މިދިޔަ މަހު ފުލުހުން ވިލިމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ތިން ތަރިން މަސްތުވާތަކެތި ބޭނުންކުރި ކަމަށް ރަސްމީކޮށް އިއުތިރާފްވެއްޖެއެވެ. މި އިއުތިރާފްތަކާ ގުޅިގެން، އޭގެ ތެރެއިން ދެ ތަރިއެއްގެ މައްސަލަ ޑްރަގް ކޯޓަށް ބަދަލުކުރުމަށް ނިންމާފައިވާއިރު، ތިންވަނަ ތަރިއާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ނިންމާފައެވެ.
މިދިޔަ މަހުގެ 8 ވަނަ ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކުރީ އަހުމަދު އަޒްމީލް (އަޒޭ) އާއި، މުހައްމަދު ވިޝާލް (ރޯމަން) އަދި އިސްމާއިލް ޖުމައިހްގެ އިތުރުން އަޒްމީލްގެ ކޮއްކޮ ޝާހިލް މުހައްމަދެވެ. ފުލުހުންގެ ތަހުގީގު ނިންމައި، މި އެންމެންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މައްސަލަ ފޮނުވީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެ ހަތަރު މީހުންވެސް ވަނީ ބަންދުން ދޫކޮށްލާފައެވެ.
ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި ސަރީއަތުގެ މަޖިލީހުގައި އަޒްމީލާއި ވިޝާލް ވަނީ އެ މީހުންގެ މައްޗަށް އުފުލާފައިވާ މަސްތުވާތަކެތި ބޭނުންކުރުމުގެ ދައުވާތަކަށް އިއުތިރާފްވެފައެވެ.
އެގޮތުން އަޒްމީލްގެ މައްޗަށް ޖަދުވަލު އެކެއްގައި ހިމެނޭ މަސްތުވާތަކެތި ބޭނުންކުރުމުގެ ދައުވާ އުފުލާފައިވާއިރު، ވިޝާލްގެ މައްޗަށް އުފުލީ ކެނަބިސް ބޭނުންކުރުމުގެ ދައުވާއެވެ. ސަރީއަތުގެ މަޖިލީހުގައި ދެ މީހުންވެސް ކުށަށް އިއުތިރާފްވުމުން، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމުގެ ނިޒާމުގެ ދަށުން އަދަބު ކަނޑައަޅާ ޑްރަގް ކޯޓަށް އެ މައްސަލަތައް ބަދަލުކުރުމަށްޓަކައި، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ޕީޖީ އޮފީހުން ވަނީ އެދިފައެވެ.
މި މައްސަލާގައި ދެން ހިމެނޭ އިސްމާއިލް ޖުމައިހް ވަނީ ފުލުހުންގެ ތަހުގީގު މަރުހަލާގައި މަސްތުވާތަކެތި ބޭނުންކުރި ކަމަށް އެއްބަސްވެފައެވެ. ޖުމައިހްގެ މައްޗަށް މީގެ ކުރިން މަސްތުވާތަކެތީގެ އެއްވެސް ކުށުގެ ރެކޯޑެއް ނެތުމުން، އޭނާގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލުމުގެ ބަދަލުގައި ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ. ނަމަވެސް، މި މައްސަލާގައި ހައްޔަރުކުރި ހަތަރުވަނަ މީހާ ކަމަށްވާ ޝާހިލް މުހައްމަދުގެ މައްޗަށް އުފުލާނެ ދައުވާތަކާ ގުޅޭ ތަފްސީލެއް ކަމާބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
އެ މީހުން ހައްޔަރުކުރި ކޮޓަރިން ފެނުނު މަސްތުވާތަކެތީގެ ބަރުދަން ގާނޫނުގައި ބަޔާންކުރާ ޓްރެފިކިންގެ މިންގަނޑަށް ފެތޭ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވީ ނަމަވެސް، މިހާތަނަށް އޭގެ ތެރެއިން އެއްވެސް މީހެއްގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާއެއް އުފުލާފައެއް ނުވެއެވެ.
ދިވެހި ފިލްމީ ދާއިރާގެ ސަމާލުކަން ބޮޑުވެފައިވާ މި މައްސަލާގައި ތަރިން ކުށަށް އިއުތިރާފްވުމަކީ، މި މައްސަލައިގެ ސަރުއީ މަރުހަލާއަށް އައި މުހިންމު ކުރިއެރުމެކެވެ.