނު އަބްދުﷲ އަށް ބަދަލު ކުރެއްވިއެވެ. އަދި ރަދުން އިސްލާމްވެ ވަޑައިގަތުމަށްފަހު މުޅި ރާއްޖޭގައި ފަތްތޫރަ ހިންގަވައި ރާއްޖޭގެ އެންމެން، ކުރީގެ ދީން ދޫކޮށްލައި މާތްވެގެންވާ އިސްލާމް ދީނަށް އެނބުރުމަށް އެންގެވިއެވެ.

ދިވެހި ތާރީޚުން އެނގޭ ގޮތުގައި ރަދުން އިސްލާމްވެވަޑައިގަތުމަށްފަހު، ރާއްޖޭގެ އެންމެހައި ކަންތައްތައް ހިންގަވަމުން ގެންދެވީ އިސްލާމް ދީނުގައި ކަންތައްތައް ކުރަން ކަނޑައަޅުއްވާފައިވާ ގޮތަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކަށް މީހުން ފޮނުއްވައިގެން ރައްޔިތުން އިސްލާމް ކުރައްވައި، ދީނީ އިލްމު ފަތުރުއްވާފައިވެއެވެ. އަދި މާލޭގައި އެންމެ ފުރަތަމަ ހުކުރުމިސްކިތް ބިނާކުރައްވައި، ދަރުމަވަންތަ މިސްކިތް މިހާރު ހުރި ތަނުގައި މިސްކިތެއްވެސް ރަދުން ބިނާކުރެއްވިއެވެ. އަދި ދީންވެރި ރަސްކަލެއްގެ ގޮތުގައި ފާހަގަކުރެވުނު ރަދުން ގާތްގަނޑަކަށް 12 ވަރަކަށް އަހަރު ރާއްޖޭގައި ރަސްކަން ކުރެއްވިއެވެ.

ލޯމާފާނުތަކުން އެނގޭ ގޮތުގައި ރާއްޖެ އިސްލާމްވީ އެއް ހިނދެއްގައި ނޫނެވެ. މިގޮތުން އެ ޒަމާނުގައި ދަތުރުފަތުރުގެ ދަތިކަމާއި ރާއްޖޭގެ އަތޮޅުތަކާއި ޖަޒީރާތައް އުފެދިފައި ވަނީ ދުރު ދުރުގައިވާ ވަކި ވަކި ރަށްތަކެއް ގޮތުގައިކަމުން، މާ އަވަސް މުއްދަތެއްގެ ތެރޭގައި ރަދުންގެ އަމުރުފުޅު ރާއްޖޭގެ ހުރިހާ ރަށެއްގައި ހިންގޭ ގޮތް ތަނަވަސް ނުވާނެކަން ގަބޫލުކުރެވެއެވެ.

މީލާދީ 1194 ވަނަ އަހަރު ލިޔެފައިވާ އިސްދޫ ލޯމާފާނުގެ އިތުރުން މީލާދީ 1195 ވަނަ އަހަރު ލިޔެފައިވާ ދަނބިދޫ ލޯމާފާނުގައި ބަޔާން ކުރެވިފައިވާ ގޮތުން އިސްދޫ އާއި ދަނބިދޫގައި ތިބި ކާފަރުން އިސްލާމް ކުރައްވައި، އެ ދެ ރަށުގައި ތިބި ހާމުދުރުންގެ ޖަމާއަތް ނައްތާލައްވައި ބުޑިސްޓް ދީނުގެ ވޭރުތައްވެސް ހަލާކު ކުރެއްވިއެވެ. އަދ ރަށްރަށުގެ އެންމެ ރަނގަޅަށް އެންމެ އެކަށީގެންވާ ތަންތަނުގައި މިސްކިތްތައް ބިނާ ކުރެއްވީވެސް ހަމަ އެ ދުވަސްވަރެވެ.

ރާއްޖެ އިސްލާމް ކުރެއްވި ބޭކަލަކާ މެދު ތާރީޚީ އިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވީ ނަމަވެސް ރަސްމީ ގޮތުން ކަނޑައަޅުއްވާފައިވަނީ ރާއްޖެ އަށް އިސްލާމީ ހިދާޔަތު ގެނެސްދެއްވީ މަޣުރިބުކަރައިގެ (މޮރޮކޯ)ގެ ބޭކަލެއްކަމަށްވާ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީ ކަމަށެވެ. އަދި ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވާ ދުވަހަކީ 2 ރަބީޢުލް އާޚިރު 548 ހ. (22 ޖޫން 1153 މ.) ވީ ހުކުރުދުވަހެވެ. ރާއްޖެއަށް އިސްލާމީ ހިދާޔަތުގެ އަލިކަން ގެނެސްދެއްވި “އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީ”ގެ މަގުބަރާ އަކީ މާލޭ މެދުޒިޔާރަތެވެ. މިފަދަ މަޢުލޫމާތު ލިބޭނެ ދިވެހިތާރީޚުގެ އެންމެ މުސްކުޅި ލިޔުންތަކަކީ އެވޭލާ އިސްދޫ ލޯމާފާނާ، ދަބިދޫ ލޯމާފާނެވެ.

ރާއްޖެ އިސްލާމްވުމަކީ ދިވެހިންގެ ތާރީޚުގައި ހިނގާފައިވާ އެންމެ މުހިންމު ހާދިސާއެވެ. ރާއްޖެ އިސްލާމްވުމުގެ ސަބަބުން، ދިވެހިންގެ ހިތްތައް އެ ދީނުގެ އަލިކަމުން އުޖާލާވުމުގެ އިތުރަށް، ދިވެހި ހަޟާރާތަށްވެސް ވަރަށް ގިނަ މުހިންމު ބަދަލުތަކެއް އައިސްފައިވެއެވެ. މިގޮތުން ލިޔެކިޔުމަށާއި ދިރިއުޅުމުގެ އާދަކާދަތަކަށްވެސް ހެޔޮ އިސްލާހުތައް އައިސް، އެކުވެރިކަމާއި އެއްބައިވަންތަ މުޖުތަމައެއް ރާއްޖޭގައި ޤާޢިމްވެގެން ދިޔައެވެ.