ދަރިންނަކީ މާތްﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ނިއުމަތަކަށް ވާއިރު އެއީ އަޅުގަނޑުމެންނާއި ހަވާލުކުރެވިފައިވާ އަމާނާތެއް ވެސްމެއެވެ.  ދަރިން ބަލާ ބޮޑުކޮށްފައިވާ ގޮތާއިމެދު  ގިޔާމަތްދުވަހުން ސުވާލުކުރެއްވޭނެކަމީ ސައްކެއްވެސް އޮތް ކަމެއްނޫނެވެ.
ކޮންމެ ކުއްޖަކުވެސް އުފަންވަނީ ފިތުރަތުގެ ސާފުކަންމަތީގައި ކަމަށްވާއިރު އެކުއްޖާގެ އަހްލާގާއި ސުލޫކު ބައްޓަންކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ އެ ކުދިންގެ މައިންބަފައިންނެވެ. ކަންމިހެންއޮތްއިރު، ބަވަނަވަމުން އަންނަ ދުނިޔެއަށް ނަޒަރުހިންގާލާއިރު ތަރުބިއްޔަތުގެ ދައުރު ފުރިހަމަ ގޮތުގައި އަދާކުރުމަކީ އަދުގެ މައިންބަފައިންނަށް ކުރިމަތިވެފައިވާ ވަރަށްވެސް ބޮޑު ގޮންޖެހުމެކެވެ.
ދަރިން ތަރުބިއްޔަތު ކުރުމަށް އިސްލާމްދީނުގައި ވަރަށްވެސް ފުރިހަމަ އުސޫލުތަކެއް ވަނީ ކަނޑައަޅުއްވާފައިވެއެވެ. މިގޮތުން ކީރިތި ގުރުއާނުގައި މާތްﷲ އަންގަވާފައިވަނީ ދަރިންނަށް ދީނުގެ ކަންކަން އުނގަންނައިދީ، ނަރަކައިގެ އަޒާބުން އެކުދިން ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަކީ މައިންބަފައިންގެ މައްޗަށް އޮތް ވާޖިބެކެވެ.  މިކަން ބަޔާންކުރައްވައި މާތްﷲ ކީރިތި ގުރުއާނުގެ ތަޙްރީމް ސޫރަތުގެ 6ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا.. މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން (އެބަހީ ދަރިންނާއި އަނބިމީހާ) ނަރަކައިގެ އަލިފާނުން ސަލާމަތްކުރާށެވެ!"
ކީރިތި ގުރުއާނުގައި މާތް ﷲ ވަހީ ކުރައްވާފައިވާ ފަދައިން ލުޤުމާނުގެފާނަށް ދެއްވާފައިވާ ހިކުމަތްތަކުގެ ތެރެއިން ދަރިން ތަރުބިއްޔަތު ކުރުމުގައި ގެންގުޅުއްވާފައިވާ ހިކުމަތަކީ އަޅުގަނޑުމެން އޭގެން އިބްރަތް ހާސިލްކޮށް އަޅުގަނޑުމެންގެ ދަރިން ތަރުބިއްޔަތު ކުރުމުގައި ގެންގުޅެން ޖެހޭނެ އުސްލޫބުތަކެއްކަމުގައި ދެކެމެވެ. ލުޤްމާން ސޫރަތުގެ 12 ވަނަ އާޔަތުގައި މާތް ﷲ ވަހީ ކުރައްވާފައިވެއެވެ.  وَلَقَدْ آتَيْنَا لُقْمَانَ الْحِكْمَةَ أَنِ اشْكُرْ لِلَّهِ ۚ وَمَن يَشْكُرْ فَإِنَّمَا يَشْكُرُ لِنَفْسِهِ ۖ وَمَن كَفَرَ فَإِنَّ اللَّهَ غَنِيٌّ حَمِيدٌ ‎﴿١٢﴾ މާނައީ: ހަމަކަށަވަރުން، ތިމަންރަސްކަލާނގެ لقمان ގެފާނަށް ހިކުމަތް ދެއްވީމެވެ. އަދި اللَّه އަށް ސުކުރު ކުރުމަށް އެންގެވީމެވެ. އަދި ސުކުރު ކުރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ސުކުރު ކުރާކަން ކަށަވަރީ، އޭނާގެ އަމިއްލަ ނަފުސަށްޓަކައެވެ. އަދި ކާފިރުވި މީހާ (ދަންނާށެވެ!) ހަމަކަށަވަރުން، اللَّه އީ، ފުދިވޮޑިގެންވާ، ހަމްދު ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ."
ކީރިތި ގުރުއާނުގައި ލުޤުމާނުގެފާނުގެ ނަންފުޅުން ސޫރަތެއް ނަންދެވި، އެކަލޭނގެފާނުގެ ވާހަކަ ބަޔާންކުރައްވާފައިވަނީ އެކަލޭނގެފާނަކީ މާތްﷲ ބޮޑުވެގެންވާ ހިކުމަތްތެރިކަން ދެއްވާފައިވާ ބޭކަލަކަށް ވާތީއެވެ. ލުޤުމާނުގެފާނު އެކަލޭނގެފާނުގެ ދަރިކަލުންނަށް ދެއްވި ނަސޭހަތްތަކަކީ ކޮންމެ ޒަމާނަކަށްވެސް ފެތޭ، އިންސާނާގެ ދެދުނިޔޭގެ ބާއްޖަވެރިކަމާ ގުޅިފައިވާ އަގުހުރި ފިލާވަޅުތަކެކެވެ.
މިގޮތުން އެކަލޭގެފާނުގެ ދަރިކަލުންނަށް ފުރަތަމައަށްވެސް ނަސޭހަތް ދެއްވާފައިވަނީ اللهُ އަށް ސަރީކު ނުކުރުމަށެވެ. އެހެނީ އަގީދާ ވަރުގަދަ ކުރުމުގެ މައްޗަށެވެ. وَإِذْ قَالَ لُقْمَانُ لِابْنِهِ وَهُوَ يَعِظُهُ يَا بُنَيَّ لَا تُشْرِكْ بِاللَّهِ ۖ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ  (ސޫރަތުއް ލުޤުމާން: 13ވަނަ އާޔަތް) މާނައީ: އަދި ލުޤުމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ނަސޭހަތް ދެއްވަމުން ވިދާޅުވިހިނދު ހަނދުމަކުރާށެވެ! އޭ ދަރިފުޅާއެވެ! اللَّه އަށް ތިބާ ސަރީކު ނުކުރާށެވެ! ހަމަކަށަވަރުން، ސަރީކު ކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ.
މައިންބަފައިންނަށް ހެޔޮކޮށްހިތުމަށް މާތް ﷲ ކީރިތި ގުރުއާނުގެ އެތަށް އާޔަތެއްގައި ވަސިއްޔަތް ކުރައްވާފައިވެއެވެ. އެހެންނަމަވެސް ﷲއަށް ސަރީކުކުރުމަށް އެދެމީހުން ގަދައަޅައިފިނަމަ، އެދެމީހުންނަށް ކިޔަމަން ނުވާންވެސް އަންގަވާފައި ވެއެވެ. އެހެނީ ސަރީކު ކުރުމަކީ ﷲގެ ހަޒުރަތުން ނުފުއްސެވޭނެ ބޮޑުވެގެންވާ ފާފައެއްކަމުގައިވާތީއެވެ. މާތްﷲ ކީރިތި ގުރުއާނުގެ ލުޤުމާން ސޫރަތުގެ  15 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވާ އާޔަތުގެ މާނައިގައިވެއެވެ.
"އަދި ތިމަންރަސްކަލާނގެއާމެދު، ތިބާއަށް އެނގުމެއްނުވާ އެއްޗެއް ސަރީކު ކުރުމަށް، އެ ދެމީހުން ގަދައަޅައިފިނަމަ، ފަހެ، ތިބާ އެ ދެމީހުންނަށް ކިޔަމަންނުވާށެވެ! އަދި ދުނިޔޭގައި ހެޔޮގޮތުގައި އެ ދެމީހުންނާއެކު އުޅޭށެވެ! އަދި ތިމަންރަސްކަލާނގެ ހަޒްރަތަށް ކިޔަމަންވެ، ރުޖޫއަވީ މީހުންގެ މަގަށް ތަބާވާށެވެ! ދެން ތިޔަބައިމީހުން އެނބުރި ރުޖޫއަވުން ވަނީ ތިމަންރަސްކަލާނގެ ހަޒްރަތަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު އަމަލުތަކުގެ ހަބަރު ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަންގަވާހުށީމެވެ."
އަމަލުތައް ސީދާ ކުރެއްވުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައިވެއެވެ. އެހެނީ އެ އަމަލަކީ ޒައްރެއްގެ މިންވަރުވެސް ހެޔޮ އަމަލެއް ކަމަށްވިޔަސް އަދި ޒައްރެއްގެ މިންވަރުގެ ނުބައި އަމަލަކަށްވިޔަސް އެކަމުގެ ހިސާބުބެއްލެވޭނެކަން ވިސްނައި ދެއްވާފައިވެއވެ. ލުޤުމާން ސޫރަތުގެ 16 ވަނަ އާޔަތުގައި މާތްﷲ ވަހީކުރައްވާފައިވެއެވެ. يَا بُنَيَّ إِنَّهَا إِن تَكُ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ فَتَكُن فِي صَخْرَةٍ أَوْ فِي السَّمَاوَاتِ أَوْ فِي الْأَرْضِ يَأْتِ بِهَا اللَّهُ ۚ إِنَّ اللَّهَ لَطِيفٌ خَبِيرٌ ‎﴿١٦﴾‏ "އޭ ދަރިފުޅާއެވެ! ހަމަކަށަވަރުން، އެ އަމަލަކީ ރެވިއޮށްޓަރެއްގެ ބަރުދަންހުރި އަމަލެއް ކަމުގައިވިޔަސް، ހިލައެއްގެ ތެރޭގައިވިޔަސް، ނުވަތަ އުޑުތަކުގައިވިޔަސް، ނުވަތަ ބިމުގެ ތެރޭގައިވިޔަސް (ގިޔާމަތްދުވަހުން) اللَّه އެ އަމަލެއް ގެންނަވާނެތެވެ. ހަމަކަށަވަރުން، اللَّه އީ، އޯގާވަންތަކަން ބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
އަޅުކަމަށް ބާރުއަޅުއްވާފައި ވެއެވެ. މި ގޮތުން ނަމާދު ގާއިމުކުރުމަށް އަމުރުކުރެއްވިއެވެ. يَا ا بُنَيَّ أَقِمِ الصَّلَاةَ وَأْمُرْ بِالْمَعْرُوفِ وَانْهَ عَنِ الْمُنكَرِ وَاصْبِرْ عَلَىٰ مَا أَصَابَكَ ۖ إِنَّ ذَٰلِكَ مِنْ عَزْمِ الْأُمُورِ ‎﴿١٧﴾‏  ( ސޫރަތުއް ލުޤުމާން:  17 ވަނަ އާޔަތް ) މާނައީ: އޭ ދަރިފުޅާއެވެ! ތިބާ ނަމާދު ގާއިމްކުރާށެވެ! އަދި ހެޔޮކަންތަކަށް އަމުރު ކުރާށެވެ! އަދި ނުބައިކަންތައް ނަހީކުރާށެވެ! ތިބާޔަށްޖެހޭ މުސީބާތަށް ކެތްކުރާށެވެ! ހަމަކަށަވަރުން، އެކަންވަނީ، އަޒުމް ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ.
އަހްލާގު ހެޔޮގޮތުގައި ބައްޓަން ކުރުމާއިއެކު، މީސްތަކުންނަށް ބޮޑާނުވުމަށާއި، ބިމުގައި ބޮޑާވެގެން ނުހިނގުމަށް ނަސޭހަތް ދެއްވާފައިވެއެވެ. ލުޤްމާން ސޫރަތުގެ 18 ވަނަ އާޔަތުގައި މާތްﷲ ވަހީ ކުރައްވާފައިވަނީ  وَلَا تُصَعِّرْ خَدَّكَ لِلنَّاسِ وَلَا تَمْشِ فِي الْأَرْضِ مَرَحًا ۖ إِنَّ اللَّهَ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ ‎﴿١٨﴾‏   އަދި މީސްތަކުންނަށް ކިބުރު ވެރިވެ، ތިބާގެ ކޯތާފަތް އަނބުރައިނުލާށެވެ! (އެބަހީ: މޫނު އަނބުރައި ނުލާށެވެ!) އަދި ބޮޑާވެގެންވާ ހާލު، ބިމުގައި ނުހިނގާށެވެ! ހަމަކަށަވަރުން، ކިބުރުވެރިވެ، ފަހުރު ވެރިވާ އެއްވެސް މީހަކުދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.
ހެޔޮލަފާ ދަރިންނަށް އެދި ﷲ ގެ ހަޒުރަތުން ދުއާކުރުމާއިއެކު ރަނގަޅު ތަރުބިއްޔަތެއް ދިނުމަކީ ގުރުއާނުން ފެންނަން އޮތް ގޮތެވެ. ރަހްމާނުވަންތަ ރަސްކަލާނގެ އަޅުންގެ ސިފަތައް ބަޔާންކުރައްވަމުން ވަހީކުރައްވާފައި ވެއެވެ. ސޫރަތުލް ފުރުޤާންގެ 74 ވަނަ އާޔަތުގައި މާތްﷲ ވަހީ ކުރައްވާފައިވެއެވެ. وَالَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا ‎﴿٧٤﴾  މާނައީ: "އަދި އެއީ ބުނާމީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ތަގުވާ ވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!"
ދަރިންނަށް ދީނީ އަދި ދުނިޔަވީ ގޮތުން ރަނގަޅު ތަރުބިއްޔަތެއް ނުދީ ބަލިކަށި ބައެއްގެ ގޮތުގައި ދޫކޮށްލުމަކީ ބިރުގަންނަންޖެހޭ ކަމެއްކަން اللهُ ބަޔާންކުރައްވާފައިވެއެވެ. ސޫރަތުއް ނިސާގެ 9 ވަނަ އާޔަތުގައި މާތްﷲ ވަހީކުރައްވާފައިވަނީ  وَلْيَخْشَ الَّذِينَ لَوْ تَرَكُوا مِنْ خَلْفِهِمْ ذُرِّيَّةً ضِعَافًا خَافُوا عَلَيْهِمْ فَلْيَتَّقُوا اللَّهَ وَلْيَقُولُوا قَوْلًا سَدِيدًا  މާނައީ: "އަދި އެއުރެންގެ ފަހަތަށް ބަލިކަށި ދަރިފަސްކޮޅެއް ދޫކޮށް ދިޔަނަމަ، އެކުދިންނާމެދު ބިރުގަންނާނެ މީހުން (އެބަހީ: ވަލީވެރިންނާއި ވަސިއްޔަތް ކުރެވޭ މީހުން) اللهُ އަށް ބިރުވެތިވާހުށިކަމެވެ!..."
މާތްﷲ އަޅުގަނޑުމެން ހުރިހާ ބެލެހެއްޓުންތެރިންނަކީވެސް ﷲއަށް ބިރުވެތިވެ އެކަންކަމާއިމެދު ސުވާލުކުރެވޭނެ ކަންތައްތަކާއިމެދު ވިސްނާ ފިކުރުހިންގާ އެއަށް އަމަލުކުރާ ބައެއްކަމުގައި ލައްވާށި! އާމީން.
1990 ގެ އަހަރުތަކުގެ ހަނދާންތައް އާކޮށްލާއިރު ހަނދާނަށް އަންނަނީ ޢީދުގެ އުފާވެރި އިޙްޞާސްތަކެކެވެ. ޢީދުގެ ތައްޔާރީތައް މަސްތަކެއް ކުރިން ވާން ފަށައެވެ.
މިގޮތުން ޢީދު  ދުވަހުގެ ސުފުރާމަތި ފަޅުފިލިވައިލެވޭ،  ގިނަ ދުވަހަށް ބޭނުން ކުރެވޭނެފަދަ ކާނާ ތައްޔާރު ކުރުމާއި، ގޭގޭގެ ކުލަތައް އާކޮށް، މަގުތަކަށް ދޮންވެލިލައި، މަގުމަތީގައި ދިދަފަތި ދަމައި މުޅިރަށް އެކީ ޒީނަތްތެރި ކުރުމަކީ ފަރުދީ ޒިންމާއެއްގޮތުގައި ދެކިގެން ކުރެވިގެން ދިޔަ މަސައްކަތް ތަކެކެވެ.
މި ތައްޔާރީތައް ވުމުގައި ރަށުގެ އެކި އަވަށް އަވަށުގެ ވާދަވެރިކަން އުފެދިފައި އޮތުމަކީވެސް ޢީދު އުފާ ދެގުނައަށް އިތުރުވެގެން ދާކަމެވެ. އެއް އަވަށަށްވުރެ އަނެއް އަވަށް ރީތި ކުރުމުގެ ފޯރީގައި ގެނުވައިދޭ ތަފާތު ކުލަތަކުގެ މަންޒަރުތަކަކީ މުޅި ރަށަށް ލިބިގެންދާ ރީތިކަމެކެވެ. އަދި ހަމައެހެންމެ އެއިރުގެ ޢީދުގެ ފޯރިން ދައްކުވައިދެނީ މުޅިރަށުގެ އެއްބައިތަކަމެވެ.
ޢީދު ވިލޭރޭ ރޯކުރަން ތައްޔާރު ކުރެވިގެންދާ "ޢީދު މަޅި" އަކީ ވެސް އަވަށުގެ އުޅޭ ބައެއް ޒުވާނުން އިސްނަގައިގެން، ގިނަވަގުތުތަކެއް ހޭދަކޮށްލައިގެން ތައްޔާރު ކުރެވިގެންދާ މަސައްކަތެކެވެ. މި މަސައްކަތް ކުރުމަށްޓަކައި މޫދުގައި ގިނަ ވަގުތުތަކެއް ހޭދަކުރަންޖެހެއެވެ. ސަބަބަކީ ޢީދު މަޅި ރޯކުރެވިގެންދަނީ މޫދުގައި ކަމަށްވާތީއެވެ.
ބެލެވޭ ގޮތުން މޫދުގެ ލޮނުގަނޑުތެރޭގައި ޢީދު މަޅި ރޯކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ރައްކާތެރިކަމުގެ ގޮތުން މިއީ އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީއެވެ. ޢީދު މަޅި ހެދުމަށްޓަކައި އޮނުދަނޑިތަކާއި. ރުކުގެ ފަންތަކާއި، ދުނބުރި ގަސްފަދަ އާލާތްތައް ބޭނުންކޮށްގެން ވީހާވެސް ގިނަވަގުތަށް ދެމިގެންދާގޮތަށް މި ހުޅުގަނޑުގެ  ބެހެއްޓުމަށްޓަކައި ކުރެވިގެންދާ މަސައްކަތަކީ މަދު ބަޔަކަށް އޭގެ އުކުޅު އެނގޭ ކަންތައްތަކެއްކަމުން ޢީދުމަޅީގެ ފޯރި އިތުރުވެގެންދެއެވެ. މިއީ ރަށުގެ ކުދިބޮޑު އެންމެން ނިކުމެ އޭގެ އުފާ ޙާޞިލްކުރާ އެއްކަމެވެ. މި ޢީދުމަޅިން އަންގައި ދެނީ ޢީދު ފެށިއްޖެކަމެވެ.އެހާ ހިސާބުން ޢީދުގެ ސަލާމް ކުރުމާއި ޢީދުގެ ތަހުނިޔާ ފެށިގެންދެއެވެ.
ޢީދު މަޅިއަށް ފަހު ދެން އޮންނާނީ ޢީދުނަމާދަށް ތައްޔާރުވުމުގެ ކަންތައް ފެށިފައެވެ. މި ގޮތުން ޢީދަށް ތައްޔާރުކޮށްފައިވާ އަންނައުނުތައް އިސްތިރިކުރުމާއި، ޢީދު ނަމާދުން އަންނަންވާއިރަށް ތައްޔާރުކުރާ ޢީދު ކުޅި ބޯކިބާ، އަދި ފޮނި ބޯކިބާގެ ތައްޔާރީތައްވެސް އެއިރު ކުރެވިގެންދާނީ ޢީދު މަޅިއަށް ފަހުގައެވެ. މި ބޯކިބާ ތަކުގެ ރަހަތަކުންވެސް އެއިރުގެ ފޮނި ހަނދާންތައް އާވެ އާލާވެގެންދެއެވެ. މި ބޯކިބާތަކުގެ ރަހަތައް އެއްވަރެއްގައި ހިފެހެއްޓުމުގެ މައިގަނޑު ސަބަބަކީ ދަރުބޭނުންކޮށްގެން ބޯކިބާ ފިހަން ތައްޔާރުކޮށްފައިވާ އަވަން ތަކުގެ މޮޅުކަންކަމުގައިވުމީވެސް އެކަށީގެންވާކަމެކެވެ. ކޮންމެ ގެއެއްގައި މި ދެ ވައްތަރުގެ ބޯކިބާ އެކިއެކި ފެންވަރުގައި ތައްޔާރު ކުރެވިގެންދާނެއެވެ. މީގެ ބޭނުމަކީ އަވަށުގެ އެއްގެއިން އަނެއް ގެއަށް ބެހުމަށްޓަކައެވެ. އެހެންކަމުން އެގެއަކަށް ގެންދެވޭ ތަށި އަނބުރާ ގެންނައިރު ހަމަ އެފަދަ ބާވަތެއްގެ ކާއެއްޗަކުން ތަށި ފުރާލެވިފައިވާނެއެވެ. ހުސްތަށި އަނބުރާ އައުމަކީ ނާދިރު ކަމެކެވެ. އަވަށުގެ ގެތަކަށް ތަށިތައް ބަދަލު ކުރުމުގައި އެގެއެއްގެ ތިބޭ އަންހެންކުދީނަށް އެފުރުސަތު ދީގެން މިކަން ކުރާކަންވެސް ފާހަގަ ކުރެވެއެވެ. ފަހަރުގައި މިގޮތަށް މިކަންކުރުމުގެ މަޤުޞަދަކީ އެކަމުގައިވެސް އަންހެންކުދީން ބައިވެރިކުރުމުގެ ބޭނުމުގައި ކަންވުންވެސް އެކަށީގެންވެއެވެ. އެއަށްފަހު ޢީދުން ފައިބައިގެން އަންނަމީހުންނަށް ސައިދިނުމުގެ ކަންތައް ކުރިއަށްދާނެއެވެ. މިސްކިތުން ފައިބައިގެން އެމީހެއްގެ ގެއާއި ހަމައަށް ދެވޭއިރު ދެތިންގެއިން ސައި ނުބޮއި އަންނަ މީހެއް މަދުވާނެއެވެ. އެއްގެއިން އަނެއްގެއިން ސައިބޯން ގޮވާ މަގުމަތިން ދާ މީހުންނަށްވެސް ސައިދީ ހެދުމަކީ އެއިރުއޮތް ވަރަށްވެސް ރީތި ޘަޤާފަތެކެވެ.
ޢީދު ސަޔަށްފަހު ކުޅިވަރުތައް ފެށިގެންދާނެއެވެ. މި ކުޅިވަރުތައް ކުޅެވިގެންދަނީ އަވަށު ފެންވަރުގައާއި ރަށު ފެންވަރުގައެވެ. ކުޅިވަރުގައި މުސްކުޅިންނާއި، ބޮޑެތި މީހުންނާއި، ޒުވާނުންނާއި،އަދި ކުޑަކުދިންވެސް ބައިވެރިވާނެއެވެ. އަވަށު ފެންވަރުގައި  އެއިރު ކުޅޭ ކުޅިވަރުތަކުގެ ތެރޭގައި ވާދެމުމާއި، ރިލޭ ރޭސް، ތިލަބަނޑި ތިލަބަނޑި، ތިން ނާށި، ގޯނި ރޭސް،މިހެންގޮސް ތަފާތު ނަންނަމުގެ ގިނަ ކުޅިވަރުތައް އެހާމެ ފޯރީގައި ކުޅެވިގެންދެއެވެ. ރަށުފެންވަރުގައި ކުޅެވިގެންދާ ކުޅިވަރުތަކުގެތެރޭގައި ބޮޑުބެރުޖެހުމާއި، ދަނޑިޖެހުމާއި، ބަނޑިޔާ ޖެހުން ފަދަ ސަގާފީ ކުޅިވަރުތަކުން ރަށުތެރެ އޮންނަނީ ފޯރިން ގުގުމާފައެވެ. ކުދިބޮޑު އެންމެން އެއްވެ، މުޅި ރަށް އޮންނަނީ އެއް އާއިލާއެއް ފަދައިންނެވެ.
ޢީދުގެ ކުޅިވަރުތައް ކުޅެ އުޅުމުގައި ވަކި އުޞޫލެއްގެ ޤާއިމްވެފައި އޮންނަކަންވެސް ފާހަގަ ވެގެން ދެއެވެ. ރޭގަނޑާއި ދުވާލުގެ ވަގުތުތަކުގައި ކުޅިވަރުތައް ކުޅުކަމުގައި ވިޔަސް، ރޭގަނޑުގެ ވަކިވަގުތަކަށް ކުޅިވަރުތައް ހުއްޓުމާއި ، ނަމާދު ވަގުތުތަކަށް ކުޅިވަރުތައް މެދުކެނޑުމާއި، ކޮންމެ ޢީދަކަށްވެސް ކަނޑަ އަޅާފައިވާ ދުވަހަށް ޢީދުގެ އުފާތައް ކުރިއަށް ގެންދިއުމާއި، އެއަށްފަހު އެބައެއްގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ރުޖޫޢަ ވުންފަދަ ކަންތައްތަކަކީ އެއިރުގެ ޢީދުގެ މަޖަލުތަކުގެ ތެރެއިންވެސް އެކަންކަމަށް ވަރަށްބޮޑު ސަމާލުކަން ދީގެން ކުރެވިގެންދިއަ ކަންކަން ފާހަގަ ކުރެވެއެވެ.
ނަމަވެސް، ޒަމާނަށް އައި ބަދަލުތަކާއި ގުޅިގެން ޢީދު ފާހަގަކުރުމާއި ، އޭގެ ރޫޙަށްމިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މިހާރު ގިނަފަހަރަށް ޢީދަކީ ޗުއްޓީ ހޭދަކޮށްލަން ދާ ދަތުރުތަކަކަށްވަނީ ބަދަލުވެފައެވެ. އިޖުތިމާޢީ ގުޅުންތަކަށްވުރެ ބޮޑަށް، އަމިއްލަ ނަފްސުގެ އުފަލަށް އިސްކަންދެވޭލެއް ބޮޑެވެ. މިކަމުގެ ނޭދެވޭ ނަތީޖާއެއްގެ ގޮތުން، އާއިލީ ގުޅުންތަކާއި އަވަށްޓެރިކަމުގެ ގުޅުންތައް ދަނީ ހީނަރުވަމުންނެވެ. އަދި ޒަމާނީ ވަޞީލަތްތަކަށް މާބޮޑަށް ބަރޯސާވުމުގެ ސަބަބުން، ޒަމާނުއްސުރެ އޮތް "ދިވެހިވަންތަ" ޢީދުގެ ރޫޙު ދަނީ ގެއްލެމުންނެވެ. ޢީދުގެ މަޖަލުގެ ތެރެއަށް އިސްލާމްދީނާއި ފުށުއަރާ ކަންކަމާއި، އެހެން ދީނުގެ ޢަމަލުތައް ވަދެ ފާޙިޝް ޢަލަމުތައްގިނަވެގެން ދާކަމީ އެކަންތަކާއި މެދު އިތުރަށް ވިސްނާލަންޖެހޭފަދަ ކަންތައްތަކެވެ.
ކުރިއަށް އޮތް ޖީލުތަކަށް އެއިރުގެ ޢީދު އުފާތައް ކިޔައިދިނުމަކީވެސް ނުހަނު މުހިއްމު ކަމެކެވެ. އެއީ އެކުދީންނަށް އަޅުގަނޑުމެން އުޅެ ބޮޑުވި  ސަޤާފަތާއި އަމިއްލަވަންތަކަން ފޯރުކޮށްދީ ހެޔޮގޮތުގައި އެކަންތައްތައް ދެމެހެއްޓުމަށްޓަކައެވެ. ކާބަފައިން ބެހެއްޓި އެއްބައިވަންތަކަމާއި، އެކަކު އަނެކަކަށް އަޅާލުމުގެ ރީތި ސިފަތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދީގެން މެނުވީ، މުޖުތަމަޢުގެ ބަދަހިކަން ދެމެހެއްޓުމަކީ ނުވާނެކަމެކެވެ. އެއިރުގެ ޢީދު ފާހަގަކުރި ގޮތްތައް ދިރުވައި އާލާކުރުމަށްޓަކައި، ޓެކްނޮލޮޖީއާ ދުރަށްޖެހިލައި، އާއިލީ އަދި އިޖުތިމާޢީ ބައްދަލުވުންތަކަށް އިސްކަންދޭ ފަދަ މާޙައުލެއް ޤާއިމުކުރުމަކީ ޢީދުގެ ހަޤީޤީ އުފާ އަލުން ގެނައުމަށް ކުރެވިދާނެ ކަންކަމެވެ.
ޢީދަކީ ހަމައެކަނި ކުޅިވަރާއި މަޖަލެއް ނޫނެވެ. އެއީ އެއްބައިވަންތަކަމާއި، އުޚުއްވަތްތެރިކަމުގެ މަތިވެރި ރަމްޒެކެވެ. އެހާރާއި މިހާރުގެ ތަފާތުތަކަށް ބަލައި، ރަނގަޅު އާދަކާދަތައް ދިރުވައި އާލާކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ.
ކައިވެންޏަކީ އަންހެނަކާއި ފިރިހެނެއްގެ ދެމެދުގައި އުފެދޭ މާތް ގުޅުމެއްގެ މައްޗަށް ބިނާކޮށް އެ ގުޅުން ބާއްޖަވެރިކަމާއިއެކު ކުރިއަށް ގެންދިއުމަށްޓަކައި ކުރެވޭ މުޤައްދަސް ޢަޤުދެކެވެ. ނަމަވެސް، ދިރިއުޅުމުގައި ދިމާވާ އެކިއެކި ސަބަބުތަކާއިހެދި މިގުޅުން ކުރިއަށް ނުގެންދެވިގެން "ވަރި" މިއީ ނިމުންކަމުގައި ވެގެންދަކީ މަދެއްކޮށެއްނޫނެވެ.
މިގޮތަށް ކަންތައްތައް ދިމާވުމުން މުޖުތަމަޢުގައި އަންހެންމީހާ ކުރިމަތިލާންޖެހޭ އިޖުތިމާޢީ އަދި ނަފްސާނީ ގޮންޖެހުންތައް ޢާއްމުވެފައިވީނަމަވެސް، އެކަންތައްތަކާއިމެދު ޒަމާނާ އެއްފެންވަރަށް މުޖުތަޢު ހޭލުންތެރިވެފައި ނުވާކަމީ ވިސްނާލަންޖެހޭކަމެކެވެ.
ވަރިވެފައިވާ އަންހެނާއަށް އިސްލާމްދީނުގައި ދެވިފައިވާ މަޤާމް
މާތްވެގެންވާ އިސްލާމްދީނުގައި ވަރިވެފައިވާ އަންހެނާއަށް ދެވިފައިވަނީ މަތިވެރި އަދި ޝަރަފުވެރި މަޤާމެކެވެ. މިކަމަށް ބާރުލިބޭ ހެއްކަކީ އަހަރެމެންގެ މާތް ނަބިއްޔާ ﷺ ގެ ބައެއް އަބިކަބަލުންނަކީވެސް ކުރިންކައިވެނި ބައްލަވައިގެންފައި ދިރިއުޅުމުގެ ޙާލަތް ބަދަލުވެ ކައިވެނި ރޫޅިފައި ތިބި ކަބަލުންކަމެވެ. މިކަމުންވެސް ދޭހަވެގެންދަނީ ވަރިކުރެވިފައިވާ ނުވަތަ ވަރިވެފައިވާ އަންހެނާއަކީ އަގުވެއްޓިފައިވާ ނުވަތަ އިޙްތިރާމްކުޑަކުރެވިފައިވާ ބައެއް ނޫންކަމެވެ.
އިސްލާމްދީން ބާރު އަޅުއްވަނީ ވަރިވެފައިވާ އަންހެނާއަށް އިޙްތިރާމްކުރުމަށާއި އޭނާގެ ޙައްޤުތައް ފުރިހަމައަށް އަދާކުރުމަށެވެ. އިސްލާމްދީނުގައި ވަރިވުމަކީ ހުއްދަ ކަމެއްގޮތުގައި ކަނޑައަޅުއްވާފައިވެއެވެ. އެއީ އެދެމަފިރިންނަށް އެކުގައި އުޅެވެން ނެތް ޙާލަތްތަކުގައެވެ. އެހެންކަމުން އެދެމަފިރިއެއްގެ ދޭތެރޭގައި "އުޅެވެން ނެތް ޙާލަތެއް" މެދުވެރިވެގެން ކައިވެނި ރޫޅާލުމަކީ އޭގެ ސަބަބުން އެހެން އެއްވެސް މީހަކު އެއަށް ގޮތް ނިންމުމުގެ ބާރު އޮތްކަމެއްނޫނެވެ.
ނަމަވެސް، މިއަދުގެ މުޖުތަމަޢުގައި މިކަން އޮތީ މިހެން ކަމުގައި ދެންނެވޭކަން ނެތެވެ. ހިތާމައަކީ މުޖުތަމަޢުގައި ވަރިވެފައިވާ އަންހެނާއާ މެދު ދެކޭގޮތް ތަފާތެވެ. ބައެއް ފަހަރު، ވަރިވެފައިވާ އަންހެނާއަކީ މުޖުތަމަޢުގައި ދަށް ފަންތީގެ މީހެއްގެ ގޮތުގައި ނުވަތަ "ބާކީވެފައިވާ" މީހެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދެކެއެވެ. އޭނާގެ އަޚްލާޤާއި ސުލޫކާ މެދު ސުވާލު އުފައްދައި، ކައިވެނި ރޫޅުނީ އޭނާގެ އިހުމާލުން ކަމަށް ނިންމާ ފަރާތްތައް މަދެއް ނޫނެވެ. އަދި ހަމައެހެންމެ ދެވަނަ ކައިވެންޏަކަށްދާއިރު އާއިލާތަކުން އެ ކައިވެންޏަށް ހުރަސް އަޅައެވެ.
ވަޒީފާގެ މާޙައުލަށް ބަލާއިރުވެސް ވަރިވެފައިވާ އަންހެނާއާއި މެދު މިފަދަ އިޙްމާލުތައް މަދުންނަމަވެސް ފާހަގަ ކުރެވެއެވެ. ވަރިވެފައިވާ އަންހެނަކަށް ވީތީ އޭނާއަށް ލިބެންޖެހޭ ޢިޙްތިރާމް ކުޑަކުރެވޭތަން ފެންނަމުންދެއެވެ. މިގޮތުން އެކުގައި މަސައްކަތްކުރާ މީހުގެ ފަރާތުން ރައްދުވާ ބަސްތަކާއި އެކަހެރިކޮށް ބާކީކޮށްލުމަކީ ނަފްސާނީގޮތުން އިތުރަށް މީހާ ބަލިކަށިކުރުވާކަމެއްކަމުގައި ވެގެންދެއެވެ. މިފަދަ ނުރަނގަޅު ވިސްނުންތަކުގެ ސަބަބުން، އެ އަންހެންމީހާއަށް މުޖުތަމަޢުގެ ތެރޭގައި މިނިވަންކަމާއެކު އުޅުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއެވެ.
ދަރިންގެކަންކަން ބެލެހެއްޓުމުގައި ދިމާވާ ބައެއް ގޮންޖެހުންތައް
ވަރިވެފައިވާ އަންހެނާގެ ދަރިން ތިބިނަމަ، އެކަނިވެރި މައެއްގެ ގޮތުގައި ދަރިން ބެލެހެއްޓުމަކީ އޭނާއަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމެވެ. ދަރިންގެ ޚަރަދުބަރަދު ބެލެހެއްޓުމާއި، ތަރުބިއްޔަތުކުރުމުގައި ބައްޕަގެ އެހީތެރިކަން ފުރިހަމައަށް ނުލިބުމަކީ އޭނާގެ ކޮނޑުގައި އެޅޭ ބޮޑު ބުރައެކެވެ. މީގެ އިތުރުން، ވަޒީފާއަށް ގޮސްގެން އާމްދަނީ ހޯދަމުން ދަރިންގެ ކަންކަން ތަރުތީބުކުރުމަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އޭނާ ބަލިކަށިކޮށްލާ ކަމެކެވެ. އަދި ހަމަ އެއާއި އެކު ވަޒީފާއެއްނެތި ނުވަތަ އާމްދަނީ ހޯދޭނެ އެއްވެސް ފަދަ އެއްނެތިފައި ތިބޭ އަންހެނުންނަކީ މިކަމުގައި އިންތިހާ ހިތްދަތިކަން ކުރިމަތިވާ ބައެއްކަމީ ދޮގަކަށް ނުވާނެއެވެ.
ވަރިވުމަށްފަހު އެކަނިވެރި މައެއްގެ ގޮތުގައި ދަރިން ބެލެހެއްޓުމަކީ އަންހެނަކަށް ކުރިމަތިވާނެ އެންމެ ބޮޑު އިމްތިޙާނެވެ. މިކަމުގައި ދިމާވާ މައިގަނޑު ގޮންޖެހުންތަކަކީ:
1. ޚަރަދުތަކާއި މާލީ ދަތިތައް:
ދަރިންގެ ކެއިންބުއިމާއި، އަންނައުނާއި، ތަޢުލީމާއި އަދި ބޭސްފަރުވާއަށް ހިނގާ ޚަރަދުތައް އެކަނި އުފުލަންޖެހުމެވެ. ގިނަ ފަހަރު ކޯޓުން ކަނޑައަޅާ ދަރިންގެ ޚަރަދު (ނަފަޤާ) ގަވާއިދުން ނުލިބުމާއި، ލިބޭ މިންވަރު ކުޑަވުމުގެ ސަބަބުން ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅު ނުޖެއްސުމުގެ މައްސަލަ ބޮޑެވެ.
2. ވަގުތުގެ ދަތިކަން:
ދަރިންގެ ޚަރަދުތައް ބެލެހެއްޓުމަށްޓަކައި ވަޒީފާއަކަށް ދާންޖެހޭއިރު، އެއާއެކު ދަރިންގެ ތަޢުލީމީ ކަންކަމާއި، ގޭތެރޭގެ މަސައްކަތްތައް އެކަނި ބެލެހެއްޓުމަކީ ވަރަށް ވަގުތު ބޭނުންވާ ކަމެކެވެ. މިކަމުގެ ސަބަބުން އަންހެންމީހާ އިންތިހާއަށް ވަރުބަލިވެ، އަމިއްލަ ނަފްސަށް ދޭނެ ވަގުތެއް ނޯވެއެވެ.
3. ނަފްސާނީ ގޮންޖެހުންތައް:
ކައިވެނި ރޫޅުމުގެ ސަބަބުން ދަރިންގެ ހިތްތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް މަސައްކަތް ކުރަންޖެހެނީ މައިމީހާއެވެ. ބައްޕައެއްގެ ލޯތްބާއި އެހީތެރިކަން ނެތި ދަރިން ބޮޑުވަމުން އަންނައިރު، އެކުދިންގެ ހިތުގައި އުފެދޭ ސުވާލުތަކަށް ޖަވާބުދީ، އެކުދިންނަށް ނަފްސާނީ ހިތްހަމަޖެހުން ހޯދައިދިނުމަކީ ބޮޑު މަސްއޫލިއްޔަތެކެވެ.
4. ތަރުބިއްޔަތު ކުރުމުގެ ބުރަ:
ދަރިން ތަރުބިއްޔަތު ކުރުމުގައި ދެމަފިރިންގެ މަޝްވަރާއާއި އެހީތެރިކަން އޮތުމުގެ ބަދަލުގައި، ހުރިހާ ނިންމުމެއް އެކަނި ނިންމަންޖެހުމެވެ. ބައެއް ފަހަރު ދަރިން ނުކިޔަމަންތެރިވާ ޙާލަތްތަކުގައި، އެކަނިމާއެކަނި އެކަންކަން ހަމަ މަގަށް އެޅުވުމަކީ ދަތި ކަމެކެވެ.
5. އިޖުތިމާޢީ ފިއްތުންތައް:
މުޖުތަމަޢުގެ ބައެއް މީހުން އެކަނިވެރި މައިންނާ މެދު ދެކޭ ގޮތުގެ ސަބަބުން، ދަރިންނަށް ކުރިމަތިވާ މަލާމާތާއި ފުރައްސާރައިން އެކުދިން ރައްކާތެރިކުރުމަކީވެސް މައިމީހާއަށް އުފުލަންޖެހޭ ބުރައެކެވެ. މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އެއަންހެންމީހާއަށް އާއިލާގެ އެހީތެރިކަމާއި ދައުލަތުގެ އިޖުތިމާޢީ ރައްކާތެރިކަމަކީ ވަރަށްވެސް މުހިންމު އެއްޗެކެވެ.
ބައެއް އާއިލާތަކުން ވަރިވެގެން އަންނަ އަންހެންމީހާއަށް ފުރިހަމަ ލޯތްބާއި، އަޅާލުމާއި،ހިތްވަރު ދެއެވެ. އެއީ މަދު އާއިލާއަކުން ކަންވެސް ފާހަގަ ކޮށްލަމެވެ. ނަމަވެސް، ހިތާމައަކީ ގިނަ އާއިލާތަކުން ވަރިވެފައިވާ އަންހެންމީހާއަކީ ބުރައެއްގެ ގޮތުގައި ދެކި، ބަހުގެ ހަމަލާތަކުން އޭނާގެ ހިތްދަތިކަން އިތުރުވެގެންދެއެވެ. ވަރިވެގެން އައުމަކީ ޢާއިލާއަށް ލިބުނު ހުތުރެއް" ކަމަށް ޤަބޫލުކުރުމާއި، އިތުރު ބުރައެއްކަމަށް ދެކި ކުރެވޭ މަލާމާތުގެ ސަބަބުން އެ އަންހެންމީހާ އެކަހެރިވެ، ނަފްސާނީ ބަލިމަޑުކަމުގެ ތެރެއަށް ވެއްޓިގެންދެއެވެ.
ވަރިވެފައިވާ އަންހެންމީހާއި މެދު މުޖުތަޢު އަދި އާއިލާގެ ވިސްނުން ރަނގަޅުކުރުމަށް އެޅިދާނެ ހަރުދަނާ ފިޔަވަޅުތައް
1. ދީނީ ހޭލުންތެރިކަން
ވަރިވެފައިވާ އަންހެނުންނަށް އިސްލާމްދީނުގައި ދެއްވާފައިވާ މަތިވެރި މަޤާމާއި، އެކަނިވެރި މައިންނަށް އެހީތެރިވުމުގެ މުހިންމުކަން ދީނީ ޢިލްމުވެރިންގެ އެހީގައި ފުޅާދާއިރާއެއްގައި އޮޅުންފިލުވައިދިނުމެވެ. ކީރިތި ރަސޫލާ ﷺ ގެ ދިރިއުޅުއްވުމުން މިސާލު ނަގައި، ވަރިވެފައިވާ އަންހެނުންނަކީ މުޖުތަމަޢުގައި ބާކީކޮށްލަންޖެހޭ ބައެއް ނޫންކަން ހަނދާންކޮށްދިނުމެވެ.
2. އާއިލާގެ އެހީތެރިކަމާއި އަޅާލުން އިތުރުކުރުން
ކައިވެނި ރޫޅުމަކީ އަންހެންމީހާގެ ނުކުޅެދުންތެރިކަމެއް ނޫންކަން އާއިލާއިން ޤަބޫލުކުރަންޖެހެއެވެ. ދަރިންބެލެހެއްޓުމުގައި ވީވަރަކުން އެހީތެރިކަން ފޯރުކޮށްދީ އޭނާއަށް ބޭނުންވާ ނަފްސާނީ ހިތްވަރު ދިނުމަކީ އާއިލާއެއްގެ ފަރާތުން އޭނާއަށް ދެވޭނެ އެންމެ ބޮޑު އެހީތެރިކަމެވެ. މިގޮތުން ދަރިންގެ މެދުގައި ތަފާތުކުރުން ނައްތާލައި އެހެންދަރިންނެކޭވެސް އެއްފަދައިން އޭނާއަށް ލިބެންޖެހޭ ޙައްޤުތަކާއި، އަޅާލުމާއި، އިޙްތިރާމާއި ރައްކާތެރިކަން އާއިލާގެ ފަރާތުން ފޯރުކޮށްދިނުމަކީ ނުހަނު މުހިއްމު ކަމެކެވެ.
3. މީޑިއާގެ ދައުރު ފުޅާކުރުން
ވަރިވެފައިވާ އަންހެނުންނަކީ ކާމިޔާބު، ހިތްވަރުގަދަ އަދި މުޖުތަމަޢަށް ފައިދާހުރި ބައެއްގެ ގޮތުގައި ދައްކުވައިދޭ ޕްރޮގްރާމްތަކާއި ލިޔުންތައް އިތުރުކުރުމުގެ ސަބަބުން މުޖުތަމަޢުގައި އޮންނަ ނުރަނގަޅު ތަޞައްވުރު ބަދަލުކުރެވިގެންދާނެއެވެ. މިކަމުގެ ސަބަބުން "ވަރިވެފައިވާ މީހާ" އަކީ ވެސް މުޖުތަމަޢުގެ އެހެނިހެން ފަރުދުންފަދައިން ދިރިއުޅުމުގައި ގިނަ ކަންތައްތަކުގައި ކާމިޔާބު ހޯދާފައިވާ ބައެއްކަމާއި،އެމީހުންގެ ދިރިއުޅުމުގައި ތަޖުރިބާ ކުރެވުނު ކަންތައްދެނެގަނެ، ހިތްވަރުދީ މުޖުތަޢުގެ ހުންނަ މިކަހަލަ މައްސަލަތަކަށް އަލިއަޅުވައި މުޖުތަޢު ހޭލުންތެރި ކުރުވުމުގެ ޕޮރްގޮރާމްތައް އުފެދުމަކީ މީޑިއާއިން ކުރެވިދާނެ ބޭނުންތެރި ކަންކަމެވެ.
4. އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުން
ވަރިވެފައިވާ އަންހެނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، އެކަނިވެރި މައިންނަށް ލިބޭ މާލީ އެހީތެރިކަން ހަރުދަނާކުރުމީ މުޖުތަމައު ފަސާދައިންނާއި ނުރަގަޅު ކަންކަމުން ސަލާމަތް ކުރުމަށް މަގުފަހި ވާނެ ކަމެކެވެ. އޭނާއަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ، ދިރިއުޅުމުގައި ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވޭނެ ފަދަ ގޮތްތައް ހޯދައިދިނުމުގެ ސަބަބުން މުޖުތަމަޢުން އޭނާއަށް ލިބިގެންދާ އިޙްތިރާމް އިތުރުވެ ދަރީން ވަކަރުގެއިން މިންޖުކުރެވޭނެ އަސާސެކެވެ.
5. އުނގަންނައިދޭ މަންޙަޖުގެ ތެރެއިން ވިސްނުން ބަދަލުކުރުން
އިސްލާމްދީނަކީ ރިވެތި އަޚްލާޤުގެ ދީންކަމުގައިވާއިރު މަދަރުސީ މަންހަޖުގެ ތެރެއިން، ދޭދޭ ފަރުދުންގެ ގުޅުންތަކާއި، އާއިލީ ގުޅުންތަކާއި އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ މުހިންމުކަން ދަރިވަރުންނަށް އުނގަންނައިދޭން އެބަޖެހެއެވެ.ކޮންމެފަދަ ޙާލަތެއްމެދުވެރިވެފައިވާ އަންހެނަކަސް އިންސާނަކަށްވީތީ އޭނާއަށް ދޭންޖެހޭ އިޙްތިރާމާއި،ޤަދަރާއި، މުޢާމަލާތް ކުރަންޖެހޭނެގޮތްތައް އިސްލާމްދީނާއި އެއްގޮތަށް ދަރިވަރުންނަށް އުނގަންނައި ދެވިއްޖެނަމަ މިކަންތައް ޙައްލުކުރެވިގެންދާނެކަމީ ޝައްކެތް އޮތްކަމެއް ނޫނެވެ.
6. ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ފަސޭހަ ގޮތްކެއް ހޯދައިދިނުން
ވަރިވެފައިވާ އަންހެނާއަށް ކުރިމަތިވާ އެންމެބޮޑު އެއްގޮންޖެހުމަކީ ދަރިންގެ ޚަރަދުބަރަދު ހޯދުމުގައި ދިމާވާ ކަންކަމެވެ. މިގޮތުން ދަރިންގެ ޚަރަދު ހޯދުމުގައި ހުރި ދަތިތައް ނައްތާލައި، އޭނާއަށް ލިބެންޖެހޭ ޙައްޤުތައް ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުމެވެ. މިކަމުގައި ޤާނޫނީ އެހީތެރިކަން ފަސޭހަކަމާއި އެކު ފޯރުކޮށްދެވޭނެފަދަ ނިޒާމެއް ޤާއިމްކުރުން ވަރަށް މުހިއްމެވެ. ހަމައެއާއި ވަރިވެފައިވާ އަންހެނުންނަށް މުޖުތަމަޢުގައި ކުރިމަތިވާ ފުރައްސާރައާއި ތަފާތުކުރުންތަކުން ރައްކާތެރިކޮށްދޭނެ ޤާނޫނީ އޮނިގަނޑެއް އޮތުމަކީވެސް މުހިއްމުކަމެކެވެ.
މިދެންނެވުނުފަދަ ގޮތްތަކަށް އަހަރެމެންގެ މުޖުތަމަޢުގެ ކަންކަން އިޞްލާޙުކުރެވިގެން ހިނގައްޖެނަމަ، އަޅުގަނޑުމެންގެ މި ކުޑަ މުޖުތަމަޢުގައި ދިރިއުޅެމުންދާ "ވަރިވެފައިވާ އަންހެނުން" ނަކީ ބާކީވެފައިވާ ބައެއްގެ ބަދަލުގައި، އިޙްތިރާމް ލިބިގެންވާ، ހިތްވަރުގަދަ ބިނާކުރަނިވި ބައެއްކަމުގައި ވެގެންދާނެކަމީ ޝައްކެތް އޮތްކަމެއްނޫނެވެ.